Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 1

Nadhoo
Nadhoo Level 1
January 11, 2024 3 Mins Read
7 Comments

ހުޅަނގު މޫސުމުގެ ދުވަހެއްކަމުން މަޑުމަޑު ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ސްކޫލުން ނިމިގެން ގެޔަށް އަންނަމުން ދިޔައީ އާދައިގެ މަތިން ޒަކްވާން އާއި މެހެރީން އެކުއެކީގައެވެ. ޒަކްވާން އަކީ އަނީސާގެ ހުރި ހަމައެކަނި ދަރިއެވެ. މާލޭގެ މުއްސަނދި މީހަކު ކައިވެނިކުރުމަށްފަހު އެމީހާގެ އާއިލާ މީހުން ނުރުހުމުން އަނީސާ ޒަކްވާންއަށް ބަނޑުބޮޑު އިރު އޭނާ ވަރިކޮށްލާފައި ދިޔުމުން އެކަނި މާއެކަނި ފަހައިގެން ލާރި ހޯދައިގެން ޒަކްވާން ބަލާބޮޑުކުރިއެވެ. މިހާރު އުމުރުން 18 އަހަރުވެފައިވާއިރު އެދަނީ ގްރޭޑް ބާރައިގައި ކިޔަވަމުންނެވެ. ޒަކްވާން އަކީ ބަރާބަރަށް ގަޑިން ނަމާދުކުރާ ކިޔެވުމަށްވެސް އެހާ މޮޅު އަބަދުވެސް ރަންވަނަ ހޯދާ ކިޔަމަންތެރި ދަރިއެކެވެ. ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެއް ގެ އިތުރުން މަޑު ނޫކުލައިގެ ކަޅިއަކާއެކު އާދަޔާ ހިލާފް ރީތި ލޮލެއް ގުދުރަތުން ޒަކްވާން އަށް ދެއްވާފައިވެއެވެ.

މެހެރީން އަކީ ނަފީސާއާއި މާހިރުގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. ދެން ތިބެނީ މެހެރީންއަށް ވުރެ ދޮށީ ދެފިރިހެން ކުދިންނެވެ. މާއިޒް އާއި ނައުފްއެވެ. މާއިޒް އުޅެނީ މީހަކާ އިނދެގެން ގޮސް މެލޭޝިޔާގައެވެ. ނައުފް އުޅެނީ ފުލުހުންގެ ވަޒީފާގައެވެ. މެހެރީން ބާރައިގަ ކިޔަވަނީއެވެ. މެހެރީން އަކީވެސް ބަސް އަހާ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ފަން އިސްތަށިގަނޑަކާއި ހިމަ ތޮޅި ރީތި ހަށިގަނޑެއްގެ އިތުރުން ރީތި އިސްކޮޅެއް ލިބިފައިވެއެވެ. މެރީންގެ އެންމެ ގާތް އެކުވެރިޔަކީ ޒަކްވާންއެވެ. އެއީ މެހެރީން މަންމަ ނަފީސާގެ ބެސްޓްފަރެންޑްގެ ދަރިވެސްމެއެވެ.

މާޖާވާހަކައެއް ދައްކަމުން ދެމީހުން އަންނަނިކޮށް ކުއްލިޔަކަށް އައިސް ކުއްޖަކު ބައިސިކަލުން މެހެރީން ކުރިމައްޗަށް މަޑުކުރުމުން މެހެރީން ދިޔައީ ސިއްސައިގެންނެވެ. ” ސާބަސް އަމަން އަށް އަހަރެންގެ ގައިގަ ޖެހުނު ނަމަ ” މެހެރީން ބުނެލީ އަމަންއާއި ދިމާލަށް ލޯ އަޅާލަމުންނެވެ. ” މެހެރީން ހާދަ ރީއްޗޭ އަހަރެން ވަރަށް ލައިކްވޭ މަށާ ރައްޓެހިވާނަން ތަ” އަމަން އަހާލީ ޖެހިލުން ކުޑަކަމާ އެކީގައެވެ. އެ އަޑުއަހަން ހުރި ޒަކްވާންގެ ހިތުގައި ރިއްސާލިއެވެ. ވިސްނާލާފައި ޖަވާބެއް ދޭނެކަމަށް މެހެރީން ބުނުމުން އަމަން ދިޔައެވެ. ” ރީން އަމަން އަކީ އެހާ ރަގަޅު ކުއްޖެއް ނޫން! އޭނާ ސިނގިރޭޓްވެސް ބޮއެ އަހަރެން އަޑުއެހިން ގޭންގް ތަކާވެސް ގުޅުން އޮންނަ ވާހަކަ ” ޒަކްވާން ބުނެލިއެވެ.

” ޒެކް އަސްލު އަހަރެންވެސް އަމަންދެކެ ލައިކް ވޭ! އެކަމަކު ތިކަހަލަ ވާހަކަތައް އިވޭތީ މި ފަސްޖެހެވެނީ” މެހެރީން ޖަވާބު ދިނެވެ.

މެހެރީންގެ ޖަވާބު އަހާފައި ޒަކްވާން ހިތުގައި ޖެހުނީ މެހެރީން އަތުން ބީވެދާން އުޅޭހެން ހީވުމުންނެވެ. ” ރީން އެކަހަލަ ނިންމުމެއް ނިންމަންވާނީ ވަރަށް ވިސްނާފަ ރީން އަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން ބޭނުމީ އަބަދުވެސް ރީން ގެ ހިނިތުންވެފައި ހުންނަ މޫނު ދެކެން” ޒަކްވާން ހާމަކުރީ އޭނާގެ ހިތުގެ އެދުމެވެ.

” ތެން ކިޔު ޒެކް ތީ ހަމަ ބެސްޓް” މެހެރީން ޖަވާބު ދިނެވެ. އޭރު ގެޔާ ހަމަޔަށްވެސް އާދެވިއްޖެއެވެ. ދެގެ ހުންނަނީ ޖެހިގެން ކަމުން ދެމީހުންވެސް ގެޔަށް ވަނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަމަންގެ އިތުރު އުދނގުލެއް ނުވުމުން އަދި މެހެރީންވެސް އެވާހަކަ ނުދެއްކުމުން ޒަކްވާން ހިތްހަމަ ޖެހުނެވެ.

މެހެރީން ނިދަން އެނދަށް އަރާއޮތްވާ މީހަކު މެހެރީންއަށް ގުޅިއެވެ. ” ހެލޯ މެހެރީން އަމަން އޭ މީ އަހަރެންނާ މީޓް ކޮށްލެވިދާނެތަ؟ މިރޭ؟ ” އަމަން މެހެރީން ކާރީ އަމަންގެ މަންމަމެން ރަށުގައި ނެތްކަމާ އެގެޔަށް އައުމަށް ބުންޏެވެ. މެހެރީން ތައްޔާރުވެލައިގެން ގޮސް އަމަންގެ ގެޔަށްވަނެވެ. އަމަން ގޮސް މެހެރީން ގޮވައިގެން ސޯފާގައި އިށީނެވެ. ” އަދިވެސް އަހަރެންނަށް ޖަވާބެއް ނުދެމެއްނު” އަމަން އަހާލިއެވެ. ” އަސްލު ތެދަށް ބުނާނަމަ އަހަރެންވެސް އަމަން ދެކެ ލައިކް ވޭ އެކަމަކު އަމަން އަކީ ގޯސް ކުއްޖެއްކަމަށް ކިޔާ އަޑު އިވޭ އެހެންވެ ފަސްޖެހެވެނީ” މެހެރީން އޭނާގެ ހަގީގަތް ހާމަކުރިއެވެ. ” މީހުން ކިޔާ ކޮންމެ އެއްޗެއް ނުވާނެ ހަގީގަތަކަށް އަހަރެން ނުކުރަން އެއްވެސް ގޯސްކަމެއް ” އަމަން ގަސްތުގައި ދޮގު ހަދާލިއެވެ. ” އަސްލުވެސްތަ ސިނގިރޭޓެއްވެސް ނުބޮންތަ؟” މެހެރީން އަށް އަހާލެވުނެވެ. ” ވަސްބަލާބަލަ ” އަމަން މެހެރީން އާއި ކާރިވުމުން މެހެރީން ތެޅިގެންފައި ތެދުވިއެވެ. ” އަމަން އަހަރެންގެ ޖަވާބަކީ ޔޭސް ” މެހެރީން ބުނެލިއެވެ. އަމަން ހުރީ އޭނާގެ މަގްސަދު ހާސިލްވުމުން ވަރަށް އުފާވެފައެވެ. ނަމަވެސް މެހެރީންއަށް ނޭގުނީ އޭނާގެ ދިރިއުޅުމަށް އަންނަން އުޅެނީ ކިހާވަރެއްގެ ތޫފާނެއްކަމެވެ. ” އަމަން މެހެރީންގެ ތުންފަތުގައި ބޮސްދޭން އުޅުމުން މެހެރީން އެކަން މަނާކުރިއެވެ. ފުރަތަމަ ދުވަސް ކަމުން މެހެރީން ރުޅި އައިސްދާނެތީ އަމަން ވެސް ދޫކޮށްލިއެވެ. އެކަމަކުވެސް މަލުގެ ފޮނިކޮޅު ބޯލުމަކީ އަމަންގެ މަގްސަދެވެ. އެކަހަލަ ކިތައް ކުދިން އަމަންގެ ދަލުގައި ޖެހިފާވާކަން މެހެރީން އަކަށް ނޭގޭއެވެ.

” ޒެކް އަހަރެން ރޭ އަމަން އާ މީޓްކުރިން އަހަރެން ބުނެފިން ޔޭސް ވެސް އަމަން ބުނީ އެއީ މީހުން ދައްކާ ދޮގުވާހަކަ ތައް ކަމަށް ” މެހެރީންގެ ވާހަކަ އަޑު އަހާފައި ޒަކްވާން ވަރަށް ދެރަވިއެވެ.

” ހެއި ލަވް ” އަމަން އައިސް މަޑުކުރަމުން މެހެރީން އަށް ގޮވާލިއެވެ.

” ޒަކްވާން ދެން ދޭ ބަލަ ކީއްވެ ދެލޯބިވެރިންގެ ދެމެދުގަ ހުރަހަކަށް ވަނީ ތި” އަމަން އެހެން ބުނެލާފައި މެހެރީންގެ އަތުގައި ހިފާލިއެވެ. ޒަކްވާން ސޮރީ އޭ ބުނެފައި ބާރަށް ދިޔައެވެ.

އަމަން އާ ގުޅުނު ފަހުން މެހެރީން ސްކޫލަށް ދަނީވެސް ނިމިގެން އަންނަނީވެސް އަމަން އާއެކީގައެވެ. ކުލާހުގައިވެސް އިންނަނީ އަމަން ކާރީގައެވެ. އެހެންވެ ޒަކަވާން ހުންނަނީ ބާކީ ވެފައެވެ. އަމަން ސިނގިރޭޓް ބޯން ހުއްޓާ ފެނިގެން އެވާހަކަ މެހެރީން ގާތު ބުނުމުން އަމަން ބުނީ ޒަކްވާން އުޅެނީ އަހަރެމެން ދެމީހުން ދުރުކުރުވަން ކަމަށް އަދި ޒަކްވާން އާ ވާހަކަ ނުދެއްކުމަށްވެސް ބުންޏެވެ. ސަބަބަކީ އަމަން ބޭނުން ވެގެން އުޅޭ އެކަހެރި ބައްދަލުވުންތައް ނުބޭއްވޭތީއެވެ. ޒަކްވާން އާއެކީ ނޫނީ މެހެރީންއަށް ގެއިން ބޭރަށް އައުމުގެ ހުއްދަނުލިބޭތީއެވެ. އެންމެ ފަހުން ޒަކްވާން އާ ވާހަކަ ދެއްކުންވެސް މެހެރީން ހުއްޓާލިއެވެ. މެހެރީންގެ އަމަލުތައް ހުރި ގޮތުން ޒަކަވާން ވަރަށް ހިތުގައި ޖެހުނު ނަމަވެސް މެހެރީންގެ އުފަލަކަށް ވާތީ އަޅާނުލީއެވެ. މެހެރީން ފަހުން އަމަން އާ ބައްދަލުކުރަންފެށީ އެންމެން ނިދުމުން ސިއްރުންނެވެ.
” މެހެރީން މިހާރު ރައްޓެހިވެގެން އުޅޭތާ މިވަނީ 6 ވަރަކަށް މަންތްސް މިހާރު ކިޔަވާ ވެސް ނިމުނީ އެކަމަކު އަދިވެސް އަތުގަ ހިފާލަން ނޫނީ ނެތް ހުއްދައެއް” އަމަން ޝަކުވާކޮށްލިއެވެ. ” މެރީ ކޮށްގެން ނޫނީ އަހަރެން ބޭނުމެއް ނުވޭ އެއްވެސް އެކަހަލަ ކަމެއް ކުރާކަށް ” މެހެރީން ޖަވާބު ދިނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އުމުރުގާ ކަލާޔާ އެކު-4

Next

އިޢުލާނު

Next
January 11, 2024

އިޢުލާނު

Previews
January 9, 2024

އުމުރުގާ ކަލާޔާ އެކު-4

7 Comments!

  1. Rifoo says:
    January 11, 2024 at 12:40 pm

    Mi vaahaka varah reethi vane hen heevani
    Mi part vx varah reethi Masha Allah 💗❤️❤️
    Lysm nadhoo

    1. Nadhoo says:
      January 11, 2024 at 4:01 pm

      first comment dho? hehe love you more rifoo

  2. imko 💕💕 says:
    January 11, 2024 at 3:34 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama

  3. ifoo says:
    January 11, 2024 at 10:22 pm

    vv reethi mi part vs maasha allah..when next part??

  4. Reem says:
    January 12, 2024 at 3:09 am

    vaahakaige feshun varah reethi. mi vaahaka interesting vaane kamah unmeedhu kuran. waiting for next part. 😊

  5. ކިޔުންތެރިއެއް says:
    January 16, 2024 at 2:21 am

    ވާހަކަ ވަރަށް ރީތިވާނެހެން ހީވޭ ތަންކޮޅެއް ދިގުކޮށްލާފަ އެޕިސޯޑްތަށް އަވަސް ކޮށްލައްޗޭ
    cant wait for next episode
    😍

  6. ކިޔުންތެރިއެއް says:
    January 16, 2024 at 2:21 am

    ވާހަކަ ވަރަށް ރީތިވާނެހެން ހީވޭ ތަންކޮޅެއް ދިގުކޮށްލާފަ
    އެޕިސޯޑްތަށް އަވަސް ކޮށްލައްޗޭ
    ދެންވާނެގޮތެއްގެ އިންތިޒާރުގަ
    cant wait for next episode
    😍

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 2←


All Right Reserved!