Skip to content
އެސްފިޔަ

ޕިޔަދަ (ޓްރެއިލާ)

ގޮނޑި ހުރީ ތައްޔާރަށެވެ.ކުޅިތައް ހުރީ އެ އެއްޗެހީގެ ގެތަކުގައެވެ.ނަމަވެސް މި ކުޅިވަރުގައި އެއްވެސް މީހަކީ މީހުން ހީކުރާ ކަހަލަ މީހެއް ނޫނެވެ.

އޭނާ ރާއްޖެ އަންނަނީ ހިތި މާޒީއެއްގެ ބުރަ ކޮނޑުއަޅައިގެންނެވެ.ބަދަލުހިފުމުގެ ރޫޙު އެ ހިތުގައި އާލާވެފައި ވަނީ އިންތިހާއަށެވެ.

“އެ މީހުން އަހަރެންގެ އާއިލާ އަންދާލީ.އަހަރުމެންގެ ނަން ހަޑިކޮށް އަހަރެންގެ ކިބައިން ހުރިހާ އެއްޗެއް ފޭރިގަތީ.އެކަމަކު އެ މީހުނަށް ވަނީ އެއް ކަމެއް ހަނދާންނައްތާލެވިފަ….ޕިޔަދައަކަށްވެސް މަންތިރިއަކަށް ވެވިދާނެ”

ގޮނޑީގެ އަނެއް ފަޅީގައިވެސް މީހަކު ވެއެވެ.ނުރައްކާތެރި ޖަލެއްގެ ކަޅު ހިޔަނިތަކުން މިނިވަންވެ އޭނާ އަލިކަމަށް ނުކުތެވެ.ގަވާއިދުތައް ހަދަނީ އޭނާއެވެ.ވީ އިރު އެ ގަވާއިދުތަކާ ޙިލާފު ވުމަކީ އޮތް ގޮތެއް ނޫނެވެ.

“މިނިވަންކަމަކީ ހަދިޔާއެއް ނޫން.އިންޒާރެއް.އަހަރެން ތަޅުލައި ބަންދުކުރި މީހުންނަށް….ކަލޭމެން ތިބޭނީ ކަލޭމެންގެ ފުރަގަހަށް ފާރަވެރިވެގެން”

ނުފޫޒުގަދަ ވިޔަފާރިވެރިއެކެވެ.ފާފަތަކުން އޭނާގެ ފަސްބައި ފުރިފައިވަނީ އޭނާގެ މުދަލާއި ފައިސާއިންވެސް ފިލުވާނުލެވޭ ވަރަށެވެ.

“ގޮނޑި ކޮންޓްރޯލް ކުރީމަ ކުޅިވަރު ކޮންޓްރޯލް ކުރެވޭނީ.އަދި އަހަރެން ދުވަހަކުވެސް ނާކާމިޔާބު ވެފައެއް ނުވޭ”

“ބައެއްފަހަރު،އެންމެ ނުރައްކާތެރި ރޯލުތައް ކުޅޭނީ އެންމެ ކުޑަ ކުޅިތައް”

މި ކުޅިވަރުގައި އެއްވެސް މީހަކި މައުސޫމު މީހެއް ނޫނެވެ.އެއްވެސް މީހަކީ ރައްކާތެރި މީހެއް ނޫނެވެ.އަދި އެއްވެސް މީހަކީ..އެ މީހަކީ ކާކު ކަމަށް ބުނާ މީހެއް ނޫނެވެ.

ވިއްސާރައިގައި ތެމި ފޯވެފައިވާ މަގެކެވެ.ޒުވާނާ އެ އަންހެންކުއްޖާ އޭނާއާއި ގާތައް ދަމާލަމުން ބުންޏެވެ.”އަހަރެން ލިއާއަށް ޓަކައި މުޅި ދުނިޔެވެސް އަންދާލަފާނަން.ޖަސްޓް ސޭ ދަ ވޯޑް”

ދެމީހުންވެސް ހުއްޓިލައިގެން ތިބީ ވާރޭ ތެރޭގައެވެ.ވާރޭ ތިކިތައް އެ މޫނުތަކުގައި ބޮސްދީފައި ތިރިއަށް ފައިބަމުން ދިޔައެވެ.ޒުވާނާގެ މޭމަތީގައި އޮތް އެ އަންހެންކުއްޖާގެ ދެ އަތް ތުރުތުލަމުން ދިޔައެވެ.”ތި ކުޅެނީ ވަރަށް ނުރައްކާތެރި ކުޅިވަރެއް”އޭނާ ބުންޏެވެ.

ހިޔަނިތަކު ތެރެއިން ފާޅުވި އަނދިރި ސިފައެކެވެ.އޭނާގެ އަޑު ވަނީ ނުރައްކާތެރިކަމުން ފޯވެފައެވެ.”ކަލޭ ހީކުރަނީ ކަލެއަށް މަންތިރި ލިބުނީމަ  މޮޅުވީ ކަމަށްތަ؟އެކަމަކު ބޮނދުގެ ލޭ ދައުރުވަމުން ދަނީ މަގޭ ނާރުތަކުގައި!”

ސިއްރުތައް ފެންމަތިވާނެއެވެ.ނަމަވެސް އެންމެ ފަހު ފިޔަވަޅު އެޅުމުންނެވެ.

ހީވާކަހަލައެވެ.ކުޅިތައް ފަރާތްފަރާތައް މި ގެންދަނީ ތިމަންމެންނެވެ.ނަމަވެސް އެއީ ޕިޔަދައިންނެވެ.އެއިން ކޮންމެ މީހަކީވެސް ޕިޔަދައެކެވެ.

އާޙިރުގައި ތިޔައީ ހަމައެކަނި ޕިޔަދައަކަށް ނޫނީ ނުވެއެވެ.

“ޕިޔަދަ”ނުފޫޒާއި،ލޯބި އަދި ދޮގުތަކުގެ މައްޗަށް ބިނާވެފައި އޮތް ކުޅިގަނޑުގައި،ހަޤީގަތުގައި ކުރި ލިބޭނީ ކާކަށް ބާވައެވެ؟

ޢައްސަލާމު ޢަލައިކުމް.މިއީ އަޅުގަނޑު މި އައިޑީ އިން މި ސައިޓަށް ލިޔާ ފުރަތަމަ ދިގު ވާހަކައެވެ.އިންތިޒާރުކޮށްލައްވާ.

Comments (4)

  1. Your fav bab

    Wow impressive
    A very nice trailer!!!!!
    Hope to see ur long story soon!
    It seems like it’s gonna be very interesting

  2. Mysterious Woman

    Very Interesting trailer eh….
    BTW what is “piyadha” varah unique name eh for a story kobaa eyyge naama akky?
    furathama episode ah varah inthizaaru kurevey…

  3. Ilariae

    Omg…varah interesting waiting for the first chapter of the story
    Kobaa “piyadha” maana?

    1. svetlana
      Ilariae

      It is another name for “manaa” ♟️or pawn in chess.❤️

Comments are closed.