Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 36

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 5, 2024 12 Mins Read
53 Comments

އަހަރެމެން ހިނގަމުން ދިޔައީ ސާޖިނާއި އަށް ވަރަކަށް ފޫޓު ދުރުންނެވެ. ހިނގަމުން ގޮސް ތުރާކުނުގެ މީހުން ނޫޅޭ ފަޅު ހިސާބަށް ވެސް ދެވިއްޖެއެވެ. އެއީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައިގައި ފަޅުވެ ހަލާކުވެ މަސްހުނިވީ ހިސާބެކެވެ. ބޮން އަޅާ ގޮއްވައިފައި ހުރި ވަރުން ގެތައް ވެސް ވަނީ ފުނޑޭނެ އެންމެ ވަރުގަދައަކަށް ފުނޑި ހަލާކު ވެފައެވެ. އަހަރެމެން ހިނގަމުން ދަނިކޮށް ސިހުނީ ކައިރީގައި ހުރި ގެގަނޑެއްގެ ޓިނު ބުރިއެއް ވެއްޓުމުންނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔަ ސާޖިން އެވަގުތު ހުއްޓުނެވެ. އޭނާ ފަހަތަށް އެނބުރުމުގެ ކުރިން އަހަރެމެން ދެމީހުން އެ ގެގަނޑުގެ ތެރެއަށް ވަނީމެވެ. އެންމެ ކައިރީގައި ހުރީ އެތަން ކަމަށް ވާތީއެވެ. އެހެން ތަނަކަށް ދާން ވާއިރަށް އޭނާއަށް އަހަރެމެން ފެންނާނެ ތާއެވެ. 

އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނީ ދެ ދޭތެރެއިން ފެންނަން ހުރި ބާކޮޅަކުން ސާޖިން އެ ދިމާލަށް އަންނަ ތަން ފެނުމުންނެވެ. ދެން މި ބަސްޓުވީއެވެ. އެ ކުޅަދާނަ ރަހީނުކުރާ ގުރޫޕަށް އަހަރެމެންގެ މަސައްކަތް އެނގިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ނަގާފަ ވިއްކާލާނީ ހެއްޔެވެ؟

އަހަރެންގެ ހާސްކަން ދެގުނަ އިތުރުވީ އާހިލްގެ ފުން ދެ ލޮލުގައި ވީ ކަން ބޮޑު ވުމުގެ އަސަރުަތައް ފާހަގަކުރެވުމުންނެވެ.  ދެން ސަލާމަތް ވާން ކުރާނީ ވެސް ކޮން ކަމެއް ހެއްޔެވެ؟ ފިލައިގެން ދާކަށް ވެސް ވަގުތެއް ނެތެވެ. އެއަށްވުރެ މިހާރު މާ ބޮޑަށް ލަސްވެއްޖެއެވެ. ސާޖިން މި ތަނަށް އައިސް ވަންނަ އިރަށް އަހަރެމެން ދެމީހުން ފެންނާނެއެވެ. އޭނާއަށް ދެމީހަކު ފާރަލަމުން އައިކަން ވަގުތުން އެނގޭނެއެވެ. އޭނާއަށް އަހަރެމެން ފެނިފައި ވެސް އަޅާނުލާ ދާނީ ކީއް ކުރީމާ ހެއްޔެވެ؟ ވިސްނާ ވިސްނާ ވެސް އަހަރެންގެ ސިކުނޑި އަކަށް ނައެވެ. 

“ޖަސްޓް ޓްރަސްޓް މީ. މިހާރު ދެން ނެތް މި ނޫން އެހެން ގޮތެއް.” އާހިލް އޭނާގެ މާސްކު ނަގާ އަހަރެންގެ މާސްކު ވެސް ދަމައިގަތެވެ. މި ކުރަނީ ކީއް ހެއްޔެވެ؟ މާސްކު ނެގީމަ ދެން އެ ސޮރަށް އަހަރެމެން ފެނި ވަގުތުން އަހަރެމެންގެ ގޮތް ވެސް އެނގޭނެއެވެ. މީނާގެ ވިސްނުން މިހުރީ ކިހިނެއް ހެއްޔެވެ؟ އަހަރެން އިތުރަށް ސިހުނީ އާހިލް އަހަރެންނާއި ދިމާލަށް ފިޔަވަޅެއް އަޅާލުމުންނެވެ. މާސްކު އޮތް އަތުން އަހަރުންގެ އުނަގަނޑުގައި އަތް އަޅުވާލައިފައި އަނެއް އަތުން އަހަރެންގެ މޫނުގައި ހިފިއެވެ. އޭނާގެ ބޮޑުވައިއިނގިލި އަހަރެންގެ ތުންފަތް މަތީގައި ބާއްވާލައިފައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އޭނާގެ އެ ކުއްލި ޢަމަލުން އަހަރެންގެ ހިތް ތެޅިގަނެގެން ގޮސް މޭ ފަޅައިފައި ނުނުކުމެ ހުރި ކަމެވެ. އެހެނަސް ދުރު ނުވެ މަޑުން ހުރީމެވެ. އެއީ ތެޅިގަނެފައި އަހަރެން ދުރަށް ޖެހެފިނަމަ އެ ޕްލޭން ވެސް ފޭލި ވާނެތީއެވެ. 

“އާތް. މީ ކޮން ކަހަލަ ބައެއްތަ؟” އަހަރެންނަށް ސާޖިންގެ އަޑު އިވުނެވެ. އޭނާ އެތަނުން ދިޔަ ކަން ޔަޤީން ވުމުން އަހަރެން އާހިލާއި ދުރަށް ޖެހުނީމެވެ. އިސް ތިރިކޮށްލައިފައި އަހަރެން ހިނގައިގަތީމެވެ. ހިތުގެ ތެޅުން އަވަސް ވެފައި އަހަރެންގެ މުޅި ހަށިގަނޑުގެ ތެރޭގައި އެޑްރިނާލިންގެ އޮއިވަރުތައް ދަތުރު ކުރަމުން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.

“އޭތް” އާހިލް އަހަރެންގެ ކޮނޑުގައި ހިފުމުން އަނެއްކާ ސިހުނެވެ. އޭނާ އަހަރެންގެ މާސްކު ދިނުމުން އެ ދަމައިގަނެފައި އަޅައިގެން ހިނގައިގަތީމެވެ. އެންމެ ފަހަރަކު ވެސް ފަސް އެނބުރި ބަލާ ނުލައެވެ. 

“ބާވީސް އަވަހަށް ނަގަން ފެންނަނީ. ޕައިލެޓް ކްރޫ އަށް ވެސް އެހެން އަންހެން ކުއްޖަކު ޖޮއިން ކޮށްފި. އޭނާގެ އިތުރު ނިޔަތެއް އެކަމުގައި ވާހެން ހީވޭ. އުޅެނީ ވެސް ވަރަށް ޝައްކު ކުރެވޭ ކަހަލަ ގޮތަކަށް. އަހަރެމެންގެ އަތް ދަށުން ބާވީސް ގެއްލުނިއްޔާ ރީއްޗެއް ނުވާނެ. ސޯ ޑޭޓް ޕްރީޕޯންޑް ކުރޭ. ކަލޭ ޖެހޭނެ މިވާހަކަ ރޭރަށް އަންގަން. އަދި މީގެ ފަހުން އަހަރެން ކަލެޔާ ބައްދަލު ކުރަން ކޮންމެ ދުވަހަކު ނާދެވޭނެ.” ސާޖިން ވާހަކަ ދެއްކި އަޑު ވަރަށް ސާފުކޮށް އަހަރެންގެ ކަންފަތަށް ލައްވައިފައިވާ އެތިން އިވުނެވެ. އެއަށްފަހު އޭނާ އުޅުނީ އަނބުރާ ގެއަށް ދާން ހެން ހީވީ މި ފަރާތަށް އަންނަން ފެށުމުންނެވެ. އަހަރެން އާހިލާއި އެކު ކައިރީގައި ހުރި ހަލާކުވެފައިވާ އިމާރާތެއްގެ ތެރެއަށް ވަނީމެވެ. މިފަހަރު ސާޖިނަށް ހިލަމެއް ގިލަމެއް ނުވި ކަމީ ނަސީބެކެވެ. 

ސާޖިން އޭނާގެ ގެއަށް ދިއުމުން މިފަހަރު އަހަރެމެން މިސްރާބު ޖެހީ ހޮޓެލަށް ދާށެވެ. ހޮޓެލަށް ވަދެވުމާއި އެކު ވެސް އެންމެ ފުރަތަމަ ކަމަކަށް އަހަރެން އެ އިއާޕޮޑުގެ ރެކޯޑިން ލެޕަށް ނަގާ އެ އިއާޕޮޑު ހަލާކުކޮށްލީމެވެ. އެއީ އަހަރެން ސާޖިންގެ އިސްތަށިގަނޑަށް ލައްވާލި ރެކޯޑަރު ވެސް އެހެން ހެދުމުން ހަލާކުވާނެތީއެވެ. އެ ސޮރަށް އެ ރިކޯޑަރު ފެނި އޭގެ އެހީގައި އަހަރެމެން ޓްރެކް ކޮށް ފަހަތު އަޅުވާލައިފިއްޔާ މާކަ ރީއްޗެއް ނުވާނެއެވެ. ވަގުތުން ސަންދޯއް ޖަހަން ޖެހިދާނެއެވެ. 

“މި ޔަޤީން ވީނުން ސޫޖީ އަކީ ރަހީނުކުރާ ގުރޫޕުގެ މީހެއް ކަން. ދެން އެމީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑަކީ ޔޫނުސް ކަން.” އާހިލް ބުނެލިއެވެ. އަހަރެން މަޑުމަޑުން ހޫމް އެއް ލައްވާލީމެވެ. “އައްދޭ. ކުއްލިއަކަށް ހާދަ ލޮނުމަޑުވީ. ކިހިނެއް ވީތަ؟” އަހަރެން ފާޑަކަށް ހުރުމުން އޭނާ އެހިއެވެ. 

“ރުޅިއައިސްފަތަ ތި ހުރީ ފޭކް ކިސިން ސީނެއް ހަދާލީމަ. ޑޫޑް. އެހެން ނުހެދި ނަމަ ކޫރުމެއް ނޭޅި ސަލާމަތެއް ނުވީހޭ. ތި ވަރުން ކަށްވަޅަށް ދާ ހިތުން ނޫޅުނަސް ވެދާނެ. ދެން ފޭކް ވީމަ ހިތްހަމަނުޖެހެންޏާ އަސްލަށް ހަދާލަންތަ؟” އަހަރެން ހަނުހުރުމުން އާހިލް އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުއްލާލަމުން ގާތް ވެލިއެވެ. 

“ޔޫ ކްރޭޒީ އެނޮއިން ކެޓޫ.” އަހަރެން އޭނާއާއި ދުރަށް ޖެހެމުން ކަޅި އަޅާލީމެވެ. “ދެން ކީއްތަ ވީ. ކަލޭ ޗާބީ ދީފަ ހުރި ބުދެއްހެން ހުންނާތީ ނުގުޅެއޭ.” އާހިލް ބުނެލިއެވެ. “ކަލޭ އަށް ކޮން ކަމެއް ގުޅުނަސް ނުގުޅުނަސް. ދެން ނުވާނެ މަށާ އެހާ ކައިރި ވެގެންނެއް. ހެޔޮ މަރުގެ ތުންފަތް މަތީގައި އޮތަސް.” އަހަރެން އިންޒާރުގެ ނަޒަރެއް ދިނީމެވެ. “އައިސްފިއްޔާ…” އާހިލްގެ ތޫނު ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. “ކަތިލާނަން!” އަހަރެން ކަނދުރާއާއި ދިމާލުން އިނގިލި ހިންގާލީމެވެ. 

“ތި ކުޑަކުޑަ މެއްސެއް ވަރުގެ ބަލިކަށި މީހަކު މަ ކަތިލާނީއޭ. އަޅެ މޮޅިއްޔާ މަގޭ ކަތިލަބަލަ.” އާހިލް އަހަރެންނާއި ދިމާލަށް އައެވެ. ގާތަށް އައިސް ހަތަރު ކަޅި ހަމަކޮށްލިއެވެ. ފާރުގައި ދެފަރާތުން އަތްވިއްދާލީ އެ ތަނުގައި އަހަރެން ހައްޔަރު ކޮށްލުމުގެ ނިޔަތުގައި ކަމަށް ވެދާނެއެވެ. އަހަރެން ބޮޑަށް ދެލޯ ވަށްކޮށްލައިފައި ދަތްކުނޑި ވިކާލީމެވެ. މީނާގެ އަތުގައި ބާރު ހުރުމުން އޭގެ ނާޖާއިޒު ފައިދާ ނަގަން ހާދަ ލޯބި ކުރެއެވެ. ޖާހިލު ކަމާއި މަކަރާއި ހީލަތުން ފުރިފައިވި ޝައިޠާނެއް ވިއްޔާއެވެ. އޭނާއާއި ދެކޮޅަށް ބަހުގެ ހަނގުރާމަ އަކުން ވެސް މޮޅުވުމަކީ ނާދިރު ކަމެކެވެ. މިހާރު ވެސް މިހުރީ އެ ޙާލަތަށް ވެއްޓިފައެވެ. 

އަހަރެން ހަމަ ދެލޯ އަޅައިގެން ހުރި ގޮތަށް ހުރީއެވެ. އަހަރެންނަށް ކުރެވޭނެ އެންމެ މޮޅު ކަމަކީ އެއީ ވިއްޔާއެވެ. “ޔުއާ އައިސް ލުކް އެޓްރެކްޓިވް.” އާހިލް އަހަރެންގެ ދެ ލޮލަށް ފުން ނަޒަރެއް ދީގެން ހުރެ ބުނެލި އެއްޗަކުން ފާޑެއްގެ ގޮތެއް ވިއެވެ. އެ ފުން ދެ ލޮލުގެ ތެރެއަށް ގެނބިގެން ދާ ކަމުގެ އިހުސާސް ކުރެވުނެވެ. އެ ދެލޮލުން އެވަގުތު އަހަރެންނަށް ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. އެ ތޫނު ނަޒަރުގެ ސަބަބުން އަހަރެންނަށް އުނދަގޫ ވެއްޖެއެވެ. އެއްކަލަ އެޑްރިނާލިންގެ އޮއިވަރުގެ އުނދަގޫ ޖެހުނެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މީހުން މިއަށް ދޭނެ ނަމަކީ ލޯތްބެވެ. އެކަމަކު އެހެން ވެގެންނެއް ނުވާނެ. އަހަރެންގެ ހިތުގެ މައްޗަށް ބާރު ހިންގާ ހުންގާނުން އަހަރެންގެ އަތް ދޫވަނީ ހެއްޔެވެ؟ 

“ކަލޯ ގަޔާ ސަޓަންޏާ” ހަރު އަޑުން ޝެހެނާޒާއި ނައިލް ބުނެލި އަޑަށް އަހަރެމެންނަށް ހޭވެރިކަން ލިބުނު ކަހަލައެވެ. އާހިލް އަހަރެންނާއި ދުރުވެލިއެވެ. އެ ދެމީހުން ދެލޯ ހަނިކޮށްގެން ބަލަން ހުރުމުން އަހަރެން ކަމެއް ވީ ކަމަށް ވެސް ނުހަދާ އިސް ޖަހާލަމުން ގޮސް ކޮޓަރި ތެރެއަށް ވަނީމެވެ. އަހަރެންގެ ފަހަތުން ކަހަލައިން ޝެހެނާޒު ވެސް އައިސް އެތެރެއަށް ވަނެވެ. އަހަރެން ގަޑި ބޭނުން ކޮށްގެން ރަވާނަށް ގުޅާލީމެވެ. އަދިވެސް އާހިލް އަހަރެންގެ ފޯނު ނެގި ގޮތަށް އަނބުރައެއް ނުދެއެވެ. އެތަށް ޒަމާނެއް ކުރިން އަހަރެންގެ ރަން ފަށް ވެސް ނަގައިފައި އަދި ނުދެއެވެ. 

ސުވާލު ގޯންޏެއް ހިފައިގެން ކުޅަނދުރެއް ހެން ޝެހެނާޒު އެނބުރުނެއް ކަމަކު އަހަރެން އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. “ވިނަބެއްޔާ! އޯރގަން ސެލާސް ގެ ބާވީސްވަނަ އަމާޒުފަތްގަނޑަކީ މިރަށު ޔޫނުސް. އެއްކަލަ ޕައިލެޓު.” އަހަރެން އަސަރެއް ނެތް ގޮތަކަށް ބުނެލީމެވެ. “ކީކޭ!” ކަންފަތުގެ ހިނދުރި ފަޅައިގެން ދާހާ ބާރަށް ރަވާނު އެހެން ބުނެލުމުން އަހަރެންނަށް ކަންފަތާއި ފޯނު ދުރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ޝެހެނާޒު ވެސް ޤަބޫލު ނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް ބަލަން ހުއްޓެވެ. 

“ޕިސްޕިސް. އަހަރެންގެ ނިކަމެތި ކަންފަތަށް ރަޙުމު ކޮށްބަލަ. މި ފޮނުވަނީ ރެކޯޑިން އެއް. އަހަރެން އެހެން މި ބުނީ ކިރިޔާ ކުޑަކުޑަ ކަމެއް ފާހަގަ ވެގެންނެއް ނޫނޭ. ގޮތް ނޭނގޭ ހުނަރުވެރި ބަޔަކު ސައުވީސް ގަޑިއިރު ޔޫނުސަށް ލޯ އަޅާ. އޭނާ އާއި އެކުގައި މަސައްކަތް ކުރާ ޕައިލެޓް ސާޖިނަކީ އޭގެ މީހެއްކަން މިރޭ ޔަޤީން ކުރީ.” އަހަރެން ތަފްސީލު ކޮށްލަ ދިނީމެވެ. “އަދި ވަރަށް ކަޑަ ކަމެއް ވެއްޖޭ. އެ ސޫޖީ ސޮރު މަށަށް ޝައްކު ކުރޭ. ޔޫނުސް ވަރަށް އަވަސް މުއްދަތެއްގެ ރަހީނު ކުރާނެހެން ހީވަނީ.” އަހަރެން ދެން ވެސް ބުނެލީމެވެ. 

“އާނ އެންމެ ރަނގަޅު. އަހަރެމެން މާދަން ހެނދުނު ތުރާކުނަށް ދާނަން. އެކަމުގެ މިރެއިން ފެށިގެން ތިކޮޅުން ވެސް ފަށާ ޔޫނުސަށް ބަލަން. ކޮންމެ ފަދަ ވަގުތަކު ވެސް ރަހީނުކޮށްފާނެތާ. ބަލައިގެން އުޅޭތި. ތިއްތި މި އަންގަނީ ޑަބްލިޔު ސާރ އަށް.” އެހެން ބުނެފައި ރަވާނު އެކޮޅުން ފޯނު ކަނޑާލިއެވެ. 

“ރިފް؟” ޝެހެނާޒުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. “ކިހިނެއް ވީ؟” އަހަރެން އަހާލީމެވެ. އޭނާ އެހެން ގޮވާލާނެ އެތަށް ހާސް ސަބަބު ތަކެއް ވާނެ ކަން އެނގޭ އިރު ވެސް ހަމަ އަހާލެވުނީއެވެ. “އޭގެ މާނައަކީ ދޮންތި ހެން ޔޫނުސް ވެސް ގެއްލޭނީއޭތަ؟” ޝެހެނާޒު އެހިއެވެ. “އަހަރެންނަކަށް ނޭނގޭ ކަންތައްވެ ނިމޭނެ ގޮތެއް. އަހަރެމެން މިތަނަށް އައި މަޤްޞަދަކީ ބާވީސްވަނަ އަމާޒުފަތްގަނޑު ސަލާމަތް ކޮށްފައި އެ ރަހީނުކުރާ ގުރޫޕު އެއްކޮށް އަތުލައިގަތުން. އުންމީދު ވެސް ކުރަން ޖެހޭނެތާ ކޮންމެވެސް ކާމިޔާބީއެއް ލިބިދާނެ ކަމަށް. އެކަމަކު އަހަރެންނަށް އަދިވެސް ހީވަނީ އެ އިންސާނީ ވަގުފާރި ކުރާ މީހުންގެ ފެންވަރު އަންޑައެސްޓިމޭޓް ކުރެވޭހެން. ސޫޖީ އަދި ލިއުއްތަ. އެއީ އެމީހުންގެ ތެރެއިން އައިސްގެން އުޅުނު ބައެކެއްނު. ބަލާލާފަ ހީނުވޭ ނުބައި ކަމުގެ ޒައްރެއްގެ މިންވަރު ވެސް އެމީހުންގެ ކިބައިގައި ވާހެނެއް. ހީވަނީ ވަރުގަދަ ޓްރައިނިން އެއް ހަދުވާފަ ފޮނުވައިފައި ހުރި ހެން. ނޫންތަ؟” އަހަރެންގެ ހިތުގައި ވީހާ ކަމެއް ތެދުތެދަށް ބުނެލީމެވެ. 

އަހަރެން ޝެހެނާޒާއި އެކު ސިޓިންރޫމަށް ނުކުތީމެވެ. ރަވާނުގެ ވާހަކަތައް އެމީހުންނަށް ވެސް އަންގަން ޖެހޭނެ ތާއެވެ. މިރޭގެ ފޯރި މެރުމުގެ މަސައްކަތަށް ދާން ނިންމީ ނައިލެވެ. “ރިފް ކޮންމެހެން ވެސް އެބަ ޖެހޭ ސޫޖީގެ ޝައްކުތައް ފިލުވާލަން. މިހާރު ވެސް އެ އަވަސްކޮށްލީ ޔޫނުސް ވަގަށް ނަގަން ކަނޑައެޅި ދުވަސް. ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.” ޝެހެނާޒުގެ ވާހަކަ އަށް އަހަރެން ބޯޖަހާލީމެވެ. 

“އެ އިންސާނީ ވަގުފާރި ކުރާ މީހުން ވަރަށް ލަސްލަހުން ވިސްނުންތެރި ކަމާއި އެކު މަސައްކަތް ކުރަނީ. އެމީހުން ހަރަކާތެއް ކުރަން ދެން ޔޫނުސްގެ ސަލާމަތްތެރިކަން ޔަޤީންކޮށްފައި ބެހެއްޓީމަ ރަނގަޅު ވާނެ. އިންޝާ ﷲ. މިފަހަރު މިކަން ރަނގަޅު ގޮތަކަށް ނިންމިދާނެ. އެ އަނިޔާވެރިންގެ ފޮރުވިފައި ވީ ޙަޤީޤަތް ހޯދިދާނެ.” އާހިލްގެ ދެލޮލުން ވިދާލީ އުންމީދެވެ. މިފަހަރު ގަދަ ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކޮށްގެން މި ކޮޅެއް ނެތް މައްސަލަ ކޮޅެއްގައި ޖެއްސިދާނެއެވެ. އަހަރެމެން ނިދަން ވަނީ ދޭއް ޖެހި ފަހުންނެވެ. ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވިޔަސް ނިދާލަން ޖެހޭނެތާއެވެ. އެހެން ނޫނީ މަސައްކަތް ކުރާ އިރު ހީވާނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ފަތިސް ނަމާދަށް ފަހު މާދަމާ ވެސް އަހަރެންނަށް ޓްރައިނިން ސެޝަނަށް ވަންނަން ޖެހޭނެއެވެ. މިހެން އެންމެ ތިން ގަޑިއިރުގެ ނިދިން ފުއްދާލައިގެން އުޅެން އުނދަގޫ ވިޔަސް ކުރެވޭނެ އެހެން ކަމެއް އެބަ އޮތް ހެއްޔެވެ؟ 

“އުފާވެރި ހެނދުނަކަށް އެދެން!” މޯޅިއަކަށް ދެމިލަމުން ޝެހެނާޒު އެހެން ބުނެލީ އަހަރެންގެ ޓްރައިނިން ސެޝަން ނިމެން އުޅެނިކޮށެވެ. “އުފާވެރި ނޫން ހެނދުނެއް މީ” އަހަރެން ލެޕު ނިވާލަމުން މޫނު ކުނިކޮށްލީމެވެ. “ދެން އަޅެ ހިނިތުންވެބަލަ. ކިހާ ރީތި ދުވަހެއް ތަ މިއީ. އެހެރަ ކުޑަދޮރު ބޭރަށް ނިކަން ނަޒަރު ހިންގާލަބަލަ. ފަތިސް ނަމާދަށް ފަހު ނިދައިގެން ހޭލި އަހަރެންނަށް ވެސް އެކަން ފާހަގަ ވެއްޖެ ވިއްޔާ.” މޭޒުމަތީގައި އޮތް ނަންބަރު އައިނު ނަގާ އަޅާލަމުން ޝެހެނާޒު އެނދުން ތެދުވިއެވެ. 

“ވަރަށް ބަނޑުހައި ވެއްޖެ. މިއަދު ހޮޓެލުން ގެންނާނީ ކޮން އެއްޗެއް ބާ!” ގޮނޑިން ތެދުވެލައިފައި އަހަރެން އިނގިލިތަކަށް ދަމާލީމެވެ. ދެން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ސިޓިންރޫމާއި ދިމާލުން ކާބަޔަށް ވަދެވުނު އިރު އެތަނުގައި ނައިލް އިނެވެ. އެހެން ވިއްޔާ މިހާރު ފޯރިމެރުމާއި ހަވާލުވެގެން ހުންނާނީ އާހިލެވެ. 

“ކުކުޅު ޝަވަރުމަލާ ކިރުސައިތަ؟ މްމްމް…. މި ހޮޓެލުން ހާދަހާ މީރު ކެއުން ގެނެސްދެއޭ.” އަހަރެން ގޮސް ކާމޭޒު ދޮށުގައި އިށީނީމެވެ. ތަށިން ޝަވަރުމަލެއް ނަގައިފައި އޭގައި ދަތް އަޅާލީމެވެ. ދެން އެ ލީ މީރު ރަހައެއް ދޯއެވެ. މި ހީވަނީ ދުނިޔެމަތީގައި މިހާރު ހުރި އެންމެ މީރު ކެއުން ހެންނެވެ. އަހަރެންނަށް ކަމުން ކަމުން ގޮސް އޭގެ ތިނެތި ކާލެވުނެވެ. މީރު ކަމުން އަމިއްލަ އިހުސާސް ތަކަށް ބާރު ފޯރުވޭ ގޮތް ހަމަ ނުވީއެވެ. ދެން ސައިތަށީގައި ތުން ޖަހާ ތިން ނޭވާއިން ބޯލީމެވެ. ފެންފޮދެއް ބޯލައިގެން އަހަރެން ގޮނޑިން ތެދުވީމެވެ. 

އެއަށްފަހު އަހަރެން ދިޔައީ ފެންވަރާލާށެވެ. ޑިޔުޓީ އަށް ނުކުންނަން ޖެހޭ ވިއްޔާއެވެ. ފުރިހަމައަށް ތައްޔާރުވެލައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ނުކުމެވުނީ ހޫދުގެ ކުރިމައްޗަށެވެ. “ވައިޓީ! އަޅޭ. ހާދަ ގިނަ ދުވަސް ފަހުންނޭ މި ފެނުނީ.” އަހަރެން ހޫދުގެ އިސްތަށިގަނޑު ހާވާލީމެވެ. “އެއްކަލަ ރިފް. މިއަދު އައިމަ އެންމެ ފުރަތަމަ ވެސް މަގޭގެ އިސްތަށިގަނޑު ހަޑިކޮށްލީ. މީނާ އާއި ދުރުގައި ހުރި އިރު ހާދަ ބޮލަށް ފަސޭހަ ވިޔޭ!” ހޫދު އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ކުދި ކިޔައިގަތެވެ. 

“ހޫން. މަ ދެކެ ހަމަ އެހާ ރުޅި އަންނަން ޖެހޭތަ؟ ދެން އިސްތަށިގަނޑު ހާވާލީމަ ތުއްތު ބޭބީއެއް ހެން ކުކުރާލަ ކުކުރާލާ އިނދޭ. މަ މި ނައްޓާލީ.” އަހަރެން ބޫޓު ނަގައިފައި އެއަށް އަރާލީމެވެ. “އާޗާ. ރިފް ތި ޔުނީފޯރމް ލީމަ ވަރަށް ސަޅި.” މަލަކު އަހަރެންނަށް ތަޢުރީފު ކޮށްލިއެވެ. އަހަރެން ބަދަލުގައި ހިނިތުންވެލައިފައި ދޮރުން ބޭރަށް ނުކުތީމެވެ. ސިޑި ބަރިން އެންމެ ތިރިއަށް ފައިބައިފައި އަހަރެން ހޮޓެލުގެ މައި ދޮރުން ބޭރަށް ނުކުމެލީމެވެ. ދެން ލޭންޑް ކެޕްސޫލް އަކަށް އަރައިފައި އެއަރޕޯޓަށް ދިޔައީމެވެ. އަހަރެންނަށް ޔޫނުސާއި ސާޖިން ފެނުނީ ޓީ ރޫމުންނެވެ. އެ ދެ ފިރިހެނުން ތިބީ ސައި ބޯށެވެ. އަހަރެން ވެސް ގޮނޑި ދަމާލައިފައި މޭޒު ދޮށުގައި އިށީނީމެވެ. 

“އެއްޗެއް ނުކާނަން ތަ؟” ސާޖިން އެހިއެވެ. “އާނ. ކައިގެންނޭ މި އައީ.” ރައްދުގައި އަހަރެން ބުނެލީމެވެ. ހަމަ އެވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވުމުން އަހަރެން އެ ނަގާ ބަލައިލީމެވެ. “ފައްކަލެއްނު. މިއަދު ހަވީރަށް ޑިއުޓީ ނިމޭނެ.” އަހަރެން ބުނެލީމެވެ. އަހަރެން ހިތަށް އެރިއެވެ. މި ލިބުނު ފުރުސަތުގެ ބޭނުން ހިފަންވީއެވެ. މިރޭ ސާޖިނާއި އެކު އެކުވެރިން ކޮށްލާ ކަހަލަ ކަމެއް ކޮށްލާންވީއެވެ. ފިރިހެނުން ކުރާހިތްވާނެހެން ހީވާ ކަމަކަށް އަހަރެންނަށް ފެނުނީ ގޭމު ކުޅުމެވެ. މިރޭ އިންޓަނޭޓު ކެފޭ އަކަށް ޖައްސާލަންވީއެވެ.

“މިއަދު ކުރިން ނިމެންޏާ މިރޭ ހިނގާބަލަ މަޖާ ކަމެއް ކޮށްލަން. އަހަރެމެން ތިން މީހުން އިންޓަނޭޓު ކެފޭ އަކަށް ކަނޑާލަން. އަޅެ ކީކޭ ބުނަނީ؟” އަހަރެން ޚިޔާލު ހުށަހެޅީމެވެ. “އާނ ވަރަށް މަޖާ ވާނެ. މިހާރު ދުވަސް ގަނޑެއް ވެއްޖެ އެކަހަލަ ތަނަކަށް ނުދެވޭތާ. ޖެން ވެސް ދާނަން ދޯ!” ޔޫނުސް ޖޯޝާއި އެކު ބުނެލިއެވެ. “އަމްމް… ދެން ތިމީހުން ދަންޏާ އަހަރެން ވެސް ދާން ޖެހޭނެތާ!” ސާޖިން އެހެން ބުނެލީ އަހަރެންނަށް ވަށްކަޅިން ބަލައިލައިފައި ކަން އަހަރެންނަށް އެނގުނެވެ. އެކަމަކު އަޅާނުލާ ހުރީއެވެ. 

“ބޯޑިން ވަގުތު ގާތް ވެއްޖެ. ހިނގާ ދަމާ. އެޗް އޭ ޓޫ ސެވަން ތްރީ މިއަދު ދުއްވަން ޖެހެނީ. އެއްކަލަ ފަހުން ގެނައި ބޮޑު އެތި. އޭގެ ކޮންޓްރޯލްސް ވަރަށް ސަޅިވާނެ.” ޔޫނުސް އޭނާގެ ފޯނު ނަގާ ބަލާލަމުން އޭނާ އާއި އެކު އައުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ތެދުވެ ހިނގައިގަތީމެވެ. ބޯޓަށް އަރާ އެ ވައި މައްޗަށް ނަގާލުމުން އަހަރެންގެ ވިސްނުން އެކަމަށް ގޮސް ހުސްވިއެވެ. 

މިފަހަރު ބޯޓު ޖެއްސީ ހުޅުމާލެ އެއަރޕޯޓަށެވެ. “ފްލައިޓް ޗެކަޕަށް ތިރީސް މިނެޓް ނަގާނެއްނު. މަ އެބަ އަންނަން މީހަކާ ބައްދަލު ކޮށްލާފަ.” ސާޖިން އެހެން ބުނެލައިފައި އަހަރެމެންނާއި ވަކިވެގެން ދިޔައެވެ. އަހަރެން ކިތަންމެ ދާ ހިތް ވިޔަސް ނުދިޔައީ އަހަރެންގެ މިހާރުގެ މަސައްކަތަކީ އަހަރެންގެ މައްޗަށް އޭނާ ކުރަމުން ދާ ޝައްކުތައް ފިލުވާލުމެވެ. އޭނާގެ ފަހަތުން ގޮސްފިނަމަ އެ ހުރިހާ ކަމެއް ފެނަށްވެ ބޭކާރުވެގެން ދާނެއެވެ. އަހަރެން ޔޫނުސާއި ވާހަކަ ދައްކަމުން ހަލަބޮލިވެފައިވާ އެއަރޕޯޓުގެ ތެރެއަށް ވަދެގަތީމެވެ. 

އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނީ އެވަގުތު ޗެކިން ވެގެން އެއަރޕޯޓުގެ ތެރެއަށް ވަތް ދެމީހުން ފެނިފައެވެ. އަހަރެން މިކަހަލަ ގޮތަކަށް ހުއްޓާ ރަޒާނާއި ބައްޕައަށް ފެނިއްޖެނަމަ ނަތީޖާ މާކަ ރަނގަޅެއް ނުވާނެއެވެ. އަހަރެން އަވަސް އަރުވާލަމުން އެތަނުގެ ޕައިލެޓް ކެބިނަށް ވަނީމެވެ. “ކީއްވެ މިތަނަށް ވަނީ. މިތަނުގައި ބިއް ޖެހިފަ އިންނަން ފޫއްސެއް ނޫންތަ؟” ޔޫނުސް ބުންޏެވެ. “އެއަރޕޯޓް ހަލަބޮލި ކަމުން އުނދަގުލެއް ނުވޭތަ؟” އަހަރެން ބުނެލީމެވެ. 

މިފަހަރު ރަޒާނާއި ބައްޕައާއި ދެމީހުން އެކުގައި ބިޒްނަސް ޓްރިޕަކަށް ދަނީ ހެއްޔެވެ؟ އެހެން ވިއްޔާ އެ ވާނީ ވަރަށް މުހިންމު ކަމަކަށެވެ. އެ ދެމީހުން އެކުގައި އެކަހަލަ ދަތުރެއް ކުރާނީ ޙާލަކުން ފަހަރަކުއެވެ. އެހެން ދާ ފަހަރަކު ވިއްޔާ މަދުވެގެން ހަފްތާއެއް ވާންދެން ބޭރުގެ އެކި ޤައުމުތަކުގައި އުޅޭނެއެވެ. އެންމެ ގިނަ ދުވަސްވީ ފަހަރު އެއް މަސް ވަންދެން ރާއްޖެ ނައިސް ހުއްޓެވެ. ދެން އެއީ މަޝްހޫރު މުއްސަނދި ދެ ވިޔަފާރިވެރިން ވިއްޔާއެވެ. އަހަރެމެން އަޖައިބުވާންވީ އެއްވެސް ސަބަބެއް ނެތެވެ. 

އަރަން ދާން ޖެހޭ ވަގުތު ނުޖެހެނީސް އަހަރެން ދިޔައީމެވެ. ސާޖިނާއި ދިމާވާ ވަރު ވީ ބޯޓަށް އަރަން އުޅެނިކޮށެވެ. އަހަރެން އޭނާ ދިޔަ ތަނަކާއި ބެހޭ ގޮތުން ސުވާލެއް ނުކުރަމެވެ. މަސައްކަތާއި ވެގެން އަނެއްކާވެސް އަހަރެން މަޝްޢޫލުވެލީމެވެ. 

“މިރޭ އަށަކަށް މި ރަށު ޑޭމް އިންޓަނޭޓު ކެފޭއިން ބައްދަލުކުރަން ވާނެ. މަ ދެން ދަނީ އޭ.” އަހަރެން ދިއުމުގެ ކުރިން ބުނެލީމެވެ. “މިއަދު މަ ދެންތަ ރައިޑެއް؟ ކޮންމެ ފަހަރަކު ލޭންޑް ކެޕްސޫލް އިން ދާނެ ކަމެއް ނެތް.” ޔޫނުސް އޭނާގެ ސައިކަލަށް އަރައިފައި ބުނެލިއެވެ. އަހަރެން އެ ސައިކަލުގެ ފަހަތަށް އެރީމެވެ. ހޮޓެލަށް ދިޔަ މަގުމަތީގައި ރަވާނާއި އާހިލް ދެކުނީމެވެ. ސައިކަލަކުންނެވެ. އެމީހުން އައީ އަހަރެމެންގެ ފަހަތުންނެވެ. އާނ ދެން އެ މީހުންގެ ކަމަކީ ޔޫނުސަށް ފާރަ ލުން ވިއްޔާއެވެ. 

އަހަރެން ހޮޓެލްގެ ޔުނިޓަށް ވަން އިރު ޝެހެނާޒު ސޯފާގައި އިނެވެ. ހޫދާއި ނައިލް މޭޒު ދޮށުގައި ކޮންމެވެސް މަސައްކަތެއް ކުރަން ތިއްބެވެ. އަހަރެން ދިޔައީ ޝެހެނާޒު ކުރަމުން ދިޔަ ކަމެއް ބަލާލާށެވެ. އެ ކޮއި ފޯނަށް ގޮސް ގެއްލިފައި އިން ވަރުން އަހަރެން އައިކަން ވެސް ނޭނގޭ ވިއްޔާއެވެ. 

“ކަލޯ. އަހަރެމެން އެންމެން ބުރަކޮށް މަސައްކަތް ކުރާ އިރު ވެސް މި ޝަހިކްސް އޮންނަނީ ބިޓަށް މެސެޖު ކުރަން.” އަހަރެން ފަހަތުން ގޮސް ޝެހެނާޒުގެ ފޯނު އަތުލީމެވެ. “ބިޓަށް މެސެޖު ކުރަނީއޭ. ޝަހިކްސް! ކޮންއިރަކު ބިޓެއް ނެގީ؟” ހޫދު ބަލައިލީ ފާޑަކަށެވެ. “ވައިޓީ އަކަށް ނޭނގެތަ؟ ޝަހިކްސް ގެންގުޅެޔޭ ކޮންމެވެސް ޔާން އެއް. އެނގެއެއްނު އެއްކަލަ ސްޓައިލިން ކޮންޕެނީގެ ވެރިޔާގެ ދަރި. ހިޔާން ޢަލީ ޒިރާރު. އޭނަ.” އަހަރެން އިތުރަށް ތަފްސީލު ކޮށްލީމެވެ. 

“އޯވްހް… ޒާލިމްގެ ކޮއްކޮ.” ނައިލް ހުރެފައި ބުނެލި އެވެ. “ކޮން އޯވްހް އެއް ތަ؟ ނޭލް ދަންނަ ގޮލައެއްތަ؟” އަހަރެން އަހާލީމެވެ. “އާނ މަށަށް އެނގެޔޭ އެ ޒާލިމް ސޮރު. އީމާންގެ ޖީއެފް ބޭވަފާތެރިވީ އެ ޒާލިމް އަކާ އެއްކޮށް އުޅެން. އެއީ ވާ ވަރުގަދަ ޕްލޭބޯއީއެއް. އަންނައުނު ބަދަލުކުރާހެން ބިޓުން ބަދަލުކުރާނެ.” ނައިލް ބުނެލިއެވެ. އެހެން ބުނުމުން އަހަރެން ހަނދާން ވީ ސްކައި ލިފްޓުގައި އިން ދުވަހު ރަވާނުގެ ފޯނަށް އައި މެސެޖު މަތިންނެވެ. އެހެންވީމަ ޒާލިމް، ދި ޒެލް އަކީ ޝެހެނާޒުގެ ލޯބިވެރިޔާގެ ބޭބެ ތާއެވެ. 

“މަ މި ދަނީ ނަމާދަށް އަރަން. މިހާރު އެ ބަންގި ގޮވަނީ. ކަލޭ މެން ވެސް ދެން ދޭ މިސްކިތަށް.” އަހަރެން ކޮޓަރިއަށް ވަންނަމުން ބުނެލީމެވެ. އެތެރެއަށް ވަދެ ދޮރު ތަޅު ލައިފައި ޔުނީފޯރމް ބާލާ ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ދޫ ޖިންސެއް ލީމެވެ. ވުޟޫކޮށްގެން ނުކުމެގެން އައިސް ކޮޓަރި ދޮރު ހުޅުވާލާފައި ދެން އެރީ ނަމާދަށެވެ. ނަމާދަށް ފަހު މުސައްލަ މަތީގައި ޤުރުއާން ކިޔަވަން އިނީމެވެ. ނަޖުމް ސޫރަތުން ފެށިގެން ވާގިއާ ސޫރަތާއި ހަމައަށް ކިޔާލެވުނެވެ. އަހަރެން ބުރުގާ ބޭލުމަށް ފަހު މުސައްލަ އޮޅާލީ އިޝާ ނަމާދަށް ފަހުގައެވެ. 

ރޭވި ފަދައިން އަހަރެން ވަގުތަށް އެ އިންޓަނޭޓު ކެފޭ އަށް ދިޔައީމެވެ. ދިޔައިރު ސާޖިން ހުރީ އެ ތަނަށް އައިހެވެ. އަދި ޔޫނުސެއް ނާދެއެވެ. “އައްސަލާމު ޢަލައިކުމް ޖެން. ޔުނީފޯރމް ނުލާ ހާދަ ތަފާތު ވައްތަރެކޭ ޖަހަނީ. ވަރަށް ސަޅި.” ބޮޑުވައި އިނގިލި ހިއްލާލަމުން އަހަރެން ހިނިތުންވެލީމެވެ. ސާޖިން ހުރިީ މުށިކުލައިގެ ސްވެޓާއަކާއި އެކު ޑެނިމް ޖިންސެއް ލައިގެންނެވެ. އަހަރެން ޔޫނުސް އަންނަން ދެން އޭނާއާއި އެކުވެރި ގޮތަކަށް ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. 

ޔޫނުސް އައުމުން އަހަރެމެން އެ ކެފޭ އަށް ވަނީމެވެ. ފޯރީގައި ގަނޑަކަށް ފަހު ގަނޑެއް ޖަހަމުން ގޮސް ހުއްޓާލަން އެނގުނީ ދިހަ ގަޑި ބައިވީ ފަހުންނެވެ. ތިން މީހުން ވެސް އެ ކެފޭ އަށް އައީ ހިނގައިފައި ކަމުން އަހަރެމެން ނިންމީ ދުރަށް ދެވޭ ވަރަކުން އެމީހެއް އުޅޭ ތަނަކަށް ދާށެވެ. އެންމެ ކައިރީގައި ހުރީ ޔޫނުސް އުޅޭ ގެއެވެ. އެގެއަށް ދިއުމަށް ފަހު ދެން މިސްރާބު ޖެހީ އަހަރެންގެ ހޮޓެލަށް ދާށެވެ. އެންމެ ކައިރި ކުޑަ މަގުންނެވެ. މި ވަގުތުގެ ގޮތުން ކަމަށް ވެދާނެއެވެ. އެ މަގުގައި މީހުން އުޅުނުލެއް ވަރަށް މަދެވެ. 

“ކަލޭ އަކީ ކީއް ކުރަން އައިސްގެން އުޅޭ މީހެއް؟ ކިހިނެއް އެންމެ ސަތާރަ އަހަރުގައި ޕައިލެޓެއްގެ ވަޒީފާ އަދާކުރަން ފާސް ލިބުނީ؟ މަގޭ ކުރާ ސުވާލުތަކަށް ތެދު ތެދަށް ޖަވާބު ދީ މަރްޔަމް ރިފްޤާ ނަޢީމް!” ސާޖިން ކުއްލިއަކަށް އަހަރެން ގަހެއްގެ ފުރަގަހަށް ވައްދާލައިފައި ގަހުގެ މައިގަނޑުގައި ޖައްސާ ކަނދުރާގައި ހިފިއެވެ. “ޖެން. ތި…ތި ކީއް ކު…ރަނީ؟” އަހަރެން ނޭވާ ހާސްވެގެން ތެޅިގަތީމެވެ. އަހަރެންނަށް އޭނާގެ ގާތުން ސަލާމަތް ވުމަކީ ފެން ފޮދެއް ބޯލުން ހާ ފަސޭހަ ކަމަކަށް ވިޔަސް އެ ކަހަލަ ފިޔަވަޅެއް އަޅައިގެން ސަލާމަތްތެރިކަން ހޯދައިފިނަމަ ހުރިހާ ކަމެއް ފަޅާ އަރައިފާނެތީ މަޑުން ހުރީމެވެ.

ސާޖިން އަހަރެންގެ ކަރުން އަތް ދޫކޮށްލީ މަރުނުވެ ކިރިޔާ ސަލާމަތް ވާނެ ވަރުގައެވެ. އަހަރެން އަވަސް ނޭވާ ތަކެއް ލަމުން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރީމެވެ. “ދެން ވެސް ވާހަކަ ދައްކަ ބަލަ ރިފްޤާ. ކީއްވެގެންހޭ އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދެނީ. އޭނ….” ސާޖިންގެ އަޑުގައި ވީ ހަރުކަށިކަމެވެ. “ޖެން. ކީއްވެގެންތަ ތިހެން ތި އުޅެނީ؟ އަހަރެންގެ ސީދާ އައިޑެންޓިޓީ އެނގުނީމަ ހައިރާން ވިޔަސް އެހެން ހަދަން ޖެހޭތަ. އަހަރެން މަރު ނުވީ ކިރިޔާނުން. އައި ތޯޓް ވީ ވާރ ފްރެންޑްސް.” އަހަރެން ރައްދުގައި ބުނެލީމެވެ. ވަރަށް އަސަރުގަދަ ރާގެއްގައެވެ. ލޮލުން ފޭކް ކަރުނަ ގެންނަމުންނެވެ. ސާޖިންގެ ގާތަށް އައިސްފައިވާ ސިނގު ރުޅިގަނޑު ހަވަޔަށް އަރައިގެން ދިޔަ ކަހަލަ އެވެ. 

“އަހަރެންނަށް މަޢާފު ކުރޭ!” ސާޖިން އެހެން ބުނެފައި އެކީ އެނބުރި ހިނގައިގަތެވެ. އޭނާ ދިއުމުން އަހަރެން ހަށިގަނޑު ސީދާކޮށްލައިފައި ހޮޓެލަށް ދާން ހިނގައިގަތީމެވެ. ދިޔަ މަގުމަތީގައި އަހަރެންގެ ހިތުގައި ވީ އެންމެ ސުވާލެކެވެ. ސާޖިނަށް އަހަރެންގެ ޒާތީ މަޢުލޫމާތު އެނގުނީ ކިހިނެއް ހެއްޔެވެ؟

“ކީއްވެގެން ކަރުގަ އަތުގެ ނިޝާނެއް ތި ހުރީ. ބަލާބަލަ. ރަތް ކުލަ ވެސް އަރައިފައޭ ތި ހުރީ.” އެތެރެއަށް ވަނުމާއި އަހަރެންނަށް ފެނުނީ މަލަކެވެ. “މާ ސީރިއަސް ކަމެއް ނުވެ. އެއްކަލަ ސޫޖީ އަހަރެންގެ ކަރުގައި ހިފީ. އެ ސޮރު ކޮންމެވެސް ގޮތަކުން އަހަރެންނާއި ބެހޭ މައުލޫމާތު ހޯދައިފި ވިއްޔާ. އަދި ދިވެހިރާއްޖޭގަ އެކަކު ވެސް ސަތާރަ އަހަރުގަ ޕައިލެޓެއްގެ ވަޒީފާ އަދައެއް ނުކުރެއެއްނު.” އަހަރެން ސޯފާގައި އިށީނދެލީމެވެ. “އެހެންތަ. ރިފް ދެން ޖެހޭނެ ވަރަށް ވިސްނައިގެން އުޅެން.” މަލަކު ބުންޏެވެ. 

ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ޑިއުޓީ ނިންމާފައި އަހަރެން ހޮޓެލަށް އައިމެވެ. މިއަދު އެއްވެސް ވަރަކަށް ސާޖިން އަހަރެންނަށް ވާހަކައެއް ނުދައްކައެވެ. ރޭގައި އޭނާއަށް ޢަމަލުކުރެވުނު ގޮތުން އެ ހުރީ ދެރަ ވެފައި ކަމެއް ނުވަތަ ރުޅިގަދަ ވެފައި ކަމެއް ނޭނގެއެވެ. ހޮޓެލަށް ގޮސްފައި އެކީ އަހަރެން ބިސްމިނަށް ވެސް ޔުނީފޯރމް ބާލާ އާދައިގެ ހެދުން އެޅީމެވެ. ދެން ސިޓިންރޫމަށް ނުކުތީމެވެ. އޭރު ޝެހެނާޒާއި މަލަކާއި ރަވާނުގެ އިތުރުން އާހިލް ވެސް މޭޒު ދޮށުގައި އިނެވެ. ރަވާނުމެން މި ވަގުތަށް މި ތަނުގައި އުޅުނަކަސް އެމީހުން ވެސް އުޅެނީ ހޮޓެލުން ތަނެއް ހިފައިގެންނެވެ. 

“އޭ. ވަރަށް ގޮތް ނޭނގޭ ބޯޓެއް މިއަދު ބަނދަރަށް ލެފި. މަ ބުރެއް ޖަހާލިން މިއަދު. އެ ބޯޓު ވަށައިގެން ކެމެރާތައް ހަރުކޮށްފައި ހުރީމަ އެހާކައިރިއެއް ނުވެވުނު.” އެންމެންގެ ސަމާލުކަން ހުއްޓުނީ މަލަކުގެ ވާހަކައަށެވެ. “އޭގެ މާނައަކީ ވަރަށް އަވަހަށް ޔޫނުސް ރަހީނުކުރާނެއޭ. މި ޖެހުނީ ޑިފެންސް ވަރުގަދަ ކުރާކަންނު.” ރަވާނު ވިސްނުންތެރިކަމާއި އެކު ބުނެލިއެވެ. “އެހެންވިއްޔާ މިރެއިން ފެށިގެން އެންމެން ޔޫނުސް ގާތުގައި އުޅެންވީ. އޭނާއަށް ގޮތެއް ހަދަން އުޅޭނަމަ އަހަރެމެން އެންމެންނަށް ސަލާމަތް ކުރެވިދާނެއްނު. އަދި އެ އޯރގަން ސެލާސްތައް ވެސް ހައްޔަރު ކުރެވޭނެ.” ޝެހެނާޒު ބުނެލިއެވެ. 

“އަހަރެން އާހިލާއި އެކު އެ ބޯޓު ފާސްކޮށްލަން މިރޭ ދަންވަރު ދާނަން. ތި މީހުން ޔޫނުސާއި ޙަވާލު ވޭ. އެއްބަޔަކު ސާޖިނަށް ވެސް ބަލަން ޖެހޭނެ.” އަހަރެން ބުނެލީމެވެ. “އޯކޭ. މެޓީރިއަލް ބޭގް ހިފައިގެން ދާތި.” ރަވާނު ބުނެލިއެވެ. 

ރަވާނުމެން ގުރޫޕް ޔޫނުސަށް ބަލަން ދިއުމުން އަހަރެންނާއި އާހިލް އެކަނިވިއެވެ. އަހަރެން ފޯނު ނަގައިފައި އެ ހާވާލަ ހާވާލަ އިނީމެވެ. އަދި އެކެއް ޖަހަން ތިން ގަޑިއިރެއްހާ ވަގުތު އެބަ އޮތެވެ. އެ ތިން ގަޑިއިރު ވަންދެން ފޯނަށް ލޯޖައިހައިގެން އިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އަހަރެން އެންމެ ފަހުން ގޮނޑިން ތެދުވީމެވެ. ބޭރަށް ނުކުންނާށެވެ. އޭގެ ކުރިން ކޮޓަރިއަށް ވަދެ ތައްޔާރު ވެލައިގެން ނުކުތީމެވެ. 

“ބޭރަށް ދަނީތަ؟” އާހިލް އެހެން އަހާލީ އަހަރެން ބޫޓަށް އަރައިފައި ދޮރުގެ ތަޅުގައި ހިފުމުންނެވެ. “ކަލޭ އަށް ދެލޯ ދެއްވައިފައި އޮތީ ބަލަން. ދުލުން ކުރަން ޖެހޭނީ ބުއްދި ހަމަޖެހޭ ސުވާލުތައް.” އަހަރެން ލަސްލަހުން އަކުރުތަކަށް ދަމާލަމުން ބުނެލީމެވެ. “މީނައާ ސުވާލެއް ކޮށްލެވޭކަށް ވެސް ނެތެއްނު. ސަންތިއާ. އަދި ކިރިޔާ އެގާރައޭ އެ ޖެހީ.” އާހިލް ބުނެލިއެވެ. “ހެވޭ. މަށަކަށް މާ ގިނައިރަކު ނުހުރެވޭނެ. ކަލޭ ވެސް އަންނަންޏާ އާދޭ. ނާންނަންޏާ މަ އެކަނި މި ދަނީ.” އަހަރެން ދޮރު ހުޅުވާލީމެވެ. “އޭ މަޑުކުރޭ. މަ މި އަންނަނީ.” އާހިލް ފުންމައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނުމުން އަހަރެން ހުޅުވި ދޮރު ލައްޕާލީމެވެ. 

އޭނާ ވެސް ތައްޔާރު ވެލައިގެން ނުކުތުމުން ދެމީހުން އެކުގައި ބޭރަށް ނުކުތީމެވެ. ހިނގައިފައި އަހަރެމެން ދިޔައީ ބަނދަރާއި ދިމާލަށެވެ. ބޭނުންވާ ވަރަށް އެ ބޯޓާއި ކައިރި ވެވުމުން އަހަރެންގެ ލެޕު ނަގާ މަސައްކަތް ފެށީމެވެ. އެ ބޯޓުގެ ސެކިޔުރިޓީ ސިސްޓަމް އެއްކޮށް ނިވާލައިފައި ލެޕު އަނބުރާ ދަބަހަށް ލީމެވެ. އެ ދަބަސް ލީ ރުކެއް އިންދައިފައިވާ ހަޓެއްގެ ތެރެއަށެވެ. އެ ބޯޓަށް އަރާ އިރު އެކަހަލަ ޖަވާހިރެއް އަތުގައި ބާއްވާކަށް ނުވާނެއެވެ. 

އަހަރެމެންނަށް އެ ބޯޓަށް އެރުނީ އެއްވެސް މީހަކަށް ނުފެނިއެވެ. ބޭރުން ބަލައިފައި އަހަރެން ހީކުރި އެއީ ކުޑަ ބޯޓެއް ކަމަށެވެ. އޭގެ ބޮޑު ބައެއް ވަނީ ވަންހަނާ ވެފައިކަން އެނގުނީ އެއަށް އެރުމުންނެވެ. ގިނަ ބައިތަކެއްގެ މައްޗަށް ބިނާވެފައިވާ ތަފާތު ވައްތަރެއްގެ އުޅަނދެކެވެ. ހުރީ ވެސް ފާޑުފާޑުގެ ސާމާނެވެ. ނުވެސް ދަންނަ ވައްތަރު ވައްތަރުގެ ފަންނިއްޔާތުގެ ވަސީލަތްތަކެވެ. 

އެންމެ ތިރީ ބައިގައި ހުރި އެއްޗެހި ހާވަމުން ދަނިކޮށް އަހަރެންގެ ސަމާލުކަން ދަމައިގަތީ ބޮޑު ކެޕްސޫލް އެކެވެ. އެކަހަލަ ވައްތަރެއްގެ ބޭސްގުޅަ އެއް ވެސް ހުންނާނެ އެވެ. އެކަމަކު ވިހި ހާސް ގުނައިން ބޭސްގުޅައިގެ ސައިޒު އެއަށް ވުރެ ކުޑަވާނެއެވެ. އަހަރެން އެ ހުޅުވަން ބޭނުންވިއެވެ. އަހަރެންނަށް ފެނުނީ އޭގެ ތިރީގައި އިން ފިތްބަރިއެކެވެ. ވަގުތުން އެ ހުޅުވާނެ ގޮތް އަހަރެންނަށް ދެނެގަނެވުނެވެ. އެއީ ކުރިން ޒަމާނެއްގައި އެކަހަލަ ޕަޒްލް އެއް އަހަރެން ހެދީމައެވެ. 

“ކަލޯ! ކީއް ތި ކުރަނީ؟” އާހިލް އަހައިފިއެވެ. ދެން އިވުނީ ގަޑިން އެލާމު އަޅަން ފެށި އަޑެވެ. އަހަރެން ބޭރުގައި ހަރުކުރި ކެމެރާ ބަލައިލީމެވެ. ވަގުތުން ދެލޯ މުދުނަށް އެރިއެވެ. ފާޑެއްގެ އެސޭސިއަން ސޫޓެއްގައި އެ ހުރީ ސާޖިން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާ އާއި އެކު އިތުރު ހަތަރު މީހަކު އުޅުނެވެ. އެމީހުން އައީ ސަންދޯކެއް ކަހަލަ ބައްޓަމަކަށް ހުރި ބޮޑު ކަޅު ފޮށްޓެއް ހިފައިގެންނެވެ.

“އެ ކޮން އެއްޗެއް؟” އާހިލް އެހިއެވެ. އަހަރެންގެ ވިސްނުމަށް އައީ އެންމެ ޖަވާބެކެވެ. “އެ މީހުން މިތަނަށް އައީ އެންމެ ކަމަކު. ބޭނުން ވަނީ އެންމެ އެއްޗެއް.” ލަސްލަހުން އަހަރެން ބުނެލީމެވެ. “ޔޫނުސް” އާހިލް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެ ނަން ކިޔާލިއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ބޮޑު ގުރޫޕެއް ޔޫނުސާއި ސާޖިނަށް ފާރަލާން ފޮނުވި އިރު މިތަނުގައި އެއިން އެކަކު ވެސް ނެތީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޔޫނުސްގެ ލޮކޭޝަން ވެސް ބަލައިލީމެވެ. އެހެނަސް ފޯނުން ދައްކާ ގޮތުގައި ޔޫނުސް ހުރީ އޭނާގެ ގޭގައެވެ. އަހަރެންނަށް އެ ވީގޮތް ފަހުމް ވިއެވެ. 

“ވިނަބެއްޔާ! ކީއްތަ ތި ކުރަނީ؟ އެ އޯރގަން ސެލާސްތައް ޔޫނުސް ގޮވައިގެން މި ބޯޓަށް އަރަނީއޭ….” އަހަރެން ބުނީމެވެ. އެހެނަސް އެކޮޅުން ޖަވާބެއް ނުދިނެވެ. އެ ވަގުތު ބޯޓުގެ ސެކިޔުރިޓީ ސިސްޓަމް ޖައްސާލައިފިއެވެ. އަހަރެންގެ ފޯނު ކެނޑުމުން އަނެއްކާ ވެސް ގުޅަން މަސައްކަތް ކުރީމެވެ. އެހެނަސް ބުނަނީ ރޭންޖު ނުލިބޭ ކަމަށެވެ. އަހަރެންގެ ބޮލުގައި ތޮތްޕެއް ހެން އެޅުނީ ބޮޑު ސުވާލު މާކެކެވެ. ކިހިނެއް ވީ ހެއްޔެވެ؟ އަނެއްކާ މި ބޯޓު ޖައްސާލުމުން ވީ ގޮތެއް ހެއްޔެވެ؟ އާހިލް ވެސް ހާސްވެގެން ތެޅިގަތެވެ. ދެން އިވުނީ މީހެއްގެ ފިޔަވަޅުގެ އަޑެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. މި ދެން ހަމަ ޙަޤީޤަތަށް ވެސް ޒިންދަޤީ ބަރުބާދު ވީއެވެ. 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަނގާކުރުން

Next

ތިނެސްކަން ލޯބި (29)

Next
December 5, 2024

ތިނެސްކަން ލޯބި (29)

Previews
December 5, 2024

ހަނގާކުރުން

53 Comments!

  1. cutie girl says:
    December 5, 2024 at 8:29 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    rifga ah gotheh nuhadhachey
    rifga and aahil gulhuvachey
    they both are made for each other
    saajin haiyaru kurey
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. White rose White rose says:
      December 5, 2024 at 1:33 pm

      Thnx for the comment.
      we’ll see how their story endsss..

  2. Nawar says:
    December 5, 2024 at 11:56 am

    Kaloaa 🤭🤭🤭🤭
    Haadha salhieyyy 🤭🤭🤭
    Bunaane eii cheii vx neyngun…
    Avahah next genes dhehcheyy..

    1. White rose White rose says:
      December 5, 2024 at 1:35 pm

      Thnx Nawar.
      konmves ehcheh bunevijjenu.
      love the support.

  3. Your fav bab says:
    December 5, 2024 at 12:02 pm

    Bunaane echeh hama neyge!!!
    Ehaaves furihama!!!
    Truly a creative author

    1. White rose White rose says:
      December 5, 2024 at 1:36 pm

      Thnx Your fav bab.
      love that energy..
      can you tell me ur age????

  4. Lara says:
    December 5, 2024 at 6:25 pm

    I’m getting sooo curious….curiously waiting for the next part ❤️❤️❤️

    1. White rose White rose says:
      December 6, 2024 at 6:12 am

      Thnx Lara.

  5. Anonymous says:
    December 5, 2024 at 7:10 pm

    Different story from other stories. Vrh reethi waiting for next part

    1. White rose White rose says:
      December 6, 2024 at 6:13 am

      Thnx a lot Anonymous.

  6. Your fav bab says:
    December 5, 2024 at 8:11 pm

    I’m not a teen.
    That’s it I’m very young dhw!!!

    1. White rose White rose says:
      December 6, 2024 at 6:13 am

      Ohhh.

  7. Your fav bab says:
    December 6, 2024 at 11:51 am

    But I’m gonna be a teen very soon!!!
    IA

  8. ❤️ says:
    December 6, 2024 at 6:54 pm

    Oh my God
    I’m still in a shock
    Don’t even know what to say….
    This vhk is ssooo good 🫶
    Heart touching
    When is the next episode?
    Rifga and aahil ah gotheh nuhadhache

    1. White rose White rose says:
      December 7, 2024 at 12:00 pm

      Thnkuu for the wonderful comment.
      IA next week.

  9. Sassysiren❤ says:
    December 11, 2024 at 10:46 am

    V v v reethi vhk eh…

    1. White rose White rose says:
      December 11, 2024 at 1:58 pm

      Thnx Sassysiren🖤

  10. Anonymous says:
    December 12, 2024 at 9:21 am

    V reethi vaahaka eh.. Keep it up.. V salhi✨

    1. White rose White rose says:
      December 13, 2024 at 2:34 pm

      Thnx Anonymous.

  11. Yo babe says:
    December 12, 2024 at 9:24 am

    Yes V reethi stoy eh dho anonymous

  12. Sassysiren says:
    December 12, 2024 at 9:26 am

    Hi yo bab? 😕…. Who r u?

  13. Yo babe says:
    December 12, 2024 at 9:27 am

    Im your fav Bab ge friend

  14. Sassysiren says:
    December 12, 2024 at 9:28 am

    Huh… Kon fav bab eh?

  15. Yo babe says:
    December 12, 2024 at 9:30 am

    U know…fav bab he commented here🙂like v mathyga

    1. Your fav bab says:
      December 31, 2024 at 3:01 pm

      In not a he you old thug

  16. Sassysiren says:
    December 12, 2024 at 9:31 am

    Oh… So u r 😉🌹

  17. Ms. VAMPIRE says:
    December 12, 2024 at 9:33 am

    Oh hi yo baby and sassysiren

  18. Sassysiren says:
    December 12, 2024 at 9:34 am

    Oh im soo scared a vampire has attended😒

  19. Ms VAMPIRE says:
    December 12, 2024 at 9:35 am

    U guys OmG😱 yo baby and ur fav babe friends whattt!! Maybe lovers 😏😏

    1. Yo babe says:
      December 12, 2024 at 9:44 am

      What the ….. He’s younger than me just a firend

  20. Ms. VAMPIRE says:
    December 12, 2024 at 9:37 am

    How old is ” your fav babe” plz tell bro😜😜

    1. Anonymous says:
      December 12, 2024 at 9:40 am

      Idk… He’s not a teen.. Way younger i guess

  21. Sassysiren says:
    December 12, 2024 at 9:37 am

    😆🤣

  22. Sassysiren says:
    December 12, 2024 at 9:38 am

    Who knws?? 😗😏

  23. Sassysiren says:
    December 12, 2024 at 9:40 am

    Idk… He’s not a teen.. Way younger i guess

    1. Your fav bab says:
      December 31, 2024 at 3:00 pm

      You filthy idiot how dare you call he to me

  24. Ms. VAMPIRE says:
    December 12, 2024 at 9:41 am

    Yo what brooo is young hehehehe

  25. Sassysiren says:
    December 12, 2024 at 9:42 am

    Yh….

  26. Sassysiren says:
    December 12, 2024 at 9:46 am

    Whattt? He younger than u bro? Yo baby…. Baby what a shame😶

  27. Sassysiren says:
    December 12, 2024 at 9:47 am

    #Just a friend

  28. Ms. VAMPIRE says:
    December 12, 2024 at 9:47 am

    Baby what a shame…

  29. Yo babe says:
    December 12, 2024 at 9:48 am

    Bro he’s just a friend eyy

  30. Yo babe says:
    December 12, 2024 at 9:49 am

    It’s so sad he’s younger he is a perfect match for rat

  31. Sassysiren says:
    December 12, 2024 at 9:51 am

    Hehehhe😆🐀

  32. Yo babe says:
    December 12, 2024 at 9:51 am

    🤣🤣🤣🤣🤣🤣🤣yo rat

  33. Sassysiren says:
    December 12, 2024 at 9:52 am

    Rat? Rat who?

  34. Ms. VAMPIRE says:
    December 12, 2024 at 9:52 am

    Actually not a rat! A Frog would be suitable for him like u know who!!

    1. Anonymous says:
      December 12, 2024 at 9:55 am

      Im not a frog you rat

  35. Yo bane says:
    December 12, 2024 at 9:53 am

    Ms vampire🤣🤣

    1. Yo babe says:
      December 12, 2024 at 9:54 am

      Sorry my name is yo babe

  36. Sassysiren says:
    December 12, 2024 at 9:54 am

    Hehhe… 😜 🐸🐸🐸🐸

  37. Kamana says:
    December 13, 2024 at 2:39 pm

    You guyz….
    This is kinda rude ehnu. Also vhk thakuga comments section eh innanee vhk ah khaasa kohgen comment kuran.
    Hope y’all understand.
    Vhk varah salhi and scary. Good job white rosyyyy

  38. Anonymous says:
    December 13, 2024 at 7:01 pm

    what!!!

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 37←


All Right Reserved!