Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ޤައުމަށްޓަކައި

QxietHert Level 1
June 1, 2024 7 Mins Read
0 Comments

ޒަޔާންއަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ޒަޔާންގެ ފޯނު ނަގައި ގުޅަނީ ކާކު ތޯ ބަލައިލިއެވެ. ޒަޔާންގެ ފޯނަށް ގުޅަމުން ދިޔައީ ކާނަލް ނަސީމެވެ. ޒަޔާން އަވަސް އަވަހަށް ފޯނު ހިފައިގެން ބެލްކަނީ އަށް ނުކުތެވެ. އެނދުގައި ނިދާފައި އޮތް ޒަޔާންގެ އަންހެނުން އައިރީންއަށް އުނދަގޫ ނުކުރުމަށެވެ.

“އައްސަލާމު އަލައިކުމް ސާރ…. ” ޒަޔާން ނިދި އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވައިލިއެވެ. “ވައަލައިކުމުއް ސަލާމް… ޒަޔާން… ވަރަށް ބޮޑު ކަމަކު މި ގުޅާލީ… ވަރަށް އަވަހަށް ލ އަތޮޅަށް ދާން އެބަ ޖެހޭ. މި ކަމަށް ހަމަ އެންމެ އެކަށީގެންވާ މީހަކީ ވެސް ހަމަ ޒަޔާން.. ވަރަށް ބޮޑު މިޝަންއެއް މީ… އެއްވެސް މީހަކަށް މި ވާހަކަ އެނގޭކަށް ބޭނުމެއްނޫން…. މާދަމާ ހެނދުނު އޮފީހަށް އައީމަ ދެންހުރި ޑީޓެއިލް ތަށް ކިޔައިދޭނަން….” ނަސީމް ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“ސާރ…. އަޅުގަނޑު މިހުންނެވީ ޗުއްޓީ ނަންގަވައިގެން… އިއްޔެ ނޫން ކުރީ ދުވަހު އަޅުގަނޑުގެ ޗުއްޓީ ހަމަ ޖެހުނީ..” ޒަޔާން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. “ޒަޔާން…. އަހަންނަށް ވެސް އެނގޭ ޒަޔާން ހުރީ ޗުއްޓީގަ ކަން… އަދި ޒަޔާންގެ އަންހެނުން އިނީ ވިހަން ކައިރި ވެފަ ކަންވެސް… އެކަމަކު މި މިޝަންއަށް ޒަޔާން ވަރަށް ބޭނުން… ޒަޔާންއަށް ގެ ޗުއްޓީ ވަރަށް މުހިންމު ވާނެކަން ވެސް އަހަންނަށް އެނގޭ…. އެކަމަކު މި ވަގުތު މުޅި މި ޤައުމަށް ޒަޔާން ވަރަށް ބޭނުންވޭ…. ” ޒަޔާންއަށް ދެކޮޅު ހަދާފަ އިތުރަށް ވާހަކަ ދައްކަން ނުކެރުނެވެ. “ޔެސް ސާރ” އަދަބު ވެރިކަމާއިއެކު ޒަޔާން ބުނެލިއެވެ.

ފޯނު ބޭއްވުމަށްފަހު ޒަޔާން މަޑު މަޑުން ހިނގާފައި ގޮސް އެނދުގައި އޮށޯއޮތެވެ. އެނދުގެ އަނެއް ފަރާތުގައި އަރާމް ނިންޖަކުން ނިދާލާފައި އޮތް އައިރީންއާއި ދިމާލަށް ފުން ނަޒަރަކުން ޒަޔާން ބަލާލިއެވެ. ޒަޔާން އަކީ ޤައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ސިފައިންގެ އޮފިސަރެކެވެ. ޒަޔާން އާއި އައިރީންގެ ކައިވެންޏަށް 3 އަހަރު ފުރުނު އިރު މިއަދު އައިރީން އެއިނީ ވިހަން ކައިރި ވެފައެވެ. މިވަގުތު ޒަޔާންގެ އެ ހީތެރިކަން އެންމެ ބޮޑަށް އައިރީންއަށް ބޭނުން ވީ ހިނދު ޒަޔާން އަށް މި ޖެހުނީ އައިރީންއާއި ދުރަށް ދާށެވެ. “އައި އޭމް ސޮރީ…” އައިރީންގެ އަތްތިލަ މަތީގައި ޒަޔާން އަތްތިލަ ބާއްވާލަމުން ބުނެލިއެވެ. އެކި އެކި ހިޔާލް ތަކުގައި ޒަޔާން އަށް ނިދުނެވެ.

“ޔާން… ޔާން… ދެން ތެދުވޭ… މިހާރު އެއޮށް ބަންގި ގޮވަން 15 މިނެޓަށް ވީ… ” ޒަޔާންއަށް ހޭލެވުނީ އައިރީންގެ އަޑަށެވެ. “ހޫނ މި ތެދުވަނީ އޭ…” ޒަޔާން ބާލިސް ނަގާ މޫނު މަތީގައި އަޅާ ފޮރުވާލަމުން ބުނެލިއެވެ. “ދެން ތެދުވޭ… މިހާރު ވެސް މާ ލަސްވެއްޖެ.. ޔާން… ޕްލީސް ދެން އަޅެ ތެދުވޭ…. ދެން ނޯވެވޭނެ…” ޒަޔާންގެ މޫނު މަތީގައި އަޅާފައި އޮތް ބާލިސް ނަގަމުން އައިރީން ބުނެލިއެވެ. “ދެން ލޯބީ… ޕްލީސް ޖަސްޓް 5 މިނެޓްސް…. ” އައިރިންގެ އަތުން ބާލިސް ނަގަމުން ރަޖާގަނޑު ރީތި ކޮށްލަމުން ޒަޔާން އަނެއް ފަރާތަށް އެނބުރުނެވެ.

“ހުއް… އޮވޭ…. ދެން މަ ނުފެންނާނެ އިނގޭ… މަ މި ދަނީ..” އައިރިން އެނދުން ތެދުވެގެން ދާން ހިނގައިގަތެވެ. ޒަޔާން ފުންމައިގެން ތެދުވެ އައިރިންގެ އަތުގައި ހިފާ ގަޔާ ދިމާލަށް ދަމާލިއެވެ. ވިސްނާ ނުލާ ހުރި އައިރިން ގޮސް ޖެހުނީ ޒަޔާންގެ ތަނަވަސް މޭ މަތީގައެވެ. “ތީ ހަމަ ހީވާގޮތް…. އެހާ ފަސޭހައިން ނުދެވޭނެ… ލާހިކެއް ނޫން…. ތީ މަގޭ މިލްކެއް… ކިހިނެތް މަގޭ މިލްކަކަށް މަ ނުފޮނުވާލަނީސް ދެވޭނީ… ނޯ ވޭ… ބައްޕިގެ ލޯބި ލޯބި ބެބީ ވެސް އަދި މި އޮތީނުން… ނޯވޭ.. ނުދެވޭނެ..” އައިރިންގެ ގައިގަ ބައްދާލަމުން ޒަޔާން ބުނެލިއެވެ.

“ތީގެ މާނައަކީ އަހަރެންގެ ބޭނުން ފުދުނީމަ އަހަރެން ފޮނުވާލާ ނަމޭ ދޯ… ވަރަށް ފުހިވޭ..” އައިރިންގެ ތުންކޮޅު ދިގުކޮށްލަމުން ބުނެލިއެވެ. “ރިން ގެ ބޭނުން ފުދުނީމައޭ…. ނެވާރ…. އަހަރެންގެ އެންމެ ފަހު ނޭވާ ވެސް ދޫ ކޮށްލަން ބޭނުމީ ތި އުނގު ތެރޭ… މަރުވާން ނޫނީ އަހަރެން ނުދާނަން ރިން ދޫކޮށްލާފަ….” ޒަޔާން އައިރީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ހުއް ހެވޭ ގޯނި ފުލަށް ނުލިޔަސް… ދޭ ދެން… މިހާރު އެއްށް ބަންގި ގޮވަން 5 މިނެޓަށް ވީ.. މިރޭ ނުދެވޭނެ ބަންގި ގޮވަން ވާއިރަށް މިސްކިތަކަށް…” ޒަޔާންގެ ގަޔާ ދުރުކޮށްލަމުން އައިރިން ބުނެލިއެވެ.

“ނޫނޭ… ރިން ހަނދާން ނެތުނީތަ މަށަކީ ސިފައިންގެ މީހެކޭ…. ނުލާހިކު ފާސްޓް ވާނެ… ހުރިހާ ކަމަކަށް ވެސް…  އެނގެއެއްނުން.. ރިންއަށް އެންމެ ބޮޑަށް އެނގޭނީ ވެސް..” ޒަޔާން އެއްލޯ މަރާލަމުން ބުނެލިއެވެ. ” މާ ލާނެއް ވާން އުޅޭނެ ކަމެއް ނެތް.. ދާން އުޅޭ” އަތުގައި އޮތް ތުވާލިން ޒަޔާންގެ ބޮލުގައި ޖަހާލަމުން އައިރިން ބުނެލިއެވެ.

ޒަޔާޏް ނަމާދަށް ދިއުމުން އައިރިން އަވަސްވެ ގަތީ ނަމާދު ކުރާށެވެ. ނަމާދު ކޮށްގެން އައިރިން އިށީނީ ގުރުއާން ކިޔަވާލާށެވެ. އިރު އެރުމުން އައިރިން ދެން ނުކުތީ ބަދިގެއަށް ދިއުމަށެވެ. “ދަރިފުޅާ… ކިހިނެތްތަ މިއަދު..؟” އައިރިން ނުކުތުމުން ޒަޔާންގެ މަންމަ ޒުބޭދާ އަހާލިއެވެ. “ކުޑަކޮށް އުނަގަނޑުގަ ރިއްސާ އެބަ… އޮންނާނެ އިންނާނެ ގޮތެއް ނޭނގިގެން މި އުޅެނީ…” ސޯފާގައި އިށީންނަމުން އައިރިން ބުނެލިއެވެ. އެވަގުތު ޒަޔާން އަހިސް ގޭތެރެއަށް ވަނެވެ.” ހިނގާ ދާން ސައިބޯން..” ޒަޔާން އަހިސް ވަނުމުން އައިރިން އަވަސްވެ ގަތީ ސައިހަދަން ދިއުމަށެވެ.

“ރިން… އަހަރެން ފުރަން ޖެހިއްޖެ….” އައިރިންގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައީ ޒަޔާންގެ ޖުމްލައިންނެވެ. “ކީކޭ.. އެކަމް ޔާން ބުނީމެއްނުން…. ޗުއްޓީ އިނީ އޯކޭ ވެފައޭ….. ދެން ކީއްވެ…؟ ޔާން ނުގޮސް ނުވާނެ….” އައިރިންގެ ލޮލަށް ކަރުނަތަށް ބޮނޑި ވާން ފެށިއެވެ. އެހެން ނުވާނީ ފަހެ ކާކަށް ހެއްޔެވެ..؟ އައިރީން މިހާރު ވެސް މިހާރު އެއިނީ މިހާރުވެސް ވިހަން ތައްޔާރު ވެފައެވެ. މި ދަނޑިވަޅުގައި ފިރިމީހާ ދުރަށް ދާން އުޅޭ ކަން އެނގުމުން އަސަރު ނުކުރާނީ ކޮން އަނތްބަކަށް ހެއްޔެވެ؟ “ހެއި… ރިން ޕްލީސް ނުރޮއްޗޭ…. ރިން ރޮންޏާ އަހަރެންނަށް ކިހިނެތް ވާނީ… ޕްލިސް… އައި ނޯ ރިން ދެރަވާނެކަން… އައި ޓްރައިޑް… ވަރަށް މަސައްކަތް ކުރިން ނުގޮސް ވާނެ ގޮތެއް ވޭތޯ… އެކަމް އައި ހޭވް ނޯ އަދާރ ޗޮއިސް..” ޒަޔާން ގޮސް އައިރިންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

“އެކަމަކު ދަރިފުޅާ… ތިހެން ހެދީމަ އައިރިން ކިހާ ދެރަވާނެތަ..؟ ހަމަ ދަރިފުޅު ނުގޮސް ނުވާނެތަ..؟” ޒުބޭދާ އެތަނަށް ނުކުންނަމުން ބުނެލިއެވެ. “އާނ މަންމާ…. ނުގޮސް ވާން އޮތް ނަމަ އަހަރެން ވެސް ނުދާނެ ދޯ މިދުވަސްކޮޅު ރިން ދޫކޮށްލާފަ” ޒަޔާން މަޑުމަޑުން ބުނެލިއެވެ. “ކިހާ އިރަކު ފުރަނީ..؟” އައިރިން މަޑުމަޑުން ބުނެލިއެވެ. “8 ޖަހާއިރު…” ސައިބޯން އިން އިރު ވެސް އައިރިންގެ ދެލޮލުން ކަރުނަފައިބަމުން ދިޔައެވެ.

ސައިބޮއެ ނިމުމުން އަވަސް އަވަހަށް އައިރިން ކޮޓަރިއަށް ވަދެ ޒަޔާންގެ އެއްޗެހި ޕެކް ކުރަން ފެށިއެވެ. “ރިން… ޕްލީސް ނުރޮއެބާ… ވަރަށް އަވަހަށް އަހަރެން އަންނާނަމޭ… އެންމެ 3 ދުވަސް…. ރިން ރޮންޏާ އަހަރެން ކުރަން އުޅޭ އެއްވެސް ނުކުރެވޭނެ… އަޅެ ޕްލީސް….” ޒަޔާން ގޮސް އައިރިންގެ ގައިގަ ބައްދާލަމުން ބުނެލިއެވެ.

“ޕްރޮމިސް… 3 ޑޭސް… ޔަގީން..” އައިރިން ބުނެލިއެވެ. “އާނ ޔަގީން.. އައި ޕްރޮމިސް….” އެވަގުތު ކޮޓަރިއަށް ޒަޔާންގެ ދޮންބެ އަޒާން ވަނެވެ. “ކޮބާ ކޮއްކޯ… ދާން ވީނުން…” ޒަޔާން ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ގެއިން ނުކުންނަން ހިނގައިގަތެވެ. ޒަޔާން ގޮސް އަޒާންގެ ސައިކަލު ފަހަތަށް އަރަމުން ދޮރު ކައިރީގައި ހުއްޓިގެން ހުރި އައިރީންއާއި ދިމާލަށް ބަލައިލިއެވެ. ޒަޔާންގެ ހިތުގައި ރިއްސާލިއެވެ. އައިރީންގެ ރަތްވެ ދުޅަވެފައި ހުރި ދެލޯ ފެނުމުން އަސަރު ނުކުރާނީ ކާކަށް ހެއްޔެވެ.؟ ޒަޔާން ދިއުމުން އައިރީން ގޮސް ވަނީ ކޮޓަރިއަށެވެ.

އައިރިން އޮތީ ނުނިދިގެން ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައެވެ. 12 ޖެހިއިރު ވެސް އައިރިން އޮތީ ނުނިދިފައެވެ. އައިރިންގެ ހިތް ބުނަމުން ދިޔައީ ކަމެއް ގޯސް ވާން އުޅޭކަމެކެވެ. އައިރިންއަށް ޒަޔާން އަށް ގުޅުނު ވަރެއްގެ އަދަދު ވެސް ނޭނގޭނެއެވެ. އައިރީންއެކޭ އެއްފަދައިން ޒަޔާންގެ މަންމަ ޒުބޭދާ ވެސް އުޅެނީ ނުނިދިގެންނެވެ. ކޮތަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެފަ ބޭރަށް ނުކުތީ ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯ އެވެ. “މަންމާ…!” ސިޓިންރޫމަށް ނުކުތް ޒުބޭދާގެ ކަންފަތުގައި ޖެހުނީ އައިރިންގެ ވޭނީ ހަޅޭކުގެ އަޑެވެ. އެވަގުތު އަޒާން ވެސް ގެއަށް އައެވެ. އަޒާންއާއި ޒުބޭދާ ދެމީހުން އަވަސްވެގަތީ އައިރިންގެ ގާތަށް ދިއުމަށެވެ.

“ދަރިފުޅާ….. އަޒާން ގުޅާބަލަ އެމްބިއުލާންސް އަށް….. ބައްޕަ އަށް ވެސް ގޮވާލަބަލަ..” ޒުބޭދާ ގޮސް އައިރިންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އަޒާން އާއި ޒުބޭދާ އަދި އުމަރު އަވަސްވެ ގަތީ އައިރިން ހޮސްޕިޓަލަށް ގެންދިއުމަށެވެ. ވިއްސާ ކޮޓަރިއަށް އައިރިން ވެއްދީންސުރެ އަޒާން އުޅެނީ ޒަޔާނަށް ގުޅޭތޯއެވެ. “މަރުހަބާ… ފިރިހެން ކުއްޖެއް…. މަމް ވެސް އަދި ބޭބީގެ ވެސް ހާލު ރަނގަޅު…. ގަޑިއެއްހާއިރު ފަހުން އެތެރެއަށް ވަދެވޭނެ..” ބައިގަޑިއިރެއްހާއިރު ފަހުން ޑޮކްޓަރ ނުކްނަމުން ބުނެލިއެވެ.

“އަޅޭ… ކޮއްކޯ… ފޯނު ނަގާބަލާ…” ޒަޔާން ފޯނު ނުނެގުމުން އަޒާން ވެސް ހުރީ ހާސް ވެފައެވެ. ޒަޔާންއަކީ އެހާ ނިދި ގަދަ މީހެއް ވެސް ނޫނެވެ. އެންމެ ފަހަރަކު ގުޅާލާއިރަށް ފޯނު ނަގާ ޒަޔާން މިރޭ  އެތަށް ފަހަރަކު ގުޅުމުން ވެސް ފޯނު ނުނެގުމުން ހާސް ނުވާނީ ކާކު ހެއްޔެވެ..؟ “އޭ ބަޔަކު އަރައިގެން އެބައުޅެޔޯ….. ހަމަލާ ދެނީ އޯ…. ހަތިޔާރާއެކު ހަމަލާތަށް ދަނީ ބަދަލު ކުރަމުންނޯ…. ސިފައިންގެ މީހުންގެ ތެރެއިން ބަޔަކު ޝަހީދު ވެއްޖޯ… އެއްބަޔަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެއޯ.. ﷲ ގެ އިރާދަ ފުޅުން ސިފައިން ނަށް ނަސްރު ލިބިއްޖެ…. މަރުވި މީހުންގެ ހަށިތަށް މާލެ ގެންނަނީ އޯ…” އަޒާން ހޮސްޕިޓަލްތެރެއަށް ވަންނަން ހިނގައިގަތް ތަނުން އިވުނީ ކައިރީގަ ތިބި ދެ މީހުން ދައްކަމުން ދިޔަ ވާހަކައެވެ.

އަޒާން ބާރުބާރަށް ހިނގައިގަތްފައި އެތެރެއަށް ވަތް އިރު ޓިވީ އިން ކުއްލި ހަބަރު ދައްކަމުން ދިޔައެވެ. އަޒާންގެ ފައި ދަށުން ބިންގަނޑު ދަމައިގަތް ކަހަލައެވެ. ހުރި ތަނަށް އަޒާންއަށް ތިރިވެވުނެވެ. އާއެކެވެ. ހުރި ހަމަ އެކަނި ކޮއްކޮ ގައުމަށްޓަކައި ޝަހީދު ވީއެވެ. އަޒާންއަށް އަށް ބާރު ބާރަށް ރޮއެގަނެ ވުނެވެ. އެތަށް އިރަކު އެތާގައި އިނުމަށް ފަހު މީހާ ހަމަ އަކަށް އަޅުވާލަމުން އައިރިން ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.

އައިރީން އިނީ ކުޑަކުޑަ ދަރިފުޅު އުނގަށް ލައިގެން ނާނަ ކިޔާލަ ކިޔާލައެވެ. ހަމަ އެއްގޮތަކަށް ވެސް ދަރިފުޅު ހުއްޓާލާނެ ގޮތެއް ނުވިއެވެ. “އަޅޭ… މަންމި ދޫނި ކީއްވެތަ ތިވަރަށް ތި ރޮނީ… އަވަހަށް ހުއްޓާލާ ލޯބީ..”އައިރީން ދަރިފުޅު ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. “ގެނޭ މަންމަ އަތަށް.. ދަރިފުޅު އަރާމް ކޮށްލާ” އައިރީން އަތުން ކުދަ ދަރިފުޅު ނަގަމުން ޒުބޭދާ ބުނެލިއެވެ. އަޒާން މަޑުމަޑުން ގޮސް ޒުބޭދާ ކައިރި މަޑުކޮށްލިއެވެ. “ދަރިފުޅާ ކިހިނެތް ވީ؟” އަޒާން ގެ ކޮނޑުގައި އަތް އަޅާލަމުން ޒުބޭދާ ބުނެލިއެވެ. އެވަގުތު އަޒާން ގެ ހިތްވަރު ދޫވިއެވެ. މަންމާ އޭ ކިޔާ ޒުބޭދާގައިގައި އަޒާންއަށް ބާރު ބާރަށް ބައްދާލެވުނެވެ. އަޒާންގެ މި ކުއްލި އަމަލުން އައިރީން އަދި ޒުބޭދާ ވެސް ހުރީ ވާނުވާ ނޭނގިފައެވެ.

“ދަރިފުޅާ… އަޒާން… ކިހިނެތް ވީ….” ހާސްވެފައި ހުރެ ޒުބޭދާ ބުނެލިއެވެ.”މަ.. މަންމާ… ޒަޔާން.. ކޮއްކޮ.. މަންމާ… ޔާން…” ރޮވޭވަރުން އަޒާން އަށް ވާހަކަ ވެސް ނުދެއްކެއެވެ. “ޒަޔާން!… މަގޭ ޔާން އަށް ކިހިނެތް ވީ.. ކޮބާ މަގޭ ޔާން” އަޒާންގެ ވާހަކަ ތެރެއިން އައިރީން ބުނެލިއެވެ. އައިރީންގެ ދެލޮލުން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.

“ދަރިފުޅާ… ހުއްޓާލަބަލަ.. ކިހިނެތް ވީތަ… ބުނެބަލަ މަންމަ ކައިރި..” އަޒާން ގަޔާ ދުރުކޮށްލަމުން ޒުބޭދާ ބުނެލިއެވެ. “މަންމާ.. ޔަ.. ޔާން.. ޔާންކޮ.. ނިޔާވެއްޖެ!….. ބޭރުގެ ބަޔަކު އަރާ ހަނގުރާމަ ކުރީ…” ވަރަށް ހާލުން އަޒާން ބުނެލިއެވެ. ޒުބޭދާގެ ދެފައިން ވަރު ދޫވެގެން ވެއްޓެން ދިޔައެވެ. އަޒާން އަވަސް ހަރަކާތާއި އެކު ޒުބޭދާއާއި ޒުބޭދާ އަތުގައި އޮތް ކުދަ ދަރިފުޅުގެ ގައިގައި ހިފަހައްޓާލިއެވެ. ޒުބޭދާ ގޮނޑީގައި ބޭނދުމަށްފަހު ކުދަދަރިފުޅު ކުޑައެނދަށް ލާފައި އަޒާން ގޮސް އައިރީން ކައިރީގައި އިށީނެވެ.

“ރިން…” އަނެއްކާ ވެސް އަޒާން އަށް ރޮވުނެވެ. “ނޫން ނުވާނެ އެހެންނެއް… މަގޭ ޔާން މަރެއް ނުވާނެ.. ޔާން ބުނި ދުވަހަށް އަހަރެން ކައިރިއަށް އަންނާނެ… ތީ ހުސް ދޮގު.. ނުވާނެ އެހެންނެއް.. ޔާން އަހަންނަކަށް ދޮގެއް ނުހަދާނެ” އައިރީން އަތުގައި ގުޅާފައި އިން އައިވީ ނައްޓާލާ އުޅުނީ ދުއްވައިގަންނަންށެވެ. އަޒާން ތެދުވެ އައިރީން ދިޔަޔަ ނުދިނުމަށްޓަކައި އަތުގައި ހިފާ ގެނެސް ގަޔާ ކައިރި ކޮށް ބައްދާލިއެވެ.

އައިރީން އަޒާން ގަޔާދުރުކޮށްލިއެވެ. “ރިން.. ޕްލީސް… ހިތްވަރު ކުރަންވާނެ..” އަޒާން އައިރީން ގެ އްތުގައި ހިފާލަމުން ބުނެލިއެވެ. “ތިނަމުން ނުގޮވާތި.. ތީ ހަމަ އެކަނު މަގޭ ޔާން ކިޔާ ނަމެއް.. މަގޭ ޔާން ނޫން އެހެން އެއްވެސް މީހަކަށް ތިނަމުން ކިޔަން ހުއްދައެއް ނުދެން” އައިރީން ރޮމުން ރޮމުން ތިރިވެލިއެވެ. މުޅި ކޮޓަރިތެރެއަށް ވެސް ވެރިވެފައިވަނީ ހިތާމައެވެ.

ވަގުތު ފާއިތު ވަމުން ގޮސް ޝަހީދު ވެފައިވާ ހުރިހާ މީހުން މާލެ ގެނެސް އެ މީހުން ގެ ޖަނާޒާގެ ކަންތަށް ކުރިއަށް ގެންދަން ފެށިއެވެ. އައިރީން އިނީ އަދިވެސް ހިނގާދިޔަ ކަންކަން ގަބޫލުކުރަން އުނދަގޫ ވެފައެވެ.އެ ދެލޮލުން ކަރުނައިގެ އަސަރު ފިލާ ނުދެއެވެ. ހިނަވާ ނިމުމުން އަޒާން އަހިސް އައިރީން ގޮވައިގެން ޒަޔާން އޮތް ރޫމަށް ދިޔައެވެ. އައިރީން އަށް ޒަޔާން ފެނުމުން ދުވެފައި ގޮސް ޒަޔާންގެ ގައިގައި އޮޅުލައިގަތެވެ.

“ޔާ..ޔާން.. ޔާން… ޔާން.. ޕްލީސް ލޯ ހުޅުވަބަލަ.. ޔާން.. ބަލާލަބަލަ.. މީ މަށޭ.. ޔާން.. ޔާން ހިނގާ އަހަރުމެންގެ ދަރިފުޅު ދެކިލަން ދާން.. ހަމަ ޔާން.. އެއްވެސް ތަފާތެއް ނެތް.. ޔާން… މި މީހުން އެ ހަދަނި ހުސް ދޮގު ދޯ.. ޔާން އޯކޭ ދޯ… ޔާން އަހަރެން ދޫކޮށްލާފަ ނުދޭ… އަހަރެންނަކަށް ޔާން އާއި ނުލާ ނޫޅެވޭނެ.. ހިނގާ ދާން ބޭބީ ކައިރިއަށް.. ޔާން.. މަޖަލެއް ނޫން.. ލޯ ހުޅުވަބަލަ.. ސަކަރާތް ހުއްޓާލާފަ.. ޔާން އަލޭ ޕްލީސް.” އައިރީންއަށް ވަނީ ވަރަށް ފުން ހިތާމަ އެއް ލިބިފައެވެ.

ދުރުގައި މަންޒަރު ބަލަން ތިބި އެންމެންގެ މޫނު މަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. ހިތާމައެވެ. “ރިން ޕްލީސް..” ދުރުގައި ބަލަން ހުންނަން ކެތް ނުވުމުން އަޒާން އަހިސް އައިރީން ގާތުގައި ހުއްޓުނެވެ. “ޒާން.. ޒާން ބުނެބަ ޔާން ކައިރި ލޯ ހުޅުވާށޭ.. އޭރަށް ޔާން ލޯ ހުޅުވާނެ..” ރޮމުން ރޮމުން އައިރީން ގޮސް އަޒާންގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރެ ކިޔަމުން ދިޔައެވެ.

“ރިން.. ރިން އަށްވެސް އިނގެ އެއްނުން ދެން ޔާން ކޮއްކޮ ލޯ ނުހުޅުވާނެކަން. އަހަރެމެންނާ މުޅި އުމުރަށް ދުރަށް އެ ދިޔައީ.. ހިތްވަރު ކުރަން ވާނެ..” އައިރީންގެ ގައިގައި ބައްދާލަމުން އަޒާން ބުނެލިއެވެ. “ނުވާނެ އެހެންނެއް.. ތީ ހުސް ދޮގު… މަގޭ ޔާން ނުދާނެ އަހަރެން ދޫކޮށްލާފައެއް.. ޔާން ޕްރޮމިސް ކުރި 3 ޑޭސް… 3 ޑޭސް.. ތެރޭ އަންނަން” އަޒާން ދުރުކޮށްލަމުން އައިރީން ބުނެލިއެވެ. އައިރީން އަކަށް މާ ގިނަ ވަގުތަކު އެހެން ނުހުރެވުނެވެ. އައިރީން ހޭނެތިގެން ވެއްޓުނެވެ.

އަޒާން ހުށިޔާރު ކަމާއިއެކު އައިރީން ހިފަހައްޓާލިއެވެ. އައިރީން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު އަޒާން އަހިސް ޒަޔާން ކައިރި ހުއްޓުނެވެ.”ޔާން.. އައި ޕްރޮމިސް ރިން ވެސް.. އަދި ރިން އާއި ޔާންގެ ބޭބީ ވެސް އަހަރެން ބަލާދޭނަން..” އަޒާން ގެ ލޮލުން ވެސް ކަރުނަ ހުސް ނުވެއެވެ. ހުރި ހަމަ އެކަނި ކޮއްކޮ ދުނިޔެއިން ވަކިވީއެވެ..

ޒަޔާން ގެ ޖަނާޒާ ކަންތަށް ނިންމާލި އިރު ވެސް އައިރީން ހެއެއް ނާރައެެވެ. ޒުބޭދާއަށް ވެސް އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ. ހޭ އެރި ފަހުން ވެސް އައިރީން އެއްޗެއް ނުބުނެއެވެ. ނެގި މަޑުވެފައި އިނދެވެނީއެވެ.

******* 18 އަހަރު ފަސް *******

“މުޅި ޕްލެޓޫން ގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މި ފަހަރު ލިބޭ ފަރާތަކީ…. “މުހައްމަދު ޒަލަފް ޒަޔާން” މުޅި ތަން ގުގުމައިލީ ހުރިހާ އެންމެންގެ އަތްތިލަ ބަޑިންނެވެ. 18 އަހަރު ފަހުން ޒަޔާން އެކޭ އެއް ފަދައިން ޒަޔާން ގެ ދަރިފުޅު ވެސް ވީ ގައުމަށް ހިދުމަތް ކުރާ ހިތް ވަރު ގަދަ ސިފައިންގެ މީހަކަށެވެ. ގައުމަށްޓަކައި އަބަދުމެ ހިދުމަތް ކުރާނެ މީހަކަށެވެ. ޒަލަފް ވެސް އަބަދުވެސް ދެމިހުންނާނި ގައުމަށް ހިދުމަތް ކުރުމުގައެވެ. ގައުމަށްޓަކައެވެ.

Share Article

Follow Me Written By

QxietHert

Level 1

Other Articles

Previous

ނާމާން

Next

މަގޭ މާއިލް 20

Next
June 2, 2024

މަގޭ މާއިލް 20

Previews
June 1, 2024

ނާމާން



All Right Reserved!