Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނު

ނަރުހުންގެ މަސައްކަތުގެ ތަރުތީބު

Fathimath Mohamed Fulhu
December 24, 2023 2 Mins Read
1 Comment

ކޮންމެ މީހަކަށް ނަރުހަކަށް ނުވެވޭނޭ ބުނާ ބަހުގެ ހަގީގަތަކީ ކޮބާހެއްޔެވެ. ވަރަށްވެސް ތަފާތު މަސައްކަތެކެވެ. ކޮންމެ މަަސައްކަތަކީވެސް އެކަމުގައި ތަފާތު ސިފަތަކެއް ހުންނާނެ ކަމެކެވެ.  ނަމަވެސް ނަރުހުންނަކީ ތަފާތު ހުނަރަކާއި، ގާބިލް ކަމެއް ލިބިގެން މެނޫނީ ނުކުރެވޭނެ ކަމެކެވެ. އެހެނީ މި ކަމަކީ ޖަޒްބާތާއި، ފުރައްސާރަޔާއި، އެކުވެ ލާމެހިގެންވި އިންސާނީ އެހީތެރިކަމެވެ. ހަމަހަމަ ކަމާއި އިންސާފުވެރިކަން ދަސްވެގެންދާ ޒިންމާދާރު ވުމަށް މީހާ ބައްޓަން ކޮށްދޭ ފިސާރި މަސައްކަތެކެވެ. ތަކުރާރުކޮން ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ބިނާވެފައިވާ އަގުހުރި މަސައްކަތެކެވެ.

ކޮންމެ ދުވަހެއްގެ މަސައްކަތަށް އައުމަށް ތަރުތީބުން އަތުރާލެވިފައިވާ ތާވަލެއް އޮވެއެވެ. އިސްކޮން ހުންނާނެ ފަރާތާއި ލަފާދޭނެ ފަރާތްތައް އެނގޭނެހެން ތަރުތީބުން ފުށު ނާރާނެހެން ނަންތައް ތަރުތީބު ކުރެވިފައި އެވަނީ މުޅި ހަފްތާގެ ތާވަލެވެ. އޭގެފަހުގައި ހަވާލުވާންޖެހޭ މަސައްކަތުގެ ތަރުތީބު އެނގޭނެ ގޮތަށް މަސައްކަތް ހަވާލު ކުރެވިފައިވާ ޤަވާއިދެއް އޮވެއެވެ. މަސައްކަތާއި ހަވާލުވާނީ އެމީހެއްގެ ތަޖްރިބާ އަދި ގާބިލްކަން ހުރި މިންވަރަކަށް ބެލުމަށްފަހުއެވެ. މިމަސައްކަތް ކުރާނީވެސް މަސައްކަތުގެ ގާބިލުކަން ލިބިފައިވާ ފަރާތެކެވެ. އިންސާފުވެރިކަމާއި އެކުގައި ވަކިފަރާތަކަށް ބުރަ ނުވާނޭހެން މަސައްކަތް ބަހާލުމަށްފަހު ދުވަހުގެ މަސައްކަތް ފެށިގެންދަނީ ވަރަށްވެސް އުފާވެރި މާހައުލެއް ގައެވެ.

ފުރަތަމަ ފެށިގެންދާނީ ނިމިގެންދިޔަ ޑިއުޓީގެ ހުލާސާ އެެއް ކޮންމެ ބަލިމީހެއްގެ ހާލަތާއި ލިބެމުންދާ ފަރުވާތަކާއި ބެހޭ މައުލޫމާތު ވަކިވަކީން ކިޔައިދިނުމަކުންނެވެ. ސަމާލު ކަމާއިއެކު އަޑުއަހަން ހުރިހާ ނަރުހުން ވެސް ތިބޭނީ ވަރަށް ޝައުގާއި އެކުގައެވެ. ބައެއްފަހަރު މިކަމަށް ވަރަށް ވަގުތު ހޭދަ ވެއެވެ. އޭގެ ފަހުގައި ކޮންމެ ނަރުހެއްވެސް އެވަގުތު ހަވާލުވާން ޖެހިފައިވާ ބަލިމީހާ އާއި ބައްދަލުކޮށް ޖުމްލަކޮށް ހާލު އަހުވާލު ބަލާ ދެން އިތުރަށް ކުރަން ޖެހޭ ކަންކަމާއި ބެހޭ މައުލޫމާތު ޖަމާކުރެއެވެ. މިކަމުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކުގެ އެހީތެރިކަން ވަކިވަކީން ހޯދުމަކީ ބަލިމީހާ އާއި އެވަގުތު ހަވާލުވެފައިވާ ނަރުހުގެ ޒިންމާއެކެވެ.

ކޮންމެ ބަލިމީހަކީ ތަފާތު އެހީތެރިކަމެއް ދޭންޖެހޭ މީހެކެވެ. މިކަން ދެނެގަނެގެން  ބަލިމީހާ އަށް ދޭންޖެހޭ ފަރުވާ ރާވާއިލުމަކީ  ނަރުހުންގެ ހާއްސަ ހުނަރެކެވެ. ބަލިމީހާ އާއި ގުޅޭ އެތަކެއް އީޖާދީ ފަރުވާތަކެެއް ދިނުމަކީ ހަމަ ކޮންމެ ނަރުހެއްގެ ކިބައިގަ ވެސް ހުރުން ލާޒިލް ސިފައެކެވެ. ކަނޑައެޅިފައިވާ ހާއްސަ ވަގުތުތައެއް ގައި ބޭސްދިނުމާއި، ހުމާއި އަދި ލޭ، ބެލުން ތާވަލު ކުރެވިފައިވާނެއެވެ. ލަސްނުކޮށް މިކަން ކަން ކުރުމަކީ ޒިންމާވާ ނަރުހުގެ މަސްއޫލިއްޔަތެކެވެ.

ބަލިމީހުންގެ ކަންކަން ތަރުތީބުން ކުރަމުން ގެންދިއުމާއި އެކު ފަރުވާތެރިމަކާއި އެކު ލިޔަމުން ގެންދިއުމަކީވެސް ވަރަށް މުހިއްމު ކަމެއްދޭން ޖެހޭ ކަމެކެވެ. އޮޅުން ނާރާނޭހެން ތަރުތީބުން ލިޔަމުން ގެންދިއުމަކީ ކޮންނިމޭ މަސައްކަތުގެ ސާފުކަން ދެންފެށޭ ޑިއުޓީ އަށް  އެނގުމަށް  ފަސޭހަވާނޭ ކަމެކެވެ. ވީމާ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދުވަހުގެ އެންމެ މުހިއްމު އެއްމަސައްކަތަކީ ޑޮކްޓަރުން ބަލިމީހުން ބެލުމަށް ފަހު ދެއްވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ހުރިހާކަމެއްވެސް ކޮށް ނިންމުމެވެ. ޑޮކްޓަރުންގެ އިރުޝާދުތަކުގެ ތެރޭގައި ބަލިމީހާގެ ހާލަތާއި ގުޅިގެން ހަދަންޖެހޭ ލޭގެ ޓެސްޓްތަކާއި، ސްކޭނާއި، އެކްސްރޭ ނެގުންފަދަ ކަންކަން ހިމެނެއެވެ. މިބައިތައް ފުރިހަމަ ކުރުމުގައި ޑޮކްޓަރު ދެއްވާފައިވާ އިރުޝާދާއި ގުޅޭ ގޮތަށް މިކަންކަން ކުރުމުގައި ނަރުހުން ސަމާލުކަމެއް ދޭންޖެހެއެވެ.

ބަލިމީހާގެ ހުރިހާކަމެއްވެސް ނިކަން ތަރުތީބުމަގުން ކުރުމުގައި ނަރުހުން އަވަދިނެތި ކުރަމުންގެންދާ މަސައްކަތަކީ ތައުރީފު ހައްގުވާނޭ ކަމެކެވެ. ހުރިހާ ކަމެއްކުރުމުގައިވެސް ވަކި ޤަވާއިދެއްގެ ތެރޭގައި ކުަރުަމަށް ސަމާލުކަމެއް ހަމަ ކޮންމެ ނަރުހަކުވެސް ދޭނެއެވެ. ކުރާ ހުރިހާ ކަމެއްވެސް ވަކި މިންގަނޑެއްގެ ތެރޭގައި ކުރުމަުގައި ނަރުހުންނަކީ ނަމޫނާ ބައެކެވެ. މީގެ މިސާލަކީ އުކާލެވޭ ހުރިހާ ކުނިބުނީގެ ބާވަތްތައް ވެސް ވަކިކޮށް ގެންގުޅުމުގައި ނަރުހުން ގެންގުޅޭ ތަރުތީބު ކަމެވެ. އެނދު ތަންމަތި އެޅުމާއި، ބަލިމީހާއަށް ތައާރަފް ވުމުގައިވެސް ނަރުހުން ގެންގުޅޭނީ ވަރަށް ތަފާތު ފަންނުވެރި ކަމެކެވެ.

ފަންނުން ފުރިފައިވި މި ފުރިހަމަ އިންސާނީ ޚިދުމަތުގެ ތެރޭގައި މަސައްކަތް ކުރަމުންދާ އެތަކެއް ނަރުހުންނެއް މިހާރު ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިި މަސައްކަތް ކުރެއެވެ. ކޮންމެ ނަރުހަކީވެސް ބަލިމީހާއަށް ވަރަށް ޝައުވެރި ކަމާއި އެކުގައި ފަރުވާ ދިނުމުގައި ވަގުތު ހޭދަ ކުރާނެ މީހެކެވެ. ހޭލާހުރެ، ބަލިމީހާގެ ފަރުވާގެ ޓީމްގައި  އެންމެ ގާތުން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ނަރުހުން މަސައްކަތް ކުރަމުން ދަނީ   ފަރުވާތެރިކަމާއި އެކުގައެވެ. އެތަކެއް ގޮންޖެހުންތަކެއް މަސައްކަތުގެ މާހައުލުގައި ދިމާވި ނަމަވެސް ނަރުހުން މިކުރާ މަސައްކަތަކަށް ފަސްޖެހުމެއް ނެތެވެ. ބަލިމީހާގެ ކަންކަން ހޭހަން ކުރުމުގައި ނަރުހުން މިވާ ގުރުބާނީގެ ބަދަލު ހެޔޮކަމެއް ގެ ގޮތުގައި ދެއްވުމަށް އެދި ﷲ ގެ މަތިވެރި ހަޟްރަތަށް ދުއާ ދަންނަވަމެވެ. ނަރުހުންނަކީ އެބައިމީހުން ގެ މަސައްކަތުގެ ތަރުތީބު ވަރަށް ރަނގަޅަށް ބަލަހައްޓަން މަސައްކަތްކުރާ ހީވާގި ބައެވެ. ޒަމާން ތަކެއް ކުރިން މިކަމަކީ ހަމައެކަނި އަންހެނުން އަދާކުރާ ވަޒީފާ އެއްގެ ގޮތުގައި ދިވެހިރާއްޖޭގައި އޮތްނަމަވެސް މިހާރު ދެޖިންސުގެ ޒުވާނުންވެސް މިމަސައްކަތަށް ދެމުން އަންނަ ޝައުގުވެރިކަން  ދަނީ އިތުރު ވަމުންނެވެ.

Share Article

Follow Me Written By

Fathimath Mohamed Fulhu

Other Articles

Previous

ހުޅުކޮޅު – ފަސްވަނަބައި

Next

ޒައިނާ – 1

Next
December 25, 2023

ޒައިނާ – 1

Previews
December 22, 2023

ހުޅުކޮޅު – ފަސްވަނަބައި

One Comment

  1. ismail ali says:
    December 25, 2023 at 5:32 pm

    v. furihama

Comments are closed.



All Right Reserved!