Skip to content
އެސްފިޔަ

ކަސްޓަމަރ ސާރވިސް

އެއީ މީގެ ގާތްގަނޑަކަށް އަށެއްކަ އަހަރު ކުރިއެވެ. އަހަރެންގެ ކިޔެވުން ނިމުމުން ރައްޓިއްސެއްގެ ބައްޕަގެ ފިހާރައަކުން ވަޒީފާ ލިބުނެވެ.އެފިހާރައަކީ ދެބުރިއަށް ހުންނަ ފިހާރައެކެވެ. މަތީބުރީގައި ހުންނަނީ އަންހެނުންގެ ސާމާނެވެ. އަހަރެން އުޅުނީ އެބައިގައެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ފިހާރައަށް ދެއަންހެންކުދިން އައެވެ. އަހަރެން ބަލާލިއިރު އޭގެ ތެރެއިން އެއްކުއްޖަކީ އިސްކަންދަރު ސްކޫލުގައި ގްރޭޑް ދޭއްގައި އަހަރެންނާ އެކު އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ.ނަމަކީ ޝިފާނާ(އަސްލުނަމެއްނޫން) އެވެ.
ޝިފާނާއަކީ ކުޑައިރުވެސް ވަރަށް މަޑުންހުންނަ ކުއްޖެކެވެ. ދުވަހަކުވެސް އޭނާއާ ވާހަކަދެއްކި ހަނދާނެއް އަހަރެންނެއް ނުވެއެވެ.ކޮންމެއަކަސް ޝިފާނާ ފިހާެރައިގެ އެކި އެއްޗެހި ބަލަމުން އޭނާގެ އެކުވެރި އަންހެން ކުއްޖާއާ އެކު އެބައުޅެއެވެ. އޭނާއަށް އަހަރެން އިނގޭބާއޭ އަހަރެން ހިތާހިތާ ސުވާލުކޮށްލީމެވެ. މިގޮތުގައި ވިސްނަން ހުރެފައި މަގޭ ހިތަށް އެރިއެވެ. ޝިފާނާއަށް އަހަރެން އިނގޭތޯ އަހާލަންވީކަންނޭނގެއެވެ. އޭރުން ކަސްޓަމަރ ސާރވިސް ދޭންވެސް ފަސޭހަވާނެއެވެ.އެވަގުތު ފިހާރައިގައި އަހަރެންގެ އިތުރުން ފިހާރައިގެ ދެމުއައްޒަފުން ތިއްބެވެ. އަހަރެން ޝިފާނާއަށް މުޚާތަބުކޮށް ބުނީމެވެ.”އޭ! ތީ ޝިފާނާދޯ؟ އަހަރެން އިނގިއްޖެތަ؟ މީ… އަހަރެމެން އިސްކަންދަރު ގްރޭޑު ދޭގައި އުޅުނީ އެއްކުލާހެއްގައެއްނު… އަހަރެން ހަނދާން ހުރޭ…. ”
ލޮބުވެތި ކިޔުންތެރިންނޭ.. ދެން އަހަރެން ޝިފާނާ ގާތު ބުނި ޖުމްލަ ބުނީ އޭނާ ލަދުގަންނަވާލުމުގެ ނިޔަތަކު ނޫނެވެ. އަދި އެވާހަކަ ބުނިއިރު އަހަރެންމެންގެ ދެމީހުންގެ އިތުރުން މަދުވެގެން ތިންމީހުން ގާތުގައިތިބިކަމެއްވެސް އޭރު ވިސްނައެއްނުލެވުނެވެ.. އަދި އޭނާ ލަދުގަންނާނޭ އެކޭވެސް ހިތަކަށް ނާރައެވެ. މިއަދު ޝިފާނާ ގެ ކިބައިން އަހަރން މިކަމަށް މަޢާފަށްވެސް އެދެމެވ. އަހަރެންގެ ނިޔަތަކީ، ރަނގަޅު ކަސްޓަމަރ ރިލޭޝަނެއް އުފެއްދުން ނަމަވެސް ބުނެވުނީ މިހެންނެވެ.
“އަހަރެން ހަނދާން ހުރޭ…އެއްދުވަހަކު ޝިފާނާއަށް މިއުޒިކު ކުލާހުގައި ގަޔަށް ހީސްވެސް ލެވުނު ދޯ؟ “

Comments (8)

  1. ނަފާ

    ހާހާ…… ނޮޓް ބޭޑް….

  2. fathimath Asim

    ހަހަހަަަަަަަަަަަަަަަަަަަަަަަަަަަހާާާާާާާާާާާާާާާާާ.އަމައްޔާ

  3. zoyasham

    ހަހަހައްހާހާހާ…… މަޖާ….

  4. tooly

    Habeys

  5. tooly

    Habeys

  6. naani

    Pakaaaas….. 🙂

  7. HAHAHAHA

    Hahahahahahahahahahaha Pakaasss… 😛

  8. shine

    Lols:0.. Hehehehehe,,, , v majaaa ingey

Comments are closed.