ޒައިނާ – 1
އިރުގެ އަލިން ބިންމަތި ދިއްލާފައި ރަށުގެ އެކި ހިސާބުގައި ހެލިފެލިވެ ކުޑަކުދިންނާ ޒުވާނުންނާ މުސްކުޅިން ވީނަމަވެސް އިރުވިލާ ގެ ވަނީ މަރުވެފައި އެވެ. ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ޖަންގަލީގެ އައްސޭރީގައި ކަމުން އެއީ މީހުން ނާންނަ ދިމާލެކެވެ. އެ ގޭގައި ހަމައެކަނި ދިރިއުޅޭނީ 19 އަހަރުގެ ޒައިނާ އެވެ. އަރާމު ނިދީގައި އޮތް ޒައިނާގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ . ދޮން ހަންގަނޑެއް ލިބިފައިވާ ޒައިނާގެ ލޮލުގައި މަޑު މުށި ކުލައިގެ ކަޅި އެއް ހުއްޓެވެ. މީހުން ހިތް ކަތިލާ ކަހަލަ ރީތި ކަމެއް ލިބިފައިވާ ޒައިނާގެ މޫނުމަތިވަނީ ކުރަކި ވެފައެވެ. ކޮޓަރީގައި ހުރި ފެންލައިޓުން އިރުގެ އަލި ޒައިނާގެ ލޯބި މޫނަށް އެޅުމާއި އެކު ޒައިނާ އަށް ނިދިން ހޭލެވިއްޖެ އެވެ. ފޫހިކަމާއި އެކު އެދުން ތެދުވެގެން ފާޚާނާ އަށް ވަދެ ފެން ވަރައިގެން ނިކުމެ ކޮލެޖަށް ދާން ތައްޔާރު ވިއެވެ. ޒައިނާ އަކީ ހެދުނު ނާސްތާ ނަގާ ކުއްޖެއް ނުވުމުން ގެއިން ނިކުމެ މިސްރާބު ޖެހީ ކޮލެޖަށް ދިއުމަށެވެ. އޭރު ގަޑިން ހަތެއް ޖަހާފި އެވެ. ގެއާއި ކޮލެޖަާ ވަރަށް ދުރުކަމުން ކޮލެޖަށް ދާން 20 ވަރަކަށް މިނެޓު ނަގައެވެ. ޒައިނާ ކޮލެޖަށް ވަންއިރު ވަށައިގެންވި ހުރިހާ ލޯތަކެއް ވަނީ އޭނާ އަށް އަމާޒުވެފައެވެ. އެއީ ކޮންމެ ދުވަހެއްގެ ހާލަތެވެ. ޒައިނާ އާއި ބެހޭގޮތުން އެކި ކަހަލަ ދޮގު ވާހަކަ ތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ޒައިނާ އަށް އެއީ އެއްކަމަކަށް ވެސް ނުވިއެވެ. އޭނާވަނީ މިހާރު އެ ވޭނަށް ކެތްކުރަން ދަސްވެފައި އެވެ. ކިލާހަށް ވަދެ ޒައިނާ އޭނާގެ ގޮޑީގައި އިށީނދެ ހަމަޖެހެލި ވަގުތު ވީ މުދައްރިސް ކިލާހަށް ވަން ވަގުތަށެވެ. ޒައިނާ އަކީ މަޑުމައިތިރި އެއްވެސް މީހަކާ ވާހަކައެއް ދައްކާ ކުއްޖެއް ނޫން ކަމުން ޒައިނާގެ ހަމައެކަނި ހުންނަނީ އެންމެ އެކުވެރި އެކެވެ. އެއީ އޭނާގެ އެންމެ ކުޑަ އިރުގެ އެކުވެރިޔާ ޝަޔާން އެވެ. ޝަޔާން އަކީ ޒައިނާ މަންމަ އަށް ބޮއްތަ ކިޔާ ކުއްޖެކެވެ. ޒައިނާ އަށް ވުރެ ޝަޔާން 1 އަހަރު ބޮޑުވުމުން ޝަޔާން ވަނީ ނިމިގެން ދިޔަ އަހަރު ކޮލެޖް ނިންމާފައި ރާއްޖެއިން ބޭރަށް ކޯހެއް ހަދަން ގޮސް އެވެ. ކޮލެޖުގެ ފުރަތަމަ 3 ކިލާސް މިނި ލަންޗް ގަޑި ޖެހިއްޖެ އެވެ. ޒައިނާ ކިލާސް އިން ނިކުމެ ކެންޓީނާ ދިމާއަށް މިސްރާބު ޖެހި އެވެ. ކާނެ އެއްޗެއް ހިފައިގެން ޒައިނާ ގޮސް ކެންޓީނުގައި އިށީންނި ތަނުން މީހަކު އައިސް ޒައިނާ ކައިރީގައި އިށީނދެލިއެވެ. ޒައިނާ އަށް އޭނާ ކައިރީގައި މީހަކު އިށީންނިހެން ހީވުމުން އޭނާ އިސް އުފުލާ ބަލާލި އެވެ. ކައިރީގައި ހިނިތުންވެލައިގެން އިން ޝަޔާން ފެނުމުން ޒައިނާ އަށް ރޮވެން ފެށުނެވެ. 6 މަހައްފަހު ޒައިނާ އަށް ޝަޔާން ފެނުމުން ބާރަށް ރޮމުން ޝަޔާން ގައިގައި ޒައިނާ ބައްދާލިއިރު ޒައިނާ ގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ޝަޔާން ވެސް ޒައިނާ ގައިގައި ބައްދާ ލާފައި ޒައިނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި އެވެ. އޭނާ އަމިއްލަ ކޮއްކޮ ފަދައިން ލޯބިވާ ކޮއްކޮ 6 މަހަށް ފަހު ފެނުމުން ޝަޔާން އައް ވެސް ހުރީ އުފަލުން ގޮސް ރޮވޭ ވަރު ވެފައެވެ. 6 މަސް ތެރޭގައި ޒައިނާ އަށް އައިސްފައިހުރި ބަދަލު ފެނުމުން ޝަޔާން ހުރީ ދެރަވެފައިއެވެ. ކުރިއަށް ވުރެ ބޮޑަށް ޒައިނާގެ ހަށިގަނޑު ހިކިމާއިއެކު އެ އޮމާން ރީތި މޫނު ވަނީ އެއްކޮށް ކުރަކި ވެފައެވެ. “ޝްޝް…ދެން ހުއްޓާލާ. އަހަރެން މި އައީ ޒައި ކައިރިއަށް. ދެން ޒައި ދޫކޮއްފަ އެއް ނުދާނަމޭ.” “އަހަރެން…ވަރަށް….ކެއް..ކެއް..” މާނޭވާ ލެވޭތީ ޒައިނާ އަށް ވާހަކަ ދައްކަން ވެސް އުނދަގޫ ވިއެވެ. ކުޑަކޮށް ޒައިނާ ހަމައަށް އެޅުމުން ޝަޔާން އޯގާވެރިކަމާއެކު ޒައިނާ ކައިރީގައި ކާން އެދުނެވެ. ބަސް އަހާ ކުޑަކުއްޖަކު ފަދައިން ޒައިނާ އޭނާގެ ލަންޗް ކައި ނިންމާލިއެވެ. “ޒައީ…ކޮލެޖް ނިންމާފައި އަހަރެން ނާއި އެކު އިންގޭ ގެޔަށް ދާނީ. އައި ވިލް ވެއިޓް ފޯރ ޔޫ ނިޔަރ ދަ ގޭޓް..” “އޯކޭ” ލަންޗް ޓައިމް ނިމުމުން އަނެއްކާވެސް ޒައިނާ ކިލާހަށް ދިޔައެވެ. ލަންޗް އަށް ފަހު އޮންނާނީ އެންމެ 2 ގަޑި ކަމުން ހީކުރި ވަރަށްވުރެ އަވަހަށް ކިލާސް ނިމުނު އެވެ. ކިލާސް ނިމުމުގެ ބެލް ޖެހުމާއި އެކު ޒައިނާ އަވަސްވެގަތީ ޝަޔާން އާއި ބައްދަލު ކުރަން ނެވެ. ގޭޓްކައިރީގައި ހިނިތުންވެލައިގެން ޒައިނާ އަށް މަޑުކޮށްގެން ހުރި ޝަޔާން ފެނުމުން ޒައިނާ އަށް ވެސް ހިނިތުންވެވުނެވެ. ދުވަސްތަކެއް ފަހުން ޒައިނާ ހިނިތުން ވެލި ތަން ފެނުމުން ކޮލެޖުން ނިކުންނަން ދިޔަ އެތައް ކުދިންތަކެއް ޒައިނާ ގަޔަށް ބަލަން ފެށި އެވެ. ޒައިނާ ދުވެފައި ދިޔަ ގޮތަށް ގޮސް ޝަޔާން ކައިރީގައި ކުއްޓެލުމާއިއެކު 2 ޒުވާނުން މިސްރާބުޖެހީ އިރުވިލާ ގެއާއި ދިމާއަށް ށެވެ. އެ ދެމެދުގައި އޮތް ހަމަހިމޭންކަން ފިލުވާލީ ޒައިނާ ޝަޔާން އަށް ގޮވާލުމުން ނެވެ. “ޔާން….” “ކީކޭ ޒައި” “ޔާން ގެޔަށް ވަދެފައި އެއްވެސް އެއްޗެކޭ ނުކިޔައްޗޭ” “ޔާން ދިޔަ ފަހުން ގެ ސާފު ނުކުރަން ދޯ” “ޔާން އަކަށް ނޭންގޭނެ ޔާން ދިޔަ ފަހުން ޒައި އުޅުނު ހާލެއް” “ނޯ.. އައި ނޯ.. ޔާން އަށް އިނގޭ ޒައި އުޅުނީ ވަރަށް ހާލުގަ ކަން.. ޑޯންޓްވޮރީ.. ޔާން ޒައި ދިމާއަކަށް އެއްޗެހި އެއް ނުކިޔާނެކަން ޒައި އަށް އިނގޭނެހަމަ… ޔާން ރަށަށް މި އައީ ޒައި ދިމާއަށް އެއްޗެހި ކިޔާކަށް ނޫން..” ޝަޔާން ގެ ވާހަކަ ހުއްޓުމަކަށް އައީ 2 ޒުވާނުންނަށް އިރުވިލާ ގެއާއި ހަމައަށް އާދެވުމުން އެވެ.
ނުނިމޭ…..
2 Comments!
Comments are closed.

reethi but you can improve adhi when next part
Improve kohlan vee kon kameh kan ves bunela dhyba. Eyrun improve kohlan ingeyny ☺️