ވަރުގަދަ ލޯތްބެއް
“ޓިން ، ޓިން” ފޯނަށް އައި މެސެޖުގެ އަޑު އިވުމާއެކު ހުދާ މޫނުމަތީ އޮތް ބާލިސް ނަގާ ފޯނަށް ބަލާލިއެވެ. އިހްސާނުގެ މެސެޖެ ފެނުމާއެކު މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ނަމަވެސް މެސެޖެ ހުޅުވާލުމަށްފަހު ކިޔާލިއެވެ. “އަދިވެސް ހިޔާލު ބަދަލުނުވަނީތާ؟” ހުދާގެ ފޫހިކަންވީ އިތުރެއެވެ. އެހެންކަމުން އަވަސް އަވަށް ޖަވާބު ފޮނުވާލިއެވެ. “ހޫނ! ހިޔާލު ދެންނުވާނެ ބަދަލެއް! އިތުރަށް މެސެޖު ނުކުރާތި!” މެސެޖު ފޮނުވާލުމާއެކު ހުދާ ފޯނު ނިއްވާލިއެެވެ. އަދި މޫނު މަތީ ބާލިސް ބާއްވާލުމަށްފަހު ދެލޯމަރާލިއެވެ.
ހުދާ! ހުދާ! ވަރަށް ބާރަށް ގޮވާ އަޑު އިވުމާއެކު އަނެއް ކާވެސް މޫނުމަތީ އޮތް ބާލިސްނަގާ ކައިރީގައި ބޭއްވުމަށްފަހު، އެދުކައިރީ ހުރި ކުޑަ މޭޒުމަތީ ބާއްވާފައިވާ އަތުކުރި ގަޑި ނަގާ ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. އޮފީހަށްދާ ގަޑި ހުރީ ކުޑަތަންވެފައެވެ. ފުންމައިގެން ތެދުވެ އަވަސް އަވަހަށްގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ހުދާގެ މަންމަ ނާޒިމާއެވެ. ” މިއަދު އޮފީހަށް ނުދަނީތަ؟ މިހާރު ގޮވާތާ ކޮންއިރެއް!” ހުދާ ދޮރުހުޅުވައި ލުމާއެކު ފަށްޗަކަށް ނާޒިމާ އަމުނާލުމަށްފަހު ހިނގަންޖެއެވެ. ހުދާ އެއްވެސް އެއްޗެއް ނުބުނެ ދޮރު ލައްޕާލުމަށްފަހު ފާހަނާއާ ދިމާލަށް ދުއްވައިގަތެވެ.
ގާތްގަނޑަކަށް 10 މިނެޓް ފަހުން ހުދާ ތައްޔާރުވެގެން ބޭރަށް ނިކުމެ އޭނާ ގެންގުޅޭ ކަޅުކުލައިގެ ޒޫޕީ ސްކޫޓީމަތީ އިށީންނުމަށްފަހު އިސްޓާރޓްކޮށްލިއެވެ. އެވަގުތު ސައިކަލު ކުރިމައްޗަށް ކުއްލިއަކަށް އައިސް ހުއްޓުނީ އިހުސާނުއެވެ. ހުދާ ސިއްސައިގެން ގޮސް ބުރައްކަށް ފިއްތާލެވުނުލެއް ބާރުކަމުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ރުޅިވެރި ކަމާއެކު އިހުސާނު އާއިދިމާލަށް ބަލާލުމަށްފަހު ސައިކަލުގެ ފުރޮޅު އިހުސާނު ހުރި ފަރާތްނޫން އަނެތްފަރާތްތައް އަބުރާލުމަށްފަހު ބާރު ސްޕީޑުގައި ސައިކަލުދުއްވާލިއެވެ. އިހްސާނު އަނގަހުޅިވިފައި ބަލަން ހުއްޓެވެ. އެއްވެސް އެއްޗެއް ނުބުނެ އިހްސާނު އައި ކޮޅަށް ހިގައިގަތެވެ.
އޮފީހަށް ވަދެވުމާއެކު ހުދާ ފޯނު ހުޅުވާލިއެވެ. އެއާއެކު ފުލް ފުލްގަ ފޯނަށް މެސެޖުތައް އަންނަން ފެށިއެވެ. ހުދާ މަސައްކަތްކުރާ ގޮނޑީގައި ހަމަޖެހިލުމަށްފަހު މެސެޖުތައް ބަލާލިއެވެ. އެންމެ ގިނައީ އިހުސާނުގެ މެސެޖުތަކެވެ. އެއްވެސް މެސެޖެއް ބެލުމެއްނެތި އޭނާގެ ހުރިހާ މެސެޖުތަކެއް ޑިލިޓްކޮށްލިއެވެ. އެއަށްފަހު އެހެން އެންމެންގެ މެސެޖުތައް ކިޔަންފެށިއެވެ. އެމެސެޖުތައް ކިޔާލުމަށްފަހު މެސެންޖާރ ހުޅުވާލިއެވެ. އެއާއެކު މޫނުމަތިން ފާޅުވެގެން ދިޔައީ މާޔޫސްކަމެވެ. ބޭނުންވާ މީހާގެ އެއްވެސް މެސެއްޖެއް ނެތެވެ. އެހެންކަމުން ހުދާ “ގުޑް މޯނިން” ޖަހާލުމަށްފަހު މެސެޖުކޮށްލިއެވެ. އަދި އެދުވަހުގެ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
ހަވީރު މަސައްކަތް ނިންމާލުމަށްފަހު ހުދާ އޮފީހުން ނިކުމެ މިސްރާބުޖެހީ ގެއާދިމާލަށްށެވެ. އެވަގުތު އަނެއްކާވެސް ސައިކަލު ކުރިމަތީ ހުރީ އިހްސާނުއެވެ. ހުދާ ސައިކަލު ހަރު ޖެއްސުމަށްފަހު އޭނާގެ އެރީތި އަދި ވަށް ބޮޑު ދެލޮލުން އިހްސާނުއާއި ދިމާލަށް ބަލާލުމަށްފަހު ނުރުހުމާއެކު ބުނެލިއެވެ. ” އަޅެ ކިހިނެތް ވެގެންތަ ތިޔަ އުޅެނީ؟ މިހާރު ބުނެފިން ދޯ އުނދަގު ނުކުރާން! އިހްސާނު ތި ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ؟” އިހްސާނު ހުދާ އާއި ގާތް ވެލުމަށްފަހު ޖަވާބުދިނެވެ. “މިތާ މަގުމަތީގައި ހަޅޭއް ނުލަވާ އަހަރެން ބުނާތާކަށް ދާން ހިނގާބަލަ؟” ހުދާ ދުރަށް ޖެހިލުމަށްފަހު ބުނެލިއެވެ. “ކޮންތާކަށް ދާން؟ މިހާރު ނޯންނާނެ ދާންޖެހޭނެ ތަނެއް! އުނދަގޫ ނުކޮށް ޕްލީޒް މިތަނުންދޭ!” “ނުދާނަން! އަޑު އިވިއްޖެތަ؟” އިހްސާނު ވަރަށް ބާރަށް ބުނެލިއެވެ. އެވަގުތު އެތާކައިރީ ތިބި އެންމެން އެ ދެމީހުންނާ ދިމާލަށް ބަލަންފެށިއެވެ. ހުދާ ވަރަށް ލަނދުގަނެފިއެވެ. އަދި އިހުސާނު ކިބައިން ސަލާމަތްނުވާނެކަން ވިސްނުމުން އިހުސާނާއެކު ދިޔުމަށް އެއްބަސްވެއްޖެއެވެ.
ހުދާ ސައިކަލު ފަހަތައް ޖެހުލުމާއެކު އިހުސާނު ސައިކަލަށް އަރާ ދުއްވާލިއެވެ. އެވަގުތު ހުދާ ނޭފަތުގައި އިހުސާނު ޖަހާފައިވާ ސެންޓްގެ ވަސް ޖެހެނެވެ. އެވަހެއް ބަދަލެއް ނުވެއެވެ. އެއީ ހަމަ އެވަހެވެ. އެއާއެކު ހުދާގެ ކުރިމަތީ ސިފަވަމުންދިޔައީ މާޒީގެ ފޮނި ހަދާންތަކެވެ.
އެއީ މީގެ 2 އަހަރު ކުރިއެވެ. ހުދާ އޮފީހުން ދަނިކޮށް ސައިކަލު ފޮރޮޅާލައިގެން މަގުމައްޗަށް ވެއްޓުނެއެވެ. ތެދުވަން މަސައްކަތްކޮށް ވެސް ނުތެދުވެވުނެވެ. އެވަގުތު އެހީތެރިކަމުގެ އަތްތެއް މަޑުމަޑުން ހުދާގެ ކުރިމައްޗަށް ދިއްކޮށް ލެވުނެވެ. ހުދާ އެއަތުގައި ހިފާލުމަށްފަހު ތެދުވިއެވެ. އަދި ޝުކުރިއްޔާއޭ ބުނަމުން ބަލާލިއެވެ. އެއާއެކު ހުއްޓުން އެރިއެވެ. ވަރަށް ހެވިލާފަ އިހުސާނު ހުއްޓެވެ. އޭނާގެ އެރީތި ދޮންމޫނާއި ކަޅު ތުނބުޅިއާއި މަތިމަހެވެ. ހެޔޮވަރު ވަރަކަށް ކޮށާލެވިފައިވާ އޭނާގެ ބުޅި ބޮލެވެ. ހިތްގައިމު ރީތި ހަށިގަނޑެވެ. އަދި ގައިން ދުވާ މީރުވަހެވެ. ހުދާ ބުނާނެ އެއްޗެއް ނޭންގިފަ ބަލަން ހުއްޓެވެ. “މަރުހަބާ! މިއަތުން ދޫ ނުކޮށްލަންތަ ތިހިފީ؟” އިހުސާނު ލާނެއް ގޮތްތަކަށް ބުންޏެވެ. ހުދާ ގަން ލަދާއެކު އަތުން ދޫކޮށްލިއެވެ. އެވަގުތު އިހުސާން ވަރަށް ހެވިލާފައި ތައާރަފުވެލިއެވެ. “އަހަރެން މި އިހުސާނު؟ ތި ކޮންކުއްޖެއް؟” “އަހަރެން މި…މި ހުދާ!” “ވަރަށް ރީތި ނަމެއް އަދި އެހާމެ ރީތި ކުއްޖެއް” ހުދާ މޫނަށް ބަލަހައްޓައިގެން ހުރެ އިހުސާން މިހެން ބުނުމަށްފަހު ކުރިއަށް ހިގައިގަތެވެ. ހުދާ ބުނާނެ އެއްޗެއް ނޭންގިފަ ހުއްޓެވެ.
އެދުވަހަށްފަހު ހުދާ އިންތިޒާރު ކުރަމުން ދިޔައީ އިހުސާނުއާއި ދިމާވާނެ ދުވަހަކަށްށެވެ. އެކަން ކާމިޔާބުވީ އޭގެ އެއްހަފުތާ ފަހުން ހުދާ މަސައްކަތްކުރާ އޮފީސް ކުރިމަތިންނެވެ. ހުދާ ގެއަށްދާން ނިކުންއިރު ހުދާ ސައިކަލުކައިރީ އިހުސާން ހުއްޓިލައިގެން ހުއްޓެވެ. “އިހުސާން! މިތާ ކީއްތިކުރަނީ؟ ކިހިނެތް އެނގުނީ އަހަރެން މިތާ މަސައްކަތްކުރާކަން؟ އަދި ތި އަހަރެންގެ ސައިކުކަން؟” އައްދޭ ހާދަ ސުވާލެއް އެއްފަހަރާ؟” ހިނގާ ކޮފީއަކަށް ދަމާ އޭރުން ހުރިހާ ސުވާލެއްގެ ޖަވާބު ހަމަ ޖެހިލައިގެން ދޭނަން؟” ހުދާ ހިނިތުންވުމާއެކު ބޯޖަހާލުމަށްފަހު އިހުސާނާއި އެކު ހިނގައިގަތެވެ.
އެމީހުން ކޮފީ ބޯންތިބީ ހުދާ އޮފީހާއި ވަރަށް ކައިރީގައި ހުރި ރެސްޓޯރެންޓެއްގައެވެ. “ދެން ސުވާލުތަކަށް ޖަވާބުދީބަލަ؟” ކޮފީ ތަށި ތުންފަތުގައި ޖައްސާލުމަށްފަހު ބުނެލިއެވެ. “ހުދާ! ހުދާ ސައިކަލުން ވެއްޓުނު ދުވަހު ސައިކަލު ނަންބަރު ވަރަށް ރަނގަޅަށްބަލާ ދަސްކޮށްފަ ދިޔައީ! އަދި ހުދާ މި އޮފީހުން ވަރަށް ގިނައިން ވަންނަތަނާއި އަދި ދާތަންފެނޭ. އެހެންވެ އެނގުނީ!” އިހުސާނު ޖަވާބު ދިނުމަށްފަހު ކޮފީތަށި ބޯންފެށިއެވެ. އެއާއެކު ތަނަށްވެރިވީ ހިމޭންކަމެވެ. ދެމީހުންކުރެ އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ނުވަތަ ބުނަންނޭގިފައި ތިބީއެވެ. އެހިމޭންކަން ފުޑު ފުޑު ކޮށްލީ އިހުސާނުއެވެ. “ހުދާ! އަހަރެންނާ ރައްޓެހިވާންވީނު؟ އަހަރެންނަށް ހުދާ ވަރަށް ކަމުގޮސްފި!” އިހުސާނު ވަރަށް ޖެހިލުންކުޑަ ކަމާއެކު ބުނެލިއެވެ. ހުދާއަށް އިހުސާނުގެ މިސިފަ ވަރަށް ކަމުގޮސްފިއެވެ. އަދި އޭނާގެ އެދުންވެސް ފުރިހަމަވީއެވެ. އެދުވަހު ދެމީހުންވެސް ކޮފީ މޭޒުމަތިން ތެދުވިއިރު ތިބީ ދެ ލޯބިވެރިންނަށްވެފައެވެ.
ސައިކަލުގެ ހަރުޖެއްސުމާއެކު ހުދާ ސިއްސައިގެން ގޮސް ކުރަމުން ދިޔަ ހިޔާލުތަކުން ނިކުމެވުނެވެ. ހުދާ އާއި އަދި އިހުސާނު ސައިކަލުން ފައިބައިގެން ކުރިމަތީ ހުރީ ގެސްޓް ހައުސްތެރެއަށް ވަނެވެ. ދެމީހުން ގޮސް ހުއްޓުނީ 4 ވަނަ ކޮޓަރި ކުރިމަތީގައެވެ. އިހުސާނު ޖީބުން ތަޅުދނޑި ނަގާ ދޮރުހުޅުވާލުމަށްފަހު ދެމީހުން އެތެރެއަށްވަނެވެ.
އިހުސާނު މަޑު މަޑުން ގޮސް އެނދު މަތީގައި އިށީންދެލިއެވެ. ހުދާ އެނދުކައިރީ ކޮޅަށް ހުއްޓެވެ. “ދެން ބުނެބަލަ ތި ނުބުނެވިގެން އުޅޭ ވާހަކަ!” “ވާހަކަ ބުނެވިދާނެތާ! އެހަށް ހުދާ މިތާގައި އިށީންދެބަލަ!” “އަހަރެން ނޫޅެން އިށީންނާކަށް! ތިބުނާއެއްޗެއް ބުނޭ! އެހެންނޫނީ އަހަރެންމިދަނީ!” އެހެން ބުނުމަށްފަހު ހުދާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އިހުސާން އަވަސް އަވަހަށް ބުނެލިއެވެ. “ހުދާ ކީއްވެ ތިހެން ތިކަންތައްކުރީ؟ ކޮބާ އަހަރެންގެ ކުށަކީ؟” މިސުވާލާއެކު ހުދާ ހުއްޓިފައި އިހުސާނުއާ ދިމާލަށް ބަލާލިއެވެ. “އިހުސާން ކައިރީ ބުނެފިންދޯ މިކަން މި ނިމުނީއޭ! ކީއްވެތަ ގަބޫލުނުކުރާން ތިއުޅެނީ؟” ހުރި ފިޔަވަޅުމަތީ ހުއްޓިހުރެފައި ހުދާ ބުނެލިއެވެ. “މިކަން ނިމުނީ ކީއްވެގަން ސާފުކޮށް ބުނެދީ އޭރުން ހަމަ ޔަގީންނުންވެސް އަހަރެން ދެން ދުވަހަކުވެސް ހުދާ އަކަށް އުދަގުލެއް ނުކުރާނަން! ވީގޮތްތެއް ނުބުނެ ތިހެން ކަންތައްކުރުމުން ވަރަށް ދެރަވޭ އަދި ވަރަށް އުނގަދުވޭ!” އިހުސާންގެ މިޖަވާބު އިވުމާއެކު ހުދާ އައިސްފަ ހުރުރުޅި ކޮންޓުރޯލު ކޮށްލުމަށްފަހު މަޑުމަޑުންގޮސް އިހުސާނުކައިރީ އިށީންދެލިއެވެ.
އިހުސާނު ބޭނުންވާ ހުރިހާ ކަމެއް އޮޅުން ނުފިލަނީސް ނުދެވޭނެކަން ހުދާއަށް އެނގިއްޖެއެވެ. އެހެންކަމުން ހުރިހާ އެއްޗެއް ސާފުކޮށްދިނުމުގެ ބޭނުމުގައި ހުދާ ހަމަ ޖެހުލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. “އިހުސާނު! އަހަރުމެން ދެމީހުންމީ އަލަށް ބްރޭކަޕްވާ ދެމީހުންނެއް ނޫނެއްނު! ސޯ ވަޓްސްދަ ބިގުޑީލް! އަހަރެންނަށް މިހާރު އިހުސާނު ކަމުނުދަނީ.. އިހުސާނަށްވުރެ ކަމުދާ އަދި އަހަރެން ހިތްހަމަ ޖެހޭ މީހަކާމިވަނީ ދިމާވެފަ! އެހެންވެ! އައި ވޯންޓްބީ ވިތް ހިމް! ދެޓް ސިންޕަލް! މާ ގިނަ އެއްޗެއް ސާފުކޮށްދޭކަށް ނެތް!”
އިހުސާނު ވަރަށް ކަނުލާއަޑުއަހަން އިނުމަށްފަހު ކޮޅަށްތެދުވެ ދެޖީބަށް އަތްޖަހާލިއެވެ. “އިޓްސްއަށް ބިގު ޑީލު ފޯރމީ! އަހަރެން ހުދާއާއި ގުޅުނީ ކުޅިވަރު ކުޅޭކަށްނޫން! ކައިވެނިކޮށް ދިރިއުޅުމެށް ފަށަން. އެއްއަހަރު ދުވަހަށް ކޯހަށް ބޭރަށް ދާން ނުޖެހުންނަމަ އަހަރެން މިހާރު ހުންނާނީ ހުދާގެ ފިރިމީހާގެ މަގާމުގައި.. އިހުސާނު ހުދާއާއި ދިމާލަށް ލޯބޮޑުކޮށްލަމުން ބުނެލިއެވެ. އަނެއްކާވެސް ހުދާ ގާތުގައި އިށީންނަމުން ވާހަކައިގެ ނުނިމޭބައި ފުރިހަމަކޮށްލިއެވެ. “ހުދާ ހަދާން އެބަހުރިތަ! ކޯހަށް ދަމުން އަހަރެން ދާންބޭނުންވީ ކައިވެނިކޮށްގެން އެކަމަކު އެކަމަށް އިންކާރުކުރީ ކާކޫ؟ ހަމަ ހުދާ! އަހަރެން ދިޔައީ ވަރަށް އިތުބާރުކޮށްފަ. އަހަރެން ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށްވާނެ ކަމުގެ ފޮނި އުންމީދުގައި! އެހެންނަމަވެސް އެވްރިތިން ޗޭންޖުޑް! ހުދާ އަހަރެންދެކެވި ލޯބި ތިވަނީ އެހެންމީހަކަށް ހިބަ ކޮށްދީފަ! މައްސަލައެއްނެތް! އެހެންވިއްޔާ ބުނެބަލަ ހުދާ ކޮންތާކުން ހޯދި މީހެއް އެއީ! އަހަރެން ވަރަށް ފާރަލާ ބަލައިފިން އެކަމަކު ތިބުނާ މީހަކާއެކު ހުދާ އަދި ނުދެކެން!”
ހުދާ ހިތްހަމަ ނުޖެހިފަ އެނދުން ފުންމައިގެން ތެދުވެއްޖެއެވެ. “އަހަރެން ބޯ ހަލާކު؟ މިހާރު އިހުސާނު ބޭނުންވާ ސުވާލުތަކުގެ ޖަވާބުދީފީމެއްނު. ދެން އިތުރަށް ކޮންހާސުވާލެއް ކުރާކަށް؟” މި އެންމެ ފަހު ސުވާލު އަހަރެންނަށް ވަރަށް މުހިއްމު މި ސުވާލުގެ ޖަވާބު. އަހަރެން ބޭނުން ހުދާއަށް ވަރަށް ބޮޑު ވާހަކައެއް އޮޅުންފިލުވާދޭން! ޕްލީޒް ބުނެބަލަ އެއީ ކާކުތަ؟ ފުންނޭވައެއް ދޫކޮށްލަމުން ހުދާ ބުނެލިއެވެ. “އެއީ ފޭސްބުކުން ދިމާވި މީހެއް.” މީހައާއި ދިމާނުވެ އެފްބީން އިން ވާހަކަ ދައްކައިގެން ލޯބިވެވޭތަ؟ ތި ވަރަށް ހެއްވާކަމެއް؟” ހުދާ އެނދުމަތީއިން އޭނާގެ އަތް ދަބަސްނަގާ ކޮނޑުގައި އަޅުވާލަމުން އެއްވެސް އެއްޗެއް ނުބުނެ ދޮރާ ދިމާލަށް ހިގައިގަތެވެ. ހުދާ ހުއްޓުވުމުގެ ބޭނުމުގައި އިހުސާނު ހުދާ އަތުގައި ހިފާލިއެވެ. މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރަތައް ފޮރުވަމުން ހުދާ އެންމެ ފަހުން ބުނެލިއެވެ. “އަހަރެން އެމީހަކާ މިހާރު ކިތައްމެ ފަހަރަކަށް ބަދަލުކޮށް ހަދައިފިން. އަދި އެމީހަކީ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ.. އެކަމަކާ އިހުސާނު ނުޖެހޭނެ ބެހޭކަށް.” ހުދާ ގެ މިޖުމްލަ އިވުމާއެކު އިހުސާނު ހުދާގެ އަތުން ދޫކޮށްލިއެވެ. އަދި އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރި ދޮރުހުޅުވާލިއެވެ. ހުދާ އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނިކުމެހިގައިގަތެވެ.
އިހުސާނުގޮސް އެނދުގައި އޮށޯވެލިއެވެ. ހުދާ ކައިރީ އެވާހަކަ ބުނުމުގެ އެއްވެސް ބޭނުމެއް ނެތް ކަން އިހުސާނުއަށް އިހުސާސް ކުރެވުނެވެ. ހުދާ އެވަނީ ހަމަ ރަނގަޅަށްވެސް އިހުސާނުއަށް ބޭވަފާތެރިވެ މާ ވަރުގަދަ ލޯތްބެއްގައި ޖެހިފައެވެ. ހުދާ ވީ އެއްވެސް ވައުދެއް އަދި އަހުދެއް ހަދާންނެތްކަން އިހުސާނުއަށް އެނގިއްޗެއެވެ. އަދި އެލޯބީގެ ހުޅުކޮޅު ނިވުނީކަން އިހުސާނު ގަބޫލުކުރަމުން ލޯމަރާލިއެވެ.
ހުދާ ގެއަށް ދިޔުމާއެކު އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދަބަހުން ފޯނުނަގާ ބަލާލިއެވެ. ހުދާގެ މިހާރުގެ ލޯބިވެރިޔާ ބިލާލުގެ އެއްވެސް މެސެޖެއްނެތެވެ. ހުދާ ކަންތައްބޮޑުވެ ހާސްވާންފެށިއެވެ. ދެދުވަސް ވެގެން ދިޔައިރުވެސް ބިލާލުގެ އެއްވެސް ހަބަރެއް ނެތީމައެވެ. ބިލާލުއާއި ހުދާ ދިމާވީ މީގެ އެއްއަހަރު ކުރިން އެފްބީން އިންނެވެ. އޭރު އިހުސާނުވީ ކޯހުގައި މެލޭޝިޔާގައެވެ. އިހުސާނުގެ ފަޅުކަން ފިލުވާލައި ދިނީ ބިލާލުގެ މެސެޖުތަކުންނެވެ. ހުދާ ބިލާލުއާއި ބައްދަލުވިކަމަށް އިހުސާނު ކައިރީ ބުނެފައިވީ ނަމަވެސް އަދި ދުވަހަކުވެސް ހުދާ ބިލާލުއާއި ބައްދަލުވެފައެއް ނެތެވެ. ހަމަ އެކަނި ފެނުނީ ބިލާލުގެ ދެތިން ފޮޓޯއެކެވެ. އެހެންނަމަވެސް ހުދާ ބިލާލުދެކެ ވަރަށް ލޯބިވެއެވެ. އެލޯތްބަށް ޓަކައި އޭނާ އެވަނީ އިހުސާނުގެ ލޯބި ގުރުބާން ކޮށްފައެވެ.
ހުދާ މެސެންޖާއިން ބިލާލުއަށް ގުޅާލިއެވެ. އެހެނަސް ނުގުޅުނެވެ. ހުދާގެ ސިކުޑިއަށް ތަފާތު ވަސްވާސްތައް ވަންނަމުން ދިޔައެވެ. ކުރަމުން މިދަނީ މޮޔަކަމެއްކަމަށް ސިނކުޑި ސިގްނަލް ދެމުންދިޔައެވެ. ނަމަވެސް ހިތް އެކަމަށް އިންކާރުކުރަމުން ދިޔައެވެ. ކުއްލިއަކަށް ފޯނު ވައިބްރޭޓް ވިއެވެ. ހުދާ އަވަސް އަވަހަށްފޯނު ބަލާލިއެވެ. ބިލާލުގެ މެސެޖެކެވެ. ލަހެއް ފަހެއް ނެތި އަވަސް އަވަހަށް މެސެޖުކިޔާލިއެވެ. “ސޮރީ ބެބީ! ބިޒީ އެޓް ވާރކް.” ބިލާލުގެ މެސެޖަށް ސަމާލުކަންނުދީ ހުދާގެ މެސެޖެ ފޮނުވާލިއެވެ. “ޕްލީޒް އައި ވޯންޓް މީޓްޔޫ ނައު. އިފް ނޮޓް ލެޓްސް އެންޑް ދިސް. މިހާރު އެއްއަހަރުވަނީ އަދިވެސް އަހަރެންނަށް ބިލާލު ނުފެނޭ. ކޮންމެސް އެތްގޮށްތަކަށް ނިންމަމާ ހިނގާ! އައިޑޯންޓް ވޯންޓް އަ ހެޑޭކް.” އޭގެ ކުޑަ އިރުކޮޅެއްފަހުން ބިލާލު ޖަވާބުފޮނުވާލިއެވެ. ކެތް މަދުވެފައި އިން ހުދާ މެސެޖު ކިޔާލުމަށް އެންމެ ސިކުންތެއްވެސް ލަސްނުކުރެއެވެ. “އޯކޭ ބޭބީ! އެކަމަކު މިހާރު މިހުރީ ބެންކޮކުގައި ވިޔަފާރި ދަތުރެއްގައި. އައި ޕްރޮމިސް އަވިލް މީޓްޔޫ ނެކްސްޓްވީކް!”. ބިލާލުގެ މިޖަވާބާއެކު ހިތްހަމަ ޖެހުމުގެ ނޭވައެއް ހުދާ ބޭރުކޮށްލިއެވެ. އަދި އަވަސް އަވަހަށް ކޮޓަރި ފާރުގައި ހަރުކޮށްލެވިފައިވާ ކަލަންޑަރުގައި ބޮޅުއަޅާލިއެވެ. ހަމަ ޔަގީންނުންވެސް ކުރިއަށް އޮތް ހަފުތާވެގެންދާނީ ވަރަށް މުހިއްމު ހަފުތާއަކަށްށެވެ.
ހުދާއަށް ދިގު އިންތާޒަރަކަށްފަހު ހަފްތާ ފެށިއްޖެއެވެ. ހުދާ ގެ ނަޒަރު މުޅިންވެސް ހުއްޓިފައިވަނީ ފޯނަށްށެވެ. ބިލާލުގެ މެސެޖަށްށެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެއްއަހަރު ދުވަހުގެ ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. އޭނަ ލޯބިވާ ބިލާލު ފެންނަ ވަގުތު ޖެހެނީއެވެ. ބިލާލު ފެންނަވަގުތު ހުދާއަށް ވާނެ ގޮތް ހުދު އޭނާއަށްވެސް ނޭންގެއެވެ. މިފަދަ ފޮނިފޮނި ހިޔާލެއްގައި ހަފްތާގެ ދުވަސްތައް ގުނަންފެށިއެވެ.
ދުވަހަކީ އޮފީހުގައި މަސައްކަތްވަރަށް ބުރަ ދުވަހެކެވެ. އަތް އަނބުރާލާފައި ހުދާ މަސައްކަތައިގެން ކުރިއަށްދެއެވެ. އެކަމަށް ހުރަސްއެޅުނީ ކުއްލިއަކަށް ފޯނު ވައިބްރޭޓު ވުމުންނެވެ. އަތުގައި އޮތްފައިލު އެތްފަރާތް ކޮށްލުމަށް ފަހު ފޯނަށްބަލާލިއެވެ. މޫނުމަތި އުޖާލެވެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ. އެންމެ ލޯބިވާ ބިލާލުގެ މެސެޖެވެ. ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން އަންނަނީއެވެ. ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަ ޖެހިލުމަށްފަހު މެސެޖުކިޔާލިއެވެ. “ސޮރީ ބޭބީ! އަހަރެންނަށް މާފުކުރޭ. ވީކާންޓް ކަންޓުނިއު އެނީމޯ! އައިއޭމް ސޮރީ. ބައި.” މެސެޖު ކިޔާ ނިމިނުއިރު ހުދާގެ ލޮލުން މަޑުމަޑުން ކަރުނަ ފައިބަމުންދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފައި މެސެޖާ ދިމާލަށްބަލަން އިނދެވުނެވެ. މިވީ އެއްއަހަރު ދުވަހު ބިނާކުރި ލޯބީގެ ގަނޑުވަރު ފުޑުފުޑުވެގެން ދިޔައީއެވެ. ހިތި ނިންމުމަކުން ކުރަމުންއައި އިންތިޒާރުގައި ސިއްކަޖެހުނީއެވެ. ބިލާލު އެހެން ކަންތައް ކުރާނެކަމަކަށް ދުވަހަކުވެސް ހިތްތަށްވެސް ނާރައެވެ. ފުރިހަމަ އެއް އަހަރުދުވަހު ދެމީހުން ފޮޅިވިމަލުގައި ޖެހުނުކުލަތައް ފިލައި ގެންދިޔައީއެވެ.
ކުރަން ހުރި ހުރިހާ މަސައްކަތްތައް ހުރި ހިސާބުން ހުއްޓާލުމަށްފަހު ހުދާ އަވަސް އަވަހަށް ދިޔައީ ގެއަށްށެވެ. ކޮޓަރިއަށްވަނުމާއެކު ހުދާގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލާފަ ރޯންފެށިއެވެ. އަހަރުމެން އިންސާނުންނަށް ގިނަ ފަހަރަށް އެއްޗެއްގެ މުހިއްމުކަން އެނގެނީ އެއެއްޗެއް ބީވެގެން ދިޔައީމައެވެ. ހުދާއަށްވެސް މިއަދު އެވަނީ އެކަން އިހުސާސްކުރެވިފައެވެ. މި ހުރިހާކަމެއް ވުމާއެކު އިހުސާނުގެ ރަނގަޅުކަން އިހްސާސް ކުރެވިގެން ދިޔައެވެ. އެނާފަހަތުން ދުވެ ކުރި އާދޭސްތައް މަތިން ހަނދާންވާން ފެށިއެވެ. ބިލާލު އެކަންތައްކުރި ގޮށްތައް ހަމަ ޔަގީނުންވެސް އިހުސާނު ކަންތަކެއް ނުކުރެއެވެ. ވީގޮތްތެއް ބުނެނުލާ ބިލާލު އޭނައާއި ވަކިވެ އެކައުންޓްވެސް ބުލޮކްކޮށްލީއެވެ. އެނާ ހޯދާނެ އެއްވެސް ގޮތްތެއް ނެތެވެ.
ވަރަށް ވިސްނާލުމަށްފަހު އަލުން އިހުސާނުއާއި ގުޅެން ހުދާނިންމިއެވެ. ކޮންމެ ގޮތްތަކުންވެސް އިހުސާނުގެ މާފާއި އިތުބާރު ހޯދަން އަތުކުރި އޮޅާލިއެވެ. ވަރަށް އުންމީދާއެކު އިހުސާނުއަށް ގުޅާލިއެވެ. ނަމަވެސް ކަންތައްވީ އުއްމިދުކުރި ގޮތްތާއި މުޅިން ހިލާފަށެވެ. އިހުސާނުގެ ނަންބަރު އޮތީ ހިދުމަތް ކަނޑާލައިފައެވެ. އެހެންކަމުން އިހުސާނުއާއި ބައްދަލުވާން އެގެއަށްދިޔައެވެ. އެގެއަށް ދިޔުމުން ލިބުނީ އިތުރު މާޔޫސްކަމެވެ. އިހުސާންވީ ރާއްޖޭންބޭރަށް ގޮހެވެ. ދިޔަ ތަނެއް އެގޭ ދައްތައަށްވެސް ނޭންގޭ ކަމަށް ބުންޏެވެ. ލަފާކުރެވޭ ގޮތްތުން އިހުސާން ބުނަން މަނާކުރީއެވެ. އެގެއިން ނިކުމެގެން ހުދާ މިސްރާބުޖެހީ އިހުސާނުގެ އެންމެ ގާތް އެކުވެރިޔާ ފައިސަލުގެ ގެއަށްށެވެ. ހަމަޔަގީންނުންވެސް ފައިސަލުއަށް އިހުސާނުވީތަނެތް އެނގޭނެއެވެ.
އިތުރަށް ލަސްކުރުމެއްނެތި ހުދާ ދިޔައީ ފައިސަލުއާއި ބައްދަލުކުރާށެވެ. އިހުސާނުއާއި އެކުގައި އުޅުނުއިރު ފައިސަލު ހުދާއާއި ބައްދަލުކުރާނީ އުފާވެރި ކަމާއި ހިނިތުންވުމާއެކުގައެވެ. ނަމަވެސް މިއަދު ފައިސަލުއާއި ބައްދަލުވިއިރު އެ އުފާވެރި ކަމެއްނެތެވެ. މޫނުމަތިން ފެންނަނީ ފޫހިކަމެވެ. އިހުސާނުނު ވީތަނެއް އެހުމުންވެސް ލިބުނީ ވަރަށް ރުންކުރު އަދި ނާއުއްމީދީ ޖަވާބެކެވެ. “އިހުސާނު ވީތަނެއް އަހަރެންނަކަށްވެސް ނޭންގެ! މިފަހަރު ދަމުން އަހަރެންކައިރީ އެއްވެސް އެއްޗެއްނުބުނެ. ވާނީވެސް އެހެންތާ! އޭނަ އާއި ދޭތެރޭ ކަންތައްކުރި މީހަކު ކަންތައްކުރީ ވަރަށް އިހާނެތިކޮށް!” ފައިސަލުގެ މިޖާވާބުން ހުދާއަށް އިތުރު އެއްޗެއް އަހާކަށްވެސް ނުކެރުނެވެ. ޝުކުރު އަދާކޮށްލުމަށްފަހު މާޔޫސް ކަމާއކުގައި އައީއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. އިހުސާނުގެ އެއްވެސް ހަބަރެއްނެތެވެ. ފޭސްބުކް، ވައިބާރ އަދި ހުރިހާ އެޕްތަކަކުން އިހުސާނުވެސް ވަނީ ބިލާލުއެކޭ އެއްފަދައިން އޭނާ ބުލޮކް ކޮށްލާފައެވެ.
އެއްދުވަހެއްގެ ހަވީރެވެ. ހުދާ ހުރީ ގޭ ކުރިމަތީ ހުންނަ ފިހާރާގައެވެ. އެވަގުތު ހެމެން ފިހާރައަށް ވަން ޒުވާނާއަށް ހުދާގެ ސަމާލުކަން ހުއްޓުނެވެ. އެއީ ކުށްހީއެއްނޫނެވެ. އެއީ ބިލާލެވެ. އޭނަ ވަގުތުން ފޯނުނަގާ ބިލާލު ފޮނުވާފައިވާ ފޮޓޯއަށްބަލާލިއެވެ. ހަމަ އެކެކެވެ. ހުދާ އަވަސް ފިޔަވަޅުގައި ގޮސް ބިލާލު ކުރިމައްޗަށްއެރިއެވެ. އެ ޒުވާނާ ހައިރާންކަމާއެކު ބަލާލިއެވެ. ބީރައްޓެހި ބެލުމަކުންނެވެ. “ތި ބިލާލުތަ؟” އެޒުވާނާ ހައިރާން ކަމާއެކު ބަލާލަމުން ނޫނެކޭ ބުނަމުން ބޯރޫރާލިއެވެ. “ކީއްކުރަން ބޯ ހޫރުވާކަށް ތީ ހަމަ ބިލާލު. ބަލާބަލަ މިއިނީ ފޮޓޯ!” އަތުގައި އޮތް ފޯނު ދައްކާލަމުން ހުދާ ބުނެލިއެވެ. “ރަނގަޅު ތިޔައީ އަހަރެންގެ ފޮޓޯއެއް އެކަމަކު އަހަރެންމީ ބިލާލެއްނޫން. އަހަރެންނަށް ކިޔަނީ އާމިރު” މިހެން ބުނެލުމަށްފަހު އެޒުވާނާ ޖީބުގައި އޮށް ވޮލެޓުނަގާ ހުޅުވާލުމަށްފަހު ލައިސެންސްނަގާ ދައްކާލިއެވެ. ހުދާ އޭތި ރަނގަޅަށް ބަލާލިއެވެ. އެއީ އާމިރުއެވެ. ބިލާލެއްނޫނެވެ. އެޒުވާނާ ހުދާ އަތުގައި އޮތް ލައިސެންސް ހިފައިގެން ހެމުން ހެމުން ބޭރަށް ނިކުތެވެ. ހުދާ އެހުރިތާ ގަބުވެފަ ހުއްޓެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެހާ ބޮޑު އޮޅުވާލުމެއް އޭނައަށް އޮޅުވާލީ ކާކު ހެއްޔެވެ. ހުދާ މި ފިކުރުގައި ހުރެގެން ގެއަށްއައިސް ވަނެއެވެ. ހުދާއަށްވެފައި ހުރި ގޮތްފެނުމުން ނާޒިމާ ސުވާލުކޮށްލިއެވެ. “ދަރިފުޅާ! ކިހިނެއް ވެފާތަ ތިހުރީ؟ ހީވަނީ ބިރެއްފެނިފަ ހުރިހެން؟” ނާޒިމާގެ މިއަޑަށް މޫނުމަތިން ހަމަ ޖެހޭގޮތް ދައްކަމުން ކަމެއްނުވާ ކަމަށްބުނެފައި އަވަސް އަވަހަށް ކޮޓަރި އާއި ދިމާލަށް މިސްރާބުޖެހިއެވެ.
ހަމަސް ދުވަސް ފާއިތުވެގެން ހިގައްޖެއެވެ. ހުދާ އަދިވެސް އިންތިޒާރު ކުރަމުން އެދަނީ އިހުސާނުގެ ހަބަރެއްވާނެ ދުވަހަކަށްށެވެ. އިހުސާނުގެ ނަންބަރު ހިދުމަތް ކަނޑާލާފައި އޮތްކަން އެނގޭއިރުވެސް ހުދާ ކޮންމެ ދުވަހަކުވެސް ގުޅައެވެ. ކޮންމެސް ދުވަހަކުން ގުޅޭނެކަމުގެ އުއްމީދުގައެވެ. އަދި ދޭތެރެ ދޭތެރެއިން އެގެއަށްވެސް ދެއެވެ. ނަމަވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. ފައިސަލުވެސް މިހާރު އޭނާ ގުޅީމަ ފޯނެއްނުނަގައެވެ. އޭނައަށް ވަރަށް ސާފުކޮށް ހުދާ ގުޅަނީ ކީއްވެގެންކަން އެނގޭތީއެވެ.
ދެހަފުތާގެ ޗުއްޓީއަށްފަހު ހުދާ އޮފީހަށް ނިކުތެވެ. ކުރިންފެންނަ ހުންނަ އުޖާލާ ކަމާއި އުފާވެރިކަން މިހާރު ހުދާ ކިބައިން ނުފެނެއެވެ. ފެންނަނީ މޮޅިވެރިކަމެވެ. އޮފީހުގައި އެންމެންނާ އެހާ މަޖާކޮށް ވާހަކަދައްކާ ހުދާ ވަނީ އެއްކޮށް ބަސްމަދުވެފައެވެ. އަބަދުވެސް އިންނަނީ ކޮންމެސް ފިކުރަކަށް ގެއްލިފައެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވާލަން ސުވާލުކޮށްލިއަސް ލިބެނީ ހަމަ އެންމެ ޖަވާބެކެވެ. “ކަމެއް ނުވޭ! ތީހަމަ ހީވާގޮތް!.”
އެދުވަހު މަސައްކަތުގައި މަސްއޫލުވެގެން އުޅެނިކޮށް ފޯނަށް އައި މެސެޖެއްގެ ސަބަބުން ހުދާ ކުރަން ހުރި މަސައްކަތްހުއްޓުނެވެ. ފޯނުނަގާ މެސެޖުކިޔާލިއެވެ. އެއާއެކު ދެލޯ ތަތްމިނަށް ހުޅުވުނެވެ. ރޯންވީ ކަމެއް ހޭންވީ ކަމެއް ނޭންގުނެވެ. ” ހައި! އިޓްސްމީ، ބިލާލު! ވޯންޓް މީޓްމީ..” މެސެޖު ތަކުރާރުކޮށް ހުދާ ކިޔާލިއެވެ. ދޭނެ ޖަވާބެއް ވިސްނާލިއެވެ. “ބައްދަލު ކުރަން ދާންވީބާ! ދެންކީއްކުރަން މިހާރު ބައްދަލު ކުރާކަށް! އެކެމަކު އެހާ އިހާނެތިކޮށް ކަންތައްކުރި މީހަކާ ބައްދަލުކޮށް ހިތުގައިވާ އުދާސް ގަނޑު ބޭރުކޮށްލަން އެބަޖެހޭ” ހުދާ ހިތާ ހިތްތުން ކިޔާލިއެވެ. އަދި މެސެޖަށް ޖަވާބުފޮނުވާލިއެވެ. “ޔެސް އައި ވޯންޓް!” “ދެން ބީރެޑީ! އީވްނިން 3:30 އެޓް ހުޅުމާލެ ސެންޓަރަލް ޕާރކް” ހުދާގެ ޖަވާބު ފޮނުވާލުމައި އެކު އެކޮޅުން ޖަވާބު ފޮނުވާލިއެވެ. ހުދާއަށް ގަނޑި ބަލާލެވުނެވެ. އޭރުން 02:30 ވަނީއެވެ. އެހެންކަމުން ކުރަން ހުރި މަސައްކަތްތައް ދެން އަންނަ ދުވަހަކަށް ފަސް ޖައްސާލުމަށްފަހު ގެއަށްދާން އަވަސްވެގަތެވެ.
ތަޒާވެލައިގެން ހުދާ ހުރީ ހުޅުމާލެ ސެންޓަރަލް ޕާރކުގައެވެ. މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ހިޔާލުތަކާއި އަދި ފިކުރުތައް އެނބުރެނީ ވާންމިއުޅޭ ގޮތްތާއި މެދުގައެވެ. މިހާ ދުވަސްކޮށްފައި ބިލާލަ ބައްދަލުކުރަން ބޭނުންވީ ސަބަބު އެއީ ހުދާއަށް މިވަގުތު އެންމެ އުނދަގޫ ކުރަމުންދާ ސުވާލެވެ. އަތުތެރޭގައި އޮތްފޯނު ވައިބްރޭޓް ވާންފެށިއެވެ. ނުދަން ނަބަރެކެވެ. ބިލާލުކަމަށް ޔަގީންކޮށްފައި ހުދާ ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު އެކޮޅުން ފޯނު ކަނޑާލިއެވެ. ދެން ފޯނަށް އައި މެސެޖެކެވެ. “ތިހުރި ގޮތްތައް ކުރިއަށް އާދޭ.” ހުދާ ވަށާ ބަލާލިއެވެ. ގަޑީގެ ގޮތުން ޕާރކުގައި މީހުންވަރަށް މަދެވެ. ތިބި މަދު މީހުންގެ ތެރޭގައި ދަންނަ މޫނެއް ނެތެވެ. އެއާއެކު މެސެޖުގައިވާ އިރުޝާދަށް ތަބާވަމުން ކުރިއަށް ހިނގަންފެށިއެވެ.
“ދެން ހުއްޓޭ!” އަނެއްކާ އަނެއް މެސެޖު އައެވެ. ހުދާ ހުއްޓިފައި ބަލާލިއެވެ. އެއާއެކު ތިންވަނަ މެސެޖު ލިބުނެވެ. “ތިތާ ތިބުރުމަތީ އިށީންދޭ!”. ހުދާ ހާސްވާންފެށިއެވެ. އެމީހަކަށް ހުދާ ފެންނައިރު ހުދާއަށް އެމީހަކު ނުފެންނަނީ ކީއްވެގެން ހެއްޔެވެ. އަނެއް ކާވެސް މީހަކު ސަމާސާ ކުރަނީ ބާއެވެ. މިހިޔާލުގައި ހުރެގެން ވަށްބުރުމަތީ އިށީންދެލިއެވެ. އެވަގުތު ފަހަތުން މީހަކު ކަރު ކެހެލި އަޑު އިވުމާއެކު ހުދާ ފަސްއެނބުރި ބަލާލިއެވެ. ލިބުނު ހައިރާން ކަމާއެކު ކޮށްޅަށް ތެދުވެވުނެއެވެ. ބުނާނެ އެއްޗެއްނޭންގި ލޯބޮޑުކޮށްލައިގެން އެ މީހަކާއި ދިމާލަށް ބަލަން ހުރެވުނެވެ. އަދި މަޑުމަޑުން ބުނެލެވުނެވެ. “އިހުސާން… މިތާ… އެކަމު އަހަރެން އައީ ބިލާލު!!” ހުދާގެ ޖުމްލަ ފުރިހަމަ ނުވަނީސް އިހުސާނު ހަމަ ޖެހިލާފަބުންޏެވެ. “ހުދާ ވަރަށް ޝޮކުވެއްޖެ ދޯ؟” ހަމަ އެވަގުތު ދެއަތުން ބޮލުގައި ހިފާލަމުން ވަރަށް ނުރުހުމާއެކު ހުދާ ބުނެލިއެވެ. “އިހުސާނު ކޮން ކުޅިވަރެއްތަ ތިކުޅެނީ! އަހަރެން ބޯ ގޮވައިފި. ވެގެން މިއުޅޭގޮށް ޕްލީޒް ބެނެދީބަލަ؟”
ހުދާ އަތުގައި ހިފާލަމުން އިށީންނަށް ބުނެފަ އިހުސާން އެތާގައި ހަމަ ޖެހިލައިގެން އިށީންދެލިއެވެ. ނަމަވެސް ހުދާ އެހުރި ގޮތްތައް ހުރީ ކޮޅަށްށެވެ. “އަހަރެން ޤަބޫލުކުރަން ވަރަށް ގިނަ ސުވާލު ހުންނާނެކަން. އެހެންވެ އެކަން ސާފުކޮށްދޭން މިއައީ. ހުދާ! އަހަރެންމި ހުދާ ލޯބިވި ބިލާލު.” ހުދާ ދެލޯ ބޮޑުކޯށްލަމުން ބުނެލިއެވެ. “އެހާ ބޮޑު އޮޅުވާލުމެއް ތި އޮޅުވާލީ ކީއްވެ؟ އަހަރެންގެ އިހްސާސްތަކާ ތިހާ ބޮޑަށް ކުޅެލާ އަހަރެންގެ ހިތް ތި ޒަހަމުކޮށްލީ ކީއްވެ؟”
“އަހަރެން އެއްވެސް ވަރަކަށް ހުދާގެ ހިތް ހަލާކުކޮށްލަން ކުރި ކަމެއްނޫން އެއީ. މަޖަލަކަށްކުރި ކަމެއް! ނަމަވެސް ހުދާ ސީރިއަސްވާން ފެށީމަ ހުދާ ކަންތައްކުރާގޮތް ބަލާލަން އަހަރެން ކަންޓިނިއު ކުރީ. އަހަރެންނާ ރަށްޓެހިވެގެން ހުރެ އެފްބީއިން ދިމާވާ މީހަކުދެ އެހާ އަވަހަށްލޯބިވެ ހިތް ބަދަލުވެދާނެކަމަށް އަހަރަން ކުޑަކޮށްވެސް އުއްމީދެއް ނުކުރަން.” ހުދާ ނަފުރަތާއެކު ބުނެލިއެވެ. “ދެން ތިހުރިހާ އެއްޗެއް ކިޔާނެ ކަމެއްނެއް. އިހުސާނު އަހަރެން މަގު ފުރަށްދާ އަހަރެންނަށް އޮޅުވާލީ… އިހުސާނު އެހެންކަންތައް ނުކުރިނަމަ މިހެންވާކަން ނުޖެހޭނެ… ދެމީހުން ވަކިމިވީ އިހުސާނުގެ ސަބަބުން” އިހުސަނު ތުންފަތްމަތީ އިނގިލި ޖައްސާލަމުން ބުންޏެވެ. “އަހަރެންގެ ސަބަބުންނޭ ނުބުނޭ! މިހެންމިވީ ހުދާގެ ސަބަބުން! ހުދާގެ ހިތް ތިވަނީ އެބުރޭ ވަހުތާނަކަށްވެފަ.. އެފްބީ އިން ލޯބިން ދެތިން މެސެޖުކޮށްލީމާ މިހާ މަގުއޮޅި ލޯބިވާމީހާ ދޫކޮށް ދުއްވައިގަތީ.. އެހެން ނޫނަސް އަހަރެންނޫން އެހެންމީހުންނާ ވެސް ވާހަކަ ދައްކާ ބައްދަލުކުރަމެއްނު؟” މިޖުމުލަ އިވުމާއެކު ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހަރުކަށި ރާނގަކަށް ހުދާ ބުނެލިއެވެ. “ހުއްޓާލާ އަހުސަން! ތިކާކު ބުނިއެއްޗެއް؟ އަހަރެން އެފްބީއިން ލޯބިވީ ބިލާލުދެކެ އެކަނި… އަދި އޭނައާ ތި އިހުސާނުއާއި އަހަރެން ބައްދަލެއް ނުކުރަން.”
“ހުދާ ދޯ ހަދާ ހަދާންބަލިއޭ! ހަދާންވޭތަ؟ އެންމެފަހުން އަހަރެން ދެމީހުން ގެސްޓް ހައުސްއުން ބައްދަލުވި ދުވަސް.. އެދުވަހު ހުދާ އަމިއްލަ އަށްބުނީ ހުދާ އެމީހަކާ ބައްދަލުވިވާހަކަ… ގައިމުވެސް އަހަރެން ބިލާލުއަށް ވެގެން ހުދާއަކާއި ބައްދަލެއް ނުކުރަން! އަހަރެން އެދުވަހު އެތަނަށް ދިޔައީ މިވާހަކަ ބުނަންވެގެން އެކަމަކު ހުދާގެ ވާހަކަތަށް އިވިފަ އަހަރެންގެ ހިޔާލުބަދަލުވީ އަދި އެއްވެސް އެއްޗެއް ނުކިޔާދިނީ” ހުދާ ހައިރާންކަމާއެކު އިހުސާނުއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “އަޅެ އިހުސާން!!! އަހަރެންނަށް އެދުވަހު ހުރިހާ ވާހަކައެއް ކިޔާދިންނަމަ؟ އަހަރެން އިހުސާނުގެ ކިބައިން ސަލާމަތްވާވެގެން އެދުވަހު ދޮގުހެދީ! އަހަރެން އިތުރު މީހަކާ ވާހަކައެއް ނުދައްކަން! ފަހުން އަހަރެންނަށް އަހަރެންގެ ކުށް އިހުސާސްވެގެން އިހުސާނު ހޯދަށް މި ހަމަސްދުވަހު އަހަރަން ވަރަށް މަސައްކަތްކޮށްފިން… ގަބޫލުކުރަން ފެނު ދަޅައަކަށް ހެއްލިގެން ބޭވަފާތެރިވީ އަހަރެންކަން… އެކަމަކު މިކަމުގައި އޮތީ އަހަރެންގެ ކުށް އެކަނިތަ؟” ހުދާ ގެ މި ޖަވާބާއެކު އިހުސާން ހިމޭންވިއެވެ. އެހިސާބުން ދެމީހުންގެ މެދަށް ވެރިވެގެން ދިޔައީ ހަމަ ހިމޭންކަމެވެ.
މިކަން ކޮންމެސް އެށްގޮތްތަކަށް ނިންމަން ޖެހޭތީ އިހުސާން އެހަމަ ހިމޭކަން ފުޑުކޮށްލިއެވެ. ” އަހަރެންގެ ކުށް އަހަރެން ގަބޫލުކުރަން.. އެކަމަކު އައި ކާންޓް ޓްރަސްޓް ޔޫ! ކުރިއަށް އޮތްތަނުގަވެސް ހަމަ މީހަކާ ދިމާވާއިރަށް ހުދާ އަހަރެން ދޫކޮށްލަފާނެ…. ރަނގަޅު ގޮތްތަކީ މިކަން މިހިސާބުން ނިންމާލުން. އެހެންވެ މިވާހަކަތައް އޮޅުންފިލުވައިދޭން ހުދާއާއި މީޓް މިކުރީ… އަދި އެއްވާހަކަ އަހަރެން މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން.. އާ ލައިފެއް ފަށާއިރު ކުރިން ޖެހިފަ ހުރި ކުނިތައް ފިލުވާލަންވާނެ…. ވަންސް އެގެއިން ސޮރީ!” އިހުސާނުގެ މިވާހަ އަޑުއިވިފަ ހުދާގެ ހިތް އިތުރަށް ޒަހުމުކޮށްލިއެވެ. ހަމަސް ދުވަހު އިހުސާނުގެ ލޯބި ހޯދަން ކުރެވުނީ ބޭކާރު ކަމެއްކަން އިހުސާސްވިއެވެ.
ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިފަހައްޓަމުން ކުރަކިވެފައިވާ އަޑަކުން ހުދާ ވާހަކަ ދެއްކިއެވެ. “އަހަރެން އިހުސާނުގެ ތި ނިންމުމަށް އިހުތިރާމުކުރަން! ކަންތައްމިވީ ގޮތްތުން މިހާރު އަހަރެން ގަބޫލުކަރަން ދެމީހުން އެކަކު އަނެކަކަށް މާފުކޮށްފައި އެއްކޮށް އުޅެން އުޅުނަސް ދެން އެކަމެއް ނުވާނެ… ހަމަ ޔަގީނުންވެސް ޓްރަސްޓް މައްސަލަ އަންނާނެ! އެންމެ ކުރިންވީ ލޯތްބާއި އިތުބާރު މީހާރު ދެން އެކަކަށްވެސް ނުކުރެވޭނެ. އިހުސާންއަށް ވަރަށް ބާއްޖަވެރި ހަޔާތަކަށް އެދެން..”
ހުދާ މިހެން ބުނެލުމަށްފަހު އިހުސާނުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ހިގައިގަތެވެ. މާޒީގެ ސޮފުހާތަކަށް ބޮޅެއް އިތުރުކޮށްލަމުންނެވެ. އަދި މިކަހަލަ މޮޔަކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުކުރުމަށް ހިތުގައި އަޒުމުކަނޑައަޅަމުންނެވެ.
ނިމުނީ
2 Comments!
Comments are closed.

Varah reethi Varah salhi
Vaahaka kiyaalan v fasheha adhi v reethi vaahaka kiyaa lumun ihusaas vi kamakee
Vas meeru maleh libijeiyaamun emaa moolhi viya nudhee nubala hifaha taafeeyamu fahun hitaama kuran jehidhaane Kan
Shukuriya liyuntheriya