Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކޫރުން

Eesh
Eesh Level 4100 Login10 Stories
March 14, 2024 4 Mins Read
1 Comment

 

އަރައިގެން އައި އިރާއެކު މިލްނާއަށް ލޯ ހުޅުވައި ލެވުނީ ބޮޑުދައިތަ ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ކަމާއެކު ހިނގާފައި ގޮސް ދޮރު ހުޅުވާލި ވަގުތު މިލްނާއަށް ކުރިމަތި ލާން ޖެހުނީ ބޮޑުދައިތަގެ ބަހުގެ ޙަމަލާ ތަކާއެވެ. “މިލްނާ…އެންމެ ފަހަރަކުވެސް ނުގޮވަނިސް ތެދުވިއްޔާ ކީއްތަވާނީ…އާން އެހެންޔާ…މަންމަގެ ގޮތްތާ ހުންނާނީ…މަލީހާއަށް ވެސް ކަލޭ ނުބެލިގެން ކަންނޭންގެ މަށަށް ކަލޭ ދީފަ އެ ފިލީ…” ބޮޑުދައިތަ ފެށީ ނުރުހިފައި ވިޔަސް، ނިންމާލިއިރު އެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. މިލްނާ ރައްދުގައި އެއްޗެއް ނުބުނެ ހުރި ކަމުގައިވިޔަސް އެ ހިތުގައި ބޮޑުދައިތަ އާ މެދު ޝަކުވާ ހުއްޓެވެ.

މިލްނާގެ އުމުރުން ދެ އަހަރުގައި މަލީހާ ވަނީ ގެއިން ނުކުމެގެން ގޮސްފައެވެ. މަލީހާ ދިޔައީ ދަންވަރުގެ ވަގުތުގައި ކަމުން އަމާން ކަމާއެކު ގެއިން ނުކުމެވުނެވެ. އަދި ދަމުން ދިޔައީ ކުޑަ ނޯޓް ކޮޅެއްވެސް ލިޔެފައެވެ. އެ ނޯޓް ގައި ބުނެފައި ވަނީ، އިތުރަކަށް ދެން މިލްނާއެއް ނުބެލޭނެ ކަމަށާއި، މީގެ ފަހުން އޭނާ ހޯދަން ނޫޅުމަށްވެސް މަލީހާވަނީ ބުނެފައެވެ. ނަމަވެސް އެއިރުއްސުރެ މިލްނާގެ ހިތް ބުނަމުން ދިޔައީ މަލީހާ ސަބަބެއް ނެތި އޭނާ ދޫކޮށްފައި ނުދާނެ ކަމަށެވެ. މަންމަ އަށް ކޮންމެވެސް މަޖުބޫރީއެއް ކުރިމަތިވީ ކަމަށް ގަބޫލުކޮށް މިލްނާ އެ ހުންނަނީ ޙަޔާތުގެ ކޮންމެސް ދުވަހެއްގައި މަންމަ ފެންނާނެ ކަމުގެ އުންމީދުގައެވެ.

ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން މިލްނާ ސައި ހަދަންވެގެން ކޮޓަރިން ނުކުތެވެ. މުޅި ގޭ ތެރެ ފެންނަމުން ދިޔައީ އަމާންކޮށް ކަމުން ހަމަޖެހިލައިގެން ހުރެ ސައި ހަދަން މިލްނާ އަވަސްވެގަތެވެ. މިލްނާ އެކަނި މާ އެކަނި ރޮށި ފިހުމަށް ފަހު ބޭކެޑް ބީންސް ހެދިއެވެ. އެއަށްފަހު ސައި ކައްކަން އުދިއެވެ. އެވަގުތު ބަދިގެއަށް ވަދެގެން އައީ ބޮޑުދައިތަގެ އަންހެން ދަރި އިފްޝާއެވެ. އިފްޝާ ބަދިގެއަށް ވައިންތަން ނުފެނި، މިލްނާ އުޅުނީ ސައި ތަރުމޯޒަށް އެޅުމަށެވެ. އެވަގުތު އިފްޝާ ވަރަށް ނުވާކަމަށް ހެދުމަށްފަހު މިލްނާގެ އަތުގައިޖެހިގަތެވެ. “އާހް…މަންމާ” ހޫނުސައި އަތަށް އެޅުމާއެކު މިލްނާ ހަޅޭއްލަވައި ގަތެވެ. “އޫޕްސް…ސޮރީ އިނގޭ” އިފްޝާ މަޢާފަށް އެދުނެއް ކަމަކު އޭނާގެ މޫނުމަތިން ކުރެވުނު ކަންތަކާ ދެރަވެފަ ހުރިހެން ހީވެސް ނުވެއެވެ. މިލްނާ ފެންކަޅިވެފައި ހުރެ ފިހުނު ތަންކޮޅުގައި ބޭސް ކޮޅެއް ހާކާލިއެވެ. އަދި ބާކީ ހުރިމަސައްކަތްތައް ކޮށް ނިންމާލިއެވެ.

އެންމެންނަށް ސައި ބޯން ގޮވުމަށްފަހު މިލްނާ ބޭރަށް ނުކުތީ ކުނި ކަހަންނެވެ. ބޭރަށް ނުކުމެ އިލޮށިފަތި  ބިމުގައި ޖައްސާލި ވަގުތު މިލްނާގެ ކަންފަތުގައި ޖެހުނީ މީގެ ތޭރަ ވަރަކަށް އަހަރު ކުރިން އިވިފައިވާ، އެފަރާތެއް ދެކުމަށް އެ ނިކަމެތި ހިތް ބޭގަރާރުވެފައިވާ ފަރާތުގެ އަޑެވެ. “ދަރިފުޅާ…” އެއީ މިލްނާގެ މަންމަ، މަލީހާ ނޫން އިތުރު ކާކުގެ އަޑެއް ހެއްޔެވެ؟ މިލްނާ ވަގުތުން ހިންދެމިލައި ސީދާ ވެލިއެވެ. އޭނާ އަށް ފެނުނީ މަލީހާގެ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑާއި، ހިތާމައިން ފުރިފައިވި މޫނެވެ. ނަމަވެސް އެއީ ހަމަ މަލީހާއެވެ. މިލްނާގެ މަންމަ، މަލީހާއެވެ. “މަންމާ…” ރޮއެގަންނަމުން މިލްނާ ދުއްވާގަތެވެ. އަދި ގޮސް މަލީހާގެ އަތުތެރެއަށް ވަނެވެ. މަލީހާ މިލްނާގެ ބުރަކަށީގައި ފިރުމާލި ވަގުތު މިލްނާގެ ރުއިން އިތުރަށް ބާރުވިއެވެ. މަލީހާ ހާސްވެފައި ވީ ކީއްތޯ އެހިއެވެ. “މަންމާ…ކޮންތާކު އުޅެފަ ތިއައީ…އިނގޭތަ. ބޮޑުދައިތަ ވަރަށް ގޯސް..މިންނުއަށް އަބަދު މަސައްކަތް ޖައްސަނީ…އަދި އިނގޭތަ. މަންމައޭ ކިޔާފަވެސް ބޮޑުދައިތަ އެއްޗެހި ކިޔާ..”ކުޑަ ކުއްޖެއް ފަދައިން މިލްނާ ކިޔައިދިނެވެ. އެންމެ ކުރީއްސުރެ އޭނާ އުޅުނު ނިކަމެތި ހާލު ކިޔައިދެމުން ދިޔައިރު، މަލީހާ އަށް ދިޔައީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންނެވެ. ދަރިފުޅުގެ ސަލާމަތަށްޓަކައި އެޅުނީ ކަތި ފިޔަވަޅެއްކަން މިހާރު މަލީހާއަށް އިހުސާސް ކުރެވިއްޖެއެވެ.

ސައިބޯން އިންދައި ބޭރުގައި އަޑުގަދަވާން ފެށުމުން ބޮޑުދައިތަ ބޭރަށް ނުކުތެވެ. އެވަގުތު މިލްނާގެ ކައިރީގައި ހުރި އަންހެން މީހާ ފެނިފައި ބޮޑުދައިތަގެ ބަސް ހުއްޓުނެވެ. ބިރުގަނެފައި މުޅި މީހާ ދާ ހިއްލަން ފެށިއެވެ. މި މަންޒަރު ފެނުނީ ފަހަތުން ނުކުތް އިފްޝާއަށެވެ. އިފްޝާ ލަސްލަހުން އޭނާގެ މަންމަގެ ގައިގައި އަތް ޖައްސާލިއެވެ. ބޮޑުދައިތަ ސިއްސައިގެން ގޮސް ފަހަތް ބަލާލި ވަގުތު މިލްނާގެ ލޮލުގައި އެ ދެމީހުން އަޅައިގަތެވެ. “އިފާ…އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ…އަހަރެންނަށް ތި ދިން އަނިޔާގެ ބަދަލު އަދި ލިބޭނެ…އެ ނުވެދާނެ މި ދުނިޔެއިން ކަމަށްވެސް…ވަރަށް ވެދުން އިފާއަށް..” މަލީހާ ގެ ދެ ލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ. އަނެއްކާ އިފްޝާވެސް ހުއްޓާ މަލީހާ އެހެން ބުނުމުން އިފާ ހުރީ ވަރަށް ހާސްވެފައެވެ. މިއަދު ހަމަ ޔަގީނުންވެސް އިފްޝާގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެއެވެ. ހަގީގަތް ފަޅާއަރާކަށް މާ ގިނަ ދުވަހެއް ނެތްކަން އިހުސާސްވީ ވަގުތު އިފާއަށް ސިފަވީ އެންމެން އޭނާއާ ދިމާލަށް އިނގިލި ދިއްކޮށް އެއްޗެހި ކިޔާ އޭނާ ބާކީ ކޮށްލަނިކޮށެވެ.

މަލީހާ އާއި މިލްނާ ލޯމަތިން ގެއްލެންދެން އިފާ ބަލަން ހުއްޓެވެ. އެދެމީހުން ލޯމަތިން ގެއްލުމާއެކު އިފްޝާ ސުވާލު ގޯނި އޮއްސާލިއެވެ. “މަންމާ…ކީއްވެ ތިއްތަ އެހެން ބުނެފަ އެ ދިޔައީ..” އިފްޝާގެ މި ސުވާލާއެކު އިފާއަށް ދެލޯމަރާ ތަގުޅި ކޮށްލެވުނެވެ. ނަމަވެސް ހަމަޖެހިލަމުން އިފްޝާއާ ކުރިމަތިލުމަށް ފަހު ނޭންގޭ ކަމަށް ބުނެލިއެވެ. “މަންމާ ދޮގު ނުހަދާ…މަންމަ ކިޔައި ނުދީފިއްޔާ އަހަރެން ތިއްތަ ކައިރީ އަހާނަން..” އިފްޝާ އެހެން ބުނެލުމާއެކު އިފާ ތެޅެގަތީ ރޯމަހެއް ތެޅެގަންނަ އެސޫލުންނެވެ. އެންމެފަހުން އިފާއަށް ޖެހުނީ ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ހަގީގަތް ހާމަ ކުރާށެވެ. “ދަރިފުޅާ..މަންމައަށް މަޢާފު ކުރޭ..” އެންމެ ފުރަތަމައިނުންވެސް އިފާ ބުނެލީ އެހެންނެވެ. އިސްޖަހައިގެން އިނދެ އިފާ ހުރިހާ އެއްޗެއް ކިޔައިދޭން ފެށިއެވެ. މީގެ ތޭރަ ވަރަކަށް އަހަރުކުރިން އޭނާ މަލީހާއަށް ބިރުދައްކައި ގެއިން ނުކުންނަށް ބުއިން ވާހަކައެވެ. އެހެންނޫނީ މިލްނާ މަރާލާނެކަމަށް ބުނުމުން މަލީހާ ނިންމީ ދަރިފުޅަށްޓަކައި އެގެއިން ދާށެވެ. ހިތާއި ދެކޮޅަށް މަލީހާ އެރޭ ގެއިން ނުކުތެވެ. ނަމަވެސް އިފާ އަކަށްވެސް މަލީހާ ދިޔައީ ކޮންތާކަށް ކަމެއް ނޭންގެއެވެ. “ދެން ކީއްވެ މިލްނާ ހިފައްޓާފަ ތިއްތަ ފޮނުވާލީ؟..” އިފްޝާގެ ހިތުގައި އޮތްސުވާލު ބޭރު ކޮށްލިއެވެ. “އެއީ މަންމަ ބޭނުންވީ މަލީހާއަށް ކަމެއް އިހުސާސް ކޮށްދޭން…ފަހަރެއްގައި ދަރިފުޅަށް ނޭންގިދާނެ…އެންމެ ކުޑައިރުއްސުރެ މާމަ ތަފާތުކުރާނެ މަލީހާ އާ މަންމައާ…އެހެންވެ މަންމަ ބޭނުންވީ މަލީހާގެ ދަރިފުޅަށް، މަންމަގެ ލޯބި ނުލިބުނީމަ ހިތައް ވާ ތަދު އިހުސާސް ކޮށްދޭން…” އިފާގެ ދުލުން ހުރިހާ އެއްޗެއް އަޑުއިވުނު އިރު އިފްޝާހުރީ ދުލުން ބަހެއް ކިޔުމަށްވެސް ނުކުޅެދިފައެވެ.  އޭނާގެ މަންމަ އެހާ ރަހުމުކުޑަ ވާނެކަމަކަށް ދުވަހަކުވެސް ހީކޮށްފައި ނެތެވެ.

“ދަރިފުޅާ…” ހިތްހަމަ ނުޖެހިފައިހުރެ ކޮޓަރިއަށް ވަންނަން ދިޔަ އިފްޝާގެ ފިޔަވަޅުތައް މަޑުޖެހުނީ އިފާ ގޮވާލުމުންނެވެ. ނަމަވެސް އަޑު އިވޭ ކަމަށް ވެސް ނުހަދައި ހިނގައިގަތެވެ. “ދަރިފުޅާ އިފޫ…މަންމައަށް މަޢާފު ކުރޭ…” އަނެއްކާވެސް އިފާ ގޮވާލުމާއެކު ހިލައަށް ހަދައިގެންހުރި އިފްޝާގެ ހިތް މަޑު ކަފަ ކޮޅަށް ބަދަލުވި ކަހަލައެވެ. “މަންމަ ފުރަތަމައިނުން ތިއްތަ އާ މިލްނާގެ މަޢާފު ހޯދާ…އެ ދެ މީހުންގެ މަޢާފު ލިބިއްޖިއްޔާ އަހަރެން މަންމައަށް މަޢާފު ކުރީ ކަމަށް ބަލާ..” ފަހަތަށް ބަލާނުލާހުރެ އިފްޝާ ބުނެލިއެވެ. އަދި ބާރުބާރަށް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

މިލްނާ ގޮވައިގެން މަލީހާ ދިޔައީ އޭނާ ހުރި ގެސްޓް ހައުސްއަށެވެ. ދެމީހުންނަށްވެސް ހަމަޖެހިލެވުމާއެކު، މަލީހާ ހުރިހާ ހަގީގަތެއް މިލްނާއަށް ކިޔައިދިނެވެ. މިލްނާއަށް އެއިރުވެސް ހީވީ ހަމަ ރަނގަޅަށެވެ. މަލީހާއަށް މިލްނާ ދޫކޮށް ދާންޖެހުނީ ކޮންމެވެސް މަޖުބޫރީއެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ ބޮޑުދައިތަގެ ސަބަބުން ކަމަކަށް މިލްނާ އެއްވެސް ވަރަކަށް ހިއެއްނުކުރެއެވެ. މާޒީ ހަނދާން ކުރަމުންދިޔަ ދެމައިންނަށް ވެސް ހޭވެރިކަންވީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އާދައިގެ ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި މިލްނާގެ ހަރަކާތްތައް މަޑުވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. “އި..އިފްޝާ..” އަޅައަޅައިގަންނަމުން މިލްނާއަށް ގޮވައިލެވުނެވެ. އެއަޑު އިވިފައި މަލީހާ ދުންޖަހާފައި އައެވެ. “އަދިވެސް މަގޭ މި ދަރިފުޅަށް ދެވުނު އަނިޔާ ކުޑަ ވީތަ؟” މަލީހާ ހަޅޭއްލަވައިގަތެވެ. އިފްޝާވެސް އިސްޖަހައިގެން ހުރީ މަލީހާ ކިޔާ ހުރިހާ އެއްޗެއް އޭނާއަށް ހައްގު ކަމަށް ގަބޫލުކުރެވޭތީއެވެ. “ތިއްތާ…އިނގޭ އަހަރެންނަށް މަޢާފު ހައްގު ނޫންކަންވެސް…އެކަމަކުވެސް އަހަރެންނަށް މަޢާފު ކޮށްދީ…މިންނުވެސް…” އިފްޝާ އާދޭހާއެކު ބުނެލިއެވެ. “އިފޫ…މިންނުގެ ހިތް ހަމަ އެއްކޮށް ސާފު…މަޢާފަށް އެދޭ މީހާއަށްވުރެ ހެޔޮހިތުން މަޢާފު ކުރާމީހާގެ ދަރަޖަ މާ މަތި ވެގެންވޭ…” މިލްނާގެ ހިތްހެޔޮކަން އެ ކުޑަކުޑަ ޢަމަލުންވެސް ދޭހަވެއެވެ. “ތިއްތަވެސް އިފޫއަށް މަޢާފު ކޮށްފިން…އެކަމަކު މިހިތުގަ އިފްޝާމެން ދެމައިންގެ ސަބަބުން އެޅިފައި ހުރި ކޫރުމެއް ނުފިލާނެ…” މަލީހާ އަސަރާއެކު ބުނެލިއެވެ.

 “މަލީ..” އިފްޝާގެ ފަހަތުގައި ހުރި އިފާ ގޮވާލިއެވެ. “މަލީ…މިންނޫ…އަހަރެން ތި ދެމައިންގެ މަ..މަޢާފު ބޭނުން…އަދަބެއްގެ ގޮތުން މައްސަލަ ހުށައެޅިޔަސް އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތް…އަހަރެން ބޭނުމީ ތިދެމައިންގެ މަޢާފު…”އިފާ މަލީހާ އާއި މިލްނާގެ ފައިބުޑަށް ވެއްޓިގަތެވެ. “އިފާ…އަހަރެން މަޢާފު ކޮށްފިން…އެކަމަކު ހަމަ ހަގީގަތްވާނީ ހަގީގަތަށް…މިބުނީ އަހަރެންގެ ދަރިފުޅު ރުއި ރުޔުމެއްވެސް ބަދަލެއް ނުވާނޭ…” އިފާ ނަގަމުން މަލީހާ ބުނެލިއެވެ. އަދި ހިތި ހިނިތުންވުމަކާއެކު އިފާ ގައިގާ ބައްދާލިއެވެ. މި މަންޒަރު ފެނިފައި މިލްނާ އާއި އިފްޝާގެ ދެލޯ ފުރުނީ އުފާވެރިކަމުގެ ކަރުނައިންނެވެ.          

 

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ދެވަނަ ބައި)

ވަޢުދޭ ވެވޭމީ
Next

ވަޢުދޭ ވެވޭމީ

Next
ވަޢުދޭ ވެވޭމީ
March 14, 2024

ވަޢުދޭ ވެވޭމީ

Previews
March 14, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ދެވަނަ ބައި)

One Comment

  1. Anonymous says:
    March 15, 2024 at 7:34 pm

    woww🥹

Comments are closed.



All Right Reserved!