Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ބާރަވަނަ ބައި)

Hannah Level 110 Stories
November 28, 2015 4 Mins Read
14 Comments

ޒީޝާ ކުއްލިއަކަށް ސިހުނީ ސަމާގެ ހަޅޭއްކުގެ އަޑަށެވެ. އަވަހަށް ގޭޓާ ދިމާލަށް ދުއްވައިގަތުނެވެ. ޒީޝާ ދިޔައިރު ސަމާ އޮތީ މަގަށް ވެއްޓިފައެވެ. އޭރު ފުދޭ ވަރަކަށް މީހުންވަނީ އެތަނަށް އެއްވެފައެވެ. ކަކުލުގައި އަތް އަޅައިގެން ސަމާ އޮތީ ނުތެދުވެވިފައެވެ. “ސަމާ ކިހިނެއް ތިހެދީ…އެއްވެސް ތާކަށް ތަދުވޭތަ..” ސަމާގެ ދެކޮނޑުގައި ހިފައި ނަގަމުން ޒީޝާ ސުވާލުކުރިއެވެ. “މާބަރަށް ނުބަލާ ނިކުންނަނިކޮށް ސައިކަލެއްގަ ޖެހުނީ..ކަކުލަށް ތަދުވަނީ..” ކަކުލުގައި އަޅައިގެން ހުރެ ސަމާ ބުނެލިއެވެ. “ލަސްނުކޮށް ހިނގާ ހޮސްޕިޓަލަށް..އޭރުން ކަކުލަށް ވީގޮތެއްވެސް އެނގޭނި…” ސަމާ ހުރި ހާލު ފެނިފައި ޒީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޒީޝާ ބެލީ އަވަހަށް ކާރަކަށް ގުޅައިގެން ސަމާ ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. މާރަނގަޅު މީހަކަށް ހެދިގެން އުޅޭނި ކަމެއް ނެތޭ ތަންކޮޅެއް ބާރަށް ސަމާ ބުނެލިއެވެ. “އަހަރެން ދެކެ ކިތަންމެ ރުޅި އައިސް ހުއްޓަސް މިއީ ޒުވާބު ކުރަން ރަނގަޅު ވަގުތެއް ނޫން.. ޓްރައި ޓު އަންޑަސްޓޭންޑް..” ޒީޝާ ބެލީ ސަމާއަށް ވިސްނައިދެވޭތޯއެވެ. ނަސީބަކުން ޒީޝާގެ ބަސް ވަރަށް ފަސޭހައިން ސަމާ ގަބޫލުކޮށްފިއެވެ. ކާރު އައުމުން ކާރަށް އެރުމުގައި ސަމާއަށް ޒީޝާ އެހީވެދިނެވެ. އެތާ ތިބި މީހުންވެސް ޒީޝާގެ ރަނގަޅުކަމަށް ތައުރީފު ކުރަމުން އެކަހަލަ ކުދިން މިޒަމާނުގައި މަދުވާނޭ ބުނެލިއެވެ.

 

ސަމާއާއެކު ހޮސްޕިޓަލުގައި އުޅެފައި ޒީޝާއަށް ގެއަށް އާދެވުނީ އިރުއޮއްސެން ގާތްވަނިކޮށެވެ. އޭރު އޮތީ ވިއްސާރަވެސް ހަދާފައެވެ. ގެއަށް އައިރު ނާހިދާއާއި ޒާރާ އުނދޯލީގައި ތިއްބެވެ. މިއަދު ތިޔައީ ހާދަ ލަހުންނޭ ނާހިދާ ބުނުމުން ޒީޝާ ކަންތައްވީ ގޮތް ކިޔައިދިނެވެ. “ޑޮކްޓަރު ކީކޭ ބުނުއްވީ..ކަކުލަށް އެއްވެސް ގެއްލުމެއް ލިބުންތަ..؟ ނާހިދާ ހާސްވެފައި ސުވާލުކުރިއެވެ. ނާހިދާ ސަމާ ދެކެނީ އޭނަގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. އެގެއަށް އަތުވެއްޖެނަމަ ސަމާއާ ދޭތެރޭ ކަންތައްތައް ކުރަނީ އަމިއްލަ ދަރިއަކާ ދޭތެރޭވެސް ކަންތައްތައް ކުރާހާ ރަނގަޅަށެވެ. “ޖެހުނު ގޮތުން ކަކުލު  ހުޅަށް ތަދުވެފައޯ.. ހަފްތާއެއް ވަންދެން ރެސްޓް ކުރާށޭ ބުނީ…ދެން ހުރީ ކަކުލުގަ ބޭސް އުނގުޅަން ދީފަ.. އެއް ހަފްތާކޮށްފަ ދައްކާލަން އަންނައްޗޭ ބުނީ…” ޒީޝާ ތަފްސީލުކޮށް ކިޔައިދިނެވެ. “ދެން ދޭ އަވަހަށް ސައިބޯން..ހުންނާނެ ހެދިކާ ގެނެސްފަ..” ނާހިދާ އެހެން ބުނުމުން ޒީޝާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ކޮޓަރިއަށް ވަނުމަށްފަހު ފޯނު ނަގައި ޒައިންއަށް ގުޅާލިއެވެ.

 

“ހާދަ ލަހުން ތިގުޅީ..ދެންމެތަ ކުލާސް ނިންމާފަ ތިއައީ” ފޯނު ނެގުމާއެކު ޒައިން އެންމެ ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ. ކަންތައްވީ ގޮތް ޒައިންއަށް ޒީޝާ ކިޔައިދިނެވެ. “އެހެންތަ.. ޒީ..މިރޭ 9 ގަ ފުރަނީ….ތިގޭ ކައިރިއަށް ދާނަން އިނގޭ ސަލާމް ކުރަން..” ޒައިން ހުރީ ފުރުމުގެ ކުރިން ޒީޝާއާ ބައްދަލު ކޮށްލާ ހިތުން ކެތްމަދުވެފައެވެ. “އޯކޭ..8 ހާއިރު އާދޭ..ކަމް ބެކް ސޫން..އައި ވިލް މިސް ޔޫ..” ވަރަށް ދެރަވެފައި ޒީޝާ އެހެން ބުނުމުން ޒައިންވެސް ދެރަވިއެވެ. “ޔެސް ސްވީޓްހާރޓް..ވިލް މިސް ޔޫ ޓޫ..ދެން ތިގޭ ކައިރިއަށް ގޮސް ދޯ ވާހަކަ ދައްކާނީ..ފުރަން ވާއިރަށް ރެޑީވާން މިއުޅެނީ..ދެން ބޭއްވީ އިނގޭ..” ޒައިން މިހެން ބުނެފައި ފޯނު ބޭއްވިއެވެ. މައްރިބު ނަމާދު ބަންގި ގޮވުމުން ޒީޝާ އަވަސްވެގަތީ ނަމާދު ކޮށްލުމަށެވެ.

 

ގަޑިން އަށެއް ޖެހިއިރު ޒައިންއާއި ޒީޝާ ވާހަކަ ދައްކަން ތިބީ ޒީޝާމެންގޭ ދޮރުމަތީގައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. ޒައިން ޒީޝާގެ އަތުގައި ހިފައްޓާލައިގެން ހުރީ ދުވަހަކުވެސް އެއަތުން ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. އެދެލޮލުން ފެންނަނީ ޒީޝާއަށްޓަކައި ވީ ލޯތްބެވެ. ފަނޑު އޮރެންޖްކުލައިގެ އަލީގެ ތެރެއިން ޒީޝާގެ މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒީޝާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގާ ޒައިން އެއްފަރާތްކޮށްލިއެވެ. އަދި ޒީޝާގެ ކަންފަތްދޮށުގައި ވައި އަޑުން ވަރަށް ލޯބިން އައި ލަވް ޔޫއޭ ބުނެލިއެވެ. ޒީޝާ ލަވް ޔޫ ޓޫއޭ ބުނުމުން ޒީޝާގެ ދެކޮނޑުގައި ހިފައި ގާތްކޮށްލަމުން ކޮލަށް ދޮނެއް ދިނެވެ. މީހަކަށް ފެނިދާނެތީ ޒީޝާ ޒައިންއާ ދުރުވެލިއެވެ. މިސްކިތުން ފައިބައިގެން އައި ސައީދުއަށް ހަމަ ރަނގަޅަށްވެސް އެމަންޒަރު ފެނުނެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ދެބުމަ ގޮށްޖާހަލުމަށްފަހު ބާރަށް ހިނގައިގަތުނެވެ.

“ޒީޝާ ހަމަ މިހާރު ގެއަށް ވަދޭ..ލަދެއް ނުގަނޭތަ ތިހެން އުޅޭކަށް..” ޒީޝާ ސިހުނީ ދާދި ގާތުން ބައްޕަގެ އަޑު އިވުމުންނެވެ. ބައްޕަ ރުޅިއައިސް ހުރުމުން ޒީޝާ ބިރުގަތެވެ. އަދި އެންމެ ކަންތައް ބޮޑުވީ ޒައިންއާ ދިމާލަށް ނުރުހިގެން އެއްޗެއް ބުނެފާނެތީއެވެ. ކަންތައްވީވެސް އެހެންނެވެ. “ކަލޭ ދޯ މަގޭ ދަރި ނުބައި މަގަށް އަޅުވަން ތި މަސައްކަތް ކުރަނީ..ހަނދާން ކުރާތި މީގެ ފަހުން ޒީޝާއާ ވައި އެޅުނަސް މަ މީ ނުލަފާ މީހެއްކަން އަންގާލާނާން..ހަމަ މިހާރު މިތަނުންދޭ..” ސައީދަށް ރުޅި އައިސްގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ޒީޝާއަށް ހުރީ ހަމަ ރަނގަޅަށްވެސްް ރޮވިފައެވެ. އޭނާ ދެރަވީ ޒައިންއާ ދިމާލަށް ބައްޕަ އެއްޗެހި ކިޔައިގަތުނީމައެވެ. “ނޫން..އަޅުގަނޑު ބޭބެގެ ދަރިފު…” “ކޮން އަޅުގަނޑެއް ކިޔާކަށް…ދޭމިތަނުން..ޒީޝާ ހަމަ މިހާރު ގެއަށް ވަންނަން ހިނގާ..” ޒައިންއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޒިޝާގެ އަތުގައި ހިފައިގެން ސައީދު ގޭތެރެއަށް ވަދެގެން ދިޔައެވެ. ޒީޝާއަށް ވާނެ ގޮތަކާ މެދު ވިސްނާލުމުން ޒައިން ކަންތައް ބޮޑުވިއެވެ. ސައީދަކީ ރުޅިގަދަ ހަރުކަށި މީހެއްކަން މީގެ ކުރިން ޒީޝާވަނީ ބުނެފައެވެ. ބޮލަށް އަތް މަހާލަމުން ގެއަށް ދާން ހިނގައިގަތުނީ މާޔޫސްވެފައި ހުރެއެވެ. ރަށަށް ދާން ފުރަން މިޖެހުނީ ހިތްދަތި ގޮތަކަށް ބައްދަލުވެފައެވެ.

 

ޓީީވީ ބަލަން ތިބި އައިހަމްއަށާއި ނާހިދާއަށް އެކުއެކީގައި ކޮޅަށް ތެދުވުނީ ރޮމުން ރޮމުން ގޭތެރެއަށް ވަދެގެން އައި ޒީޝާ ފެނުމުންނެވެ. ޒީޝާގެ ފަހަތުން ރުޅި އައިސް ރަތްވެފައިވާ ސައީދު ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނާހިދާއަށް ޔަގީންވިއެވެ. ސައީދު ފެނިފައި އައިހަމްވެސް ޖެހިލުންވިއެވެ. މީގެ ކުރިން ސައީދު ރުޅި އައިސްފައި ހުއްޓައެއް އޭނާއަކަށް ނުފެނެއެވެ. “ކިހިނެއް ވެގެންތަ މިއުޅެނީ..ކޮންކަމަކާތަ ޒީޝާ މިރޮނީ..” ނާހިދާ ބެލީ ވީގޮތެއް އަވަހަށް އޮޅުންފިލުވޭތޯއެވެ. “މިހިރަ އަންހެން ކުއްޖާ ފިރިހެނަކާ އެކު ގޭ ދޮރުމަތީ މާފޮޅުވަން ތިބީ…ލަދެއްވެސް ނުނަގަނޭ އެސޮރާއެކު އެެހެން އެތާ ހުންނާކަށް..އަހަރެމެންނާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލި..މަ އޭރު ވެސް ނާހިދާ ގާތުން ބުނިން އެ ޒައިންއާ ގާތްވިޔަ ނުދޭށޭ..އަހަރެން އެހާ ހިތްހަމަ ޖެހޭ ސޮރެއް ނޫން އެއީ..” ބައްޕަގެ ވާހަކަތަކުން ޒީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބައްޕަގެ ފަހު ޖުމްލައިން ޒީޝާއަށް ހީވީ ނޭވާ ހާސްވާން އުޅުނު ހެންނެވެ. ނާހިދާއަށް ހުރީ އަދިވެސް ވާނުވާ ނޭނގިފައެވެ. “ބައްޕާ..މަންމާ..އަޅުގަނޑު ޒައިން ދެކެ ވަރަށް ލޯބިވޭ..ޒައިން ވެސް..އަޅުގަނޑު ޒައިންއާ ވަކި ނުކުރޭ.. މަންމާ އަޅެ ޕްލީސް..” ނާހިދާގެ ގައިގައި އޮޅުލައިގަންނަމުން ޒީޝާ ބުންޏެވެ. އޭރު އޭނަގެ ހިތްވަނީ ކުދިކުދިވެފައެވެ. ދަރިފުޅު ރޯތަން ބަލާކަށް ނާހިދާއަކަށް ކެތެއް ނުކުރެވުނެވެ. ޒީޝާގެ ބުރަކަށީގައި ފިރުމާލަމުން ނުރޮއެ ހުއްޓާލާށޭ ބުންޏެވެ. “ސައީދު ކަންތައް ތިކުރަނީކީ ރަނގަޅަކަށް ނޫން..ޒީޝާވެސް ލޯބިވާ ކުއްޖަކާއެކު އުޅުމުގެ ހައްގު ލިބިގެންވާ..މިހާރު އެއީ ތަންދޮރު ނެގޭވަރުގެ ކުޑަ ކުއްޖެއް ނޫން..އެހެން ނޫނަސް ޒައިންއަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަން..އެއީ ސައީދު ތިހީކުރާ ކަހަލަ ގޯސް ކުއްޖެއް ނޫން..އެއީ ހަމަ ޒީޝާއާ އެކަށީގެންވާ ރަނގަޅު ކުއްޖެއް..” ނާހިދާއަށް ޒީޝާ ދިފާއު ކުރެވުނެވެ.

ހަގީގަތުގައި އޭނާ އެހުރީ ސައީދު ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހިފައެވެ. ސައީދު އިތުރު އެއްޗެކޭ ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ. އައިހަމް ޒީޝާއަށް ހަމްދަރުދީވެވުނެވެ. ޒީޝާ ރޯތަން ބަލަން ކެތްނުވެގެން ދެރަ ނުވާށޭ ފަހުން ބައްޕައަށް ވިސްނޭނޭ ބުނެ ޒީޝާގެ ހިތްހަމަ ޖައްސާލަދިނެވެ. ޒީޝާ ވަކި އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަނީއެވެ. އައިހަމްވެސް ސައީދު ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހުނެވެ.

 

ފާނައަށް ވަދެ، މޫނު ދޮވެލައިގެން އައިސް ޒިޝާ އެނދުގައި ޖައްސާލިއެވެ. ފޯނު ބަލާލިއިރު ޒައިންގެ މެސެޖެއް ލިބިފައި އޮތެވެ. “ޒީ އައި އެމް ލީވިންގ މާލެ..މިރޭ ވީ ކަންތައްތަކާ މެދު ދެން ނުވިސްނާ..ބައްޕައަށް އަދި ވިސްނޭނެ.. އަހަރެން ހިތުގަ ޒީގެ ބައްޕައާ ދޭތެރޭ އެއްވެސް ބުރަ ކަމެއް ނެތް.. ބަލައިގެން އުޅެއްޗޭ..ޒީ ހަމައަކަށް އެޅުނީމަ ކޯލް މީ އިނގޭ..ޓޭކް ކެއާރ..އައި ވިލް ބީ ބެކް ސޫން..ލަވް ޔޫ މައި އޭންޖަލް..އުމްްމްވަ..” ޒައިންގެ މެސްޖް ކިޔާލުމުން ޒިޝާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ބައްޕައާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތޭ ބުނެފައި އޮތުމުން އުފާވިއެވެ. ޒައިންއަށަ މެސެޖް ކުރުމަށްފަހު ސަމާއަށް ގުޅާލިއެވެ. ނަމަވެސް ސަމާގެ ފޯނު ނިއްވާލާފައި އޮތުމުން ގުޅޭ ގޮތެއް ނުވިއެވެ. ފަންކާއަށް ނަޒަރު ހުއްޓިލާއިގެން ޒީޝާ އޮތީ މިރޭ ވީ ކަންތަކާމެދު ވިސްނާށެވެ. ބައްޕަ ފަހުން ހަމައަކަށް އެޅުނީމާ ވާހަކަ ދައްކަން ނިންމިއެވެ. “ދަރިފުޅާ އާދޭ ކާން..” ކޮޓަރި ތެރެއިން ނާހިދާގެ އަޑު އިވުނެވެ. ކާހިތެއް ނެތޭ ބުނެފައި ޒީޝާ ލޯ މަރާލީ ނިދާލުމަށެވެ. ނަމަވެސް ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. (ނުނިމޭ)

 

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Next

ކުށްވެރިޔަކީ… (2)

Next
November 28, 2015

ކުށްވެރިޔަކީ… (2)

Previews
November 28, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

14 Comments!

  1. Hannah says:
    November 28, 2015 at 6:53 pm

    hey guys..kihineh?
    well..tomorrow night ga aneh part dhigukoh genesdheynan..in sha allah.. keep reading and leave a comment about this part..love you all.. 🙂

  2. sam says:
    November 28, 2015 at 7:04 pm

    Mi part ves v salhi. Ekam maa bodah ves kuru. But okey thibunee maadhan rey dhigu koh genesdeyname. ♡♥

  3. Yaaan says:
    November 28, 2015 at 7:07 pm

    V.salhi thankolheh dhigukohlan feney next partah inthizaarkrany.

  4. Queen says:
    November 28, 2015 at 7:08 pm

    Alhey kihinei thi hedhy. He he he.
    Hope to see next part soon.
    Story hama very beautiful.
    When are you gonna upload next part?

  5. Athy says:
    November 28, 2015 at 8:58 pm

    Masha allah, v reethi… ekam sama ah zain nudehchey,.. hehe

  6. naax says:
    November 28, 2015 at 9:14 pm

    Hannah keep it up ingae.. v v rythi mivaahak.. masha allah.. n next part v kiyaahithun muhiry..

  7. shaa says:
    November 29, 2015 at 12:45 am

    V imlaa kuh gina

  8. Lovely Girl ??????????????? says:
    December 10, 2015 at 1:38 pm

    Kobaa story

  9. Liu says:
    January 16, 2016 at 2:03 pm

    Adhives story genes nudhey

  10. Maya says:
    May 8, 2016 at 4:41 pm

    Adhives tomorrow naannanytha hannah ah☺

  11. Zeena says:
    May 17, 2016 at 7:56 am

    Koba story mihaaru… Madhamaa nuvey dho adives

  12. Pwincess says:
    May 19, 2016 at 9:23 pm

    Next part up kohba… plx hannah

  13. ☺️ says:
    June 23, 2020 at 9:45 am

    Next part kobaa… We are still waiting you know hanaa ???

  14. Shau says:
    June 24, 2020 at 2:27 pm

    Mihaaru 13 ah inthizaaru kuraathaa garuneh Vehje
    ….. Maadhamaa nuvany tha adhi ???

Comments are closed.



All Right Reserved!