ކުށަކީ ކޮބާ ؟ (ފަހުބައި)
” ދި ސަންސެޓް އިޒް ބިޔުޓިފުލް، އިޒިންޓް އިޓް؟ ” ޔާދިންގެ އަޑު އިވި މައިރީން ޔާދިންއަށް ބަލައިލީ ކަރުނަވީ ލޮލަކުންނެވެ.”
***ޕާޓް 37***
ގަދަ ވަޔާއިއެކު ވާރޭވެހެމުން ދިޔައިރު. ޖަހައި ގުގުރިން ހީވަނީ ކަންފަތް ބީރު ވެދާނެހެންނެވެ. ގަސްބޯޖަގަލީގެ ގަސްތައް ދިޔައީ ވައިގެ ސަބަބުން އެކި ފަރާތް ފަރާތައް ހޫރެމުންނެވެ. ރާކިން ފަހަތުން އިވެމުން ދިޔަ ހަޅޭކަށް ބެލުމެއް ނެތި ގަސް ބޯ ޖަންގަލީގެ ތެރެއިންލައި ދުވަމުން ދިޔައެވެ. ހުސްފަޔާ ދުވަމުން ދިޔަ ރާކިންގެ ދެފައިން ހަންމެށި ލޭ އަންނަމުން ދިޔައެވެ. ނަމަވެސް ރާކިން މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ގެއްލިގެންދާ ސިކުންތަކީވެސް އޭނާގެ ފުރާނައަށް ނުރައްކާ ވެގެންދާނެ ސިކުންތެއް ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެމީހުންގެ އަޑު މަޑުވި ނަމަވެސް އޭނާ ދުވުން ހުއްޓާލާކަށް ނޫޅުނެވެ. މީހެއްގެ އެހީ ހޯދުމަށްޓަކައި މީހުން އުޅޭ ތަނަކަށް ދިޔުމަށް އޭނާގެ ގައިގެ ހަކަތަ ބޭނުން ކުރަން ފެށިއެވެ. ރާކިންއަށް ދުވަމުން ދުވަމުން ގޮސް ނިކުމެވުނީ ބޮޑުމަގަކަށްށެވެ.
ކުއްލިއަކަށް އައިނައި ތަނެއް ނޭނގި އޭނާގެ ހަށިގަނޑުގައި ބޮޑު ކަޅުކުލައިގެ ވޭނަކުން ޖެހުނެވެ. އެއާއުކު އޭނާގެ ހަށިގަނޑު ވިއްސައިގެން ގޮސް ޖަންގަލި ތެރެއަށް ޖެހުނެވެ. އެމީހުން ރާކިން ކައިރިއަށް ދިޔައިރު ރާކިންގެ ހަށިގަނޑުވަނީ ލެއިން ފެންވެރިފައެވެ. މޫނެއް ހަށިގަނޑެއް ވަކިނުވެއެވެ. އެތާ ހުރި މެދުއުމުރުގެ ފިރެހެން މީހާ އެއްމިޔަކަނިން ހީލިއެވެ. ރާކިން އޮތް ގޮތުން ދިރި ހުރިހެނެއް ހިޔެއް ނުވެއެވެ.
” އަހަރެމެންގެ މަސައްކަތް ނިމުނީ.. އޭނަ ދިރިހުރިޔަސް މި ޖަންގަލިން ޖަނަވާރެއް އައިސް ވެސް ކާލަފާނެ. ” އެމީހާ ވާހަކަ ދެއްކީ ހިންދީ ބަހުންނެވެ. އެތާހުރި މީހުން ހޭންފެށިއިރު ރަހުމުގެ ކަންޅެއްވެސް އެހިތްތަކުގައި ހުރިހެން ހިއެއް ނުވެއެވެ.
***
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް އޭގެ ވާޖިބު އަދާކުރަން ތަންދެމުން ދުނިޔެއަށް އަލްވަދާއުކިޔެވެ. ދުނިޔެ ހިނގަމުންދާ އުސޫލުން އިރުއަރައިގެން ދިޔައީ އައު ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އަނެއްބައެއްގެ ހިތްތަށް ހިތާމައިގެ ކަނޑަށް ޢަރަގު ކުރަމުންނެވެ. އިރުގެ ރަންދޯދިތަކުން ފަތިހުގެ ފިނިކަންވެރިވެފައިވި ޖައްވަށް ހޫނުކަން ގެނެސް ދޭން ފެށިއެވެ.
އަޔާނާއާއި އައިނާ ދިޔައީ ކޯޓަށް ދިޔުމަށްޓަކައި ތައްޔާރުވަމުންނެވެ. އަޔާނާގެ މޫނުގައިވި ރިހުމުގެ އަސަރު ބަލައިލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ރޭގައި އެހާވަރަށް ރުއިމުގެ ސަބަބުން މޫނުމަތި ވަނީ ރަތްވެ ދުޅަވެފައެވެ. އައިނާ މަންމަގެ އަތުގައި ހިފައިލަމުން ބަލި ތޯ ސުވާލު ކޮށްލިއެވެ. އަޔާނާ ގަދަކަމުން ހީލަމުން ބޯހޫރައިލިއެވެ. ޒީނާ ސްކޫލަށްލުމަށްފަހު ކޯޓާއި ދިމާލަށް ކާރު މިސްރާބު ޖެހިއެވެ. އަޔާނާ ފުން ނޭވާއެއްލުމަށްފަހު ކާރުން ފޭބިއެވެ. މިއަދުން ފެށިގެން އޭނާގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދާނެއެވެ. އޭނާގެ ދެކުދިންނަށްޓަކައިވެސް އޭނަ ކެތްކުރާނެއެވެ.
މަންމަގެ އާދަޔާ ހިލާފު މަޑުމައިތިރިކަމުން އައިނާ ހުރީ ހައިރާންވެފައިއެވެ. މިއަދު ކުރިއަށް ކަންތައް ހިނގާނެ ގޮތް ނޭނގޭ ހާލު އޭނަ މަންމަ ފަހަތުން ކޯޓަށް ވަންނަން ދިޔައެވެ. އަޔާނާ އޭނާ އިށީންނަން ހަމަޖެހިފައިވާ ގޮޑީގައި އިށީނުމަށްފަހު އެއްފަރާތުގައި ހުރި މޭޒުގެ ގޮޑީގައި އިން ފަޔާޒަށް ބަލައިލިއެވެ. ފަޔާޒް އިންޒާރުގެ ބެލުމަކުން އަޔާނާއާއި ދިމާލަށް ބެލުމުން އޭނަ ހިންދިރުވައިލިއެވެ. ޝިޔާން އައިނާ ފެނުމުން އެއްލޯމަރައިލީ ޖެއްސުން ކުރާ ފާޑަކަށްށެވެ. އައިނާ ޝިޔާން އާއި ދިމާލަށް ރުޅިއައިސް ހުރެ ލޯ އަޅައިލިއެވެ.
އިރުކޮޅަކުން ކޯޓުގެ މަރުހަލާތައް ފެށިގެން ދިޔައެވެ. ގާޒީ އަޔާނާއާއި ސުވާލު ކުރުމުން އަޔާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ފަޔާޒްއާއި ދިމާލަށް ބަލައިލިއެވެ. އޭރު ފާޔާޒް އިނީ އާޔާނާގެ ޖަވާބެއްގެ އިންތިޒާރުގައިކަން އެނގެއެވެ. އަޔާނާ އޭނާގެ ކޮމްޕެނީއަކީ ފަޔާޒްގެ ހައްގެއްކަމުގައި ބުނި އިރު އައިނާގެ ކަންފަތް މަތީ މީހަކު ޖެހިކަމުގެ އިހްސާސެއް ކުރެވުނެވެ. އައިނާ ވާހަކަ ދައްކަން އުޅުމުން އަޔާނާ ބޯހޫރުވައިލިއެވެ. އައިނާ ކަރުނަވީ ދެލޮލަކުން އަޔާނާއަށް ބަލައިލުމަށްފަހު ކޯޓުން ނިކުތެވެ. ކޯޓު މަރުހަލާތަށް ނިމި ފަޔާޒްގެ ހައްގަކަށް އަޔާނާގެ ކޮމްޕެނީ ވެގެން ދިޔައެވެ. ފަޔާޒް ކުޑަވަގުތު ކޮޅެއްވެސް ބޭކާރު ނުކޮށް އަޔާނާމެން ގާތު އޭނާގެ ގެއިން ނިކުތުމަށް އެންގިއެވެ. ކަންތައް ވާނީ އެހެންކަން އަޔާނާއަށް ޔަގީންވެއެވެ. އައިނާ ހުރީ އަޔާނާ އެ ކޮމްޕެނީ ދިނުމުން ހިތްހަމަ ނުޖެހިފައެވެ. އަދި ފަޔާޒް އަދި ޝިޔާން އާއި މެދު ހިތްހަމަނުޖެހިފައެވެ.
އަޔާނާއަށް މީހެއްގެ ގާތުން އެހީއަށް އެދެން މަޖުބޫރުވިއެވެ. އޭނާގެ ދެދަރިން މަގުމަތިވާކަށް އަޔާނާ ބޭނުމެއްނުވިއެވެ. އައިނާ މަންމަ ދެކެ ހިތްހަމަނުޖެހި ހުންނަން ބޭނުންވި ނަމަވެސް އެމަންމަގެ ކަރުނަތައް ފެނި، އެ މަންމަ އޭނާއަށްޓަކައި ކުރާ ހިތްވަރު ފެނި އޭނައަށް މަންމަދެކެ މާގިނައިރު ހިތްހަމަނުޖެހިފައި ހުންނަން އުނދަގޫވިއެވެ. މަންމަ ކިތަންމެ ފޮރުވަން އުޅުނަސް ކޮންމެވެސް މަޖުބޫރީއެއް މަންމަ އެހެން ކަންތައް ކުރުމުގެ ފަހަތުގައި ވާނޭ ކަމަށް އޭނާގެ ހިތް ބުންޏެވެ. ނަމަވެސް ނޭނގެނީ އެ ސަބަބުކެވެ. އޭނާއަށް އެނގޭކަމަކީ އޭނާ އެ ސަބަބު ހޯދާނޭކަމެވެ. މަންމައާއި ބައްޕަގެ ބުރަ މަސައްކަތުން އެޅި ކޮމްޕެނީ އޭނާ އަލުން ހޯދާނެކަމަށް އަޒުމު ކަނޑައެޅިއެވެ.
އެ އާއިލާއަށް ކުރިމަތިވެފައިވާ އަޑިގުޑަންތަކުގެ އަޑުއިވުމުން އޭނާގެ ގާތް އެކުވެރިޔާ ކަމަށްވާ ޝިޔާމާ އާއި ރިޔާޝާ އެހީވެދިނެވެ. ޝިޔާމާ، އަޔާނާއަށް ބޯހިޔާވާނެ ގޮތަށް އެގޭގައި ހުރެވޭ ގޮތަށް ހަމަޖެއްސިއެވެ. ރިޔާޝާ އޭނާއަށް ހިތްވަރުދީ ހެދިއެވެ. އެކުވެރިންގެ ހިތްހެޔޮކަމާމެދު އަޔާނާ ޝުކުރުވެރިވިއެވެ.
***
ކޯޓުތެރޭގައި ކައިވެނީ ހުތުބާގެ އަޑުއިވެމުން ދިޔައެވެ. ކައިވެންޏަށް ހާއްސަ ދެމަފިރިން ކަމުގައިވާ ދުންޔާ އަދި ޔާދިން ތިބީ އެމީހުން އިށީނަން ހާއްސަ ކުރެވިފައިވާ ގޮޑިތަކުގައި އިށީދެގެންނެވެ. ގާޒީ ކައިވެނީގެ ހުތުބާ ކިޔާ ނިމުމުން ޔާދިން ގާތު އަނބި ޤަބޫލު ކޮށްފިންތޯ ސުވާލު ކުރިއެވެ. ޔާދިން އޭނާގެ ހިޔާލީ ދުނިޔޭގައި މައިރީންއާއެކީ އުޅުނު ދުވަސްތަކުގެ ހިޔާލުތަކުގައި ބެހިގެންދަމުން ދިޔައެވެ. އޭނާގެ ހިޔާލީ ވާފަށް ކަނޑައިގެން ދިޔައީ މަންމަ މަޑުމަޑުން އޭނާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ހިޔާލީ ދުނިޔެއިން ބޭރުވެ ހަގީގަތާއި ކުރިމަތިލިއެވެ. ގާޒީ ތިންވަނަ ފަހަރަށް އަނބި ގަބޫލުކޮށްފިންތޯ ސުވާލު ކުރިއެވެ.
އަރުތެރެ ހިކެމުންދާ އިހްސާސް ކުރެވި ކައިރީގައި ހުރި ފުޅިން ފެން ފޮދަކުން އަރުތެރެ ތެންމައިލިއެވެ. ފުން ނޭވާއެއްލުމަށް ފަހު އޭނާ ދުލުން ބޭރުކުރަން އުޅޭ ދެ ބަހަށް ތައްޔާރުވެލިއެވެ. މި ދެބަހަކީ އޭނާގެ މުޅިދިރިއުޅުން ބަދަލު ކޮށްލާނޭ ދެބަސްކަން ޔަގީނެވެ. އޭނަ މި ދެބަސް ބުނަން ކިހާ ހުވަފެނެއް ދެކުން ހެއްޔެވެ. އެކަމަކު އެއީ ދުންޔާގެ ބަދަލުގައި އެހެން ކުއްޖެއް އެގޮޑީގައި ހުރިނަމައެވެ. ނަމަވެސް ތަގުދީރުގެ ރޭވުން ނިކަތް ދެކިބަލާށެވެ. އެކުއުޅެން ވައުދާއި އަހުދުތައްވީ ދެބައިވެރިން ދުރުކޮށްލާފިއެވެ. ދުންޔާއަށް ބަލައިލުމެއްނެތި އޭނާގެ ތުންފަތް ހަރަކާތް ކޮށްލީ ގަދަކަމުންނެވެ. ” އަނބި ގަބޫލުކޮށްފިން ” އެއާއެކު މުޅިތަނުގައި ހޫނު އަތްތިލަބަނޑީގެ އަޑާއި މަރުހަބާގެ އަޑު ގުގުމާލިއެވެ. ދުންޔާގެ ހިތަށް އެބަހުން އުފާވެރިކަން ލިއްބައިދިން އިރު ޔާދިންގެ ހިތް ހީވީ ބިއްލޫރި ކޮޅެއްފަދައިން ތެޅިގެން ދިޔަހެންނެވެ.
އަލަތު ކައިވެނީގެ ދެމަފިރިން ފެނިގެންނަދީ ވަރަށް ނަލަކޮށްށެވެ. ޔާދިން ހުދުކުލައިގެ ގަމީހެއްލައި ބެގީކޮށްފައި ހުރި އިރު މަތިން ހުރީ ކަޅުކުލައިގެ ސޫޓެއް ލައިގެންނެވެ. އެއާ ގުޅޭގޮތަށް ތިރިން އޭނަ ހުރީ ކަޅުކުލައިގެ ފަޓުލޫނެއް ލާފައެވެ. އޭނަ އެންމެ ލޯބިވާ ކަނދުރާގައި ކޭތްތޭވަރަށް ދިގުކޮށްފައިވާ އިސްތަށިގަނޑުވަނީ ތުނިކޮށް ކޮށާލާފައެވެ. ތަފާތުގޮތެއް ހުރިނަމަވެސް ޔާދިން ފެންނަނީ ނުހަނު ސްމާޓްކޮށްށެވެ. ކޮރިއަން ޑްރާމައިގައި އުޅޭ އެކްޓަރެއް ކަމުގައިވާ ސޮންގް ކަންގްއާއި ކޮންމެވެސް ވަރަކަށް ވައްތަރުގޮތެއް ހުންނަހެން ހީވެއެވެ. ގަދަކަމުން ހީލައިގެން ހުރިއިރު ޔާދިންއަށް މައިރީންއާއި ދުންޔާ އަޅާކިޔުނެވެ. ޔާދިންއަށް މައިރީންގެ އެންމެ ކަމުދާ ސިފައަކީ ބުރުގާ އަޅައި ރަނގަޅަށް އައުރަ ނިވާކޮށްފައި ހުރުމެވެ. ނަމަވެސް ދުންޔާގެ ސިފައަށް ބަލައިލާފައި އެއީ އޭގެ އިދިކޮޅުހެން ހީވެއެވެ.
ދުންޔާހުރީ ހުދުކުލައިގެ ވެޑިންގް ޑްރެސްއެއްގައެވެ. އޭނާ އެހެން ހުންނައިރު ޑިސްނީ ޕްރިންސެސްއަކަށް ދޫނުކުރާނެކަން ޔަގީންނެވެ. އޭނާގެ ދިގު އިސްތަށިގަނޑުވަނީ މައްޗަށް ނަގައި ރީތި ގޮތަކަށް ހަދާލެވިފައެވެ. އެހެންކަމުން އެ ރީތި ކަނދުރާ އޮތީ ހާމައަށްށެވެ. މޫނަށް ނިތްކުރިމަތިންވަނީ ދެއިސްތަށިކޮޅު ގެނެސް ވައްޓާލެވިފައެވެ. މޫނުމަތީގައި ލުއި މޭކަޕްއެއް ކުރެވިފައިވެއެވެ. ވެޑިން ޑްރެސް ވަނާތަށް ހިފައިފައި ހުރުމުން އޭނާގެ ބައްޓަން ރީތި ހަށިގަނޑު އޮތީ ހާމައަށްށެވެ. ޔާދިންގެ އަތުގައި އޮޅުލައިގެން ހުރިއިރު އެ މޫނުމަތިން ފެނިގެންދަނީ ހިނިތުންވުމެވެ. އޭނާގެ ފުރާވަރުގެ ލޯބި ކާމިޔާބުވުމުން ވާނީވެސް އެހެނެއްނުން ހެއްޔެވެ. އަންނަމުން ދިޔަ މެހެމާނުން ދެކުދިންނަށް މަރުހަބާ ކިޔަމުން ގުޅޭ ޖޯޑެއް ކަމުގައި ބުނަމުން ދިޔައެވެ.
***
ރީމާ ދިޔައީ ނޭވާ ނުލެވިގެން ތެޅެފޮޅެމުންނެވެ. އޭރު އޭނާ ބާއްވާފައި އޮތް ކޮޓަރިއާއި ދިމާލުގައި މައިންބަފައިންނާއި އެކުވެރިން ހުއްޓެވެ. ރީމާގެ ހާލު މާބޮޑަށް ގޯސްވުމުން އައިސީޔޫއަށް ގެންދެވުނެވެ. މައިރީން އައިނާ އަދި އެކުދިންގެ މައިންބަފައިން ދިޔައީ ރޮއެ ހިތާމަ ކުރަމުންނެވެ. ނާއިން ހުރީ ގަބު ކައިފައިއެވެ. ރީމާ ރޭގައިވެސް ރަގަނޅަށް ހުރެ ކުއްލިއަކަށް ހާލު ގޯސްވުމުން އޭނާގެ ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.
ގަޑިއިރެއް ފާއިތުވެގެން ދިޔައިރުވެސް ޑޮކްޓަރުންގެ ހަބަރެއް ނުލުބެއެވެ. ފަރަނަވަރަކަށް މިނެޓް ފާއިތުވިފަހުން ޑޮކްޓަރު އެކޮޓަރިން ނުކުތެވެ. އޭރު އޭނާގެ މޫނުމަތިން ފެނިގެންދަނީ މާޔޫސްކަމުގެ އަސަރެވެ. ” ޑޮކްޓާރ އަޅުގަނޑުގެ ދަރިފުޅު… ” ރިޔާޝާ އަހައިލިއެވެ. ޑޮކްޓަރު އިސްޖަހައިގެން ހުރުމަށްފަހު ބޯހޫރައިލިއެވެ. ” އައިމް ސޮރީ.. ޝީ އިޒް ނޯމޯރ ” ރިޔާޝާއަށް ހީވީ އޭނާގެ ބޯ މައްޗަށް އުޑު ވެއްޓުން ހެންނެވެ. ބާރަށް ރޮއެގަނެފައި އޭނާގެ ފިރިމީހާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މައިރީން އާއި އައިނާ ވެސް ރޯން ފެށިއެވެ. މުޅި ހޮސްޕިޓަލުގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅައިލިހެންނެވެ. ހުދުފޮތިގަނޑަކުން ނިވާކޮށްފައިވާ ހަށިގަނޑެއް ކޮޓަރިން ނެރެވުނެވެ. އެއާއެކު ރިޔާޝާ ކަނޑައިވައްޓާލި ރުކެއް ފަދައިން ޖުނައިދުގެ އަތުތެރެއަށް ދެމުނެވެ. މައިރީންއާއި އައިނާ އެކަކު އަނެކަކު ގައިގައި އޮޅުލައިގެން ހުރެ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ. އެކުދިންގެ މައިންބަފައިންވެސް އެފަދައެވެ.
ނާއިން މަޑުމަޑުން ހިނގައިލައިފައި ގޮސް އެ އެނދު ކައިރީ ހުއްޓުނެވެ. އަދި އެއީ ރީމާއަށް ނުވުމަށް އެދި ދުއާކުރަމުން ހުދު ފޮތިގަނޑު ކަހައިލިއެވެ. ހުދު ފޮތިގަނޑުގެ ފަހަތުގައިވި މޫނު ފެނި އޭނައަށް ކަރުނަތައް ހިފައްޓައެއް ނުލެވުނެވެ. ގިސްލަމުން ރީމާގެ އެނދުކައިރިއަށް ތިރިވެލިއިރު، އޭނާގެ ދެފައިކޮޅުގައި ކޮޅަށް ހުންނަވަރު ހުރިހެންނެއް ހިޔެއްނުވެއެވެ. ނަރުސް ކުދިން ރީމާ ގެންދިޔައިރު އޭނަ އޭރުވެސްއިން ގޮތަށް އިނެވެ. މީހަކު ކޮނޑުގައި އަތްލުމުން ބަލައިލިއިރު ރީމާގެ ދޮންބެ ކަމަށްވާ ޖަނާންއެވެ. ” ރީ.. ބޭނުމެއް ނުވާނެ ނާއި ތިގޮތަށް ހިތާމަ ކުރާއަޑު އަހާކަށް.. ނާއި ޖެހޭނެ ހިތްވަރުދޭން ނާއިގެ ކޮއްކޮއަށްވެސް.. ތިހެން ރޮއެގެން ކުރާނެ ފައިދާއެއް ނޯންނާނެ.. ދެން ރީއެއް އެނބުރި ނާންނާނެ.. ” ޖަނާން ހިތްދަތިވެ ހުރެ ބުންޏެވެ.
އެރޭގެ އިޝާ ނަމާދުފަހުން ރީމާގެ ކަށުނަމާދު ކުރެވުނެވެ. މައިރީންއާއި އައިނާގެ ދެލޮލުން ކަރުނަ ނުހިކޭއިރު ނާއިން ވެސް ދިޔައީ ހިތާމަ ކުރަމުންނެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު ދުނިޔެ ދޫކުރުމުން ރިޔާޝާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ރީމާއަކީ އެ އާއިލާގެ އުފާވެރިކަމެވެ. ރީމާ ވެލީގެދާނުގައި ފަސްލެވުނުއިރު އެއާއިލާގެ އުފާވެރިކަންވެސް އޭނައާއިއެކީ ފަސްލެވުނުފަދައެވެ.
އެންމެންގެ ހިތާމަތައްފެނި މައިރީންގެ ހިތްފިތިގެންދާފަދަ އިހްސާސެއް ކުރެވޭހެން ހީވިއެވެ. ލޯބިވާ ބައިވެރިޔާ އޭނާގެ ހަޔާތުން އެއްކޮށް ގެއްލުނުތާ ސައުވީސް ގަޑިއިރުނުވަނިސް ކުޑައިރުގެ ގާތް މިތުރު އޭނައާ ވަކިވެ ދިޔައީ ދުވަހަކުވެސް އޭނައަށް ނުފެންނަ ހިސާބަށްށެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔައިރު މައިރީންގެ ހިތް ހީވަނީ ފަޅައިގެން ގޮސްފާނެ ހެންނެވެ. ރޯންއޮއްވައި ނިދުން އިރު އޭނާގެ ކުޑަތުންފަތުން ދިޔައީ މަޑު ގިސްލުމުގެ އަޑު ބޭރުވަމުންނެވެ. އެންމެން އޭނާ ދޫކޮށްދަނީ ކީއްވެހެއްޔެވެ. އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟
( ނިމުނީ )
ސަލާމް ކިޔުންތެރިން.. ‘ ކުށަކީ ކޮބާ ‘ ވާހަކަ ކިޔާ، ކޮމެންޓްކޮށް، ސަޕޯޓްކުރި ހުރިހާ ކުދިންނަށް ފަށްފަށުން ޝުކުރުއަދާކުރަމެވެ. މި ވާހަކައިގެ ސީޒަން 1 މިހިސާބުން މި ނިމުނީއެވެ. ސީޒަން 2ގެ ކުރިން ކުޑަ ބްރޭކްއަކަށް ފަހު އަޅުގަނޑުގެ އިތުރު ދިގު ވާހަކައެއް ކިޔުންތެރިންނާއި ހިސާބަށް އިރާދަކުރެއްވިއްޔާ ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ. އަޅުގަނޑުގެ އައު ވާހަކައަށް މިވާހަކައަށް ލިބުނު ފަދަ ސަޕޯޓްއެއް ލިބޭނެކަމަށް އުންމީދު ކުރަމެވެ. މިވާހަކައިގެ ސީޒަން 1 އާއި މެދު ދެކޭގޮތުގެ ހިޔާލު ކޮމެންޓްގައި ޝެއާރ ކޮށްލާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިވާހަކައިގައި އަޅުގަނޑަށް ހެދިފައިވާ މިސްޓޭކްތައް ޝެއާރކޮށް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައް ބުނެލަދިނުމަށް އެދެމެވެ.
– ޝުކުރިއްޔާ –
💜🦋
24 Comments!
Comments are closed.







Hey butterfly 🦋
Mi part vx varah varah reethi maasha Allah… alhey vaahaka nimmaaly haadha dhera gothakashey thi… dhn oii vaahaka adhi miah vure vx furiham vaane kamah ummeedhu kuran…. varah avahah aa vaahaka eii kiyaalan libeyne kamah ummeedhu kuran….
Hey vempire girl
Thankyou so much vrh happy vejje darling ah mi part reethi vi kan enguneyma❤❤.. Alhey I’m so sorry story mihaa dherakoh nimmaaleema.. hopefully 2nd seasonga happy ending eh innaane kamah balama.. yes mi ah vure furihama ah dhen oii story liyeveythw balaanan. vrh avahah butterfly ge short story eh kudhinnah libeyne insha allah.. thankyou for ur support vempire girl..
lyssm💜🦋
Mi part vx v Reethi masha allah
Alhey reema maruvee yaadhu and dhunya kaiveni kuree
Season 2 ga Mai andyaadhu gulhuvachey
Aina raakin ves
Love you ❤️
Curiously waiting fornnext season and new story
Keep it up
Thank you so much Cutie girl.. alheyy yes reema maruv and yaadhu dhunya aa merry kury.. 2nd seasonga ekudhinnah vaa goi balama hinga dhw dhen.. Thankyou for your support darling❤
Love you more darling💜🦋
Mai and yaadhu and haadha dhera gothekey evee Aina and raakin ah ves
Reema and naain ah ves
Mi part kiyaafa rovijje 😭
Ahhh yess mai menah haadha dhera gothekey dhw ev.. alHeyy sorry darling rovvaalevunema😭😔
Same cute girl I ah vx Hama Rangalhah rovijje 😭😭😭
Alheyyy sorry LIM darling😭😔
Ranking ah v going ves adhi meehunah neygey eyna maru v kameh nuny marunnuvaakamehadhi aina menge konpeyves ayaaz athuli gives aina men nah neygey
ohhh Yess adhi Raakin ah v goi neygeynun.. Second season ga engeyne raakin maruv kan noony nuvaakan.. Yess Aina akah vx neyge eyna mamma ge company ah v gotheh.. Lets see 2nd seasonga thi javaabu nulibigen ulhey suvaalu thakah javaabu libeyne♥
Hii sis
Haalu kihineh?😭
Alheyyy lily heekuri gothakah noon mi v kee.. Season 2 ga egothah vihyaa lily bunaanan inge.. nuviyas eyrah bunaanan..😂 mihaaru bunefihya sis egothah plan kohfa ves ehen nuhadhafaane😭😭
Anywaysss this story is amazing.. Masha Allah.. Ngl mi vahaka vaane hama lily ah kiyunu enme reethi vaahka thakuge therein vahak akahh.. I just wanna say keep up your outstanding work❤️❤️
Heyy darlingg
Alhamdhulillah vrh ragalhu.. Lily darlge haalukolhuvx ragalhu vaane kamah ummeedhu kurany..
vrh unexpectedkohdhw kanthah mi v.. yess second seasonga bunan vaane.. handhaan nethidhaane nethey kommes thanehga note kohfa baindhahchey😂😂 yes mihaaru nubunaathi😂
Awwwn Thankyou so much darling… Your support means everything to me..
Lyssm💜🦋
Masha Allah 🫶🏽
Vrh molhu keep it up butterflyyy 👏🏻👏🏻
Vhk kiyaairah Hama imagine kurevey vhk ga vaagoiy 👍🏽
Vrh kiyaa hiyvey season 2 vx
Thank u for beautiful stories like this 🫶🏽🫶🏽😊
Thankyou so much Flowerr..
2nd season iraadha kurehviyya new story akah fahu genesdheynan..
Awwn your welcome darlingg♥♥♥
Thankyou so much for supporting me♥♥♥
Lyssm💜🦋
Awwnnn ♥️ mi part vx vvvvvv vrh reethi Masha Allah ♥️♥️♥️♥️♥️ season 2 ah mihaaru inthixaaru kurevenyy 🥰 mi part kiyaafa vrh dhera v 🥺😥😫 gonna miss you a lottt ♥️♥️and this story is myy favv esfiya in mihaathanah kiyunu ehme reethi story Masha Allah ♥️ so amazing ♥️ Keep up the good work ♥️
Love you ♥️
Will miss you and the story 🥺
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Alheyy mioh colourful comment eh dhw♥ Thankyou so much Ika.. mi part Ika ah reethi v kan enguneema vrh happy vejje.😊 season 2 libeyne new story akah fahu.. alheyy adhi miss vaakah nuvey darling this is not a good bye.. butterflyge short story thah vx dhuvaskolhukolhun libeyne..♥♥♥ Vrh vrh happy vejje Ika ah mi story reethi kan enguneema♥♥♥ Thankyou for ur support darling.. will miss u too dear.. don’t worry i wont be gone for long♥♥
Lyssm💜🦋
V reethi ❤️ ekm v sad ehmn Vaki vyma
Thankyou Someone♥ sorry dear😔
Butterflyyyy keehve tha thi ninmaalee….
Mi part nukiyanis rovihje last part ey jahaafa in than fenigen mi alhugadu varah kiyaa hithun kee vaahaka eh and it is one of my fav.
Maa avahah S1 ninmaaleema varah dhera vehje anyway your a talented author😁
Enjoy your break and come back with S2 ASAP🤗
Lysm butterflyyy tc😘
Alheyy sorryyy Ishu… Butterfly migothah plan kohfa ineyma ey nimmaaly mi..
Alheyyy sorry darling rovvaalevuneyma.. vrh happy vejje vrh kiyaa hithun ki story ehkan enguneema.. Alheyy maa avahah tha nimmaalevuneymi… sorry about it dear.. iraadha kurehviyya 2nd season miahfure ragalhu kuraanan insha allah.. yeshh I’ll come back with season 2 after a new story darll..♥♥
Love you more dear.. Tc💜🦋
mi part ves vrh reethi ekm this was the last part dhw
meege season 2 ves vrh avahah genesdhehcheyy
curiously waiting for next
Thankyou so much malaa♥ vrh happy vejje mi part reethi v kan eguneema.. yes mi last season.. insha allah season 2 vrh avahah genes dheynan.
Lyssm💜🦋
Mi story kiyaalee v kiyaa hithun
V interesting story eh
when are you uploading season 2 of this story?