ޒަޔާންއަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ޒަޔާންގެ ފޯނު ނަގައި ގުޅަނީ ކާކު ތޯ ބަލައިލިއެވެ. ޒަޔާންގެ ފޯނަށް ގުޅަމުން ދިޔައީ ކާނަލް ނަސީމެވެ. ޒަޔާން އަވަސް އަވަހަށް ފޯނު ހިފައިގެން ބެލްކަނީ އަށް ނުކުތެވެ. އެނދުގައި ނިދާފައި އޮތް ޒަޔާންގެ އަންހެނުން އައިރީންއަށް އުނދަގޫ ނުކުރުމަށެވެ. “އައްސަލާމު އަލައިކުމް ސާރ…. ” ޒަޔާން ނިދި އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވައިލިއެވެ. “ވައަލައިކުމުއް […]