Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ހައިފާ (ތިންވަނަ ބައި)

Mish Level 1
October 26, 2015 6 Mins Read
40 Comments

“ނޫން…. އަޅުގަނޑު ދޫކޮށްލާ.. ހެޔޮނުވާނެ.. އާދޭސްކޮށްފަ ބުނަން.” ހައިފާ އާދޭސް ކޮށް ރޮމުން ދިޔައެވެ. ހައިފާގެ ރުއިމުގެ އަޑާ އާދޭހުގެ އަޑު އަޔާޒަށް އިވޭހެނެއް ހިޔެއް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ހައިފާގެ ކިބައިން އުފާ ހާސިލް ވެވޭތޯއެވެ. “އައްދިޔޯއި………” ކުއްލިއަކަށް އަޔާޒު ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ހައިފާ އަވަހަށް ތެދުވެ ދުއްވައިގަތެވެ. ހައިފާއަށް ގެއާ ހަމައަށް އާދެވުނު އިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ހީވަނީ އެހެންފަދަ ކަމެއްހެނެވެ. ހައިފާ އަކަށް އެރޭ ރަނގަޅަކަށް ނުވެސް ނިދެއެވެ. ލޯ މަރާލާއިރަށް ސިފަވގެން ދަނީ އެ އިފުރީތެއް ފަދަ އަޔާޒެވެ.

“ހޫނ އަދިވެސް ހޭލާކަށް ނުވޭ ދޯ؟ ހާދަ ކަންނެތް ވެގެން އުޅޭ ދުވަސްކޮޅެކޭ މީނަ.. ބަލަ އަހަރެންތަ މިއޮއް ބޮޑު ގޭގެ ހުރިހާ ކަމެއް ކުރަންވީ؟ ހަމަ މިހާރު ތެދުވޭ.” ހައިފާ އަށް ހޭލެވުނީ މަރިޔަނބު އައިސް ހަޅޭލަވާ އަޑަށެވެ. ހައިފާ ދެރަވީ ނަމާދު ވަގުތަށް ނުހޭލެވުނީތީއެވެ. އެނދުމަތީގައި އިށީނދެގެން އިނދެފައި ކައްޓެއްހެން ތެދުވެފައި ހައިފާ އައިސް ހުއްޓުނީ މަރިޔަނބު ކުރިމަތީގައެވެ. “މިހާރު ކިހިނެތްވީ؟ އަޅެ މިއަދު ހައިފާ މޮޔަވެގެން އުޅޭ ދުވަހެއްތަ؟” މަރިޔަނބު ހިތް ހަމަ ނުޖެހިފައި ބުނެލިއެވެ. “މަންމާ ރޭގަ މަންމަ ކީއްވެ އަޅުގަނޑު އެމީހާގަނޑާ ހަވާލުކޮށްފަ ގެއަށް އައީ؟ ބަލައިބަލަ އެމީހާ އަޅުގަނޑަށް ކޮށްފަ ހުރިަވަރު.” ހައިފާ އޭނާގެ ހެދުން ކުޑަކޮށް ހިއްލާލުމަށްފަހު މަރިޔަނބަށް ދައްކާލިއެވެ. ހައިފާގެ ހަށިގަނޑުގެ އެކި ތަންތާގައިވަނީ އަޔާޒު ކުރި ނުބައި އަމަލުގެ ނިޝާން ތަކެވެ. “ތިޔައީ މާބޮޑު ކަމެއްނޫން. ބަލަ ހައިފާއަކީ މިކަހަލަ ކަންތައް ނޭނގޭ ކުޑަކުއްޖެއްތަ؟ ބަލަ އެއީ ފިރިހެނެކޭ… އޭނާގެވެސް އިހްސާސް ތަކެއް ވާނެ ދޯ؟ އެހެން ނޫނަސް އޭނާ ބޭނުމީ ހައިފާއާ ކައިވެނީގެ ގޮތުން ގުޅޭށޭ. ދެން ތިހާ ކުޑަ ކަންތައް އެހާ ބޮޑު ކޮށްލައިގެން އުޅުނީމަ ވާނީ ކޯއްޗަކަށް؟ ދެން ވެސް ޅަ ކުއްޖެއްހެން ޝަކުވާ ނުކޮށް ދޭ ފެންވަރައިގެން އަންނަން.” މިހެން ބުނެ މަރިޔަނބު ނިކުމެގެން ދިޔައެވެ. ހައިފާއަށް ހުރެވުނީ މަރިޔަނބު ދިޔަ ދިމާލަށް ބަލަހައްޓައިގެން ހައިރާން ވެފައެވެ. އެއީ މަންމަ އަކު ދަރިފުޅާ މެދުގައި ކަންތައް ކުރާ ގޮތް ހެއްޔެވެ. ހައިފާއަށް އިތުރަކަށް އެވާހަކަ ދައްކާކަށް ކުޅަދާނަ އެއް ނޫނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ބިންމައްޗަށް ތިރިވި ގޮތަށް އެތައް އިރެން ވަންދެން އެކަމާ އޭނާ ރުޔެވެ. އެކަމަކުވެސް ވާނެ ފައިދާއެއް ނެތެވެ. އޭނާއަށް އެހީވެދޭން ހުރި މަންމަ ވެސް މިވަނީ އަޔާޒުގެ ބަހަށް ގޮސް ހުސްވެފައެވެ.

އަޔާޒު ހައިފާއާއި މެދު ކަންތައް ކުރިގޮތް ހިތަށް އަރުވާލިޔަސް މުޅި މީހާ ފިނިވެއެވެ. އެ ހާދިޘާ އަށް 2 ދުވަސް ވެ ދިޔައިރުވެސް ހައިފާގެ ހާލު ރަނގަޅެއް ނުވެއެވެ. ލޯ މަރާލާއިރަށް ސިފަވެގެން ދަނީ އެ ނުލަފާ މީހާ އެވެ. މިކަމާ ބިރުގަނެފަ ހުރިވަރުން ހައިފާ ހުންނަނީ ފާޑަކަށް ގަބު ވެފައެވެ. އިރުއޮއްސޭ އިރަށް މުޅި މީހާ ހުން އައިސް ރަތްވެއެވެ. މީހަކު އޭނާއަށް ގޮވާލިޔަސް ބިރުން ސިހިގެން ދެއެވެ.

“އަދި މިކަމުގެ ބަދަލު ދޭނަން އޭނައަށް.” އަޔާޒު ވާހަކަ ދައްކަމުން ދިޔައީ މަރިޔަނބާ އެވެ. މަރިޔަނބު އެވަގުތު ދިޔައީ އަޔާޒުގެ ބުރަކަށްޓާއި ކަރަށް ވެފައިފާ އަނިޔާތަކުގައި ހޫނުފެނުން ބޮޑިތާންކުރަމުންނެވެ. “މިހެން ހަދަން ހެޔޮ ވާނީ ކިހިނެއް؟ ހައިފާއަކީ އިންސާނެއްތަ؟ ބަލައިބަލަ ކޮށްފ އޮތް ވަރު.” މަރިޔަނބުގެ ނަޒަރުގައި ކުށް ކުރީ ހައިފާއެވެ. “މި ކަންތައް މިހެން މިވީ ކިހިނެތް؟ އަޔާޒަކަށް އެއަންހެން ކުއްޖާ ހިފަހައްޓައެއް ނުލެވުނުތަ؟” މަރިޔަނބު ކޮށްލީ އޭނަ ވަރަށް ޖަވާބު ބޭނުންވެފައިވާ ސުވާލެކެވެ. އެރޭ އޭނާ ގެއަށް އައީވެސް އަޔާޒު ބޭނުން ކަންތައް ކުރުމަށް ފުރުޞަތުދޭށެވެ. “ކިހިނެތް ވި ކަމެއްހޭ؟ އަހަންނަށް މާބޮޑަށް ދޫ ދެވުނީނު.. އެހެރަ މޭޒުގަ ބަހައްޓާފަ އޮތް ބަރުން ވިއްޔަ ޖެހީ.. ދެން ކިހިނެތް ކެތްވާނީ.. އޭނަ އަހަރެންގެ ކަރުގަ ވަކި އަޅާ ނޮޅާލިއިރުވެސް ދޫނުދީ ހިފެހެއްޓިން. ކޮންމެ މީހަކަށްވެސް ވަކި ވަރަކަށް ދޯ ކެތް ކުރެވޭނީ.” އަޔާޒު ރުޅިއައިސް ރަތްވިއެވެ. “މިހާތަނަށް އެއްވެސް އަންހެނެއްގެ ފަރާތުން މި އަޔާޒަކަށް އަނިޔާއެއް ވެފަ ނޯންނާނެ. މުޅި އުމުރު ދުވަހު ހިތުން ނުފިލާ ވަރުގެ ލަނޑެއް އޭނާއަށް ދޭނަން!” އަޔާޒުގެ ލޭ ކެކިގަތެވެ. “ދެން ރުޅި ނައިސް އާދޭ މިކޮޅަށް.” މަރިޔަނބު އަޔާޒާއި ގާތްވެލިއެވެ. މަރިޔަނބު އޭނާގެ ދަރިފުޅު އަޔާޒާއި ހަވާލު ކުރީވެސް އޭނާ އަށް އަޔާޒުގެ ފަރާތުން ލިބެމުންދާ އުފާތަކަށް ހުރަސްއެޅުނަ ނުދީ ކުރިއަށް ދިއުމަށެވެ. ކޮންމެ ދުވަހެއްގެ 3 އިރުގެ ކެއުން އޭނާ އަޔާޒަށް ގެނެސްދީ ހަދަނީ ހަމަ މި ލިބޭ ކުޑަަ ވަގުތުކޮޅަށްޓަކައެވެ. “އަޔާޒު ދެރަނުވޭ. އަދި އަހަރެން އޭނާ މިތަނަށް ގެންނާނަން. އަޔާޒަށް ހައްޤު އުފާ އަހަރެން ހޯދައިދޭނަން.” މަރިޔަނބު އަޔާޒަށް މިހެން ބުނެލުމާއެކު، އަޔާޒުގެ ތުންފަތްމައްޗަަށް ވިހަ ހިިނިތުންވުމެއް ވެރިވިއެވެ.

“ހައިފާ ބުނީ ދެން އެ އަޔާޒު ކައިރިއަކަށް ނުދާނަމޯ.” މަރިޔަނބު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފިރިމީހާ ހަސަނާއެވެ. “އަޅެ ހަސަނު ނިކަން ބުނެބަލަ. އެ މަންޖެ ކިޔަވާ ހިތުން އުޅޭތީ އެއް ނުންތަ އަހަރެން އެ އަޔާޒު ކައިރީ އެވާހަކަ ދެއްކީ. ދެން ކިޔަވަން ނުދިޔައިމަ ކޯއްޗަކަށް ވާނީ. އެހެންނޫނަސް އޭނަ ހައިފާއަށް ކިޔަވައިދެނީ ލާރިއަކަށް ނޫން. އަނެއްކާ އެހާ ރަނގަޅު ސާލިހު މީހެއް އެއީ. އެކަހަަލަ މީހުން މިޒަމާނުގަ ކޮންތާކުން ދެން ހޯދާނީ. ހަސަނު ގޮސް އެމަންޖެއާ ވާަަހަކަ ދައްކަބަލަ. ހަސަނު ބުނެފިއްޔާ ނުގޮސް ހުންނާކަށް ނުކެރޭނެ.” މަރިޔަނބު ހަސަނަށް ވިސްނޭފަދަ ގޮތަކަށް ކިޔައިދެމުން ދިޔައެވެ. “މަޑުކުރޭ! އަންނާނަން އެމަންޖެއާ ވާހަކަ ދައްކާލާފަ..” މިހެން ބުނެ ހަސަނު ތެދުވެގެން ދިޔަ ދިމާ ބަލަން މަރިޔަނބު އިނީ އޭނާގެ މަކަރުވެރި ރޭވުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދާނެކަމުގެ ޔަގީންކަމާއެކުއެވެ.

“ދަރިފުޅާ ހައިފާ!” ހަސަނު ގޮވާލުމާއެކު ހައިފާ ދިޔައީ ސިހިގެންނެވެ. “ކީއްވެ ދަރިފުޅު ކްލާހަށް ނުދާން ތިއުޅެނީ.. ތިހެން ހަދަންތަ ބައްޕަމެން ލައްވާ އެސޮރު ކައިރީ އާދެސް ކުރުވީ. ކިޔަވާނެ ފުުުރުސަތު ހޯދީމަ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނީ.” ހަސަނު އޭނާގެ ދަރިފުޅަށް ނަސޭހަތްތެރި ވިއެވެ. “ބައްޕާ! އަޅުގަނޑު ދެން އެމީހާ ގަނޑު ކައިިރިއަށް ދާކަށް ބޭނުމެއް ނުވޭ.” ހައިފާ އޭނާގެ ބައްޕައަށް ބުނެލިއެވެ. “ހައިފާ ބޭނުންވިޔަސް ނުވިޔަސް ތި ނަގައިދޭ ކްލާސް ތައް ނުނިމޭހާ ހިނދަކު ޖެހޭނެ ދާން.” ހަސަނު ރުޅިގަދަވާން ފެށިއެވެ. “އެކަމަކު……. ބައްޕާ!!!!” ހައިފާ ބުނަން އުޅުނު ވާހަކަ ކަރުތެެރޭ ތާށިވީ އޭނާގެ ބައްޕަގެ އެންމެ ފަހުގެ ނިންމުންކަން ޔަޤީންވުމުންނެވެ. ހައިފާ އޭނާގެ ބައްޕަ ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަން ހުރެވުނީ ޔަޤީން ނުވާ ފަދަ ގޮތަކަށެވެ. އަނެއްކާ އޭނާގެ މަންމަ އެރޭގެ ހާދިޘާ ނުކިޔައިދެނީ ބާވައެވެ؟ ނުވަތަ ބައްޕައަށްވެސް އެއީ މާބޮޑު ކަމަކަށް ނުވީ ބާވައެވެ. ހަސަނު އޭނަގެ އެންމެ ފަހުގެ ނިންމުން އަޑުއިއްވާލުމަށްފަހު ނިކުމެގެން ދިޔަ އިރު އޭނާގެ ދަރިފުޅު މި ވެއްޓެންއުޅެނީ ކިހާވަރެއްގެ އަނދަވަޅަކަށް ކަން ރޭކާވެސް ނުލައެވެ. އޭނާއަށް ކަމެއް އިނގޭ ވަރަށްވުރެ ބޮޑަށް މަރިޔަނބު ދިޔައީ ކަންތައްތައް ސިއްރު ކުރަމުންނެވެ.

ބައްޕަގެ ވާހަކަތައް އަޑުއިވުމަށްފަހު ހައިފާގެ ހިތް ކުދިކުދި ވި ކަހަލައެވެ. އިތުރަށް ދެން ހެދޭނެ ގޮތެއް ނެތްކަން އެނގުމުން އަނެއްކާވެސް އެމީހާގަނޑާ ކުރިމަތިލާން ތައްޔާރުވިއެވެ. ގަޑިން 10ޖެހި އިރު މަރިޔަނބާއި ހައިފާ އައިސް ތިބީ ސްކޫލުގައެވެ. “ބުނީމެއްނު ގެނެސްދޭނަމޭ. މިރޭ ދެން ހިތްފުރޭވަރު ކޮށްލާ.” ނިކުންނަން ދަމުން ސިއްރުވެރި ގޮތަކަށް އަޔާޒުގެ ކަންފަތް ކައިރީ މަރިޔަނބު ކިޔާލިއެވެ. މަރިޔަނބު ނިކުމެގެން ދިޔުމާއެކު އަޔާޒު ދޮރު ލައްޕާ ތަޅުލިއެވެ. ހައިފާ އިނީ ބިރުން ސިހި ސިހި އެވެ. ވާންއުޅޭ ކަންތައް އޭނާގެ ސިކުނޑީގެ އެއް ކަނުން އޭނާއަށް އަންގައިދޭން އުޅޭ ކަހަލަ އެވެ. ކްލާހަށް އައުމުގެ ކުރިންވެސް އޭނާ ނިމެންދެން އެތާ މަޑުކުރުމަށް މަންމަ ކައިރީ ހައިފާ އާދޭސްކުރިއެވެ. ނަމަވެސް މަރިޔަނބު އޭނާ އެ އިފުރީތުގެ ކައިރީ ބައިންދާފައި  އެދިޔައީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. އަޔާޒު ވަގުތު ބޭކާރު ކުރާކަށް ނުހަދައެވެ. ދޮރު ލައްޕާލުމަށްފަހު އެންމެ ފުރަތަމަވެސް ބެލީ އޭނާގެ މަސައްކަތައިގެން ކުރިއަށްދާށެވެ. ބަދަލުހިފުމުގެ ރޫހު ވަނީ އަޔާޒުގެ މުޅި ހަށިގަނޑު އެކީ އެކައްޗަކަށް ބަނދެލާފައެވެ. އަޔާޒު އައިގޮތަށް ހައިފާގެ ދޯޕައްޓާ ނަގާ ހައިފާ ގޮނޑިއާއެކީ ބަނދެލިއެވެ. ވާނުވާ ނޭނގިފައި އިން ހައިފާ އާދޭސް ކުރަންފެށީ އަޔާުޒުގެ ހޫނު ނޭވާ އޭނާގެ ކަނދުރާއަށް އެޅެން ފެށުމުންނެވެ. ” ހެޔޮ ނުވާނެ! އަޅުގަނޑު ދޫކޮށްލާ.” “މަންމާ!! މަންމާ!!” ހައިފާ އަޑަށް ބާރުލާފައި ހަޅޭލަވަން ފެށިއެވެ. “ބުނަންތަ ރަނގަޅު ވާހަކައެއް. ކިތަންމެ ބާރަކަށް ހަޅޭ ލެވިޔަސް ތި ރީތި އަޑު އަހާކަށް މިތާކު ނެތް އެކަކުވެސް. މަޑުމަޑުން އިނދޭ.” މިހެން ބުނެ ކުޑަ ރުމާލެއްނެގުމަށް ފަހު ހައިފާގެ އަނގަމަތީ ބާރަކަށް އައްސާލިއެވެ. އަޔާޒު އެއްވެސް ރަޙްމެއް ނެތި ހައިފާގެ ކިބައިން އޭނާ ބޭނުންވާ އުފާތައް ހޯދަމުން ދިޔައީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ.

ހައިފާއަށް ކުރެވުނު ހައިވެސް ކަމަކީ ހިތްފަޅައިގެންދާ ވަރަށް ރުއިމެވެ. ކިތަންމެ ވަރަކަށް ގަދަ ދެއްކިޔަސް އަޔާޒުގެ ކިބައަކުން މިރޭ ސަލާމަތެއް ނުވާނެއެވެ. އޭނާ ހަޅޭލަވަންވެސް ބޭނުމެވެ. އެހެންނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. އަޔާޒު ހިތްފުރެންދެން ހައިފާގެ ކިބައިން އުފާ ހޯދުމަށްފަހު އޭނާ ދޫކޮށްލީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. ހައިފާ ވަރަށް ހާލުން ގެއާ ހަމައަށް ދިޔައެވެ. ރޮއެ ރޮއެ އޭނާގެ ދެލޯ ވަނީ ދުޅަވެފައެވެ. މުޅި ގައިގަ އޮތީ އަޔާޒު ދީފައިވާ އަނިޔާތަކެވެ. ނުރިއްސާ ތަންކޮޅެއް އެ ހަށިގަނޑުގައި ނެެތެވެ. ހައިފާ ގޮސް ގިފިއްޔަށްވަދެ ރަނގަޅަށް ފެންވަރާލިއެވެ. ބާރުބާރަށް މުޅި ހަށިގަނޑު އުނގުޅަމުން ދިޔައިރު ހީވަނީ ރޭގެ ހާދިޘާ އެކީ އެކައްޗަކަށް ފޮހެލަން މަސައްކަތް ކުރާ ހެނެވެ. “ހައިފާ! ހައިފާ! މި ދޮރު ހުޅުވަބަލަ.” ހައިފާ މަޑު ހިނގުމެއްގައި ގޮސް ގިފިލި ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މަރިޔަނބު ފެނިފައި އިތުރަށް ރޮވުނެވެ. “މަންމާ! ކީއްވެ މަންމަ އަޅުގަނޑު އެކަނިކޮށްލާފަ އައީ. ބަލައިބަލަ މަންމާ. އެމީހާ އަޅުގަނޑަށް ކޮށްފަ އޮތްވަރު. ބަލައިބަލަ މިހިރަ ނިޝާންތައް. ކީއްވެ މަންމަ އެހެން ހެދީ.” ހިތްދަތި ގޮތަކަށް ރޮއެރޮއެ ފައި ހައިފާ ޝަކުވާކޮށްލިއެވެ. “ހައިފާ މާވަރަކަށް ޝަކުވާކުރަން ހަދާނެ ކަމެއްނެތް. ހައިފާވެސް އޭނަ އަށް ކޮއްފައޮތް ވަރު ވަކި ކުޑައެއްް ނޫނެއްނު. އެހެންނޫނަސް ހައިފާތީ އަދި ކުޑަކުއްޖެކޭ. ތިކަހަލަ ކަމަކުން ހައިފާއަކަށް މާބޮޑު ގެއްލުމެއް ނުވާނެ. ދެންވެސް ބޮޑާ ނުހާކާ ދޭ އެއްޗެހި ލައިގެން ސައި ހަދަން.” މަރިޔަނބަށް އެއީ ބޮޑުކަމަކަށް ނުވިއެވެ. އޭނާ ހުރީ އޭނާގެ ރޭވުން ކާމިޔާބުވި ކަމައްޓަކައި ހިތާހިތުން ހީނލަ ހީނލައެވެ. އަޔާޒުގެ ކިބައިން ލިބެމުންދިޔަ ވަގުތީ އުފަލަށްޓަކައި އޭނާގެ ބަނޑުގައި 9 މަހާއި 10 ދުވަސް ވަންދެން ގެންގުޅުނު އަމިއްލަ ދަރިފުޅު ވެސް ވިއްކާލީ މައިވަންތަކަމުގެ އެއްވެސް ކުލުނެއް ނެތިއެވެ.

ހަސަނު ކޮންމެ އެއްޗެއް ކިޔަސް ހައިފާ އެރޭގެ ފަހުން އަޔާޒުގެ ގާތަކަށް ނުދެއެވެ. ކިޔެވުމަށް ކުޑައިރުއްސުރެ ވި ލޯބި ދިމާވި ހާދިޘާއެއްގެ ސަބަބުން އެކީ ފޮހެވިގެން ދިޔަކަހަލަ އެވެ. މަރިޔަނބުވެސް ގަދަކަމުން ދެން ހައިފާ ކްލާހަށް ގެންދާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ އަދިވެސް އުޅެނީ އަޔާޒު އާއި އެކީ އެ އުފާތައް ހޯދުމުގައެވެ.

2 މަސް ފަސް……….

ހައިފާގެ ދިރިއުޅުމުގައި ދިމާވި އެ ހާދިޘާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މީގެ ކުރިން ހުންނަ ސަކަ ގޮތްގަނޑު ކެނޑި އަބަދުވެސް ހުރެވެނީ ވިސްނުމެއްގެ ތެރޭގައެވެ. ބޮޑު ކޮޓަރިން ދުވެފައި ހައިފާ ނިކުތީ މޭ ބޮޑުވެފައި ގަދަޔަށް ހޮޑުލަވާ ގޮތްވުމުންނެވެ. މިހާރަކަށް އައިސް އޭނާގެ ބޮލަށް ބަރުވެފައި ހުންނަ ކަން ވެސް ފާހަގަ ވެއެވެ. ނަމަވެސް މިއިން ވާހަކަ އެއް ހައިފާ އެއްވެސް މީހެއްގެ ކައިރީ ނުބުނެއެވެ. ވާނެ ފައިދާއެއް ނޯންނާނެކަން އިނގޭތީއެވެ.

“އައްސަލާމް އަލައިކުމް.” މެންދުރުގެ އެންމެ ހޫނު ވަގުތުގައި ހައިފާ އައިސް މަޑުކޮށްލީ އޭނާގެ އެކުވެރި މައިޝާ މަސައްކަތް ކުރާ ބޭސް ފިހާރައިގައެވެ. “އަހަނ! ހައި… މިގަޑީގަ މިތާ ކީއްތި ކުރަނީ؟” މައިޝާ ވަރަށް ހައިރާންވިއެވެ. މިހާތަނަށް ދުވަހަކުވެސް ހައިފާ އޭނާ މަސައްކަތް ކުރާ ވަގުތުގައި ބައްދަލު ކުރަން އައިސް ނޫޅެއެވެ. “މައި.. އަހަ…. އަހަރެން…..” ހައިފާ އަނގަ އޮޅޭ ގޮތް ވިއެވެ. “ކީކޭ ހައި… ހާދަ ހާސްވެފައޭ ތިހިރީ.. އާދެބަލަ މިތާ އިށީންނަން.” މައިޝާ އޭނާގެ އެކުވެރިޔާ ގެނެސް ގޮނޑީގައި ބޭންދިއެވެ. “ދެން ބުނެބަލަ… ކިހިނެއް ވީ؟ އެއްވެސް ވަރަކަށް ހާސް ވާނެ ކަމެއް ނެތް. އަހަންނަށް ވެގެން އުޅޭ ގޮތް ކިޔައިދީބަލަ.” މައިޝާ އެކުވެރިޔާއަށް ބަލާލުމަށް ފަހު ބުނެލިއެވެ. “މައި…. އަހަރެން…….. އަހަރެން ބަނޑުބޮޑު….” މައިޝާއަށް ޤަބޫލު ކުރަން ދަތިވިއެވެ. “ކީކޭ؟ ހައި..ހައި އަށް އިނގޭތަ ތި ކިޔޭ އެއްޗެއް؟” މައިޝާ ކަންބޮޑު ވިއެވެ. އޭނާ ދަންނަ ހައިފާއަކީ ގޯސް ގޮތަކަށް އުޅޭނެ ކުއްޖެއް ނޫނެވެ. “އާނ މައި… އަހަރެން ހަމަ އަސްލުގަވެސް ބަނޑުބޮޑު…” މިހެން ބުނެ ހައިފާ އޭނާގެ އެކުވެރިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މައިޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައި ފާޑަކަށް ގަބު ވެފައެވެ. އޭނާގެ އެކުވެރިޔާއަށް އެ ހުރިހާ ކަމެއް ވެދިޔަ އިރުވެސް އޭނ އަށް އެކަން ނޭނގުމުންނެވެ. ހައިފާއަށް އައި ބޮޑު ބަދަލުގެ ސިއްރު އެ އެނގުނީ އަދި ކިރިޔާއެވެ.

“މައިޝާ.. އަހަންނަށް އެހީ އެއްވެ ދީ…. އަހަރެން ބޭނުމެއްނޫން އެ އަޔާޒުގެ ނިޝާނެއް… މި ދަރިފުޅު މި ދުނިޔެއަށް އައިސް ގިނަވާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަށް ކޮންމެވެސް ބޭހެއް ދީބަލަ.” ހައިފާ އާދޭސް ކުރަން ފެށިއެވެ. “ހައި…. އަހަރެން ވަރަށް ބޭނުން އެހީ ވާން. އެކަމަކު މިކޮޅުން ތި ބޭހެއް ނުލިބޭނެ. ޖެހިގެން މިއޮތް ރަށުގެ ރީޖަނަލް ހޮސްޕިޓަލަށް ގޮސްގެން ތިކަން ވާނީ.. އަހަންނަށް މާފްކުރޭ އެކުވެރިޔާ…” މައިޝާގެ ވާހަކަތައް އަޑުއިވުމަށްފަހު ހައިފާ ވަރަށް އުދާސްވިއެވެ. މަޑު ހިނގުމެއްގައި އެތަނުން ނިކުމެގެން ގެއަށް އައީ ދެން ހަދާނެ ގޮތެއް ވިސްނަމުންނެވެ. އޭނާ މި ދަރިފުޅު ގެންގުޅޭނީ ކިހިނެތް ހެއްޔެވެ. މީހުންގެ މަލާމާތާއި ފުރައްސާރަޔާ ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ. ހަދާނެ އިތުރު ގޮތެއް ނެތުމުން ހައިފާއަށް ވިސްނުނީ އެންމެ ގޮތެކެވެ. ކުއްލިއަކަށް އޭނާގެ ހިނގުން ބާރުކޮށްލިއެވެ.

ހައިފާ އައިސް ހުއްޓުނީ ސްކޫލު ގޭޓު ކުރިމައްޗަށެވެ. އޭރު އޭނާއަށް ވަނީ މާނޭވާ ލެވެން ފަށާފައެވެ. “އަޔާޒް… އަޔާޒް..” ހައިފާ ގޮވާ އަޑަށް އަޔާޒް ނިކުތެވެ. “އަހަނ ދޫންޏާ! ކިހިނެތްވީ… އަނެއްކާ ކަމެއް ބޭނުމީތަ؟” ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން އަޔާޒު ބުނެލިއެވެ. “އަޔާޒް… އަހަ………. އަހަރެން….. ބަނޑުބޮޑު..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ހައިފާ ބުނެލިއެވެ. “އެހެންތަ؟ ދެން އަހަރެން އެކަމާ ވަކި ކީއްކުރާނީ…” އަޔާޒު ވަރަށް ހަމަ ޖެހިލުމަށްފަހު ބުނެލިއެވެ. “އަޔާޒް…. އަހަރެން ބޭނުން އަޔާޒް އާ ކައިވެނި ކުރަން… އަޔާޒް އަށްވެސް އިނގޭނެ އަހަރެންގެ ބަނޑުގައި މިއޮތީ އަޔާޒުގެ ދަރިއެއްކަން.” ހައިފާއަށް މިހެން ބުނެވުނުތަނާ އަޔާޒް އޭނާ ހުއްޓުވިއެވެ. “ކޮބާ ހެކި؟ ކިހިނެތް އެނގެނީ ކަލޭގެ ބަނޑުގައި ތިވަނީ އަހަރެންގެ ދަރިއެއްކަމެއް. އެހެން ނޫނަސް އަހަރެން ބޭނުން ކަންތައް އަހަންނަށް ވެއްޖެ. ދެން ތި ކުއްޖާއަށް ކަލޭ ބޭނުން ގޮތެއް ހަދާ. އަހަންނަށް ހެޔޮ ކަލޭމެން ދެމީހުން މަރުވިޔަސް. ދެން އެންމެ ރަނގަޅު ދިޔަޔަސް.” މިހެންބުނެ އަޔާޒް ހިނގައިގެންފިއެވެ. “އާނ އަދި ބުނަންތަ. ކަލޭ ކިތަންމެ ވަރަކަށް ތި ދަރީގެ ބައްޕައަކީ އަހަންނޭ ކިޔަސް އެވާހަކަ ޤަބޫލު ކުރާނެ މީހަކު ނޫޅޭނެ. އެންމެނަށްވެސް އަހަރެންގެ ވާހަކަ އެނގިފަ އޮންނާނީ ދަރިން ނުލިބޭ މީހެއްގެ ގޮތުގަ.” އަޔާޒު ވިހަ ގޮތަކަށް ހީނލާފައި ކޮޓަރިއަށް ވަނެވެ. ހައިފާއަށް ހުރެވުުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ އެންމެ ފަހުގެ އުއްމީދުވެސް ވެއްޔާ މޮޑެވިގެންދިޔައީއެވެ…..

4ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ…….

Share Article

Follow Me Written By

Mish

Level 1

Other Articles

Previous

ޝިކާރަ(1)

Next

ހިތުގަ މިވާ ސޫރަ ތެދޭ!! 8

Next
October 27, 2015

ހިތުގަ މިވާ ސޫރަ ތެދޭ!! 8

Previews
October 26, 2015

ޝިކާރަ(1)

40 Comments!

  1. shiru says:
    October 26, 2015 at 10:41 pm

    V reethi mi part vx

    1. Mish says:
      October 26, 2015 at 10:44 pm

      thank you shiru 🙂

  2. Mish says:
    October 26, 2015 at 10:44 pm

    SORRY TO KEEP YOU GUYS WAITING… I REALLY APPRECIATE THE INTEREST YOU GUYS SHOW TO THIS STORY… IT GIVES A LOT OF COURAGE AND HOPE FOR ME TO CONTINUE THIS STORY… AND I LOOOVE YOU GUYYYS, :* THANK YOU SO MUCH FOR THE COMPLIMENTS …. IF YOU COME ACROSS ANY MISTAKES PLEASE FEEL FREE TO LET ME KNOW 😀

    1. maI says:
      October 29, 2015 at 2:35 pm

      Don’t you know that using caps lock is rude? maybe you don’t know but it’s rude.. It’s very difficult because you use caps lock.. please don’t repeat this again..

    2. Airin says:
      October 29, 2015 at 5:45 pm

      maI, it shows she is excited. dont you get the feel in that.
      no mish i really like it when its bold. Shows your emotions 🙂 always let us enjoy the CAPS :*

  3. azmish says:
    October 26, 2015 at 10:58 pm

    Nice….Knirakun next part

    1. Mish says:
      October 27, 2015 at 12:13 am

      Thank you Azmish. 🙂 Ill try to upload it ASAP

  4. Adam says:
    October 26, 2015 at 10:59 pm

    salhi….

    1. Mish says:
      October 27, 2015 at 12:13 am

      Thank you 🙂

  5. Rahmath says:
    October 26, 2015 at 11:57 pm

    Esfiya app alhaafa abadhuvs innaany..ekm mirey Hama nidhan araafa Alah meegen vaahaka eh mikiyaaly…v salhi meethi..v touching aslu…mi vaahaka nimendhen kiyaalan v inthixaaru kuran.thi kuraa masaikathuga Allah barakaai lavvashi ..ameen

    1. Mish says:
      October 27, 2015 at 12:12 am

      v bodah shukurrihyya Rahmatth. In sha Allah mi vaahaka nimendhen alhugandu upload kuramun dhaanan. 🙂

  6. mteee says:
    October 27, 2015 at 4:50 am

    V nice.keep it up.koniraku next part genesdheny

    1. Mish says:
      October 27, 2015 at 5:57 pm

      mteee Thank you… In sha Allah v avahah genesdheyn try kuraanana

  7. Crazi says:
    October 27, 2015 at 6:13 am

    V shalhi

    1. Mish says:
      October 27, 2015 at 5:56 pm

      Thank you Crazi 🙂

  8. 4f!4h says:
    October 27, 2015 at 11:50 am

    Thee aslu mamma tha? Thi mamma haadha goahey. Dharifulhuge mulhi dhiri ulhun barubaadhu e kolly. That’s horrible. e_e

    1. Mish says:
      October 27, 2015 at 5:47 pm

      4f!4h, yah eii hama eynage aslu manma. keehkuraanee dhw. mi dhuniyeyga ekahala meehun ves ulhey 🙁

  9. mishk says:
    October 27, 2015 at 2:00 pm

    Koniraku next part up vaany. Plx vara avas kodhechey

    1. Mish says:
      October 27, 2015 at 5:44 pm

      In sha Allah will try my best vee haa ves avahakah up kuran 🙂

  10. stefan says:
    October 27, 2015 at 4:11 pm

    aslu sifakurun kudaee mish….ebai next partga ragalhu kohlaa..dhn vaahaka reethivamun midanee faharakahvure faharaku..so asaru kaduvaanulahchey……v hiygaimu…hageegee kulavaru ebahuri..ekam baeh dialogue thakun adivx hageegee kulavaru jahssanvee…like reader ah e dialogue in body language sifa vaa varah…dhn bst f lucks… 🙂

    1. Mish says:
      October 27, 2015 at 5:41 pm

      yap ill keep that in mind and balaanan sifa kurun miah vure ranglahu kuran 🙂 Thank you so much

  11. stefan says:
    October 27, 2015 at 4:15 pm

    and varah heevey Haifa( herion character) ge sifa yaa mixaaju eiy hageegathuaga liyuntheriyaage(mish) ge sifayaa mixaajuhen…. 🙂 cux when I read your replies to the comments…varah ehgoiy…ehenve mihen mibunee….. alhe ragalhu vaahka ehbaa mi bunevunee???? 🙂

    1. Mish says:
      October 27, 2015 at 5:44 pm

      hehe.. no haifa e character ge haadhisaa akee mish ge v close meehakah dhimaa vefa vaa kameh veema ingenee eha details koh.
      🙂 …

  12. lily says:
    October 27, 2015 at 9:39 pm

    v nice. hardly waitin for next part.

  13. Mish says:
    October 28, 2015 at 1:35 am

    Thank you lily. 🙂

  14. Aishaa says:
    October 28, 2015 at 5:19 pm

    Varah varah reethi vaahaka eh mee….waiting 4 the nxt prt 🙂 🙂
    ♥♥♥♥

    Mish…..Aslu nantha beynun koh fa mihury mi vaahakaiga???

    1. Mish says:
      October 29, 2015 at 4:34 pm

      Aishaa thank you so much. ? nooney aslu nan thakeh noon. Heheheh

  15. Anonymous says:
    October 28, 2015 at 5:23 pm

    like

    1. Mish says:
      October 29, 2015 at 4:34 pm

      ?

  16. xy says:
    October 29, 2015 at 8:24 am

    v v rythi n v intresting ….whn nxt prt thankolheh avahah up kohla dhehcheyyy plxxxx m hardlyy waitin…..

    1. Mish says:
      October 29, 2015 at 4:39 pm

      Thank you much xy… ?. In sha allah try kuraanan maadhan reah up kureveythw. Alhugandu kudakoh busy dhuvaskolheh veena lass vanee. Sorry to keep you guys waiting.

  17. nukko says:
    November 1, 2015 at 8:14 pm

    Kba aneh part…. kiyaa hithun hurevenyky nooon.. hehe…. 😀 😀 😛 😛

  18. stefan says:
    November 2, 2015 at 3:53 pm

    alhey Stefan mihaaaru deravegengos neyge vaagotehvex..nxt part up kohdeynveenun…v intixaaruga…inthixaaruga reyduvaa adhu huree!!!funhadaanuga hurevenee …thakuraarukoha reyduvaa!!! ahnanee konirakubaa!!!!!!!!!????????avasa avas avas Mish………

  19. Mish says:
    November 3, 2015 at 5:28 pm

    Hei guys so sorry up nukurevigen miulheni kuda issue akaa huren. issue rangalhu viha avahah alhugandu next part up kohdheynan ingey.. In sha Allah

  20. 46565 says:
    November 3, 2015 at 5:34 pm

    Nice story

  21. Jina says:
    November 5, 2015 at 8:37 am

    Veema thee hama meega mi ulhey maisha dhw… dhn hodhan v maisha ge friend kujja dhw… ingey vara hard vaanekan.. bt plx reviel it soooon..

  22. stefan says:
    November 6, 2015 at 7:17 pm

    ALHEY MIVAAHKA UP NUKURAATHY DERAVANEE..

  23. nihaa says:
    November 8, 2015 at 10:47 pm

    4 vana part varah avahah beynun v v v v v vvv v vv v v vsalhi vaahakaej

  24. Cupcake says:
    November 12, 2015 at 2:13 pm

    Kon irakuntha 4 vana part nellany?

  25. Cupcake says:
    November 12, 2015 at 2:13 pm

    Kon irakuntha 4 vana part nellany? Varah rythi ingey

Comments are closed.



All Right Reserved!