- އައިކްއަށް ހިޔާލުތަކުން ނިކުމެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ.އިންތަނުން ތެދުވެ ގައިން ވެލިފޮޅާލުމަށްފަހު އޭނާ މިސްރާބުޖެހީ މިސްކިތައް ދިއުމަށެވެ.
- ކަހާލެވިފައިވާ ކުޑަދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އިރުގެ ރަންދޯދިތައް އައިސް ކުއިން ސައިޒް އެނދުގައި ނިދާލާފައި އޮތް ފަތްމިނޏެއް ފަދަ ރީތި އަންހެންކުއްޖާގެ މޫނުމައްޗައް އެޅުނެވެ.މޯޅިއަކަށް ދެމިލަމުން އެކުއްޖާ ދެލޯ ހުޅުވާލިއެވެ.”ލައިރާ…ލައީ..އަވަސް ހޭލަބަލަ..މިހާރު އެއޮއް ގަޑިޖެހެނީއޭ…ފްލައިޓެއް މަޑެއް ނުކުރާނެ އަހަރުމެން ދަންދެނެއް..ނުވައެއް ޖަހަންވާއިރަށް އެއާ ޕޯޓައް ދާންޖެހޭނެ…މިހާރު އެއޮއް ހަތެއް ޖެހީ”
- ލައިރާ އިންތަނުންތެދުވެ ގޮސް ދޮރުހުޅުވާލުމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަލައިނާ ޝަކުވާ ކުރަން ފެށިއެވެ.މިއަދަކީ އެދެކުދިން ސިންގަޕޯރގައި ކިޔަވަން 3 އަހަރު ހޭދަކުރުމައްފަހު ރާއްޖެ ފުރަން އޮތް ދުވަހެވެ. އެހެންކަމުން ދެކުދިންނަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.
- ސިންގަޕޯރ އިން ފްލައިޓް ނައްޓާލުމުން ލައިރާ ފުން ނޭވާއެއް ދޫކޮށްލަމުން ކައިރީ ނިދާފައި އިން އަލައިނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.4 ގަޑިއިރުވަރު ފަހުން އެ ފަލައިޓް ހުޅުލޭ އެއަރ ޕޯޓައް ޖެއްސިއެވެ.ލައިރާ އާއި އަލައިނާ އުފާވެފައިހުރި މިންވަރު އެދެކުދިންގެ މޫނުމަތިން ބަލައިލި ކޮންމެ މީހަކަށް އެނގިގެންދާނެއެވެ.
- އައިކް ތައްޔާރުވަމުންދިޔައީ އޭނާގެ ކޮއްކޮ ރާއްޖެ އައުމުން ކޮއްކޮ ބަލާ މާލެއަށް ދިއުމަށެވެ.އޭނާގެ މޫނުގައި އެއްވެސް ތާޒާކަމެއް ނެތެވެ. ދެރަވިނަމަވެސް އޭނާ ކެތްކުރާނެއެވެ.ކިތަންމެ ލޯބިވިނަމަވެސް މިހާރު ބޭނުންވަނީ އަނާމަތިން ހަނދާންނައްތާލާށެވެ.އެކަހަލަ ބޭވަފާތެރިއެއް މަތިން ހަނދާންކޮށްގެން ވާނެ ފައިދާއެއް ނޯންނާނެއެވެ.އޭނާ އެންމެ ދެރަވީ ކުޑައިތު އެއްކޮން އުޅެބޮޑުވި އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާއަށް ކެހިދިނުމުންނެވެ.
- ލޯންޗުގައި އިން އައިކް ދިޔައީ ކައިރީގައި އިން އޭނާގެ ކޮއްކޮގެ އެންމެގާތް އެކުވެރިޔާގެ ދޮންބެކަމަށްވާ އައިމަން އާއި ވާހަކަދައްކަމުންނެވެ. އައިމަންއަކީވެސް އައިކްހާ ރީތި ފިރިހެންވަންތަ ޒުވާނެކެވެ.އޭނާއަކީވެސް އައިކްފަދައިން ލޯބިވެރިޔާ ކެބިދިން ޒުވާނެކެވެ.އެހެންކަމުން އޭނާ ނިންމައިގެން ހުރީ ދެން އިތުރު އެހެން ކުއްޖަކާ ރައްޓެހިނުވުމަށެވެ.އޭނާ ދެކޭގޮތުގައި ހުރިހާ އަންހެންކުދިންނަކީވެސް އެއްކަލަ ކުދިންނެވެ.
- އައިކް އާއި އައިމަން އިންތިޒާރުކުރަމުންދިޔައީ ލައިރާ އަށާއި އަލައިނާ އަށެވެ.އެހެން ތިއްބާ އައިކް އައް އޭނާއާއި ދިމާލައް ކުއްޖަކު މާވަރަކަށް ބަލާކަން ފާހަގަވިއެވެ.5 ވަރަކަށް މިނެޓް ފަާއިތުވީއިރުވެސް އެކުއްޖާ ބެލުމެއް ނުހުއްޓިއެވެ. އައިކްގާތައް ރުޅިއައިސް އެކުއްޖާގާތައް ގޮސް ފަތިވަރުދަމަންފެށިއެވެ.އެވަގުތު އޭނާގެ ފަހަތުން އައި އައިމަން އައް އެ އަންހެންކުއްޖާގެ މޫނުފެނުމުން ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.
- «ނުނިމޭ»
4 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Thank you hope you will support me till the end 😊
mi part vx vrh reethi ..mashallah when next part
curiosly waiting for next part
Thank you for your support malaa 😊
Hope you will support me till the end.
Insha allah today I will publish the next part 😊