Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މަންމަ

SHAILA AHMED SHIFAAN
January 22, 2024 2 Mins Read
1 Comment

މަންމަ ގައިގައިއ އޮޅުލައިގަނެ ވުމާއެކު އަހަރެންގެ ފޮނި ހުވަފެންތައް ހާސިލްކުރެވިއްޖެއެވެ. މަންމަގެ ކޯތާފަތް މަތިން އުފާވެރިކަމުގެ ކަރުނަތައް ދެމެމުން ދިޔައެވެ. މަންމަ އަހަރެންނަށް ބޮސްދެމުން ބުންޏެވެ. “ދަރިފުޅު ހާދަ ބޮޑުވެއްޖޭ.”

މާޒީގެ ތެރެއިން 25 އަހަރެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި ނުބައި ރޭލަކަށް އެރިގެން އަހަރެންގެ ލޯބިވާ މައިމީހާ ގެއްލުނެވެ. އަހަރެންނަށް އެ ރޭލުގައި ދެވުނީ އެހެން ޤައުމަކަށެވެ. އެ ޤައުމުގެ ފަސްގަނޑަށް ފިޔަވަޅެއް އަޅާލެވުނު ހިނދު ލޮލުކޮޅަށް ފެނުނީ ދުވަހަކު ވެސް ނުފެންނަ ވަރަށް ތޮއްޖެހިފައިވާ މަގުތަކެވެ. އެހާ މީހުން ވެސް ގިނައެވެ.

އިރުފެނަނަށް ތިރިވި ވަގުތެވެ. އަހަރެން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތެވެ. ރޭލު ސްޓޭޝަނުގައި ހުރި ބެންޗެއްގައި އޮއްވާ އެސްފިޔަ ތަތްލަން ފެށިއެވެ. އަހަރެން ބަނޑަށް އޮއްވާ ނިދުނީއެވެ.

އަހަރެންނަށް ރޭކާލީ މީހަކު ގޮވާހެން ހީވެގެންނެވެ. ލޯ ހުޅުވާފައި ބަލައިލި އިރު ހުރީ މެދު އުމުރުގެ އަންހެނެކެވެ. އެ މީހާ އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަ ވެސް އަހަރެންނަށް އެ މީހާ ކިޔާނުކިޔާ އެއްޗެއް އެނގޭވަރެއް ނުވިއެވެ. އެ މީހާ އަހަރެން އަތުގައި ހިފައިގެން ޔަތީމުހާނާއަކަށް ގެންދިޔައެވެ. އަހަރެން ޔަތީމުހާނާގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހާ އެނބުރި ގެއަށް ދިޔައެވެ.

ޔަތީމުހާނާއިން އަހަރެންނަށް ނިދާނެ ތަނާއި ސާފުތާހިރުވާނެ ފާހަނަ ދެއްކިއެވެ. އަދި އަހަރެންނަށް ކާބޯ ތަކެތި ފޯރުކޮށް ދިނެވެ. އެރޭ އަހަރެން ނިދަން އުޅެއުޅެ ނިދޭވަރެއް ނުވިއެވެ. ފުރޮޅިލަ ފުރޮޅިލަ އޮތީއެވެ. މަންމަ މަތިން ހަނދާން ވަނީއެވެ. ކުޑަކުޑަ އަހަރެން އެރޭ އޮންނަން ޖެހުނީ ލޯބިވާ މަންމައާ ނުލައެވެ. މަންމަ ހޯދަން ހިތްއެދެނީއެވެ.

އަހަރެންނަށް 18 އަހަރުވީ ދުވަހެވެ. މިނިވަނެއްގެ ގޮތުގައި ޔަތީމުހާނާއިން ނިކުތީމެވެ. މަންމަ ހޯދުމުގެ ފޮނި ހުވަފެން ތަކާއެކުއެވެ.

މަންމަ ހޯދުމަށްޓަކައި ތިން އިރު ތިން ވަޒީފާ އަދާކުރީމެވެ. ހަމަ ނިދި ނުހޯދައެވެ. ލިބުނު އާމްދަނީގެ 3/2 ރައްކާކުރަމުންނެވެ.

ބޭނުންވާ ވަރަށް ލާރި ހޯދުމުން މީހުންގެ އެހީއާއެކު އަހަރެންގެ އުފަން ބިމަށް ދަތުރު ފެށީމެވެ. މަންމަ ހޯދުމުގެ ނިޔަތުގައެވެ.

5 ގަޑި އިރުގެ ދިގު ދަތުރަކަށް ފަހު އަހަރެންގެ އުފަން ބިމަށް ފޭބުނެވެ. އަހަރެންނަށް ހިތްހަމަ ޖެހުމުގެ އިހުސާސެއް ކުރެވުނެވެ. ފުންނޭވާއެއް ލުމަށް ފަހު އަހަރެން  ހިނގަން ފެށީމެވެ. އެކި މީސްމީހުންގެ އެހީއާއެކު ވަރަށް ފަޤީރު ސަހަރަކަށް ދެވުނެވެ.

ގޯޅިއަކަށް ފަހު ގޯޅިއެއް އަޅަމުން ދަނިކޮށް ވަރަށް ދަންނަ މޫނެއް ފެނުނެވެ. އެމޫނު މަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރާއި ހައިރާންކަމުގެ ކުލަވަރެވެ. އާއެކެވެ. އެއަކީ އަހަރެން ވިހާ ބަނޑު އެޅި އަހަރެންގެ މައިމީހާއެވެ. “މަންމާ!!” އަހަރެންނަށް ގޮވާލެވުނެވެ. “ދަރިފުޅާ!” މަންމަ ވެސް އަހަރެންނަށް ގޮވާލިއެވެ.

މަންމަ ގައިގައި އޮޅުލައި ގަނެވުމާއެކު އަހަރެންގެ މި ދިގު ރާސްތާގެ ކޮޅަށް ދެވުނީއެވެ. ކުރެވުނު ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވިއްޖެއެވެ. ހެއްދެވި ފަރާތަށް ހަމްދު ކުރީމެވެ. ލޯބިވާ މަންމާއެވެ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވެއެވެ.

Share Article

Follow Me Written By

SHAILA AHMED SHIFAAN

Other Articles

Previous

ޢާއިލީ ސުލޫކުން ކުރިއަސަރު

Next

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4

Next
January 23, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4

Previews
January 20, 2024

ޢާއިލީ ސުލޫކުން ކުރިއަސަރު

One Comment

  1. Anonymous says:
    January 26, 2024 at 1:17 pm

    Hope u like it 🥲

Comments are closed.



All Right Reserved!