ލޯބިން ބުނެލަން…
(ވާހަކައިގެ ކުޑަ ތަޢާރަފެއް….)
ޢާލިޔާ- ޢާލިޔާއަކީ ގޮތްދޫނުކުރާ ބުނާބަހުގައި ހިފަހައްޓާލާ، ޢަޒުމުވަރުގަދަ އަންހެނެކެވެ. އެހާމެ ކާމިޔާބު ޤާނޫނީ ވަކީލެއްވެސް މެއެވެ. އުމުރުގައި ފާއިތުވި 27 އަހަރު ތެރޭގައި، އޭނާއަށް ޙާޞިލުކުރެވުނު ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަކަމުގައްޔާއި ތަނަވަސް މީހެއްގެ ދަރިއަކަށް ވީތީ އޭނާއަށް ދިރިއުޅުމުގައި މާ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ނުޖެހޭކަންވެސް އޭނާ ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ހަޔާތުގެ މި ހަމަހިމޭން އުސްލޫބު ކަޑަތު ކުރުމަށްފަހު ކުރިޔަށް އޮތް ކޮޅިގަނޑާއި ބައްދަލުކުރާނެހާ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ އަދި އެފަދަ ދަނޑިވަޅެއްގައި އޭނާގެ އަތުގައި ހިފާނެ މީހަކު ވާނެބާއެވެ؟
ސަމީރު- ސަމީރު ޝިފާޒަކީ ކާކުކަން ނޭނގޭ މީހަކު މާލޭގައި އުޅޭނެހެން ހީވޭހެއްޔެވެ؟ އެއީ 29 އަހަރުގެ ކާމިޔާބު ސީ.އީ.އޯ އެކެވެ. ދިވެހިރާއްޖޭގެ އެންމެ ޒުވާން މަހުޖަނުންގެ ތެރޭގައި ހިމެނޭ އެކެކެވެ. ނަމަވެސް، ދުނިޔޭގެ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އޭނާ އެދޭ އެހެން ކަމެއް ވެސް އެބަ އޮތް ކަން ދެނެ ގަންނާނީ ކާކު ހެއްޔެވެ؟ ސަމީރުގެ މާޔޫސް، ރުޅިވެރި މޫނުގެ ފަހަތުގައިވަނީ، ކޮންފަދަ ހިތާމައެއްކަން އެނގޭ އެއްވެސް ފަރާތެއް ނެތެވެ. އެފަދަ ފަރާތަކަށް ވާނީ ވެސް ފަހެ ކާކުހެއްޔެވެ؟
އަހާން- ސަމީރު، ސަމީރު، ސަމީރު! އެންމެންގެ ދޫމަތީގައި ވަނީ އެންމެ ނަމެކެވެ. އޭނާ ބޭނުންވާ ކަމަކަށް ނަޒަރު ހިންގާލާނެ ހަމައެކަކުވެސް ނެތީއެވެ. ގޭގެ ކުޑައަށްހުރި ފިރިހެން ދަރިއަށް ވީމަ ހެއްޔެވެ؟ ސަމީރު ފަދައިން، ޢާއިލާގެ ވިޔަފާރިއާއި ކާރޫބާރުގައި އޭނާގެ މާ މުހިންމު އަތެއް ނެތީމަ ހެއްޔެވެ؟ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް އިންތިހާއަށް ގިނައެވެ. އެސުވާލުތަކުގެ ޖަވާބު ހޯދުން މިވަގުތު އޭނާއަކަށް މުހިންމެއް ނޫނެވެ. މުހިންމީ، ވޭތުވެ ދިޔަ 28 އަހަރުގެ ތެރޭގައި ނުލިބުނު، އެހެނަސް އޭނާއަށް ލިބުން ޙައްޤުވާކަމަށް ހީވާ ކޮންމެ އެއްޗެއް، ކޮންމެ ގޮތެއް ހަދާފައިވެސް ސަމީރުގެ އަތުން އަތުލައިގަތުމެވެ. އެއީ، ގަދަކަމުން ކަމުގައި ވިޔަސްމެއެވެ!
ޝާވިން- މަންމަ އޭނާ ބެލީ ހާދަ ހާލެއްގައެވެ. އެއްވެސް މީހެއްގެ އެހީތެރިކަމަކާއި ނުލައެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. އެ މަންމަ ދުނިޔެ އެދޫކުރީ ހާދަ ގިނަ ވޭނެއް އުފުލާފައެވެ. “ނުހަލާލު” ދަރިއެއްގެ ޒިންމާ އުފުލަން ޖެހުނީ ހަމައެކަނި އެ މަންމަ އަށެވެ. އޭނާގެ “ބައްޕަ” އަކީ، އަމިއްލަ ޒިންމާނުނެގޭ، ބޮޑު ފިނޑިއެކެވެ. މަންމައަށް އޭނާގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ހިނދު ދޫކޮށްލާފައި ދިޔަ ނުލަފާ ފިރިހެނެކެވެ. އެ މީހެއްގެ ސަބަބުން އޭނާގެ މަންމަގެ ޙަޔާތް ބަރުބާދުވެގެން ދިޔަ މީހާގެ ކިބައިން ބަދަލު ހިފުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. އެއީ، ޝާވިންގެ ދިރިއުޅުމުގައި ފާއިތުވި 28 އަހަރުގެ ތެރެއިން ކޮންމެ ދުވަހެއްގެ ވެސް އަމާޒެވެ. ކުރިޔަށް އޮތް ތަނުގައި ވެސް މެއެވެ.
މި ހަތަރު ޝަޚުޝިއްޔަތުންގެ ހަޔާތުގައި ކުރިއަށް ދެން ދިމާވާނެ ހާދިސާތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، ވާހަކައިގެ ފުރަތަމަ ބަޔަށް އިންތިޒާރު ކުރައްވާ!
ނޯޓު: މިއީ އަޅުގަނޑު މިފަދައިން ސީރީޒެއްގެ ގޮތުގައި، ޙާއްސަކޮން އެސްފިޔައިގައި ލިޔާ ފުރަތަމަ ވާހަކައެވެ. މި ވާހަކަ މިލިޔަނީ ވަރަށް ގިނަދުވަހު އަޅުގަނޑުގެ މިވާހަކައަށް ތަރުހީބު ލިބޭނެތޯ، ނުވަތަ ނުލިބޭނެތޯ ވިސްނުމަށްފަހު އެވެ. ވާހަކައާއިމެދު ތިޔަ ކިޔުންތެރިޔާ ދެކޭ ގޮތް ހިއްސާކޮށްލަ ދެއްވާށެވެ!
12 Comments!
Comments are closed.

hello everyone.. pls drop a comment if you are looking forward to this! luv u :3
we would love to read this story…waiting for next episode…
V reethi trailer eh Masha Allah
Curiously waiting for first part
Love you
thank you for the feedback. In Sha Allah.. varah avahah first part genesdheynan
mashallah vrh reethi vhk eh..
curiously waiting for the first part
keep it up
thank you malaa!
Maasha allah…. 😘😘😘😘furathama bayah ni inthizaar kohlanee☺️☺️☺️☺️
Maasha allah…. 😘😘😘😘furathama bayah ni inthizaar kohlanee☺️☺️☺️☺️
in sha allah.. you’ll get to read it very soon
nice intro waiting for the story. wishing you all the best dear
thank you for the support luv…
Good luck dear.. All the best 🙂