ބްލަޑް ޓްރެއިލާރ
އައްސަލާމު އަލައިކުމް،
މި ވާހަކަ މިއީ އަޅުގަނޑުގެ ދެވަނަ ކުރުވާހަކައެވެ. މިއީ ރޯދަމަހާއި އެކު ގެނެސްދޭން އަޅުގަނޑު ލިޔުނު ވާހަކައެކެވެ. ނަމަވެސް އަޕްލޯޑް ކޮއްލެވުނެއް ލަސްވީ، މިވާހަކަ މިއީ އަޅުގަނޑު ވަރަށް ގިނަ ރީސާރޗެސް ހަދައިގެން ލިޔުނު ވާހަކައަކަށް ވާތީއެވެ. މި ވާހަކައަކީ “ފޭންޓަސީ” ވާހަކައެވެ. ކިޔާލަން ތަފާތު ލޯބީގެ ވާހަކަ އެކެވެ. ކިޔުންތެރިންގެ ޙިޔާލު ކޮމެއްންޓުގައި ފާޅު ކޮއްލަދިނުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑުއެދުމެކެވެ. މި ވާހަކަ ލިޔުމުގައިވެސް ކިޔުންތެރިންގެ ހިތްވަރު ލިބޭނެކަމަށް އުންމީދުކުރަމެވެ. އިރާދު ކުރެއްވިއްޔާ “މަގޭ މާއިލް” އާއި އެކު “ބްލަޑް” ގެ ވެސް ބައެއް ކޮންމެ ދުހާކު އަޕްލޯޑް ކޮއްލާނަމެވެ.
******
ރޭގަނޑުގެ ވަގުތެވެ. ރަވާން ހުރީ ގޭތެރޭގައި އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރި ތެރޭގައެވެ. ރަވާންއަކީ ނަން މައްޝޫރު ސައިންޓިސްޓްއެކެވެ. އެކި ކަހަލައިގެ އައު ތަޖުރިބާތައް ކުރުމަކީ ރަވާން ވަރަށް ލޯބި ކުރާކަމެކެވެ. މިރޭވެސް ރަވާން އެ އުޅެނީ އެކަހަލަ އައު ތަޖުރިބާއެއް ކުރުމުގައެވެ. އަންގި ލައްވާލުމަށްފަހު ގޯގަލްސް އާއި މާސްކްއެއް އަޅާލާ ފުންނޭވާއެއް ލަމުން ރަވާން ތައްޔާރުވެލިއެވެ. ރަވާންގެ މޭޒު މަތީގައި އޮތީ އައްސާފައި އޮތް ދިރިހުރި ވާލެކެވެ. ކައިރީގައި އޮތް ސްކެލްޕަލް ނެގިއެވެ. އެ ވާ މަރާލުމަށް ފަހު އޭގެ ލެޔާއި ކަށިތައް ނަގާ ރަވާން އޭނާގެ މަސައްކަތް ފެށިއެވެ. ވާލުގެ އާރ އެން އޭ ނެގުމަށް ފަހު ރަވާން އޭނާގެ ދަރިފުޅު ރުވާންގެ ޑީ އެން އޭ އާއި އެއްކޮއްލިއެވެ.
ރަވާންގެ ދަރިފުޅު ރުވާންއަކީ އެއްޗެހި ދަސް ކުރުމަށް ވަރަށް އުނދަގޫ ކުއްޖެކެވެ. ރުވާންގެ އުމުރުން މިހާރު 8 މަސް ފުރިފައިވީ އިރުވެސް އަދިވެސް އެކަނި ފުރޮޅެލުމަށް ރުވާން ވަނީ ނުކުޅެދިފައެވެ. ސައިންޓިސްޓް އަކަށްވެ ހުރެ، ހުރި ހަމަ އެކަނި ދަރިފުޅު އެފަދަ ޙާލެއްގައި އުޅޭތަން ބެލުން ރަވާންއަށްވީ އޭނާގެ ޒަމީރު އޭނާއަށް މަލާމަތް ކުރާފަދަ ކަމަކަށެވެ. އެހެންކަމުން ރަވާން ނިންމީ ކޮންމެވެސް ގޮތެއް ހަދާ ރުވާންގެ އެ ނުކުޅެދުން ތެރިކަމުން ސަލާމަތް ކުރާށެވެ.
******
[ނޯޔާ ކޮބާ ރުވާން؟] ބަދިގެ ތެރޭގައި އެއްޗެހި ނޫޑްލްސް ކައްކަން ހުރި ރަވާންގެ އަންހެނުން ނޯޔާ ގާތުގައި ރަވާން އަހާލިއެވެ. [ހަމަ ދެން ތިކަން ކުރަނީތަ؟ އަޅެ ރުވާންއަށް ތީގެން ނުބައި އަސަރެއް ކޮއްފިއްޔާއޯ] ރަވާން އަތުގައި އޮތް ސިރެންޖްއަށް ބަލައިލަމުން ނޯޔާ އަހާލީ ހާސްވެ ހުރެއެވެ. ސިރެންޖު ބާއްވާލަމުން ރަވާން ގޮސް ނޯޔާ ގައިގައި ބައްދާލިއެވެ. [ނޯޔާ މަށަށް ޓްރަސްޓް ކުރަންތަ؟ އަޅެ ނޯޔާ ބޭނުންތަ ރުވާން އެހެން އުޅެ ބޮޑު ވާން؟ ބޮޑުވުމުން އޭގެ އަސަރު ރުވާންއަށް މާބޮޑަށް ކުރާނެ.. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅުވެސް ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށް ވާން.. ނޯޔާ ބޭނުމެއް ނޫންތަ؟] ނޯޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ރަވާން ނޯޔާ ބޮލުގައި ފިރުމާލާފައި ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ނޯޔާވެސް އުނދުން ނިއްވާލާފައި ކޮޓަރިއަށް ދިޔައެވެ.
ކޮޓަރިއަށް ވަދެ ނޯޔާ އަތަށް ސިރެންޖު ދީފައި ރަވާން ގޮސް ރުވާން ކުޑަ އެދުން ނެގިއެވެ. ރުވާންގެ މޫނު މަތީގައި ވީ މައުސޫމްކަމެވެ. ބޮޑު ބޮޑު ދެލޮލާއި ކަޅުކަން ގަދަ ދެލޯ ކިތަންމެހާވެސް ރީއްޗެވެ. ކުޑަ ކުޑަ ތުންފަތާއި ނޭފަތް ކިތަންމެހާވެސް ފުރިހަމައެވެ. ރުވާންގެ ހީވަނީ ހަމަ ރަވާންގެ ކޮޕީއެއް ހެންނެވެ. ނޯޔާއާއި ވައްތަރީ ހަމައެކަނި ރުވާންގެ އެ ކަޅުކަން ގަދަ އިސްތަށިގަނޑެވެ.
[މި ސޮރު ކައިގެންތަ މިއޮތީ؟] ރަވާން އަހާލިއެވެ. ނޯޔާ ބޯޖަހާލުމުން ރުވާން ނިއްކުރީގައި ބޮސްދީފައި ރަވާން ނިދާ ކިންގް ސައިޒް އެނދުގައި ރުވާން ބާއްވާލިއެވެ. އަދި އެއަށް ފަހު ނޯޔާ އަތުގައި އޮތް ސިރެންޖު ނަގާ ރަވާން ފުން ނޭވާއެއް ދޫކޮއްލިއެވެ. މާތް ކަލާންގެއަށް ވަކީލު ކޮއްލަމުން ރަވާން އެ ސިރެންޖު ރުވާންގެ އަތުގެ ނާރަކާއި ދިމާކޮއްފައި ޖެހިއެވެ. ރުވާން ނުވެސް ރޮވެއެވެ. ހަމަ އޮތް ގޮތަށް މަޑު މަޑުން އޮތެވެ.
[ޔެސް ޑަން.. ނޯޔާ.. ދެން ރުވާންއަށް ފީޑު ކޮއްފަ ނިންދަވާލާ އޯކޭ..] ސިރެންޖު ޖެހިތާ ކުޑަ މަލަން ކޮޅެއް ޖަހާލަމުން ގާތުގައި ހުރި ނޯޔާއަށް ރަވާން ބުނެލިއެވެ. ނޯޔާ ބޯ ޖަހާލާފައި ރުވާން ގޮވައިގެން އެންދުގައި އިށީންދެ ރުވާންއަށް ފީޑް ކުރަންފެށިއެވެ. އިރުކޮޅަކު އެތަން ބަލަން އިނދެފައި ރަވާން ދިޔައީ ނޯޔާ އަންނަން ވާއިރަށް އެނޫޑްލްސް ކޮޅު ކައްކާ ނިންމާލާށެވެ.
[ނިދުނީތަ؟] ނޯޔާ ނިކުތީ ރަވާން ކާން ހަދަން ހުއްޓައެވެ. [އާން ނިދާލައިފި ވަރަށް ފަސޭހައިން] ނޯޔާ ބުނެލިއެވެ. ކައިގެން ދެމަފިރިންވެސް ދިޔައީ ނިދަން އޮށޯނާށެވެ.
********
ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް ރުވާން ދެލޯ ބޮޑު ކޮއްލީ ކުއްލިއަކަށެވެ. ހަށިގަނޑަށް ވާން ވަމުން ދާކަހަލަ އިހުސާސްއެއް ރުވާންއަށް ދިޔައީ ކުރެވެމުންނެވެ. ދެއަތުން ބެޑުޝީޓުގައި ހިފާ ބާރު ކޮއްލެވުނު އިރު ދަތްކުނޑީ ވިކާލެވުނެވެ. ބަލަބަލާ ހުއްޓައި ރުވާންގެ ކަޅުކަން ގަދަ ކަޅި ރަތް ކުލައަށް ބަދަލުވިއެވެ. [ކެނައިން] ދަތް ދިގުވެ އަތުގެ ނިޔަފަތި ތައްވެސް ދިގުވެލިއެވެ. ހަށިގަނޑުގެ ހުރިހާ ނާރެއް ފުއްޕާލާފައި ހުރުމުން ހަށިގަނޑު ހުރީ ފާޑަކަށް ނޫވެފައެވެ. ރުވާންގެ ކަޅުކަން ގަދަ އިސްތަށިގަނޑުވެސް ރަތްކުލައަށް ބަދަލުވިއެވެ. މަންޒަރު ބަލަން ހުރި މީހަކު ބިރުން ރޫރޫ އަޅާނެކަން ގައިމެވެ.
********
ރުވާންއަށް މިވަނީ ކިހިނެތްބާއެވެ؟ މިކަމުގެ ސަބަބުން ރުވާންގެ ދިރިއުޅުމަށް ވާނީ ކިހިނެތްބާއެވެ؟ ކުރާނީ ހެޔޮ ފައިދާއެއް ހެއްޔެވެ؟ ނުވަތަ ގޯސް ފައިދާއެއް ހެއްޔެވެ؟ މިކަމުން ރުވާން ސަލާމަތް ވާނެ ބާއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ ދެވަނަ ދިގު ވާހަކަ [ބްލަޑް] ގެ ފުރަތަމަ ބަޔަށް އިންތިޒާރު ކޮއްލައްވާ..
One Comment
Comments are closed.







Omg Soo curious for the next part. 🥹🫶🏽