ސައިކޯ 03 ވަނަ ބައި
ވަކި ވަކިން ރިކޯޑު ކުރި ބަޔާން ތަކުގެ ތެރެއިން ހާމިދާޔާ އެންމެ ގާތް އެކުވެރިންގެ ރިކޯޑިންގ ތައް އަޑު އަހަން ފެށީމެވެ.. އެގޮތުން ހާމިދާގެ އެކުވެރިއެއް ކަމަށްވާ ސަމާހަތުގެ ބަޔާން އިން ފެއްޓީމެވެ.. އޭނާ ބުނި ގޮތުގައި އެދުވަހު ޕާޓީގައި ސަމާހަތު އުޅުނީ ވަރަށް ދުރުދުރުންނެވެ..
“މީހަކާ މާ ބޮޑަކަށް އަނގައިނެއް ނުބުނޭ.. އެހެން މީހުނާ ވަކިން އެކަހެރިވެ ގޮސް އިންނަ ތަން ފެނުން.. ބަލާބެލުމަށް ހީވަނީ ކަމަކާ ފިކުރު ބޮޑުވެފަ އިން ހެން.. ނޫނީ ޖެހިގެން އުޅެނީ ކޮންކަހަލަ ކަމެއް ތޯ ސުވާލުވެސް ކުރިން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ..!! ” ސަމާހަތު ބުންޏެވެ..
ދެންވެސް ނެގި ބަޔާން ތަކުގެ ރިކޯޑިންގ އިން ވެސް ހަމަ އިވުނީ އެއް ވާހަކަ ތަކެވެ.. ތަފާތު ވާހަކަ އެއް ހޯދަން އަހަރެން ބޭނުންވެފައިވާލެއް ބޮޑުކަމުން އެދުވަހު ކައިވެނި ހަފްލާ ބޭއްވި ތަނުގެ ވެއިޓަރުންގެ ނަގާފައި ހުރި ބަޔާންތައް އަޑު އަހަން ފެށީމެވެ.. އޭގެ ތެރެއިން އެއް ވެއިޓަރެއްގެ ބަޔާނުގައި ބުނި ގޮތުން އެދުވަހު ހަފްލާ ނިމެން ކައިރި ވެފައި ހުއްޓާ ހާމިދާ ވަރަށް އަވަސް އަރުވާލާފައި ދާ ކަހަލަ ގޮތަކަށް ރެސްޓޯރެންޓުން ނިކުމެގެން މީހުން ނޫޅޭ ގަސްބޯ ޖަންގައްޔާ ދިމާލަށް ދަނިކޮށް ފެނުނު ވާހަކަ ބުންޏެވެ.. އަދި އެވަގުތު ހާމިދާ ހުރީ މީހަކާ އެކުގައި ކަމަށް ވެސް ވެއިޓަރުގެ ބަޔާނުގައި ބުނެފައިވެއެވެ..
ކުއްލިއަކަށް ސިހިގެން ދިޔައީ ފޯން ރިންގ ވާން ފެށި އަޑަށެވެ.. ބަލާލިއިރު ގުޅަނީ ސިމާހް އެވެ.. އަވަސް އަވަހަށް ކޯލަށް ޖަވާބު ދިނީމެވެ.. ސިމާހް ބުނީ ރެސްޓޯރެންޓް ކައިރީ ސަރަހައްދު ބަލަން ފޮނުވި ޓީމް އިން ރަށުގެ މީހުން ނޫޅޭ ޖަންގައްޔެއް ކަހަލަ ތަން ބެލި ބެލުމުގައި ފަޅު ގެއެއްގެ ތެރޭގައި އޮތް މީހަކު ބެލުމުގެ ދަށަށް ގެނެސްގެން އުޅޭ ވާހަކަ އެވެ.. އަދި ވީހާވެސް އަވަހަކަށް ސަރަހައްދަށް އައުމަށް ބުނުމަށްފަހު ފޯން ބޭއްވިއެވެ… އަހަރެންވެސް އަވަސްވެ ގަތީ ސަރަހައްދަށް މިސްރާބު ޖަހާށެވެ..
ސަރަހައްދުގައި އަހަރެން އަންނަން ދެން ސިމާހް އަދި ޓީމް އެންމެން މީހާ ހިފަހައްޓައިގެން ތިއްބެވެ.. މައުލޫމާތު ސާފު ކުރި ކުރުމުން އޭނާޔަާަށް ކިޔަނީ އަހްމަދު ކަން އެނގުނެވެ.. ބަލާބެލުމަށް ފުދޭ ވަރަކަށް ދުވަސް ވެފައި ހުރި ވައްތަރު ޖަހައެވެ.. ލައިގެން ހުރި އަންނައުނު ވެސް ބަލެވެ.. އެކި ދިމަދިމާލުން ލޯވަޅު އެޅިފައި ހުއްޓެވެ.. އެހިސާބުން އޭނާ ފެނުނު ގެ ބަލާފާސް ކުރުން ފެށިގެން ދިޔައެވެ..
” ސާރ!! ” ވަރަށް ބާރަށް ޓީމް މީހަކު ގޮވާލިއެވެ..
އެންމެންވެސް އެދިމާލަށް މިސްރާބު ޖެހިއެވެ.. ފެނުނު މަންޒަރު ބިރުވެރިއެވެ.. ތަނުގައި ނޯއް ދަމާލަން ނުކެރޭހާ ވަސް ގަދަ އެވެ.. ފަޅު ގޭ ތެރޭ އިން ތަޅު އަޅުވައި ބަންދުކޮށްފައި ހުރި ދޮރު ތަޅު ހަލާކުކޮށްލުމަށް ފަހު ވަންއިރު އެތެރޭގައި އިންސާނުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް އެކި ދިމަ ދިމާލުގައި ހުއްޓެވެ.. އެއްބައި ގުނަވަންތައް ކާލާފައި ހުރި ކަމުގެ ނިޝާން ތައް ފެންނަން ހުއްޓެވެ.. މުޅި ތަނުގެ ތެރޭގައި އޮތީ ލެޔާ ކުނިވެފައިވާ އިންސާނުންގެ ހަށި ތަކުގެ ބައެވެ.. ބޮލަށް އެންބުރުން އަރާކަހަލަ ގޮތެއް ވުމުން އަވަށް ބޭރަށް ނިކުމެލީމެވެ.. އޭރު ހިސާބު ގަނޑު ބަންދުކޮށް ގޭގައި މިވަގުތު ހުރި އަހްމަދު ހައްޔަރު ކުރެވިގެން ދިޔައެވެ .. އަދި ސަރަހައްދުގައި ފޮރެންސިކް ޓީމް އިންވެސް ހަރަކާތްތެރިވާން ފެށުނެވެ..
ގަޑި އިރެއް ފަހުން ފޮރެންސިކްސް ޓީމް ލީޑް ކުރާ ފަރާތް ބައްދަލު ކުރިއެވެ.. އެނގިގެން ދިޔަ ގޮތުގައި އެގޭތެރެއިން ފެނިފައި ވަނީ އެންމެ މީހެއް ދެމީހެއްގެ ހަށިގަނޑުގެ ބައިތަކެއް ނޫން ކަމެވެ..
“ގާތް ގަނޑަކަށް 15 ވަރަކަށް މީހުންގެ ހަށިގަނޑުގެ އެކި އެކި ބައިތަައް އެބަ ހުރި.. އިތުރު ތަހްގީގަށް އެބައިތައް ގެންދަނީ މި.. ކުރިން މިރަށުން ގެއްލިފައި ތިބި ކުދިން ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ.. ” ފޮރެންސިކް ޓީމް ލީޑް ކުރި ފަރާތް ކިޔައި ދިނެވެ..
ފޮރެންސިކުން ސަރަހައްދުން ގޮސް އަދި ހައްޔަރަށް އަހްމަދު ފުލުހުންގެ މަރުކަޒަށް ގެންދިޔުމުން އަހަރެންނާއި ޓީމް އިން އިތުރު ހޯދުން ތައް ހޯދަން ފަށައިގަތީމެވެ.. އަދި އެންމެ ފަހުން އަޑުއެހި ރެކޯޑިންގް ގައި ވާގޮތުން ހާމިދާ އައި ދިމާލަށް ވެސް ޓީމެއް ފޮނުވައި މަސައްކަތް އިތުރަށް ފުޅާކުރީމެވެ..
5 Comments!
Comments are closed.

Vrh reethi and interesting story eh maasha allah..
When’s the next part?
Thankyou😁, dhen anna bai varah avahah upload kolladheynan..
Vvv reethi when next???
Inshaallah varah avahah up kolla dheynan
Okiii👌