Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި

Ara
Ara Level 210 Stories100 Comments
August 13, 2024 5 Mins Read
3 Comments

ދިރިއުޅުމަކީ ބައެއް ފަހަރު ކިހާ ހެއްވާ އެއްޗެއްދޯއެވެ؟ އަބަދު ވެސް އެކުގައި ވާނެ ކަމަށް ހީކުރާ މީހުން ދިރިއުޅުމުން ގެއްލިދަނީ ނުވެސް އެނގި ތިއްބައެވެ.

އަހަންނާއި ލުޖައިން ބައްދަލުވީ ކޮލެޖުންނެވެ. އެންމެ ފޯރީގައި އަހަރެން ކިޔަވަން އުޅުނު ދުވަސްވަރުގައެވެ.
އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ލުޖައިން އަހަރެންނަށް ވަރަށް ބަލާކަން ފާހަގަކުރެވެއެވެ. ނަމަވެސް އަހަރެން މާ ބޮޑުކަމަކަށް ނުހަދަމެވެ. ބޮޑު ޚަރަދު ކޮށްފައި އަހަރެންގެ މައިންބަފައިން އަހަރެން މާލެ ކިޔަވަން ފޮނުވީ ވަރަށް ފޮނި އުއްމީދުތަކެއް އަހަރެން މުސްތަޤްބަލާއި މެދުގައި ކުރާތީކަން އަހަރެން ދަންނަމެވެ. ކިޔެވުމަށް ހުރަސް އެދޭފަދަ ކަމެއް ނުކޮށް ވޭތޯ އަހަރެން ބަލަމެވެ. ނަމަވެސް އެގޮތުގައި އަހަރެންނަށް ހުރެވުނީ ހައެއްކަ މަސްދުވަހުއެވެ. ލުޖައިން އަހަރެންނާއި ހެދި އުޅޭވަރުންނާއި އަދި އަހަރެން ގާތު ރައްޓެހިވާން އެހުމުން އާނއެކޭ ބުނެވުނީ އިޚުތިޔާރުން ބޭރުގައެވެ. ސިކުނޑި އެކަމަށް އާނބަސް ނުދިނުމަށް އެދިގޮވިއެވެ. ނަމަވެސް ހިތް އެކަމަށް ދެކޮޅު ހެދީއެވެ.
ހިތާއި ދެކޮޅު ހަދާނީ ކިހިނަކުންހެއްޔެވެ؟ އުފަލުގައި އެގޮތުގައި ކޮލެޖުގެ ތިން އަހަރު ފާއިތުވެގެން ދިޔަގޮތެއް ވެސް ނޭނގުނެވެ. ހީވީ އެކުގައި އަދި ހޭދަކުރެވުނީ އެންމެ ތިން މިނެޓުހެންނެވެ. މީހުން ބުނެއުޅެއެވެ. ލޯބިވާ މީހަކާއި އެކުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރިޔަސް ހީވާނީ އެއީ މަދު ސިކުންތު ކޮޅެއްހެންނެވެ. ލުޖައިން ވެސް އަހަރެނަށް ރަނގަޅުވުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މީހެއް ކައިރީ އަހާލުމެއް ކަހާލުމެއް ނެތި މުޅި ހަޔާތުގައި ވެސް ނިންމި ފުރަތަމަ ނިންމުން ކާމިޔާބު ކަމާއި އެކު ދާތީއެވެ.

ކޮލެޖުގެ އުފާވެރި ދުވަސްތައް ނިމުނު ކަމުގައި ވިޔަސް އަހަރެން ހުރީ އަދިވެސް ކިޔަވަން ބޭނުންވެފައެވެ.
އަހަރެންގެ މައިންބަފައިންގެ އެދުމަކީ ވެސް އެއީއެވެ.
އިތުރަށް އެއް އަހަރު ލުޖައިން އާއިއެކު މާލޭގައި ހޭދަކުރަން ލިބުމުން އަހަރެން ހުރީ ދުނިޔެ ރަންވެފައެވެ. އެވަރުގެ އުފަލެއް ދެން އަހަރެންނަށް ނުލިބޭނެ ފަދައެވެ.
އެހެން ކަމުން ފުރުސަތު ހުޅުވާލުމުން އަހަރެން މާސްޓާރސް ކޯހަށް ކުރިމަތިލީމެވެ. ސްކޮލަޝިޕް ލިބިފައިވުމުން އަތުން ލާރިތަކެއް ނުދެއެވެ. އަހަރެން ހުރީ ލުޖައިން ވެސް އަހަރެންނާއި އެކު އެ ކޯހުގައި ބައިވެރިވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ދީފައިވާ މުއްދަތު ހަމަވާން ކައިރިވި އިރުވެސް ފޯމު ނުފުރާކަން އެނގުމުން އަހަރެން ހިތްހަމަނުޖެހުނެވެ. ސުވާލު ވެސް ކުރީމެވެ. ނަމަވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. މައްސަލަ ގަނޑަކަށް ހަދައި ޒުވާބުކުރަން ބޭނުންނުވާތީ އަހަރެން އެ ވާހަކަ މާގިނައިން ނުދައްކަމެވެ.

އެއްރެޔަކު ލުޖައިންގެ ކޯލެއް އަހަރެނަށް ލިބުނެވެ. އާންމުކޮށް ބައްދަލު ކުރާތަނުން ވަރަށް އަވަހަށް ބައްދަލު
ކުރުމަށް އެދުނެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. މުޅި ދުވަހު އެއްވެސް މެސެޖެއް އަދި ފޯނު ކުރުމެއްނެތި އެރޭ އެގާރަ ޖެހިއިރު ލުޖައިން ގުޅީމައެވެ. އެއީ މިވީ ތިން އަހަރުތެރޭގައި އޭނާ ގުޅި ގަޑިއެއް ނޫނެވެ. ބައްދަލުކުރަން އެދުނު ގަޑި އެއްވެސް ނޫނެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު ވީ އެންމެ އަވަހަކަށް އަހަރެން ދިޔައީމެވެ. އޭރު ލުޖައިން، ރެސްޓޯރެންޓު ދޮރުމަތީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. އޭނާގެ މޫނު މަތިން އެ ދުވަހު ފެންނަމުން ދިޔަ އިހުސާސްތައް ބަޔާންކޮށްދޭން ދައްޗެވެ. އަހަރެން ފެނުމުން ލުޖައިން އަހަރެންގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ. އަދި މާދަން ބޭރަށް ކިޔަވަން ފުރަން އުޅޭ ޙަބަރުދިނެވެ. އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުއްލި އަކަށް އެކަހަލަ ވާހަކައެއް ބުނުމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލުޖައިންގެ އާއިލާ އެދޭ ގޮތަކީ އެއީކަމަށް ބުންޏެވެ. އެންމެ އެއް އަހަރު ދުވަހުގެ ކޯހަކަށް ރާއްޖޭން ބޭރަށް ދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދެން އަހަރެމެން ދެމީހުންގެ ގުޅުމަށް ވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ޚިޔާލުތައް ސިކުނޑި އަށް ވެރިވާން ފެށުމުން އަހަރެންގެ ލޮލުން ކަރުނައައެވެ. ލުޖައިންގެ އެ އޯގާތެރި ދެ އަތުން އަހަރެންގެ ކަރުނަތައް ވަރަށް ލޯބިން ފޮހެދިނެވެ. ދުވަހަކު ވެސް ވަކިނުވާނެ ކަމަށް ބުނެ ގިނަ ވައުދުތައް ވިއެވެ. އަހަރެން އެރޭ ގެއަށް ދިޔައީ ވަރަށް ދެރަވެ އަދި ހިތްހަމަ ވެސް ނުޖެހި ހުރެއެވެ. ލުޖައިންގެ ހަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމާލި އިރު ދޮންކަޅު އަންގާ ނުލިތާނގައި “ހޭ” ވެސް އަހާ ނުލިއެވެ. އެރެއަކު އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. ފަތިސް ވަންދެން އަހަރެން ހޭދަކުރީ ރުއިމުގައެވެ. ލުޖައިން ފުރުވުމަށް އެއާޕޯޓަށް ވެސް ދިޔައީމެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުރީމެވެ. ނުދާށޭ ބުނުމަށް ހާދަ ހިތްއެދުނެވެ. ނަމަވެސް އޭރުން އަހަރެން ވާނީ ކިހާ އަމިއްލަ އެދުން ބޮޑު ނުބައި މީހަކަށް ހެއްޔެވެ؟ ލުޖައިން ކިޔަވައި މޮޅުވެގެން އައުމުން އެއީ އަހަރެންނަށް ވެސް ލިބޭ ކުރިއެރުމެކެވެ. ނަމަވެސް އެކަން އަހަރެންގެ ބަސްނާހާ ހިތަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟

ލުޖައިން ދިޔަ ފަހުން މިހާރު މަސް ދުވަސްވާން ކައިރިވަނީއެވެ. އެއީ މުޅިން އެހެން ޤައުމެއް ކަމުން ގަޑި ތަފާތުވުމުގެ ސަބަބުން ވާހަކަ ދެއްކެނީ ވަރަށް މަދުންނެވެ. މަދުމަދުން ކޮށްލަނީ މެސެޖެކެވެ. ލުޖައިންގެ ކިޔެވުން އަހަރެންގެ ކިޔެވުމަށް ވުރެ މާ އަވަހަށް ފެށުނެވެ. އެހެންކަމުން އުނދަގޫ ނުކުރަން ވެގެން އަހަރެން ވެސް މާ ގިނައިން މެސެޖު ކޮށް ގުޅާ ނުހަދަމެވެ. ނަމަވެސް މަޑުމަޑުން ލުޖައިން އަހަރެންނާއި ދުރުވާކަން އަހަރެންނަށް ފާހަގަކުރެވެން ފެށުނެވެ. ނަމަވެސް އެއީ ކިޔެވުމުގައި ވަގުތު ހޭދަކުރާތީ ކަމަށް
ޤަބޫލުކޮށްލައިގެން ހިތްހަމަޖައްސާލައިގެން އަހަރެން ހުރީމެވެ. މުސްކުޅި ބަހެއް ގައި އޮވެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. އަހަރެންނަށް ވެސް ވީ ހަމަ އެހެންނެވެ. އެ ނޫން ގޮތަކަށް ވިސްނާލި ނަމަ މިއަދު އަހަރެންގެ ހާލަތު މާބޮޑަށް ވެސް ރަނގަޅު ވީސް ކަންނޭނގެއެވެ.

މާ ގިނަ ދުވަހެއް ނުވެ އަހަރެންގެ ކޯސް ފެށުމުން އެކަނިވެރިކަން ތަންކޮޅެއް ކުޑަވިއެވެ. ނަމަވެސް ލުޖައިން ނެތުމުން ހީވަނީ ހަށިގަނޑުން ބައެއް މަދުހެންނެވެ. މި އިހުސާސް އޭނާ އަށް ވެސް ކުރެވޭނެ ނަމައެވެ.

އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ލުޖައިން ކިޔަވައި
ނިމިގެން ރާއްޖެ އަންނާނެ ދުވަހަކަށެވެ. ދިގު އިންތިޒާރަކަށް ފަހު އެ ދުވަސް އަތުވެއްޖެއެވެ. އޭނާ މާލެ އަންނަން އުޅޭ ޚަބަރު ލިބުން އަހަރެންނަށް އުފަލުން ރޮވުނެވެ. އަހަރެން ކުރި ދިގު އިންތިޒާރަކަށް ނިމުން އައީތީއެވެ. އަހަރެންގެ އުއްމީދުތައް ހަޤީގަތަކަށް ވާ ދުވަހު ކައިރިވަނީ ކަމަށް ހިތަށް އަރައެވެ. ނަމަވެސް ތަޤުދީރުގެ ރޭވުން އިނގޭނީ ކިހިނެއްހެއްޔެވެ؟

ލުޖައިން މާލެ އައި ދުވަހު އޭނާ އަށް ވަރަށް ގުޅީމެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މެސެޖު ކުރެވުނު އަދަދެއް ނޭނގެއެވެ. މީހަކަށް އެވަރަށް އުނދަގޫ ކުރަން ވެސް ނުވާނެ ހިތަށް އެރިއެވެ. ނަމަވެސް މާލެ އައިސް ގުޅާނޭ ކަމަށް ބުނެފައި އެއްވެސް ޚަބަރެއް ނުވުމުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލުޖައިން އަށް ކޮންމެވެސް ދެރަގޮތެއް ވީއޭ ހިތަށް އަރައި ވަރަށް މާޔޫސްވިއެވެ. އެރޭ ރޭގަނޑު އަށެއް ޖެހިއިރު އޭނާގެ މެސެޖެއް ލިބުނެވެ.ބައްދަލު ކުރަން ބޭނުންވާ ކަމަށް ލިޔެފައި އޮތެވެ. ވަރުގެ ކޮޅަށް ނަލަ ހެދިލައިގެން އަހަރެން ދިޔައީ ވަރަށް އުފަލުން ލުޖައިން އާއި ބައްދަލު ކުރާށެވެ. ނަމަވެސް އަހަރެންގެ މޫނުގައި ވާ ހިނިތުންވުން ފިލައިގެން ދިޔައީ ލުޖައިން އާއިއެކު ހުރި އަންހެން ކުއްޖެއް ފެނުމުންނެވެ. ލުޖައިން ބުނި ގޮތުގައި އެއީ އޭނާ އާއި އެކު އެއް ކްލާހެއްގައި ކިޔަވަން އުޅުނު ކުއްޖެކެވެ. އޭނާ ދެކެ ލޯބިވާ ކަމަށް ބުންޏެވެ. އަދި އަންނަ މަހު ކައިވެނި ކުރަން އުޅޭ ވާހަކަ ވެސް ބުންޏެވެ. އަހަރެމެންގެ ގުޅުން މި ހިސާބުން ނިމުނީ ކަމަށް ބުނެ ހިނގައިގަތެވެ. އަހަރެންނަށް ރޯންފެށުނެވެ. އެގޮތަށް ކަންތައް ނުކުރުމަށް އެދި އާދޭސްކުރީމެވެ. ހިތެއް އޮތް މީހެއް ނަމަ އެރޭ އަހަރެން އުޅުނު ގޮތުން އަސަރެއް ނުކޮށް ނުހުންނާނެއެވެ. ނަމަވެސް ލުޖައިން އޭނާގެ ލޯބިވެރިޔާ އާއި އެކު ހިނގައިގަތީ އަހަރެން މީ ދުވަހު ނުވެސް ދަންނަ މީހެއް ފަދައިން އަޅާވެސް ނުލައެވެ. އެ އަންހެން ކުއްޖާ އަކީ ބޭރު ކުއްޖެއް ކަމުން އަހަރެމެން ދެއްކި ވާހަކަ އެއް އޭނާ އަކަށް ނޭނގޭނެއެވެ. ނަމަވެސް އޭނާ ލުޖައިން ގާތު އަހަރެންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ލުޖައިން ދިން
ޖަވާބަކީ އެއީ ކުރީގެ ރައްޓެއްސެއް ކަމާއި ގިނަ ދުވަސް ކޮށްފައި ފެނުމުން ރޮވުނީކަމަށެވެ. އެހާ ފަސޭހައިން އަހަރެން މަތިން އޭނާ ހަނދާން ނައްތާލީ ކިހިނެއްހެއްޔެވެ؟ ކުރި ވަޢުދު ތަކާއި އަހުދުތައް ކޮބާހެއްޔެވެ؟ ފުރުމުގެ ކުރިން ލުޖައިން ވަނީ އެނބުރި އައިސް އެންމެ ފުރަތަމަވެސް އާއިލާ ގާތު ކައިވެނީގެ ވާހަކަ ދައްކާނެ ކަމަށް ވަޢުދުވެފައެވެ. އަހަރެން ގެއަށް ދިޔައީ ހިތް ކުދިކުދި ވެފައިވާ ހާލުގައެވެ. ގެއަށް ގޮސް ވެސް އަހަރެން ވަރަށް ރުއީމެވެ. އަހަރެންގެ ތަޤުދީރާއި މެދުގައި ޝަކުވާކުރީމެވެ. މިވީ އެއްއަހަރު ދުވަހު ތެރޭ އަހަރެން އެހެން ފިރިހެނަކަށް ބަލާވެސް ނުލަމެވެ. ލުޖައިން އަށް ވަފާތެރިވީމެވެ. ނަމަވެސް ބަދަލުގައި އޭނާ އަހަރެންނަށް އެ ދިނީ ކިހާ ބޮޑު ކެއްސެއްހެއްޔެވެ؟ މާލޭގައި އެންމެ ހިނދުކޮޅަކަށް ވެސް މަޑު ކުރާނޭ ހިތްވަރު ނެތުމުން ރަށަށް ފުރައިގެން ދިޔައީމެވެ. ނަމަވެސް އަހަރެންގެ ހާލަތު ރަނގަޅެއް ނުވިއެވެ. ނަތީޖާއަކަށް ވީ އެންމެފަހުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވުމެވެ. އަމިއްލަ އަށް މަރުވާން މަސައްކަތް ކުރަންފެށުމެވެ. އެކަން އަހަރެންގެ ދޮންތަ އަށް އެނގިގެން ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަކަށް އަހަރެން ގޮވައިގެން މާލެ ދިޔައެވެ. ހިތުން ރުހުމުން ދިޔައީކީ ނޫނެވެ. ދޮންތަގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން ނުކެރިގެން ދިޔައީއެވެ. އެދުވަހު މާލެ ދެވުނީ މިއަދު އުފާކުރަމެވެ. ޑޮކްޓަރުގެ އެހީ އާއި އާއިލާގެ އޯގާތެރި ބަސްތަކުން އަހަރެން ދެމަހެއްހާ ދުވަސްތެރޭގައި ކޮންމެވެސް ވަރަަކަށް ރަނގަޅުވިއެވެ. ގަދަ ނިންޖަކުން ނިދާފައިވާ އަހަރެންނަށް ހޭލެވުނީ އެހާ ހިސާބުންނެވެ. ކުރެވެން އުޅުނީ ކިހާ ބޮޑު ފާފަ އެއްކަން ވިސްނުނީދެނެވެ. އެނބުރި ރަށަށް ދިޔުމަށް ދޮންތަ އެދުމުން އަހަރެން ދާން ދެކޮޅުހެދީމެވެ. އަހަރެން ބޭނުންވީ މާލެގައި ހުރެގެން ރަނގަޅު ވަޒީފާ އެއް އަދާކުރާށެވެ. ދަތި ހާލު ގައި އުޅެމުން ވެސް އާއިލާ އަހަރެންނަށްޓަކައި ހޭދަކުރި ފައިސާގެ އަދަދު އަހަރެންނަށް އެނގެއެވެ. އެއްވެސް މީހަކަށް ހުރި ބުރައަކަށް ވާން ނޭދޭތީ ވަޒީފާ އަކަށް ގޮސް އަމިއްލަ ފައިމައްޗަށް ތެދުވަން ނިންމީއެވެ.

މިއަދަކީ އޭގެ ދިހައަހަރު ފަހެވެ. މިހާރު އަހަރެން ދިރިއުޅެމުން މިގެންދަނީ ލަންކާގައެވެ. ވަޒީފާގައި ފަސް އަހަރު ދުވަހު އުޅެގެން އެއްކުރެވުނު ފައިސާއިންނެވެ. ލުޖައިންގެ ފަހުން އަހަރެންގެ ހަޔާތަށް އިތުރު މީހަކު ނުގެންނަމެވެ. އަހަރެން ލުޖައިން ދެކެ ވީ ސާފު ތެދުވެރި ހަޤީޤީ ލޯތްބެވެ. ތިރީހުން މައްޗަށް ދިޔައިރު ވެސް ކައިވެނި ނުކޮށް ހުންނާތީ އަހަރެންނަށް ވަރަށް ގިނަ ސުވާލުތައް އަމާޒުވެއެވެ. ނަމަވެސް އަހަރެން ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ؟ “ލޯބި” މި ލަފުޒު މިހާރު އިވުނަސް އަހަރެން ގަންނަނީ ފާޑެއްގެ ބިރެކެވެ.

(ނިމުނީ)

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އިންސާފް (ސާދަވަނަ ބައި)

Next

ފިނި ހިތް 8

Next
August 13, 2024

ފިނި ހިތް 8

Previews
August 12, 2024

އިންސާފް (ސާދަވަނަ ބައި)

3 Comments!

  1. Cutie girl says:
    August 13, 2024 at 11:51 pm

    Mi story ves v Reethi masha allah
    Mi vaahaka kiyaafa rovijje
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih its ok
    Alhugandu ge support Abadhuves libeyne insha Allah
    Love you ❤️😍

    1. Ara Ara says:
      August 14, 2024 at 12:08 am

      Thank you so much 🥰🥰

  2. Broken.. says:
    January 26, 2025 at 11:38 pm

    This story is really relatable even though I am a teen.. Just wow.. U did a great job.. 🙂 u proved that sometimes love is about letting go but not holding on.. And Ehmmennah dhiri ulhumuga dhakkaaany thafaathu kula Kan.. Varah reethi vhk eh Masha Allah..

Comments are closed.



All Right Reserved!