ތެމި ވާރޭގައި ވީމޭ 22 & 23
އެޕިސޯޑް 22
ޔަގީނުން ވެސް ދެންމެ އޭނާ ކީ ހުރިޙާ އެއްޗެއް ވެސް ޒަޔާން އަށް އިވޭނެއެވެ. އޭނާއަށް އިންތަނުން ގުޑުވާ ނުލެވި އިންދާ ފަހަރަކު މީހަކު ދަމުން ގޮސް އޭނާ އާއި ޒަޔާން އެކަނި ވިއެވެ. މީޝަމްގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ.
***
މީޝަމްގެ ހިތް ރޯ މަހެއް ތެޅޭހެން ތެޅެމުން ދިޔައިރު އިށީންދެ އިން ތަނުން ތެދުވެ ދުއްވައި ގަނެފާނަމޭ އެތައް ފަހަރަކު އޭނާގެ ހިތައް އެރިއެވެ. ނަމަވެސް އޭނާގެ ދެފައި ހަރަކާތެއް ނުކުރި އެވެ. އޭނާގެ ހިތުގެ ތެޅުން ދެގުނަ ވެގެންދިޔައީ ޒަޔާން، އޭނާއާއި ޖެހޭ ނުޖެހޭ ހިސާބުގައި އިށީނުމުންނެވެ. ޒަޔާން ބޭނުން ކޮށްފައި ހުރި “ހޫގޯ” ސެންޓްގެ މީރުވެސް ދޮވާލުމުން އިސްޖެހިފައި އިން މީޝަމްއަށް ނޭފަތް ދަމާލެވުނެވެ.
“ކާކު ބުނީ މަށާ ޝިއުރާ އާއި ރައްޓެހި ވެގެންނޭ އުޅެނީ..” ޒަޔާންގެ ފިރިހެންވަންތަ އަޑުއެހާ ގާތުން އިވުމުން މީޝަމްގެ ހިއްސުތަކަށް އެނގުން ވެލިއެވެ.
“އޮފިސްގަ ކީ..” މީޝަމްގެ ޖަވާބު ކުރެވެ. އޭނާއަށް ވެފަ އިން ވަރުން ޒަޔާން ނުހޭން ކުރަމުންދިޔަ މަސައްކަތް ހީވަނީ ބޭކާރު ވެދާނެ ހެންނެވެ. މީޝަމް އެހެން އިރު ލޯބިކަމުން ކޯތާފަތުގައި ބީހިލަން ޒަޔާންގެ ހިތް އެދެމުންދިޔައެވެ. ހާތަ ފުރިހަމަ އެވެ. ލަދުގަތުމުގެ ސަބަބުން މުޅިމޫނަށް ވަނީ ޖަންބުކުލަ ފާއްދާލައިފައެވެ. އެ ރީތި ކުއްޖާ ގަޔާލާ ބޮނޑިކޮށްލަން ވެސް އޭނާގެ ހިތް ގޮވަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރައިލެވުނީ ކުރެވެމުންދިޔަ ވިޔާނުދާ ހިޔާލެއްގެ ސަބަބުންނެވެ. ހިތަކީ ވެސް ހާދަ ނުސިޔާނު މަސްކޮޅެކެވެ. އެކަހަލަ އެއްޗިހި އެ ހިތައް އަރަނީ ވެސް އެންމެ ނުބައި ވަގުތުގައެވެ. އެފަދަ ކަމެއް ކުރަން އޭނާ އޮތީ ވެސް ވަކި ކޮން ހައިސިއްޔަތެއް ހެއްޔެވެ.
“ބަޓް ޝިއުރާ ބުނަނީ މަށާ މީޝަމް އާ އަޅުވާ ކިޔައޭ އޮފިސްތެރޭގަ.. އޭނާ އުޅެނީ މަށާ ހެދި ..މީޝަމް އޭ ކިޔާ މަށާ މީހުން ދިމާ ކުރާ ވަރުން އޭނާ ގާތައް އެކަމުގެ ފޯރި އަރަނީ..ކިހިނެތް މިވަނީ ދެން..” މަޑުމަޑުން ޒަޔާންގެ އަޑު އައިރު މީޝަމް އަށް ސިހިފައި ބަލައިލެވިއްޖެއެވެ. އޭރު ޒަޔާން ހެވިފައި އިނެވެ. އޭނާއަށް އެއީ އަދި އާ ހަބަރެކެވެ. ދެލޯ ބޮޑުކޮށްލައިގެން އިން އިރު މީޝަމް އަށް އިތުރަށް ބުނާނެ އެއްޗެއް ވެސް ނެނގުނެވެ.
“ޔޫ ނޯ ވަޓް ޔޫ އާރ ސޯ ކިއުޓް ..” ޒަޔާންގެ އަޑުމަޑުވެފައި އެ އަޑުގައި ހުރި އަސަރަކުން މީޝަމްގެ ގައިގާ ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މީސަމް ބަލައިލިއިރު ޒަޔާން ބަލަހައްޓައިގެން އިން ނަޒަރުން މީޝަމް އަށް ހީވީ ނޭވާ ވެސް ހުއްޓިގެން ދިޔަހެންނެވެ. މީޝަމް އާއި ހަތަރުކަޅި ހަމަކޮށްގެން ހުރިގޮތައް ޒަޔާންގެ މޫނު މީޝަމްގެ މޫނާއި ކައިރިޔަށް ގެންދެވުން އިރު ވެސް ޒަޔާން އަކަށް ނޭނގުނެވެ.
އެކަމުން ނަގަން ވީ މާނާ އެއް މީޝަމް އަކަށް ނޭނގުނެވެ. އޭނާގެ މޭގަނޑު ތެޅެމުން ދިޔައިރު މީޙާގެ ގައިގާ ވެސް މަޑު ތުރުތުރެއް އުފެދިއްޖެއެވެ.
ދެމީހުންގެ މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާއި ދުރުން ރިހާމްގެ އަޑު އިވިގެން ހަމަހޭވެރިކަން ވެ ޒަޔާން، މީޝަމް އާއި ދުރަށް ޖެހިލިއެވެ. ޒަޔާން ބަލައިލި އިރު ދުވެލައިފައި މީޝަމް އެތަނުން ދަނީއެވެ.
“ކޮބާ ..ކޮބާ ޒަޔާނޫ..އެ ސޮރު ކޮބާތާ..”ޒަޔާންގެ އަޑެއް ނީވުމުން އަނެއްކާ ވެސް ޔަޒަން އާއި އެކު ގެޔަށް ވަދެގެން އައި ރިހާމް ނިކަން ބާރަށް ގޮވާލިއެވެ. މިފަހަރު ޒަޔާން ވެސް އޯތް އޭ ކިޔާ ގޮވާލިއެވެ.
***
“ޕިސް..އަޅެ މި ރިހާމު އެހާ ރޮމޭންޓިކް މޯމެންޓްއެކޭ އެ ސްޕޮއިލް ކޮށްލީ..” އަޒާން އަށް އަނގަހަދައިލެވެނެވެ.ނަވާރް އާއި މައިޝާ އަދި އަޒާން ތިބީ ނޫޜާގެ ކޮޓަރީގައެވެ. މިހުރާން ވެސް އެމީހުންނާއި އެއްކޮން ވަދެފައި ނަމްރާ ގޮވަން ފެށުމުން ދިޔައީއެވެ. ޒަޔާން އާއި މީޝަމްގެ ހުރިހާ މަންޒަރެއް އެކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލައިގެން ތިބެ އެމީހުން ބެލިއެވެ. އެ ކޮޓަރި ސިޓިންގްރޫމާއި ދިމާލަށް ވާހެން އިންނާތީވެ އެހުރިހާ މަންޒަރެއް ނިކަން ރީއްޗަށް ފެނުނެވެ. ނަވާރް އަތުގައި އޮތް ފޯނުން ދެތިން ފޮޓޯ ވެސް ނެގިއެވެ.
“އާހްހް.. ފައިނަލް އަމް ރިލީވްޑް … މިއަދު މި ފެނުން މަންޒަރުން ހީވަނީ އަވަސް މުސްތަގުބަލެއްގަ މިކަން ވެސް ދެން ނިމިދާނެހެން.. ދޮންތީ ވާނެ ކޮން ދުވަހަކު ޑިއުޓީ ނިމިގެން މިދެމީޙުންނަށް ގޮތެއް ހަދަން އަންނަން..” ދެންމެ ނެގި މީޝަމް އާއި ޒަޔާންގެ ފޮޓޯއަށް ބަލަމުން ނަވާރް ބުނެލި އިރު މޫނުމަތީގައި ވަނީ ލާނެތް ކަމަވެ. ނަވާރް އާއި އެއްބައިވެ މައިޝާ އާއި އަޒާން ވެސް ހޭންފެށިއެވެ.
“ކަމަނާ މިތާގަ ތިހުންނަނީ މި އަދި ކަމެއް ދަމެއް ބޮޑުވާ މަންޖެ އެއް ނޫނޭ ދޯ… ހިނގާބަ ކޭކް އާއި ކޭކް ޓޭބަލް ވެރައިޓީސް ވެސް ނިމިއްޖެ .. ގުޅާލައިފީމޭ އެ ދައްކަން ” އެ ކޮޓަރިއަށް ވަން އިސްރާ ބޮޑު ބަނޑާއި އެކު އައީ ނުހަނު ހަލުއި ކަމާއެކުއެވެ.
“ކުޑަ ކަމެއް ޖެހުނީ އޭ.. އެހެންވެ ގުޅިކަމެއް ވެސް ނޭނގުނީ.. ހިނގާބަ ދާން ..” އިސްރާ އާއެކު ނަވާރް އާއި މައިޝާ އާއެއްކޮން ދިޔައެވެ.
“ތިއްތި ދައްތާ އަހަރެން ހީކުރީ ގުޅާނެ ކަމަށޭ.. ތިގެއަށް ދާން އުޅެނިކޮން މަންމަ ކިޔަފި އެކަން އެބަ ނިމެއޭ.. އެހެންވެ މިހުރީ ” މައިޝާ އިސްރާ އާއި ދިމާ ބަލައިލަމުން ބުނެލިއެވެ.
“ޔެސް ގުޅަން އުޅުނީ..އެގަޑީގަ ފަރާ ދޮންތަ އާއި ފައި ތިއްތަ ވެސް އައިސްފި.. އެހެންވެ ވަރަށް އަވަހަށް ނިމިއްޖެ..އިއްޔެ އަހަރެމެން އެންމެ ވެގެން ކޭކް ނިންމާފަ އޭނު އިނީ މިއަދު ވެރައިޓީޒް ތައް…” އިސްރާ ވާހަކަ ދައްކަމުން ދިޔަ އިރު މައި ނޭވާ ލެވެއެވެ. ދުވަސް ފުރިފައި ވުމުން އޭނާ ފެންނަނީ ކުރިޔަށް ވުރެން ބުރަހެލި ކޮންނެވެ.
“އާހް މި ބިގް ބެލީކޮޅު ހިފައިގެން ނަވާ އަށް މިހާ ހެލްޕް ވެދޭތީ ވެސް މިހުންނަނީ ދެރަ ވެފަ.. ނެކްސްޓް ވީކްގަ އެޑްމިޓް ކޮށްފަ ހަމަ އެދުވަހުން ވިއްސާނެ ދޯ…އާހްހް އައި ކާންޓް ވެއިޓް ” އިސްރާގެ ބަނޑުގައި އަތް ޖައްސައިލި އިރު ނަވާރްގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. އިސްރާ ބޯ ޖަހައިލިއިރު އޭނާގެ ބަނޑުގައި ނަވާރް ކަންފަތް ޖައްސައިގެން ހުރެ އެގެޔަށް ދިޔަސް ބޭބީ މަތިން މިސްވާނެ އޭ ބުނެލީ ނިކަން ލޯބި ކޮންނެވެ. މައިޝާ އާއި އިސްރާ ގާތައް ހިނިއައިސްފައި ހުރެ ދިމާ ކޮށްލިއެވެ.
“މަށައް ހީވަނީ ޔަޒަން ވަރަށް އަވަހަށް ބޭބީ އެއް ހޯދާނެ ހެން.. ކުރީ ދުވަހު މަ ހުއްޓަ މިލީ ދައްތަ ޔަޒަން ކައިރީގަ ކިޔާ މާމަ ދަރިޔަކު ނިކަން ބޭނުމޭ.. އެ ސޮރު ލަދުން ހަލާކުވެފަ އިނީ..ޒަޔާން މެން ވެސް ތިބި ހޭން އަދި..” މައިޝާ ހޭން ފަށައިފައި ބުނެލި ވާހަލައިން ނަޥާރް ދެލޯ ބޮޑުވާ ގޮތް ވިއެވެ. ލަދުވެސް ގަތެވެ. ދެމީހުންގެ މެދުގައި ލޯބި ނުއުފެދޭ އިރު އެހިސާބަށް ދާނީ ކިހިނެތް ހެއްޔެވެ. ނަވާރް ގާތައް ހިނިއައިސް ހުރެ އެހެންހޭ ބުނެލިއެވެ.
“މިލީ ދައްތަ ފިފްޓީ އާއި ގާތް ވި ފަހުން ވިއްޔަ އެ ސޮރު އެ އިންނަނީ..ދެން މާމަދަރިފުޅެއް ކިހާ ބޭނުންވާނެ އެ އުމުރަށް އެޅީމަ.. މައި ވެސް ވެއްޖެ އޭ މިހާރު ޓްރައި ކުރަން ..” އިސްޜާ ފެށި ވާހަކަ ނިންމި އިރު ލަދުގަނެފައި އިނީ މައިޝާ އެވެ. އެކަމާއި ނަވާރް އާއި އިސްރާ ވެގެން ހުނެވެ.
ތިންމީހުން ކޭކު ބަލަން ދިޔަ އިރު ފަރަހް އާއި ފައިހާ އާއި އެކު އެތާގައި އިން މީޝަމް ފެނި ނަވާރް އާއި މައިޝާ އެކަކު އަނެއްކަކަށް ނަޒަރެއް ދިނުމަށްފަހު އަނގަމަތީގައި އަތް ބާއްވައިލީ ހެވިދާނެތީއެވެ. މީޝަމް ވެސް ލޯއަޅާލައިގެން އިނެވެ.
“މިއޮތް އައީނު.. ނަވާ ކޮބާ ކިހިނެތް ވަނީ…އިޝޫގެ މޮޅުކަން މިހުރީ ” ފަރަހް ނިކަން ހިނިއައިސްފައި ހުރެ ފަހަރަކު އެއްޗެއް ނަގާލިއެވެ. އެހުރިހާ ސާމާނެއް ވެސް ނަވާރްއަށް ވަރަށް ކަމުދިޔައެވެ.
” ޔަޒަން އަށް ވެސް ގުޅާބަ..އޭނާ އަށް ވެސް ދައްކަން ޖެހޭނެ އެންނު.. މިހުރާން ބަލަބަލާފަ ކިޔާ ހޯލްގަ ހުރި ބްރައުން ޝޭޑްސް އަކާއި މި ނުގުޅެއޭ…ނުގުޅެންޔާ އަދި ކުލަ ކޮޅެއް ހާކާލަން ވެސް އޭރަށް އެނގޭނީ” ފައިހާގެ ބަހަށް އެހެން މީހުން ތާއީދުކުރިއެވެ. ނުކެރި ހުރެފައި އެންމެން ބަލަން ފެށުމުން ނަވާރް ޔަޒަން އަށް ގުޅާފައި ގެނައެވެ.
ޔަޒަން އައީ ޒަޔާން އާއެކު ގައެވެ. ޒަޔާން ހަމަ ފެނުމާއެކު މައިޝާ ކަރުކެހެން ފެށިއެވެ. ނަވާރް ވެސް ޔަޒަން ހުރުމުން އެއްޗެއް ނުބުންޏަސް ހުރީ އޭނާގެ ލާނެތް ހިނިތުންވުމުގައެވެ. އޭރު މީޝަމް އެދެމީހުންނަށް ލޯ އަޅައިލާގެން ހުރެ އިސްޖަހައިލީ ޒަޔާންގެ މޫނަށް ބަލަން ބޭނުން ނުވެގެންނެވެ.
ޔަޒަން އާއި ޒަޔާން ބަލަ ބަލާފައި ކުޑަކޮން ކުލަ ތަފާތު ނަމަވެސް ހޯލުގަ ހުރި ކުލަ އާއި ގުޅުން އެބަހުރި ކަމަށް ބުނުމުން އެންމެނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ބްރައުންގެ އެކި ޝޭޑްސް ހުރީ އެހެން ވީމަ މި އޯކޭ އެންނު ..” ޔަޒަން އެމީހުންނަށް ޖަވާބު ދެމުން ބަލައިލީ ނަވާރް އާއި ދިމާލަށެވެ. އޭރު ނަވާރް ބަލަހައްޓައިގެން ހުރި އިރު ޔަޒަން ބަލައިލުމުން ހީލިއެވެ. ޔަޒަން ވެސް ރައްދުގައި ހީލަމުން ފޯނަށް ބެލުމަށް އިޝާރާތް ކުރިއެވެ.
“އެހެމް އެހެމް ކައިވެނި ކުރެވެން އުޅޭ އިރު ވެސް ހާދަ ވަރަކަށޭ އިޝްގްގަ ޖެހެނީ ދެމީހުން މިއޮތް..” ޔަޒަން އާއި ނަވާރްގެ އިޝާރާތްތަކައް ބަލަން ހުރި ޒަޔާން ހީގަންނަމުން އެމީހުންނާ ދިމާ ކޮށްލިއެވެ.
“އަހަރުން ދެމީހުން އެކަނިތަ.. ދެންމެ ޒައްޔު ވެސް އިޝްގުގަ ޖެހިފަ ހުރީ…” ޔަޒަން މީޝަމް އާއި ދިމާ ބަލައިލަމުން ބުނެލިއެވެ. ޒަޔާން ލަދުރަކި ފާޑާކަށް ހީލިއިރު ޔަޒަންގެ ޖުމްލައިން މީޝަމްގެ މުޅީ މޫނު ރަތްވެގެން ދިޔައެވެ.
އެކަކު އަނެކަކާ ދިމާ ކުރަން ތިއްބާ މިހުރާން އައިސް ޑެކޮރޭޓް ކުރާ ތަނަށް ދާން ބުނުމުން ޔަޒަން އާއި ޒަޔާން ނުކުތެވެ.
“ނަވާ ގެ ލަގެޖް ތައް ގެޔަށް ގެންގޮސްފަ ހުންނާނީ… ސީ ޔޫ ސޫން.. މިސިންގް ޔޫ” ޔަޒަން ނުކުމެގެން ދިޔަ ފަހުން ނަވާރް ޔަޒަންގެ މެސެޖް ކިޔާލި އެވެ. އިސާހިތަކު ނަވާރްގެ ކޯތާފަތައް މަޑު ފިޔާތޮށި ކުލަ ވެރިވިއެވެ. ލޯބި ގޮތަކަށް ހީލިއިރު ފޯނު ނަގާ މޭގައި ޖައްސާލެވުނެވެ. “މިސިންގް ޔޫ” އޭ ކިޔާލެވުނު އިރު ގައިން ހީބިހި ހަލުވާލިއެވެ. ޔަޒަން އެހެން އެބުނީ ކޮން މާނައެއްގައި ހެއްޔޭ ނަވާރްގެ ހިތައް އެރިއެވެ. ބައެއްފަހަރު ޔަޒަންގެ އެފަދަ މެސެޖްތަކުން އެހެން ސިގްނަލް އެއް ދޭން އުޅޭހެން ވެސް ނަވާރްއަށް ހީވެއެވެ.
“ކޮބާތަ ޒެހޭ.. އަހަރެމެންގެ ލޯބި ފަހަރި” އިސްރާއަށް މިއަދު ޒެހެކް ނުފެނުމުން އަހައިލިއެވެ.
“ދެންމެ ގުޅާފިން މިސްވެގެން .. ޔަޒަން މެން ގޭގަ އަޒާންބެގެ ޖީ އެފް އާއެއްކޮން އެބޯޅޭ.. ހިނގާ އެގެޔަށް ދަމާ .. މަންމަ ވެސްއޭރު އައިސް އަނެއްކާ އެދިޔައީ ..” ނަވާރް ފޯނު ޖީބަށް ލަމުން ޖަވާބު ދިނެވެ.
އަޒާންގެ “ޖީއެފް” އޭ ބުނުމުން ފައިހާ އާއި ފަރަހް އަދި އިސްރާ ވެސް ހައިރާން ވެގެން ކީކޭ ހޭ އަހައިލިއެވެ. ނަވާރް ހޭންފަށަމުން ޔަޒަންމެންގެ ގެޔަށް ދެވުނީމަ އެނގޭނެއޭ ބުނެ އިތުރަކަށް ޖަވާބު ނުދިނެވެ.
***
“ފަވާދު ވެސް ވަރަށް ރުހޭ ކަމެއް.. އަނެއްކާ ރިއުނާ ވެސް އާންބަސް ދީފި ޒަހުރާން އާއި ކައިވެނި ކުރަން..ދެންމެ ފަވާދު ގުޅާފަ އެބުނީ އެހެން” ނިކަން ހިނިއައިސްފައި ހުރެ ހާރިޒް އައިސް ދިން ޖަވާބުން ނޫރާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ހާރިޒް އެވާހަކަ އޭނާގާތު ދެއްކިތާ މިވީ ހަފްތާއެއްހާ ދުވަސް ތެރޭގައި އޭނާ އާއި ހާރިޒްގެ މަސައްކަތުން ޒަހުރާން ވެސް ވަނީ އެ ކައިވެންޏަށް އެއްބަސް ވެފައެވެ. އަލާނާގެ މަތިން ހަނދާން ނައްތާލައި އާފެށުމަކުން ފަށަން ވިސްނައިދިނީ ހާރިޒްއެވެ.
އެހެން ވީމަ މިރޭ ވެޑިންގަ ރިއޫ އަންނައިރު ޒަހުރާން އާއި މީޓް ކުރުވޭނެ ތާ ދޯ.. އަޅޭ އަހަރެން ހާދަ އުފާ ވެއްޖެޔޭ..” ނޫރާއަށް އުފަލުން ގޮސް ވާހަކަ ދެއްކުން ވެސް ވީ އުނދަގުކަމަކަށެވެ.
“އަހަރެން ބުނީމެންނު ވަގުތު ނަގާނެ އޭ އެކަމަކު އިންޝﷲ ދެރަގޮތެއް ނުވާނެ އޭ.. ސީ ނައު.. އަލްހަމްދުލިއްލާހް.. ޓައިމް އިޒް އެވްރީތިންގް ޓް ހީލް އެނީތިންގް..” ހާރިޒް ހީލަމުން ނޫރާގެ ގައިގާ ބައްދާލިއެވެ.
***
“އެމީހުން އިންނަނީ މިރޭ.. އަހަރެން ނަވާރް އަށް މެސެޖް ތައް ފޮނުވާ އިންޒާރް ދޭ އިރުވެސް މިހާރް އަޅައިވެސް ނުލާ … ބޮސް…ޕްލޭން ބީ އަކަށް ދާން ޖެހޭނީ..” ނައުފަލް އާއި އޭނާގެ “ބޮސް” ތިބީ ސުނާމީ ބިނާ ފާރުކައިރީގައެވެ. މުޅި ހިސާބް ފަޅުކަން އޮތް އިރު ދެމީހުން ފިޔަވައި އިތުރު މީހެއްގެ ހިލަމެއް އެހިސާބުން ނުވެއެވެ. ވިލިގިލީ ފެރީ ޓާމިނަލް އަށް ދޭތެރެއަކުން ޖައްސާ ފެރީތަކު އަޑުތައް ފިޔަވައި އިތުރު އަޑެއް ވެސް ނީވެއެވެ.
ނައުފަލްގެ ވާހަކަ އިން ބޮސްގެ ނިތައް ރޫ އަރައިގެން ދިޔަނަމަވެސް ހައިރާން ކަމެއް ނުފެނެއެވެ. މާސްކަކުން މޫނު ފޮރުވައިގެން ހުރި ނަމަވެސް އޭނާގެ މަކަރުވެރި ލޮލުން ފެންނަ ނުރައްކާތެރިކަންވެސް ހުރީ ފާޅުވާށެވެ.
“އަދި ..ޝަރަފް އާއި ޒަކީންގެ ދަރި ބައްދަލް ކުރި ..” ނައުފަލް ޖެހިލުން ވެފައި ހުރެ ބުނެލިއެވެ. އެއާކު ކައިރީގައި ހުރީ އޭނާގެ ބޮސް އަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާން ވެފައި ހުރެ އިތުރަށް ކިޔައިދޭން އަމުރުކުރިއެވެ.
“އިތުރު އެއްޗެއް ނޭގޭ..މި ވަރު އަދި އެނގުނީ އަހަރެމެންގެ ތާޑް ޕާޓީއަށް ވެސް..އެކަމަކު އުޖޫރައާ އެކު އިތުރަށް ބަލަން ހަވާލް ކޮށްފަ އިންނާނީ..”ނައުފަލް ދެން ބުނި ވާހަކައިން އޭނާގެ ނިތައް އަރާފައި ހުރި ރޫތައް ފިލައިފިއެވެ.
“ގުޑް…އެހެން ވީ ޝަރަފް އަނގަ ބަންދުކުރަން އެބަޖެހޭ.. އޭނާގެ ދަރި ބޭނުން ކޮށްގެން ކުޑަވަރެއްގެ ގޭމެއް ކުޅެލާނީ.. ނައުފަލް .. މިއަދު ނަވާރް އާއި ޔަޒަން ބަހައްޓާ އުފާ ކުރަން .. އެމީހުން ދެން ދެކެން ޖެހޭ ކަޅު ދުވަސްތައް އަހަރެމެން ބަލަން ތިބޭނީ އުފަލުން…މިލީނާ އާއި ޔާމީންގެ ދަރިންވެސް ޒަކީންގެ ދަރިން ވެސް ތިބެން ޖެހޭނީ އެމީހުންގެ ސައިޒުގަ މައިތިރި ވެފަ..އެހެން ވީމަ ނައުފަލް ކަލޭ ބަލާތި ތާޑް ޕާޓީންވެސް ގަންނަ ގަނޑެއް…އެންމެ ކަމެއް ގޯސް ވިޔަސް ހަނދާންކުރާތި އެއީ އަހަރެމެން ނިމުން..އޭނަ އަހަރެމެން އެކަކު ވެސް ދުލެއް ނުކުރާނެ” ބޮސް “އޭނަ” އޭ ބުނެލީ އިންޒާރެއް ފަދައިންނެވެ. ކިޔަމަންތެރިކަމާއެކު ނައުފަލްބޯ ޖަހައިލިއެވެ.
**
ކައިވެނި ކުރާ ވަގުތު ކުޑަތަން ވަމުން ދިޔަހިނދު ނަވާރްގެ ހިތުގެ ތެޅުން އަވަސް ވަމުންދިޔައެވެ. މިލީނާގެ ކޮޓަރީ ހުދުކުލައިގެން ބޮޑު ވެޑިންޑްރެސް ގައި ނަވާރް އިން އިރު މޭކަޕް ކުރުމަށް ދެ އަންހެން ކުއްޖަކު ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނަވާރްގެ ކައިރީގައި ތިބި ނޫރާ އާއި މިލީނާ އެކަކު އަނެކަކަށް ބަލައިލާ ފުރިހަމަ ހިނިތުން ވުމެއް ދިނީ ނަވާރް މޭކަޕުން ނިމިގެން ތެދުވިތަން ފެނިއެވެ. އެހެން ހުރިހާ ދުވަހަކަށް ވުރެން ވެސް ނަވާރް މިރޭ ފުރިހަމައެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ހުރި އިރު ފަންފަން އިސްތަށިގަނޑު ރީތިގޮތަކަށް ހަދާފައި ވެއެވެ. ކޮށްފައި ވާ ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ހަޔާތުގައި އަލަށް މޭކަޕް ކުރަން ޖެހުމުން ނަވާރް ލަދުގަންނަ ގޮތް ވެސް ވިއެވެ.
“މާޝާﷲ މަންމަގެ ދޫނި ހާދަ ރީއްޗޭ.. ހަމަ ހީވަނީ ފަލަކުން ނެއްޓިގެން އައިސްފަ ހުރި ތަރިއެއްހެން..” ނޫރާގެ ތައުރީފްތައް އިވި ނަވާރް ކުރިއަށް ވުރެން ލަދުގަންނަ ގޮތް ވިއެވެ. ތައުރީފް ކުރަމުން ނޫރާ އަށް ރޮވުނީ ހުރި އެންމެ އަންހެން ދަރިފުޅު އޭނާއާއި ދުރަށް ދާ ވަގުތު ކައިރިވިކަން އިޙްސާސް ވުމުންނެވެ. ނޫރާ ރޯތަން ފެނި ނަވާރްއަށް ވެސް ރޮވުނެވެ. ކޮށްފައި ވާ މޭކަޕުން ބައެއް ހަޑިވުމުން މޭކްޕްކުރާ ކުދިން އަވަހަށް އެކަމާއި އުޅެން ފަށައިފިއެވެ.
“މިލީ ބަލައްޗޭ މަގޭ ދަރިއަށް.. މިއީ އަހަރެން ނުލާހިކު ލޯބިން ބެލި އަދި ހުރި ހަމައެކަނި އަންހެންދަރިފުޅު..އަހރެން ޔަޒަންގެ ކައިރިގަ ވެސް ވަރަށް ކީން” ނޫރާއަށް ރޮވެން ފެށުމުން މިލީނާ ނޫރާގެ އަތުގައި ހިފައިގެން ދުރަށް ޖެހިލިއެވެ.
“ނޫ ހާސް ނުވޭ.. ޔަޒަންގެ ދެލޮލަށް ބަލާލީމަ އެދެލޮލުން އަހަންނަށް ފެނޭ ނަވާ ދެކެ ވާ ލޯބި.. ނޫ އަށް އަހަރެން ކިޔައިދިނީމެންނު އޭނާ މީގެ ދިހަ އަހަރުކުރިން ސުކޫލް ދުވަސްވަރު ރައްޓެހިވި މަންޖެ ހެދި ގޮތް..އޭގެ ފަހުން އެއްވެސް އަންހެން ކުއްޖަކަށް ރުހުމުގެ ލޮލަކުން ބަލާނުލާ..އެކަމަކު ނަވާ ފެނުން ފަހު އެކަމަށް ނިމުމެއް އައީ.. ޔަޒަން ވަރަށް ކެއާރ ކުރޭ ނަވާ އަށް .. އަދި އަހަރެން ވެސް… އަހަރެން ދެކެނީ ނަވާއަކީ އަހަރެންގެ އަމިއްލަ ދަރިއެއް ކަމަށް ހަމަ..އެހާ ވެސް ލޯބިވޭ އެކުއްޖާ ދެކެ… އަހަރެން ނަވާ ބަލާނީ ވަރަށް ލޯބިން..އެކަން ނޫ އަށް ވެސް އެނގެއެންނު ދޯ.. އޭނައަށް ނޫ ރޯތަން ފެނުނީމަ އަނެއްކާ ވެސް ރޮވޭނެ… ދެން ހުއްޓާލާ…” މިލީނާގެ ބަސްތަކުން ހިތްހަމަ ޖެހުން ލިބި ނޫރާގެ ކަރުނަތައް އުނދަގުލުން ނަމަވެސް ހިފަހައްޓާއިލިއެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް ޓިޝޫއަކުން ފުހެލަމުން މިލީނާއަށް ނޫރާ ބަލައިލީ ޝުކުރުވެރިވާ ޙާލުގައެވެ. އެދެމީހުން ވެސް މިރެއަށް ހާއްސަކޮން ލުއި މޭކަޕެއް ކޮށްލައިފާ ތިބި އިރު ނިކަން ރީއްޗެވެ. މަޑު މުށިކުލައިގެ ވިދާ ފޮތީގެ އަބާޔާ ގައި ތިބި އިރު ބޮލުގައި އަޅާލައިފާ ވާ ޝޯލް އިން އުމުރަށް ވުރެން ޒުވާން ކަމަށް ދައްކައެވެ.
މޭކަޕް ކޮށް ނިމުން އިރު ވެސް ނަވާރް އިންނަނީ ނެގިމަޑުވެފައެވެ. އާނާ މަތިން މިރޭ މާ ބޮޑަށް ހަނދާން ވަނީއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ނުފައިބާތޯ އޭނާ ނުހަނު ހިތްވަރު ކުރަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ ނެތި އެކުވެރިޔާގެ ބޭބެ އާއިކައިވެނި ކުރެވިގެން ދާއިރް އޭނާގެ ހިތުގައި ނުހަނު ރިއްސަމުން ދިޔައެވެ. އެގެއަށް އައުމުން މިވީ ވަގުތު ކޮޅު ވެސް އޭނާއަށް އިހުސާސް ވެގެންދިޔައީ އާނާ ނެތް ކަމުގެ ފަޅުކަމެވެ. ކައިވެންޏަށް ތައްޔާރު ވުމުގައި މިވީ ހަފްތާ ތެރޭގައި އާނާގެ ހަނދާންތައް އެހިތައް އުނދަގު ކުރަމުން ދިޔައީ ވަކިން ބޮޑަށެވެ. އެއީ ކިތަންމެ ގިނަ ދުވަސް ވީ ނަމަވެސް ފުހެވިގެން ދާނެ ހަނދާނެއް ނޫނެވެ.
“ކޮބާ ދަމާ …” މައިޝާ ނިކަން ހަލުވިކޮން އައި އިރު އޭނާގެ ފަހަތުން ޒެހެކް އާއި މީޝަމް ގެ އިތުރުން ނަވާރް ރަހްމަތްތެރިން ވަނެވެ. އެންމެން ހީހީފައި އުޅުން އިރު ނަވާރްގެ ނެގިމަޑުވެފައި އިން މިޒާޖު ފާހަގަ ވީ މީޝަމް އަށެވެ. އޭނާގެ ހިތުގައި ހަމްދަރުދީ ނުހަނު ބޮޑަށް އުފެދުނެވެ.
“ކަމޯން ބޭބީ އާނާ ވިލް ބީ ރިއަލީ ހެޕީ…ފައިނަލީ ހާ ވީޝެސް އާ ކޭމް ޓްރޫ.. ހުރިހާ ކަމެއް ވެސް ރަނގަޅު ޥާނެ އިންޝާﷲ..ޕްލީޒް ސްމައިލް” އެހެން މީހުންނަށް ނީވޭނެހެން މީޝާމް ނަވާރްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ނަވާރް މީޝަމް އާއި ދިމާ ބަލައިލިއިރު އެދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތައް ފެނި މީޝަމް ވެސް ދެރަވިއެވެ. މައިޝާ އާއި ދެމީހުންވެގެން ނަވާރް ހެއްވާލަން ކުރި މަސައްކަތް އިރުކޮޅެއްގެތެރޭގައި ކާމިޔާބު ވިއެވެ. އޭރު ކައިވެނި ކުރުމަށް ނުކުންނަ ގަޑި ޖެހުމުން އެންމެ މިސްރާބް ޖެހީ ދަރުބާރު ގެޔަށެވެ.
ޒަހުރާންގެ އަތުގައި ހިފައިލައިގެން ހުރެ ނަވާރް، ހުދު ހެދުމުގެ މަތިން ހުދުކުލައިގެ ލޭސް ސްކާފް އެއް އަޅައިގެން ބޯ ނިވާ ކޮށްލައިގެން ގޮސް މޭޒުދޮށުގައި ހުއްޓުނެވެ. އޭރު އެވަގުތުވީ ޔަޒަންވެސް އައިސް ހުއްޓުނު ވަގުތެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު އެތެރެއިން ލާފައި ހުރި ހުދު ގަމީހުގެ ޖީބަށް ހަރުކޮށްލެވިފައި އިން ފޮތިކޮޅުގެ މަތިން އިނީ ނަވާރްގެ އަތުގައި އޮތް ބުކޭގައި ހުރި މާތައް ފަދަ މޯކޮޅެއް ހަރުކޮށްލެވިފައެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ޖެލްލާ ހިއްލާލައިފާ ހުރި އިރު ތަފާތު ގޮތެއް ހުއްޓަސް ނުހަނު ފުރިހަމައެވެ. އޭނާގެ ތުންފަތުގައި ވާ ފިރިހެންވަންތަ ހިނިތުންވުމުން ވެސް އިތުރަށް އޭނާގެ ރިތިކަން ހާމަވެއެވެ.
ޔަޒަން އަށް ނަވާރް ފެނުން އިރު އެ ރީތިކަން ފެނި ބަސް ހުއްޓޭ ގޮތްވިއެވެ. ނަވާރް އަށް ވެސް ވީ އެފަދަ ގޮތެކެވެ. ހިނިތުން ވުމެއް އެކަކު އަނެއްކަކަށް ދީފައި ގޮނޑީގައި އިޝީންނެވެ. އާއިލާ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން އެވަގުތު އަދި ތިބީ ޕޮޓޯ ނަގާމީހުންނެވެ. ހެކިންގެ ގޮނޑިތަކުގައި ތިބި ޔޫޝައު އާއި ލިއަމްގެ މޫނުމަތީގައިވާ ލާނެތް ކަމަކުން ޔަޒަން އާއި ނަވާރްގެ ގާތައް ހިނިއަންނަގޮތްވިއެވެ.
ކައިވެނީ ކުރެވެން ފެށި، ގާޒީ ކައިވެނީގެ ހުތުބާ ލައިދީ ނިމުމުން ޔަޒަން ބަލައިލީ ނަވާރް އާއި ދިމާލެވެ. އޭރު ނަވާރްގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ. ޔަޒަން “އަނބި ގަބޫލް ކޮށްފީމޭ” ބުނެލީ ސީދާ ނަވާރްގެ ދެލޮލުގެ ތެރެއަށް ގެނބެމުންނެވެ.
***
އެޕިސޯޑު 23
ކައިވެނީ ކުރެވެން ފެށި، ގާޒީ ކައިވެނީގެ ހުތުބާ ލައިދީ ނިމުމުން ޔަޒަން ބަލައިލީ ނަވާރް އާއި ދިމާލެވެ. އޭރު ނަވާރްގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ. ޔަޒަން “އަނބި ގަބޫލް ކޮށްފީމޭ” ބުނެލީ ސީދާ ނަވާރްގެ ދެލޮލުގެ ތެރެއަށް ގެނބެމުންނެވެ.
އެވަގުތު ކައިރީގައި އިން ޒަހުރާންގެ އަތައް ނަވާރްއަށް ބާރަށް ފިތައިލެވުނެވެ. ކޮއްކޮގެ އިހުސާސްތައް ދެނެގަނެވި ޒަހުރާންވެސް ނަވާރްގެ އުނަގަނޑުގައި އަނެއް އަތް ވަށާލައިގެން އިނދެ މަރްހަބާ ކިއެވެ.
ފަހަރަކު މީހަކު މަރްހަބާ ކިޔަމުން ދިޔައެވެ. އެންމެން ކައިރިން ސަލާމަތް ވެ އެމީހުން ތިބެން ހަމަޖެހިފައި ހުރި ސްޓޭޖް ކޮޅަށް އެރިއެވެ. “ހެޔޮނުވާނެ ދެމީހުން އުނަގަނޑުގައި ހިފާލައިގެން ތިބެބަލަ..” ނަވާރް އާއި ޔަޒަން ގޮސް އެތާގައި ހުއްޓިގެން ތިބި ގޮތުން މީޝަމް އަށް ނުހުރެވިގެން ގޮސް އެންމެފަހުން ބުނެލައިފިއެވެ.
ޔަޒަން ހީލައިގެން ހުރެ މީޝަމް ބުނި ގޮތައް ހެދިއިރު ނަވާރް ހުރީ ލަދުގަންނަ ގޮތްވެފައެވެ.
މުޅި ހޯލާއި އެމީހުން ތިބޭ ހިސާބުވެސް ވަނީ ހުދާއި މުށިކުލައިގެ އެކި ކުލަތަކުން ޖަރީކޮށްފައެވެ. އެކިކަހަލަ ލައިޓްތައް ބޭނުންކޯށްފައި ހުރި އިރު ނުހަނު ފުރިހަމައެވެ. ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުން ވެސް ތަނުގެ ފުރިހަމަ ކަމުން އާޝޯވެފައި ތިއްބެވެ.
އެންމެ ގިނަ ބަޔަކު އާޝޯހް ކުރުވީ ހޯލުގެ މުޅި ބިންގަނޑު ފޮރުވޭވަރަށް އަޅާފައި ވާ ހުދު ފިނިފެންމާ ފިޔައާއި ހޯލުގެ އެކި ދިމާލުގައި ބަހައްޓާފައިވާ ބަބްލްސް މެޝިންތަކުން ތަނައް ދޫކުރަމުންދިޔަ އެތައް ބައިވަރު ބޮކިތަކުގެ ސަބަބުންނެވެ.ޕާޓީއަށް ފަހު އާޓިފިޝިއަލް ބީޗްގައި ހަޥާ އެރުވުން އޮންނަކަން އެނގޭތީ ގިނަ ބަޔަކު އެކަމަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ނަވާރްގެ އުނަގަނޑުގައި ޔަޒަން އަތް އަޅުވާލައިގެން ތިބިއިރު ކޮންމެ މެހެމާނެއްގެ ތައުރީފް އެދެމަފިރިންނަށް އޮހެނީ ނުހަނު ބޮޑަށެވެ.
މީޝަމް އާއި ޒެހެކް ތިބީ ގޮނޑިތަކުގައި އިށީނެދެއެވެ. ދެ މީޙުންވެސް މުށިކުލައިގެ ވިދާ ފޮތީގެ މެކްސީތަކުގައި ލުއި މޭކަޕް ކޮށްލައިގެން ތިބި އިރު ނުހަނު ފުރިހަމަ އެވެ. އެދެމީހުން އެހެން ހުއްޓާއި އަޒާން އާއި އަޒާންގެ ލޯބިވެރިޔާ ދީމާ ވެސް އައެވެ.
“ތެދެއް މިބުނީ އެންމެން ހާދަ ދިމާ ކޮށްފިޔޭ.. ހެހެހެ.. އަޒާންގެ މަންމަ އަހަރެން އަތުން ދޫ ވެސް ނުކޮށްލި.. ނަވާ މަންމަ ވެސް ބުނަނީ އަޒާން ކަންނޭގެ ޔޯ ދެން ނިންމާނީ..އެކަމަކު އޭނާ ނުވެސް ކިޔައޭ އިންނަ ވާހަކަ ވެސް..” އެމީހުން ކައިރީގައި ތިބެތިބެފައި އަޒާން ދިޔުމުން ދީމާ ހެމުން ހެމުން ކިޔައިދިނީ ދެންމެ އަޒާން މުރުޝިދާއަށް ދީމާ ތައާރަފް ކޮށްދިން ވާހަކައެވެ. މީޝަމް އާއި ޒެހެކް ވެސް ހީލިއެވެ.
“ދީމް ބުނާކަށް.. އެއްވަރު މީހުން މިއުޅެނީ އެހެރި ސޮރު ވެސް އިންނަ ވާހަކަ ދައްކަނީ އެހެން މީހުން ކައިރީގަ .. މަ ކައިރީގަ އެއް ނޫން އަދި..” ދުރުގައި ޒަޔާން އާއި މިހުރާން އަދި އަޒާންގެ ކައިރީގައި ހުރި ރިހާމް އަށް ބަލައިލަމުން ޒެހެކް އަނގަހަދައިލިއެވެ. ދީމާ އާއި މީޝަމް ހޭންފެށީ ޒެހެކް އަނގަޔަށް ޖައްސާލި މަޖާ ވައްތަރަކުންނެވެ.
“އެހެންވެއޭ އަހަރެން ބުނަނީ ސިންގަލް ލައިފް އިޒް ބެޓާ..” މީޝަމް ނޫން ކަމަށް ހަދާލައިފާ ދުރުގައި ހުރި ޒަޔާން އަށް ބަލައިލިއެވެ އޭރު އޭނާގެ ނަޒަރު ވެސް މީޝަމް އަށް ހުއްޓިފައިވާތަން ފެނި މީޝަމްގެ މޫނު ރަތް ވިއެވެ.
“އާވްވް ސަމްވަން އިޒް ބްލަޝިންގް..އަދި ބުނެފިއޭ ސިންގަލް ލައިފް އޭ..” މީޝަމް އާއި ޒަޔާންގެ ނަޒަރު ދިމާ ވެފައި ވާތަން ފާހަގަ ވުމުން ޒެހެކްގެ ގާތައް އައީ ނުލަފާ ހިންޏެކެވެ. ދީމާ އަށް ވާނުވާ ނޭނގިގެން އަހަން ފެށުމުން ޒެހެކް ފަހުން ބުނާނަމޭ ބުނެ ހަމަ ޖައްސާލީ އެދިމާލަށް އެމީހުން އަންނަތަން ފެނިއެވެ.
ރިހާމް އާއި ޒަޔާން އަދި މިހުރާން ހުދު ގަމީހާ މުށި ކުލައިގެ ޓްރައުޒާގައި ރީތި ކަމުން ޕާޓީއަށް އައިސްއޫޅޭ ޒުވާން އަންހެންކުދިން އާޝޯހުވެފައި ބަލަން ތިއްބެވެ. ހާއްސަކޮން ޒަޔާން އަށް ބަލަމުންދިޔަ އަންހެން ކުދިން އިތުރެވެ. އެކަމާއި މީޝަމް ރުޅިގަދަވެފައި ހުއްޓާއި ވަރުގެ ކޮޅަށް ނަލަ ހެދިގެން އައި ޝިއުރާ ފެނި މީޝަމްގެ ރުޅިގަނޑު ވީ ހައްތަހާ އިތުރެވެ. އޭނާ އާއެކު ހުރި ލާރާ ފެނި އޭރު ޒެހެކް ވެސް ރުޅިގަދަ ވެފައިހުރެ ރިހާމް ގާތު އެއްޗިހިތަކެއް ކިޔަމުންދިޔައެވެ.
“ޔަގީން ލާރާ އިންވައިޓް ނުކުރަނީސް މިތަނަށް އައިސްގެން މިއުޅެނީ ނަވާ އާ ކޫ ގެ މިއޮތް ސްޕެޝިއަލް ނައިޓް މުޅިން ހަރާބުކޮށްލަން ހިތުލައިގެން..އަހަންނެއް ނުހުންނާނަން މަންޒަރު ބަލާކަށް.” ޒެހެކް ރުޅިގަދަވެފައި ހުރެ އެދިމާލަށް ދާން ފެށުމުން ރިހާމް އޭނާ ހުއްޓުވަން އުޅުނެވެ. މީހުން ގިނަ ކަމުން އިތުރު މަންޒަރެއް އުފެދޭކަށް ރިހާމް އެވަގުތު ބޭނުމެއް ނުވިއެވެ. ޒެހެކް ކިތަންމެ މަޑުން ހުންނަ ކުއްޖެއް ކަމުގައި ވީ ނަމަވެސް ޒެހެކްގެ އެއަންނަ ސިންގުރުޅި އަކީ ރިހާމް ދަންނަ އެއްޗެކެވެ.
“ރިހާމް ތަ އޭނަ އަށް އިންވިޓޭޝަން ދިނީ..އެހާ ވަރުން ތި ހިފަހައްޓަނީ… “ރިހާމް ހިފެހެއްޓުމުން ޒެހެކްގެ ރުޅިވެރިކަމާއި ރިހާމް އަށް ކުރިމަތިލާން ޖެހުނެވެ. އޭނާ ވަގުތުން އަތް ދޫކޮށްލައިފާ އެދިމާލަށްދާން ހިނގައިގަތެވެ. އެކަމަކު އޭނާއަށް ވުރެން ކުރިން ޒަޔާން ގޮސް ލާރާ ގާތު ހުއްޓިއްޖެއެވެ.
ޝިއުރާ އާއެކު ހުރި ލާރާ ހުރީ ޝިއުރާ ތައްޔާރުވެގެން އައި ގޮތާއިމެދު ހިތްހަމަ ނުޖެހިފައެވެ. ނުހަނު ކުރުހެދުމެއްގައި ހުރިއިރު ސިފަ ވަކި ނުވާ ވަރަށް ހުރީ މޭކަޕް ކޮށްލައިގެންނެވެ. އެއާއި ހިލާފަށް ލާރާ ހުރީ ހުސްކަޅުގެ ދިގު މެކްސީއެއްގައި އެވެ. އިސްތަށިގަނޑު ފަހަތައް ދޫކޮށްލައިފާ ހުރި އިރު ލާރާގެ ރީތިކަން ހާމަވެއެވެ. އޭނާ ދެލޯ ހޯދަމުން ދިޔައީ ޔަޒަންއެވެ. ދުރުގައި ވާ ސްޓޭޖް ކޮޅުމަތީގައި ނަވާރްގެ އުނަގަނޑުގައި ހިފާލައިގެން މެހެމާނުންނާއި ސަލާމް ކުރަމުން ދިޔަ ޔަޒަން ފެނި ލާރާގެ ހިތައް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ނަވާރްގެ މޫނަށް ބަލައިލަނީ ވެސް އެހާ ލޯބިންނެވެ. ދޭތެރެއަކުން ނަވާރްގެ ކަންފަތް ދޮށުގައި ޔަޒަން ކޮންމެވެސް އެއްޗެއް ބުނެލުމުން ނަވާރް ވެސް ހީލައިފާ ޔަޒަންއާއި ދިމާ ބަލައިލަނީ ހިތްބަންޑުން ވާފަދައަކުންނެވެ. ދެމީހުންގެ އެކުދި އަދާތަކުން ދެމީހުންގެ ހިތުގައި އެދެމީހުންނަށް އޮތް މަތިވެރި ލޯބި ހާމަވެއެވެ. އެ މަންޒަރަކީ ލާރާއަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ނަވާރްގެ ބަދަލްގައި އެތާގައި ހުންނަން ޖެހޭނެ މީހަކީ އޭނާއެވެ. ޔަޒަން އަކީ އޭނާގެ ހައްގެކެވެ. ހިތައް ވަންނަމުންދިޔަ ވަސްވާސްތަކުން ލާރާ އަވަސް އަވަހަށް ދެފަރާތައް ބޯހޫރު ވާލިއެވެ. ނޫނެކެވެ. ޔަޒަންގެ ހިތުގައި ޖައްސާފައި މީގެ ދިހަ އަހަރުކުރިން ދިޔަ މީހަކީ އޭނާއެވެ. މިއަދު އޭނާއަށް ލިބެމުން މިދާ ހިތްދަތިކަމަކީ އަމިއްލައަށް ހޯދައިގަން ކަންކަމެވެ. ލާރާ އަވަސް އަވަހަށް ދެލޮލުން ފޭދިފައިވާ ކަރުނަތިކިތައް އިތުރު މީހަކަށް ނުފެންނަނީސް ފުހެލިއެވެ.
“އިންވައިޓް ނުކުރާ މީހުން ޕާޓިއަށް އައުމަކީ ވަރަށް ހުތުރު ކަމެއް … އަހަރެން ކޮއްކޮ އާ ކޫ ގެ ވެޑިން މިތާގަ މިއެންމެން ތެރޭގަ ސްޕޮއިލް ނުކޮށްލާ އަތުގައި ތި އޮތް އެތި ހިފައިގެން ހަމަ މިޙާރް ނުކުމޭ..” ލާރާގެ ގާތައް ހުއްޓުނު ޒަޔާން ލާރާގެ އަތުގައި އޮތް ކުޑަވަރެއްގެ ޕާރްސަލް އަށް ބަލައިލަމުން ބުނެލިއިރު އޭނާގެ މޫނުމަތީގައި ވީ އިންޒާރް ދޭ ފަދަ ކުލަވަރެކެވެ.
“ސޮރީ ޒަޔާން.. އަހަރެން ވެސް މިތާގަ މާގިނައިރަކު މަޑުކުރާކަށް ނެތިން މި ހަވާލްކޮށްލަ ދެއްޗޭ.. އަހަރެން އެއްވެސް މީހަކަށްއުނދަގުލެއް ކުރާކަށް ނޫން މިއައީ… ދެން ގޮސްލީ އިނގޭ..” ހިތި ހިނިތުންވުމެއްގައިހުރެ ކައިރީގައި އިން ކުޑަ މޭޒެއްމަތީގައި ޕާރްސަލް ބައިންދާލަމުން ލާރާ އެތަނުން ނުކުގެން ދިޔައެވެ.
ލާރާ ދިޔުމުން ވެސް ޝިއުރާ ނުދާން ހުރިތަން ފެނި އެއްޗެއް ބުނަން އަނގަހުޅުވާލި ޒަޔާން ރުޅިގަދަވީ ދުރުގައި ހުރި މީޝަމް އާއި ނުހަނު ގާތުގައި ހުރި ސަދަފް ފެނުމުންނެވެ. ހީހީފައި ދެމީހުންވާހަކަ ދައްކަމުން ދިޔަތަން ފެނި ޒަޔާންގެ އެތެރެހަށީގައި ހުޅު ރޯވަމުން ދިޔައެވެ. ސަދަފް ހެމުން މީޝަމްގެ ކޮލުގައި ވެސް ހިފާލުމުން ޒަޔާން އިތުރަށް ރުޅިގަދަވެއްޖެއެވެ. ޝިއުރާހުރެފައި ޒަޔާންގެ އަތުގައި އަތް އަޅުވާލުމުން ވެސް ޒަޔާން ދުރުނުކޮށްލާ ހުރީ އެ މަންޒަރު މީޝަމް އަށް ދައްކަން ބޭނުންވި ވަރުންނެވެ.
ސަދަފް އާއެކު ހުރި މީޝަމް އަށް ޒަޔާން އާއި ޝިއުރާގެ އެ މަންޒަރު ފެންނަން މާގިނަ އިރެއް ނުނެގިއެވެ. މީޝަމްގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައިރު ކައިރީގައި ހުރި ސަދަފް އަށް ވެސްއެމަންޒަރު ފެނިއްޖެއެވެ. ވީ ގޮތް ނޭނގުނު ނަމަވެސް ޝިއުރާ ފެނި އޭނާގެ ދެބުމަ ވެސް ގޮއްޖަހައިލެވުނެވެ.
“އޭނާ ކީއްކުރަންތަ އެހުރީ އައިސްގެން.. ކަޒިންސް އަށް ވެ ހުރެ ވެސް ޒަޔާން އަށް ހަމަ ނުފެންނަނީ ތަ އެދުވަހު އޭނާ މީޝް އަށް ހެދި ގޮތް..” ސަދަފް ކިތަންމެ މަޑުން ވާހަކަ ދެއްކިނަމަވެސް އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
…
ޕާޓީގެ ކަންތައް ނިމި މެހެމާނުން މަޑުމަޑުން ހުސްވެ ހަމަ އެކަނި ގާތް ރަހުމަތްތެރިންނާއި އާއިލާ އެކަނި ވިއެވެ. ޕާޓީއަށް އައި މެހެމާނުންނާއި ސަލާމް ކުރުމަށް ހޭދަވި ވަގުތައް ވުރެން ފޮޓޯ ސެޝަންގެ ވަގުތުތައް މާގިނަ އިރު ވިހެން ހީވިއެވެ. ޔަޒަން އާއި ނަވާރް ތިބީ ދެފައި ވާޅުވެފައިއެވެ. ދެ މީހުންނަށް ހަމަޖެހިފައިވާ މޭޒު ކައިރީގަ ތިބެ ކައިގެން ގެޔަށް ދާން އުޅުނު ވަގުތު ޔަޒަންގެ ރަހުމަތްތެރިން ޔަޒަން ގެންދިޔައެވެ. އެމީހުން ކައިރިން ސަލާމަތް ވެ ގެޔަށް ދާން ކާރަށް އެރޭ ވަރު ވީ ދޭއް ޖަހާ ބޮޑުވި ފަހުންނެވެ.
“ޔޫ ލުކް ސޯ ބިއުޓިފުލް…ޓަޔަޑް ދޯ..” ކާރުގައި އިނދެފައި ޔަޒަން ނަވާރް އާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލި ހިނދު ނަވާރް ކޯތާފަތައް މަޑު ފިޔާތޮށި ކުލައެއް ފާއްދާލައިފިއެވެ.
“ތެންކިއު..ޔާހް ކުޑަކޮން” ކިރިޔާ ބަނޑަށް އިވޭ ވަރަށް ބުނެލި އިރު މިލީނާ އާއި އަކުރަމް ވެސް ތިބުމުން ދެމީހުން ކުރެ އެކަކު ވެސް އިތުރު ޥާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން މިލީނާ އާއި އަކުރަމްގެ ވާހަކައިގައި ބައިވެރި ވެލައެވެ.
ގޭގެ ފޯޓިކޯ އަށް ކާރު މަޑުކޮށްލުމުން ރޭގަނޑުގެ ސަލާމް ކިޔުމަށް ފަހު މިލީނާ އާއި އަކުރަމް ނިދާފައި އޮތް ޒައިލީ އާއި ޒެލީން ގޮވައިގެން އެތެރެއަށް ވަނެވެ.
“ލެޓްސް ގޯ..” ކުޑަ ހިނިތުން ވުމެއްގައި ހުރެ ޔަޒަން ނަވާރްގެ ހެދުމުގެ އެއްބައި ހިފައިލީ ނަވާރް އަށް އެހީ ވުމުގެ ގޮތުންނެވެ. ދެމީހުން ސިޓިންގްރޫމް ހުރަސް ކޮށް ކޮޓަރިއަށް ދިޔުމަށް ސިޑިއަށް އެރިވަގުތު ސިޓިންގްރޫމުގައި ތިބި ޝަހުރޫޒް އާއި ސާކިރް ވާހަކައެއް ދައްކަން ތިއްބާ ފެނުނެވެ. ޔަޒަން ކާފާ އޭ ކިޔާ ގޮވާލުމުން ވަގުތުން އެމީހުން ދައްކަން ފެށި ވާހަކަ ހުއްޓާލިއެވެ. އަދި ގޮތަކަށް ހުރެފައި ހީލަމުން ޝަހުރޫޒް ޔަޒަން ގާތު ތިއައީ ހޭ އަހައިލިއެވެ. ޔަޒަން ވެސް ބޯޖަހައިލުމަށްފަހު އިރުކޮޅަކު އޭނާއާއި ވާހަކަ ދައްކާލަން މަޑުކުރިއެވެ. ޝަހުރޫޒް ނަވާރް އާއި ވެސް ނިކަން ލޯބިން ވާހަކަ ދެއްކިއެވެ.
އެމީހުން ކޮޓަރިއަށް ވަން އިރު އެތެރެ ފެނި އާޝޯހް ވިއެވެ. ބިންގަނޑު ފޮރުވާލައިފައި ވަނީ ރަތް ކުލައިގެ ފިނިފެންމާ ފިޔައިންނެވެ. އުއްބައްތި ސްޓޭންޑް ތަކާއި ހުދު ލޭސް އައި ރަތާއި ހުދު ފިނިފެންމާ ބޭނުން ކޮށްގެން މުޅި ކޮޓާރިއާއި އެނދުމަތި ވެސް ވަނީ ނުހަނު ފުރިހަމަ އަށް ތައްޔާރު ކޮށްފައެވެ.
ނަވާރް އަށް އެންމެ ކަމުދިޔައީ ކޮޓަރީގެ ހުރިހާ އެއްޗެއް ހުދުކުލައިން ހުރުމުންނެވެ. އާސޯހް ކަންމަތީގައި މުޅި ކޮޓަރި ބަލަމުންދިޔައެވެ. އޭރު ނަވާރް އުޅެމުންދިޔަ ގޮތުން ޔަޒަން ވެސް ހެވިފައި ބަލަން ހުއްޓެވެ.
“ކޮބާ ނިމުނީތަ ބަލާ ހެހެހެ..” ނަވާރް ސިހުނީ ޔަޒަންގެ އަޑުންނެވެ. ލަދުގަންވަރުން އަނގަޔަށް ގޮތެއް ހަދާލައިގެން ހުރެ އޭނާ ނިދަން ވީ ކޮންތާކުހޭ އަހައިލިއެވެ..
“ޔޫސް ބެޑް .. އައިލް ބީ އިން ސޯފާ ..” ޔަޒަން އިޝާޜާތް ކޮށްލީ ދުރުގައި ހުރި ހުދުކުލައި ފުޅާ ސޯފާއަށެވެ.
ނަވާރް ވެސް ބޯޖަހައިލައިގެން ހުރެ އޭނާ ލާނެ އައްދިގު ޓީޝާޓްއަކާއި ހަރުވާޅެއް ހިފައިގެން ފާހާނާއަށް ވަނެވެ. ފާހާނާ ވެސް ހީވަނީ ކުޑަވަރެއްގެ ކޮޓަރިއެއްހެންނެވެ. ގޭގައި ނަވާރް ނިދި ކޮޓަރިވެސް ވާނީ އެހާ ވަރޭ ހިތައް އެރިއެވެ. އެގެޔަށް ދެފަހަރު އައި ނަމަވެސް ޔަޒަންގެ ކޮޓަރިއަށް ނުވަންނާތީ އޭނާއަށް އެފެނުނީ އަލަށެވެ. ރީތިކަމުން އެތައް އިރަކު ތަންތަން ބެލުމުގައި ހުއްޓެވެ. މޫނުމަތީގައި ހުރި މޭކަޕްތައް ސާފް ކޮށްލުމަށްފަހު ފެންވަރާލައިގެން ނިދަން ނެގި ސާމާނު ލައިގެން ނަވާރް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ.
“އަލްހަމްދުލިއްލާހް ..އިޓްސް އަ ނިއު ބިގްނިން..ފައިނަލީ އަމް މެރީޑް..އޯހް ގޯޑް ޔަޒަން އާ ސޭމް ރޫމެއްގަ ނިދަން ޖެހިފަ މިއޮތީ.. އާހް އައި ކާންޓް..އޭނާ ފެންނައިރު މިހިރަ ވާ ގޮތްތަކެއް.. ހީ މޭ ތިންކް އަމް ކްރޭޒީ..އަދި މި ދެ ކޯގަނޑު ވެސް ފާޑާކަށް ރަތްވެއޭ..ވަރަށް ފޫހިވޭ..” އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން ނަވާރް ދެކޮލުގައި ހިފައި ދަމައިގަތެވެ. އޭނާއަށް އަނެއްކާ ޔަޒަން ދެކެ ލޯބި ވެވެނީބާއޭ ހިތާ ސުވާލް ކޮށްލެވުނެވެ. ޔަޒަން ފެންނައިރު އޭނާއަށް ވާން މިފަށާ ގޮތްތަކުން ހިތުގައި ސުވާލް އުފެދިއްޖެއެވެ. އެހެން ހިތައް އެރުމުން އަވަހަށް އަވަހަކަށް ދެފަޜާތައް ބޯ ހޫރައިލެވުނެވެ. ކައިވެނީގެ މަގްސަދު ހިތާ ސިކުނޑިއަށް ނަވާރް އަނެއްކާ ވެސް ހަނދާން ކޮށްލަ ދިނެވެ.
ނަވާރް ނުކުން އިރު ޓީޝާޓަކާއި ސޯޓެއްގައި ޔަޒަން ސޯފާގައި ހަމަޖެހިލައިގެން އޮތެވެ. އޭރު އެނދުމަތިގައި ހުރި މާތައް ވެސް ނަގާފައި އެތަން ނަވާރް އަށް ނިދޭނެހެން ޔަޒަން ހުރީ ސާފްކޮށްދީފައެވެ. ޔަޒަންގެ ބޮލުން ފެނުގެ އަސަރް ފެނި އޭނާގެ މޫނުމަތިން ތާޒާކަން ފެނުމުން ނަވާރް އަށް ސުވާލް ކޮށްލެވުނެވެ.
“މި ރޫމާއި ޖެހި ޖެހިގެން މިހުރި ހުސް ރޫމެއް.. އެތަނުން ފެންވަރައިގެން މިއައީ”ހީލައިފާ ޔަޒަން ޖަވާބު ދިނެވެ. ނަޥާރް އެހެންހޭ ބުނެ އޭނާ ފާހާނައިގާ ލަސްވުމުން މާފަށް އެދުނެވެ.
” އެކަމެއް ނޫނޭ.. ދެން ނިދާލަ އަވަހަށް ވަރަށް ޓަޔާޑް އެންނު…ކަމެއް ބޭނުން ވަންޏާ ބުނެލައްޗޭ…” ނަވާރްގެ ދެލޮލަށް ބަލައިލަމުން ޔަޒަން ބުނެލިއެވެ. ތެތްކޮން އޮތް އިސްތަށިގަނޑު ލާފައި ހުރި ޓީޝާޓްގައި ހިފާލައިފާވާ ގޮތުން ނަވާރްފެންނަނީ ތަފާތުކޮންނެވެ. އެދޮން މޫނުމަތިން ފެނިގެން ދިޔަ ތާޒާ ކަމަކުން ޔަޒަންގެ ހިއްސުތަކަށް ވާންވެލި ކަމުގެ އިހްސާސްވެސް ކުރުވިއެވެ. ނަވާރް ނިދަންވެގެން އެނދަށް އެރުމުން ވެސް ދޭތެރެއަކުން ޔަޒަން އަށް ނަވާރް އާއި ދިމާ ބަލައިލެވެއެވެ.
***
ހެނދުނު މީޝަމްއަށް ހޭލެވުނީ އެހެންޔާ ހޭލާވަރަށް ވުރެން ލަހުންނެވެ. ޑިއުޓީއަށް ދިޔުމަށް ގަޑިޖެހެން ކުޑަތަންވެފައި ހުރުމުން މީޝަމް ސައިވެސް ނުބައި ތައްޔާރުވެލައިގެން ލިފްޓަށް އަރަން އައެވެ. ގަޑި ނުޖެހި އިނީ ބަރާބަރު ވިހި މިނެޓެވެ. މަގުމަތީގައި މިގަޑިގަ ނުހަނު ޓްރެފިކް ކަންތައްވެސް ބޮޑުވާނެއެވެ. މިހުރާންވެސް ނިދާފައި އޮތުމުން އުނދަގު ކުރާކަށް މީޝަމް ބޭނުމެއް ނުވިއެވެ.
ލިފްޓް އައުމުން އެއަށް އަރަމުން އޭނާ ގުޅާލީ އަޒާން އަށެވެ. އޭނާ ފޯނު ނުނެގުމުން ރިހާމް އަށް ގުޅާއިލިއެވެ. ލިފްޓް ހުއްޓުމުން މީޝަމް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ލިފްޓަށް އެރިއެވެ.
“އާދެބަ އަޅުގަނޑު ޑިއުޓީއަށް ލައިދޭން .. މިއަދު ތަންކޮޅެއް ލަހުން ހޭލެވިގެން ގަޑިޖެހިދާނެތީ މިއުޅެނީ..” ރިހާމް ފޯނު ނެގުމާއި އެކު ނިކަން އަވަހަށް މީޝަމް ބުނެލައިފިއެވެ. ރިހާމް މިހުރީ ތިރީގަ އޭ ބުނުމުން އޯކޭ އޭ ބުނެ ފޯނު ކަނޑާލި ވަގުތު ލިފްޓް ތެރޭގައި އޭނާއާއި ދިމާ ކަޅި ޖަހާނުލާ ބަލަން ހުރި ޒަޔާން ފެނި ސިހިފައި ހަޅޭއްލަވައި ގަތެވެ. މޭގައި އަތް އަޅާލައިގެން ދެލޯ ބޮޑުކޮށްލައިގެން މީޝަމް ހުރި އިރު ޒަޔާން ހަމަ އެހުރިގޮތައް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ވީ އިމާރާތުން ކަރަންޓް ކެނޑިގެން ލިފްޓް ހުއްޓުމަކަށް އައި ވަގުތެވެ. މިހާރުއެއީ އާންމު ކަމަކަށް ވާތީ ދެމީހުން ކުރެ އެކަކު ވެސް އެކަމާއި އަޅާ ނުލާ ހުއްޓެވެ. ތނަށް ލިފްޓްގައި ހުރި އެމަޖެންސީ ލައިޓްގެ ފަނޑު އަލި ވަނީ އޭރު ފެތުރިފައެވެ.
މީޝަމްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީއިއްޔެގެ ހާދިސާ ހަދާންވުމުންނެވެ. ދެވަނަ ސިކުންތުގައި ރޭގައި ޒަޔާންއާއި ޝިއުރާ ތިބިގޮތް ފެނި ރުޅިވެރިކަން އޭނާގެ މޫނުން ފެނިލިއެވެ.
“ސަދަފް ކީއްވެ ނައީ އޮފީހަށް ޑްރޮޕް ކޮށްލަދޭން..ރޭގަ ވެސް ސަދަފް އާއެކު އުޅުނީމަ އެހެން މިއަހާލި..ތަނަކުން ފިރިހެނަކު ފެންނައިރަށް އެމީހެއްގެ ގޮތް ނޭނގެނީސް ހާދަ އަވަހަކަށް ތި އެކުވެރިންނަށް ހަދަނީ” ޒަޔާންގެ ވާހަކަ ހުރިގޮތުން މީޝަމް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ހިލިއްޖެއެވެ. ޒަޔާން ހީވަނީ މިއަދު އޭނާ އާއި ޒުވާބުކުރަން ހިތުލައިގެން ހުރިހެންނެވެ.
“ޒަޔާން ކީއްކުރަން ބަލާ ވަރެއް… މިއޮތް ހުރިހާ އަހަރަކު އަނގައިން ނުބުނެ ހުރުމަށްފަހު މިއަދު އަނގައިން ބުނީތީވެސް ތިއުޅެނީ މަށާ ޒުވާބުކުރަންތަ..އަހަރެން ކޮންމެ މީހަކާއި ގުޅުން އޮތަސް ޒަޔާން އަށް ކީއް.. ހަމަ ތިހެން ބުނެވޭނެ މަށަށް ވެސް..ސިއުރާއަކީ ކާކުކަން އޮޅިފައެއް ނޯންނާނޭ.. މަގޭ ލައިފްގަ އެކުވެރިންނަށް ހަދާނީ މަ ބޭނުން މީހެއް.. ޒަޔާން އަކަށް ނުބެހެވޭނެ..” ދަތްކުނޑި ވިކާލައިގެން ހުރެ މީޝަމް ބުނެލި އިރު އޭނާގެ މޫނުމަތިން ފެނިގެންދަނީ އިންތިހާ ރުޅިވެރިކަމެވެ.
މީޝަމްގެ ވާހަކަ ހުރި ގޮތުން ޒަޔާން ގާތައް ވަރަށް ރުޅިއައެވެ. “މަ އިއްޔެ ވެސް ގައިމް މީޝަމް އާ ވާހަކަ ދެއްކިން.. މަށައް ބެހެވޭނެ.. މިއަދަށް ފަހު އޭނާއާ އަނގައިން ބުނެގެން ވެސް ނުވާނެ ..ހަނދާން ކުރާތި..” އިނގިލި ދިއްކޮށްލަމުން ޒަޔާން ބުނެލީ އިންޒާރެއް ފަދައިންނެވެ.
“ވާހަކަ ދައްކާނަން .. ތީ ކާކުތަ އަހަރެންގެ ލައިފް އަށް ވަންނަން.. ލަދެއް ވެސް ނުގަނޭތަ އިއްޔެ ވާހަކަ ދެއްކީމޭ ބުނަން… އަދި އެބަ އިންޒާރު ދޭ އެބަ..މަ ބޭނުން މީހަކާ ވާހަކަ ދައްކައިގެން އުޅޭނީ..ކިހިނެތް ވެގެން މަށައް އިންޒާރު ދެނީ..އޭން.. ޖަވާބު ދީ.. ކީއްވެހޭ..” މީޝަމް އަށް ކެތް ނުވެގެން ހަޅޭއްލަވައިގެން އިރު ރޮވިއްޖެއެވެ. އޭނާގެ ހިތުގައި ޒަޔާންއަށްޓަކައި އުފެދިފައިވަނީ ތަފާތު ޖަޒުބާތެކެވެ. އެހިތް އެދި ގޮވަމުންދަނީ ޒަޔާންގެ އަޅާލުމަށެވެ. އެ ލޯތްބަށް ފެންބޮވައި ގަނެފައިވާ ހާލުގައެވެ. ކޮންމެ ދުވަހަކު އެ ދެލޯ ބޭގަރާރް ކަންމަތީގައި ހުންނަނީ ޒަޔާން ދުށުމަށް އެދިއެވެ. އޭނާގެ އަޑުބޭރުވާން އުޅޭހެން ހީވެގެން އަނގަމަތީގައި އަތް އަޅާލިއިރު ހިފެހެއްޓުމެއް ނެތި ދެލޮލުން ފެންތައް ފައިބައެވެ. ކިތަންމެ ދެރަވި ނަމަވެސް މީހެއްގެ ކުރިމަތިގައި ވަރަށް ދެރަވެގެން ނޫނީ މީޝަމް ނުރޮވެއެވެ. ނަމަވެސް މީޝަމްގެ ހިތައް ވަރަށް އަސަރުކޮށްފިއެވެ. ޒަޔާން އާއި ދިމާ ބަލައިލިޔަސް މީޝަމްއަށް ސިފަވެގެން ދަނީ ރޭގައި އެއަތުގައި ޝިއުރާ ހިފައިލައިގެން ހުރިގޮތެވެ. ފަހުންވެސް ދެފަހަރަކު ޝިއުރާގާތުގައި ޒަޔާން ހުއްޓާ މީޝަމް އަށް ފެނުނެވެ.
“ލޯބި ވާތީ.. އަޑު އިވިއްޖެތަ..އަހަރެން މީޝަމް ދެކެ ވަރަށް ބޮޑަށް ލޯބިވާތީ މިފާޑަށް މިއުޅެނީ.. އެހެން ފިރިހެނެއް މީޝަމްގެ ކައިރީގަ ހުންނަތަން ދެކެން ބޭނުން ނުވާތީ ” މީޝަމްގެ ކަރުނަތައް ފެނި ޒަޔާން ކުރަމުން ދިޔަ ހިތްވަރު ގެއްލިއްޖެއެވެ.
ޒަޔާންގެ ވާހަކަ އިވި ރޮވެމުން ދިޔަ މީޝަމް ހުއްޓުން އެރިއެވެ. ކަރުނައިގެ ތެރެއިން ވެސް އެމޫނުމަތީގައި ވާ ސިހުން ފާޅުވެއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެވުން އިރު ޒަޔާންގެ ދެލޮލުން ފެނުނު އަސަރަކުން މީޝަމްގެ ހިތައް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ. ޒަޔާން އޭނާގެ ގާތައް ޖެހެން ފެށުމުން މީޝަމް ފަހަތައް ޖެހެންފެށިއެވެ. މީޝަމް މަތަވީ ލިފްޓްގެ ބިތުގައިޖެހިފައެވެ. ޒަޔާން އައިގޮތައް އެހިމަ އުނަގަނޑަށް ދަމާލައިފައި އޭނާގެ މޭގައި މީޝަމް ތަތްކޮށްލިއެވެ.
ދެމީޙުންގެ ނަޒަރު އެހާ ގާތުން ދިމާވެފައި ވީއިރު ބަސްމޮށުން ތެރިކަމަކާއި ނުލައިވެސް އެކަކު އަނެއްކަކުގެ ލޯތްބަށް ދެހިތް ފެންބޮވައި ގަނެފައިވީ މިންވަރު ހާމަވެއެވެ. މީޝަމްއަށް ލޯމަރައިލެވުނީ ޒަޔާންގެ ނޭވާ އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. ހިތް ގޮވަމުން ދިޔަ ކަންތަކަށް އިޖާބަ ދިނުމަށްފަހު ޒަޔާން، މީޝަމް އާއި ދުރުވެލިއެވެ. އޭރު ދެމީހުން ތުންފަތުގެ ކުލަ އިހުނަށް ވުރެން ގަދަ ވެފައިވެއެވެ.
ކުއްލިއަކަށް ހަމަހޭވެރިކަންވެ ދެމީހުން ދުރަށް ޖެހިލީ ޒަޔާންގެ ފޯނު ރިންގް ވާން ފެށުމުންނެވެ. ޒަޔާން ބަލައިލިއިރު ނުދަންނަ ނަމްބަރެއް އަރާފައި އިނުމުން ކްލައިންޓެއް ކަމަށް ހީކޮށް އަވަހަށް ފޯނު ނެގި ވަގުތު ފޯނު އަތުން ދޫވާން ދިޔައެވެ. ކަންދިމާވިގޮތުން އިނގިލި ޖެހިފައި ފޯނު އެވަގުތު ސްޕީކަރަށް ވެސް އިނީ ލެވިފައެވެ.
“ހެލޯ ޑާލިންގް..އިޓްސް މައި ނިއު ނަމްބަރ” އެއިވުނީ ޝިއުރާގެ އަޑެވެ. މީޝަމްގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ޖަހާލި ހެންނެވެ. އެހިތައް ކުރި އަސަރު އެމޫނުމަތިން ކިތަންމެ ރީއްޗަކަށް ވެސް ފެންނަން އެބަހުއްޓެވެ. މީޝަމްއަށް ރޮވުނީ ޒަޔާން އަވަސްއަވަހަށް ފޯނު ކަނޑާލި ގޮތުންނެވެ. ހީވަނީ ކަމެއް ފޮރުވަން އުޅުނުހެންނެވެ. އައިރުޅީގައި މީޝަމް ޒަޔާންގެ އަތްފޮޅުވާލިއެވެ. ނަސީބަކުން އެވަގުތުވީ ލިފްޓް ވެސް ރަނގަޅުވި ވަގުތަށެވެ.
“މީޝް… ލެޓް މީ އެކްސްޕްލޭން..” ޒަޔާން މީޝަމްގެ އަތުގައި ހިފަން އުޅުމުން މިފަހަރުވެސް މީޝަމް އަތް ފޮޅުވާލިއެވެ. މީޝަމްގެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔައިރު ޒަޔާން ކައިރިވެދާނެތީ އެދެމެދަށް އަތް ހުރަސް ކޮށްލަމުން ލިފްޓުން ނުކުމެ ސިޑިއަށް އަރައި ދުވެލައިފާ ތިރިއަށް ދިޔައެވެ.
މީޝަމް ތިރިއަށް ދިޔަގޮތް ފެނި ޒަޔާންގެ ހިތުގައި ހީވީ މީހަކު ވަކި އެޅިހެންނެވެ. ދެވަނަ ސިކުންތުގައި އޭނާގެމޫނަށް ވެރިވެގަތީ ރުޅިވެރިކަމެވެ. އެދެލޮލުން ޝިއުރާދެކެ އައިސްހުރި ރުޅި ހާމަވެއެވެ. އޭނާގެ ލޯބި ހަސިލްވުމުގެ މަގުމަތީގައި ވަނިކޮން އެހުރިހާކަމެއް ސިއުރާގެ ސަބަބުން މިވަނީ ނާކާމިޔާބުވެފައެވެ. ލިފްޓްއިން ފައިބައިގެން ތިރިއަށް އައި ޒަޔާން ވަށާއިގެން ހޯދާލިއިރު ވެސް މީޝަމްގެ ހިލަމެއް ފެންނާކަށް ނެތެވެ.
***
“ނަވާ ނެތީމަ ހީވަނީ ފަޅު ގެޔެއް ހެން ދޯ ކުޑާ.. ” ރަހުމާ ހީލިއެވެ. ގޭގެ ހުރިހާ އަންހެން ވެރިން ނޫރާގެ ބަޔަށް އައިސް ތިބީ ކުރިޔަށް އޮތް ބަންދު ހަފްތާގައި ދާން ހަމަޖެހިފައިވާ ޕިކްނިކް ދަތުރާއި ގުޅޭ މަޝްވަރާ ތައް ކުރުމަށެވެ.
“އާން ދޮންބެ ދައްތާ ބުނާކަށް ހީވަނީ ގައިގަ ބައެއް މަދުހެން.. ހެނދުނު ގުޅާފަ ބުނި ކޮންމެވެސް ވަގުތަކުން ގެޔަށް އަންނާނަމޭ…” ނޫރާ ވެސް ހީލަމުން ޖަވާބް ދިނެވެ.
“އެހެނެއްނު ވާނީ ނޫރާގެ ފަހަތުން އޭނާ ގޭގަ އުޅެންޔާ އަބަދުވެސް އުޅޭނީ… އަހަން ވެސް ފަތިހު ގުޅާލިން ފުރަތަމަ ދުވަސް ކިހިނެތް ތޯ..” މުރުޝިދާ ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.
ހުރިހާ އެންމެން ވާހަކަ ދައްކަން ތިއްބާ ނޫރާއަށް ފޯނެއް އައެވެ. އިވުނު ހަބަރަކުން އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިލި ހެންނެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally nawaa and yazan married
Nawaa and yazan dhuru nukurachey
Aslu nawaa and yazan v loabivey ehbas nuvan eulheni
Meesham and zayaan ves gulhuvachey
Rihaam and zehek ves marry kuran dhw eulheni
They all are made for each other
Mihuraan ves marry kuruvaa
Zahuraan haadha dhera vaane ey
V interesting story eh
V kiyaala hithun kiyani
Love you darling
Yazan and nawaa ge love story v Reethi
Mi part kiyaafa emotional vegen rovijje
Nawaa ge maidhatha ves haadha rangalhey nawaa ah
Aslu nawaa and yazan v gulhey
E kudhin dhuru nukurachey
Mihaaru intizaaru kureni nawaa yazan dheke loabivaa vaahaka bunaane irakah
Abadhu beleni vaahaka up vefa intho
V happy vejje miadhu vaahaka kiyaalan libuneema
Insha Allah alhugandu ge support Annora ah libeyne
Nawaa haadha blush veyey dhw
Yazan mom eulheni maama kiyaa kujjeh beynun vegen
Pls yazan and nawaa dhuru nukurachey
Naufal eulheni nawaa ah aniyaa dheyn
Ehn nuhadhachey
Naufal ge plan flop kohlaa
mi prtt v vv v reethi
im curiously waitin 4 the nxt prtt
dhn vaany kihineiy baa
annora hunnaany v curious koh nimmaafa which make me think of wat will happen nxt
yazan n nawaa gulhuvahcheyy
meesh n zayyu vx
annora ge stories nimeyny hee vx nukuraa gothakah
so im really curious
love u my fav authorr
mi prtt v vv v reethi
im curiously waitin 4 the nxt prtt
dhn vaany kihineiy baa
annora hunnaany v curious koh nimmaafa which make me think of wat will happen nxt
yazan n nawaa gulhuvahcheyy
meesh n zayyu vx
annora ge stories nimeyny hee vx nukuraa gothakah
Vrh Loabi this part vx
Navaa and yazak confess kuraane irakah ehnme look forward kureveny
Alhey meesh and zayaan ah vygoi Haada sad ey, misunderstanding andeverything clear kohfa demyhun gulhey ne irehge inthizaaruga
Ekm navaa aa koo ah dera gotheh nahadahchey, let them be happy
Waiting for next part curiously
Woww just wooowwwww😽😽😽😽😽😻😻😻😻😻
Zayan and meesham kissed🙀🙀🙀🙀
I love the way yazan and nawa are🫶🫶🫶😻😻
Sooooooooo cuteeeee
Riham and zehek part ves genesdhehche
DONT FORGET ABOUT MY MIHURAAN😻😻😻😻my hottyy😻😻😻😻
Vvvv loabi vey sister
You are my fav always🫶😻😻😻
Aaaiiiiiiiii nawa ar koo finally married 🥰🥰🥰
I really waited for a romantic moment 😭😭 dirty minded activated 😂😂
Vvvvvvvaaaaraaahhhh cute mi part ves
Avahah edhemyhun confess kuruvan ulhe love 💕
Aaaiiiiiiiii nawa ar koo finally married 🥰🥰🥰
I really waited for a romantic moment 😭😭 dirty minded activated 😂😂
Vvvvvvvaaaaraaahhhh cute mi part ves
Avahah edhemyhun confess kuruvan ulhe love 💕
I cant wait hama next part
So much craving 💕💕💕💕💕
Vvvv lwbi✨✨🥰
How dare you ehaa hih thelhey hiy ninman
Konme faharaku😫😫😫😫😫😫🥲🥲🥲
Lots of love from me annnzz 💞💞💞💞