ޙަޤީޤަތް ހޯދުމޭ 37
“ވިނަބެއްޔާ! ކީއްތަ ތި ކުރަނީ؟ އެ އޯރގަން ސެލާސްތައް ޔޫނުސް ގޮވައިގެން މި ބޯޓަށް އަރަނީއޭ….” އަހަރެން ބުނީމެވެ. އެހެނަސް އެކޮޅުން ޖަވާބެއް ނުދިނެވެ. އެ ވަގުތު ބޯޓުގެ ސެކިޔުރިޓީ ސިސްޓަމް ޖައްސާލައިފިއެވެ. އަހަރެންގެ ފޯނު ކެނޑުމުން އަނެއްކާ ވެސް ގުޅަން މަސައްކަތް ކުރީމެވެ. އެހެނަސް ބުނަނީ ރޭންޖު ނުލިބޭ ކަމަށެވެ. އަހަރެންގެ ބޮލުގައި ތޮތްޕެއް ހެން އެޅުނީ ބޮޑު ސުވާލު މާކެކެވެ. ކިހިނެއް ވީ ހެއްޔެވެ؟ އަނެއްކާ މި ބޯޓު ޖައްސާލުމުން ވީ ގޮތެއް ހެއްޔެވެ؟ އާހިލް ވެސް ހާސްވެގެން ތެޅިގަތެވެ. ދެން އިވުނީ މީހެއްގެ ފިޔަވަޅުގެ އަޑެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. މި ދެން ހަމަ ޙަޤީޤަތަށް ވެސް ޒިންދަޤީ ބަރުބާދު ވީއެވެ.
އަހަރެން އަވަސް އަވަހަށް އާހިލްގެ އަތުގައި ހިފާ އެ ކެޕްސޫލް ތެރެއަށް ވަދެ އެތެރެއިން ލޮކުކޮށްލީމެވެ. މި ތަނުގައި ވެސް އަހަރެމެން މި ބަންދުވީތާއެވެ. ރަވާނުމެންނަކަށް ގުޅެނީއެއް ނޫނެވެ. މި ބޯޓު ހަދައިފައި ހުރި ގޮތުން އެތެރެއަށް ރޭންޖެއް ނުލިބެއެވެ. ނުވީތާކަށް އެތެރޭގައި ހުރި އެއްޗެއް ޓްރޭސް ކުރެވެނީއެއް ވެސް ނޫނެވެ. އެހެންވީމާ މިތަނުގައި އަހަރެމެން ތިބިހާ ހިނދަކު ރަވާނުމެންނަކަށް އަހަރެމެން ސަލާމަތެއް ނުކުރެވޭނެއެވެ. ދެން މި ދަތުރުގައި އަހަރެމެން މަރު ވާނީ ހެއްޔެވެ؟ މި ގޮލައިން އެފަދަ ކަމެއް ކުރާކަށް ފަހެއް ނުޖެހޭނެއެވެ.
“އެނޮއިން ކެޓޫ. އަހަރެންނަށް ހީވަނީ މިއީ ވެސް ފާޑެއްގެ އުޅަނދެއް ހެން. ކަލޭ މިއާއި ބެހޭ އެއްޗެއް ފެނޭތޯ ބަލާބަލަ. އަހަރެން މި މަސައްކަތް ކުރަނީ މި ޖެއްސޭ ތޯ.” އަހަރެންނަށް ފެނުނު އެންމެ ބުއްދިވެރި ކަމަކަށް ވީ ކަންތަކުގެ ވާހަކަ ބުނެލީމެވެ. އޭގެ އެއްކޮޅުގައި ހުރި ބޯޑެއްގައި އަތް ޖައްސާލުމާއި އެކު ދިއްލުނެވެ. އަހަރެން އެއާއި ކުޅެން މަސައްކަތް ކުރީމެވެ. އޭގެ ކޮންޓުރޯލު ތައް ދެނެގަންނަން ދިހަ މިނެޓް ނެގިއެވެ. އެކަން ވުމުން އެ އިސްޓާޓް ކޮށްލީމެވެ. އެހެނަސް އެއިން އެއްވެސް އަޑެއް ނީވެއެވެ. ސައިލެންޓް ޓެކްނޮލޮޖީ ބޭނުން ކޮށްފައި ހުރީ ކަމަށް ވެދާނެ އެވެ.
“އޭ ބްރޯ. އައިސްބަލަ.” އަހަރެން ހައިރާން ވެފައި ހުރި ވަރުން އާހިލާއި މުޚާޠަބު ކުރީ ވެސް ބްރޯ އޭ ކިޔައިފައެވެ. “މަށަށް ތަ ތި ގޮވަނީ؟” އެ ސޮރު އޭނާގެ މޭގައި އިނގިލި ޖައްސާލަމުން އަހާލިއެވެ. “ދެން މިތަނުގައި އެހެން މީހަކު އެބަހުރި ތަ. ދެން ވެސް ކަލޭ މިތަނަށް އައިސްބަލަ.” އަތުން އިޝާރާތް ކުރަމުން އަހަރެން ބުނީމެވެ. “އޭނ… ހަމަ އަސްލުގައި ވެސް މިކަހަލަ އުފެއްދުންތައް މި ދުނިޔޭގައި ހުރޭތަ. އިންވިޒިބިލިޓީއޭ. ވަޓް؟ ހައު؟” އާހިލަށް ވެސް އެކަން ޤަބޫލުކުރަން ދަތިވިއެވެ. “މި އަކީ އެސްކޭޕް ޕޮޑެއް ކަހަލަ އެއްޗެއް. އެކަމަކު މޫދު އަޑީގައި ދުއްވާ އެއްޗެއް. ވޯޓާރ ކެޕްސޫލް އެއް. މީތި ބޭނުން ކޮށްގެން އަހަރެމެންނަށް މި ބޯޓުން ބޭރު ވެވިދާނެ. އެހެން ހަދަން ވީތަ؟ ނޫން މަޑުކުރޭ. ޔެލޯ… ޔެލޯ ސަލާމަތް ކުރަން ޖެހޭނެ.” ފަށްޗަކަށް އަހަރެން ބަސްތަކެއް އަމުނާލީމެވެ.
“އެހެން ވިއްޔާ ހިނގާ ބޭރުން މި ބޯޓަށް ފޮލޯ ކުރަން. ކަލެއަށް އެނގޭތަ މި ދުއްވަން. އެނގެންޏާ މި ބޭނުން ކުރާނީ.” އާހިލް ބުނެލިއެވެ. އަހަރެން ބޯޖަހާލައިފައި އެ ކެޕްސޫލްގެ އިންވިޒިބިލިޓީ ފިތް އޮން ކޮށްލަމުން އެސްކޭޕް އަށް އޮބާލީމެވެ. އެ ބޯޓުން ބޭރު ވެވުނީ މޫދުގެ އަޑިއަށް ކަން އެނގުނީ ކެމެރާ ތަކުގެ އެހީގައެވެ. އެހެނަސް އަހަރެންނަށް އަނގަ ހުޅުވާލެވުނީ އެ ބޯޓު ވެސް ދިޔައީ މޫދު އަޑިން ކަމަށް ވާތީއެވެ. މިހާރު ހީވަނީ ސަބްމެރީން އެއް ހެނެވެ. އަހަރެން އޭގެ ފަހަތުން ދިއުމަށް ބޯޑާއި ކުޅެލީމެވެ. ހިނދު ކޮޅު ކޮޅުން މަހެއް އައިސް ކެޕްސޫލް އަށް ލެނޑޭތީ މި ކެޕްސޫލް ޙަޤީޤަތުގައި ވެސް އިންވިޒިބްލް ކަމަށް ޤަބޫލުކުރެވުނެވެ. މިކަހަލަ އެޑްވާންސް ޓެކްނޮލޮޖީގެ އުފެއްދުމެއް އަދި މި ފެނުނީއެވެ.
އަހަރެންގެ ހައިރާންކަން ދެގުނަ އިތުރުވީ އެ ބޯޓު އިތުރަށް ފުނަށް ދުއްވަމުން ދާތީއެވެ. އަދި ދުއްވާލެއް ވެސް ނުހަނު ބާރެވެ. މި ކެޕްސޫލް ވެސް އެހާ ބާރަށް ދުއްވޭކަން ރަނގަޅެވެ. އެހެން ނޫންނަމަ މީގެ އެތައް ވަގުތެއް ކުރިން އެ ބޯޓު ލޮލު ކޮޅަށް ގޮސް އޮބާލީހެވެ. އަހަރެންނަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ ވޯޓާރ ކެޕްސޫލްގައިވާ ޖީޕީއެސް އެއް ކަހަލަ އެއްޗަކުން ފެންނަނީ އެންމެ މަންޒިލެއް ކަމަށް ވާތީއެވެ. އެތަނަށް ދީފައިވާ ނަމަކީ އޯރގަން އައިލެންޑެވެ. ވަރެއްގެ ބައެކެއްނު ހެއްޔެވެ؟ އެ މީހުންގެ ލާއިންސާނީ މަސައްކަތް ހިންގާނެ ރަށެއް ވެސް އެ އޮތީއެވެ. މި ދިވެހިރާއްޖޭގައި ރަށެއް ގަނެގެން އުޅޭނީ އެންމެ ދެ ދިވެހިން ކަމަށް އަހަރެން އަޑުއެހީމެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ނޭނގެއެވެ.
ދެ ގަޑިއިރެއް ހާ ވަގުތު ދުއްވައިފައި އެ ބޯޓު ވަންނަން ދިޔައީ ބޮޑު ފުޅާ ހޮރެއްގެ ތެރެއަށެވެ. އެވަރުގެ ބޮޑު ހޮރެއް މި ދިވެހިރާއްޖޭގެ ކަނޑުގައި އޮންނަ ކަން ވެސް އަދި މި އެނގުނީއެވެ. އޭގެ ތެރެއިން ލައިފައި ދެން ދެވުނީ ދަގަނޑު ދޮރެއް ކަހަލަ އެއްޗެއްގެ ކުރިމައްޗަށެވެ. އެ ދޮރުން ހުޅުވުމުން އެތެރެއަށް އެ ބޯޓު ވަދެފައި ތިރީގައި ޖައްސާލިއެވެ. އަހަރެމެންނަށް އެތެރެއަށް ވަދެވުނީ ކިރިޔާއެވެ. ފަހަތުން އެ ދަގަނޑު ދޮރު ލެއްޕުނު އަޑަށް އަހަރެމެން ވެސް ތިރީގައި ޖައްސާލީމެވެ. ދެން އެ ވަގުތު އެތެރެއަށް ވަދެގެން އައި ލޮނުފެންތައް ކޮންމެވެސް އެއްޗަކުން ދަމައިގަނެ ފެންތައް ބޭރު އަރުވާލިއެވެ. އެވަގުތު އެ ބޯޓު ވެސް އޮތް ސިފަ ބަދަލުވިއެވެ. ތިރިން ބޮޑު ހަތަރު ފުރޮޅު ނިކުމެފައި ދެން ހުއްޓުނެވެ. މިހާރު ހީވަނީ ބިޔަ އެއްގަމު އުޅަނދެއް ހެނެވެ. ހާދަހާ ތަފާތު އެއްޗެކެވެ. ގޮތްގޮތް ހަދާލުމުން އެކި ގޮތްގޮތަށް އެ ބޭނުން ކުރެވޭނީ ވިއްޔާއެވެ. ދުނިޔޭގެ ހަތް އަޖައިބާއި ވާދަ ކޮށްލެވޭ ވަރެއްނު ހެއްޔެވެ؟
އަހަރެމެން ތިބި ތަން ހަދައިފައި ވަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. ސްމާޓް ޓެކްނޮލޮޖީގެ ތަކެތި ގިނަކަމުން އަހަރެންގެ ކުޑަކުޑަ ސިކުނޑިއަށް ނުކަތާ ވަރު ވެއެވެ. ކެމެރާއިން ފެންނަމުން ދިޔަ މަންޒަރު ބަލަން އާގަމަ ވެފައި ހުރެވުނީ އެހެން ވެގެންނެވެ.
“ކަލޯ. ބަލާބަލަ މިއޮއް އެއްޗެއް. އިންވިޒިބިލް ސޫޓެކޯ.” އާހިލް ނަގާ ދައްކާލީ ދެ ސޫޓެވެ. އޭނާ އެއިން ސޫޓަކަށް އަރާ އޮން ވެލުމުން ލޯމަތިން އޭނާ ގެއްލުނެވެ. ވައި މަތީގައި ފެންނަން އޮތް އަނެއް ސޫޓު ނަގައިފައި އަހަރެން ލީމެވެ. އެ ވެސް އޮން ކޮށްލީމެވެ. “އެނޮއިން ކެޓޫ. ކޮން ތަނަކު ތި ހުރީ.” އެތެރެއިން ގުޅައިފައިވީ ކުޑަ މައިކެއްގެ އެހީގައި އާހިލާއި ވާހަކަ ދެއްކީމެވެ. “ކަލޭ އިހަށް ތީގެ އިންވިޒިބިލިޓީ އޮފް ކޮށްބަލަ.” އާހިލް އެހެން ބުނެލި އަޑު އިވުމާއި އެކު އަހަރެން އެ ބަހާއި އެއްގޮތަށް ޢަމަލުކުރީމެވެ. އެހެން ހުއްޓާ ސޫޓު މަތިން އަހަރެންގެ އަތުގައި އޭނާ ހިފާލި ކަމުގެ އިޙްސާސް ކުރެވުނެވެ.
އަހަރެން އޭނާއާއި އެކު ހިނގައިގަތީމެވެ. މި ބޮޑު ތަނުގެ އެކޮޅު މިކޮޅު ބަލާލަން ޖެހޭނެތާއެވެ. އެ މީހުންތައް ޔޫނުސް ގޮވައިގެން ދެން ވަތް ތަނެއް ވެސް އެނގެނީ އެއް ނޫނެވެ. ފިޔަވަޅު އަޅަން ވެސް ޖެހުނީ ވަރަށް ވިސްނައިގެންނެވެ. ބެދޭ މަޅިއެއް ނުފެންނާނެއޭ ބުނާ އަޑު އަހަމެއްނު ހެއްޔެވެ؟ އަމުދުން މިފަދަ ތަނެއްގައި އެކަހަލަ މަޅި ތަކެއް ނެތި ނުދާނެއެވެ. އެހެންކަމުން އަހަރެމެން ހިނގީ ވެސް ވަރަށް ލަސްލަހުންނެވެ.
އެންމެ ފުރަތަމަ ދެވުނީ ބަޔަކު ތަޅަން ފަރިތަކުރަން ތިބި ތަނަކަށެވެ. ދެން ދެވުނީ ފާޑެއްގެ ގުދަނެއް ކަހަލަ ތަނަކަށެވެ. ދެން ސެކިޔުރިޓީ ރޫމެވެ. އެތަނުގައި ގިނަ ބަޔަކު ޙަރަކާތްތެރި ވަމުން ދިޔައެވެ. ފެންނަ ކޮންމެ މީހެއްގެ އަތުގެ އިނގިއްޔެއްގައި ޔާޤޫތެއް ޖަހައިފައިވާ އަނގޮޓިއެއް އޮތެވެ. އެ ސެކިޔުރިޓީ ސިސްޓަމް ފެނި އަހަރެން އަޖައިބުވިއެވެ. އެހެނަސް މިވަގުތު އެއަށް ބެހިލަން އަތުގައި ލެޕްޓޮޕެއް ނެތެވެ. މެޓީރިއަލް ބޭގުގެ ތެރެއިން ކެމެރާއެއް ނަގައިފައި އެތަނުގައި ހަރުކޮށްލީމެވެ. އެ ކަހަލަ ކެމެރާއަކީ އެހެން އެއްޗަކާ ގުޅިފައިވާ އެއްޗެއް ނޫނެވެ. އެއަށް ރިކޯޑު ކުރެވޭ އެއްޗެހި ބަލަން ޖެހޭނީ އޭގެ ތެރޭގައި އިންނަ ކާޑެއް ނަގައިގެންނެވެ. އޭގެ އެންމެ މޮޅު ތަންކޮޅަކީ އެހެން ބަޔަކަށް އެ ކަހަލަ އެއްޗެއްގެ ގޮތެއް ނުހޯދޭނެއެވެ.
ކުޑަވަގުތުކޮޅެއް ވަންދެން އަހަރެން ބޭނުންވީ އެ ތަނުގެ ސެކިޔުރިޓީ ސިސްޓަމް ދިރާސާ ކޮށް ދެނެގަންނާށެވެ. ފަހުން އޭގެ ބޭނުން ޖެހިދާނެތީއެވެ. އެތަނުގައި ތިރީސް މިނެޓް އެހެން ހޭދަ ކުރީމެވެ. ނުކުމެގެން ދާން ހިތަށް އަރުވާލީ ވެސް އެ ހެކު ކޮށް ސެކިޔުރިޓީ ސިސްޓަމް ފުނޑާލެވޭނެ ގޮތް ދެނެގަތުމަށް ފަހުގައެވެ.
އަހަރެމެންނަށް ދެން ވަދެވުނީ ތަފާތު ވައްތަރުގެ އާލާތްތައް އަތުރާފައި ހުރި ތަނަކަށެވެ. އެތަނުގައި ހުރި އެއްޗެހިނަކީ މިއިން ޒަމާނަކު ލޮލުން ދެކެފައި ނުވާ ވަރުގެ މޮޅެތި ފަންނިއްޔާތުގެ އުފެއްދުން ތަކެވެ. އެހެން ގޮސް އެތަނުގައި ބުރެއް ޖަހާލީމެވެ. ކޮންމެ ތަނެއްގައި ކެމެރާތައް ހަރު ކުރަމުންނެވެ. އަހަރެމެންނަށް ނުވަދެވުނީ އެންމެ ތަނަކަށެވެ. ނުވަދެވިގެން އެތަނުގެ ކުރިމަތީގައި ހުއްޓި ހުރީ ޔޫނުސް ވާނީ އެތަނުގައި ކަން ދެނެގަނެވުމުންނެވެ. އެއީ އެހެން އެއްވެސް ތަނަކުން ޔޫނުސް ނުފެނުމުންނެވެ.
އެތަނަށް ވަދެލާނެ ފުރުސަތެއް ލިބުނީ ވަރަށް ގިނަ އިރު ފަހުންނެވެ. ބަލައިލައިފައި ހީވަނީ ބޮޑު ލެބޯޓަރީ އެއް ހެންނެވެ. އެތަނުގައި ޑަކުޓަރީ އާލާތްތައް ހުރިލެއް ގިނަ ކަމުންނެވެ. ޑަކުޓަރުން ވެސް ތިއްބެވެ. އެކަކު ފާހަގަ ކުރަން ވަރަށް ފަސޭހަ ވިއެވެ. އެ މޫނެއް އަހަރެންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ކުރިން އެއީ ކާކު ކަން ނޭނގުނު ކަމުން އަހަރެމެންނަށް ހާދަ ގެއްލުން ވިއެވެ. އެނގުނު ފަހުން ގެއްލިގެން ހޯދަމުން ދާ ފައިހާ މި ހުރިހާ ދުވަހު ފިލާ މި ހުރީ މިތަނުގައި ތާއެވެ. ފަޅު ރަށެއްގެ ބިމު އަޑީގައެވެ. ބޯޓާއި ކެޕްސޫލް ފަދައިން މިތަނުގައި ހުންނަ އިރު ވެސް ރޭންޖެއް ނުލިބެއެވެ. އަމިއްލަ ފޯނުގެ ލޮކޭޝަން ވެސް ނުބެލެއެވެ.
“ޔެލޯ!” އަހަރެންނަށް ވައި އަޑުން އެ ނަން ކިޔާލެވުނެވެ. ފާޑެއްގެ އެނދެއްގެ މަތީގައި އޮތް ޔޫނުސް ފެނިފައި އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފައިހާގެ އިތުރުން އެހެން ޑަކުޓަރުން ތަކެއް ޔޫނުސް ގެ ހަށިގަނޑަށް ހޮޅިތަކެއް ގުޅާލިއެވެ. ދެން އެއަށްފަހު އުޅުނީ ޔޫނުސް ފަކީރުގެ އެތެރެ ހަށީގެ ގުނަންތައް ނަގަން ކަން އެނގުނީ އޭނާގެ ބަނޑުމަތީގައި ސްކެލްޕްލް އެއް އަޅާލީމައެވެ.
“އާހިލް އޭނާ… ސަލާމަތް ކުރަން ހިންގާ.” އަހަރެން ވައި އަޑުން ބުނެލީމެވެ. “ނުވާނެ އެކަމެއް. މިތަނުގައި ހުރީ މުޅިން ވެސް އިންސާނީ ވަގުފާރި ކުރުމަށް އެހީވެ ވާގިވެރިވާ މީހުން. އަހަރެމެންނަށް ދެއްކޭނެ ބާރެއް ނެތް. ވިސްނައިގެން ހުރޭ. ދައިގަންނަ ކުއްތާއެއް ވައްވަކެއް ނުޖަހާނެ. އެހެންވީމާ އަހަރެމެން ވެސް ތިބެން ވާނީ މަޑުމަޑުން.” އާހިލް ޖަވާބުގައި ބުނެލިއެވެ. ތުންފިއްތައިގެން އަހަރެން އެ ތަނަށް ނަޒަރު ހުއްޓާލައިގެން ހުރީމެވެ.
އަހަރެންގެ ދެލޯ ކުރިމަތީގައި އެ ޑަކްޓަރުން ތައް ޔޫނުސްގެ އެތެރެ ހަށީގެ ގުނަންތައް ނަގަމުން ދިޔައެވެ. ސިކުނޑިއާއި ފުއްޕާމެއާއި ފުރަމޭ އާއި ގުރުދާއާއި މައިދާއާއި ގޮހޮރުގެ އިތުރުން ވެސް ހުރި ގުނަންތަކެވެ. ބޭރުފުށުގައި ހުރި ގުނަންތައް ވެސް އެއް ބަޔަކު ނަގަމުން ދިޔައެވެ. ހުރިހާ ގުނަވަންތަކެއް ވެސް ލަނީ ފާޑެއްގެ ދިޔާ އެއްޗެއް ހުރި އެއްޗަކަށެވެ. އެންމެ ފަހުން އެމީހުން އުޅުނީ ޔޫނުސްގެ ހިތް ނަގާށެވެ. އަހަރެންނަކަށް ދެން ނުހުރެވުނެވެ. މި ކޮނެވެނީ އަހަރެންގެ އަމިއްލަ ‘ކަށްވަޅު’ ކަން ވެސް ހަނދާނުން ކައްސާލިއެވެ. ހަރު އަޑުން ނޫނެކޭ ކިޔާ އެ ދިމާލަށް ދުވެފައި ދިޔައީމެވެ. އެކަން އެތަނުގައި ތިބިހާ ބައެއްގެ ސަމާލުކަމަށް ގެނައެވެ. އެހެނަސް އަހަރެންގެ ފަރުވާލެއް ނެތެވެ. ގާތް އެކުވެރިއެއްގެ ގޮތުގައި ދެކުނު ފަރާތެއް އެކަހަލަ ގޮތަކަށް މަރާލާ ތަން ބަލަން ހުރެވޭ ހެއްޔެވެ؟
“ރިފް ނޯ!” އާހިލް ގޮވާލިއެވެ. އެހެނަސް މިހާރު މާ ލަސްވެއްޖެއެވެ. ފިޔަވަޅު އެޅުނު ގޮތަކުން ރަބަރު ފާޑެއްގެ ވާތަކެއް އައިސް އަހަރެންގެ ގައިގައި ވަށައިގެން އޮޅި ބަނދެވިގެން ދިޔައެވެ. އާހިލާއި ދެމީހުން އެކުގައެވެ. ސޫޓުގެ ވެސް މަތިން ދެން ނޭފަތުގައި ޖެހުނު ވަހެއްގެ ސަބަބުން އަހަރެންގެ ހޭވެރިކަން ނެތިގެން ދިޔައެވެ. އެވަގުތު ދިމާލަށް ވަރުގަދަ ޓީމެއް ދުވެފައި އައި ކަން އެނގުނެވެ. އާއެކެވެ. މި މީހުން އަތުލައިގަތުމުގެ އަޒުމުގައި މަސައްކަތް ކުރި އަހަރެމެން ވެއްޓުނީ އެމީހުން ޖެހި މަޅިއަކަށެވެ. މި ފަހަރު ރަނގަޅަށް ވެސް މި ތަނުގައި ބަންދުވެ ހައްޔަރު ވީއެވެ. ސަލާމަތް ކުރާކަށް މިތަނަކަށް އެކަކަށް ވެސް ނާދެވޭނެއެވެ. ކުރެވުނު ކަންތަކުގެ މޮޔަ ހިތަށް އެރިޔަސް މިހާރު ދެން ކަމެއް ނުކުރެވޭނެއެވެ. މަޑުން ހުރި ނަމަ ސަލާމަތް ވާނެ ގޮތެއް ވެސް ހޯދުނީހެވެ. އާހިލްގެ ބަސް އެހުނު ނަމަ މި ޙާލަތަށް ނުވެއްޓުނީހެވެ. ދެން ނަމަ ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ދިރިއުޅުމާއި އަލްވަދާޢު ކިޔަން ޖެހިއްޖެ ކަން އަހަންނަށް އިހުސާސް ކުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







Noooooooooooo😭😭😭😭😭
Alhey Rif aa Aahil maraa nulahcheyyyy….🙏🙏🙏🙏
Mi part vx varah varah reethi 🙃🙃🙃
Can’t wait for next 😊😊
Whn next??
Keehkuraanii
Thnx Nawar
This week IA
Yes Varah reethi mi part ves When next
i’ll try to submit on wednesday okayy..
Thnkuu Anonymous
alhey varah reethi mi part vx
Thnx Kai…
Bro what the……
Rif dhen kon kmeh?????
She’ll definitely know that ahil is his benefactor and all…
Don’t kill Ahil n rif!!!!!
They r meant for each another
Btw varah reethi😃
Hama habeysssss….
Maru viyas kureveyne kameh noanaanehnu.
just hope they’ll be safe bro!
Andd thannkyouu for the lovely comment.
Mi part v v reethi😊😊
Can’t wait for next…..
Avahah up koh dhehcheyyy😍
Thnx Naikko..
i will submit on this week IA
Vara biruveri mi part…. what will happen to those two?
Rifgaa Aa aahil ah Kameh vejjeh yaa Haadha dhera ey😭😭😭😭
But mi part ves varah reethi….. Can’t wait for next part❤️❤️❤️
Arn, e dhemeehunah kameh nuviyyaa rangalhu..
Thnx Anonymous.
Vara biruveri mi part…. what will happen to those two?
Rifgaa Aa aahil ah Kameh vejjeh yaa Haadha dhera ey😭😭😭😭
But mi part ves varah reethi….. Can’t wait for next part❤️❤️❤️
Vhk eh viyya hurihaa haalatheh ves dhimaavaane dhw..
Thnx Antonio.
Please rif and aahil ah gotheh nahadhaathi, Emeehun noolhenyaa mi vhk kiyaa hitheh ves nuvaane.
We’ll see wht will happen to them.
mi part ves v reethi masha allah
curiously waiting for next part
keep it up
Aahil and rifga gulhuvachey
they both are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
love you my fav author
Thnx cutie girl.
Mi part Ves vrh reethi
When next part
Keep up the good work
Love this story 🙂❤️❤️
Thnx girl_621
Mi part ves varah reethi
This is the most interesting story I’ve ever read
Love itt❤️❤️❤️
Thnx Lara
White rose??????
where are you???
Got some confusions!!!!!I
I’m gonna up a story sooon…..
So we add a title and then where to write the story??????
I mean at the visual or whatt???
And should that be dnivehin liyefa?????
Or English in liyas no prob tha????
visual ga liyaanii
its proper to use dhivehi.
Wait who is this hiyaan
Shahix ge BF
zaalim’s sibiling and ziraar’s youngest son.
ehkala stylin company owner ziraaru ge dhari.
Thanx white rose!!!!
Welcome