ވައުދޭ ވެވޭ މީ… 36
ފެންވަރާ ތާޒާ ވުމަށް ފަހު ގަޔަށް ޑިއޯ ކޮޅެއް ޖަހާލާ، މަޑު ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއް ނަގައި ގަޔަށް މަހާލިއވެ. މޭޒުމަތީގައި އޮތް ވައިޓް ބީޑްސްގެ ފަށް ކަރުގައި އަޅާލިއެވެ. ގަޔަށް ޓޮމް ފޯރޑް ވެނިލް ފުޅިން ގަޔަށް ދެފަހަރަކު ޖަހާލުމަށް ފަހު އެނދުމަތީ އޮތް ފޯނު ހިފައިގެން ބޭރަށް ނިކުތެވެ. ބޮލުގައި އަތް ފުނާ އަޅަމުން މާކިން ގެއިން ނުކުމެގެން ގޮސް ޖެހިގެން އޮތް މަގުގައި ހުރި ފިހާރަ އަށް ވަދެލިއެވެ. ނޫޑުލިސް ޕެކެޓަކާއި ކޯކު ފުޅިއެއް ނެގުމަށްފަހު ކައުންޓަރު ކައިރިއަށް ދިޔައެވެ. ނަމަވެސް ކައިރިން އަޅާފައި ދިޔަ އަންހެން ކުއްޖާގެ ގައިން ދުވި ލުއި ލުއި މީރުވަހުން މާކިން ގެ ފައިގައި ކަސްތަޅު އެޅުވިގެން ދިޔަ ކަހަލައެވެ. ހިތުގެ ތެޅުން އެހެން ރާގަކަށް ބަދަލުވެގެން ދިޔަ ހިނދު އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް މޫނު ފެންނަ ގޮތެއް ނުވިއެވެ. ޖެހިގެން އިން ޝެލްފްގެ ބިއްދޮށަށް ވަދެ އެ ކުއްޖާ ނިވާވެލީވެސް އަވަހަށޭ މާކިންގެ ހިތަށް އެރިއެވެ. ދެންމެ އޭނާ އަށް ވީ ގޮތް ހިތަށް އެރުމުން ރަކި ހިންޏެއް މާކިންގެ ތުންފަތަށް ވެރިވިއެވެ. އަމިއްލަ މޮޔަކަމަށް ކުދި ކިޔަމުން ގޮސް ކައުންޓަރު ކައިރިއަށް މަޑުކޮށްލާ ސިނގިރޭޓު ފޮއްޓަކަށް ވެސް ބުނެލިއެވެ. އެ ވަގުތަށް ވީ އެއްކަލަ އަންހެން ކުއްޖާވެސް ކައުންޓަރު ކައިރިއަށް އައިސް މަޑުކުރި ވަގުތަށެވެ. އިސާހިތަކު މާކިންގެ ހުރިހާ ސަމާލުކަމެއް އެ އަންހެން ކުއްޖާގެ ހުރިހާ އަދާތަކަށް ހުއްޓިގެން ދިޔައެވެ. ކަޅި ޖަހާ ނުލާ ބަލަން ހުރެވުނީ އާޝޯހު ވީ ވަރުންނެވެ. ނަމަވެސް ނަޒަރު ބަދަލުކޮށްލަން މަޖުބޫރު ވީ އެ އަންހެން ކުއްޖާ ބަލައިލި ގޮތުންނެވެ. ދެލޯ އަޅައިގެން އެއްބުމަ ހިއްލާލައިގެން ހުރި ގޮތުން ލޯބި ގޮތެއް ހުއްޓަސް މާކިން އަށް ހީވީ ނުބައި ކަމެއް ކުރަނިކޮށް ވަގު އަތުލައިގަތީ ހެންނެވެ. އަވަސް އަވަހަށް ކާޑު މެޝިނުގައި ކާޑު ޖައްސާފައި އެއްފަހަރު އެ އަންހެން ކުއްޖާ އަށް ބަލައިލަމުން ފިހާރައިން ނުކުތެވެ.
– ތިރީސް ހަވަަނަ ބައި –
**
ކޮޓަރީގައި ކޮފީ ތައްޓެއް ބޯން އިން ނައިރާގެ ސަމާލުކަން ރިންގުވަމުން ދިޔަ ފޯނަށް ހުއްޓުނެވެ. އަތުގައި އިން ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓާލަމުން ނައިރާ ފޯނު ނަގާ ކަނފަތުގައި ޖަހާލިއެވެ. ފޯނުގެ އަނެއް ފަރާތުން އިވިގެން ދިޔަ ޝާމިން ގެ އަޑާއި އެކު ނައިރާގެ ތުންފަތަށް ހިތުން ވުމެއް ވެރިވިއެވެ.
” ކޮބާ ކޮންއިރަކު ޕްލޭން އާއިގެން ކުރިއަށް ދާނީ.. އަހަންނަށް ވަރިހަމަ މަށަށް އީވާ ނުލިބުނަސް.. އެ އިޔާޝް އާ އެއްކޮށް އެ *** އަށް ނޫޅެވޭ ވަރު ކުރަން މަ ބޭނުމީ.. އޭރުން ކަލެއަށް ނުލާހިކު ފަސޭހައިން އިޔާޝް ލިބޭނެ” ރޭވުންތެރި ކަމާއިއެކު ޝާމިން ބުނެލި ބަސްތައް އަޑު އިވި ނައިރާ ކައިރި އަށް އައީ ހިންޏެވެ.
“ހަހަހާ.. ކެއްލަވާ ބަލަ.. މަ ބޭނުމެއް ނޫން ދުވަސްކޮޅެއްގެ ކަމަކަށް މިކަން ވާކަށް.. އީވާ މިތާނގަ ހުރިހާ ދުވަހަކު ނޭނގެ އިޔާޗްގެ ނިންމުން ބަދަލުވާނި ކޮން އިރަކު ކަމެއް.. އެހެން ވީމަ މީގަ އޮތީ ދެގޮތް… އެއްގޮތަކީ ކަލޭ އޭނަ އަށް ހަދާނެ އެއްޗެއް ހެދުން.. އެހެން ނޫނީ ދެން އޮންނާނީ މަ ބޭނުންވާ ގޮތަށް ކަންތަށް ކުރުން.. އެ ވެދާނެ އިވާގެ ފުރާނަ އާ ކުޅެލުން ކަމަށް ވެސް… ” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ނައިރާ މަޑުމަޑުން ހިނގާލާފައި ގޮސް ކުރިންވެސް އޭނާ އިން ތާނގައި އިޝީންދެ ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.
” ކަލެއަށް އެވަރު ކުރަން ކެރޭނެ؟” އިރުގަނޑަކަށް ފަހު ޝާމިން އަހާލިއެވެ.
” ދެން ބަލަމާ… ”
” ހެލޯ؟…” ” ހައި….” “ފްރީ ތަ މިއަދު؟..” ” ކިހާ އިރަކަށް؟..” ” ހަވީރަށް..” ” ހްމްމްމް.. ވާނެ.. މިރޭ ދެން ބިޒީ ވާނީ.. ކުއްޖެއްގެ ބާތްޑޭ ޑްރެސް އެއް އެބޮތް ނިންމަން..” ” އަހަންނާ އެއްކޮށް ބޭރަށް ދާން ކެރޭނެ؟..” ” އަމް.. ޝުއާރ.. ހެހެ” ފޯނުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ އިއަން އާއި ޒައިހާ ދިޔައީ ހަވީރު ބޭރަށް ދިއުމަށް ޕްލޭން ކުރަމުންނެވެ. އިއަންގެ އެދުމަކަށް އޭނާ އާއި އެކު ބޭރަށް ދާން އެހުމުން ޒައިހާގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ފޯނު ކަނޑާލުމުން ޒައިހާ އުފަލުން ހަޅޭއްލަވައިގަނެ އަތުގައި ހުރި ފޮތި މާތަށް މައްޗަށް އުކާލާ އެނބުރިގަތެވެ. ޚިޔާލުގައި ވަނީ ދޮންވެލި ތުނޑިއެއް މަތީ ދެމީހުން ހިނގާލާފައި ދާ ތަނެވެ. އިރުގަނޑަކު ހިނގުމަށް ފަހު ޒައިހާ ދުއްވައިގަތުމުން އިއަން ވެސް އޭނާގެ ފަހަތުން ދުއްވައިގަތުމަށް ފަހު ޒައިހާ އަތުލާ އެ ހަށިގަނޑުގައި ފަހަތުން ބައްދާލާ އެނބުރިގަންނަ ތަނެވެ.
ހިޔާލު ތަކުގެ ތެރެއިން ނިކުމެވުމައި އެކު ޒައިހާ ތިރިއަށް ވެރިފައި ހުރި މާތަށް އަލުން ހޮވާ އޭނާ ފަހަން އިން ހެދުމުގައި އަތުރަން ފެށިއެވެ. އޭރުވެސް އެ ތުންފަތުގައި ކުޅެލާފައި ވަނި ފޮނި ހިނިތުންވުމެކެވެ.
ފެންވަރައިގެން ޒައިހާ ނުކުތުމައި އެކު ކޮޓަރިތެރޭގައި ހިފާލީ ޕީޗް ސައިބޯނީގެ ހިތްގައިމު މީރުވަހެވެ. އިސްތަށިގަނޑުން ފެން ހިއްކާލުމަށްފަހު ގައިގައި ބޮޑީ ބަޓާ އުނގުޅާލައި ގަޔަށް ބޮޑީ މިސްޓް ޖަހާލުމަށް ފަހު ޒައިހާ އޭނާ ލާން ނަގާފައި އޮތް ހެދުމާއި ކަޅު ޓައިޓު ލިއެވެ. ކުޑަ ގޮތަކަށް ރީތި ވުމަށްފަހު ސްކާފް ވެސް ރީތި ގޮތަކަށް އަޅާލިއެވެ. އަތުގައި ހިމަ ކެވެލި ފަށެއް އަޅާލުމަށް ފަހު ގަޔަށް ލޭޑީ މިލިއަން ގެ ރޮޔާލް ސެންޓު ފުޅިން ޖަހާލާ އޭނާގެ ފޯނާއި އަތް ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. ހަވީރު އަރާ ފައިވާނެއް ހަރުން ނެގުމަށް ފަހު ކުޑަދޮރުން އަދިވެސް އެއްފަހަރު އޭނާ ހުރީ ކިހިނެއްތޯ ބަލާލިއެވެ. ސްކާފް ގެ ނިތްގަނޑު ރީތިކޮށްލާ ތުންފަތް އޫ ކޮށްލުމަށްފަހު ދެތިން ފަހަރު ތުއި ވެލާފައި ގޭގެ މައިދޮރާ ދިމާއަށް ދުއްވައިގަތެވެ.
ދޮރު ހުޅުވަލާފައި ޒައިހާ ނިކުތް އިރު އިއަންވެސް ސައިކަލުގައި އައިސް އެ ގެ ކައިރި މަޑު ކުރަނީ އެވެ. ” ލަހެއް ނުވި ދޯ؟..” ކައިރިއަށް އައިސް ހުއްޓުނު އިއަން އާއި މުޚާތަބް ކޮށް ޒައިހާ ބުނެލިއެވެ. ނަމަވެސް އިއަން އަށް އެ އަޑު އިވުނު ހެން ހިޔެއް ނުވެއެވެ. އެއަށް ވުރެން ބޮޑަށް އޭނާ ވަނީ ޒައިހާގެ ރީތިކަމަށް ގެއްލިފައެވެ.
ކަޅު ކުލައިގެ ގަޔަށް ހެޔޮވަރަށް ހުރި ދިގު ހެދުމުގެ މަތިން އަޅާފައިވި މުށި ކުލައެއްގެ ސްވެޓަރ އާއި ކަޅު ކުލައިގެ ސްކާފް ނުލާހިކު ގުޅެއެވެ. ސްކާފް ގެ ދަށުން ފެންނަން އޮތް އޮއެވާލި ހުދާއި ރޯޒް ގޯލްޑް ހެރޮން ފަށާއި ވޫލް އިން ވިޔެފައިވި އަތްދަބަސް އެ މުޅި އައުޓްފިޓް އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކޮށްފައިވި ލުއި މޭކް އަޕް އިން އެ މޫނުގެ އަސްލު ފެންނަން ހުއްޓެވެ. ދިގު އެސްފިޔަ ތަކުގައި މަސްކަރާ ލާފައި ވުމުން އިތުރަށް ކުލަ ގަދަކަމަށް ދައްކައެވެ. ދެ ކޯތާފަތުގައި މަޑު އޮރެންޖު ނޫނީ ފިޔާތޮށި ކުލައަކަށް ދާ ބްލަޝް އަކާއި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއްގެ ގްލޮސް އެއް ބޭނުން ކުރުން ފިޔަވާ އެހެން މޭކަޕް އެއް އެ މޫނު މަތިން ފެންނާކަށް ނެތެވެ. ކުރިމަތީ ހުރި ހޫރަށް ބަލަން ހުރި އިއަން ގެ ތަލިން ކުޅު ހިކުނެވެ. ޒައިހާގެ ފުރިހަމަ ސޫރައަށް ގެއްލިފައި އިއަން އަށް ހުރެވުނު އިރު އެކަމާ ޒައިހާ ލަދުން ވިރެމުން ދާކަންވެސް ރެއަކާއެއް ނުލައެވެ. އިއަން ކަޅި ޖަހާ ނުލާ ބަލަން ހުންނަން ފެށުމުން ޒައިހާ އެންމެފަހުން ސައިކަލުގެ ފަހަތަށް ވާހެން ހުއްޓިލިއެވެ. ކިރިޔާވެސް އިއަން އަށް ހަމަ ހޭ ވެރިކަން ވީ އެހިސާބުންނެވެ. ޒައިހާ ކައިރި ސައިކަލަށް އަރަން ބުނުމަށްފަހު އިއަން ނަފްސު ހަމައަކަށް އަޅުވާލިއެވެ.
ވާނީވެސް އެހެން ތާއެވެ. ގޮތްނޭނގޭ އިހުސާސްތަކެއް ހިތުގައި އާލާވެ އުތުރި އަރަމުން ދާއިރު އެ އިހުސާސްތަށް ހޭލަނީ ވެސް ޒައިހާ ފެންނަ ހިނދުންނެވެ. ނުވަތަ އެ އަޑު ޖެހުމުންނެވެ. ކޮންމެ ތާކުން ވިޔަސް ޒައިހާ ފެންނަން ވައިރަށް އިއަންގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރުވައެވެ. ހިތް ތެޅިފޮޅެގަންނަނީ އޭގެ މަގާމުން ދޫވެގެން ހިނގައިދާނެހާ ބާރަށެވެ. މިފަދަ އެތަށް ކަމެއް ވަމުން ދާހިނދު އިއަން އަށް ނަފްސު ހަމައަކަށް އެޅުން ވަނީވެސް އުނދަގޫ ކަމަކަށް ވެފައެވެ. ހީވާ ގޮތުގައި އެކަން ކުރެވޭނީވެސް ޒައިހާ އަށް ފަދައެވެ.
އިއަން އަށް ނޭނގުނަސް ޒައިހާ ވެސް ތަހަންމަލް ކުރަމުން ދަނީ އެއްކަމެކެވެ. ހަމަ އެއް އިހުސާސް ތަކެކެވެ. އިއަންގެ ލޯތްބާއި އަޅާލުމަށް އެ ހިތް އެދި ގޮވާ ވަރު ދަންނާނީ ހަމަ އެންމެ ފަރާތެކެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Iyan and zaiha v gulhey
They both are made for each other
Ayaash and eavaa dhuru nukurachey
Zeeva and vishaam ves
They all are made for each other
V interesting story
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️😍
އެއީ ހެދުންއެޅުންކަމަށް ވިޔަސް އުޅުންކަމަށް ވިޔަސް އަދި އިހުސާސްތައްކަމަށް ވިޔަސް ވަރަށް ވެސް ރީތި ސިފަކުރުންތަކެއް
Alhe avahah up kohdheeba pls
Kiyaa hithun nuhurevey
Sorry for the late reply
Next part is already uploaded hope you’ll love it. 🤗
Mi part vx vrh furihama
Whn nxt part is going to upload
Curiously waiting for the nxt episode
Alhe Naira eulheny Eavaa maraalan tha….. Pls ehen nahadhahche
Shaamin vx haadha goahey dhw.. Eavaa ah ufaleh libeykah vx Shaamin beynumeh nuvey
Maakin ah heyo magu fenijje dhw…. Naaif aa Mishka ge gulhumah Maakin ebbas vaane kanneyge dhen… Nxt part kon irakun
Curiously waiting for the nxt part
Avahah up kohdhehche.. Dhn emme inthizaar kureveny mi vaahk nimeyne dhuvahakah
Naaif and mishka???
37th episode is uploaded.. hope you’ll enjoy☺️
Insha Allah next week in dhuvahehggai 38th episode up Kohl’s dheynan
zeevaa and vishaam dhuru nukurahchey, naaif ah vx rangalhu kuhjjeh libeyne gothakah vrh vrh vrh reethi vhk ehh, waiting for the next part avas kohla dhehchey plxxxx