Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 6

Nadhoo
Nadhoo Level 1
November 23, 2023 6 Mins Read
12 Comments

” ޒަޔާން އެ ފިހާރައިގައި ހުރި އަންހެން ކުއްޖާ ދަންނަންތަ؟”  އެންމެ ފަހުން ކެތް ނުވެގެން އިފްރާއަށް އަހާލެވުނެވެ.

ޒަޔާން ބޯ ޖަހާލިއެވެ.

“އިފޫ އެއީ ލާރާ”

” އަހަރެން ،ލާރާ އަދި އަހަރެންގެ ބެސްޓު ފްރެންޑް އިކާން ސްކޫލްގައި އުޅުނީ ވަރަށް އެއްކޮށް ގްރޭޑް 10 ގައި ކިޔަވަމުން ދިޔައިރު އަހަރެން ލާރާ ދެކެ ލައިކްވާން ފެށި ފްރެންޑަކަށް ވުރެ ކްލޯޒްކޮށް ދެކެވެން ފެށުން 10 ނިންމާފަ އަހަރެން ރައްޓެހިވާން އެހުމުން ލާރާވެސް އަހަރެން ދެކެ ލައިކްވާކަމަށް ބުނި އަހަރެމެން ދެ ފެމިލީއަށްވެސް އެނގިގެން އަހަރެމެން ރައްޓެހިވެގެން އުޅުނީ އޭ ލެވެލް ނިންމާލާފައި އަހަރެން ކިޔަވަން ބޭރަށް ދިޔައީ އައިސް މެރީ ކުރަން ނިންމާފައި،ބޭރުގައި ހުރި އިރުވެސް ކޮންމެ ދުވަހަކު ދެތިން ފަހަރު ގުޅާ މެސެޖްކޮށްހަދަން މަންތްލީ އެނިވާރސަރީ އަދި ބާރތްޑޭވެސް ގަވެސް ބަރާބަރަށް ގިފްޓް ފޮނުވާ ހެދިން ދުރުގަ ހުއްޓަސް އަބަދުވެސް ވަރަށް ކެއާރ ކުރިން 2 އަހަރު ފަހުން އަހަރެން މުޅި ކޮލެޖުން އެއްވަނަ ހޯދައިގެން މާލެ އައިސް ލާރާގެ މަންމައަށް ގުޅައިގެން އެގެޔަށް ގޮސް އަހަރެން އަތުގައި އޮތް ޑަބަލްކީ އިން ލާރާގެ ރޫމުގެ ދޮރު ހުޅުވީ ލާރާއަށް ސަޕްރައިޒެއް ދިނުމަށް އެކަމަކު ސަޕްރައިޒް ލިބުނީ އަހަރެންނަށް ލާރާ އާއި އިކާން ތިބީ ލާރާގެ އެނދުގައި ދެމީހުން ކުރެ އެކަކު ގަޔަކުވެސް އެއްވެސް ފޭރާމެއް ނެތް އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ބެސްޓްފްރެންޑް ދެމީހުންވެސް އަހަރެންނަށް ބޭވަފާތެރިވީ އެގެއިން އެރޭ ނިކުމެގެން އައިގޮތަށް އަހަރެން ދުވަހަކުވެސް ލާރާ އަދި އިކާން ކޮބައިތޯވެސް ބަލާ ނުލަން އެ ފަހުން މިރޭ އަދި މިފެނުނީ… ” ޒަޔާން ވާހަކަ ނިންމާލާފައި ފުން ނޭވާއެއްލިއެވެ.

” އެހެންވެގެންތަ އަންހެން ކުދިންގެ އިހްސާސްތަކާކުޅެން ފެށީ ޕްލޭ ބޯއި އަކަށް ވެގެން”

” އާން އަހަރެން ހިތްހަމަޖެހޭ އެހެން އެކި އެކި ކުދިންނާ އެކު ޑޭޓަށް ގޮސް މަޖާކޮށްލާ އުޅެން” ޒަޔާން ބުނެލުމުން އިފްރާ ހިލިއެވެ.

“ޒަޔާން އަދިވެސް ލޯބިވޭތަ ލާރާ ދެކެ؟” އިފްރާ ލަދުން ހުރެވެސް ހިތުގައި ވީ ސުވާލުކޮށްލިއެވެ.

” ނޫން އިފޫ އެކަމަކު މިރޭ ލާރާ ފެނުމުން ވަރަށް އެއްޗިހި ހިތަށް އެރި އަހަރެންގެ ދިރިއުޅުމުން 4 އަހަރު ލާރާ އަށްޓަކާ އަހަރެން ހުސްކުރީމާވެސް މަށަށް ލަނޑު ދިން ހަނދާންވެފަ އަހަރެން އުޅުނު ހާލު ހިތަށް އަރާ ދެރަވީ އޭރުވެސް ލާރާދެކެ ލޯބިވީމޭ ނުބުނެވޭނެ. އެކަމް ލާރާ އާއެކީ ލައިފެއް ފަށަން ވިސްނިން އަހަރެން ވަރަށް އަވަހަށް ލާރާ އަހަރެންގެ ހިތުން ފޮހެލިން ވަން ވީކް ތެރޭ އަހަރެން އެކަމުން ނިކުތިން އެންޑް އަސްލު އަހަރެން ނުވޭ ލާރާމަތިން ހަނދާނެއްވެސް ފެނުނީމާ ހިތައް އުދަނގޫ ވީ ކުޑަކޮށް”

” ޒަޔާން އަހަރެންނާ ތި ވާހަކަތައް ހިއްސާކުރެވުމުން ޑޫ ޔޫ ފީލް ބެޓާރާ؟” އިފްރާ ސުވާލުކޮށްލިއެވެ.

” އަސްލުވެސް ވަރަށް ލުއި ވެއްޖެ އިފޫ ދެން ހިންގާ ގެޔަށް ދާން މަންމަމެން ތިބޭނޭ އަހަރުންގެ އިންތިޒާރުގައި ކެރަމް ކުޅެންވެގެން”

” ޒަޔާން އަބަދުވެސް މަންމަމެނާ އެކު ކުޅެން ތަ؟ ”

” ހޫން މަންމަމެންގެ އިތުރު ކުއްޖަކު ނުހުންނާތީ އަހަރެން ޖެހޭނެއެއްނު އެމީހުނަށް ވެސް ޓައިމް ދޭން އެކަމަކު އަހަރެން އަބަދުވެސް ބަލިވަނީ” ޒަޔާން ހީލާފައި ބުނި އެތިން އިފްރާއަށްވެސް ހެވުނެވެ.

“މިރޭ ނުވާނެ ބައްޔެއް” އިފްރާ ބުނެލިއެވެ.

” މިރޭ ކީއްވެ ނުވާންވީ އަބަދުވެސް މަންމަ ނޫނީ ބައްޕަ މޮޅުވާނީ އަހަރެން ވާނި ބަލި”

” މިރޭ ކުޅޭނީ ޑަބަލްސް އޭ ޒަޔާން އާއި އަހަރެން މަންމަ އަދި ބައްޕަ ޔަގީން މަންމަމެން ބަލިވާނެކަން އެހެން ނުނަސް އަހަރެން މީ ޗެމްޕިޔަން އެކޭ ކުޅިވަރު ހަބަރު ބަލައެއް ނޫޅެންތަ”

“އޯހް އެ ބުނާހެން އެންމެ ފަހުން ޗެމްޕިޔަން ކަން ހޯދީ އިފްރާ ރަޝާދު އެކޭ ދޯ….” ވާވް އަވަހަށް ހިންގާ މީ މަގޭ ފަހަރު” އިފްރާގެ އަތުގައި ހިފާލައިގެން ޒަޔާން ދުއްވައިގަތެވެ.

“މަންމާ،ބައްޕާ ކޮބާ ރެޑީތަ ކުޅެން އިފޫވެސް ކުޅޭނަމޭ ބުނީ” ޒަޔާން ގެއަށް ވަދެވުމާ އެކީ އެހެން ބުނެލިއެވެ.

“ދަރިފުޅާ މިރޭ ބައްޕަގެ ބޮލުގަ ރިއްސާތީ އުޅެނީ އަދި މަންމަވެސް ކަރުގަ ރިއްސާތީ އެހެން ރެޔެއްގަ ދޯ ކުޅޭނީ” ޒަޔާންގެ މަންމަ ބުނެލިއެވެ.

” އޯކޭ މަންމާ” އިފްރާ ބުނެލިއެވެ.

“މަންމާ،ބައްޕާ ނޯ މޯރ ޑްރާމާ ހިންގާ ކުޅެން… އިފޫ ކުޅޭތީ ބިރުން ދޯ ތި ފިލަން އުޅުނީ” ޒަޔާން އެހެން ބުނުމުން ހީލާފައި ޒަޔާންގެ މަންމަމެން ކުޅޭ މޭޒު ދޮރުގައި އިށީނެވެ. އެތަން ފެނިފައި އިފްރާ އަށް ވެސް ހެވުނެވެ.

” މިރޭ ކުޅޭނީ ޑަބަލްސް މަންމަޔާ ބައްޕަ އެއް ޓީމް އަދި އިފޫ އާ އަހަރެން އެއް ޓީމް ” ޒަޔާން ފޮނިވެލާފައި ބުންޏެވެ. ތިން ހަތަރު ފަހަރު ކުޅުނު އިރުވެސް މޮޅުވީ އިފްރާ އާއި ޒަޔާން އެވެ. ޒަޔާން ހީވަނީ އުފަލުން އެހެން ފަދަ ކަމެއް ހެންނެވެ.

” ދެން ނިންމާލަމާ މިރޭ ދެން ކިތަންމެ ވަރަކަށް ކުޅުނަސް ދަރިފުޅުމެން މޮޅުވާނީ އިފްރާ އަތުގަ ބޮޑު ފޮތި ޖެހުނީ ހުސްވީ އޯކޭތާ ބަލިވީ ވެސް ޗެމްޕިޔަން އަކާ ޖެހި ވީއްޔާ” މަޖާވެލާފައި ޒަޔާންގެ ބައްޕަ ބުނެލިއެވެ.

“މަންމާ… ބައްޕާ….. ވާހަކައެއް ބުނެލަން ބޭނުން ވޭ އެބަ މިރޭ އަހަރެން ދިޔަ ފިހާރަޔުކުން ލާރާ އާއި ދިމާވި އޭނާ ގޮވާލި އަހަރެން ނުބުނަން އަނގަޔަކުން ވެސް މިރޭ އިފޫއަށް ވެސް ކިޔާ ދީފިން ލާރާގެ ވާހަކަ އޭނާ އަހަރެންނަށް ބޭވަފާތެރި ވީ ގޮތް” ޒަޔާން ބުނިލިއެވެ.

” އެއްތާކު އުޅޭ އިރު އެހެން ދިމާވާނެ އަޅާނުލާ އެއީ ނިމިފަ އޮތް ބާބެއް ނު” ޒަޔާންގެ ބުރަކަށިގައި ފިރުމާލަމުން ޒަޔާންގެ ބައްޕަ ބުނެލިއެވެ.

” ލައްބަ އެކަމަކު ހުރިހާ ކަމެއް މަންމަމެންނާ ހިއްސާ ކުރާތީވެ އެވާހަކަވެސް ބުނެލީ ”

ޒަޔާން އާއި އިފްރާ އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި މައްޗަށް ދިޔައެވެ. ރޫމަށް ވަދެ ހަރުވާޅަކާއި ޓީޝާރޓެއް ލައިގެން އައިސް އިފްރާ ޑްރެސިންޓެބަލް ކުރިމަތީގައި މަޑުކޮށްލިއެވެ. ފާހާނާއިން ނިކުމެގެން އައި ޒަޔާން އަށް އިފްރާ ފެނުމުން ގޮސް ފަހަތުން ބައްދާލިއެވެ. އަދި އިފްރާގެ ކަނދުރާގައި މަޑުމަޑުން ބޮސްދިނެވެ. އިފްރާ އަށް ތެޅި ގަނެވުނެވެ. “ސޮރީ” ބުނެލާފައި ޒަޔާން ދުރަށް ދިޔައެވެ. ގޮސް އެނދަށް އަރާ ނިދަން އޮށޯތެވެ. ޒަޔާންގެ މިއަމަލުން އިފްރާ އަށް ސިހުން ގެނުވިއެވެ.

އިފްރާވެސް ގޮސް އެދަށް އަރާ ނިދޭތޯ ބެލިއެވެ. ނަމަވެސް ޒަޔާން އެހެން ދުރަށް ދިޔުމުން އިފްރާ ދެރަވިއެވެ. ޒަޔާން އިފްރާ އާއި ކާރިވާން އިފްރާ ބޭނުމެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައި ކުރިން އޮތަސް އިފްރާ އަށް މިހާރު ޒަޔާން ވަރަށް ހާއްސަ ވެއްޖެއެވެ. ޒަޔާން ގެ ފަރާތުން ލިބޭ ކުޑަ ކުޑަ ސަޕްރައިޒް ތަކާ އިފްރާގެ ކަންތައް އެހާ އަވަހަށް ދަސްކުރާތީ އިފްރާ އުފާވެއެވެ. ޒަޔާން އަށް އަންބެއްގެ ފަރާތުން ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމަށް އިފްރާ ހިތުގައި އަޒުމް ކަނޑަ އެޅިއެވެ.

” ޒަޔާން ތެދުވެބަލަ އަވަހަށް ފަތިސް ނަމާދަށް ބަންގި ގޮވަން އުޅެނީ” އިފްރާ ގޮވާލުމުން ލޯ އުނގުޅަމުން ތެދުވެ ޒަޔާން ފާހާނާޔަށް ވަނެވެ. ޒަޔާން ނިކުންނަން ވާއިރަށް އިފްރާ ޒަޔާންގެ ގަމިހަކާ އި ޖީންސެއް ނަގާ އެނދުމަތީ ބޭއްވިއެވެ. ފާހާނާއިން ނިކުތް ޒަޔާން އަށް އެ ހެދުން ފެނުމުން ހިނިތުން ވެވުނެވެ. ޒަޔާން މިސްކިތައް ދިޔުމުން އިފްރާވެސް ނަމާދުކޮށްލިއެވެ. އަދި ގޮސް އެނދުގައި އޮށޯތް ތަނާހެން ޒަޔާން އައެވެ. އިފްރާ ނިދާ ކަމަށް ހެދުނެވެ. ޒަޔާން ކައިރީގައި އޮށޯތުމުން އިރުކޮޅެއްފަހުން ނިދީގައި ކަމަށް ހަދާފައި އިފްރާ ޒަޔާން އާއި ކާރިވެލިއެވެ. ޒަޔާން އަށްވެސް އިފްރާގެ ކާރިޔަށް ޖެހިލެވުނެވެ. އިފްރާގެ މޫނުމަތީގައިވީ އިސްތަށިތައް ޒަޔާން ދުރުކޮށްލިއެވެ. އަދި އިފްރާގެ ނިތްކުރީގައި ޒަޔާން ބޮސްދިނެވެ. އެވަގުތު އިފްރާ ލޯހުޅުވާލިތަން ފެނުމުން ޒަޔާން ދުރަށް ޖެހެން އުޅުމުން އިފްރާ ޒަޔާންގެ އަތުގައި ހިފާލިއެވެ.

” ޒަޔާން ކިހިނެތް ވީ ފިލަން ތި ދުވަނީ” އިފްރާ ސުވާލު ކުރީ ޒަޔާންގެ ލޮލަށް ބަލަން ހުރެއެވެ.

“އިފޫ އަހަރެންނަށް ހަމަ ދުރުގަ ނުހުރެވެނީ އޭ އަހަރެން ވަރަށް ޓްރައި ކުރަން އެކަމަކުވެސް އަހަރެންނަކަށް ނޭންގޭ މިވާ ގޮތެއް” ޒަޔާން ބުނެލީ ވަރަށް މަޑު މަޑުންނެވެ. އަދި ތެދުވެގެން ގޮސް ސޯފާގައި ޖައްސާލިއެވެ. އެތަން ފެނިފައި އިފްރާ ގާތަށް ވަރަށް ރުޅިއައެވެ.

“ޒަޔާން ކިހިނެތް ވެގެން ތި އުޅެނީ އެއްފަހަރު ކާރިވާނެ ގަދަކަމުން ވިޔަސް އަނެއް ފަހަރު ކާރިވެފަ ފިލާނެ ” އިފްރާ ރުޅި އައިސްފައި ބުންޏެވެ.

” އަހަރެނަށް ކުރިން ނުވިސްނުނީ”

“އަހަރެން ބަލާނަން ތިތާ ދެން އޮވެވޭތޯ” އިފްރާ ރުޅިއައިސްގެން ނިކުމެގެން ގޮސް ވަނީ ބަދިގެޔަށެވެ. ވަދެ ރޮށިފިހެ ކުޅިމަސް ހަދާ ބިސްގަނޑު އަޅާ ހެދިއެވެ. ދެން ގޮސް އިފްރާ އޮފީހަށް ދާން ލާ ހެދުން އަދި ޒަޔާން އޮފީހަށް ދާން ލާ ހެދުމެއްވެސް އިސްތިރިކުރިއެވެ. އޭރު ޒަޔާން ފާހާނާއިން ނިކުންނަނީއެވެ. ތުވާލި އޮޅާލައިގެން ފާހާނާއިން ނިކުތް ޒަޔާންގެ ބޮލުން ފައިބަމުން ދިޔަ ފެންތިކިތައް މޫނުގައި ދުވެލާފައި ވެއްޓޭ މަންޒަރު ބަލާ ފޫހިނުވާހާ ރީއްޗެވެ. ޒަޔާންގެ ދޮން މަސްޖަހާފައިވާ ކަސްރަތީ ހަށިގަނޑަށް ބަލަން އިފްރާއަށް ހުރެވުނެވެ. އެވަގުތު އިފްރާގެ ހިތް އެދެމުން ދިޔައީ ގޮސް ޒަޔާންގެ އަތުތެރެޔަށް ވަނުމަށެވެ. އެރީތި މޭގައި ބޯ އަޅާލުމަށެވެ. މީގެ ކުރިން ޒަޔާން ދެކެ އައި ރުޅިއަށް ވީ ކިހިނެތްކަމެއްވެސް ނޭގުނެވެ. އިފްރާ އަށް އަދި އިހްސާސް ނުވިޔަސް އިފްރާގެ ހިތް ޒަޔާން ފަތަހަ ކޮށްފިއެވެ.

އިފްރާ ޒަޔާން ކައިރީ ސާ ހެދި ވާހަކަ ބުނެފައި ފާހާނާޔަށް ވަނެވެ. އެތަން ބަލަން ޒަޔާން އަށް ހުރެވުނީ ހެވިފައެވެ. ރުޅިން ހުރިއެއް ކަމަކު ޒަޔާންގެ ހުރިހާކަމެއް ކޮށްދޭތީ ޒަޔާން އުފާވިއެވެ. އިފްރާގެ ކޮންމެ އަމަލެއް ޒަޔާންގެ ހިތުގައި ފެވެމުން ދިޔައެވެ. ޒަޔާން އަށް އެކަން އިހްސާސް ވަމުން ދިޔައެވެ. އަހަރެން ދޫކޮށްލާފަ އިފްރާ ދާ ދުވަހަކުން އަހަރެން ކިހިނެތް އެކަނި އުޅޭނީ؟ ޒަޔާން ހިތަށް އެރިއެއްޗަކުން ޒަޔާންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެން ނަށް މިވަނީ ކިހިނެތްބާ؟ ޒަޔާން އަށް އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ.

ދެމީހުން އެއްކޮށް ސާބޮއެގެން އޮފީހަށް ދިޔައިވެސް އެކުއެކީގައެވެ. ފާހާނަޔަށް ދާން ދިޔަ އިފްރާއަށް ހުއްޓެވުނީ އޮފީހުގައި އުޅޭ ދެ އަންހެން ކުދިން ޒަޔާންގެ ނަން ކިޔާ އަޑަށެވެ.

” ރުވާ ޒަޔާން ސާރ މިހާރު ހާދަ ޗޭންޖް ވެއްޖޭ ދޯ؟ ކުރީގަ އަބަދު ބުނާނެ ކޮންމެވެސް ކުއްޖެއްގެ ހެދުން ރީއްޗޭ ނޫނީ ލިޕްސްޓިކް ކުލަ ނުގުޅެ އޭ އެކަމަކު އިފްރާ މޭމް އައިފަހުން ޒަޔާން ސާރ އަކަށް އެއްވެސް އަންހެން ކުއްޖަކު ނުފެންނަ ކަހަލަ ދޯ” ޒަހާ ބުންޏެވެ.

” ރަގަޅެއްނު އަހަރެން ކުރިންވެސް ހިތަށް އެރި އޭ އިފްރާ މޭމް އާ ދިމާކުރަން ފެށީ އަދި މުޅިން އެހެން ލެވެލް އަކުން ވީމާ އަހަރެމެންގެ ހެދުން ތަކަށް ކޮމެންޓް ކުރިޔަސް ދުވަހަކުވެސް ގަޔަކު އަތެއް ނުލައެއްނު” ރުވާ ބުނެލިއެވެ

އާން އަހަރެންގެ ފްރެންޑެއްވެސް ދިޔަ ޒަޔާން ސާރ އާ އެކީ ޑޭޓް އަކަށް ބުނީ ފިލްމެއް ބަލާފަ ކައިގެން ގެޔަށޭ ލީ ހަގް އެއް ވެސް ނުކުރެ އޭ….ހީ އިޒް އަ ގެންޓްލް މޭން އޭ މުޅި އޮފީހުގެ އެންމެންގެ ކުރަޝް މިވީ އިފްރާ މޭމްގެ ހަޒްބެންޑަށް ދޯ؟ ދަ ވޭ ހީ ލުކް އެޓް ހާރ އިޒް ސޯ ލަވްލީ ސޯ ހެޕީ ފޯރ ދެމް” ޒަހާ ބުނެލިއެވެ.

އެމީހުންގެ ވާހަކަތައް އަޑު އަހަން ހުރި އިފްރާ އަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ޒަޔާން އަށް އިފްރާ އެހެން މީހުންނަށް ވުރެން ހާއްސަކަން އެނގުމުން އިފްރާ ވަރަށް ހިތްހަމަޖެހުނެވެ.

މެންދުރު ކާން ދެމީހުންވެސް ދިޔައީ ގެޔަށެވެ. ކެއީ ޒަޔާންމެން މަންމަމެނާ އެކީއެވެ.

ރޭގަނޑު އަށެއް ޖެހި އިރު އިފްރާ ފެންވަރައިގެން ވަރަށް ރީތި ވިއެވެ. ރަތްކުލައިގެ ވަރަށް ވިދާ ފޮއްޗަކުން އޮތް ދިގު މެކްސިއެއްލައިގެން ގޮސް ލެޕްޓޮޕް ހިފައިގެން ސޯފާގައި ހުރި ޒަޔާންގެ ކުރިމަތީގައި އިފްރާ ހުއްޓުނެވެ. ” އިފޫ ތަނަކަށް ދާންތަ ހާދަ ރީތިވެގެން” ޒަޔާން އިފްރާ އަށް ބަލަން ހުރެ ސުވާލުކޮށްލިއެވެ. އިފްރާ ގޮސް ޒަޔާން ގެ ކައިރީ ސޯފާގައި އިށީނުމަށް ފަހު ޒަޔާންގެ މޫނަށް ބަލާލިއެވެ. ” ވަރަށް ގިނަ އަންހެން ކުދިން ގޮވައިގެން ޑޭޓް ތަކަށް ދިޔައީމެއް ނު އެކަމަކު ޔޫ ނެވާރ ޓޭކް މީ ” އިފްރާ ބުނެލީ ސިދާ ޒަޔާންގެ ލޮލަށް ބަލަން ހުރެއެވެ.

އިފްރާ އެހެން އަހާލުމުން ޒަޔާން ނެގީ ފޯނެވެ. ނަގާ ކައިވެނި ކުރުމުގެ ކުރިން ޒަޔާން އިފްރާ ކައިރީ ޑޭޓްއަކަށް ދާން އެދުނު މެސެޖް ދައްކާލިއެވެ. ” އިފޫ އަހަރެންނާ އެކު ދާން ބޭނުން ނުވީއެއްނު ހަމަ ސީންކޮށްލާފައި ބެހެއްޓީ” ޒަޔާން ކަންތައް ކުރި ގޮތުން އިފްރާ ގާތަށް ރުޅިއައެވެ.

” ތީގެ މާނަޔަކީ ނުގެންދާނަމޭ އެއްނު އަހަރެންވެސް ނޫޅެން މާވަރަކުން ޒަޔާން ވަރު މީހެއް ނެތިގެން ދާކަށް ބޭނުމެއް ވެސް ނޫން” އިފްރާ ރުޅި އައިސްގެން އެތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލާފައި ނިކުމެގެން ދިޔައެވެ.

އިފްރާގެ އަމަލު ހުރި ގޮތުން ޒަޔާން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އެހާ ރުޅި އަންނަން ވީ އެއްޗެއް ނުބުނެވޭ ކަން ޒަޔާން އަށް ހަމަ ޔަގީނެވެ. ޒަޔާން އަވަހަށް ހެދުމެށް ލައިގެން ތިރިޔަށް ދިޔައިރު އިފްރާ ފެންނަން ނެތުމުން ކަންބޮޑުވިއެވެ. އަވަސް އަވަހަށް ޒަޔާން އިފްރާގެ ބޭބެ އިފާން އަށް ގުޅާލިއެވެ އެގެޔަށް ދިޔަތޯ އަހާލުމުން ނުދާކަމަށް ބުނުމުން ޒަޔާން މުޅި މާލޭގައި ކާރު ދުއްވިއެވެ ނަމަވެސް އިފްރާގެ އެއްވެސް ނިޝާނެއްވެސް ނުފެނުވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ޒަޔާން އަނެއްކާވެސް ގެޔަށް ދިޔައެވެ. އަދިވެސް އިފްރާ ގެޔަށް ނާންނާތި ޒަޔާން ކެމެރާ ބެލީ ދިޔައީ ކިހިނެތް ތޯ ބެލުމަށެވެ. އިފްރާ ޓެކްސިއަކަށް އަރައިގެން ދިޔަތަން ފެނުމުން އެ ޓެކްސީ ސެންޓަރަށް ޒަޔާން ގުޅިއެވެ. އަދި ޑްރައިވާގެ ނަންބަރު ހޯދައިގެން ގުޅުމުން އެނގުނީ އިފްރާ ދިޔައީ ހުޅުމާލެޔަށް ކަމެވެ. އެ މީހާ އިފްރާ ބޭލި ތަނަށް ޒަޔާން ދިޔައެވެ. އެތާހުރި ގެސްޓު ހައުސް އިން ބުނީ އިފްރާ އެތަނަށް އައި ވާހަކައެވެ. އަދި ބޭރަށް ދިޔަ ވާހަކައެވެ. ޒަޔާން ކަން ބޮޑުވެގެން ހަދާނެ ގޮތެއް ނެތިފައި ކާރު ތެރޭގައި ހުއްޓެވެ.

ޒަޔާން ދެކެ އައި ރުޅީގައި ކާރަށް އަރައިގެން އައި އިފްރާ ގެސްޓު ހައުސް އިން ރޫމް ބުކް ކުރުމަށް ފަހު ބޭރަށް ނިކުމެގެން ގޮސް އަތިރިމަތީގައި ހުރުމަށް ފަހު އަނެއްކާވެސް ރޫމަށް ދިޔައެވެ.

ޒަޔާން އަނެއްކާވެސް އެތަނަށް އައީ އިފްރާ ރޫމަށް އައިވާހަކަ އެތާ މީހަކު ބުނުމުންނެވެ. އިފްރާ އަށް ނޭގުނުކަމަކީ އެ ގެސްޓް ހައުސް އަކީ ޒަޔާންގެ ތަނެއް ކަމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އައިނާ (3) 8

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތަރުވަނަ ބައި)

Next
November 23, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތަރުވަނަ ބައި)

Previews
November 21, 2023

އައިނާ (3) 8

12 Comments!

  1. vempire girl says:
    November 23, 2023 at 12:16 pm

    Maasha Allah mi part VX varah reethi 🤗 Next part kiyaalan libeyny konirakun thr???

    1. Nadhoo Nadhoo says:
      November 23, 2023 at 2:54 pm

      first commet is always special. and vaahaka reethi veema varah ufaavey. part 7 submit kohfin site in up kurihaa avahaka kiyaalan libeyne

  2. Ifoo says:
    November 23, 2023 at 12:22 pm

    Aww😍 ..vv reethi mi part vs maasha Allah ❤️..when next part?

    1. Nadhoo Nadhoo says:
      November 23, 2023 at 2:55 pm

      thank you ifoo,
      thihen ifoomen thibey thee ey nadhoomen kahala kudhinnah mi vaahaka liyeveni. submit kohlaifin 7 th vana bai ves

  3. Laiii😍 says:
    November 23, 2023 at 12:49 pm

    Hey Nadhoo,,,vr reethi mi part ves❤️.Ma Sha Allah❤️

    1. Nadhoo Nadhoo says:
      November 23, 2023 at 2:57 pm

      Hei Lai,
      Thank You for the love hama. 7 th part up kohfin

  4. love imko 💕💕 says:
    November 23, 2023 at 2:10 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

    1. Nadhoo Nadhoo says:
      November 23, 2023 at 2:58 pm

      imko kiyaalan libeyne kana gerenty eh nu. thank you vaahaka reethi veema

  5. Eekkkss says:
    November 24, 2023 at 6:16 pm

    Mi part ves varah reethi❤ when is next part?

  6. hot chocolate says:
    November 25, 2023 at 12:22 pm

    where is 7 th part

  7. Laiii😍 says:
    November 25, 2023 at 12:58 pm

    Adhives vaahaka up eh nuvey😥

    1. Nadhoo says:
      November 25, 2023 at 11:36 pm

      Yeah! Submit kohlaafa inaani Vedhaane kameh dhimaavy kamah ves avaha up vaane kamah umeedhu kuran

Comments are closed.

Next Episodeއިފްރާ 7←


All Right Reserved!