މަންމަ ގައިގައިއ އޮޅުލައިގަނެ ވުމާއެކު އަހަރެންގެ ފޮނި ހުވަފެންތައް ހާސިލްކުރެވިއްޖެއެވެ. މަންމަގެ ކޯތާފަތް މަތިން އުފާވެރިކަމުގެ ކަރުނަތައް ދެމެމުން ދިޔައެވެ. މަންމަ އަހަރެންނަށް ބޮސްދެމުން ބުންޏެވެ. “ދަރިފުޅު ހާދަ ބޮޑުވެއްޖޭ.” މާޒީގެ ތެރެއިން 25 އަހަރެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި ނުބައި ރޭލަކަށް އެރިގެން އަހަރެންގެ ލޯބިވާ މައިމީހާ ގެއްލުނެވެ. އަހަރެންނަށް އެ ރޭލުގައި ދެވުނީ އެހެން ޤައުމަކަށެވެ. އެ ޤައުމުގެ ފަސްގަނޑަށް ފިޔަވަޅެއް އަޅާލެވުނު ހިނދު ލޮލުކޮޅަށް ފެނުނީ ދުވަހަކު ވެސް ނުފެންނަ ވަރަށް […]