Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކުގައި… 01

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
September 23, 2024 5 Mins Read
5 Comments

ނޯޓް: މިއީ އަޅުގަނޑު ކުރިން އެސްފިޔައަށް އަޕްލޯޑުކޮށްފައިވާ ވާހަކައެއް ނަމަވެސް، މިފަހަރު އަލުން ވާހަކަ އަޕްލޯޑު މިކުރަނީ ބައެއް ބަދަލުތަކާ އަދި އިސްލާޙުތަކާ އެކުގައެވެ.  

بسمِ اللهِ الرحمنِ الرحيمِ

ރަށުގެ ފަޅުތެރެއަށް ވަދެގެން އައި ހުދު ކުލައިގެ ލޯންޗު، އެ ރަށުގެ ގޮނޑުގޮށުގައި އިން އަންހެން ކުއްޖާއަށް ރީއްޗަށް ފެނުނު ނަމަވެސް، އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ރަތްވިލާ އޮއްސެމުންދިޔަ އެވަގުތުގައި އެކަނިމާ އެކަނި އިންއިރު ހީވަނީ ވަރަށް ބޮޑު ވިސްނުމަކަށް ގެއްލިފައި އިން ހެންނެވެ. މޫދުގެ ލޮނުގަނޑަށް އިރުގެ ރަން ދޯދިތައް އެޅިފައިވާ އިރު އަރަމުންދިޔަ އެކި ކުލަކުލައިގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވެއެވެ. ޖެހިލާވައިރޯޅިން ހިތްތަކަށް ހިންހަމަޖެހުން ގެނުވާނެކަން ޔަޤީނެވެ. އުދާސްވެފައިވާ ހިތްތަކުގައި އޯގާތެރިކަމާއެކު، ފިރުމާލާނެކަން ޔަޤީނެވެ. ދޭތެރެއަކުން ދޫންޏެއް ގޮވާލާ އަޑު ފިޔަވާ އެހެން އަޑެއް އެ މާހައުލަކުން ނީވެއެވެ. 

ކިތަންމެ ހިތްގައިމު މާޙައުލަކަށް ވީ ނަމަވެސް، އެ މާޙައުލުގެ ހިތް ފަސޭހަކަމުން އެއްވެސް އުފަލެއް އެ އަންހެން ކުއްޖާއަށް ނެތްކަން ރަމްޒުކޮށްދެމުން ދިޔައީ ކޯތާފަތުން ބޮސްދެމުން ތިރިއަށް ފައިބަމުން ދިޔަ ކަރުނައެވެ. ނޫކުލައިގެ ޝޯލްއަކުން ބޯ ނިވާ ކޮށްލާފައިވާ އެ އަންހެން ކުއްޖާގެ ފައިވާން ވަނީ އޭނާގެ ވާތް ފަރާތުގައި ބަހައްޓާލެވިފައެވެ. ހަމުގެ ކުލަ އަލި ވުމާއެކު، ރީތި ދޮންކަމެއް އޭނާއަށް ލިބިފައިވެއެވެ. އެސްފިޔަތަށް ތެމިފައިވުމުން އެ ދިގު އެސްފިޔަތަކުގެ ކުލަ އިހުނަށްވުރެ ކަޅުކަން ގަދަކަމަށް ދައްކައެވެ. ރުއިމުގެ ސަބަބުން ނޭފަތަށާއި ކޯތާފަތަށް މަޑުމަޑު ޖަންބު ކުލައެއް ވެރިވެފައިވެއެވެ. 

***

ލޯންޗު ރަށުގެ ބަނދަރަށް ކައިރިކުރުމާއެކު، އޭގެން ފޭބި މީހުންތަކުގެ ތެރޭގައި ތިބި ދެ ޒުވާނުންގެ ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ކޮންމެ މީހެއްގެ ކޮނޑުގައި ބެކްޕެކެއް އަޅުވާލާފައިވެއެވެ. އެތަނުން އެއް ޒުވާނާ ލާފައިހުރީ ހުދުކުލައިގެ ޓީޝާޓަކާއި ގަދަފެހިކުލައިގެ ސޯޓެކެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާލެވިފައިވާއިރު، ލޯވަނީ ރޭބަން އަވިއައިނަކުން ފޮރުވާލެވިފައެވެ. ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. އެހެނީ ލާފައިވާ ޓީޝާޓް ގަޔަށް ހިފާލާފައިވާއިރު، ހަށިގަނޑުގައި މަސްތައް އެތުރިލާފައިވާލެއް ފުރިހަމަކަން އެނގެއެވެ. އަތުގެ މުލައްދަނޑީގެ ބާރުގަދަކަން ވަޒަން ކޮއްލާކަށް ނޭގެއެވެ. އެ ފުރިހަމަ ހަށިގަނޑަށް ބަލާލުމާއެކު އެއީ ވަރަށް ފަރުވާތެރިކަމާއެކު، ބަލަހައްޓަމުން ދާ ހަށިގަނޑެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ބޮލުގެ އިޝްތަށިގަނޑު ދިގުނަމަވެސް ސްޓައިލް ކޮއްލާފައިވާ ގޮތުން އެކަން މާ ބޮޑަކަށް ފާހަގައެއް ނުކުރެވެއެވެ. ދެން ހުރި ޒުވާނާވެސް އަތްދިގު މަޑު ނޫކުލައިގެ ޓީޝާޓުގައި ފެންނައިރު، އެހާ ފިރިހެންވަންތައެވެ. ލޮލުގައި އަޅަން ގެންގުޅޭ އައިނު ވަނީ ބޮލުގެ އިސްތަށިގަނޑު މަތީގައި ފަރުވާތެރިކަމާއެކު ބައިންދާލެވިފައެވެ. އިސްތަށިގަނޑު ހަޑިނުވާނޭ ގޮތަކަށެވެ. ކައިރީގައި ހުރި އެކުވެރިޔާއަށް އަވަސް ނަޒަރެއްދީފައި އޭނާ ވަށައިގެން ބަލާލިއެވެ. ރަށަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭނާގެ ނަމަކީ ރަޔާންއެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި ޗުއްޓީއަށް ރަޔާން އައީ އޭނާއާ އެތަނުން ދިމާވި އެކުވެރިޔާ ޒާން ވެސް ގޮވައިގެންނެވެ. 

“މަށަށް ވުރެ ކަލޭ މި މާހައުލަށް އާ ކަންނޭނގެހެން މަށަށް ހީވަނީ……” ރަޔާން ސިހުނީ ޒާން ވާހަކަ ދެއްކި އަޑަށެވެ. 

“ހަހަ… މަ ރަށަށް ނާންނަތާ ކޮން ދުވަހެއް؟ ތަފާތު ވީމަ ބެލޭނެ ދޯ!” ރަޔާން އެހެން ބުނުމާއެކު ޒާންވެސް ހިނިގަނޑެއް ޖަހާލިއެވެ. 

“ހިނގާ ދަމާ…” ރަޔާން ހިނގައިގަތުމުން، ޒާން ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. 

*****

ގޮނޑުދޮށުގައި އިދެފައި ކިޔާރާ ތެދުވީ ގެއަށް ދާންވެގެންނެވެ. އަންނަމުންދިޔަ ކަރުނަތަށް ފޮހެމުން އޭނާ ހިނގައިގަތީ އެއްގަމާ ދިމާލަށެވެ. އެހެންނަމަވެސް، އަދިވެސް އެފަހަރު ފަސް އެނބުރި ދުރު ދުރަށް ދާންދެން ސާލެއްހެން ފެތުރިފައިވާ ކަނޑުގެ ލޮލުގަނޑަށް ނަޒަރު ހުއްޓާލިއެވެ. ބުނާކަހަލައެވެ. އަހަރެން ގެ ދިރިއުޅުންވެސް ތިފަދައެވެ. ކޮޅުކޮޅަށް ދާންދެން ވެސް އަހަރެންގެ މަންޒިލް ފެންނާކަށް ނެތެވެ. ހިނގައިގަންނަންވީ ކޮން މިސްރާބަކަށް ކަމެއްވެސް ނޭނގެއެވެ. 

އިސްޖަހާލައިގެން ކުރިއަށް ހިނގަމުން ދިޔަ ކިޔާރާ ސިހުނީ ގެއަށް ދާ މަގަށް އަޅާލި ވަގުތު އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. ކިޔާރާ ފަސް އެނބުރި ބަލާލުމާއެކު، ލޮލުގައި އަޅައިގަތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ރަޔާންއެވެ. 

“ކިޔާ ދޯ! ބުރުގާ އަޅާފަ ހުރީމަ ޔަޤީން ނުވެ ހުރެފަ މި ގޮވާލީވެސް… ކިހިނެއްތަ؟” ރަޔާން ކިޔާރާ އާ އަރާ ހަމަކޮށްލާފައި ސުވާލުކޮށްލުމާއެކު، ކިޔާރާ ހިނިތުންވެލިއެވެ. ރަޔާން ކިޔާރާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލިއެވެ. ލާފައިވަނީ އާދައިގެ ގަޔަށް ދޫ އަބާޔާ ހެދުމެކެވެ. ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރި ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަން ރަޔާންއަކަށް ސިއްރެއް ނުވިއެވެ.

“އަހަރެން ރަނގަޅު…” ރަޔާންއަށް އައިސްފައި ހުރި ބަދަލުތައް ފާހަގަ ކުރެވުނު ކިޔާރާގެ މޫނުމަތިން ހައިރާންކަން ފާޅުވިއިރު، އެ ހައިރާންކަން ދެގުނަ ވެގެން ދިޔައީ ރަޔާން ކައިރީގައި ހުރި ޒުވާނާ ފެނުމުންނެވެ. ކިޔާރާ ސުވާލުގެ ނަޒަރަކުން އެ ޒުވާނާއަށް ބަލަން ފެށުމުން ރަޔާން ކިޔާރާއަށް އެ ޒުވާނާ ތަޢާރަފް ކޮށްދިނެވެ. 

“ޒާން. އަހަރެންގެ އެކުވެރިއެއް…” ރަޔާން ބުނެލިއެވެ. ” ޒާން… މީ ކިޔާރާ އިނގޭ!” 

ޒާން ކިޔާރާއަށް ވަރަށް ފަރުވާތެރިކަމާއެކު، ބަލާލިއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކިޔާރާގެ ތޫނު ކަޅިރަވައެވެ. ލޮލުގެ ކަޅި ގަދަ މުށިކުލައިގައި ހުރިއިރު ލިބިފައިވަނީ އެހާމެ ގަދަ ކަޅުކަންގަދަ އެސްފިޔަތަކެކެވެ. މޭކަޕެއްކޮށްފައި ނުވާއިރުވެސް ކިޔާރާގެ ރީތިކަން ފާޅުވެއެވެ. ބަލާބެލުމަށް ވަރަށް ސާދާ ކުއްޖެކެވެ. އެ ކުއްޖާއަށް ބަލަން ފެށުމުން އޭނާގެގެ ޒުވާން ހިތަށް ކޮންމެވެސް ގޮތެއް ވަމުންދިޔަކަން ޒާންއަށް ވެސް އިޙްސާސް ކުރެވުނެވެ. 

ތިން މީހުން އެއް ހަމައެއްގައި ހިނގާލާފައި ދިޔައެވެ. ކިޔާރާ ގެއަށް ވަންނަން ހިނގައިގަތުމުން ރަޔާން ވެސް އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. 

ޒާން ފަހަތަށް ބަލާލީ ކިޔާރާއަށެވެ. ކިޔާރާ ގެއަށް ވަނުމުންވެސް އިރުކޮޅަކު އޭނާއަށް އެ ދިމާލަށް ބަލަން ހުރެވުނެވެ. އެކަން ރަޔާންއަށް ފާހަގަވުމާއެކު، އޭނާ ޒާންގެ ކޮނޑުގައި ޖަހާލިއެވެ. 

“އޭތް. ކިހިނެއްވެފަ ތިހުރީ؟” ރަޔާން ސުވާލުކޮށްލިއެވެ. 

“އޭނ. ނުވޭ ކަމެއް… ” ޒާން އޮޅުވާލަން އުޅުނެވެ. 

“ކިޔާރާ ދިޔަ ދިމާލަށް ތި ބަލަނީ ކީއްވެގެން؟ ނުބުނައްޗޭ ކިޔާ ކަމުދިޔައިއްޔޭ. ކިޔާ އަކީ މަގޭ ހައްޤެއް…. ” އެކުގައި ހިނގަމުން ގޮސް ރަޔާން ބުނެލި ޖުމްލައިން ޒާން ގެ ހިތަށް ތަދުވެއްޖެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކިޔާރާ އެހެން މީހެއްގެ ހައްޤެކޭ ބުނާ އަޑު އަހަން އޭނާއަށް އުނދަގޫވީއެވެ. އެނގޭހާވެސް އެއްޗަކީ އެންމެ ފުރަތަމަ ނަޒަރުން އެކަނިވެސް އޭނާއަށް ކިޔާރާ ޚާއްސަ ވެއްޖެކަމެވެ. 

“ކިހިނެއްވީ؟ ކިޔާ ކަމުދިޔައީ؟” ރަޔާން ސުވާލުކޮށްލީ ސީރިއަސް ކަމާއެކުގައެވެ. 

“އުހުމް… ނޯ…” ޒާން ބުނެލިއެވެ. 

“ޔަޤީންތަ؟” އޭރުވެސް ރަޔާންގެ އަޑުގައިވަނީ ސީރިއަސްކަމެވެ. 

“ނޫނެކޭ… އޯކޭ؟” ދެއަތް މައްޗަށް އުފުއްލާލަމުން ސަމާސާއަކަށް ހަދާފައި ޒާން އެހެން ބުނި ނަމަވެސް، ހަޤީގަތުގައި އޭނާގެ ހިތަށް ވަނީ ތަދުވެފައެވެ. 

“މީ އަހަރެންގެ ގެ.” ކިޔާރާމެން ގެއާ ޖެހިގެން ހުރި ގެ ދައްކާލަމުން ރަޔާން ބުނެލިއެވެ. އެއަށްފަހު ގޯތިތެރެއަށް ވަދެފައި ސަލާމް ގޮވާލިއެވެ.  ގޭތެރޭގައި މަންމަ ނޫޅޭކަން އެނގުމާއެކު، އޭނާ ތަންކޮޅެއް ބާރަށް ސަލާމް ގޮވާލިއެވެ. އޭނާގެ މަޤްސަދަކަށްވެފައިވަނީ މަންމައަށް “ސަޕްރައިޒެއް” ދިނުމެވެ.

ރަޔާންގެ މަންމަ ސާމިޔާ އިނީ ގޭ ބިއްދޮށުގައި ބަހައްޓާފައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީނދެގެންނެވެ. އޭނާގެ  ކައިރީގައި އަވައްޓެރި ހަދީޖާ އާއި އަދިވެސް އެހެން ދެމީހަކު ތިއްބެވެ. އެ ގޭގޭ ގޯއްޗަކީ ބޮޑު ގޯއްޗެކެވެ. ގެ ރާނާފައި ބާކީ އޮތް ގޯތީގެ ހުސްބައިގައި ތަފާތު ވައްތަރުގެ މޭވާ ގަހާ މާގަސް ހައްދާފައިވީއިރު، ވާރޭ ވެހުނަސް ތިބެވޭހެން ހަޓެއް ފާޑު ތަނެއްވެސް ހަދާފައި ހުއްޓެވެ. ގޭގެ ބިއްދޮށުން ގެއަށް ވަދެވޭ ގޮތަށްވެސް ދޮރެއް ހުރެއެވެ. އެ ގޯއްޗާ އިންވެގެން ދެން ހުރީ އާދަމް ޔުސުފްގެ ގޯއްޗެވެ. ސާމިޔާމެންގޭ ގޯތީގެވެސް ފަހަތުގައި ފާރެއް ނުރާނާ ހުރުމުން އާދަމް ޔޫސުފް މެން ގޯތިތެރެ ރީއްޗަށް ފެނެއެވެ.

ސަލާމް ގޮވާއަޑު އިވުމާއެކު، ސާމިޔާ ގޭތެރެއަށް ވަދެގެން ގޮސް ދޮރު މައްޗަށް ނުކުމެލިއެވެ. އެއާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅު ރަޔާންއެވެ. ފެންނަމުންދާ މަންޒަރު ޤަބޫލު ނުކުރެވޭ ފަދައަކުން އޭނާއަށް އިރުކޮޅަކު ހުރެވުނެވެ.  

“މަންމާ!” ރަޔާން ގޮވާލިއެވެ. ސާމިޔާއަށް ހޭވެރިކަން ވީ ދެނެވެ. އޭނާ ގޮސް ރަޔާންގެ ގައިގައި ބައްދާލިއެވެ. ހަތަރު އަހަރު ފަހުން ރަޔާން ފެނުމުން އޭނާށް ކުރެވުނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްއެކެވެ. މައިވަންތަ ލޯބި އޭނާގެ ހިތުތެރޭގައި އުތުރި އަރަން ފެށިއިރު އެތަނުގައި އިތުރު މީހަކު ހުރިކަން ވެސް އޭނާއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ސާމިޔާ ޒާންއަށް ބަލާލުމާއެކު، ރަޔާން ސާމިޔާއަށް ޒާން ތަޢާރަފްކޮށްދިނެވެ. 

“ކީއްވެތަ ނުބުނެ އައީ؟” ގޭތެރެއަށް ވަންނަން ތަން ދައްކަމުން ސާމިޔާ ޝަކުވާގެ ރާގަކަށް ރަޔާންއަށް ބުނެލިއެވެ. 

“އަހަރެން ބުނެފަ އައި ނަމަ، މަންމަގެ މޫނުމަތިން ތި ފެންނަ ފަދަ އުފާވެރިކަމެއް ފެންނާނެތަ؟ ނޫނެއްނު. ” ރަޔާން ހިނިތުންވެލިއެވެ. 

“އަންނަ ވާހަކަ ނުބުނާތީ ކޮޓަރިވެސް ތައްޔާރެއް ނުކުރެވޭ.” ސާމިޔާ ބުނެލިއެވެ. 

“އެވަރު ކަމެއް ނޫނޭ އެއީ. އަހަރެން ނެތަސް މަހަކު އެއްފަހަރު ބެޑްޝީޓްތައް މަންމަ ދޮންނަކަން އަހަންނަށް އެނގެޔޭ! ” ރަޔާން ބުނެލިއެވެ. 

“ޒާން ދޯ ކިޔަނީ؟ ރަޔާން ނުބުނަންޏާ ނޭނގޭނެއެއްނު ކޮޓަރިއެއް ތައްޔާރުކުރާކަށް.” ސާމިޔާ އެންމެ ކަންބޮޑުވީ އެކަމާއެވެ. 

“އެ ރަނގަޅުވާނެޔޭ މަންމާ… ދޯ ޒާން…” ރަޔާން ބުނެލިއެވެ. “މިރޭ ދެން އަހަރެންގެ ކޮޓަރީގައި މަޑުކޮށްލާނީ…” 

“ރަނގަޅުވާނެ!” އެއްވެސް ޝަކުވާއެއް ނުކޮށް ޒާން ހިނިތުންވެލިއިރު، އެއީ ހިތްތިރި ޒުވާނެއްކަން ސާމިޔާއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. 

“ކޮޓަރިއަށް ވަދެ ހަމަޖެހިލާ. ސައި ތައްޔާރުކޮށްލާފަ މި ގޮވާލަނީ….” އެހެން ބުނެލާފައި ސާމިރާ ގޮސް ސައި ތައްޔާރުކުރަން އަވަސްވެގަތެވެ. 

ޒާން ރާއިން އާއެކު ކޮޓަރިއަށް ވަނެވެ. އެއީ މުޅި އެގޭގައިވެސް ހުރި އެންމެ ބޮޑުކޮޓަރިއެވެ. ކިންގް ސައިޒް ބެޑްރޫމް ސެޓަކާއި، ސޯފާއެއް އެތަނުގައި ހުއްޓެވެ. އެއްޗެހި ބަހައްޓާލެވޭ ފަދަ ކުޑަ މޭޒެއް ސޯފާތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުއިރު ކުރިމަތި ފާރުގައި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އަދި ޓީވީ ބަހައްޓާފައި ހުރި ދިމާ ތިރީގައި ހުރި ރެކްގައި ގޭމްކުޅެން ބޭނުން ކުރާ ބައެއް ސާމާނުވެސް ހުއްޓެވެ. ކުޑަދޮރުތަށް ހުރީ ބޭރަށް ވާގޮތަށް ނަމަވެސް، ވަށާފާރު ރާނާފައިވާތީ ކުޑަދޮރު ހުޅުވާލި ނަމަވެސް ބޭރެއް ނުފެނެއެވެ. ފެންނަނީ ގޯތި ތެރެއެވެ. 

އިރުކޮޅަކުން ސާމިޔާ އައިސް ސައި ތައްޔާރު ކުރި ވާހަކަ ބުނުމުން އެ ދެމީހުން ކާގެއަށް ގޮސް މޭޒު ދޮށުގައި އިށީނެވެ. ކަމެއް ބޭނުންވެއްޖެ ނަމަ ގޮވާލަން ބުނެފައި ސާމިޔާ ގޯތިތެރެއަށް ނުކުތީ އޭރުވެސް އަވައްޓެރިން އެތަނުގައި ތިބީމައެވެ. 

ޒާން ޖޫސްތަށިން އެތި ފޮދެއް ބޮއިލުމަށްފަހު، ރަޔާންއަށް ބަލާލިއެވެ.

“ކިހިނެއްވީ؟” ޒާން އޭނާއަށް ބަލަން ފެށި ގޮތުން ރަޔާން ސުވާލުކޮށްލީ، ޒާން ކޮންމެވެސް ވާހަކައެއް އަހަން އުޅޭހެން އޭނާއަށް ހީވީމަ އެވެ. 

“މަ ބުނީ…މިއަދު ދިމާވި އަންހެން ކުއްޖާ…. އޭނަ ހަމަ އަސްލުވެސް ރަޔާންއަށް ކަމުދަނީތަ؟” ޒާން ސުވާލުކޮށްލިއެވެ.

“އަހަރެން ބުނީމެއްނު އާއެކޭ… އެއީ މަގޭ ހައްޤެކޭ…” ރަޔާންގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. “ކިހިނެއްވީ؟

“އެކަން އޭނައަށް އެނގޭތަ؟” ޒާން އަނެއްކާވެސް އަހާލިއެވެ. 

“އަދި ނޭނގޭނެ. އެކަމަކު ވަރަށް އަވަހަށް އަންގާނަން.” ރަޔާން ވިސްނާލަމުން ބުނެލިއެވެ. ޒާންގެ ހިތް މާޔޫސްވީ ދެނެވެ. ހިތަށް ވި އުނދަގުލާއެކު އޭނާއަށް އިސްޖަހާލެވުނެވެ. ބުނާނެ އެއްޗެއް ވެސް އެވަގުތު ސިކުނޑިއަކަށް ނަޔެވެ. ފުރަތަމަ ނަޒަރުން ކިޔާރާ ޚާއްސަވީއިރު، އެއީ ކޮންތާކު ކިހިނެއް އުޅޭ ކުއްޖެއްކަން އެނގުންވެސް ޒާންއަށް މުހިންމު ނުވާ ފަދައެވެ. ހިތުގައި ރިއްސާލީ، އެ ހިތުގެ ޖަޒުބާތުތަކަށް އެންމެ ނަޒަރަކުން އަސަރު ފޯރުވި އަންހެން ކުއްޖާއަކީ އެހެން މީހެއްގެ ހައްޤެއްކަމުގައި ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތްކުރުމުންނެވެ. 

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބިން ބަލާލީމާ 15

Next

ނުލިބޭނެހޭ އަލުން އެހީ 15

Next
September 23, 2024

ނުލިބޭނެހޭ އަލުން އެހީ 15

Previews
September 22, 2024

ލޯބިން ބަލާލީމާ 15

5 Comments!

  1. Nawar says:
    September 23, 2024 at 8:02 pm

    Long time no seeing dhw esfiya in..
    Ehenas vaanan ekugaa genesdheyny kn irakun thr?.q

  2. Roff says:
    September 24, 2024 at 7:57 am

    V furihama vaahaka eh

  3. Cutie girl says:
    September 24, 2024 at 4:14 pm

    Long time no see
    How are you
    Mi part ves v Reethimasha allah
    Curiously waiting for next part
    Keep it up

  4. Kiyara says:
    September 25, 2024 at 3:10 pm

    Vaahakaige feshumaai sifakuruntha v reethi.

    1. Majoo says:
      September 26, 2024 at 4:46 pm

      Where is your story🥲

Comments are closed.



All Right Reserved!