Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހުވަފެނެއްބާ؟ (1ވަނަ ބައި)

Eyesh Level 210 Stories100 Comments
December 1, 2015 3 Mins Read
14 Comments

“ހަނާ”… ހަނާ އަަށް ހޭލެވުނީ އޭނާގެ ކަންފަތް ކަައިރީގައި މީހަކު މަޑުމަޑުން އޭނާގެ ނަމުން ގޮވާލުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާ ލުމަށްފަހު ވަށައިގެން ހޯދާލިއިރު އަނދިރީގެ ތެރެެއިން އެއްވެސް މީހަކު ފެެއްނާކަށްނެތެވެ. ހަނާ މަޑުމަޑުންގޮސް ބޮކިދިއްލާލައި މުޅިކޮޓަރިތެރެއަށް ރަނގަޅަށް ނަޒަރުހިންގާލިއެވެ. ފާޚާނާއަށް ވަދެލުމަށްފަހު އައިސް ބޮކިނިއްވާލައި އަނެއްކާވެސް އެނދުގައި އޮށޯތީ ނިދޭތޯއެވެ. އޭރު ގަޑިންދަންވަރު ދެގަޑިބައިވެ ބޮޑު ވެއްޖެއެވެ. “ހަނާ”… ދެލޯ މެރެމުން ދަނިކޮށް އަނެެެެއްކާވެސް އެއަޑު ހަނާގެ ކަންފަތުގައި ޖެހުނެވެ. މިފަހަރު މީހެއްގެ ނޭވާގެއަޑުވެސް އިވުނުހެން ހީވިއެވެ. ދެލޯމަރައި ބާރުކޮށްލުމަށްފަހު ހަނާ މަސައްކަތްކުރީ ނިދޭތޯއެވެ. މާލަސްތަކެއްނުވެ މަސްތީނިންޖެއްގެ ތެރެއަށް ހަނާ ގެނބިގެންްދިޔައެވެ.
ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ހަނދުގެއަލި ގަސްތަކުގެ ތެރެއިން ފުރޭނިގެންއައިސްް ހިތްގައިމު ކޮކާހަނދުވަރެއް ފެތުރިފައިވެއެވެ. ހަނާގެ މިސްރާބުހުރީ ރަށުގެ ދޮންވެލިތުނޑިއާއި ދިމާލަށެވެ. ޖެހެމުންދިޔަ މަޑުމަޑު ރޯޅިތައްއައިސް ގައިގައި ބީހިލާ ކޮއްމެފަހަރަކު ހިތަށް ލިބިގެންދަނީ އާދަޔާހިލާފު ހިތްހަމަ ޖެހުމެކެވެ. މަަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ތުނޑިމަތީގައި ހަނާ އިށީނެވެ. މޫދުންއައްނަ ކުދިކުދިރާޅުތައް ވެލިގަނޑަށް ބީއްސާލާ ކޮންްމެފަހަރަކު އިވިގެންދަނީ ރީތި މިޔުޒިކީއަޑެކެވެ. “ހަނާ”…. ކަންފަތުގައި ޖެހުނު ރީތި ފިރިހެންވަންތަ އަޑުން ސިއްސައިގެންގޮސް ފަހަތަށްއެނބުރި ބަލާލެވުނެވެ. އެއީ ބުރުސޫރަރީތި އިސްކޮޅުންދިގު ފިރިހެނެކެވެ. އޭނާގެ މަސްތީ ދެލޮލުން ހަނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހަނާއަށް ލަދުން އިސްޖަހާލެވުނެވެ. “އަހަރެން މިތާގައި އިށީނދެލިޔަސް އެންމެ ރަނގަޅުތަ؟” އޭރުވެސް އޭނާހުރީ ހަނާއަށް ބަލަހައްޓައިގެންނެވެ. “ހްމް” ލަދުންއިނދެ ހަނާ ޖަވާބުދިނީ އިސްޖަހާލައިގެން އިނދެއެވެ.
“އަހަންނަކީ ޒިލާލް.. ތީ ހަނާ ދޯ” ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ޒިލާލްގެ މަސްތީ އަޑުންނެވެ. ހަނާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ދުވަހަކުވެސް ދެކެފައިނުވާ އެރީތި ފިރިހެނާއަށް ހަނާގެނަން އެނގުނީ ކިހިނެއްބާއެވެ. ދީފައިވާ މިލަހަނދުވަރުގެ ތެރެއިން ޒިލާލްއަށް ހަނާގެރީތިމޫނު ފެނުމުން އޭނާބޭނުންވީ އެމޫނަށް މުޅިރޭނިމިގެން ދަންދެންވެސް ބަލަން އިންނާށެވެ. ޒިލާލްއަށް ހަނާއެހާވެސް ރީއްޗެވެ. ޒިލާލް ހަނާގެއަތުގައި ހިފާފައި ހަނާއޭނާއާ ކައިރިކޮށްލި ވަގުތުހަނާއަށް ޒިލާލްގެގައިން މަޑުމަޑުމީރުވަހެއް ދުވިއެވެ. އެވަހުން ހަނާގެ ހިތްފުރިގެންދިޔަކަހަލައެވެ. ހަނާއަށް ބޭއިޚްތިޔަރުގައި ޒިލާލްގެމޭގައި ބޯއަޅާލައި ލަދުންއިނދެ ޒިލާލްގެ މުލައްދަނޑީގެ ތެރޭގައި ބޮނޑިވެލިއެވެ. ޒިލާލް ބާރަށް ހަނާގެގައިގައި ބައްދާލިއެވެ. މިއީ ޒިލާލް އަބަދުވެސް އިންތިޒާރު ކުރަމުންއައި ވަގުތުކޮޅުކަމުން އޭނާ ވަގުތުގެ ބޭނުންހިފާލިއެވެ. ޒިލާލްހަނާގެ ދަތްދޮޅީގަ ހިފާފައި އެރީތި މޫނަށް ބަލާލިއެވެ. ކިތައްމެވަރަކަށް ހަނާއަށް ބެލިޔަސް ޒިލާލްގެ ހިތެއް ނުފުރޭނެ އެވެ. ތަނަށްވެރިވެފައިވާ ހަމަހިމޭންކަމުގެ މަސްތީ ހިތްހަމަޖެހުން ދެމީހުންލިބިގަންނަމުންދިޔައެވެ. ހަނާގެމޫނަށް ޒިލާލްގެ ހޫނުނޭވާ އެޅޭކޮންމެ ފަހަރަކު އެނޭވާގައިވާ މަޑުމަޑުމީރުުވަސްް ހަނާއަށްދުވިއެވެ. ހިތަށްލިބެމުންދިޔަ ފިނިކަމުންހަނާ އަށްއޭނާގެ ނަފްސު ޒިލާލްގެ އަތްމައްޗަށް ދޫކޮށްލެވުނީ އެއްވެސް އިހުތިޔާރަކާނުލައެވެ.
“ހަނާ! ދަރިފުޅާ ތެދުވޭ ފަތިސްނަމާދުކުރަން. ބަންގިގޮވާގަޑި ވަރަށްކައިރިވެއްޖެ.” ހަނާއަށްހޭލެވުނީ އާބިދާ ގޮވާއަޑަށެވެ. ހަނާގޮސްދޮރު ހުޅުވާލުމަށްފަހު މިއުޅެނީނަމާދުކުރަން ތައްޔާރުވާންކަމުގައި ބުނުމުން އާބިދާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހަނާއަކީ އާބިދާއާއި ޒަރީރުގެ ލޯބީގެ ނިށާނެވެ.ހަނާގެ އުމުރުން ދެއަހަރުގައި ޒަރީރުވަނީ ކުއްލި މަރަކުން މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެހެންކަމުން ހަނާއަށްކިޔަވައިދީ ބަލާބޮޑުކުރީ އާބިދާގެއެކަނި ބުރަމަސައްކަތުންނެވެ. އާބިދާއޭނާގެ ޒުވާންއުމުރު ހޭދަކުރީ ގޭގެއަށްމަސައްކަތް ކޮށްދީގެން ލާރި ހޯދުމުގައެވެ. ހުސްވަގުތުގައި ފަންގިވިދެގެންވެސް އާބިދާ ގިނައަދަދެއްގެ ފައިސާ ހޯދިއެވެ. އާބިދާ ހަނާ ބޮޑުކޮށްފައިވަނީ ބައްޕަ ނެތްކަމުގެ އެއްވެސް އިހުސާސެއްނުވާނެހާވެސް ފުރިހަމަ ލޯތްބާއި ތަރުބިއްޔަތު ދީގެންނެވެ. ހަނާ ސުކޫލުން ނިމުނު ދުވަހުންފެށިގެން ދަނީ ކުދިންނަށް ޓިއުށަން ނަގައިދެމުންނެވެ. ހަނާ ކިޔަވައިދީގެންނާއި އާބިދާ ފަންގިވިދެގެން ހޯދާ ފައިސާއިން އެދެމައިން އުޅެމުންދަނީ އުފާވެރި ދިރިއުޅުމެކެވެ. ހަނާ އަށް އަށާރައަހަރު ފުރިފައިވާތީ އެހެންމައިންނެކޭވެސް އެއްގޮތަށް އާބިދާގެ ހިތުގައިވެސްވަނީ އެންމެ އެދުމެކެ. އެއީހަނާ ރަނގަޅު މީހަކާ ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއްފެށުމެވެ. އަދި އާބިދާއަށް މާމަ ކިޔާނޭ ދަރިއެއްލިބުމެވެ. ހަނާނަމާދުކޮށް ނިމިގެން ބަދިގެދޮށަށްގޮސް ސައިތައްޔާރުކޮށް ގޯތިތެރެ ކުނިކަހާ ސާފުކުރަންފެށިއެވެ. ހަނާއަށް ލިބިފައިވަނީ އާބިދާގެ ހީވަގިރީތިއުޅުމެވެ. “އަށްސަލާމު އަލައިކުމް” ހަނާ ސަލާމްބަލައިގަންނަމުން ގޭގެބޮޑުދޮރާ ދިމާލަށް ބަލާލިިއިރު އިރުޝާދު މަސްކޮތަޅެއް ހިފައިގެންއައިސް ހުއްޓެވެ. ހަނާގޮސް އިރުޝާދުގެއަަތުގައި އޮތް މަސްކޮތަޅު ނަގަމުން އިރުޝާދުއަށް ޝުކުރު އަދާކުރިއެވެ. އަދި އެތެރެއަށްވަނުމަށްބުންޔެވެ. “ބައްޕަބުނީ މާދަމާ ދޯނި މަހަށްނުފުރާނެޔޯ، އެކަމަކު މަސްކޮޅެއްބޭނުންވެއްޖެއްޔާ އަންނާށޯ ގޭދޮށަށް. ފުރިޖުގަ ހުއްނާނެހަފްތާއަކު ކެވޭހާމަސް. ދޯނި އެހެލަން މިއުޅެނީ މާދަމާ. ހަފްތާއެއްފަހުން ދޯނިބޭލޭވަރުވާނީ.” އިރުޝާދު ވާހަކަ ދެއްކީ ގޯތިތެރޭގައިހުރި ޖޯލިފަތީގައި އޮވެއެވެ. އޭނަގެ ނަޒަރުން އެންމެހިނދު ކޮޅަކަށްވެސް ހަނާ ކެހިގެންނުދެއެވެ. އިރުޝާދުގެ ހިތުގައި ހަނާއަށްޓަކައި ވާލޯބި އޭނާ ހާމަނުކޮށް އަދިއެހުންނަނީ ހަނާ ނޫނެކޭ ބުނެފާނެތީއެވެ. އާބިދާއަށް ބޭރުންއައިސް ގެއަށްވަދެވުނީ އެވަގުތުއެވެ. “އިރުޝާދު! ސައިބޯންވީނު” އަބިދާ އައިސް އިރުޝާދު ކައިރީގައި އިށީނެވެ. އިރުޝާދު ސައިނުބޯނެކަމުގައިބުނެ ނިކުމެގެންދިޔައީ އެނާ ނިންމަންޖެހޭ މަސައްކަތްތަކެއްހުރުމުންނެވެ. އިރުޝާދަކީ ސޯބިރާއާއި ހަސަނުގެ ތިންކުދިންގެ ތެރެއިން ހަގުކުއްޖާއެވެ. އޭނަގެ އުމުރުން އަދިމިވީ އެންމެ ނަވާރައަހަރެއްކަމަކު އެއީހަރުދަނާ ޒުވާނެކެވެ. ހަސަނުގެ ފިހާރައިގެ ވިޔަފާރިއާއި މަސްދޯނިންލިބޭ ފައިސާގެ ހިސާބުތައް ބަލަހަށްޓަމުންވެސްދަނީ އިރުޝާދެވެ. ހަސަނަކީ ޒަރީރުގެ ދެބެއިންގެ ދެދަރިބޭބެއެވެ. އެހެނަސް ހަސަނު އާބިދާމެންގެ ދެމައިންނާއި ދޭތެރޭގައި ކަންތައްކުރަނީ އެއްބަނޑުމީހަކުވެސް ކަންތައް ނުކޮށްދޭނެހާހެޔޮ ކޮށެވެ. އެދެމައިންނަށް ދަތިވާކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެނީ ހެޔޮހިތުންނެވެ.
އާދައިގެމަތިން އެކިކަންކަމުގައި އަވަދިނެތިއުޅެނިކޮށް ދުވަސްވެސް ނިމެނީއެވެ. އިރުއޭގެވާޖިބު އަދާކުރުމަށްފަހު އޮއްސިގެންދިޔައީ ދުނިޔެމައްޗަށް އޭގެރީތި ރަތްދޯދިތައް ފަތުރުވަމުންނެވެ. ހަނާ މިއަދުވެސް ފެންވަރަންވަނީ އިރުއޮއްސުނުވަގުތުގައެވެ. އެއީ އާބިދާކިތައްމެ ހިތްހަމަނުޖެހޭކަމެއް ނަމަވެސް ހަނާއަށް އެވަގުތު ފެންވަރާނުލައި ހިތްހަމައެއްނުޖެހެއެވެ. ފާހާނާގައި ޓިނުޖަހައި ހިޔާކޮށްފައި ހުއްޓެއްކަމަކު އިރުއޮއްސުމަށްފަހު ފެންވަރާކަށް އާބިދާ އަކަށްނުކެރެއެވެ.
ފުރަތަމަ ބޮލަށްއަޅާލި ފެންދާންޔާއެކު ހަނާގެ މުޅިހަށިގަނޑަށް ފިނިވެގެންދިޔައެވެ. އެވަގުތު ހަނާއަށް ދެލޯމަރާލެވުނީ ލިބުނުއަރާމެއްގެ ބޮޑުކަމުންނެވެ. އެހެންރޭރެއާ ޚިލާފަށްމިރޭ އެވަޅުގެ ފެންފިނިހެންވެސް ހަނާއަށް ހީވިިއެވެ. ހަނާއަށް ތެޅިގަނެވުނީ ކަނދުރާއަށް މީހެއްގެ ހޫނުނޭވާ އެޅުނުހެން ހީވެގެންނެވެ. އެއީހީވިގޮތްކަމުގައި ޔަގީންކޮށް އަނެއްކާވެސް ފެންވަރަންފެށިއެވެ. އަނެއްކާވެސް ހަމަ އެނޭވާ ހަނާއަށް އިހުސާސް ކުރެވުނެވެ. މިފަހަރު މަޑުމަޑު މީރުވަހެއްވެސް ދުވިހެންހީވިއެވެ. ހަނާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެއީ ރޭގެހުވަފެނުގައި އައި ރީތިޒުވާނާގެގައިން ދުވިމީރުވަހެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ފޮހެވޭނޭ ބާއޭ… 10

Next

ދުރުގައި ވިޔަސް… (5)

Next
December 2, 2015

ދުރުގައި ވިޔަސް… (5)

Previews
December 1, 2015

ފޮހެވޭނޭ ބާއޭ… 10

14 Comments!

  1. Ahmed Ammu says:
    December 1, 2015 at 11:42 pm

    Your stories are interesting Besty ???
    Keep it up.

    1. Eyesh says:
      December 2, 2015 at 12:17 am

      Thanx for ur support besty?

  2. aisha says:
    December 2, 2015 at 2:57 am

    wow. avahah next part upload kohdhehche.kiyaahithun moyavany

    1. Eyesh says:
      December 2, 2015 at 9:37 am

      Thnx . Mireyge vaguthehgai upload kuraanan ?

  3. Hana says:
    December 2, 2015 at 9:23 am

    Varah reethi vaahaka. Waiting for the next part. Best of luck sister :*

    1. Eyesh says:
      December 2, 2015 at 9:36 am

      Thnx swyty ?

  4. Eyesh says:
    December 2, 2015 at 9:34 am

    Thanx dhen faharakun thikamah ithurah samaalu vaanan ?

  5. lam says:
    December 2, 2015 at 9:41 am

    v v v nice story…best of luck

  6. samma says:
    December 2, 2015 at 9:41 am

    v reethi….. i love this story… wtng 4 nxt part….

  7. fazu says:
    December 2, 2015 at 9:42 am

    alheyyyy haadha reechey mi vaahaka…i love this story…

  8. lai says:
    December 2, 2015 at 3:14 pm

    meega vaanunaa eh neygun

  9. Eyesh says:
    December 2, 2015 at 3:26 pm
  10. DaBladeAppi says:
    December 2, 2015 at 3:28 pm

    V reethi story. Wish you goodluck.??????

    1. Eyesh says:
      December 2, 2015 at 6:40 pm

      Thnx ?

Comments are closed.

Next Episodeހުވަފެނެއްބާ؟ (2ވަނަ ބައި)←


All Right Reserved!