Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 1

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
June 17, 2024 11 Mins Read
9 Comments

އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ނަޒަރު ހުއްޓާލައިގެން އިން ޒުވާނާގެ މޫނުމަތީގައި ވަނީ ހިތްގައިމު ހިނިތުންވުމެކެވެ. އިރުގެ ރަން ދޯދިތައް އެ ދޮން މޫނަށް އެޅިފައިވާ އިރު، ބަލައިލަން ނުހަނު ހިތްގައިމެވެ. އެ ގަދަ މުށިކުލައިގެ އަސަރު ގަދަ ދެލޯ ހުއްޓިފައިވަނީ، ރަތާއި އޮރެންޖު ކުލައިގެން ފަވައިލެވިފައިވާ، ހާމައަށް އޮތް އުދަރެހަށެވެ. ޖެހެމުން ދިޔަ މަޑުމަޑު، ލުއިލުއި ވައިރޯޅިތަކާއެކު، ކަންފަތު ފޫޅާއި ހަމައަށް ދިގުކޮށްފައިވާ، އެ ޒުވާނާގެ ކަޅުކަން ގަދަ ރާޅު އިސްތަށިކޮޅު ވަޔާ ހޫރެމުން ދިޔައެވެ. އެއާއެކު އެ ފިރިހެންވަންތަ، ވަރުގަދަ އަތުން އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލި ގޮތުން، ބަލައިލި ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ދީވާނާ ވެދާނެހެން ހީވެއެވެ. ލައިގެން އިން މަޑު ނޫކުލައިގެ ޓީޝާޓު ގަޔަށް ހިފާލާފައި ހުރި އިރު، އެ ބާމަތި ފުޅާ، ފިރިހެންވަންތަ ހަށިގަނޑުގެ ބައްޓަން ވަނީ ހާމައަށެވެ.

އަމިއްލަ ޚިޔާލުތަކުގައި އިން އެ ޒުވާނާއަށް ހަމަބިމަށް އާދެވުނީ ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ޑިސްޕްލޭއަށް އަރާފައި އިން ނަން ފެނުމާއެކު، އެ ޒުވާނާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހައިލީ ނިކަން އަވަހަށެވެ.

“ހެލޯ އަޒް.. ގުޑް މޯނިން..” އެ ޒުވާނާގެ އެ ފިރިހެންވަންތަ، ބަރު އަޑުން އެހެން ބުނެލި އިރު، އެ އަޑު އިވޭ ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް އޭގެ މަޤާމުން ދޫވާނެކަން ގައިމެވެ. އެހެންނަމަވެސް، ފޯނުގެ އަނެއް ފަރާތުން ވާހަކަ ދެއްކި އަންހެން ކުއްޖާއަށް އެކަން ފާހަގަ ވީހެންވެސް ހީ ނުވެއެވެ.

“މިއަދު މޯނިން އެއްވެސް ގުޑް އެއް ނޫން.. ވަރަށް ފޫހިވޭ..” އެކޮޅުން އެ އަންހެން ކުއްޖާ ކުސްތަޅައިލި އަޑު އިވިފައި، އެ ޒުވާނާ ކައިރިޔަށް ހިނި އައެވެ.

“އޯވނ މަގޭ ލޯބި އަޒް.. ކިހިނެއްތަ ވީ..؟ އަދި ކިރިޔާ މި ދުވަސް ފެށުނީ.. އެހާ އަވަހަށް މޯނިން ބޭޑް ވެގެން ކަމަކު ނުދާނެ އެއްނު..” ލުއި ހުނުމަކާއެކު، އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

“ޔައިލްއަށް އަދިވެސް މަށާ ދިމާލަށް ހޭންތަ އެނގުނީ..؟ އޭނ..؟ ބޮޑު އުނދަގުލެކޭ..” އެ އަންހެން ކުއްޖާގެ ރާގު ހުރި ގޮތުން، ޔައިލް ގާތަށް އިތުރަށް ހިނި އައި ނަމަވެސް، ހިނިގަނޑު މަތަކޮށްލީ އިތުރަށް އެ އަންހެން ކުއްޖާ ރުޅި ނާރުވަން ވެގެންނެވެ.

“ސޮރީ ސޮރީ.. ހޫމް ދެން ބުނެބަލަ.. އައިޝަތް އަޒަލް އަފާންގެ މޯނިން އެހާ އަވަހަށް ބޭޑް ވެގެން މި އުޅެނީ ކީއްވެގެންނޯ..؟” ޔައިލް އެއްސެވެ.

“ރޭ ދަންވަރު ވާރޭ ވެހުނީމަ ފަތިހު ހޭލި އިރު ފިނި ވެގެން މަގޭ ފައި އަކުނިވަޔަށް ދަމައިގަތީ.. އަނެއްކާ މަންމައަށް ހެލްޕްވާން ކަމަށް ބަދިގެއަށް ވަނީ.. ރޮށި ދަމަން ހުއްޓާ މި ބައްޕަ އައިއްސަ ދިމާ ކުރަން ފަށައިފި އަޒް ދަމާ ރޮށިތައް ހީވަނީ އިންޑިޔާގެ ޗާޓު ހެންނޯ ކިޔާފަ.. ވަރަށް ފޫހިވޭ..” އަޒަލް ބުނެލިއެވެ. އަޒަލްގެ ވާހަކަ ހުރި ގޮތުން ޔައިލްއަށް ހިނިގަނޑު މަތަކޮށްލެވުނީ ކިރިޔާއެވެ.

“ސާބަހޭ އަޒްއަށް.. ކުދިކުދި ކަންތަކާ ތިހާ މޫޑީވެގެން އުޅޭ އެއްޗެއް ނޫނޭ.. ފަތިހު ތެދުވެގެން އަހަންނާ އެއްކޮށް ޖިމަށް ދާން އާދެބަލަ.. ޖިމަށް ގޮއްސަ ދެމީހުން އެކީ ސަންރައިޒް ބަލަން ދާނީ.. މިއަދުވެސް ސަންރައިޒް ހާދަ ރީއްޗޭ.. އަޒްވެސް އާދެބަލަ އެއް ދުވަހު އަހަންނާ އެކީ.. އޭރުން ހަމަ ގައިމުވެސް މިހާރު ތި ވާހެން މޯނިންތައް ބޭޑްއެއް ނުވާނެ..” ޔައިލް ހަމަ އެހެން ބުނެލުމާއެކު، އަޒަލް ޕިސްތަޅައިލި އަޑު އިވުނެވެ.

“ޔައިލް އުޅޭހެން ދުވާލަކު ތިންހަތަރު ފަހަރު ޖިމަށް ގޮސް، ވެއިޓް ބަލައި، ކެލޮރީ ކައުންޓްކޮށް.. އަހަންނަކަށް ތި ހުރިހާ ސަކަރާތެއް ނުޖެހޭނެ.. ޔައިލް ތި ވަރަކަށް މާ ބަލައިގެން ތި އުޅެނީވެސް ބިޓުންކޮޅު ގެއްލިދާނެތީ.. އެހެން އެއްވެސް ކަމަކު ނޫން..” އަޒަލް ބުނެލި އަޑު އިވުނެވެ.

“ދެން އަޒް ޖޭ ވަނީތަ..؟ ގައިމުވެސް އަޒްއަށް ބިޓުން ލިބޭ ވަރަށް ވުރެ ގިނައިން މަށަށް ވޭ ބިޓުން.. އަޒްގެ ތިހިރަ ސިނގު ރުޅިގަނޑަކާ ވިޔަރި ގަދަކަމާ ހުރެވެސް އަޒްއާ ރައްޓެހިވާނެ މީހަކު ނުވާނެ.. ހަހާ.. ވިޔަރި ދައިތަ..” ޔައިލް އަޒާއާ ދިމާކޮށްލިއެވެ.

“އައްޗި އަޒް ނުވެސް އުޅެން ބިޓުން ބޭނުން ވެގެންވެސް.. އަޒް މީކީ ޔައިލްއެއް ނޫނޭ.. އެނީވޭސް.. މިއަދު އޮފީހަށް ދަމުން އަޒް ބަލައި އަންނާތި.. ޔައިލް އޮފީހަށް ދަމުން އަޒް ލޯ ފާރމަށް ލައިފަ ދޭ.. ބައްޕައާ އެކީއެއް އަޒް ނުދާނަން މިއަދު.. ބައްޕަ ދެކެ ރުޅި އައިސް މި ހުރީ..” އަޒަލް އެހެން ބުނުމާއެކު ޔައިލްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“ސާބަހޭ.. އަފާންބެގެ އަންހެނުންނެކޭ އަފާންބެގެ ދޮށީ އަންހެން ދަރިއެކޭ ނެތް ހަމަ އެއްވެސް ތަފާތެއް.. މަގޭ ހިތަށް އަރާ އަފާންބެ އުޅޭނީ ހާދަ ހާލެއްގައޭ..” ހެމުން ހެމުން ޔައިލްއަށް ބުނެވުނީ އެވަރަށެވެ.

“ޝަޓް އަޕް ޔައިލް ގަނޑާ..!! މަ ބަލައި އަންނާތި ހަނދާންކޮށް..” އެހެން ބުނެފައި، އަޒަލް ފޯނު ކަނޑައިލަން އުޅެފައިވެސް، މަޑުކޮށްލީ ޔައިލް ވާހަކަ ދައްކަން ފެށުމުންނެވެ.

“އަޒް ތީ ދުވަހަކުވެސް ގަޑި ޖެހެންވާ އިރަށް ތަނަކަށް ދެވޭ މީހެއް ނޫން.. ބަރާބަރު އަށްގަޑި ބަޔަށް މަ ދާނަން އަޒް ބަލައި.. އެހާ އިރަށް ތައްޔާރު ނުވެ ހުރެފިއްޔާ މަށެއް މަޑެއް ނުކުރާނަން.. މަ ދާނަން އަޒް ނުލައި..” ޔައިލް ހަމަ އެހެން ބުނުމާއެކީ، ޔައިލްއޭ ކިޔައި ހަޅޭ ލަވައިގަނެފައި، އަޒަލް ފޯނު ކަނޑައިލިއެވެ. ލުއި ހުނުމަކާއެކު، ޔައިލް ފޯނު ދަބަހަށް ލާފައި، ދަބަހުން ނެގި ފެންފުޅިއަކުން ފެން ކޯވަރެއް ބޯލާފައި، ބޮލަށް ފެންފޮދެއް އަޅައިލިއެވެ. ތެތްވެގެން ދިޔަ އިސްތަށިގަނޑުގެ ބައެއް ނިތްމައްޗަށް ވެއްޓިފައި އޮތް އިރު، އެ މޫނުގައި ބަބުޅަމުން ދިޔަ ފެންތިކިތަކުން ޔައިލްގެ ރީތިކަން އިތުރުވެފައިވާ ފަދައެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު އިން ތަނުން ތެދުވެ، ޔައިލް ގެއަށް ދާން ހިނގައިގަތީ އޮފީހަށް ދާން ޖެހޭ ވަގުތު ކުޑަތަންވެފައި ވުމުންނެވެ.

*** ** ***

ގެޔަށް ވަން އިރު، ގޭތެރޭގައި އެއްވެސް މީހަކު ފެންނަން ނެތުމުން ޔައިލް މިސްރާބު ޖެހީ ސިޑިޔާ ދިމާއަށެވެ. ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ، ޔައިލް އަވަސްވެގަތީ ފެންވަރާ، ތާޒާވެލާށެވެ. ފެންވަރައިގެން ހަމައެކަނި ތުވާއްޔެއް އަނދެގެން ޔައިލް ފާޚާނާއިން ނުކުތް އިރު، އެ ފިރިހެންވަންތަ ހަށިގަނޑު ވަނީ ހާމަޔަށެވެ. ޤުދުރަތުން ޔައިލްއަށް ލިބިފައިވާ ދިގު އިސްކޮޅާއި، ބާމަތި ފުޅާ، ފިރިހެންވަންތަ ހަށިގަނޑަކީ ގިނަ އަންހެން ކުދީންތަކެއްގެ ނަޒަރު އޭނާއަށް ހުއްޓޭ، އޭނާގެ އެންމެ އާޝޯޚު ކުރުވަނިވި އެއް ސިފައެވެ. ޔައިލް ފާޚާނާއިން ނުކުތުމާއެކު، މުޅި ކޮޓަރި ތެރޭގައި ޔައިލް ލައިގެން ހުރި ޝަވރޖެލްގެ މީރު ވަސް ހިފާލާފައި ހުއްޓެވެ.

ގަޔަށް ބޮޑީސްޕްރޭކޮޅެއް ޖެހުމަށްފަހު، ޔައިލް ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ އޮފީސް ފަޓުލޫނެއް ލާފައި، ބެގީ ކޮށްލިއެވެ. ކަޅުކުލައިގެ ޓައީއެއް އެޅުމުން ޔައިލްގެ ރީތިކަން ފުރިހަމަވީ ފަދައެވެ. އެއަށްފަހު އިސްތަށިގަނޑުގައި ޖެލްލައި، އަތުން އިސްތަށިގަނޑު އެއްވަރުކޮށްލިއެވެ. ޑްރެސިންޓޭބަލް މަތީގައި އޮތް ރިހިކުލައިގެ އަގުބޮޑު އަތުކުރީ ގަޑި އަޅައިލަމުން، ޔައިލް ގަޔަށް ސެންޓުކޮޅެއް ޖެހިއެވެ. އެއަށްފަހު، ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލައިލިއެވެ. ހުސް ކަޅުގައި ހުރި އިރު، ޔައިލްގެ ފިރިހެންވަންތަކަށް ވަނީ އިންތިހާއަށެވެ. ޔައިލްގެ ވަރުގަދަ ޝަޚުސިއްޔަތާއި ހަރުދަނާކަން ފެންނަމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

“ޑޭމް ޔައިލް.. ސޯ ޑޭމް ހޭންސަމް..” އަމިއްލަ ނަފްސަށް ހިނިތުންވެލަމުން، ޔައިލް ބުނެލިއެވެ. އެއަށްފަހު އިތުރަށް ލަސް ކުރަން ނުހަދައި ކޮޓަރިން ނުކުމެ، ތިރިޔަށް މިސްރާބު ޖެހީ ބަނޑުހައިވެފައިވާލެއް ބޮޑުކަމުންނެވެ.

ޔައިލް ކާގެއަށް ވަން އިރު ކާމޭޒު ދޮށުގައި ސަޔަށް އިންސާފު ކުރަން އޭނާގެ ބައްޕަ މިލާންއާއި، ކޮއްކޮ ޔަލީން އިނެވެ. ދެބަފައިންނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން، ޔައިލްވެސް ގޮސް މޭޒުދޮށުގައި އިށީނެވެ. އިރުކޮޅަކުން އޭނާގެ މަންމަ ޔައިނާވެސް ސައިޖޯޑުތަކެއް އަޅާފައިވާ ތަބަކެއް ހިފައިގެން އައިސް، މޭޒުދޮށުގައި އިށީނެވެ. މާ ގިނަ އިރުތަކެއް ނުވެ އޭނާގެ މާމަ ނީލާވެސް އައެވެ.

މުޅި ޢާއިލާ އެކުގައި ސަޔަށް އިންސާފު ކުރަން ތިބި އިރު އެކި ވާހަތައް ދެކެވެމުން ދިޔައެވެ. “ދަރިފުޅާ ޔައިލް.. ކޮމްޕެނީއަށް ގެންނަން ޖެހޭ ބައެއް މުދާތައް މިއަދު ހަވީރު މިކޮޅަށް ލިބޭނެ.. ބައްޕައާ އެކީ ދާންވާނެ އިނގޭ..” މިލާން އެހެން ބުނުމާއެކު، ޔައިލް ލައްބައޭ ބުނެ، ބޯޖަހައިލިއެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ބައްޕަގެ ވިޔަފާރީގައި ވެވެން އޮތް އެންމެ ބޮޑަކަށް ހިއްސާވުމެވެ. އޭނާ ކިޔެވީވެސް އެ ރޮނގުންނެވެ. ސޮފްޓްވެއަރ އިންޖިނީއަރިންގެ ރޮނގުން ޔައިލް ވަނީ މާސްޓަރސް ހަދާފައެވެ. މިއަދު ޔައިލްއަކީ އޭނާގެ ބައްޕަގެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރެވެ.

ސައިބޮއެ ނިމިގެން ގަޑި ބަލައިލެވުނު އިރު، އަށްގަޑި ވިހި ހިނގާފައި ހުރިތަން ފެނުމުން ޔައިލް އަވަސްއަވަހަށް ތެދުވިއެވެ.

“ދަރިފުޅު ހާދަ އަވަހަކަށް ސައިބޮއެ ނިމުނީ..” ޔައިނާ ބުނެލިއެވެ.

“މަންމާ މިއަދު އަޒް ބުނި އޮފީހަށް ދަމުން އޭނަ ބަލައި އަންނާށޭ.. ޔައިލް އަވަހަށް ނުގޮއްސިއްޔާ އޭނަ އަވަހަކަށް ތައްޔާރެއް ނުވާނެ.. އެހެންވެ މި ދަނީ.. ބާއި..” އެންމެންނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން، ފެންބޮއެލައިގެން ޔައިލް މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ. އެއާއެކު ޔައިނާއާއި މިލާން އެކަކު އަނެކަކާ ދިމާއަށް ބަލައިލާފައި ހީލީ، އެކަކު އަނެކަކުގެ ހިތުގައި އޮތް އެއްޗެއް ދެނެގަނެވުނު ފަދައިންނެވެ.

ގެއިން ނުކުތް ގޮތަށް ސައިކަލަށް އަރައިގެން ޔައިލް މިސްރާބު ޖެހީ އަޒަލްގެ ގެޔަށެވެ. ދިހަވަރަކަށް މިނެޓުތެރޭގައި އެހިސާބަށް ދެވުމުން، ސައިކަލުން ފައިބާފައި، ކުރިމަތީގައި ހުރި ބޮޑު ހަވޭއްޔެއް ފަދަ ގެއަށް ވަންނަން ހިނގައިގަތެވެ.

ބެލް އެޅުމާއެކު، ދޮރު ހުޅުވީ އަޒަލްގެ ބައްޕަ އަފާންއެވެ. “އަނހަ ޔައިލް.. ހާދަ ހެނދުނަކާ.. ސައިބޯން އަންނަންވީނު..” ޔައިލްއަށް އެތެރެޔަށް ވަންނަން ތަން ދައްކަމުން، އަފާން ބުނެލިއެވެ.

“ނޫނޭ އަފާންބޭ.. ހަމަ ދެންމެ މި އައީ ސައިބޮއެގެން.. ކޮބާތަ އަޒް..؟” ޔައިލް ދެކޮޅު ހޯދައިލީ އަޒަލް ފެނޭތޯއެވެ.

“އެކުއްޖާފުޅު ތައްޔާރުވާށޭ ކިޔާފަ ކޮޓަރިއަށް ވަން ފަހުން މިހާރު ދޮޅު ގަޑިއިރު ވީ.. އަދިވެސް ނުނުކުމޭ.. ހަމަ ޒާރާގެ ތަތްކަން..” އަފާން ހަމަ އެހެން ބުނުމާއެކު، އޭނާގެ އަންހެނުން ޒާރާ ބަދިގެއިން ބޯ ދިއްކޮށްލިއެވެ.

“ކީކޭ ތި ކިޔަނީ މަށޭ ކިޔައިގެން..؟” އަފާންއާ ދިމާއަށް ލޯ އަޅައިލަމުން ޒާރާ އަހައިލިއެވެ.

“މި ބުނީ ހަމަ ޒާރާގެ ރީތި ކަމޭ އަޒްއަށްވެސް ވާރުތަވެފަ އެ ހުރީ..” ހީލަމުން އަފާން ބުނެލި ވާހަކައިން ފާޑަކަށް މޫނު ހަދައިގެން ހުރެފައި ޒާރާ އަނެއްކާވެސް ބަދިގެޔަށް ވަނެވެ. އެޔާއެކު، ޔައިލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އަފާންބެ ގަދަ އިނގޭ..” އަފާންއާ އަތާއަތް ޖަހައިލަމުން ޔައިލް ބުނެލިއެވެ.

“ނުރައްކާތެރި ގެޔެކޭ މީ.. މިގޭގަ އުޅޭ ދެ އަންހެނުން ވިޔަރި އަރައިފިއްޔާ އެ ފެށުނީ ބޮޑު ހަނގުރާމަ ތިނެއް.. އަފާންބެގެ މަރު.. ނަސީބެއް އާރާ ތަންކޮޅެއް މަޑުން ހުންނަ ކަންވެސް..” އަފާންގެ ވާހަކައިން ޔައިލްގެ ހުނުން ވީ އިތުރެވެ.

“ތީ ގަދަ މީހެކޭ.. އަފާންބެ ނޫން އެހެން މީހަކަށް ތިކަން ހޭންޑަލް ނުކުރެވޭނެކަން ޔަގީން..” ޔައިލް ބުނެލިއެވެ. އެއާއެކު އަފާން ހިނިގަނޑެއް ޖަހައިލިއެވެ.

“ދޭބަލަ އަޒް ކޮބައިތޯ ބަލައިލަން.. ގަޑި ޖެހިގެން ދިޔަޔަސް އޭނަ ނުނުކުންނާނެ..” އަފާން ބުނުމުން، ޔައިލް ސިޑިން މައްޗަށް އެރިއެވެ. އަޒަލްގެ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލާ އިރަށް، އެތެރެއިން ވަންނާށޭ ބުނި އަޑު އިވުނެވެ. ޔައިލް އެތެރެޔަށް ވަން އިރު ލޯގަނޑު ކުރިމަތީގައި ހުރެގެން ޝޯލް އަޅަމުން ދިޔަ އަޒަލް ފެނުމުން، ޕިސްތަޅައިލެވުނެވެ.

“ގަޑި ޖެހެން ފަސްމިނެޓަށް ވީ އެޔޮށް.. އަދިވެސް ތައްޔާރު ނުވެވޭ ދޯ އަޒްއަށް..” އަޒަލްގެ އެނދުމަތީގައި އިށީންނަމުން، ޔައިލް ބުނެލިއެވެ.

“މި ނިމުނީއޭ ޔައިލްގަނޑާ..” ދެތުންފަތް ދޭތެރެޔަށް ޕިނެއް ލައިގެން ހުރެ، އަޒަލް ބުނެލިއެވެ. ޝޯލްގައި އެންމެ ފަހު ޕިން ޖަހައިލަމުން، އަޒާ އޭނާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތް ރަތް ކުލައިގެ ލިޕްސްޓިކަކުން ފަވައިލިއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް ރީތިކޮށްލަމުން، އަޒަލް ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. އަޒަލް ދެން މިސްރާބު ޖެހީ ކޮޓަރި ދޮރު ކައިރީގައި ހުރި ފައިވާން ހަރުގަނޑާ ދިމާއަށެވެ. ހުދުކުލައިގެ ހައިހީލްއަކަށް އަރާފައި، އަޒަލް އޭނާގެ އެނދުމަތީގައި އޮތް ދަބަސް ނަގައި، ކޮނޑުގައި އަޅުވައިލިއެވެ. އެއަށްފަހު، އަނެއްކާވެސް ލޯގަނޑު ކުރިމައްޗަށް ގޮސް، އޭނާގެ ސޫރަޔަށް ބަލައިލިއެވެ.

“ހޫނ ދެން ތިވަރަށް ފަރިނުބެލިޔަސް އަޒް ރީއްޗޭ.. ދެންވެސް ހިނގާބަލަ ދާން..” އަދިވެސް އަޒަލް ލޯގަނޑު ކުރިމަތިން ދުރަށް ދާން ނޫޅުމުން ޔައިލް ބުނެލިއެވެ. އެހެނަސް، އޭނާގެ ދުލުން އަޒާއަށް ކޮށްލި ތަޢުރީފުގެ ބަސް އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އަޒާއަކީ ރީތި ކުއްޖެކެވެ. ހެޔޮވަރުގެ ރޫފައަކާއެކު، އެ ޢުމުރުގެ އެހެން އަންހެން ކުދިންނާ ބަލާފައި އަޒާގެ އިސްކޮޅުވެސް ދިގެވެ. މާ ދޮން ނުވިޔަސް، އަޒަލްގެ މޫނު އޮމާންވެފައި، ނިކަން ރީއްޗެވެ. އެ ކަޅުކަން ގަދަ ދެލޮލާއި، އެ ދެލޮލަށް ހިޔަނި އަޅާފައި އޮންނަ ދިގު، ވަރުގަދަ އެސްފިޔަތައް އެއީ އަޒަލްގެ އެންމެ ރީތި އެއް ސިފައެވެ. އުމުރުން ފަންސަވީސް އަހަރު ވެފައިވާ އިރު، އަޒަލްގެ ރީތިކަން އެ ޒުވާންކަން ފުރިހަމަކޮށްދީފައިވާ ކަހަލައެވެ.

“ޔައިލް.. ހިނގަ ދާން..” އަޒަލް ގޮވައިލުމާއެކު، ޔައިލް ތެދުވިއެވެ.

“ފައިނަލީ.. އިރުތަކެއް ވެއްޖެ އިނގޭ..” ޔައިލް ބުނެލިއެވެ. އެޔާއެކު، އަޒަލް ތުންއަބުރައިލި ގޮތް ޔައިލްއަށް ވަރަށް މަޖާވިއެވެ. ދެކުދިން އެކުގައި އަޒަލްގެ ކޮޓަރިން ނުކުމެ ތިރިޔަށް މިސްރާބު ޖެހިއެވެ.

“ދަރިފުޅާ އަޒް.. ޔައިލްއާ އެކުގަތަ މިއަދު ދަނީ..؟” ސޯފާގައި އިން އަފާން އަހައިލުމުން އަޒަލް ލޯ އަޅައިލިއެވެ.

“ބައްޕަ މިއަދު އަޒް ދެމި ރޮށިތަކާ ދިމާއަށް މަލާމަތް ކުރީމަ މި ހުރީ ބައްޕަ ދެކެ ރުޅި އައިސްފަ.. މިއަދު ނުދާނަން ބައްޕައާ އެކީ އޮފީހަކަށް..” އަޒަލް ތުންދަމައިލީ ކުޑަ ކުއްޖެއް ފަދައިންނެވެ.

“އޯކޭއޭ ބައްޕަގެ ޕްރިންސެސް.. ސޮރީ ސޮރީ..” އަފާން ތެދުވެގެން އައިސް، އަޒަލްގެ ކޮނޑުގައި އަތްވަށައިލި އިރުވެސް، އަޒަލް ހުރީ ފުސްމޫނު ހަދައިގެންނެވެ.

“ސޮރީއަކުން ނުފުދޭނެ..” އަޒަލް ބުނެލިއެވެ.

“ހޫމް.. އެހެންވީރު މިއަދު ހަވީރު ބައްޕައާ އަޒް ދާނީ ސްކޫޕަށް އައިސްކްރީމް ބޯން.. އެގޮތް އެންމެ ރަނގަޅުތަ..؟” އަޒަލްގެ ކޮލުގައި ހިފައިލަމުން، އަފާން ބުނެލި ވާހަކައިން އަޒަލްގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔަ އިރު، އަފާންގެ ގައިގައި އޮޅުލައިގަތެވެ.

“ބައްޕަ ތީ ހަމަ އެންމެ ބެސްޓް.. ލަވް ޔޫ..!!” އަޒަލް ބުނެލިއެވެ.

“ލަވް ޔޫ ޓޫ ދަރިފުޅާ..” އަޒާގެ ގައިގައި ދެއަތް ވަށައިލަމުން އަފާންވެސް ބުނެލިއެވެ. އަޒަލްގެ އުމުރުން ފަންސަވީސް އަހަރުވީ އިރުވެސް އެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާއަކީ އަދިވެސް ބައްޕަގެ ރަންދޫންޏެވެ.

“ދެން އާރާ ނުލައިތަ އެންމެން އައިސްކްރީމް ބޯން ދަނީ..؟” ފަހަތުން އިވުނު އަޑަށް އެންމެންނަށް އެކުގައި ފަހަތް ބަލައިލެވުނެވެ. އޭރު ފަހަތުގައި ހުރި ނަވާރަ އަހަރުގެ އަންހެން ކުއްޖާ ހުރީ ހަށަން ބަނދެލައިގެން، މޫނު ކުނިކޮށްގެންނެވެ.

“ނޫނޭ.. ބައްޕަގެ އާރާ ނުލައި ކިހިނެއްތަ އައިސްކްރީމް ބޯން ދާނީ..؟ އާރާވެސް ގޮވައިގެންނޭ ދާނީ..” އަފާން ހަމަ އެހެން ބުނުމާއެކު އާރާގެ މޫނުމަތިވެސް ވަގުތުން އުޖާލާވިއެވެ.

“ބުނާހާ ކަމެއް ކޮށްދީގެން އެކުދިން ހަލާކު ކުރަން އަފާން ހުންނާތި އާނ..” ބަދިގެއިން ޒާރާ ގޮވައިލި އަޑު އިވުމުން އަފާންއަށް ހިންދިރުވައިލެވުނު އިރު، ޔައިލްއާއި އަޒަލްގެ އިތުރުން އާރާ ކައިރިޔަށް އައީ ހިންޏެވެ.

“ދެން އެކުދިންވެސް ހިތްހަމަ ޖައްސައިލަދޭން ވާނެ އެއްނު.. އެވަރު ކަމެއް ނޫނޭ..” އަފާން ބުނެލިއެވެ. އަޒަލްއާއި އަރާ އެންމެ ކުޑައިރުއްސުރެ ފަށައިގެންވެސް އަފާން އެދެކުދިން ދެކެ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. އެކަމާ ހުރެ އަޒަލްވެސް އަދި އާރާވެސް ޒާރާއަށްވުރެ ބޮޑަށް ފޯރި ހުންނަނީ އަފާންއަށެވެ. ޚާއްސަކޮށް އަޒަލްއެވެ. ބައްޕަ އަކީ އަބަދުވެސް އޭނާގެ ހީރޯއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ހަރުދަނާ ޝަޚްސިއްޔަތެވެ.

އަފާންވެސް އޭނާގެ ދެ އަންހެން ދަރީންނަށްޓަކައި ހުންނަނީ ޖާނުން ފިދާވާންވެސް ތައްޔާރަށްހެން ހީވެއެވެ. އެކުދިން އެންމެ ތުއްތު އިރުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް އެއީ އަފާންގެ ދެލޮލުގެ ނޫރެވެ. އެއިން ކުއްޖެއްގެ ހިތުގައި ކުޑަވެސް ކޫރުމެއް އެޅުނަކަ އޭނާ ނުދޭނެއެވެ. އެކުދީން ކަމަކު އެދިއްޖެ ނަމަ ދުނިގެ އަޅައި ދާން ޖެހުނަސް އަފާން އެކަމެއް ކޮށްދޭނެއެވެ. އެކުދީން ބޭނުންވާ ކޮންމެ އެއްޗެއްމެ ބޭނުން ވަގުތަކު ހޯދައިދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އެކަމާ ހުރެ ޒާރާ ހިތްހަމަ ނުޖެހިގެން އެއްޗެހި ބުނާ ފަހަރު މަދެއް ނޫނެވެ. އަޒަލްއާ އާރާ ކުޑަ އިރު ޒާރާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަފާން ކަންތައް ކުރަމުން ދިޔަ ގޮތުން އެ ދެކުދީން ފަހުން ގޮތްދޫނުކުރާ, ކިބުރުވެރި ބަޔަކަށް ވެދާނެތީއެވެ. އެހެނަސް, މާތްﷲގެ އިރާދަފުޅުން އަޒަލްއާއި އާރާވެސް ބޮޑުވެ ފުރާފުރިހަމަވީ ބަސްއަހާ, ކިޔަމަންތެރި ދަރީންތަކެއްގެ ގޮތުގައެވެ. މަންމައާއި ބައްޕަ ދެކެ އިންތިހާއަށް ލޯބިވާ ކުދީންތަކެއްގެ ގޮތުގައެވެ.

“އޯހ ނޯ.. ބައްޕާ އަޒް ދެން ދަނީ އިނގޭ.. ގަޑި ޖެހިއްޖެ.. ބާއި..” އަވަސްއަވަހަށް ޔައިލްގެ އަތުގައި ހިފައި، ދަމަމުން ކަހަލަ ގޮތަކަށް ގޮސް، އަޒަލް ގެއިން ނުކުތެވެ. ގަޑި ޖެހެން ވަރަށް ކައިރިވެފައިވާތީ ޔައިލް ސައިކަލު ދުއްވަމުން ދިޔައީވެސް ތަންކޮޅެއް ބާރަށެވެ.

އަޒަލް މަސައްކަތް ކުރާ ލޯވ ފަރމްއަށް އާދެވުމާއެކު ޔައިލް ސައިކަލު ހުއްޓައިލިއެވެ. ގަޑި ޖެހެން ވަރަށް ކައިރިވެފައިވާތީ އަޒަލް އަވަސްއަވަހަށް ސައިކަލުން ފޭބިއެވެ. އެހެނަސް، އޭނާ އަޅަން އުޅުނު ފިޔަވަޅު މަޑު ޖެހުނީ ޔައިލް އޭނާގެ އަތުގައި ހިފައި ހުއްޓުވުމުންނެވެ.

“ކީއްތަވީ..؟ އަހަރެން ގަޑި ޖެހެނީއޭ..” ދެބުމަ ގޮށްޖަހައިލަމުން އަޒަލް ބުނެލިއެވެ. “އަޒް ލާން ބަލަން މިވަރަށް އައިސްދޭ އިރުވެސް ތެންކިޔުއެއްހާ ހިސާބުވެސް ނުބުނެވޭ.. އަހަރެންގެ ސައިކަލު ފަހަތަށް އެރުމުގެ ހުވަފެން ދެކޭ ހާދަ ގިނަ އަންހެން ކުދީންތަކެއް އުޅެޔޭ.. އެކަމަކު އަޒްއަށް ކޮންމެ ދުވަހަކު އެ ނަސީބުވެސް ލިބޭ.. އެވަރުންވެސް-” ޔައިލް ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަޒަލް ވާހަކަ ދައްކަން ފެށުމުންނެވެ.

“އޯހ ޕްލީޒް މިސްޓަރ ފޮނިކަނޑާ.. ތި ފޮނި ހާސަރުތައް އަޑުއަހާކަށް މަށަކަށް ނެތް ވަގުތެއް.. ދެން ދަނީ.. ބާއި..” ޔައިލްގެ އަތް ފޮޅުވައިލާފައި އަޒަލް ދިޔަ ތަން ބަލަން ޔައިލް އިނީ ހެވިފައެވެ. އަޒަލް ލޯވ ފަރމްގެ އެތެރެޔަށް ވަނުމާއެކު، ދެފަރާތަށް ބޯ ހޫރުވައިލާފައި ޔައިލްވެސް މިސްރާބު ޖެހީ އޭނާގެ އޮފީހާ ދިމާއަށެވެ.

އެކުއެކީގައި އުޅެ ބޮޑުވި މި ދެ އެކުވެރީންގެ މެދުގައި އޮންނަނީ ވަރަށް ވަރުގަދަ، އަދި އެހާމެ ގާތް ގުޅުމެކެވެ. އެއްކުއްޖަކަށް ދިމާވާ ކޮންމެ ކަމެއްގައި އަނެއް ކުއްޖަކު އެހީވަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ޔައިލްވެސް އަޒަލްއަށް ބަލަނީ މާ ވަރަކަށެވެ. މީހަކު ކިރިޔާވެސް އަޒަލް ހިތުގައި ޖެހޭ ކަހަލަ އެއްޗެއް ބުނެފި ނަމަ، ނުވަތަ ކަމެއް ކޮށްފި ނަމަ، ޔައިލް ހުންނަނީ އެމީހަކު މަރައިލަންވެސް ތައްޔާރަށްހެން ހީވެއެވެ. އަޒަލްވެސް ހަމަ އެފަދައެވެ. އެކަކު އަނެކަކާ ހިއްސާ ނުކުރެވޭ ވަރުގެ ވާހަކައެއް އެދެމެދުގައި ދުވަހަކުވެސް ނޯވެއެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ދިމާވާ އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންތައްތައްވެސް އެއްކުއްޖަކު އަނެއް ކުއްޖަކަށް އެނގޭނެއެވެ. އެދެކުދިންގެ މައިންބަފައިންގެ މެދުގައި އޮންނަ ގާތް ގުޅުން ވަނީ، އެ ދެކުދީންނަށްވެސް ވާރުތަ ވެފައެވެ.

*** ** ***

ޔަލީންއާއި އާރާ ކޮލެޖަށް ވަނީ އެކުއެކީގައެވެ. ދެކުދިން އެކުގައި އެކި ވާހަކަ ދައްކަމުން ގޮސް، ކެމްޕަސް ތެރޭގައި ހުރި ބެންޗެއްގައި އިށީނދެލީ އަދި ކްލާސް ފެށެން ވަގުތުކޮޅެއް އޮތުމުންނެވެ. ޔަލީން ހުއްޓައނުލައި ވާހަކަ ދައްކަމުން ދިޔަ އިރު، އާރާ އެ ވާހަކަތައް އަޑު އަހަން އިނެވެ. އޭނާ އެއްޗެކޭ ނުބުނި ނަމަވެސް، ދޭތެރެ ދޭތެރެއިން ހިނިތުން ވެލައެވެ. އާރާގެ ހުންނަ ބަސްމަދު މިޒާޖު ޔަލީންއަށް އޮޅިފައި ނުވާތީ، އޭނާ އެކަން އެހާ ބޮޑު ކަމަކަށް ނުހަދައެވެ.

“ޕޮއް!!” ކުއްލިއަކަށް ޔަލީންއާއި އާރާ ސިހިގެން ދިޔައީ ފަހަތުން އައި މީހަކު އެދެކުދިންގެ ކޮނޑުގައި އަތް އަޅާފައި، ހަޅޭލަވައިގަތުމުންނެވެ. ފަހަތް ބަލައިލި އިރު، އެކުދިން އިށީނދެގެން ތިބި ބެންޗުގެ ފަހަތުގައި ހޭން ހުރި ޒައުލް ފެނިފައި އާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެއަތް މޭމަތީގައި ހުރަސްކޮށްލި އިރު، އެ ދޮން މޫނުމަތިން ފާޅުވާން ހުރީ ސިހިފައި ހުރި ކުލަވަރުތަކެވެ.

އާރާއާ ޚިލާފަށް ޔަލީން ވަގުތުން އިން ތަނުން ތެދުވެ، ދެ އަތުން ޒައުލްގެ ގައިގައި ބޮނޑިއެއް އެޅިއެވެ. އެޔާއެކު ވީ ތަދުން ޒައުލްގެ އަނގައިން އަޑެއް ބޭރުވިއެވެ.

“މި ޔަލީނާ ދައިތަ ގަނޑު އަތުގަވެސް ހުރޭ ކަންތަކެއް.. ސަހާދެއް މި ބުނީ..” ޔަލީން ޖެހި ހިސާބުގައި ފިރުމަމުން ޒައުލް އައިސް އާރާ ކައިރީގައި އިށީނދެލިއެވެ.

“އެގޮތަށް އައިސް ސިއްސުވައިލަން ޖެހޭތަ..؟ ދެންވެސް އެހެން ހަދައިފިއްޔާ އަދިވެސް ޖަހާނަން..” ޔަލީންވެސް އައިސް އަނެއްކާވެސް ބެންޗުގައި އިށީންނަމުން ޒައުލްއަށް ލޯ އަޅައިލިއެވެ.

“ހާދަ އަނގަވެސް ގަދައޭ ދޯ.. ނިކަން އާރޫ އުޅޭހެން އުޅެބަލަ.. ބަލާބަލަ މަޑުމަޑުން އިންނަ އިރު ލޯބިކަން..” އާރާގެ ކޮލުގައި ހިފައިލަމުން ޒައުލް ބުނެލީ އާރާގެ އަނގައިން އެއްޗެކޭ ބުނުވާށެވެ. އެހެންނަމަވެސް އާރާ ޒައުލްގެ އަތް ފޮޅައިލި ގޮތަށް ހަމައެކަނި ލޯ އަޅައިލީއެވެ.

“އާރޫގެ އަނގައިން އެއްޗެކޭ ބުނުވަން އުޅުމަކީ ބޭކާރު ކަމެއް..” ލުއި ހިނިގަނޑަކާއެކީ ޔަލީން ބުނެލިއެވެ. ދެންވެސް އާރާ ހަމައެކަނި ހީލީއެވެ.

“ޒައުލް ބޭބް.. މިތާ ދޯ ތީނީ.. މައި ހީކުރީ މިއަދު ބަލާ އަންނާނެ ކަމަށް..” ކުއްލިއަކަށް އެތަނަށް އައިސް ހުއްޓުނު އަންހެން ކުއްޖަކު ޒައުލްއާ ވާހަކަ ދައްކަން ފެށިއެވެ.

“އޯހ ސޮރީ މައި.. ގޭގަ ކުޑަ ކަމެއް ޖެހިގެން ނުދެވުނީ.. މިއަދު ބްރޭކް ގަޑީގަ ޑޭޓަކަށް ގެންދާނަމޭ.. އެ ގޮތް އޯކޭނު..؟” ޒައުލް އިން ތަނުން ތެދުވެފައި، އެ އަންހެން ކުއްޖާގެ ކޮލުގައި ހިފައިލަމުން ވާހަކަ ދެއްކިއެވެ. ވަގުތުން އެ އަންހެން ކުއްޖާ އުފަލުން ފޮޅުނު އިރު ޒައުލްގެ އަތުގައި އެލިގަތެވެ. އެޔާއެކު ޔަލީންއާއި އާރާއަށް އަވަސް ނަޒަރެއް ދީފައި ޒައުލް އެ އަންހެން ކުއްޖާ ގޮވައިގެން އެތަނުން ދިޔައެވެ.

“ޕިސް ޕިސް.. އޭނަ އިސްލާހު ވާނީ ކޮން އިރަކުންތަ..؟ މިހާރު އެ އުޅެނީ މައިރާ ގޮވައިގެން.. އިއްޔެ ހަވީރު އާރާ ދެކުނިން އޭނަ ތާނިޔާ ގޮވައިގެން ރަސްފަންނުގަ އުޅުނު ތަން..” ޒައުލް އުޅުނު ގޮތުން ހިތްހަމަ ނުޖެހި އިނދެ، އާރާ ބުނެލިއެވެ.

“އާރާ ޖޭ ވަނީތަ ޒައުލް އެހާ ގިނަ ކުދިންނާ އެކީ އުޅޭތީ..؟” އެ ހުރިހާ އިރަކު މަޑުން އިނދެފައި، ޒައުލް އަންހެން ކުއްޖަކާ އެކީ ދާ އިރަށް އާރާއަށް ނީނދެވިގެން އެއްޗެކޭ ބުނުމުން، ޔަލީންއަށް ފޯރި އެރިއެވެ.

“ޗީޑި ދެން ޔަލް ދައްކާ ވާހަކަ.. އާރާ އެހެން ބުނީ ޒައުލް އުޅޭ ގޮތުންނޭ.. އެހެން ނޫނަސް ހީ އިޒް މައި ކަޒިން..” މޫނަށް ވައްތަރެއް ޖައްސައިލަމުން އާރާ ބުނެލިއެވެ.

“ބަލަ ކަޒިންސްއާ ވެސް ކައިވެނި ހުއްދައޭ.. އެހެންވީމަ އެއީ މައްސަލައެއް ނޫނެއްނު..” ޔަލީން ބޭނުންވީ އިތުރަށް އާރާ ރުޅި އަރުވައިލާށެވެ. އެޔާއެކު އާރާ ޔަލީންގެ އަތުގައި މަޑުމަޑުން ޖަހައިލާފައި، މަޑުން އިންނާށޭ ބުނެލިއެވެ. ދެންވެސް ޔަލީންގެ ހުނުމެއް ނުހުއްޓުނެވެ. ޔަލީން އިތުރަށް ހޭން ފެށުމާއެކު އާރާ މޫނު ކުނި ކޮށްލިއެވެ.

*** ** ***

އަޒަލްއަށް މިއަދު މަސައްކަތުން ސަލާމަތް ވެވުނު އިރު ގަޑިން ހުރީ ހަވީރު ތިނެއްވެސް ޖަހައިފައެވެ. ފޯނު ބަލައިލި އިރު ޔައިލް އޭނާގެ ބައްޕައާއެކު މުހިންމު މަސައްކަތެއްގައި އެއަރޕޯޓަށް ދިޔަ ވާހަކަ މެސެޖު ކޮށްފައި އޮތުމުން އަޒަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އޭނާ ގުޅައިލީ އަފާންގެ ނަމްބަރަށެވެ. އަފާންގެ ފޯނު ނިވާލާފައި އޮތް ކަމަށް ބުނުމުން އަޒަލްއަށް ކުސްތަޅައިލެވުނެވެ. އޭނާ ދެން ބެލީ ޓެކްސީއެއް އަތުޖެހޭތޯއެވެ.

ޓެކްސީއެއް ލިބޭތޯ މަގުގެ އެއްފަރާތުގައި ހުރި އަޒަލް ހީވަނީ ވަރުބަލިވެގެން ގޮސް ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އޭނާ ހުރީ ވީހާވެސް އަވަހަކަށް ގެޔަށް ދާން ބޭނުންވެފައެވެ. އެހެން ހުއްޓާ ކުއްލިއަކަށް އަޒަލް ސިހުނީ އޭނާގެ ކުރިމައްޗަށް ސައިކަލެއް ހުއްޓުމުންނެވެ.

“ހޭ ބިއުޓިފުލް.. ޑްރޮޕެއް ދެންތަ..؟” ސައިކަލުގައި އިން ޒުވާނާ އެހެން އެހުމާއެކު، އަޒާ ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. “ކަމޯން.. ތިހާ ރީތި ކުއްޖަކު މިތާ ތިހެން އެކަނި ހުންނާކަށް ނުވާނެ.. އަރާބަލަ.. ތިކުއްޖާ ސަލާމަތުން ގެޔާ ހަމައަށް ގެންގޮސްދޭނަމޭ..” ސައިކަލުގައި އިން ޒުވާނާއާ ދިމާއަށް އަޒަލްއަށް ރީތިކޮށް ބަލައިލެވުނީ ދެނެވެ.

ހަމުގެ ކުލަ މާ އަލި ނޫން އެ ޒުވާނާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެ ކަޅުކަން ގަދަ ފުން ދެލޮލަށް ބަލައިލައިފި ކޮންމެ މީހެއް ދީވާނާވެދާނެހެން ހީވެއެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައި އޮތް ރާޅު އިސްތަށިގަނޑުގެ ތަންތަންކޮޅުގައި މުށިކުލައިން ހައިލައިޓްކޮށްފައި ހުއްޓެވެ. ލައިގެން ހުރި އަތްދިގު ނޫކުލައިގެ ޓީޝާޓު އެ ފިރިހެންވަންތަ ހަށިގަނޑަށް ހިފައިލާފައި ހުރި އިރު ރީތިކަން ހުސްކޮށްލައިގެން ހުރި ފަދައެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް ހިތާހިތުން އަޒަލްއަށް އެ ޒުވާނާގެ ރީތިކަމަށް ތަޢުރީފު ކޮށްލެވުނެވެ.

“ހޭ.. ނާރާނަންތަ ހަމަ..؟” އަޒަލްއަށް ހަމަބިމަށް އާދެވުނީ އަނެއްކާވެސް އެ ޒުވާނާ ގޮވައިލި އަޑަށެވެ. އަރަން ނާރަން ހުރެފައިވެސް އަޒަލް އޭނާގެ ސައިކަލު ފަހަތަށް އެރީ، އަވަހަށް ގެޔަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަޒަލް ދާންވީ އެޑްރެސް ބުނެދިނުމުން، އެ ޒުވާނާ ސައިކަލު ދުއްވައިލިއެވެ. ގެޔާ ހަމައަށް ދެވެންދެންވެސް، އެ ދެމެދުގައިވީ ހަމަހިމޭން ކަމެވެ. އަޒަލް އިސްދަށަށް ޖެހި ގޮތަށް އެއްވެސް އެއްޗެއް ނުބުނެ އިން ނަމަވެސް، އެ ޒުވާނާ އިރުއިރުކޮޅާ ސައިކަލުގެ ލޯގަނޑުން، އަޒަލްގެ މޫނަށް ބަލައިލައެވެ.

ގެއަށް އާދެވުމުން އަޒަލް އަވަސްއަވަހަށް ސައިކަލުން ފޭބިއެވެ. “ތެންކިޔު..” ހަމައެކަނި އެހެން ބުނެލާފައި، ގެޔަށް ވަންނަން ދިޔަ އަޒަލްއަށް ހުއްޓެން މަޖުބޫރުވީ އެ ޒުވާނާ އޭނާގެ އަތުގައި ހިފައިލުމުންނެވެ. ލިބުނު ސިހުމާއެކު، އެ ޒުވާނާގެ ލޮލަށް ބަލައިލެވުނު އިރު، އަތުން ދޫކޮށްލާށޭ ބުނާނެހާ ހިތްވަރުވެސް އަޒަލްގެ ކިބައިގައި ނެތް ކަހަލައެވެ.

“ނަމެއްވެސް ނުބުނާނަންތަ..؟” އެ ޒުވާނާގެ ބަރު އަޑުން އެހެން އަހައިލުމާއެކު، އަޒަލްގެ ގައިން ހީބިހި ނަގައިގަތެވެ.

“އަޒަލް..” އަޒަލްއަށް ނަން ބުނެވުނީވެސް އަމިއްލަ އިޚްތިޔާރަކައި ނުލައެވެ.

“އަޒަލް.. ކުއްޖާހާ ނަންވެސް ރީތި..” އެ ޒުވާނާގެ ދުލުން ނުކުތް ތަޢުރީފުގެ ލަފްޒުތަކާއެކު އަޒަލްއަށް ލަދުން އިސްދަށަށް ޖަހައިލެވުނެވެ.

“އަހަންނަށް ކިޔައީ ރިއާން.. އުންމީދު ކުރަން އަދި ދިމާވާނެ ކަމަށް..” އޭނާގެ ރީތި ހިނިތުންވުމާއެކު އެހެން ބުނެފައި، ރިއާން ސައިކަލު ދުއްވައިލިއެވެ. ރިއާން ލޮލުކޮޅަށް ގޮސް އޮބައިލަންދެންވެސް އަޒަލްއަށް އެހުރި ފިޔަވަޅު މަތީގައި، އެދިމާއަށް ބަލަން ހުރެވުނެވެ.

“ރިއާން…” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެ ނަން ކިޔައިލެވުނު އިރު، އަޒަލްގެ ތުންފަތުގައި ކުޅެލާފައިވީ ރަކި ހިނިތުންވުމެކެވެ. މީގެ އިރުކޮޅެއް ކުރިން ދިމާވި އެ ގޮތްނޭނގޭ ޒުވާނާ ހަމަ ޔަޤީނުންވެސް އޭނާގެ ޒުވާން ހިތާ ކުޅެލައިފިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ރާނިޔާ 10 (ފަހު ބައި)

Next

ކުށަކީ ކޮބާ – 33

Next
June 20, 2024

ކުށަކީ ކޮބާ – 33

Previews
June 17, 2024

ރާނިޔާ 10 (ފަހު ބައި)

9 Comments!

  1. Lily says:
    June 17, 2024 at 12:14 pm

    Heyyy Nayaa
    How’s youuu darlinnnnnn??
    Lily haadha inthizaareh kohfeemeyy😭
    Anyways, Mi vahaka vess vrh vrh reethi ingeyyy <3
    Feshun kiyaalaafa vess ingey kuriah huri bai thah ves reethi vaanekannn.. Ehen noonas nayaa aky hama vrhrh vrh talented kuhjeh.. Masha Allah <3
    Kon irakun dhen oih episode kiyaalan libeyniii
    Vrg vrh inthizaaru kurevey ingeyy
    Ly <3

    1. Nayaa Nayaa says:
      June 17, 2024 at 5:20 pm

      Heyy lilly dar..
      I’m good hama alhamdhulillah..hbu??
      Awwww hahaa
      Tysmmm darling.. means a lot to me
      In Sha Allah mi week nimumuge kurin next part upload kohdheynan
      Nayaa ah ves vrh vrh inthizaaru kurevey lily ge comments ah..hehe
      Lym 🩷

  2. You’re big fan says:
    June 17, 2024 at 1:10 pm

    Maasha allah mi part vx varah varah reethi…. mi vaahaka vx kuree vaahaka thakekey ehfadhain nayaa ge emme best dhahkaalaane kamah ummeedhu kuran…. mi part kiyaafa hithah ery nayaa hurihaa part eii eh dhuvahaa upload kohlaane namey… ekm ingey ehn nuvaanekan… ehaa vx reethi…. june mas feshuneeisure hama komme dhuvahaku nayaa ge vaahaka upload vefa inthw beley…. ehaa vx nayaa ge vaahaka thah reethi vefa furihama….. nayaa mi vaahaka upload kurany kon dhuvas thakeii ga thr? Dhnme balaali iru upload vefa inthan fenunyma varah surprise vi… keii theri kameii nethi dhn oii part ge inthizaaruga….
    EID MUBAARAK nayaa…
    Love you ❤️❤️❤️❤️❤️❤️❤️😘😘😘😘😘

    1. Nayaa says:
      June 17, 2024 at 5:42 pm

      Awwwwnnn dearrr.. miyoh loabi loabi comment eh.. vrh vrh ufaa vejje mi kiyaalaafa..
      In Sha Allah mi vhk adhi maa furihama vaane..
      Ahaha nayaa ah ves vegen vaa nama hama hurihaa part eh effaharaa upload kohdheynan..hehe
      Nayaa kurin ves buneli gothah June mahuge medhu thereyga dhw mi hama upload kohly..
      Nayaa mi visnany Eid ninmaafa hama vhk ah Gina vaguthu hus kohlan alevel feshen dhen.. chutty veema dhen.. balaanan week aku 2 faharu upload kureveythoa in Sha Allah..
      Eid Mubarak to you too dear
      Love you more 🩷

  3. RIFSHA says:
    June 17, 2024 at 1:37 pm

    Hey nayaa sisss
    Enme furathama site elhuvi iru mi vaahaka ge nan eryma i was like wowww yess.i was so happy and suprise.ekam ingey tha wifi hama e gadeega kenduny rulhi fasheh aey.hehe dhen e vaahaka baavvamaa dho.
    This story is amazing furathama part kiyaalaafa vx ingun nayaa ge aadhayaa khilaaf vaahaka akah vaane kan.hehe zaa and afaan adhi vx bodeh nuveyey dho.i can’t wait to read the next part too.hama dhen kiyaane ehchei vx neynge.i was so surprised ingey aslu alhey heekuri kiyaalan libeyni june fahu kolhu kamah.ehenve aslu varah sad vi.dhenme ves ingey tha alhe nayaa ge vaahaka kiyalan libeyne nama ey hithah araafa esfiya site alhuvaali vx e vaguthu name fenunyma hiyy varah baarah thelhun.i was like dhen author akee kaaku baa dhen nayaa ge name fenunyma v yesss.
    Alhey story ge next part kiyaalan libeyni kon irakun?? can’t wait ingey.kon dhuvas thakeh ga vaahaka kiyaalan libeyni…dhen nujeheyne foohi vaakah mi othy nayaa ge vaahaka kiyaalan libifa ehnu.
    Unmeedhu kuran nayaa ge hurihaa vaahaka akah vure vx mi vaahaka reethi vaane kamah Masha Allah Masha Allah first episode kiyaalaafa vx speechless vee.
    Love you nayaa 💋

    1. Nayaa says:
      June 17, 2024 at 5:45 pm

      Heyyy rifoo darll.. kihineh tha??
      Ahaha WiFi ah ves enguny hama egadyga ey dhw kandaigen dhaan..
      Awww thank youuu rifooo.. means a lot..
      Haha yes yes zaara and afaan muskulhi viyas ulheyny hama ehn..
      Nooney nayaa June mahuge medhu there eh bunefiyyaa upload kuraany hama medhu thereyga.. hehe
      Next part mi week nimumuge kurin in Sha Allah.. keep waiting darling
      Thank youuu
      Love you more 🩷

  4. Ghost girl👻 says:
    June 17, 2024 at 7:21 pm

    I’m so happy your back again…. I counted everyday for your story😅
    your a very talented author.
    Mashaa allah mi part varah reethi❤️. ingey dhen huri part thah ves reethi vaane kan.
    oh adhi miulheny nayaa ge haalu ves naahaa😅 how r you nayaa sis????
    Curiously waiting for next part ingey
    Lysm😘 tc

  5. Cutie girl says:
    June 18, 2024 at 10:40 am

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up 👍

  6. Kokki💖 says:
    June 18, 2024 at 4:46 pm

    Omgggg naayooooo…..vrh reethiiii mi part….waiting for next ingey ❤️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 2←


All Right Reserved!