އިހުސާސް 3
ހިތް ހަމަ ނުޖެހޭ ފާޑަކަށް އަހަރެން ގެ ބޭބެ ވެސް އަހަރެންނާ ވާހަކަ ދެއްކިއެވެ . އަހަރެން އެކަނި ވެއްޖެއެވެ . ގޮތް ހުސްވެއްޖެއެވެ . އަމިއްލަ ނަފްސަށް އިތުބާރު ކެޑިގެން ދިޔައެވެ . އަހަރެންގެ ކޮއްކޮ އަށް މި މަންޒަރު ތައް ފެންނަމުން ގެންދިޔައެވެ . އަދި އަހަރެންނަށް އަދި ރަގަޅު ވާނޭ ކަމަށް ބުނެލިއެވެ
އެ އިބާރާތުން އަހަރެން ހިތް ހަމަ ޖެހިގެން ދިޔައެވެ . ލޯބި ބައްދާލީމެއެވެ . ތީ ރަގަޅު ކޮއްކޮ އެއް ބުނ ތައުރީފް ކުރެވުނެއެވެ.
ލޮލަށް ޖަމާ ވެފައި ވާ ކަރުނަ ތިކި ތަށް އަހަރެންގެ ކޮލަށް އޮހެރިގެން ދިޔައެވެ . އެއީ އަހަރެންގެ އިހުސާސް ތައް ދަންނަ އަހަރެން ގެ ހިތުގައި ހުންނަ އުދާސް ތައް އިގޭ ކަހަލައިގެ ކޮއްކޮ އެއް ލިބިގެން ދިޔުމުގެ އުފަލުގައެވެ . ” ބޭބެ ރޮނީ ތަ ؟ ” އަހަރެން ގެ ކޮއްކޮ މަޑު މަޑު ބުނެލިއެވެ . އަހަރެން ނޫނެކޭ ބުނެލީމެއެވެ .
ދުވަސްތައް ހަފްތާ އަކަށް ހަފްތާ މަސް ތަކަށް ބަދަލު ވެގެން . މަސްތައް އަހަރަކަށް ބަދަލު ވެގެން ހިގާ ގޮސްސިއެވެ . އަހަރެންނަށް އެކި ކަހަލައިގެ ގޮން ޖެހުން ތަކާ ކުރިމަތި ކުރުވިއެވެ . އަހަރެންނަށް އެތަކެއް އުނދަގޫ އަދި ގޮތް ނޭންގޭ އެތަކެއް މި ވީ ކުޑަ ދުވަސް ކޮޅެއް ހިގައްޖެއެވެ .
އަހަރެންގެ ބޭބެ އާ މި ކަންތައްތައް ހިއްސާ ކުރިއެއް ކަމަކު . އަހަރެންގެ ބޭބެ އެ ކަންތައްތަކާ އަޅައެއް ވެސް ނުލާ ކަހަލައެވެ . ވާނީ ވެސް އެހެންތާއެވެ . ބޭބެ އެ ހުންނަނީ އަހަންނާ ދުރުގައެވެ . ރާއްޖޭގެ ވެރިކަން ކުރާ ރަށުގައެވެ . އޭނަގެ ވަޒީފާ ގައެވެ . ވަގުތު ވެސް ނުވާނެ ތާއެވެ . ދެން ހުރީ އަހަރެން ގެ ކޮއްކޮ އެވެ . ކޮއްކޮ އަކީ އަބަދު ވެސް އަހަރެން ކުރިމަތީ އެބުރި އެބުރި ހުންނަ ކޮއްކޮ އެކެވެ . ކޮއްކޮ އުޅެމުން ދަނީ ރަށުގައި ހުންނަ ފިހާރަ އެއްގެ ސޭޓް އަކަށެއެވެ . ހުސް ވަގުތު ގައި އަހަންނާ އެކު ހީ ސަމާސާ ކުރަމުން ގެންދެއެވެ . އަދި ކޮއްކޮ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އަންނަ ކުއްޖާ އާ 3 މީހުން ސަކަރާތް ޖަހަމުން ދަމެއެވެ .
” ބޭބެ ހާދަހާ އުފާވެރި ކޮށް ؟ ” އަހަރެންގެ ކޮއްކޮ ސުވާލު އުފެއްދިއެވެ . އަހަރެން ކޮއްކޮ ކައިރިއަށް ގެނެސް ބުނެލީމެއެވެ . ކޮއްކޮ އަށް ފަހަރި އެއް ގެންނަ ކަމަށް މި އުޅެނީ ” އަހަރެން ބުނެލީމެއެވެ . “އަސްލު ކޮބާ އެ ފަހަރި ؟ ކޮންތާކު ހުރީ އެ ފަހަރި ” ސުވާލަކަށް ފަހު ސުވާލެއް އުފައްދަމުން ގެންދިޔައެވެ . ” އެހަށް މަޑު ކޮއްލާ . ކޮއްކޮ އަށް މި ދެނީ ފަހަރި އަށް ގުޅާލާފާ ” އެހެން ބުނުމަށް ފަހު އަހަރެންގެ ޖީބުން ފޯނު ނެގުމަށް ފަހު އަހަރެން ލޯބިވާ ކުއްޖާ އަށް ގުޅާލީމެއެވެ . އަދި އަހަރެންގެ ކޮއްކޮ އަށް ފޯނު ދިއްކޮއްލީމެއެވެ . ” ބުނެލީމެއެވެ . ވާހަކަ ދައްކާލާށެއެވެ .
ކޮއްކޮ އަކީ އަހަރެންގެ ކޮންމެ އުފާވެރި ކަމަކާ އަދި ކޮންމެ ހިތާމަ ވެރި ކަމަށް ހިއްސާ ކުރަމުން އަންނަ މީހާއެވެ . އަހަރެން މަންމަ މެންނަށް ނޭންގޭ އެތަކެއް ކަމެއް އަހަރެންގެ ކޮއްކޮ އަށް އިގިގެން ދާނެއެވެ .
ފޯނު ދިއްކޮއްލަމުން އަހަރެންގެ ކޮއްކޮ މަރުޙަބާ ކިޔާލިއެވެ . އަދި މި ވާހަކަ މަންމަ މެންނަށް ހިއްސާ ކުރަން ވީނޫން ހޭ ބުނެލިއެވެ . އަހަރެން ނޫނެކޭ ބުނެލުމަށް ބޯ ހޫރާލީމެއެވެ . އަދި ފަހުން ނޭ ބުނެލީމެއެވެ . ” އޭ ހިގާ ދަޅު ދޭން ، އެހެންނޫނީ މަންމަ ކައިރީގައި ބުނާނަމެއެވެ ” ލާނެއް ފާޑަކަށް އަހަރެން ކޮއްކޮ ބުނެލިއެވެ .. ” އޯކޭ .. އޯކޭ ހިގާ .. ދީފާނަމޭ ” އެހެން ބުނުމަށް ފަހު 2 މީހުން ހިގައި ގަތީ ރަށުގައި ހުންނަ ބޮޑު ފިހާރަ އަށެއެވެ . އެއީ ކޮއްކޮ އަބަދު ވެސް ދާ އެއް ފިހާރައެވެ . އަދި ކޮއްކޮ އެފިހާރާގެ ސޭޓެއް ވެސް މެއެވެ .
” އއޭ ކޮބާ ބިޓު ސޮރު ” އަހަރެން ލާނެއް ފާޑަކަށް ބުނެލީމެއެވެ . ” މިހާރު ކިހިނެއް ވީ ؟ ކޮބާ ފަހަރި ؟ ” ……
ފެންނަ ކޮންމެ މީހަކު ބުނަމުން ގެންދަނީ ތީ ކުޑަ 2 މީހުން ހެއްޔެއެވެ ، އަބަދު ކޯޅުމުގައި ތި އުޅެނީ . ހަމަ ކުޑަ އިރު އުޅުނު ފާޑު އަދި ވެސް ނުކެޑެނީ ތަ ؟
އަހަރެންނާ އަހަރެންގެ ކޮއްކޮ މި ސުވާލު ތައް އަޑު އިވޭ ކޮއްމެ ފަހަރަކު ވެސް ހިނި އާދެއެވެ . އެކަމަކު ވެސް އަހަރެންނާ އަހަރެންގެ ކޮއްކޮ ހިނި އައިސްފި ނަމަ ހުންނަނީ ބަޑަށް ހިއްދާލާގެންނެވެ . ސަބަބަކަށް ވަނީ އަހަރެން އެހެން ސުވާލު ކުރާ މީހުންނަކީ ނޭންގޭ މީހުން ގެ ގޮތުގައި ދެކެމުން އާދެއެވެ .
އަބަދުވެސް އަހަރެންގެ މަންމަ މި ކަމަށް ދެ ބަސް ވެގެން ދެއެވެ . އަދި އަހަރެންގެ މަންމަ ވެސް ބުނަމުން ގެންދާނެއެވެ .
4 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ ……….\
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vrh hama nujehey thanthan gina. nameh ves nukiyaneetha mivaahaiga miulhey kudhinnah.