Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (27)

Mysterious Woman Level 310 Stories100 Comments
December 2, 2024 3 Mins Read
7 Comments

“ޒާން މިއަދު އައި އޮފީހަށް….” އެއްވެސް ދިރޭ އެއްޗެއްގެ ވެސް ހިލަމެއްނެތް އެ މާހައުލުން އިވުނީ މެހެކްގެ މިއުޒިކީ ރީތި އަޑެވެ. “އެއީ ކީއްކުރަން؟؟…” ހައިރާންކަމެއް އެކުލެވޭ ރާގަކަށް ޒިވިއަން އަހާލިއެވެ. “އަދި ވެސް ގިވްއަޕެއް ނުކުރޭ…..ހީ އިޒް ޓޯޓަލީ އަ ޑިފަރެންޓް ޕާރސަން….ބައެއްފަހަރު ޖެހިލުން ވެސްވޭ…..” މެހެކް ކަންބޮޑުވުން ފައުޅުކުރިއެވެ. “މެހެކް…..” ޒިވިއަން ވަރަށް މަޑުމަޑުން ގޮވާލިއެވެ. “ލެޓްސް ގެޓް މެރީޑް؟؟….” ދެން ޒިވިއަން ބުނެލި ވާހަކައިން މެހެކަށް އެސްފިޔަޖަހާލަން ވެސް ހަނދާންނެތި އެ ފިރިހެންވަންތަ މޫނަށް ބަލަން އިނދެވުންގޮތަށް އިނީއެވެ. މެހެކްގެ މި ބެލުމުން ނަގަންވީ މާނައެއް ޒިވިއަންއަކަށް ނޭނގުނެވެ. “ކީކޭ؟؟…..ޒިވް…..އެނގޭތަ ތި ކިޔޭ އެއްޗެއް؟؟…..” މެހެކް އަހާލިއެވެ. “ޔެސް…އައި ނޯ ވަޓް އައިއެމް ސެއިންގ……ދެ ފަރާތު ފެމިލީ ވެސް މި ގުޅުމަށް ރުޙޭ އިރު އަހަރެން ބޭނުމެއް ނޫން ދެން ލަސްކުރާކަށް…..މެހެކް އަތުން ބީވެދާކަށް އަހަރެން ނޭދެން….”ޒިވިއަން ހާމަކުރިއެވެ. ޒިވިއަންގެ މި ކުއްލި ނިންމުމުގެ ސަބަބުން ކުރިއަށްއޮތް ނުރައްކަލުގެ ހިލަމެއްވެސްނެތެވެ. ވަރަށް ވިސްނުމަށްފަހު މެހެކް އާބަސް ބުނީ އޭނާ ވެސް އެގޮތް ބޭނުންވާތީއެވެ.

ހަތާވިސްވަނަ ބައި

ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ސަޔަށް އިންޞާފުކުރަން މެހެފިލް ވިލާގަނޑުވަރުގެ އަހުލުވެރިން ތިބި ވަގުތެވެ. ޒިވިއަން ވިސްނީ އޭނާގެ މައިންބަފައިން ކައިރީ މެހެކާ ކައިވެނިކުރަން ބޭނުންވާކަން ހާމަކުރުމަށެވެ. ކަމަކަށް ތައްޔާރުވެލާ އުޞޫލުން ޒިވިއަން ވެސް ތައްޔާރުވެލިއެވެ. “މަންމާ….ބައްޕާ…..އަޅުގަނޑު ނިންމައިފިން މެހެކާ ކައިވެނި ކުރަން….” ޒިވިއަން އެންމެ ފަހުން ބުނެލިއެވެ. ޒާން ކައިކައި އިން އެތިކޮޅު ވެސް ތަށިތެރެއަށް ވެއްޓުނީ އިވިގެންދިޔަ ކުއްލި ޚަބަރަކުންނެވެ. މިހާ އަވަހަށް ކައިވެނީގެ ވާހަކަ ފެށީ ހެއްޔެވެ؟ އަހަރެން އަދި ތައްޔާރެއް ވެސް ނޫނެވެ. ޒިވިއަން މިއުޅެނީ މެހެކް އަހަރެންގެ އަތުން ގެއްލުވާލާށެވެ. މެހެކް ވާންޖެހޭނީ އަހަރެންގެ މީހަކަށެވެ. ހަމައެކަނި އަހަރެންގެއެވެ. މިފަދަ ޚިޔާލުތަކެއް ޒާންގެ ސިކުނޑީގައި އެނބުރެންފެށުމުން ވަރަށް ބާރަކަށް ނޫނެކޭ ކިޔާ އިންތަނުން ތެދުވެއްޖެއެވެ. އަދި އަލިފާނުގެ ބެލުމަކުން ޒިވިއަންއަށް ބަލާލުމަށްފަހު ކާގެއިން ނިކުމެގެން އޮފީހަށް ދިޔުމުގެ ބަދަލުގައި ވަނީ އޭނާގެ ކޮޓަރިއަށެވެ.

އެންމެން ތިބީ ޒާންގެ މި ޢަމަލުން ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެފަހުން ޒިވިއަން ދަނީއޭ ބުނެ ނިކުމެގެން ދިޔައީ އޮފީހަށެވެ. “މިވީ ކިހިނެއް؟…” ޒާލިމް ބަލްގިސްގެ މޫނަށް ބަލާލުމަށްފަހު އަހާލިއެވެ. “ދޮންބޭ….އަހަރެން ހީކުރީ ޒާން މިހާރު މެހެކް ދެކެ ލޯބި ނުވަނީ ކަމަށް….ފަހުން އެވާހަކަ ނުދެއްކީމަ ހީކުރީ އޭއިރު އެވީ “ކްރަޝް” ކަމަށް….އެކަމަކު މިހާރު…” ޒޫނާ މާޔޫސީ ރާގަކަށް ބުނެލިއެވެ. “ދެން އަޅާނުލާ…..ޅަކުދިންގެ ދިރިއުޅުމުގެ ތެރެއަށް އަހަރުމެން ވަންނަން ވެއްޖެ ނަމަ ނަތީޖާ ގޯސްވެދާނެ….އެކުދިންގެ މައްސަލަ ހައްލު ކުރަން އެކުދިންނަށް ދޫކޮށްލަން ފެންނަނީ….މިހާރު އަހަރުމެން ދައްކާ އެއްވެސް ވާހަކައެއް އެމީހުން އަޑެއްނާހާނެ” ޒާކިރުގެ ބުނުމަށް ޒާލިމް ވެސް އެއްބަސްވިއެވެ.

ރޯޒް ގާޑަން ބަގީޗާގެ އުނދޯލީގައި މެހެކް އިނެވެ. މަޑުމަޑުން އުނދޯލި ހެއްލާލަ ހެއްލާލަ އިން އިރު އޭނާގެ ޚިޔާލުތައް ވަނީ މާ ދުރުގައެވެ. މެހެރުއްނިސާ އައިސް މެހެކްގެ ކައިރީގައި އުނދޯލީގެ އެއްފަރާތުގައި އިށީން އިރު ވެސް ނޭނގުނެވެ. “ދަރިފުޅާ….” މެހެރުއްނިސާ އޭނާގެ ލޯބިވާ މާމަ ދަރިފުޅަށް ގޮވާލީ ވަރަށް ވެސް ލޯބިންނެވެ. މާމަގެ ނިޔަނެތި އަޑު އިވުމުން މެހެކްގެ ޚިޔާލުތަކުގެ ވާފަށް ވެސް ބުރިބުރިވެގެން ހިނގައްޖެއެވެ. “މާމާ….ކޮންއިރަކު އައީ..އަޅޭ..ކީއްވެ ނުގޮވީ…” މެހެކް އަވަސްއަވަހަށް އަހާލިއެވެ. “މާމަ އައިސް މިތާ އިންނަތާ ކިހާ އިރެއް މިވީ…..ގޮވަން ވެސް ގޮވިން….ދަރިފުޅު އިނީ މީހަކު ގޮވިޔަސް އަޑުނީވޭހާ ފުން ވިސްނުމެއްގައި ވިއްޔާ…ނިކަން މާމަ އާއި ވެސް ހިއްސާކޮށްބަލަ ތި ފިކުރުތައް….” ވަރަށް ލޯބިން މެހެރުއްނިސާ ބުނެލިއެވެ. “މާމަ ވެސް ދޯ…..ޒިވިއަން……………ޒިވިއަން އަޅުގަނޑާ އިންނަން އަހައިފި….” ކުޑަކޮށް މަޑުޖެހިލާފައި މެހެކް ބުނެލިއެވެ. މެހެރުއްނިސާ ބަލަން އިނުމުން އެ ބުނަނީ އޭގެ ތަފްޞީލު ދޭންކަން އިނގުނެވެ. އެހެންކަމުން މިއަދު ޒާން އޮފީހަށް ދިޔައިރު ވީ ގޮތުން ފެށިގެން އެރޭ ޒިވިއަން އޭނާ ކައިރީ އިންނަން އެހި ހިސާބަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒާން ވެސް އޭނާ ދެކެ ލޯބިވާ ވާހަކައާއި ޒިވިއަންއާ ރައްޓެހިވުމަށްފަހު ވެސް ޒާންގެ މެސެޖުތައް ލިބުން މަދުނުވާ ވާހަކަ ވެސް މެހެކް ވަނީ މެހެރުއްނިސާއަށް ކުރިން ކިޔައިދީފައެވެ.

“މާމާ…އަހަރެން ބިރުގަނޭ…ނޭނގެ ކީއްވެ ކަމެއް…ހިތަށް އަރަނީ ވަރަށް ބޮޑުކަމެއްވާން އުޅެޔޭ….އަހަރެން ބިރުގަނޭ ޒާން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ……އެއީ ކުރީގެ ޒާންއެއް ނޫން….އަހަރެންގެ “ބެސްޓް ފުރެންޑެއް” ނޫން….” މެހެރުއްނިސާގެ ކުރިމަތީގައި މެހެކްގެ ހިތުގެ ބުނުންތައް ޖެހިލުމެއްނެތި ހާމަކުރިއެވެ. މި ނޫނިއްޔާ މެހެކްގެ ހިތުގައިވާ އެއްވެސް ވާހަކައެއް ހިއްސާނުކުރާނެކަން މީ ދުވާލު ފަދައިން މެހެރުއްނިސާއަށް އިނގެއެވެ. “ދަރިފުޅާ….މާމަ ދޭނެ ނަޞޭހަތަކީ….ދަރިފުޅު ހިތް ދެވިފައިވާ ފަރާތާ ގުޅޭށޭ…މާމައަށް އިނގޭ ޒާން އާއިމެދު ދަރިފުޅު ދެކޭ ގޮތާއި ޒިވިއަންއާއި މެދު ދަރިފުޅު ދެކޭ ގޮތް ތަފާތުކަން……ނަމަވެސް ދަރިފުޅު ގުޅެންވާނީ ދަރިފުޅު ލޯބިވާ ފަރާތާ…” މެހެރުއްނިސާ ބުނެލިއެވެ. މަލައިކާ މެހެކް ހޯދަމުން ބަގީޗާއަށްނިކުތް އިރު މެހެރުއްނިސާގެ ކޮނޑުގައި ބޯއަޅައިގެން އޮތްތަން ފެނުމުން ހިތަށް އުފާވެރިކަން ވަތް ނަމަވެސް ބިރުވެރިކަމެއް ވެސް ހިތު ތެރެއިގައި އެނބުރެން ފެށިއެވެ. ބޮޑު ކަމެއް ވެގެން ނުވަތަ މެހެކް ދެރަވާފަދަ ކަމެއް ދިމާވުމުން ނޫނީ އެފަދަ ގޮތަކަށް މީހެއްގެ ހިމާޔަތަށް ނުދާނެކަން މަލައިކާއަށް އިނގެއެވެ. އެ ދެމީހުންނަށް އޭނާ އެތަނަށް ނިކުތްކަން އަންގަން ބޭނުންނުވާތީ މަޑުނުކޮށް ވަނީ އެތެރެއަށެވެ.

އާ ދުވަހަކަށް މަރުޙަބާކީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބައެއްގެ ދިރިއުޅުމަށް އުފާވެރިކަމުގެ ރަހަތައް ލިބުން އިރު އަނެއްބައެއްގެ ދިރިއުޅުމުގެ މިސްރާބު ދާ ކޮޅެއް ނުވެސް އިނގެއެވެ. ގައިމު ވެސް ޒިވިއަން އާއި މެހެކްގެ ގުޅުމުގައި ކުނޑިފުކެއް ވެސް ނުޖެހި އަމާންކަމާއިއެކު ކުރިއަށްދެއެވެ. ދެ ފަރާތުގެ އާއިލާ ވެސް މި ގުޅުމަށް ރުހުނުއިރު ވިޔަފާރީގެ ގޮތުން ވެސް ދެ ފަރާތުގެ ކުންފުނި ވަނީ ގުޅިފައެވެ. އަދި މިހާރު ދެ ކުންފުނި ގުޅިގެން ފަށައިފައިވާ ހޮޓަލްގެ މަސައްކަތް ވެސް ވަނީ މީހުންގެ ތުންތުން މަތިން ނުކެނޑޭނެ ވަރަށް އެހާމެ ފުރިހަމައަށް ނިންމާފައެވެ. ގިނަ ބައެއްގެ އެހީތެރިކަމާއިއެކު މެހެކްމެންގެ އިސްނެގުމުގެ ދަށުން ނިންމުނު މި ޕްރޮޖެކްޓުގައި ހީނުކުރާ އެތައް ބައެއްގެ ތަޢުރީފު އޮހުނެވެ. އެހެންނަމަވެސް މިހާރު ދެ ކުންފުނިން ވެސް ދަނީ ރަސްމީކޮށް ހޮޓަލް ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ.

މެހެކް ފޯރ ޒެޑް ކުންފުނީގެ މައި ދޮރުން ވަދެގެން ގޮސް ރިސެޕްޝަނުގައި މަޑުކޮށްލާފައި މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން އެދުނެވެ. ރިސެޕްޝަނުގައި އެވަގުތު އިނީ މެހެކް ދަންނަ ކުއްޖަކަށްވާތީ މަޑުކޮށްލަން އެދުނެވެ. “ރީޝާ ނޭނގޭތަ…މިސްޓަރ ޒިވިއަންއާއި ބައްދަލުކޮށްލަން ބޭނުން ނަމަ އެޕޮއިންމަންޓެއްކަން ހައްދަން ޖެހޭނީ…” އެވަގުތު ގަނޑުތަކެއް ހިފައިގެން ރިސެޕްޝަނުގައި މަޑުކޮށްލި ލިބާ ރުންކުރުކަމާއިއެކު ބުނެލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އެއްލާލި ޙަޒާނާ

Next

އުންމީދު

Next
December 2, 2024

އުންމީދު

Previews
December 2, 2024

އެއްލާލި ޙަޒާނާ

7 Comments!

  1. Your fav bab says:
    December 2, 2024 at 8:34 pm

    OmG
    Very curious keep it up
    Mysterious women
    Mysterious veema dhw curious kuranee!!!

    1. Mysterious Woman says:
      December 3, 2024 at 5:43 pm

      hehe curiouse dhw hingaa balamaa kihineh tho vanny

      hehe yh mysterious veema

  2. gurrrrl says:
    December 2, 2024 at 8:57 pm

    heyy vrh reethi hama
    curiously waiting

    1. Anonymous says:
      December 2, 2024 at 11:06 pm

      Yah very nice bro👍

    2. Mysterious Woman says:
      December 3, 2024 at 5:44 pm

      hehe thank you 🙂

  3. Cutie girl says:
    December 3, 2024 at 7:59 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up

    1. Mysterious Woman says:
      December 3, 2024 at 5:45 pm

      hehe thank you 🙂

      insha allah soon libeyne kiyaalan…
      keep in touch ingey…

Comments are closed.

Next Episodeތިނެސްކަން ލޯބި (28)←


All Right Reserved!