ދެވުނީ ވޭނޭ 21
ޝަހުދު އަރީންގެ އަތުގައި ހިފައިގެން ގޮސް އެ ކޯޓުން ބޭރަށް ނުކުތެވެ. މަގުމައްޗަށެވެ. ޝަހުދުގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރުން އަރީން ބިރުން ވިރިއްޖެއެވެ. “ކަލޭ އަށް ހާސް ހާހުން ރުފިޔާ ދިނީ އަހަރެން ބުނާ ގޮތެއް ހަދާށޭ. ކީއްވެގެންތަ އެ މުހިންމު ކްލިޕްތައް ނުދެއްކީ؟” ޝަހުދު އަޑަށް ބާރުލައިފައި ވާހަކަ ދެއްކި އިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ. އަރީން ބިރުން ހަލާކުވެއްޖެއެވެ. އޭނާ އެއްލި ކަޅިއަކުން ދެން ފެނުނީ ރައުފާނެވެ. އޭނާގެ ރުޅިވެރި ނަޒަރު ވެސް އަމާޒުވެފައިވަނީ ހަމަ އަރީނަށެވެ. މި ދެން އޭނާގެ ޒަމާން ދިޔައީ އޭ ހިތަށް އެރިއެވެ.
“ސޮރީ. އަހަރެންނަކީ ތެދުވެރިކަމާއި އެކު މަސައްކަތް ކުރާ މީހެއް” އަރީން މާނަ ފުން ޖުމްލައެއް ބުނެލުމަށް ފަހު ޝަހުދުގެ ކިބައިން ސަލާމަތްވެގެން ގޮސް ކާރަށް އަރައިފިއެވެ. ތައްޔާރުގައި ހުރި ޑްރައިވަރު ކުރިއަށް ދުއްވާލީ އަރީންގެ އެންގުމަށެވެ. އަރީން ކެބިނަށް ވަދެފައި ދޮރު ލައްޕާލިއެވެ. އޭނާގެ ދަބަސް މޭޒުމަތީގައި ބާއްވާ އެ ހުޅުވާލަމުން ނެގީ އޮޓޮޕްސީ ރިޕޯޓެކެވެ. މިހާރު އެ ރިޕޯޓަކީ ތެދެއް ކަމާއި މެދު ވެސް އޭނާއަށް ޝައްކެވެ. ބަލާބެލުމަށް އެއީ އޭޑީކޭއިން ހަދައިފައިވާ ރިޕޯޓެކެވެ. ޑަކުޓަރުގެ ނަމަކަށް ވަނީ އަމީރެވެ. އަރީން ދެން ބޭނުންވީ އެ އޮޓޮޕްސީ ރިޕޯޓުގެ ސައްޙަކަން ކަށަވަރުކުރާށެވެ. އެ ދަބަހަށް އަނބުރާ ލައިފައި އޭނާ ޒިބު ކަހާލިއެވެ. އެ ވަގުތު އޭނާ އަށް އިވުނީ މީހަކު ކެބިންގެ ދޮރު ހުޅުވާ ލައްޕާލި އަޑެވެ. އަރީން ހުރީ ދޮރަށް ފުރަގަސް ދީގެން ކަމުން ވަނީ ކާކު ކަމެއް ނޭނގުނެވެ.
ލަސްލަހުން އަރީން އެ ފަރާތަށް އެނބުރުނެވެ. އޭރު އެ ތަނުގައި އަރީނަށް ކަޅި ހުއްޓާލައިގެން ހުރީ ނާއިލެވެ. އޭނާގެ މޫނުމަތީގައި ވަނީ ތަރުޖަމާކުރަން ދަތި ކުލަވަރެކެވެ. “އަރީ މިއަދު ކީއް ތިކުރީ؟ އެއްބުރުން ނިންމާލެވޭނެ ވަރުގެ އެއްޗެކޭ ތި ދޫކޮށްލީ.” މޭޒުގައި ދެފަރާތުން އަތް އަޅުވާލަމުން ނާއިލް އަރީނާއި އިންތިހާ ދަރަޖައަށް ގާތްވެލިއެވެ. އަރީންގެ ދެލޯ މުދުނަށް އެރިއެވެ. “ޕްލީޒް. ބުނެފިންދޯ ތިހެން އަހަރެންނާއި ގާތް ނުވާށޭ” އަރީން އިސް ތިރިކޮށްލަމުން ބުނެލިއެވެ. “އަހަރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު.” ނާއިލް އަރީންގެ ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކުރުވިއެވެ.
“އަދި ނެތެއްނު ނުވެފައެވެ.” އަރީން މޫނުގައި އަތް އަޅަމުން ބުނެލިއެވެ. “ދެވަނަ އަޑުއެހުމުގައި ޝަހުދުގެ ކޮޅަށް ނިމޭވަރު ކުރާތި.” ނާއިލް އަރީންގެ ކަންފަތާއި އަނގަ ކައިރި ކޮށްލަމުން ބުނެލިއެވެ. ދެން އަރީން ދޫކޮށްލައިފައި އެ ތަނުން ނުކުމެގެން ދިޔައެވެ. އަރީން އޭނާގެ މޫނުން އަތް ނެގީ ނާއިލް ދިޔަކަން ޔަގީންވުމުންނެވެ. އޭރު އޭނާގެ ސާފު ދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ ދެލޯ ފުހެލައިފައި ދަބަސް އަޅުވާލަމުން އެ ކެބިނުން ނުކުމެގެން ދިޔައެވެ.
އަރީން މިފަހަރު ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެތަނުން އޭނާ ބައްދަލު ކުރީ އާސިފް ނަމަކަށް ކިޔުނު ޑަކުޓަރަކާއި އެވެ. އެއީ އިރެއްގައި އަރީނާއި އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. އެ ފިރިހެން ޑަކުޓަރު އަރީން ގޮވައިގެން ގޮސް ވަނީ އޭނާގެ ކެބިނަށެވެ. އެ ވަގުތު އާސިފަށް ބަލާނެ ޕޭޝަންޓެއް ނެތް ކަމީ ނަސީބެކޭ އަރީން ހިތަށް އެރިއެވެ.
“ހެއި ރީން. ލައްކަ ދުވަސް ފަހުން ދޯ މި ދިމާވީ. ކޮން ވާހަކައެއް ބުނަންތަ މި ހިސާބަށް އަންނަން ޖެހޭ ވަރު ވީ؟” އާސިފް ގޮނޑީގައި އިށީންނަމުން އެއްސެވެ. އަރީން އޭނާގެ ދަބަހުން ނެގީ އެއްކަލަ އޮޓޮޕްސީ ރިޕޯޓެވެ. “މި ރިޕޯޓު ސައްޙަތޯ ނޫންތޯ ބަލައިލަދޭންވީ.” އަރީން އެދުނެވެ. އާސިފް އެ ރިޕޯޓު ނަގައި ދިރާސާ ކުރަން އިނެވެ.
“އޯކޭ. މައްސަލައެއް ނެތް. އެކަމު އުނދަގޫ ވީމަ އެހާ އަވަހަށް ނުނިންމިދާނެ. އެއީ މި އަންހެން ކުއްޖާ އާއި ހަވާލުވީ މަތީ ޑިވިޝަން އަކުން ކަމަށް ވާތީ. މަތިމަތިން ބަލައިލައިފަ ވެސް އެނގޭ މީގައި މައްސަލައެއް އުޅޭ ކަން. އެއް ކަމަކަށް އެ ދުވަހު މި ދެ ނަރުހުން މަސައްކަތަށް ވެސް ނާދޭ. އަނެއް ކަމަކަށް މި ޑަކްޓަރު. މިއީ ވަރަށް ފަރުވާކުޑަ މީހެއް.” އާސިފް ބުނެލިއެވެ. އެއާއި އެކު އަރީންގެ މޫނުމަތީގައި ކުޅެލީ ހިތްގައިމު ހިނިތުންވުމެކެވެ.
“އިތުރު އެއް ކަންތައް. މިހާރު އޮންނާނެ ޑިޖިޓަލް އިންވައިޓެއް ފޮނުވިފަ. އެކަމު ވެސް މި ދެނީ. މާދަން ހަނދާންކޮށް އަންނައްޗޭ.” އަރީން އޭނާގެ އަތުގައި އޮތް ފަހު ކާޑު ދޭނެ އެހެން މީހެއް ނެތުމުން އާސިފަށް ދިނީއެވެ. “ޒަވިއަން ޒިޔާދަށް. އޯހް މައި. ރީން ތި ނެގީ މިހާރު މި ދިވެހިރާއްޖޭގައި ހުރި އެންމެ ވަރުގަދަ އަދި ކުޅަދާނަ ޒުވާނާ އެއްނު. ވާއު. ރާއްޖެ އެކަންޏެއް ނޫން، އެހެން ގައުމުތަކުގެ އަންހެން ކުދިން ވެސް އޭނާއަށް ލޯ އަޅާ. ސިފަ ވެސް އެހާ ރީތި ވިއްޔާ. ރީން ހޫރުޕަރީއެއްހާ ރީތިވީމަ ލިބޭ ފައިދާތައް ދޯ.” ކާޑުގައި ޒަވިއަންގެ ނަން އޮތުމުން އާސިފަށް އެއްޗެކޭ ނުބުނެއެއް ނުހުރެވުނެވެ. އަރީން އެއަށް ދޭނެ ރައްދެއް ނޭނގުނެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީ އެހެން ވެގެންނެވެ.
“ޔަލާ! އަޅެ ކޮންމެވެސް ގޮތަކުން ބަލާބަލަ ޒެވް އިންނަން އުޅެނީ ކޮން ހަރުފައަކާ ތޯ؟ އެ ގިއްޗެއް އޭނާއާ ދުރުކުރުވަން ޖެހެޔޭ. ނެއްތަ ސަޅި ޚިޔާލެއް.” ކޮފީ އަކަށް އޯޑަރުކޮށްލައިފައި ޝައުލާ އެހިއެވެ. “ކިހިނެއްތަ އަހަރެންނަށް އެނގޭނީ؟ އެހެން ނޫނަސް ޒެވް ހުރީ އުޒްބެކިސްތާނުގައެއްނު. އޭނާ އަައި ދުވަހަކުންނެއްނު ތިއެއް އެނގޭނީ.” ޔޫލީން ރައްދުގައި ބުނެލިއެވެ. “ޝަލް އިހަށް އަހަރެންގެ ސެން ހޯދަން އެހީވެބަލަ. އޭރުން އަހަރެން ތިކަން ކޮށްދީފާނަން. މިހާރު ކިތައް ފަހަރު ކަމެއް ނޭނގެ އޭނާ އަހަރެން ރިޖެކްޓް ކުރީ.” ނައުރީން ބުނެލިއެވެ.
“ހޫން. ހެވޭ. ހެލްޕް ވާނަމޭ. ފުލުހެކެއްނު. ސެޓް ސަމްތިން އަޕް. އޭނާ އަށް އޮޅުވާލައިގެން ވިޔަސް ނައު ސަލާމަތް ކުރަން އަންނާނެ ކަހަލަ ގޮތަކަށް.” ޝައުލާ ބުނެލިއެވެ. ނައުރީނަށް މި ޚިޔާލު ވަރަށް ކަމުދިޔައެވެ. ވަގުތުން ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.
“އައިޝަތު އަރީން އަފްޒަލް.” ނައުރީން ފޯނު ކަނޑާލައިފައި ބުނެލިއެވެ. “އަރީން؟ އޯހް. އައްޗީޑި. އެ އަންހެނާ އާތަ އިންނަނީ. ޗީޗީ. އެއްފަހަރު ރޯކޮށްލައިގެން މަރުނުވި ގޮލާ.” ޝައުލާގެ ހަނދާނަށް އެ ކަންތައް އައުމުން މޫނު ކުނިކޮށްލައިފިއެވެ. “ޝަލް އެހާ ބާރަށް ތި ކަހަލަ ވާހަކަ ނުދައްކަބަލަ. އޭރުގެ ނަސީބު ދޯ އަހަރެމެން ނުބެދުނުކަން.” ޔޫލީން ސިއްރުވެރި ގޮތަކަށް ބުނެލިއެވެ. “އެރޭ ހަމަ އޭނާ މަރާލަންތަ ތި މީހުން އުޅުނީ. އެހެން ހަދާކަށް ނުވާނެއްނު. އެ ނޫން ގޮތްގޮތް ވެސް އެބަހުއްޓެއްނު. ދެން އެ ޕާޓީ ކްރޭޝް ކޮށްލަންތަ ތި ވިސްނަނީ؟” ނައުރީން އެހިއެވެ. “ޔަޤީނެއްނު. މި ފަހަރު އެ ސުންޕާ އަންހެނާއަށް ރަނގަޅު ފިލާވަޅެއް ދޭނަން.” ޝައުލާ ނުލަފާ ގޮތަކަށް ހީނލިއެވެ.
ފަތިސް ނަމާދަށް ހޭލި އަރީންގެ މޫނުމަތީގައި މިއަދު ވަނީ ވަރުބަލިކަމެވެ. އޭނާ އެ ދުވަހެއް ނާދޭތޯ އެދިއެދި ހުރި ދުވަސް އައިސް ޖެހުނީއެވެ. މި ދުވަސް ނިމެން ވާއިރަށް އޭނާ ވެގެންދާނީ ޒަވިއަންގެ އަނބިމީހާ އަށެވެ. ތާއަބަދަށް އެ ނުރައްކާތެރި ނަޒަރުން ސަލާމަތް ނުވެވި އެ ރަޙުމެއް ނެތް ވަކިތަކުގެ ދަށުވާނީއެވެ. ކުރާނެ ކަމެއް ނެތެވެ. އަޒާޔާ ނިޔާވުމާއި ގުޅިގެން ތަޤުދީރު އޭނާ އާއި ކުޅެމުން އެ ދަނީ ހާދަ ވިހަ ސަމާސާއެކެެވެ. ވޭނާއި ކެކުޅުމަކީ އަރީނަށް ޚާއްޞަ ލަފުޒުތަކަކަށް ވެއްޖެއެވެ. އެންމެ ދެރަ މިނުން ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަނީ އެއް ވެސް ނޫނެވެ. އަރީން އަޒާޔާ އަށް އިންސާފު ހޯދަން ބޭނުންވެއެވެ. އެހެނަސް އެކަމެއް ކުރި ބައެއްގެ ނުފޫޒު ގަދަ ކަމުން މިހާތަނަށް އޭނާ ކުރި މަސައްކަތަކުން ރާހަތެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އަރީން ނަމާދުކޮށް އަވަދިވެގެން އުޅުނީ ފޮށްޓަށް އެއްޗެހި އަޅާށެވެ. އޭނާގެ ހެދުންތަކާއި އެހެނިހެން މުހިންމު ސާމާނުތައް އަޅާ ޕެކު ކުރަމުން ދިޔައެވެ. އެކަން ކޮށް ނިންމާލުމަށް ފަހު އަރީން ކޮޓަރިން ނުކުތެވެ. އޭރު ޔަނާލް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ހުއްޓެވެ.
ހުޅުލޭ ރަންވޭގައި ފުލޭޓު ޖެއްސުމާއި އެކު ޒަވިއަންގެ މޫނުމައްޗަށް ވެރިވީ ނުރުހުންތެރިކަމުގެ އަސަރުތަކެވެ. މިއަދަކީ އޭނާގެ ދުޝްމަނަކާއި ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހަށް ވާތީ ކަމަށް ވެދާނެއެވެ. ފުލައިޓުން ފައިބައިގެން ޗެކްއައުޓް ވާން ދިޔައިރު ދިހައެއް ޖަހައިފާނެއެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީހާއި ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ޒަވިއަނާއި ނުހަނު ގުޅެއެވެ. ތުނިކޮށް ފަޅައިފައިވާ ތުނބުޅިން އޭނާ ހިތްގައިމު ކަން އިތުރުވެފައި ވެއެވެ. ކަޅުކުލައިގެ ރޭބަން އައިނަކުން އެ އަސަރުގަދަ ދެލޯ ފޮރުވާލެވިފައިވާ އިރު ފިރިހެންވަންތަކަން އިންތިހާއެވެ. ކައިރިން އައި ލީވާން ވެސް ވަކި ޒަވިއަނަށް ދޫ ނުކުރެއެވެ. މަޑު ނޫކުލައިގެ ގަމީހާއި ނޭވީ ބްލޫ ކޯޓް ފަޓުލޫނުގައި ހުރި އިރު ރަސްމީކަން އިންތިހާއެވެ. ބޮޑީ ގާޑް ޓްރައިނިން ހަދައިފައި ހުރި މީހަކަށް ވުމުން އޭނާއަށް ވަރުގަދަ ހަށިގަނޑެއް ލިބިފައި ވެއެވެ.
“އެންމެފަހުން އާދެވިއްޖެދޯ. އެ ވަރުން ނުދާށޭ ބުނީމަ ވެސް ހަމަ ދިޔައީ އެއްނު.” ޑައިމަންޑް ސްކައި އެޝޫރަންސްގެ އިމާރާތުން ޒަވިއަނާއި ބައްދަލުކުރީ ޒިޔާދެވެ. އެހެނަސް އޭނާ އަޅާވެސް ނުލާ ގޮސް ލިފްޓަށް އެރީއެވެެ. ލީވާން ޒަވިއަންގެ ފަހަތުން ދިޔައީ ޒިޔާދާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. އެހާ ވަރުން އެ ކައިވެނި ކުރިއަށް ގެންދިޔުމުން އަރީނަށް އުޅެންޖެހޭނީ ކިހާ ޙާލެއްގައިކަން ޒިޔާދަށް ނޭނގެނީ ބާއޭ އޭނާ ހިތަށް އެރިއެވެ.
ޒަވިއަންގެ ބޯ ހަރު ކަމަކީ ލީވާނަށް އާ ކަމެއް ނޫނެވެ. ޒަވިއަންގެ ޕީއޭގެ ގޮތުގައި ހިފަހައްޓާލެވޭ ހަމައެކަނި މީހަކީ އެއީއެވެ. ލީވާން ޗުއްޓީ ނަގާ ދުވަސް ދުވަހު ވަގުތީ ގޮތުން އެހެން މީހަކު އެ މަސައްކަތާ ހަވާލުވިއެއް ކަމަކު އެންމެ ގިނަ ވެގެން ވެސް މަޑުކޮށްލެވޭނީ ސައުވީސް ގަޑިއިރަށެވެ.
“ޒަވިއަން ދެން ވެސް އާދެބަލަ. މިއަދު އޮފް ނެގިއަސް މަސައްކަތަކަށް ބުރޫއެއް ނާރާނޭ.” ޒިޔާދު ގޮސް ޒަވިއަންގެ ފަހަތުން ލިފްޓަށް އަރައިފިއެވެ. އެ އަޑު އިވިފައި ޒަވިއަންގެ މޫނުމަތި ވިއްސާރަވިލާގަނޑެއްހާ ބަނަވެގެން ދިޔައެވެ. ވަގުތުން ދެކޮޅު ހަދައިފިއެވެ. އޭނާއަށް މަސައްކަތް މާ މުހިންމެވެ.
ޒިޔާދު ކެބިނަށް ވަދެފައިވެސް ޒަވިއަނާއި ވަރަށް ވާހަކަ ދެއްކިއެވެ. “ދެން ހުއްޓާލަބަލަ. ހަވީރުން ގޮސްފާނަން.” ޒަވިއަން އެންމެފަހުން ބޮލަށް ތުރާވުމުން ބުނެލިއެވެ. ލީވާނަށް ހުރެވުނީ މި ދެބަފައިން އުޅޭ ގޮތް ބަލަން ހުއްޓުން އަރައިފައެވެ. މިހާވަރުން ދަންޏާ އަރީނަށް ކޮށްލާނެ ވަރެއް އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. އަރީނަށް ވޭނާއި ކެކުޅުން ލިބުނަކަ ނުދީ މި ކައިވެނި ހުއްޓުވަން ވީނުން ހެއްޔެވެ؟ އެހެނަސް މި ކަމުގައި އޭނާގެ ބަސް ނުވިކޭނެތީ ލީވާން ހަނުހުރީއެވެ.
ރޭގަނޑުގެ ވަގުތެވެ. އަރީން އުޅޭ އެޕާޓްމަންޓުތެރެ ހަލަބޮލި ވެފައިވަނީ ކައިވެންޏަށް ދާ އަންހެން ބްރައިޑްސް މެއިޑުންގެ ސަބަބުންނެވެ. އަންހެން ވެރިން ތައްޔާރު ވާން އެހީވުމަށް މޭކަޕް އާޓިސްޓުން ވެސް އައިސްފައިވެއެވެ. ކޮޓަރީގައި އިން އަރީންގެ ނަޒަރު ހުއްޓިފައި ވަނީ ލޯގަނޑަށެވެ. ވަށައިގެން އޭނާގެ އެކުވެރިން ސަމާސާކޮށް އަރީނާއި ދިމާކުރަމުން ދިޔައެވެ. އެހެނަސް އެ ބުނާ އެއްވެސް އެއްޗެއް އޭނާގެ ކަންފަތަށް ނީވޭ ކަހަލައެވެ.
“ރީން ހާސްވެފަތަ؟” ސުމައްޔާ އެހެން އެހީ ވަރަށް އިރު ފަހުންނެވެ. “ނޫނޭ. ކީއްވެތަ ހާސްވާންވީ؟ އެންޑް… މިހާރު އެއޮށް ދާގަޑި ޖެހުނީނުން.” އަރީން އޭނާގެ މޫނުމަތީގައި ފޭކް ހިނިތުންވުމެއް ސޭލު އަޅުވާލަމުން ބުނެލިއެވެ. އެ ވަގުތު ޔަނާލް އައިސް ކޮޓަރިއަށް ވަނެވެ. ޔަނާލްގެ އެންގުމަށް އަރީން ފިޔަވާ އެހެން މީހުން އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އެއަށްފަހު ޔަނާލް އައިސް އަރީންގެ ގާތުގައި އިށީނެވެ.
“ދަރިފުޅާ! ވިސްނައިގެން އުޅޭތި. މީހެއްގެ އަނތްބަކަށް ވުމަށް ފަހު އަދާކުރަން ޖެހޭ ޒިންމާތައް ވީ އެންމެ ފުރިހަމައަށް އަދާކުރާތި. ކައިވެނީގެ ގޮށް ޖަހާލުމަށް ފަހު ވަރިވާން އުޅުމަކީ އެހާ ރީތި ކަމެއް ނޫން. ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ ހައްލުކުރަން ވާނެ.” ޔަނާލް ނަސޭހަތުގެ ރާގަކަށް ވާހަކަދައްކަން ފެށިއެވެ. ޔަނާލް އެ ކޮޓަރިން ނުކުތީ ލައްކަ ވާހަކަ ދައްކައިފައެވެ. އަރީން ވެސް އޭނާގެ މަންމަގެ ފަހަތުން ނުކުތެވެ. ހުދު ކުލައިގެ ކަށިލީ ފައިވާނަކަށް އަރައިފައި އޭނާ އެޕާޓްމަންޓުން ނުކުތެވެ. ލައިގެން ހުރި ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ހިފާލަމުން ގޮސް އޭނާ ލިފްޓަށް އެރިއެވެ.
އިމާރާތުން ނުކުތުމާއި އެކު އޭނާއަށް މަރުހަބާ ކީ ލީވާނެވެ. “ޒިޔާދުބޭ ބުނެގެން ރީން ބަލާ އައިސް މިހުރީ. އާދޭ.” ލީވާން ބުނެލިއެވެ. އަރީން ލީވާންގެ ފަހަތުން ގޮސް ކަޅުކުލައިގެ ލައިޓްނިން އަށް އަރައިފިއެވެ. ލީވާން ކާރު ދުއްވާލީ ސްޕާކަލްސް ކިޔާ ޕާޓީތައް ބޭއްވުމަށް ޚާއްސަކުރެވިފައިވާ ތަނަކަށެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ.
އާދައިގެ ސްޕީޑެއްގައި ލީވާން ކާރު ދުއްވަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަގަށެވެ. އެއް ލޭނުން އޭނާ ދުއްވާ ކޮޅަށް ކާރާއި ސައިކަލު ފަދަ އުޅަނދުތައް ދުއްވަމުން ދިޔައެވެ. އަނެއް ލޭނުން އަނެއް ކޮޅަށެވެ. ދެލޭނު ވަކިކޮށްލެވިފަައި ވަނީ ތިރިތިރި ދަގަނޑު ފެންސަކުންނެވެ. ވަގުތުގެ ގޮތުން ތަނުގެ ކާރޫބާރޫ ބޮޑެވެ. އަރީން ކާރުގައި އިން އިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ބޭރުން ފެންނަމުން ދިޔަ އިމާރާތްތަކަށެވެ. ދެލޯ އެ ތަނަށް އަމާޒުވެފައިވީ ނަމަވެސް އޭނާގެ ވިސްނުން ވަނީ މުޅިން އެހެން ދިމާލެއްގައެވެ.
ލީވާނަށް ދެލޯ ހަނިކޮށްލެވުނީ އަނެއް ލޭނުން ދުއްވައިފައި އައި ބޮޑު ލޮރީއެއް ފެނިފައެވެ. އޭގެ ލައިސެންސް ޕްލޭޓުގައި ވަނީ ކަޅު ދަވާދުލައިފައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ލީވާނަށް އެއީ ސަހަލު ކަމެއް ނޫން ކަން ދެނެގަނެވިއްޖެއެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ދަގަނޑު ފެންސު މަތިން އެ ލޭނަށް ވަދެގަންނަން ލޮރީ މަސައްކަތް ކުރާކަން އެނގުމުންނެވެ. އޭގެ އަމާޒަކީ މި ކަޅު ލައިޓްނިން ކަން ދެނެގަނެވުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Alley Shaula don’t you dare hurt areennn!!
E truck attack e kuranee areen mennah tha alhey😭😭😭 keep them safe!!
N who is sen? Naureen’s crush?
Mi part is crazy awesome!! Loved it💗
Btw so curious
Waiting for the next part!
Ly
Yhh, it’s aimed at them.
Sen is ihusaan, yes naureens crush
Shukran Your fav bab ✨✨
Lyt darl 💕💕
Mi part ves vrh reethi MA! You’re one of my favorite author on esfiya. Keep it up! Ly💚💚
Oh no Plzzz reen ah dhera gotheh nahadhahchey!!! 😭😭😭
E shaula men ge Kameh dhw ei. Shaula ah Xev nulibeyne kan ingey iruves ulhey gotheh dhw😠😡. Meehehge furaana aa ey thi kulhelevenee
Whn nxt????
So happy to be ur fav ☺️☺️
Reen’s life is full of pain dhw 😔😔
Shaula goiy dhoo nukurany hama.
IA next Friday ga submit kohlaanan.
Shukran Anonymous ✨✨
Lyt darl 💕💕
Alheyyy reen ah dhera gotheh nuhadhahchey plss 🙏
I think shaula men kuraa kameh kahne eii I hate her so much 😡anyways mi part vx hama 100 ingey
So curious 🤔
When’s next???
Lyyy ❤️
Reen fakeerah dhera kan kan dhimaavaaleh ginaii hama. 😔😔
Let’s see if its really her behind it or not
Stay tuned to satisfy ur curiousity.
IA mi anna Friday ga submit kohlaan kamah.
Shukran for ur unwavering support Nai_73 ✨✨
Lyt darl 💕💕
So do you believe these facts👇👇👇
Most of the ppl’s fav colour is:
BLACK until it comes to skin💔
YELLOW until it comes to teeth😹
RED until it comes from body😶
Yes. I do believe
Fr💔💔💔
Agreed 💯
This part is so cool too💚
Alhey dhn hama reen kaaveni kuran uklhenikoh dhw 😭
Curious to know what happened to areen and leevan
Ughh here comes shaulaa the evil…. Yageenun vx mi e shaulaa kuraa kameh kanneyngey
I hope leevan and areen will be alr 🖤
When next??
Reen kaiveni kuriya nudheyn beynun meehun ulheythy mi kahala kan kan ves vaane.
Leevan menah vaa gotheh engidhaanethaa dhen oiy ba in, stay tuned.
Next Friday ga submit kohlaanan IA.
Shukran Defnot_maan ✨✨
Haadha reehchey mi bai vx avahah up kh dheh chey kiyaa hithun keii madhu vefa
IA next Friday ga submit kohlaanan.
Shukran Xoo fox ✨✨
Next episode submitted??
Im waiting impatiently to read the next ep🥲🥲🥲
Btw I’m a huge fan of ur stories especially I love ur story “hageegaih hwdhumey” N this story is also very interesting and fantastic😍😍
Very curious to know what will happen to Areen🤔
Keep ur good work💓🌺
Yes, submitted last night, but still pending.
Awnnn, so happy to hear that.
Haqeeqiay hoadhumey is my fav story
Shukran 🌺 ✨✨
Why it is pending for tooooo loongg😿
Im tired of waiting😭😭😭😭😭
Alhugandu ves iru iru kolhaa page refresh kohlakohlaa mi innany 😭
Me too bro
Let’s hope it gets uploaded soon 😔😔
Can’t u submit again @White rose
🙍🏻♀️🙍🏻♀️🙍🏻♀️
Resubmit kuriyas work eh nukurey, mi week ga ba eh ehen writers ah ves eba ulhey mi mahsala dhimaavegen
I ge comment adhi ves dhahkaa nulaa! I think I posted the comment enme kurin!
Ngl but Something’s up with this site I swearrrrrrrr!!!
Yeaa, edhuvahun feshigen submit kuraa comments and posts upload nuvany. But for some writers I think above a certain level, mi problem dhimaa nuvey. 😣😣
I’ve seen ur comment, will reply as soon as it’s posted ☺️
🫴🫶🧡My 1 st Exam started today and ends up tmrw So Could you Just wish me ? Anyways,Your stories is the best 💛✨
Good luck with your exams. Do the papers confidently to earn best results.
Shukran @🫶🧡 ✨✨
What kinda exam starts today and ends tmrw my exam starts next Wednesday and ends after 7 days freaking out 😭😭😭😭
Maybe different ppl have different types exams.
Good luck with your exams as well 🫠🫠
Wo wo rosie hama mi ulheny mulhin ves mi site therey tha?
Comment eh post kurevey irah reply dhenee!😽
Hehe, vhk upload veythoa balan iru iru kolhaa balany hama, upload veema link insta story ah laan vegen.
I think u should share the next episode in the comment section😅😩
Hehe, ihah wait kohlamaa.