ފިނި ހިތް 18
ތެޅިތެޅި އޮތް ހިތަކާއެކު ކިރާ ފޯނު ނެގިއެވެ.އެޔާއެކު އިވިގެން ދިޔަ އަޑުން އޭނާގެ ހާސްކަން އިތުރުވިއެވެ.”މޭރީ ވަޓްސް ވްރޯންގް؟ވައި އަރ ޔޫ ކްރައިއިންގް؟”ކިރާ ފޯނުގެ އަނެއްފަރާތުން އަންހެނެއްގެ ރުއިމުގެ އަޑު އިވުމުން އެއްސެވެ.”މިސް ކޭ.އައި ޖަސްޓް ކޭމް ޓު މޯލްޑިވްސް ވިތް މެޑަމް އެންޑް ޝީ ފެއިންޓެޑް އޭޒް ސޫން އޭޒް ވީ ގޮޓް ހިޔަރ” އެކޮޅުން ވާހަކަ ދެއްކި އަމާނާގެ ޕާސަނަލް މެއިޑް މޭރީ ބުންޏެވެ.އެޔާއެކު ކިރާއަށް ވަގުތުން އިންތަނުން ތެދުވެވުނެވެ.”ވަޓް؟އިޒް ޝީ އިން މާލެ؟ވިޗް ހޮސްޕިޓަލް އާ ޔޫ އިން؟”ކިރާ ސުވާލުކުރަމުން ގޭތެރެއަށް ވަދެ ސިޑިން މައްޗައް އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.މޭރީ ގާތުގައި އަމާނާ ރަނގަޅަށް ބަލަން ބުނެފައި ކިރާ ވަގުތުން މޯލްޑިވިއަންގެ އިރުއޮއްސޭ އިރު ފުރާ ފްލައިޓުން ޖާގަ ހޯދިއެވެ.އެއަށްފަހު ފާހާނައަށްވަދެ ފެންވަރައިގެން ތައްޔާރުވާން ފެށިއެވެ.
ގެނައި ހެދުންތަކުގެ ތެރެއިން އެންމެ އަވަހަށް އަތުޖެހުނު ގަދަނޫކުލައިގެ އުނަގަނޑާއި ހަމަޔަށް ހުރި ޓަރޓަލް ނެކް ޓޮޕަކާއި ނޫކުލަައިގެ ސްކިނީ ޖީންސެއް ލުމަށްފަހު ޕީޗް ކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލިއެވެ.އަދި މޫނުމަތި ރީތިކޮށްލުމަށްފަހު އަތްދަބަސް ހިފައިގެން ކިރާ ބޭރަށް ނުކުތެވެ.ނުހަނު ހަމަޖެހިލާފައި ގޮސް ސިޑިން ފޭބިއިރު ޔޫވިންއާއި ލަޔާންގެ އިތުރުން ޔޫލްއާއި ޔަޝްމާއާއި ލިހުވާންވެސް ސޯފާގައި ތިއްބެވެ.”އަނހާ.ދަރިފުޅާ ކިރާ ތަނަަކަށް ދަނީތަ؟”ޔަޝްމާ ނުހަނު ލޯތްބާއެކު އަހާލިއެވެ.”ލައްބަ ދައްތާ.އަޅުގަނޑު ކުއްލިއަކަށް މާލެ ދާންޖެހިގެން މި އުޅެނީ”ކިރާ ހިނިތުންވެލަމުން ބުނުމާއެކު ޔޫލް ފިޔަވައި ބާކީ ތިބި ތިން މީހުން އެއްފަހަރާ ކިރާއަށް ބަލައިލިއެވެ.ލަޔާން އާއި ޔޫވިންގެ މޫނުމަތިން ޝައްކުގެ ނަޒަރުތައް ފެންނަން ހުރި އިރު ލިހުވާން އެއީ ކީއްވެގެންތޯ ސުވާލުކުރިއެވެ.”އެއީ…ޔޫން ހަދާންވޭތަ އަހަރެން ބުނީމެއްނު އޭ.ކޭ އެއަރލަައިން އިން މި ރަށު އެއަރޕޯޓަށް ދަތުރު ފައްޓަން އުޅޭ ވާހަކަ؟އެ މަޝްރޫޢު އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެއްކޮށް މީޓިންގް އެއް އޮތީމައި އެކަމަށްޓަކައި އަޅުގަނޑު މި ދަނީ”ކިރާ ޔޫވިންއަށް ބަލައިލަމުން ބުންޏެވެ.އެ އެންމެން އަދި ޙާއްސަކޮށް ލަޔާންގެ ކުރިމަތީ ދޮގު ހަދަން ޖެހުމުން ކިރާއަށް އުނދަގޫވީ ނަމަވެސް މިވަގުތު އެނޫންގޮތެއްް ނެތްކަން އޭނާއަށް ވިސްނުނެވެ.ޔޫވިން ކިރާ އޭނާއާއި ޝަރީފްގެ ހާޒިރުގައި އެހެން ބުނި ހަދާން ވުމާއެކު އޭނާއަށް އެކަން ޤަބޫލުކުރެވުނެވެ.އެހެންނޫނަސް ކިރާގެ މޫނުމައްޗައް ބަލައިފި މީހަކު އޭނާ އެއީ އިރުކޮޅެއް ކުރިން ކަމަކާއި ހާސްވެގެން އުޅުނު މީހެކޭ ނުބުނާނެއެވެ.އެހެންކަމުން ދެން ތިބި ތިންމީހުނަށްވެސް ކިރާގެ ވާހަކަ ޤަބޫލުކުރެވުނެވެ.
“އެހެންތަ.ތި މީޓިންގް ނިމުނުހާ އަވަހަކަށް އެކޮއެ އަވަހަށް އަންނައްޗޭ”ޔަޝްމާ މިހެން ބުނުމާއެކު ލިހުވާން ޔޫވިންގެ ގާތުގައި ކިރާ އެއާޕޯޓަށް ގެންގޮސްދިނުމަށް އެދުނު ނަމަވެސް ލަޔާން އެކަން މަނާކުރަމުން ކިރާ ފުރުވަން ދާނީ އޭނާ ކަމަށް ބުންޏެވެ.މާޒީގައި ކަންހިނގާފައި އޮތް ގޮތް ދެނެހުރެ އޭނާ ހުއްޓައި އެ ދެމީހުން އެކަހެރިވާނެ ފުރުސަތެއް ދޭކަށް ލަޔާން ބޭނުމެއްނޫނެވެ.”ދައްތަ އަޅުގަނޑުގެ ކޮޓަރި އެހެން މީހަކަށް ނުދެއްޗޭ.ފަހަރެއްގައި އަޅުގަނޑު އެކޮޅުގަ ދެތިން ދުވަސް ވެދާނެ އެކަމަކު މާލެއިން އައި އިރު ގެނައި އެއްވެސް އެއްޗެއް ނުގެންދަން”ކިރާ ހިނިގަނޑެއް ޖަހާލަމުން ބުނުމާއެކު ޔަޝްމާވެސް އާނއެކޭ ބުނެ ލަޔާން ގާތުގައި ބަލައިގެން ކާރު ދުއްވުމަށް ބުންޏެވެ.ކާރަށް އެރުމަށްފަހު އެއާޕޯޓަށް ދެވެންދެން ކިރާ އިނީ ހިމޭނުންނެވެ.އިރު އިރުކޮޅާ ކާރުގެ ލޯގަނޑުން ކިރާ ލަޔާންއަށް ބަލާލުމަށްފަހު ހިތާހިތުން އަމާނާ ހެޔޮހާލުގައި ލެއްވުމަށް އެދި ދުޢާކުރެވެއެވެ.
“އޭ ޕްރިންސެސް.ތި މީޓިންގް އެއް ނިމުނުހާ އަވަހަކަށް އަންނަން އުޅެންވީ.އަދި އެ އުޅޭ ކައިޝާން އާއި މަގޭ ފަހަރި ވެސް ގޮވައިގެން އަންނާނީ”ލަޔާން ކިރާ ކާރުން ފޭބުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތުމާއެކު ކިރާއަށް އަޑުއިވޭވަރަށް ގޮވާލިއެވެ.އެޔާއެކު ކުއްލިއަކަށް ކިރާ ފަހަތައް އެނބުރި ދުވެފައި އައިސް ލަޔާންގެ ގައިގައި ބައްދާލިއެވެ.އެއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.ލަޔާންއަށް އަމްނާގެ ހާލަތު ސިއްރުކުރެވުމުން އޭނާ ދެރަވިއެވެ.”އަޅޭ.ކުޑަބެގެ ޕްރިންސެސް ރޮނީތަ؟ޔޫ އަރ ގޮއިންގް ޓު މާލެ ބަޓް ޔޫ ވިލް ބީ ބެކް އިން އަ ފިއު ޑޭސް.އެންޑް ވީ ވިލް ބީ ޓުގޭދަރ އެގެއިން”ލަޔާން ހީކުރީ ކިރާ އަނެއްކާ އޭނާއާއި ދުރުވާން ޖެހުމުން ރޮނީ ކަމަށެވެ.”ކުޑަބޭ އައިރާ.ޓެލް ހަރ އެބައުޓް އިޓް.އައިރާ ކައިރި ނުބުނެ ދާންޖެހޭތީ އައި އޭމް ސޭޑް”ކިރާ ކަރުނަތައް ފޮހެލަމުން ވާހަކައެއް ހަދާލިއެވެ.އެޔާއެކު ލަޔާން ނުހަނު ފަސޭހައިން އެކަން ޤަބޫލުކުރުމަށްފަހު މާލެ ގޮސް އޭނާއަށް ގުޅުމަށް ބުންޏެވެ.ކިރާ އާނއެކޭ ބުނެ އިތުރަށް މަޑުކުރަން ނަހަދައި އެތެރެއަށް ވަނީ ޗެކިން ފެށެން ގާތްވެފައި ވުމުންނެވެ.
ކިރާ އެއާޕޯޓައް ލުމަށްފަހު ގެޔަށް އައިސް ވަތް ލަޔާންއަށް ޖޯލީގައި ފޯނުން މީހަކަށް ގުޅައިގެން އޮތް ޔަޝްފާ ފެނުމުން އޭނާއާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން ކަރުކެހިލިއެވެ.އެއަޑަށް ޔަޝްފާ ބަލައިލިއެވެ.”ހައި ލަޔާން.ވަޓްސް އަޕް.ކިރާ ފުރީތަ؟”ޔަޝްފާ ފޯނު ބާއްވަމުން އެއްސެވެ.ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ ދެ ޒުވާނުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ވެފައެވެ.އެކަން އެ ދެމީހުނަށް އެނގުނު ނަމަވެސް އެކަކު އަނެކަކަށްޓަކައި ވީ އިޙުސާސްތައް ހާމަކުރުންވީ އުނދަގޫ ކަމަކަށެވެ.”އާނ.ދެންމެ ވާހަކަަދެއްކީ ބޯއިފްރެންޑް އާ ތަ؟”ލަޔާން އެއްސެވެ.”ހަހަހަހަހަހަހަ.ސާބަސް ލަޔާންއަށް.އެއީ ކުރީގެ ކްލާސްމޭޓެކޭ”ޔަޝްފާ ހެމުން ބުނުމާއެކު ލަޔާންއަށް ވެސް ހެވުނެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ކާޑިއެކް ޑިޕާޓްމެންޓަށް ވަދެގެން ދިޔަ ކިރާއަށް އާދައިގެ މަތީން މީހުންގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ނަމަވެސް އެކަމަށް ފަރުވާލެއްނެތި އެމާޖެންސީ ރޫމުގެ ދޮރު ކުރިމަތީ ހުރި މޭރީ ފެނުމުން ހަލުވި ފިޔަވަޅުތަކެއްގައި އޭނާ އެ ދިމާލަށް ދިޔައެވެ.”މޭރީ.ކީއްވީ އާންޓް އަށް؟”ކުރިމަތީ އައިސް ހުއްޓުނު ކިރާ ފެނުމުން މޭރީއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.”މިސް ކޭ.ޔަންގް މާސްޓާ މެޑަމް ދެކެ ރުޅި އައިސްގެން ގެއިން ނުކުމެގެން ދިޔައީމަ މެޑަމް ވަރަށް ދެރަވެފަ ހުރީ.ދެން ޔަންގް މާސްޓާ އަދި މިސް ކޭ ގެ ޙަބަރެއް ނުވާތީވެ މެޑަމް ހާސްވެގެން މިއަދު ރާއްޖެ އައީ.އައިސް ފްލައިޓުން ފޭބިތަނާ މެޑަމް ހޭނެތުނީ.ދެން އެއަރޕޯޓުން އެމްބިއުލޭންސްގަ މިތަނަށް ގެނައީ”މޭރީ ކަންވީ ގޮތް ކުރުގޮތަކަށް ކިޔައިދިނުމާއެކު ކިރާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.”އެހެން މީހެއް ކައިރީ ބުނިންތަ؟”ކިރާ އެއްސެވެ.”ނޫން.އަޅުގަނޑަކަށް ނުކެރޭނެ ޔަންގް މާސްޓާއަށް ގުޅާކަށް އެންޑް މިސް އަޅުގަނޑަށް އަންގާފައެއް ނޫންތޯ އޮތީ މެޑަމް އަށް ކަމެއްވެއްޖެއްޔާމުން ކޮންމެތާކު ހުއްޓަސް މިސްއަށް ގުޅުމަށް”މޭރީ މިހެން ބުނުމާއެކު ކިރާ ހިނިތުންވެލީ މޭރީ އޭނާގެ އިރުޝާދުތަކާއި އެއްގޮތައް ޢަމަލު ކުރުމުން ހިތްހަމަޖެހިފައެވެ.އިރުކޮޅެއްފަހުން ރޫމުގެ ތެރެއިން ޑޮކްޓަރު ނުކުތުމާއެކު ކިރާއަށް އެ ދިމާލަށް ދެވުނެވެ.
“ޑޮކްޓަރ.ހައު އިޒް މައި އާންޓް؟”ކިރާ އެއްސެވެ.”ޝީ އިޒް އައުޓް އޮފް ޑޭންޖާ ބަޓް ޕޭޝަންޓްގެ އެއްވެސް ވަރަކަށް ހާޓް އިޝޫސް ހުރޭތަ؟”ޑޮކްޓަރ ސުވާލުކުރުމާއެކު ކިރާ އަމާނާއަށް މީގެ ކުރިން ހާޓްއެޓޭކެއް ޖެހިފައިވާ ވާހަކަ ބުންޏެވެ.”އައި ސީ.މިފަހަރު އެވީ ގޮތަކީ ޕޭޝަންޓް މާ ބޮޑަށް ކަންކަމާއި ވިސްނާ ފިކުރުކުރުމުގެ ސަބަބުން ބީ.ޕީ ހައިވީ.އެންޑް ހާޓް ވަރަށް ސެންސިޓިވް މިހާރު ސޯ ދެވަނަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތުވެސް އެބައޮތް.ސޯ ވީ ވިލް ކީޕް ހަރ އަންޑަރ އެހެންވީމަ މިވަގުތައް އޮބްޒާވޭޝަން ގަ ބާއްވަން ޖެހޭނީ.މިހާރު ބައްދަލުކޮށްލެވޭނެ ”ޑޮކްޓަރުގެ ވާހަކަ އިވުމުން ކިރާ ފުންނޭވައެއް ދޫކޮށްލުމަށްފަހު އޭނާއަށް ޝުކުރުއަދާކުރިއެވެ.
ޑޮކްޓަރު ދިއުމާއެކު ކިރާ އެތެރެއަށް ވަނެވެ.އެއިރުވެސް އަމާނާގެ މޫނުމަތީގައި އޮކްސިޖަން މާސްކެއްް އަޅާފައި ވާއިރު އެއްފަރާތުގައި ހުރި އީ.ސީ.ޖީ މެޝިނުން އޭނާގެ ހިތުގެ ހާލަތު މޮނީޓަރ ކުރެވެމުން ދިޔައެވެ.ކިރާގޮސް އަމާނާގެ އަތްތިލައިގައި ހިފަހައްޓާލަމުން އެ އަތައް ބާރުކޮށްލިއެވެ.އަހަރު ނިމެން ކައިރިވެފައިވީއިރު ބޮޑުދައިތަ ކައިރިއަށް ނުދެވުނީތީ އޭނާ ދެރަވިއެވެ.އަދި ބޮޑުދައިތައަށް އެހެން ދިމާވީ އޭނާއާއި ލަޔާންގެ ފަރުވާކުޑަކަމުން ކަމަށް ހީކުރެވި އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ.”ކި..ޓީ”ރޯން އިން ކިރާއަށް އަމާނާއާއި ދިމާލަށް ބަލައިލެވުނީ އޭނާ ބަލިއަޑަކުން ގޮވައިލުމުންނެވެ.”އާންޓް.އިޓްސް މީ ކިޓީ.ހައު އާރ ޔޫ ފީލިންގް ނައު؟”ކިރާ އަމާނާގެ ބޮލުގަައި ފިރުމާލަމުން ބުންޏެވެ.އަދި ބޭރުގައި ހުރި މޭރީ ގާތުގައި ޑޮކްޓަރަށް ގޮވަން ބުނުމަށްފަހު އެނބުރި އަނެއްކާވެސް އައިސް އަމާނާގެ ގާތުގައި އިށީނެވެ.
“ދަރިފުޅާ.އާންޓްއަށް މަޢާފްކުރޭ.ދަރިފުޅު އަބަދުވެސް ބުނަމެއްނު ގަދަކަމުން ކަންކަން ކުރުވަން އުޅުމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއޭ.އާންޓްއަށް ލަޔާންއަށް ފާޑަކަށް ފޯސްކުރެވުނީ މީހަކާ އިންނަން.މިހާރު ކިޓީގެ ތުއްތުއަށް އެހެރީ 26 އަހަރުވެފަ.އެހެންވެ އާންޓް އަސްލު އެހާވަރަކަުން އުޅުނީ”އަމާނާގެ އަޑުންވެސް އޭނާ ދެރަވެފައިވީ މިންވަރު ކިރާއަށް ދޭހަވިއެވެ.”އިޓްސް އޯކޭ އާންޓް.އަޅުގަނޑަށް ހީވަނީ އާންޓްގެ ތި މުރާދު ތުއްތު ވަރަށް އަވަހަށް ފުރިހަމަ ކޮއްދޭނެހެން”ސިކުނޑިއަށް ވެރިވި ޙިޔާލަކާއެކު ކިރާއަށް ބުނެވުނެވެ.އެ ރަށުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުތެރޭގަައި އޭނާއަށް ގާތްވަމުން އަންނަ ލަޔާންއާއި ޔަޝްފާގެ ގުޅުން ވަނީ ފާހަގަވެފައެވެ.”އޭނ.ކިޓީ ކީކޭތަ ތި ކިޔަނީ؟އަނެއްކާ އެ ސޮރު އުޅެނީ މީހަކާ ރައްޓެހިވެގެންތަ؟ކޮބާތަ އެ ސޮރު މިހާރު؟”އަމާނާ ވަގުތުން އެހި އިރު އޭނާގެ ދެލޮލުގައި ވިދުމެއްވިއެވެ.ލަޔާންގެ ކައިވެނިކުރެވޭ ދުވަސް އެއީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.”ހިހި.ތިއެއް އިނގޭނެ އަދި ފަހުން.ތުއްތު ވީ ފަރެސްމާތޮޑާގަ ޕްރޮޖެކްޓެއްް ނިންމަން ގޮސް.މީގެ ހަފްތާއެއް ކުރިން އައިރާގެ ވެޑިންއަށާ އެހެނިހެން ކަންކަމަށް އެ ރަށަށް ދިޔައިރު އަޅުގަނޑަކަށްވެސް ނޭނގެ ތުއްތު ހުރީ އެ ރަށުގަ ކަމެއް.”ކިރާ ބުންޏެވެ.”އެހެންތަ.އެކަމަކު ދަރިފުޅަށް ކިހިނެތް އެނގުނީ އާންޓް މާލެ އައި ކަމެއް؟”އަމާނާ ލޯ ހަނިކޮށްލަމުން ބުނުމާއެކު ކިރާއަށް ވަގުތުން ބޯ ކަހާލެވުނެވެ.އޭނާގެ މި ހަރަކާތުން އަމާނާއަށް ޖަވާބު ނަގައިގަނެވުނެވެ.ރަޝިއާގައި އޭނާގެ ގޭގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ކިރާއަށް އިތުބާރުހިފޭ ޖާސޫސު ނޯކަރުންނާއި ބޮޑީގާޑުން ހިމެނޭކަން އަމާނާ ދަނެއެވެ.ނަމަވެސް މިފަހަރު އެއިން އެއްވެސް މީހަކު ކިރާއަށް އޭނާ ރާއްޖެ އަންނަން ފުރިކަމުގެ ޙަބަރު ނުދިނީ ގޭގެ ހުރިހާ ނޯކަރުން ކައިރީ އޭނާ ކިރާއަށް ސަޕްރައިޒެއް ދޭން އުޅޭ ވާހަކަ ބުނުމުންނެވެ.އޭނާ އުސްމާނުގެ ފަރާތުން ލިބުނު ޕްރައިވެޓް ޖެޓުގައި އައުމުގެ ބަދަލުގައި ފްލައިޓުން އަންނަން ޙިޔާރުކުރީވެސް އޭގެއިން އެ މީހުން ރާއްޖެ އައުމަށްޓަކައި ރަޝިއާއިން ނައްޓާނުލަނީސް ދުރުގައި ހުރި ކިރާއާއި ހިސާބަށް އެ ޙަބަރު ފޯރާނޭކަން އެނގޭތީއެވެ.އަމާނާ ކިރާގެ ސިއްރުވެރި ޢަމަލުތަކާއި މެދު ބައެއްފަހަރު ހިތްހަމަނުޖެހުނަސް ކިރާ އޭނާއާއި މެދު އަޅާލާ މިންވަރު ވިސްނޭތީ އޭނާ އަބަދުވެސް އުފާވެއެވެ.މަންމައެއްގެ ހައިސިއްޔަތުން ކިރާ އަމްނާއަށް ނުކުރާ އިޙުތިރާމް އޭނާއަށް ކުރާކަން އަމާނާ ދަނެއެވެ.އެހެންކަމުން އަންހެންދަރިއަކު ނެތުމުގެ ފަޅުކަން ކިރާގެ ސަބަބުން އޭނާ އަދި އުސްމާނުގެ ދުނިޔޭގައި އެ ދެމަފިރިންނަށްވެސް ދުވަހަކު އިޙުސާސެއް ނުކުރެވެއެވެ.
އިތުރު ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް ޑޮކްޓަރު އަމާނާ ޗެކްކުރުމަށް އައިސް ވަނެވެ.އެޔާއެކު ކިރާއަށް މަޖުބޫރުވީ ބޭރަށް ނުކުންނާށެވެ.
ބޭރަށް ނުކުމެ ކިރާ ފޯނުނަގައި ކައިޝާންއަށް ގުޅާލިއެވެ.ކައިޝާން ފޯނު ނެގުމާއެކު އަނެއްފަރާތުން އިވިގެން ދިޔަ ވަހުޝީ އަޑުތަކުން އޭނާއަށް މި ގުޅުނީ ނުބައި މީހަކަށްތޯ ބަލައިލެވުނެވެ.ނަމަވެސް ކޯލަރ އައިޑީގައި “ކުޑަބެ” އިނުމުން އެއީ ކައިޝާންގެ ނަންބަރުކަން އޭނާއަށް ޔަޤީންވިއެވެ.އެވަރުނުވެގެން ކިރާ ދެފަހަރަކު ލޯ މަރާލާފައި ލޯ ހުޅުވާލި ނަމަވެސް ފޯނުގެ ސްކްރީން އިން ގޮތައް އިނުމުން ކިރާއަށް ހަޤީގަތުގައިވެސް ގުޅިފައިހުރީ ކައިޝާންއަށްކަން ޔަޤީންވިއެވެ.ކިރާގެ މޫނުމަތިން ފެންނަންހުރި އަސަރުތައް ފެނުނު މީހަކު އެވަގުތު ހީހީ ހަލާކުވާނެކަން ޔަޤީނެވެ.އަނގަ ފަތަރާސީކޮށްގެން ހުރި އިރު އޭނާގެ ދެބުމަ ގާތްކޮށްލެވިފައިވާ ގޮތުން އެހެރީ އޮޅުންބޮޅުމެއްގެ ތެރޭގައިކަން ޔަޤީނެވެ.”ޑިޑް މައި އިޔާސް ޑިސީވް މީ؟”ކިރާ ހިތާ ހިތާ ކިޔާލުމަށްފަހު އިވެމުން ދިޔަ އަޑުތައް ޔަޤީންކުރުމަށްޓަކައި އޭނާ މިނުޓެއްހާއިރު ވަންދެން އެއްޗެކޭ ނުބުނެ ހުއްޓެވެ.އިރުކޮޅެއްފަހުން އިވުނީ އަންހެނެއްގެ އަޑެވެ.”ކައި ސްޓޮޕް ދެޓްސް ޓޫ މަޗް….ދެން ކައީ….ހުމްމްމް”އެއީ އީޝާގެ އަޑުކަން ޔަޤީންވުމާއެކު ކިރާ މިއޮތް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ.ލޮލަށް ނުފެނުނަސް އެ ދެމެދުގައި ވަމުންދިޔައީ ކީއްކަން ނަގައިގަނެވުމާއެކު ކިރާއަށް ނުހީ ނުހުރެވުނެވެ.
“ޕިސް.ޕިސް ކަލޭމެންނަށް ވާ ސާބަސް.ނަސީބެއްނު މަ ނޫން މީހަކުނޫންކަން މިގަޑީ ގުޅީކީއެއް”ކިރާއަށް ކައިޝާންއަށް އެވަގުތު ފޯނު ނެގޭނީ އޮޅިގެންކަން ދޭހަވުމާއެކު ބުންޏެވެ.”އޭނ….ކިޓީތަ؟ސޮރީ ފޯނު އެއްފަރާތެއްގަ އޮއްވާ ކުޑަބެގެ އަތުން ޖެހިފަ އޮޅިގެން ރިސީވް ބަޓަނަށް ފިއްތުނީ.ދެން އޮޓޯކޮށް ސްޕީކަރަށް ލެވިފަ އޮތީ” ފޯނުން ކިރާގެ އަޑު އިވުމާއެކު ކައިޝާން ލަދުން ހުރެ ފޯނު އަތައް ނަގަމުން ބުންޏެވެ.އެވަގުތު އޭނާގެ ގާތުގައި އޮތް އީޝާގެ މޫނު ރަތްވެގެން ދިޔައީ ގުޅީ ކާކުކަން އެނގުމުންނެވެ.އެނދުން ތިރީގައި ހުރި އޭނާގެ އަންނައުނުތައް ނަގައިގެން ދުވެފައި ގޮސް ފާހާނައަށް ވަނީ ކިރާ ކައިޝާންގެ ފޯނުން އޭނާއާއި ވާހަކަދައްކަން އުޅެ ދިމާކޮއްފާނެތީއެވެ.
“ވަޓްސް އަޕް ޕްރިންސެސް.ހައު އިޒް އެވްރީތިންގް ގޮއިން އޮން އޯވަރ ދެއަރ؟އެންމެން ރަނގަޅުތަ؟ޔަޝްމާއްތަ އާއި ލިހުވާންބެއަށް ސަލާން ބުނައްޗޭ “ކައިޝާން އެނދުން ތެދުވެ ލޯގަނޑުކުރިމަތީގައި ހުއްޓެމުން ފޯނުގައި ހުރި ކިރާ ކުރެން އެއްސެވެ.”އެ މީހުން ރަނގަޅޭ.މަ މިހިރީ މާލޭގަ”ކިރާ ބުނުމާއެކު ކައިޝާން އެހާ އަވަހަށް އައިސް ގެޔަށް ނުވަދެ މާލޭގައި ހުންނަންވީ ކީއްވެތޯ ސުވަާލުކުރިއެވެ.”ކުޑަބޭ.އާންޓް އެބަހުރި މިކޮޅުގަ.އެމާޖެންސީކޮށް ހޮސްޕިޓަލުގަ ބާއްވާފަ މި އޮތީ.އެހެންވެ އަހަރެން މިއައީ”ކިރާގެ އަޑު އިވުމާއެކު ކައިޝާން އަށް ކީކޭ ހެއްޔޭ ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ.އިރުކޮޅެއްކުރިން މާހައުލުގައި ހުރި އުފާވެރިކަން ފިލައި ސީރިޔަސް ކަމަށް ބަދަލުވެގެންދިޔަކަން އަނެއް ފަރާތުގައި ހުރި ކިރާއަށްވެސް އިހުސާސްވިއެވެ.ކައިޝާންގެ އަޑަށް ފާހާނައިގައި ހުރި އީޝާވެސް ނުކުމެ ވީ ކީއްތޯ އަހައިލީ ހާސްވެފައި ހުރެއެވެ.ކައިޝާން ކަންވީގޮތް ކިޔާދިނުމަށްފަހު ކިރާ ކުރެން މައުލޫމާތު ސާފުކޮށް މި ދަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Kira and Yoon gulhuvachey
They both are made for each other
Yasfa and layaan gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍