ތިނެސްކަން ލޯބި (26)
އެރޭ ވެގެންދިޔައީ ލޯބިވެރިންގެ ލިސްޓަށް ޒިވިއަންއާއި މެހެކްގެ ނަން ވެސް ހިމެނިގެންނެވެ. ދެ ލޯބިވެރިންނަށް ވެވިގެންނެވެ. ސުވާލަކީ އެރޭ އެގުޅުނު ދެ ހިތުގެ ގުޅުން އެ އޮތް ގޮތަށް ކުރިއަށްދާނެބާއެވެ. ދެ ލޯބިވެރިންނަށް އަމާން ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟ އަނދިރިކޮޅިގަޑެއް ޙަޔާތަށް ބިންދާލަން އުޅޭކަން އިހުސާސުކުރޭބާއެވެ.
ސައްބިސްވަނަ ބައި
ޒެޑްއާއި އެމްސް ގުޅިގެން ފަށައިގެން އުޅޭ ޕްރޮޖެކްޓުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދެއެވެ. މިހާރު އިމާރާތް ބުރިބުރިއަށް ނަގާ އެތެރޭގެ މަސައްކަތް ފަށައިގެން ނިމުމަކާ ގާތްވީއެވެ. މެހެކްމެން ވެސް އޮފީސް ގަޑިތަކުގައާއި ބަންދު ދުވަސްތަކުގައި ވެސް ސައިޓުވިއުއަށް ގޮސް މަސައްކަތުގެ ޕްރޮސެސް ދާ ހިސާބު ބަލާހަދައެވެ. ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް ޒިވިއަން އާއި މެހެކްގެ ގުޅުމަށް ވެސް މިހާރު ހަ މަސްވެއްޖެއެވެ. ދެ ފަރާތު އާއިލާއަށް ވެސް މި ގުޅުން އިނގޭއިރު ޒާން ޒިވިއަންއާއި އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކައެވެ. ވިޔަފާރިކަމެއްގައި ރާއްޖޭން ބޭރުގައި ތިން މަސް ދުވަސް ހޭދަކުރުމަށްފަހު ކުންފުނީގެ އެކިއެކި މަސައްކަތުގައި އުޅުމުގެ ސަބަބުން ގޭތެރެއިން ވެސް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މެހެކަށް ކޮންމެ ދުވަހަކު ވެސް ލޯބީގެ އެތައް މެސެޖުތަކެއް ފޮނުވާ ހަދައެވެ.
މީހަކަށް ނޭނގުނަސް ޒާންވަނީ މެހެކްގެ ލޯބީގައި ދީވާނާވެފައެވެ. ރޭގަނޑު ކޮންމެ ރެއަކު ވެސް މެހެކްގެ ތަސްވީރަށް ބަލައިގެން ނޫނީ ނިދޭކަމަށް ނުވެއެވެ. ކަނީ ވެސް މެހެކްގެ ތަސްވީރަކަށް ބަލަން އިނދެއެވެ. ޒާންގެ ކޮޓަރީގައި ސިއްރު ބައެއް ގޭތެރޭގެ އެއްވެސް މީހަކަށް ނޭނގި ހަދާފައިވާއިރު އެއީ ކުޑަވަރެއްގެ ގުދަނެއްކަހަލަ ތަނެކެވެ. ނަމަވެސް ކޮޓަރިއެއްހާ ސާފުޠާހިރެވެ. އެ ކޮޓަރީގައި މުޅިން ވެސްވަނީ މެހެކްގެ އެކި ދުވަސްމަތިން ނޭނގި ނަގާފައިވާ ފޮޓޯތަކެވެ. އަދި ފާރުގައި މެހެކްގެ ރީތި ބޮޑު ތަސްވީރެއް ވެސްވަނީ ހަރުކޮށްފައެވެ. އެ ކޮޓަރިއަށް ވަދެވޭނީ ވެސް ޒާންއަށް އެކަނި ފާޑެއްގެ ކޯޑެއް ޖަހައިގެންނެވެ. މި ދަރަޖައަށް މެހެކް ދެކެ ލޯބިވާއިރު ޒާން އަންނަނީ އެންމެންގެ ދިރިއުޅުމާ ކުޅެލާނެފަދަ ބޮޑު ރޭވުމެއް ވެސް ރާވަމުންނެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ޒިވިއަންއާއި މެހެކްގެ ގުޅުން މިހާރު މުޅި ރާއްޖެއަށް ވެސް އިނގޭއިރު އެއްބަޔަކު ގުޅޭ ޖޯޑެއްކަމަށް ބުނަމުންދާއިރު އަނެއްބަޔަކު ހަސަދަވެރިކަން ހާމަކުރެއެވެ. ނަމަވެސް މިކަމަށް ދެ މީހުންކުރެ އެކަކު ވެސް އިސްކަމެއްނުދެއެވެ. ވަރަށް އަމާން ކަމާއިއެކު ގުޅުން ކުރިއަށްދާއިރު އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްނުވެއެވެ.
އެމް.އެޗް.ޓޫއީ ކޭގެ އޮފީހަށް ވަދެގެންދިޔަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ރިސެޕްޝަނާ އަރާ ހަމަވުމުން ރިސެޕްޝަނުގަ އިން ކުއްޖާ އެ ޒުވާނާ ހުއްޓުވުމުން ބަލާލީ ރުޅިވެރިކަމާއިއެކުއެވެ. ރިސެޕްޝަނުގައި އިން ކުއްޖާ އަވަހަށް ފަހަތަށް ޖެހިލީ ބިރުންނެވެ. “އެކްސްކިއުޒް މީ ސާރ…ކކކޮން ބބބޭފުޅަކާ ތތތޯ ބބބައްދަލުކުރައްވަން ބބބޭނުންފުޅުވަނނީ…” ބިރުން ހުރެ ނަމަވެސް އެ ކުއްޖާ އަހާލިއެވެ. “ޑޫ ޔޫ ނޯ ހޫ އައި އެމް؟؟…” އެ ޒުވާނާ ބުނެލިއެވެ. އެ ކުއްޖާ ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯ ހޫރާލުމުން އެއްމިޔަކަނުން ހީލާފައި ދާން ހިނގައިގަތެވެ. “މިސްޓަރ ޒާން…” ފަހަތުން ޝާޔާ ގޮވާލުމުން އެ ކުއްޖާއަށް ސިހުމެއް ގެނުވިއެވެ. ތިމާގެ ފެންވަރުގެ މީހަކާ ނޫންކަން މި ސުވާލުކުރެވުނީ ހިތަށް އެރުމުން ބިރުގަނެއްޖެއެވެ. އެއިރު އެ ޒުވާނާ ވެސް ފަހަތަށް އެނބުރިއްޖެއެވެ. “މެޑަމް އިންނެވީ މުހިއްމު މަސައްކަތެއްގައި…..އެޕޮއިންޓްމަންޓެއް ހައްދަވަން ބުނުއްވައިފައިވަނީ މެޑަމްއާއި ބައްދަލުކުރައްވަން ބޭނުންފުޅުވާނަމަ..” ޝާޔާ ބުނެލިއެވެ. ޒާން ހައިރާންކަމާއިއެކު އަމިއްލަ މީހާއާ ދިމާލަށް އިނގިލި ދިއްކޮށްލާފައި ބުނެލިއެވެ. އެއާއިއެކު ޝާޔާ ބޯޖަހާލީ އެކަމަށް އެއްބަސްވާކަން އަންގަދޭށެވެ. އިރުކޮޅެއްނުވެ ޒާން މެހެކަށް ގުޅާލިއެވެ. މެހެކް އިނީ އޮފީހުގައި މީޓިން ނިންމާލި ގޮތަށް ޕްރޮޖެކްޓުގެ މަސައްކަތެއްގައި ނިކަން އަވަދިނެތިއެވެ. ފޯނަށް ގުޅަން ހެދުމުން ކާކުތޯ ވެސް ބަލައިނުލާ ފޯނު ނަގައިފިއެވެ. އެކޮޅުން އިވުނު އަޑަކުން މީހާ ގޮޑިން ވެސް ނުވެއްޓުނީ ކިރިޔާއެވެ. ވާހަކަތަކެއް ދެއްކުމަށްފަހު މެހެކް ރިސެޕްޝަނަށް ގުޅާފައި ޒާން ވެއްދުމަށް ބުނެލިއެވެ. ދިހަވަރަކަށް މިނެޓު ފަހުން ކެބިންގެ ދޮރުގައި ޓަކިދިނުމުން ވަންނާށޭ ބުނުމުން ވަނީ ޒާންއެވެ. ކުރިމަތިން ޒާން ފެނުމުން އެހެންޏާ ވެރިވާ އުފާވެރިކަމުގެ ބަދަލުގައި ކޮންމެ ވެސް ވަރަކަށް ޖެހިލުންވުމެއް މެހެކްގެ މޫނުމަތިން ފައުޅުވިއެވެ.
“ހާއި މައި ލަވް……މައި މެހެކް…ކިހިނެއް ތަ؟؟……ވަރަށް ފިލައިގެން ދޯ ތި އުޅެނީ….” ޒާން މަލާމާތުގެ ރާގަކަށް އަހާލިއެވެ. “ވަޓް ޑޫ ޔޫ ވޯންޓު ޒާން…..ނޭނގޭތަ މީ އޮފީސްކަމެއް؟؟…” ރުންކުރުމާއިއެކު މެހެކް ބުނެލިއެވެ. “ހަމަ ނޭނގިގެން ތަ ތި އަހަނީ…..ވަޓް އައި ވޯންޓު؟……އައި ވޯންޓު ޔޫ މެހެކް…..” ޒާން ސީރިޔަސްކަމާއިއެކު ބުނެލިއެވެ. ހިނދުކޮޅަކަށް މެހެކް ބަސް ހުއްޓި ޒާންއާ ދިމާލަށް ބަލާލުމަށްފަހު ވާހަކަދައްކަންފެށިއެވެ. “ޒާން……ކިތައް ފަހަރު ބުނާނީ…..އައި އެމް ނޮޓް ސިންގަލް ނައު…..އައި ލަވް ޒިވިއަން…” މެހެކް ބުނެލިއެވެ. “ޝަޓްއަޕް……..ހުއްޓާލާ….ފުރަތަމަ އަހަރެން މެހެކަށް ލޯބި ހުށަހެޅީ ވެސް…..އަހަންނޭ މެހެކް ދެކެ އެންމެ ފުރަތަމަ ލޯބިވީ….ހައު ޑެޔާ ޔޫ…..އޮން ދަ ޑޭ އައި ކޮންފެސްޑް މައި ލަވް، ޔޫ ރިޖެކްޓެޑް މީ ވިތައުޓް އަ ސެކަންޑް ތޯޓް…” ރުޅިވެރިކަމާއިއެކު ޒާން ބުނެލިއެވެ. ނަމަވެސް ކޮންމެ ވެސް ވަރަކަށް މޫނުމަތިން މާޔޫސްކަން ވެސް ހާމަވެއެވެ.
މަޑުމަޑުން ޒާން މެހެކާ ކައިރިވަމުންދާއިރު މެހެކް ފަހަތަށް ފިޔަވަޅުތައް އަޅަމުން ގޮސް ބޮޑު ބިއްލޫރި ދޮރުގައި ބުރަކަށި ޖެހުނެވެ. އެއިރު ޒާން ހުރީ މެހެކްގެ މޫނާމޫނު ޖެހޭހާ ކައިރީގައެވެ. ޒާންގެ އިނގިލިތަކުން މެހެކްގެ އޮމާން މޫނުގައި އިނގިލިތައް ބީއްސާލީ ކޫރުމެއް ވެސް ނޭޅޭނެހާ މަޑުމަޑުންނެވެ. “ޔު ނޯ އިޓް ހާޓްސް ސޯ މަޗް….ޒިވިއަންއާ އެއްކޮށް އުޅޭ ކޮންމެ ފަހަރަކު ތަދުވަނީ މި ހިތަށް……ތި ދެ މީހުންގެ ލޯބީގެ ބަގީޗާތަކުގެ ވާހަކަތައް އިވޭ ކޮންމެ ފަހަރަކު ކަށިތައް ހެރެނީ މި ހިތަށް…..މެހެކް…..އިފް އައިއެމް ޗޭންޑް އިޓްސް ބިކޯޒް އޮފް ޔޫ……..ޔޫ ފޯސްޑް މީ ޓު ޗޭންޖު…..މެހެކްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމަށާއި މިޒާޖަށް ބަދަލު އައީ…..ރިމެމްބާރ ދެޓް…..ތި ދެމީހުންގެ ގުޅުމަށް އެޅޭނެ ހިޔަންޏަކީ އަހަރެންކަން……” ނުލާފާޒާތަކަށް ހީލުމަށްފަހު ޒާން މެހެކާ ދުރުވެލާ މުޅި ތަންތަން ވަށައިގެން ބަލަންފެށިއެވެ. އަދި ނިކުންނަމުން މެހެކަށް ބަލާލުމަށްފަހު އެއްމިޔަކަނުން ހީލުމަށްފަހު ނިކުމެގެން ދިޔައެވެ.
މެހެކްގެ ހާލަކީ ތޯއެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ޒާންގެ ކޮންމެ ބުނުމަކުން ހީވަނީ ވިހަގަދަ ކަށިތަކެއް ހަށިގަނޑަށް ހެރިދާނެހެންނެވެ. އޭނާގެ ލޯބީގައި ޒާން ދީވާނާ ވެފައިހުރިވަރު ފެނުމުން އަސްލަށް ވެސް މެހެކް ބިރުގަނެއްޖެއެވެ. އަދި އޭނާގެ ސަބަބުން ޒިވިއަން އާއި ޒާންގެ ގުޅުމުގައިވާ ދުރުމިން އަންދާޒާކުރެވިއްޖެއެވެ. މެހެކް ސިއްސައިގެންދިޔައީ މޭޒުމަތީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ޒިވިއަންގެ ކޯލެއްކަމުން މީހާ ހަމައަކަށް އެޅިލާ އަވަށް ކޯލު ނެގިއެވެ. ޒިވިއަންގެ ކޯލަށްފަހު މެހެކް ނިކުމެގެން ދިޔައީ ގެއަށްދިޔުމަށެވެ.
ރޭނގަޑުގެ ވަގުތެވެ. ޒިވިއަންއާއި މެހެކް ތިބީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ އަތިރިމަތީގައެވެ. ރާޅުތަކުގެ ހިތްގައިމު މިއުޒިކީ އަޑުތަކުން މުޅި މާހައުލަށް ދިރުންގެނުވައެވެ. އެހިސާބުގަނޑުން ވެސް މީހެއްގެ ހިލަމެއްނުވުމުން އެނގެނީ އެއީ އެހާ ގިނައިން މީހުން ގޮސްވާ ހިސާބެއްނޫންކަމެވެ. އެހެނަސް މަދުމަދުން މީހުން އެހިސާބުގަނޑުގައި ޙަރަކާތްތެރިވާތަން ފެނެއެވެ. ޒިވިއަންއާއި މެހެކް ގުޅުން ފަހުން މި ނޫނިއްޔާ ދެމީހުން އެކަނި މިފަދަ މާހައުލަކަށް އައިމީ ފުރަތަމަ ފަހަރެވެ.
“ޒާން މިއަދު އައި އޮފީހަށް….” އެއްވެސް ދިރޭ އެއްޗެއްގެ ވެސް ހިލަމެއްނެތް އެ މާހައުލުން އިވުނީ މެހެކްގެ މިއުޒިކީ ރީތި އަޑެވެ. “އެއީ ކީއްކުރަން؟؟…” ހައިރާންކަމެއް އެކުލެވޭ ރާގަކަށް ޒިވިއަން އަހާލިއެވެ. “އަދި ވެސް ގިވްއަޕެއް ނުކުރޭ…..ހީ އިޒް ޓޯޓަލީ އަ ޑިފަރެންޓް ޕާރސަން….ބައެއްފަހަރު ޖެހިލުން ވެސްވޭ…..” މެހެކް ކަންބޮޑުވުން ފައުޅުކުރިއެވެ. “މެހެކް…..” ޒިވިއަން ވަރަށް މަޑުމަޑުން ގޮވާލިއެވެ. “ލެޓްސް ގެޓް މެރީޑް؟؟….” ދެން ޒިވިއަން ބުނެލި ވާހަކައިން މެހެކަށް އެސްފިޔަޖަހާލަން ވެސް ހަނދާންނެތި އެ ފިރިހެންވަންތަ މޫނަށް ބަލަން އިނދެވުންގޮތަށް އިނީއެވެ. މެހެކްގެ މި ބެލުމުން ނަގަންވީ މާނައެއް ޒިވިއަންއަކަށް ނޭނގުނެވެ. “ކީކޭ؟؟…..ޒިވް…..އެނގޭތަ ތި ކިޔޭ އެއްޗެއް؟؟…..” މެހެކް އަހާލިއެވެ. “ޔެސް…އައި ނޯ ވަޓް އައިއެމް ސެއިންގ……ދެ ފަރާތު ފެމިލީ ވެސް މި ގުޅުމަށް ރުޙޭ އިރު އަހަރެން ބޭނުމެއް ނޫން ދެން ލަސްކުރާކަށް…..މެހެކް އަތުން ބީވެދާކަށް އަހަރެން ނޭދެން….”ޒިވިއަން ހާމަކުރިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Wowwwwww varah reethi
When nxt part
Curiously waiting for the nxt part
Oh me first dhw
thank you…
insha allah varah avahah
keep in touch ingey…
heheh yh dhw yr first
🙂
Wow
Can’t wait next part up kranee kon iraku??????
thank you…
insha allah varah avahah
keep in touch ingey…:)
mashallah vrh reethi mi part ves when next part
keep it up n lots of love
thank you…
insha allah varah avahah kiyaalan libeyne
lots of luv M.W 🙂
Zaan bunee thedheh!!!!
He was the first to confess!!!
Zaan and mehek!!!!
aslu vx dhw……..zaan vihyaa furathama loabi hushaelhy….mehek ehn hadhaaakah nuvaanehnun…
Wowww
Vv reethi
When next part?????
insha allah varah avahah kiyaalan libeyne….
nd thank you 🙂