ފިނި ހިތް 22 (ފަހުބައި)
ނޯޓް:މިއީ ޙިޔާލީ ވާހަކައެކެވެ.ވާހަކައިގެ ސެޓިންތައް އެއީ ވުޖޫދުގައި
ހުރި ތަންތަނަށް ވީ ނަމަވެސް ވާހަކައިގެ ހުރިހާ ކެރެކްޓާސް އަކީ ފިކްޝަނަލް ބައެކެެވެ.އަދި ވާހަކައިގެ ޕްލޮޓް އަކީވެސް އަޅުގަނޑުގެ އަމިއްލަ ޙިޔާލާއި އެއްގޮތައް ބިނާކޮށްފައިވާ ޕްލޮޓްއެކެެވެ.މިއީ އެއްްވެސް ހަޤީގަތެއްގެ މައްޗައް ބިނާކޮށް ލިޔެވިފައިވާ ވާހަކައެއް ނޫނެވެ.
ގަޑީގެ ކަށިތައް ހުއްޓުމެއްނެތި އެނބުރެމުން ގޮސް ރޭގަނޑު 8 ޖަހައިފިއެވެ.ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައި ލޯގަނޑު ކުރިމަތީ އިން އައިރާއެކޭ މަތިން ފައިބައިގެން އައި ހޫރެކޭ ތަފާތެއް ނެތެވެ.ފަހަތައް ދިގުކޮށް ތިރިއަށް ފުއްޕިފައި ހުރި އެ ހެދުމުގައި އެކުލެވިގެންވީ ޝާހީކަމެވެ.މޭކަޕްކޮށް ބުރުގާ އަޅުވާ ނިންމުމަށްފަހު ކައިރީގައި ތިބި ބިއުޓީޝަނުން ބޭރަށް ނުކުތުމާއެކު ކިރާ އެތެރެއަށް ވަނެވެ.”މާޝާ الله ސޯ ޕްރިޓީ.ޔޫ ލޫކް ސްޓަނިންގް އިން ދެޓް ޑްރެސް”ކިރާ އައިރާގެ ފައިން ފެށިގެން ބޮލާއި ހަމަޔަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ.”އެންޑް ޔޫ ލުކް ސެކްސީ އިން ދެޓް ޑްރެސް.ހައު މެނީ ޓައިމްސް ޑިޑް ޔޫ އެންޑް ޔޫވިން…..”އައިރާ ދިމާކުރާ ރާގެއްގައި ބުނުމާއެކު ކިރާގެ ދެކޮލަށް ލޭ ޖަމާވިއެވެ.ދެންވެސް އައިރާ ހުއްޓުމެއްނެތި ދިމާކުރަމުން ދިޔައިރު ކިރާ ދެއަތުން މޫނު ފޮރުވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.އެއީ އެއްއިރެއްގައި ކިރާ އުޅުނު ގޮތެވެ.ކުރިން މީހުނާ ދިމާކޮށް ޖެއްސުން ކުރުމަކީ އޭނާގެ އާދައެކެވެ.ހައްދެއްނެތި ދިމާކުރުމަށްޓަކައި ރައްޓެހިވެެގެން އުޅޭ ދެމީހުންނަކީ އޭނާގެ ޙާއްސަ ޓާގެޓެވެ.އޭރު އޭނާ ހުސްކޮށް ހުންނަން ޖެހުމުން ނޭނގިނަމަވެސް އޭނާގެ ރައްޓެހިން ކުރެ މީހުންނާައި ރައްޓެހިވެގެން އުޅުނު މީހުންނާއި މެދު ހިތުގައި ކުޑަވަރެއްގެ ހަސަދަވެރިކަމެއް އުފެދިފައިވިއެވެ.އެހެންކަމުން އެއީ އެމީހުންނަށް ތަންކޮޅެއް “ރީތިކޮށް” އެކަމުގެ ރޯޅި ބޭލުމަށްޓަކައި ކިރާ ބޭނުންކުރި އުކުޅެކެވެ.އެގޮތުން ރަޝިއާގައި ކިޔަވަން އުޅުނު ދުވަސްވަރު އައިރާ މަޖަލަކަށް ކްލާހުގައި ތިބޭ ނަސާރާ ދީނުގެ ފިރިހެންކުދިންނާއި ރައްޓެހިވުމުން އައިރާ ރުޅި އެރުވުމުގެ ގޮތުން ކިރާ އައިރާއާައި ދިމާކުރުމުގައި އަރައި ހުއްޓެވެ.
ނަމަވެސް މިހާރު އޭނާއާއި ޔޫވިންގެ ގުޅުމުގެ ވާހަކަ އެނގުމުން އައިރާ ދިމާކުރާ ވަރުން މި ފެންނަނީ އެކަމުގެ ހިތި ނަތީޖާއޭ ކިރާގެ ހިތައް އެރިއެވެ.
“ދެން އައިރާަ ސްޓޮޕް.އެހެންނޫނީ މިރޭ ކޮޓަރިއަށް ވަންނަ ހިސާބުން ލަނޑެއް ދޭނަން”ކިރާ ނުސިޔާނުކަމާއެކު ބުންޏެެވެ.”އާހް ފައިން ލެޓްސް ގޯ”އައިރާއަށް ކިރާ ކުރާ އެފަދަ ނުރައްކާތެރި ސަމާސާތަކުގެ ގޮތް ރަނގަޅަށް އިނގޭތީވެ ހަތިޔާރު ބަހައްޓަމުން ބުންޏެވެ.ކިރާ ރުޅިއަރުވަން އުޅެން ހަދައިގެން އޭނާގެ ޙާއްސަ ރޭ ޙަރާބުވާން ބޭނުންނުވާތީއެވެ.
ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައިވީ އެ ރަށުގައި ހުރި ޝަރީފުގެ ރެސްޓޯރެންޓުގެ މަތީ ބައިގައެވެ.އެތަނުގައި ރަން ކުލައިގެ ފެއަރީ ލައިޓްސްތަކުން ދިއްލާ އަޅާފައި ވާއިރު ރޯޒް ގޯލްޑް ކުލައިގެ ބެކްޑްރޮޕެއް އިނެވެ.ތަނުގައި ޖަހާފައިވީ ލުއި މިއުޒިކުގެ އަޑާއި ބީޗާއި ކައިރި ހިސާބަކަށް ވުމުން ރާޅުޖަހާ އަޑު އެއްްވެފައި ހުއްޓެވެ.ޝަރީފްގެ ކާރު އައިސް ރެސްޓޯރެންޓުގެ ކުރިމައްޗައް މަޑުކޮށްލުމާައެކު ކުރީ ސީޓުތަކުން ޝަރީފުއާއި ޝާހިދާ ފޭބިއެވެ.ފަހަތު ސީޓުގެ ވާއަތް ފަޅިން ކިރާ ފޭބުމަށްފަހު ކަނާތް ފަޅީގެ ދޮރު ހުޅުވާލަދެމުން އައިރާ ފައިބަން އެހީވެދިނެވެ.އެތެރެއަށް ވަދެވެން އޮތް ދިމާލުގައި ރަތް ދޫލަ އެޅިފައިވީއިރު ޝާހިދާ އާއި ޝަރީފު އާރާޝްގެ މައިންބަފައިންނާއެކު އެތެރެއަށް ވަދެގެން ދިޔައެވެ.އެޔާއެކު ވަންނަ ދޮރު ކައިރީ ހުއްޓި ހުރި އާރާޝް އައިރާގެ ގާތައް އައިސް އެ އަތުގައި ހިފާލިއެވެ.”މާޝާ الله މައި ވައިފް އިޒް ސޯ ޕްރިޓީ” އާރާޝް އައިރާގެ މޫނާއި މޫނު ގާތްކޮށްލަމުން ބުނި އަޑު އިވުމާއެކު ކައިރީގައި ހުރި ކިރާއަށް ހެވުނެވެ.އެއަށްފަހު އަނެއްކާވެސް އެ ދެމީހުންނާއި ދިމާކުރަން ފެށިއެވެ.އަދި އޭނާ ބޭނުންވާ ގޮތް ގޮތައް އެތާ ތިބެ ދެމީހުންގެ ފޮޓޯތައް ނުނެގެނީސް އެ ދެމީހުން އެތެރެއަށް ވަނަނުދީ ހިފެހެއްޓިއެވެ.”ކިޓީ މައި ދޫނީ.ޔޫ ލުކް ސޯ ބިއުޓިފުލް.އަހަރެން ސަޕްރައިޒް ވެދާނެތީވެ ދޯ އެގަޑީ ހެދުން ލައިގެން ނުދައްކަން އުޅުނީ”އައި ނައި ތަނެއް ނޭނގި އެ މީހުން ކައިރިއަށް އައިސް ހުއްޓުނު ޔޫވިން ކިރާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުންޏެވެ.އެޔާއެކު ކިރާ ސިހިފައި އޭނާއާއި ދިމާލަށް ބަލައިލިއިރު ދެން ތިބި ދެމީހުން ފުރުސަތުގެ ބޭނުން ހިފަައި އެތެރެއަށް ވަދެގެން ދިޔައީ ކިރާގެ ކިބައިން ސަލާމަތް ވުމުންނެވެ.
“ދެން ޔޫން.ޔޫ ލުކް ހޭންޑަސަމް ޓޫ.ހަބީ”ކިރާ ޔޫވިންގެ މޭގައި ބޯ އަޅާލަމުން ބުންޏެވެ.ގަދަ ނޫކުލައިގެ ސޫޓެއްގައި ހުރި އިރު ކިރިޔާ ކަނދުރާއާއި ހަމަޔަށް އޮތް ކަޅުކަންގަދަ އިސްގަށިގަނޑު ވަނީ އެއްފަރާތަކަށް ގެނެސް މިނިވަންކަމާއެކު ފަހަތައް ދޫކޮށްލެވިފައެެވެ.އަތުގައި ވަނީ ކާޓިއަރ ބްރޭންޑްގެ ގަޑިއެއް އަޅާލެވިފައެވެ.ޔޫވިން ކިރާގެ ނިތުގައި ބޮސްދިނުމަށްފަހު އެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ދިޔައެވެ.އެއިރު އެ ދެމީހުންނަށް ނޭނގުނަސް އެ މަންޒަރު ތަންކޮޅެއް ދުރުގައި އިރުކޮޅެއް ކުރިން އައިސް މަޑުކޮށްލި ކާރުން ފޭބި ލިހުވާންގެ ދެމަފިރިންނާއި އަމާނާއަށް ވެސް ފެނުނެވެ.ލިހުވާން އާއި ޔަޝްމާ އެކަކު އަނެކަކުގެ މޫނަށް ޝައްްކުގެ ނަޒަރަކުން ބަލާލިއިރު އަމާނާގެ މޫނުމަތިންވެސް ފެނުނީ އެފަދަ އަސަރުތަކެވެ.”އަދި މި ތިއްބެވީ މިތާތަ؟ހިނގާ ވަންނަމާ ގާޒީ ދުރުވެއްޖެ”އިރުކޮޅެއް ކުރިން ބޭރަށް ނުކުމެގެން އައި ޝަރީފުއަށް ލިހުވާންމެން ފެނުމުން އައިސް ބުނުމާއެކު ތިން މީހުންވެސް އެއްޗެކޭ ނުބުނެ ޝަރީފުގެ ފަހަތުން ދިޔައެވެ.
“އަނބި ޤަބޫލުކޮށްފިން”އާރާޝްގެ ދުލުން އެ ލަފްޒުތައް އިވުމާއެކު އައިރާ ފެންކަޅިވިއެވެ.އެ މަންޒަރު ކައިރީގައި އިން ޝާހިދާއަށް ފެނުމާއެކު އޭނާ އައިރާގެ ބުރަކަށީގައި ފިރުމާލަމުން ބަސްއަހައިގެން އުޅުމަށް ބުންޏެވެ.”އަހަރެންވެސް އަނބި ޤަބޫލުކޮށްފިން” އެ ބައިގައި ހުރި ބެލްކަނީގެ ރެއިލިން ކައިރީ ކިރާގެ ގާތުގައި ހުއްޓިލައިގެން ހުރި ޔޫވިން ކިރާގެ ކަންފަތްދޮށުގައި ބުންޏެވެ.”ދެންންންންންން.ޔަޝްމާއްތަ މެން ޤަބޫލު ވާނެތަ؟އައި ނޯ ދެން ތިބި މީހުން އޯކޭ ވާނެކަން”ކިރާ ބުނުމާއެކު ޔޫވިން ބަލައިލީ ޔަޝްމާމެން ތިބި ދިމާލަށެވެ.އެއިރު އިއްތިފާޤުން ޔަޝްމާ އާއި ލިހުވާންގެ ނަޒަރު ވެސް ހުއްޓިފައިހުރީ އެ ދެމީހުންނަށެވެ.ޔޫވިން ބަލާލުމާއެކު އެ ދެމީހުންވެސް ވަގުތުން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ.ކިރާއާއި ޔޫވިންގެ ކުއްލިއަކަށް ގާތްވެގެން ދިޔަ ގުޅުމާއި މެދު އެ ދެމަފިރިންނާއި އަމާނާވެސް ޝައްކުކުރަމުން ދިޔައެވެ.ނަމަވެސް ތަނުގެ ގޮތުން ތިން މީހުން ކުރެ އެއްވެސް މީހަކު އެ މައުޟޫއަކަށް ވާހަކައެއް ނުދައްކައެވެ.
ހަފްލާ ފެށިގެން ގޮސް ނިމެންދެން ދަޢުވަތު ދެވިފައިވާ ފަރާތްތަކުން ހާޒިރުވަމުން ދިޔައެވެ.ޝަރީފުގެ ދަޢުވަތައް ސިޔާސީ ގިނަ އަދަދެއްގެ ޝަޙުސިއްޔަތުތަކެއް ވަޑައިގަތް އިރު އައިރާ އާއި ކިރާގެ ދަޢުވަތައް މޯލްޑިވިއަންގެ އިސް ބޭފުޅުންނާއި ކެބިން ކްރޫއިންނާއި އަދި ޕައިލޮޓުން ފަދަ މޯލްޑިވިއަންގެ މުވައްޒަފުންވެސް ވަނީ ހަފްލާގައި ބައިވެރިވުމަށްޓަކައި ފަރެސްމާތޮޑާއަށް އައިހެވެ.ދެން ތިބީ އެ ރަށުގައި ދިރިއުޅޭ އައިރާ އަދި އާރާޝްގެ ތިމާގެ މީހުންނާއި މާލޭގައި ދިރިއުޅޭ ޝާހިދާގެ ތިމާގެ މީހުންނެވެ.
ޕާޓީ ނިމިގެން ދިޔަ ވަގުތު ހަވާ އެރުވިގެންދިޔައެވެ.އެއީ އެތާ ތިބި އެއްވެސް ބަޔަކަށް ނޭނގި ވީ ކަމެއްކަމުން ޓެރަހުގައި ތިބި އެންމެންގެ މޫނުމަތިން ހައިރާންކަމާއި އެއްވަރަށް އުފާވެރިކަން ފެންނަމުން ދިޔައެވެ.އެ ވަރުގެ ބޮޑު ސަޕްރައިޒެއް ދިނީ ބައްޕަ ކަމަށް ހީކޮށް އައިރާއަށް ޝަރީފް އާއި ދިމާލަށް ބަލާލެވުނު އިރު އޭނާގެ މޫނުމަތިން ވެސް ފެނުނީ ސުވާލު މާކެކެވެ.އެވަރުގެ ބޮޑު ހަދިޔާއެއް ދޭނީ ކާކުބާއޭ އޭނާގެ ހިތައް ވެސް އަރަމުން ދިޔައެވެ.ކުއްލިއަކަށް ބަޑި އަޑު ކިޔާފައި އުނޑުމަތީގައި ފެވިގެންދިޔަ އަކުރުތަކުން އެންމެނަށް އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔައެވެ.އުޑުމަތީގައި ރަންކުލައިން “ހެޕީ މެރީޑް ލައިފް ބެސްޓީ” އެޅިގެން ދިޔަތަން ފެނުމާއެކު އައިރާއަށް ބަލައިލެވުނީ ތަންކޮޅެއް ދުރުގައި ހިނިތުންވެލައިގެން ހުރި ކިރާއަށެވެ.އެއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.ރަޝިއާގައި ކިޔަވަން އުޅުނު އިރު އޭނާއަށް އެއްދުވަހު ކިރާ ގާތުގައި އޭނާގެ “ޑްރީމް ވެޑިންގް” ގައި ހަވާ އެރުވޭނެނަމަ ވަރަށް އުފާވާނެއޭ ބުނެވުނު ހަދާން ވިއެވެ.ނަމަވެސް ފަހުން އެއީ ކުލަޖެހުމެއް ނެތް ހުވަފެނެއްކަން އޭނާގެ ހިތައް ވިސްނައިދިނީ އެފަދަ ކަމެއް ވުމަކީ ނާދިރު ކަމެއްކަމަށް ނިންމަމުންނެވެ.
ނަމަވެސް މިރޭ ކިރާގެ ފަރާތުން މި ލިބުނު ސަޕްރައިޒަކީ އޭނާ އުމުރުދުވަހު ހަދާން ހުންނާނޭ ވަރުގެ އަގުބޮޑު ހަދިޔާއެއްކަން ޔަޤީނެެވެ.އަންހެންކުއްޖެއްގެ ދިރިއުޅުމުގައި އަންނާނޭ އެންމެ އުފާވެރި ދުވަސްކަމުގައިވާ އެކުއްޖެއްގެ ކައިވެނިކުރެވޭ ދުވަސް އޭނާއަށް އިތުރަށް ޙާއްސަވެގެން މި ދިޔައީ ކިރާގެ ސަބަބުންނެެވެ.އެކަމަށްޓަކައި އުމުރުދުވަހު އޭނާ ކިރާއަށް ޝުކުރުވެރިވާނެއެވެ.އެފަދަ ރަނގަޅު ރަޙުމަތްތެރިޔަކު ކޮންމެ މީހަކަށް ވެސް ދެއްވުން އެދި ހިތާހިތުން ދުޢާކުރެވުނެވެ.އާރާޝް އަދި ޝަރީފުގެ ދެމަފިރިންވެސް ކިރާއަށް ބަލަހައްޓައިގެން ތިބީ ޝުކުރުން ފުރިގެންވީ ނަޒަރަކުންނެވެ.އަމާނާ އާއި ކައިޝާންގެ ދެމަފިރިންވެސް ތިބީ ކިރާގެ އެ ހަދިޔާ ފުރިހަމަކަމުން ބަސްހުއްޓިފައެވެ.ޔޫވިންގެ އާއިލާ ވެސް ތިބީ އެއީ ކިރާގެ ކަމެއްކަން އެނގުމުން ޤަބޫލުނުކުރެވިފައެވެ.ނަމަވެސް ތަނުގެ ގޮތުން އެއިން އެއްވެސް މީހަކަށް އެއްވެސް ސުވާލެއް ކުރާނޭ ފުރުސަތެއް ނުލިބުނެވެ.”ދެޓް ވޯޒް ސޯ ތޯޓްފުލް އޮފް ޔޫ ބޭބީ.ޝީ އިޒް ސޯ ހެޕީ”ޔޫވިން ކިރާގެ އުނަގަނޑު އަތް އަޅުވާލަމުން އައިރާމެން ތިބި ދިމާލަށް ބަލާލަމުން ބުންޏެވެ.”އިޓް ވޯޒް ހަރ ޑްރީމް.އައި ޖަސްޓް ފުލްފިލްޑް އިޓް”ކިރާ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ބުންޏެވެ.”އައި އޭމް ސޯ ހެޕީ ޓު ހޭވް އަ ބެސްޓް ފްރެންޑް ލައިކް ޔޫ ކިޓީ.އައި ލަވް ޔޫ ސޯ މަޗް”ހަވާ އަރުވާ ނިމުމާއެކު ދުވެފައި އެ ދިމާލަށް އައި އައިރާ ކިރާގެ ގައިގައި ބައްދާަލަމުން ބުންޏެވެ.”އެންޑް އައި އޭމް ހެޕީ ޓު ހޭވް އަ ވައިފް ލައިކް ހަރ”ޔޫވިންވެސް ބުންޏެވެ.
ޕާޓި ނިމުމާއެކު އައިރާއާއި އާރާޝް ފިނިފެންމަލުން ޖަރީކޮށްފައިވީ ކާރުގައި އާރާޝްގެ ގެޔަށް މިސްރާބު ޖެހިއެވެ.ބާކީ ތިބި މީހުން ހަވާ ރީތިކަމުން ކިރާއަށް ތަޢުރީފުކުރަމުން ހަފްލާ ދޫކޮށް ދިޔައެވެ.ޝަރީފު އާއި ޝާހިދާ ހަަފްލާގައި ބައިވެރިވި މެހެމާނުންނަށް ޝުކުރުދެންނެވުމަށް ފަހު ކިރާ ގާތައް އައެވެ.”ދައްތައާއި ބޭބެ ވަރަށް އުފާވެއްޖެ ދަރިފުޅު ތި ދިން ސަޕްރައިޒަށް.ދެން އެންމެ އަވަހަށް ފެންނާނީ ދަރިފުޅުގެ ކައިވެނި ދޯ”ޝާހިދާ ކިރާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”ލައްބަ ދައްތާ.އަޅުގަނޑު ކިރާ ވަރަށް އުފަލުގަ ގެންގުޅޭނަން”ޔޫވިން އައިސް ކިރާގެ ގާތުގައި ހުއްޓެމުން ބުނުމާއެކު ހުރިހާ ބޮޑެތި މީހުންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.ޔޫވިން ކިރާގެ އަތުގައި ހިފާލަމުން ގޮސް ޔަޝްމާ އާއި ލިހުވާންގެ ކުރިމަތީގައި ހުއްޓުނެވެ.”މަންމާ.ބައްޕާ.އަޅުގަނޑު ބޭނުން ކިރާއާއި އިންނަން.މަންމަމެންނަށްވެސް މިހާރު އިނގޭނެ ކަންނޭނގެ ކިރާއަކީ ކާކުކަން ވަރަށް ރަނގަޅަށް.ކިރާ އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުކުރީ އަޅުގަނޑާއި ބެހޭ ގޮތުން ހުރިހާ އެއްޗެއް މަންމައާއި ކައިގެ ފަރާތުން އެނގިހުރެ.ކިރާއަކީ ވަރަށް އަންޑާސްޓޭންޑިންގް ކުއްޖެއް.އަޅުގަނޑު ނެތިން މާޒީގެ ވާހަކަ ދައްކާކަށް ބަޓް އައި އޭމް ޝުއަރ ދެޓް ޝީ އިޒް ދަ ޕާފެކްޓް ލައިފް ޕާޓްނަރ ފޯ މީ”ޔޫވިން ބުންޏެވެ.އެޔާއެކު ޔަޝްމާއާއި ލިހުވާންގެ ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވިއެވެ.
“އަމާނާ،ލަޔާން،ކައިޝާން؟ކީކޭ ބުނަނީ މި ހުށަހެޅުމާ ދޭތެރޭ؟”ލިހުވާން އެ ތިން މީހުނަށް ވަކި ވަކިން ބަލާލަމުން ސުވާލުކުރިއެވެ.ކައިޝާން އާއި ލަޔާން ވަގުތުން އެއްބަސްވީއިރު އަމާނާގެ ފަރާތުން ޖަވާބެއް ނާދެއެވެ.ބޮޑުދައިތަ ބުނާނޭ އެއްޗަކާއި މެދު ކަންބޮޑުވެފައި ހުރި ކިރާ އޭނާގެ ނަމުން ގޮވާލުމާއެކު ވިސްނުމަކަށް ގެއްލިފައި ހުރި އަމާނާއަށް ހަމަބިމަށް އާދެވުނެވެ.”އަހަންނަށް ހީވަނީ އުސްމާނު މި ދުނިޔޭގައި ހުރިނަމަ މި ގުޅުމަށް ބުނާނީ…..”އެ ބުނަން އުޅެނީ ކީކޭކަމެއް ނޭނގޭތީވެ ކިރާއަށް ނޭވާ ހިފަހައްޓާލެވުނެވެ.އެޔާއެކު އަމާނާގެ ތުންފަތައްް ހިނިތުންވުމެއް ވެރިވިއެވެ.”އާނއެކޭހެން”އަމާނާ އޭނާގެ ޖުމްލަ ފުރިހަމަކޮށްލުމާއެކު ކިރާ ވަގުތުން އޭނާގެ ގައިގައި އޮޅުލައިގަންނަމުން ޝުކުރު އަދާކުރިއެވެ.”އެހެންވީމާ އަހަރެންވެސް ބުނާނީ އާނއެކޭ.މި މަންޖެ މީހަކާ އިންނަ ދުވަސް އެއީ އުސްމާނުވެސް އަދި އަހަރެންވެސް އެންމެ ދެކެން ބޭނުންވި ދުވަސް.އެކަމަކު އަހަރެންގެ ފިރިމީހާ ދުނިޔެދޫކޮށް ދިޔައީ އެ ދުވަސް ނުފެނި.އުސްމާނުވެސް އަދި އަހަރެންވެސް ބޭނުމެއް ނުވާނެ މި މަންޖެ އެއްވެސް އުފަލަކުން މަޙުރޫމުކޮށްގެން ގެންގުޅެން.އަދި ޙާއްސަކޮށް ލިހުވާންގެ ދަރިއަކު މި މަންޖެއަށް ކަމުދިޔައީތީ ނޫނެކޭ ބުނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު.ޔޫވިންއަކީ އަހަރެމެންގެ ކިރާއާއި އެކަށީގެންވާ ކުއްޖެއްކަން މި ސޮރާއި ބެހޭގޮތުން ކައި އާއި ލަޔާން ކިޔައިދިން ވާހަކަތަކުން އަހަންނަށް އެކަން ޔަޤީންވެއްޖެ.ލިހުވާން އާއި ޔަޝްމާގެ ފަރާތުން ޔޫވިންއަށް ލިބިފައި ހުންނާނީ ރަނގަޅު ތަރުބިއްޔަތެއް ކަމާމެދު އަހަރެން ޝައްކެއް ނުކުރަން”އަމާނާ ލިހުވާންގެ ދެމަފިރިންނަށް ބުނުމާއެކު އެ ދެމީހުން ޔޫވިންއަށް ބަލައިލީ ފަޙުރުވެރިކަމާއެކުއެވެ.
“އަހަންނަކަށްވެސް ނުވިސްނޭ މި ދެކުދިންގެ ގުޅުމަށް ނޫނެކޭ ބުނަންވީ ސަބަބެއް.ކިރާއަކީ ރަނގަޅު ކުއްޖެއް.ޒުވާން އުމުރުގައި އަމިއްލަ ފައިމައްޗައް ކޮޅަށް ތެދުވެ ހުރުމުން ދައްކުވައިދެނީ އެ މަންޖެގެ ޤާބިލުކަން.އެއީ ޅީދަރިއެއްގެ ކިބައިން ހުރުން އަހަންނަށް ވަރަށް ކަމުދާ ސިފައެއް.ތެދަށް ބުނާނަމަ ލަޔާން އާއި ކިރާގެ ގުޅުން އެނގުނުފަހުން އަހަރެން މި ހުންނަނީ ކިރާއާއި ޔޫން އާއި ވަރަށް ގުޅޭކަމަށް ނިންމައިގެން ޔޫން ގާތުގައި ކިރާގެ ވާހަކަ ދައްކަން.އެކަމަކު މަންމަ ހީކުރީ ދަރިފުޅު އަދިވެސް މާޒީގެ ހަދާންތަކާއި ދުރަށް ނުދެވިގެން އުޅެނީ ކަމަށް”ޔަޝްމާ ހިނިތުންވެލަމުން ކިރާއާއި ޔޫވިންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”މިފަހަރު ދަރިފުޅުގެ ހޮވުން ވަރަށް ފުރިހަމަ މާޝާالله”ލިހުވާންވެސް ބުންޏެވެ.އެންމެންގެ ތަޢުރީފުގެ ބަސްތައް ކިރާއަށް އޮހެން ފެށުމާއެކު އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.އެ މަންޒަރު ބަލަން ދުރުގައި ހީލަ ހީލާ ހުރި ލަޔާން ފެނުމާއެކު ކިރާ ވަކި ދޫދޭކަށް ބޭނުމެއް ނުވިއެވެ.ކައިރީގައި ހުރި ޔޫވިންގެ ކަންފަތްކައިރީ ސިއްރުން އެއްޗެއް ބުނުަމަށްފަހު އޭނާ ގޮސް ލަޔާންގެ އަތުގައި ހިފައިގެން އެންމެން ކުރިމައްޗައް ގެނައެވެ.އެޔާއެކު ޔޫވިންވެސް ހަމަ އެފަދައިން ޔަޝްފާ ގޮވައިގެން އައިސް ލަޔާންގެ ގާތުގައި ބެހެއްޓިއެވެ.އެއިރު ވާން މި އުޅެނީ ކީއްކަން ޔާކިންގެ ދެމަފިރިންނާއި ކައިޝާންގެ ދެމަފިރިންނަށް އެނގުނު ނަމަވެސް އަނެއްކާވެސް ލިހުވާންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ސުވާލު މާކުތަކެވެ.
“ސަން.ވަޓްސް ގޮއިންގް އޮން؟”އަމާނާ ލަޔާން ގާތުން އެހުމާއެކު ލިހުވާންމެން ވެސް ޔަޝްފާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.”އަމް…މޯމް.އައި އޭމް ޑޭޓިންގް ޔަޝްފާ”ލަޔާން ފުންނޭވައެއް ދޫކޮށްލަމުން ބުނުމާއެކު އަމާނާއަށް ކިރާއަށް ބަލައިލެވުނީ އޭނާ ހޮސްޕިޓަލުގައި އޮއްވައި ކިރާ ލަޔާން އޭނާގެ ހިތުގެ އެދުން ވަރަށް އަވަހަށް ފުރިހަމަ ކޮށްދޭނެއޭ ބުނީ ކީއްވެގެންކަން ނަގައިގަނެވުމުންނެވެ.
ކިރާއަށް އަމާނާގެ އެ ބެލުމުގެ ފަހަތުގައިވީ ކީކޭކަން ނަގައިގަނެވުމާއެކު ކިރާ ހިނިތުންވެލަމުން ބޯޖަހައިލީ އާނއެކޭ ބުނުމަށް އިޝާރާތް ކުރަމުންނެވެ.“އެހެންވީމާ އަހަރެމެންނަށް މި ޖެހުނީ މި 4 މީހުންގެ ކައިވެންޏަށް ތައްޔާރުވާންތާ ދޯ ޔަޝްމާ،ލިހުވާން”އަމާނާ މިހެން ބުނުމާއެކު އެތާ ތިބި އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.”އާނ.ޔޫވިންއާއި ކިރާގެ ގުޅުމަށް އަހަރެން ރުހުނު ފަދައިން ޔަޝްފާއާ ލަޔާންގެ ގުޅުމަށްވެސް އަހަރެން އާނބަސް ދީފިން.ޔަޝްފާއަކީ ޔާން އާއި ޔޫން އަށް ފަހު އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.އަދި ލަޔާންއަކީވެސް އަމާނާއާއި އުސްމާނުގެ ހުރި ހަމައެކަނި ދަރިފުޅު.ތިޔަ ދެމަފިރިން ވަނީ ލަޔާންއަށް ފާގަތި މުސްތަޤުބަލެއް ހޯދައިދީފަ.އުމުރަކީ ލޯތްބައް އޮތް ހުރަހެއް ކަމަކަށް އަހަންނެއް ނުދެކެން.ބައްޕައަށް ޔަޤީން ޔަޝްފާއަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭ ރަނގަޅު ފިރިއަކަށް ލަޔާން ވާނެކަން.ބައްޕަގެ ދަރިފުޅު ލަޔާންއާއި ހަވާލުކުރަން ބައްޕަ މިހިރީ ތައްޔާރަށް”ލިހުވާން ލަޔާންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”މާޝާالله މިއީ ކޮންފަދަ އުފާވެރި ރެއެއް.އުސްމާނު ހުރިނަމަ ހާދަ އުފަލެއް ވާނެއޭ”އަމާނާ ދެލޮލުން ކަރުނަ އޮހޮރޭ ހާލު ބުންޏެވެ.އެޔާއެކު ކިރާއާއި ލަޔާން އެއްފަހަރާ ގޮސް އަމާނާގެ ގައިގައި ބައްދާލިއެވެ.”ޔަޕް.އައި އޭމް ޝުއަރ އަންކަލް ވުޑް ބީ ސޯ ހެޕީ ޓޫ”ކިރާ ލޯ މަރާލަމުން ބުންޏެވެ.
އެ ހަތަރު މީހުންގެ ގުޅުމަށް ދެ އާއިލާގެ އިސްވެރިން އެއްބަސްވުމާއެކު ހީވީ ދެޢީދު އެއްފަހަރާ ލައިގަތް ހެންނެވެ.ކައިޝާން ވަގުތުން އޭނާގެ މައިންބަފައިންނަށް ގުޅައި އެމީހުންގެ ރުހުން ހޯދުމުން އަމްނާއާއި ކައިޔަންގެ އިތުރުން ކާއިންވެސް ފަރެސްމާތޮޑާއަށް އައެވެ.އެޔާއެކު ދެ ޢާއިލާ ހިއްސާވެގެން ވީ އެންމެ އަވަހަކަށް އެ މީހުންގެ ކައިވެނީގެ ތައްޔާރީތައްވާން ފެށުނެެވެ.
1 މަސް ފަސް
******
ރަތް ކުލައިގެ ފުއްޕި ހެދުން އެނދުމަތީގައި ފަތުރާލައިގެން އިން ކިރާ ދެއަތްދެއަތާ މޮޑެމުން ދިޔައިރު އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބެލެމުން ދިޔައީ ހަމަ ދެންމެ ދެންމެ ޔޫވިން ވަދެފާނޭހެން ހީވާތީއެވެ.އިރުކޮޅެއްފަހުން ކޮޓަރީގެ ދޮރު ހުޅުވުމާއެކު ކިރާއަށް ބޭއިޙްތިޔާރުގައި ބަލާަލެވުނެވެ.ފުޅާ ހިނިތުންވުމަކާއެކު ޔޫވިން އައިސް ކިރާގެ ގާތުގައި އިށީންނަމުން އެ އަތުގައި ހިފާލިއެވެ.”الحمدالله.އާފްޓަރ އޯލް ދީސް އިޔާސް،އައި ކާންޓް ބިލީވް ޔޫ އަރ މައި ވައިފް”ޔޫވިން ކިރާގެ އަތްތިލައިގައި ބޮސްދެމުން ބުންޏެވެ.”އަހަންނަށްވެސް ހީވަނީ އަދިވެސް މި ހުރިހާ ކަމަކީ ހުވަފެނެއްހެން.އައި ޕްރޭޑް ސޯ މަޗް ފޯ އޯލް އޮފް ދިސް ޓު ހެޕަން”ކިރާ އުފާވެރި ހިނިތުންވުމަކާއެކު ބުންޏެވެ.”ކިޓީ ހޭވް ޔޫ އެވަރ ތޯޓް އެބައުޓް ހޭވިންގް އެނަދާ ބޭބީ؟”ޔޫވިން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ކިރާގެ ދެކޯ ރަތްވެގެން ދިޔައެވެ.އެ ލަދުރަކިކަމަކީ ޔޫވިންއަށް ކިރާ އެންމެ ކަމުދާ އެއްސަބަބެވެ.”އައި ވޯންޓް ބަޓް….ދެން ލެޓްސް މޭކް ވަން”ޔޫވިން ކިރާގެ ޖުމްލަ މެދު ކަނޑާލަމުން ކިރާގެ ބޮލުގައި އަޅުވާފައި އިން ތާޖާއި ރަތްކުލައިގެ ވެއިލް ނަގައި ޝޯލްގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ.އިރުކޮޅެއްވީއިރު އެ ދެމީހުން ތިބީ ރަޖާގަނޑުގެ ދަށުގައެވެ.ޔޫވިންގެ ކޮންމެ ހަރަކާތަކަށް ކިރާގެ ހަށިގަނޑު އުފަލާއެކު މަރުޙަބާ ކިޔަމުން ދިޔައިރު ދެ ޖިސްމުގައި ވެސް ހުޅުރޯވެފައިވީ އެއްވަރަކަށެވެ.
ޔޫވިންގެ މޭގައި ބޯ އަޅާލައިގެން އޮތް ކިރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ.މިއަދު އޭނާ ޔޫވިންގެ އަނތްބަކަށް އެވީ މީގެ އަހަރުތަކެއް ކުރިން އޭނާ ކުރި ދުޢާތަކުގެ ސަބަބުން ކަން ޔަޤީނެވެ.މާޒީގައި އޭނާ އާއި މެދު ކަންތައްވެފައިވީ ރަނގަޅައްކަން އޭނާއަށް މިއަދު ވިސްނިއްޖެއެވެ.އޭރު އޭނާ “ލޯބިވީ” މީހަކު ވެއްޖެއްޔާ އެ އެންމެން އޭނާއަށް ލިބުނު ނަމަ ހަޤީގަތުގައި ލޯތްބަކީ ކޯއްޗެއްކަން އޭނާއަށް ނުވިސްނުނީހެވެ.އަޔާޒު އޭނާގެ ސިއްރުތައް ބޭޒާރުނުކޮށް އެ ހާދިސާ ނުހިނގިނަމަ އޭނާއަށް އަދިވެސް އުޅެވޭނީ އެހެން ކަންނޭނގެއެވެ.ޝިރުވާ ހުއްޓައި ޔޫވިން އޭނާއާއި ދެއަނތްބަށް އިނދެ އެ ދެމީހުންގެ ދަރިފުޅު އުފަންވީނަމަ އެ އާއިލާ އެހާ އުފަލާއެކު ކިރާ ބަލައެއް ނުގަތީހެވެ.ޔޫވިން ދަރިފުޅު އެބޯޓް ކޮއްލާށޭ ބުނުމަށް ފަހުވެސް އޭނާ ބުނިހާ ގޮތަކަށް ހެދިގެން ހުރިނަމަ ޔޫވިންގެ ކުރިމަތީގައި ކިރާގެ އަގު ކުރިއަށް ވުރެންވެސް ދަށްވީހެވެ.މީގެ ކުރިން ޝިރުވާއާއި ޔޫވިން ކައިވެނި ނުކުރިނަމަ ޝިރުވާގެ ގޮތް ޔޫވިންއަކަށްވެސް ނޭނގުނީހެވެ.ރައްޓެހިވެގެން އުޅުމާއި ކައިވެނި ކޮއްގެން އުޅުމާއި އެއީ ވަރަށް ތަފާތު ދެ ގުޅުމެކެވެ.އަދި އެރޭ ކިރާއަށް މާލެ ނުދެވުނުނަމަ ޝިރުވާގެ މަކަރުވެރިކަން ފަޅާ ނާރައި ޔޫވިން މުޅި އުމުރު ދުވަހު އޮޅުމެއްގެ ތެރޭގައި ހުރުން އެކަށީގެންވިއެވެ.ޔޫވިން އޭނާ ދޫކޮށްނުލިނަމަ އަމިއްލަ ފައިމައްޗައް ތެދުވެ ހުންނަ އަންހެނެއްގެ ހަޔާތުގައި ފިރިއެއްގެ މާބޮޑު ބޭނުމެއް ނެތްކަން ކިރާއަށް ވެސް ނުވިސްނުނީހެވެ.ހަޤީގަތުގައި އޭނާ އަމިއްލަ ނަފްސާއިމެދު ފަރުވާ ބަހައްޓަން ފެށީ އެ ހިސާބުންނެވެ.އަމިއްލަ ނަފްސައް ދޭ އަހައްމިއްޔަތުކަން އިތުރުވުމާއެކު ހަލާކުވެފައިވީ އޭނާގެ ދިރިއުޅުންވެސް މަޑުމަޑުން އަލުން އާބާދުވަމުން ގޮސް އޭނާއަށް އާދެވުނީ ކުރިން އޭނާއަށް ދުވަހަކު ވާސިލްނުވެވޭނެ ކަަމަށް ހީކުރެވުނު ލަނޑުދަޑިތަކާއި ހަމަޔަށެވެ.ލަޔާންގެ އަތުން ލޯނު ނަގައިގެން އޭނާ ފެށި ކުޑަ ވިޔަފާރި ފުޅާވެގެން ގޮސް އެއީ މުޅި ދުނިޔެއަށް މަޝްހޫރު ކުންފުންޏަކަށް ވެގެން ދިޔައެވެ.އަދި އެންމެ މުހިއްމު ކަމަކީ ޔޫވިންއަށް މަޢާފުކުރުމެވެ.އެރޭ އެ ދެމީހުން އެކަކު އަނެކަކަށް މަޢާފުނުކޮށް މާޒީގައި ހިފަހައްޓައިގެން ތިބިނަމަ ކައިވެނީގެ މަތިވެރި ގުޅުމުން ނުގުޅުނީހެވެ.މިއަދު އެ ދެމީހުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އެކަލާނގެ މިންވަރުކުރެއްވީ ތަޤުދީރުގައި އެޔަށް ވުރެ ކުރިން ކުރެވެންޖެހޭ ތަޖުރިބާތަކެއް ކުރެވި އެއިރުގެ ޅަ ސިކުނޑިތައް ތަރައްޤީވުމުންނެވެ.މިހާރު އެ ދެމީހުން އެ ތިބީ މާޒީއިން އިބްރަތް ހާސިލްކޮށްގެން ކުރެވުނު ކުށްތަކަށް ތައުބާވެ ކައިވެނީގެ މާތް ގުޅުމުން ގުޅިގެންނެވެ.ޔާކިން ބުނީ ތެދެކެވެ.ތިމާ އާއި އެންމެ އެކަށީގެންވާ ބައިވެރިޔާއާއި ގުޅެން އެކަށީގެންނުވާ ވަގުތެއްގައި ދިމާވުން އެއީ ވެދާނެކަމެކެެވެ.ލޯތްބަކީ އަބަދު ފިދާވުން ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.ހަމައެހެންމެ އެއީ ގަދަބާރުން ހޯދޭނެ އެއްޗެއް ވެސް ނޫނެވެ.ބައެއްފަހަރު އެއީ ވޭނާއި ތުރާލާއި އެކު ދިރިއުޅުން ބިނާކުރަން ދަސްކޮށް ކެތްތެރިކަމުގެ ދިގު މަރުހަލާއެއް ކަޑައްތުކޮށް ހިތުގައި އޮންނަ ލޯތްބައްޓަކައި އިންތިޒާރުކުރުންވެސް މެއެވެ.ކިތަންމެ ދިގު އިންތިޒާރަކަށް ފަހުވެސް ތަޤުދީރުގައި ލިބެން އޮތް ލޯތްބެއް ވެއްޖެއްޔާމުން ލިބޭނެއެވެ.އެކަން ކިރާއާއި ޔޫވިން ސާބިތުކޮށްދީފިއެވެ.
This is my first story that I have been able to complete successfully.i have no idea how many times I failed and how many stories I stopped writing halfway but alhamdulillahi I’m so happy I have finished writing and uploading ‘Fini hiyy’.i appreciate all the love and support from all my readers both positive and negative comments are understood.Insha Allah my next story will be more interesting than this one.Thank you🥰
3 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next story
Keep it up
Alhamdhulilah finally they all married
You’re so talented and creative
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Would be great if you could write in Dhivehi, it’s hard get as there are eng dialogues in middle. Anyways vrh reethi story eh first one aa balaafa, keep on improving
Dhivehivaahaka ehga ingireysi lafuzutha ehaagina veema kamaku nudhey