ހޭލާ
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ މިހިތް ގައިމު ވަގުތުގައި މުޅި ދުނިޔެވަނީ އަރާމު ނިންޖަކުން ނިދާފައެވެ. އަހަރެންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ތަފާތަކީ އަހަރެންނަށް އެ ނިދީގެ ފޮނި މީރުކަން ނުލިބޭކަމެވެ. ސިހިފައި ތެދުވެ އަހަރެން އިށީނީމެވެ. އޭސީ 16 އަށް ލާފައި ހުރި އިރުވެސް އަހަރެން ހުރީ ދަލުން ފޯވެފައެވެ. ނުފޭބިނަމަވެސް އަހަރެންގެ ދެލޮލުގައި ކަރުނައިގެ އަސަރުވީކަން އަހަރެންނަށް ދިޔައީ އިހުސާސް ކުރެވެމުންނެވެ.
އަހަރެންނަށް ފެންނަނީ ހުވަފެނެކެވެ. ބިރުވެރި ހުތުރުކަން ބޮޑު ހުވަފެނެކެވެ. ކިޔުންތެރިންނޭ. މީގެ 2 ހަފްތާ ކުރިން އަހަރެންގެ އެންމެ ގާއިތް އެކުވެރިޔާ، ހުސެން ވަނީ މި ވަގުތީދުނިޔެއާއި އަލްވަދާއުކިޔާފައެވެ. ހުސެންއަކީ ގޯސްމީހެއް ނޫނެވެ. ފަރުޟު 5 ނަމާދު ޖަމާއަތުގައި ކުރެއެވެ. ކޮންމެ ދުވަހަކު ގުރްއާނުން އަކުރެއް ކިޔަވައެވެ. ހުރިހާ ސުންނަތް ނަމާދުކޮށް، ހުރިހާ ސުންނަތް ރޯދަތަށް ހިފައެވެ ސަދަގާތްކޮށް ޒަކާތްދީހަދައެވެ. މައިންބަފައިންނަށް ކަމޭހިތާ އަހްލާގު ރަނގަޅު އިންސާނެކެވެ.
ނަމަވެސް އަހަރެންނަށް ހުވަފެނުންފެންނަނީ، ނަރަކައިގެ އަލިފާނުގައި އަދަމުންދާހާލުގައި އޭނާ ސަލާމަތަށް ތެޅޭ ތަނެވެ. އެހުވަފެން ތަކުރާރުކޮށް އަހަރެންނަށް ދިޔައީ ކޮންމެރެއަކުވެސް ފެންނަމުންނެވެ. އޭނާ އަހަރެންގެ ކިބައިން މަދަދަށް އެދޭ ފަދައެވެ.
އެ ހުތުރުކަން ބޮޑު ހުވަފެންވަނީ އަހަރެންގެ ސިކުނޑީގެ ލޯގަނޑުގައި ކުރެހިފައެވެ. އޭނާގެ ކަންފަތުންނާއި، ނޭފަތުންނާއި ނިޔަފަތިތަކުގެ ދަށުން ދިޔައީ އޮލަދިޔަތަކެއްފަދައިން ލޭ އޮހޮރެމުންނެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ އަހަރެން ދިރިހުރިހާ ދުހާކު އަހަރެން ހަނދާންނެތޭނެ މަންޒަރެއްނޫނެވެ.
އެހެންކަމުން، އެހުވަފެންފެނި ހޭލެވުމުން އަހަރެން ތެދުވެ ދަމު ނަމާދާއި ވިތުރިނަމާދު ކުރަންފެށީމެވެ. ﷲ ގެ ހަޟްރަތުން އަހަރެންގެ އެކުވެރިޔާއަށް ހެޔޮ ރަހްމަތް ލައްވާއޭނާގެ ފުރާނައަށް ބަރަކާތް ލެއްވުން އެދި ދުއާ ކުރަންފެށީމެވެ. އެހުވަފެންތަކުގެ ހަގީގަތް އަހަރެންނަށް އޮޅުން ފިލުވަން އަހަރެންނަށް އެހީވެ ދިނުމަށް އެދި ރޮއެ އާދޭސް ކުރީމެވެ. ފަރުޟު ފަސް ނަމާދަށް ފަހުވެސް ހަމަ އެ ދުޢާ ކުރުން އާދަ ކުރީމެވެ. ނަމަވެސް އެހުވަފެން ދިޔައީ ތަކުރާރުވަމުންނެވެ.
އެހިސާބުން ނިދުން އަހަރެން ދުރުކޮށްފީމެވެ. ދަންވަރުވެސް ހޭލާ އިނދެ އަހަރެން ދުޢާދެންނެވީމެވެ. ނަމަވެސް އަހަރެންނަށް ހޭލާ ހުރެވުނީ އެންމެ ދެ ދުވަހުއެވެ. ދެދުވަސް ފަހުން އަހަރެންގެ ދެލޮލަށް ނިދިސަވާރުވިއެވެ. ނަމަވެސް މިއަދު އަހަރެންނަށް ހުވަފެން ފެނުނީ މުޅިން ތަފާތުކޮށެވެ.
އަހަރެންނަށް ފެނުނީ ބިޔަ، ބޮޑު ހަށިގަނޑެއްގެ ދެ ވެރިން އަހަރެންގެ އެކުވެރިޔާ ރަހުމް ކުޑަކޮށް އޭނާއަށް އަނިޔާކޮށް ލޮނދި ދިޔާ އެއްޗެހިތަކެއް އޭނާގެ ކަންފަތަށް އަޅަމުން ދިޔަތަނެވެ. އެއަށް ފަހު [މެލްޓެޑް އައިރޮން] އަލިފާން އޭނާ ރޮއި ހޭރި އޮއްވާ އޭނާ ކަންފަތަށް އަޅަނިކޮށެވެ. އެއަޑުގައި ވޭނާ ކެކުޅުން، ގަލަމަކުން ދެއްޔަކުން ބަޔާން ނުކުރެވޭހާ ބޮޑެވެ.
سُبْحَانَ ٱللَّٰهِ މާތް ﷲ އަހަރެން ކުރެއްވި ދުޢާ އިޖާބަ ކުރެއްވިއެވެ. އަހަރެންނަށް އެހުވަފެނުގައި އަހަރެންގެ އެކުވެރިޔާއާއި ވާހަކަ ދެއްކެވުނެވެ.
[އެކުވެރިޔާއެ. ތިބާ ފަރުޟު 5 ނަމާދު ކުރީމެއްނުން ހެއްޔެވެ؟ މައިންބަފައިންނަށް ގަދަރުކުރީމެއްނުން ހެއްޔެވެ؟ މިއަދު ތި ޖަޒާތިބާއަށް ތިޔަ ލިބެނީ ތިބާ ކޮންކުށެއް ކޮށްގެން ހެއްޔެވެ؟] ތުރު ތުރު އަޅަމުން ދިޔަ އަޑު އަހަރެން އެހީމެވެ. އޭނާއަހަރެންނަށް ރައްދުދިނެވެ.
[މިއުޒިކް. މަގޭ އަޙާއެވެ، މިއުޒިކެވެ. އަހަރެންއެބުރި ﷲ ގެ ހަޟްރަތަށް އައުމުން އަހަރެންނަނަށް މިލިބެނީ އެކަމުގެ ސަޒާއެވެ. ނަރަކައިން ބައެއްއަހަރެންނަށް ވަނީ ހަދިޔާކުރެވިފައެވެ. މިއުޒިކުގެ ސަބަބުންނެވެ. ވައްލާހް. އެންމެދުވަހަކުވެސް އަހަރެންނަކަށް ހަމަ ޖެހުމެއް ނުލިބެ. މިދާއިމީ އަޒާބުގެ ސަބަބުން އަހަރެންނަށް މަލާއިކަތްބޭކަލުން މިދަނީ އަޒާބު ދެއްވަމުން]
އަހަރެންނަށް ހޭލެވުނީ އެހިސާބުންނެވެ. ފުރަތަމައިނުންވެސް އަހަރެންގެ ސިކުނޑިއަށް އައި ސުވާލަކީ އޭނާ އެބުނި [ދާއިމީ އަޒާބު] އަކީ ކޮބައިބާއެވެ؟ އިރުކޮޅަކުވިސްނަން އިނުމަށް ފަހު އަހަރެންގެ ސިކުނޑީގައި ކޮއްޓާލީ އެކުވެރިޔާ ގެންގުޅުނު އިންސްޓަގްރާމް އެކައުންޓެވެ. އެ އެކައުންޓްގައި އޭނާ ދިޔައީ މިއުޒިކާއި އެކު އެކި ލަވަލަވަ ޕޯސްޓު ކުރަމުންނެވެ. އަހަރެންގެ ހިތް މަރުވިފަދައެވެ. އޭނާގެ އެކައުންޓުގައި އެތަށް ހާސް ފޮލޮވާރސް ހުރެއެވެ. އެތަށް ލައިކްސް ހުރެއެވެ. އަދިވެސް ކިތަށްބަޔަކު އެބަލާނެ ހެއްޔެވެ؟
‘އެބަލާހާ ބަޔަކަށް އޭނާގެ ފުރާނަނެއްކަމެއް ނޭންގޭނެއްނުން ހެއްޔެވެ؟ އޭނާ އެބުނި ދާއިމީ އަޒާބަކީ އެއީއެވެ. އެބެލި ކޮންމެމީހަކަށް އޭނާއަށް ދާނީ އަޒާބު ލިބެބުންނެވެ.’
އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނަމަވެސް ހަގީގަތް އެނގިހުރެ ދެއަތް އުރާލައިގެން ހުރުމަށް އަހަރެންނަށް ނުކުޅެދުނެވެ.
ٱلْحَمْدُ لِلَّٰهِ، ﷲ سُبْحَانَهُ وَتَعَالَى އަހަރެންގެ މަސައްކަތުގައި ބަރަކާތް ލެއްވިއެވެ. އަހަރެންނަށް ހެކާރ އަކާ ދިމާވިއެވެ. އޭނާގެ އެހީއާއި އެކު އަހަރެންނަށް އޭނާގެ އެކައުންޓު ޑިލީޓުކޮށްލެވުނެވެ.
އަހަރެންނަށް ނިދިލިބެންފެށީ އޭގެ ފަހުންނެވެ. ނަމަވެސް އަދިވެސް އަހަރެންގެ ސިކުނޑީގެ ލޯގަނޑުގައި އެ މަންޒަރުތަށްވަނީ ކުރެހިފައެވެ. އެދުވަހަށް ފަހު އަހަރެން މިއުޒިކާ މުޅިން ދުރުވީމެވެ. މިއުޒިކު މީހަކު ޖެހިޔަސް އަހަރެން އެތަނުން ދުރަށް ދަމެވެ.
****
ކިޔުންތެރިންނޭ.. މިހާދިސާއިންވެސް މިދޭހަވަނީ މިދުނިޔެ މިއީ ވަގުތީ އާލަމެއް ކަމެވެ. މިއީ އިމްތިހާނެއްކަމެވެ. ބުއްދިވެރި އަކީ އާޙިރަތް ދުވަހަށް ތައްޔާރުވާ ފަރާތެވެ. މިހާރު ދިވެހިރާއްޖޭގައިވެސް މިއުޒިކު މިވަނީ އާއްމު ވެފައެވެ. މިއުޒިކާއި އެކު ނިވާކަން ކުޑަ ހެދުންލައިގެން ނަށާފައި ސޯޝަލްމީޑިއާއަށް ޕޯސްޓު ކުރާއިރު ތިބާހަމައެއްވިސް އެއްޗެއް ހިތަކަށް ނާރާހެއްޔެވެ؟ ވާހަކައިގެ މިހިސާބުން ތިމާ އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލާށެވެ. މިވަގުތު ތިބާ މަރުވެއްޖެ ނަމަ، ތިބާގެ ދާއިމީ ދުނިޔެ ބާއްޖަވެރިވާނެ ހެއްޔެވެ؟
(ނިމުނީ)
One Comment
Comments are closed.







Varah reethi