Skip to content
އެސްފިޔަ

ހިތް އަދު ރޮނީއޭ ނުދާށޭ – ފުރަތަމަ ބައި –

“މަންމާ!………މަންމާ!……” ލަޔާލް ދުވަމުން ހަޅޭއްލަވަމުން ސަލާމަތަށް އެދި ގޮވަމުން ދިޔައެވެ. އެހެނަސް، މެންދަމުގެ އެ ހަމަ ހިމޭން ނިދި ގެއްލުވާލައިގެން، ނިކަމެތި އަންހެން ކުއްޖެއް ސަލާމަތަށް އަންނާނީ ފަހެ ކާކު ހެއްޔެވެ؟

ލަޔާލް އޮފީހުން ނިކުތީ ވަރަށް ގިނައިރު ވަންދެން މަސައްކަތުގައި އިނުމަށްފަހު، ދެންހުރި ކަންތައް ފަހުން ނިންމާލުމުގެ ޚިޔާލު އައުމާއިއެކު ގެއަށް ދިއުމަށް ޓަކައެވެ. އޮފީހަކީ ޗާންދަނީ މަގުގައި ހުންނަ ތަނެއް ކަމުން، މަގު ހުރި ސީދަލަށް ވާގޮތަށް ލަޔާލް ހިނގައިގަތީ، ބަނޑުހައިވެފައި ހުރުމާއިއެކު އަވަހަށް ގެއާއި ހަމައަށް ފޯރާނެ ކަމުގެ އުއްމީދުގައެވެ. އަދި، އެއީ އޯކިޑް މަގުގައި ހުންނަ ލަޔާލްގެ ގެއަށް ދެވޭނެ އެންމެ ކުރު ރާސްތާއަށްވީމައެވެ.

ވަކިހިސާބަކުން ގޮތް ނޭގޭ ބަޔަކު، އައި ގޮތަސް އައިސް ލަޔާލް ގެ ގައިގައި ހިފައި ގަތެވެ. އެބަޔަކު އުޅުނީ އޭނާގެ އަތުގައި ހުރި އެތިކޮޅު ފޭރި ގަތުމަށް ފަހު، ލަޔާލްގެ ހަށިގަނޑުވެސް އެމީހުން ބޭނުންވާގޮތަށް ފޭރި ގަންނާށެވެ. ކަންދިމާކުރި ގޮތުން އެމީހުން ތިބީ، ބޭނުން ކޮށްފައިވާ އެއްޗެއްގެ ސަބަބުން ހަމައިން ނެއްޓިފައެވެ. އެހެންކަމުން ލަޔާލް ދެފަހަރަކު ސަލާމަތްވުމަށް ތެޅިގަނެފައި އެތަނުން އެކަކުގެ އަތުގައި ދަތް އެޅުމާއިއެކު، އޭނާ ގެނައި ހަރަކާތަކުން ދެން ހުރި މީހާވެސް ވިއްސައިގެން ދިޔައެވެ. ތަންވަޅު ބަލާފައި ލަޔާލް ކަރުގައި އަޅާފައިވާ ދޯޕައްޓާގައި އަރިމަތިން ގޮށެއް ޖަހާލުމަށްފަހު، ފައިވާން އަތަށް ނަގައިގެން ދުވަން ފެށިއެވެ.

“އޭތް… އޭތް….ސައްޕޭ….އެއޮށްނައްޓާލީ….” އެތަނުން އެކަކު ރަނގަޅަށް ހޭވެރިކަން ވެގެން ހަޅޭއްލަވަންފެށިއެވެ.

“ދެން އަތެއްނުވާނެ!…ފަހަތުން ދުވާނެ ކަމެއްނެތް!…” ދެން ހުރި މީހާ ފާޑަކަށް ތެދުވަމުން ބުންޏެވެ.

ލަޔާލް ދުވަމުން ދެވުނީ ކިހާހިސާބަކަށް ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ކުރިމަތިން އައި ސައިކަލެއްގައި ޖެހިފައި ލަޔާލް ވެއްޓުނެވެ. ނަސީބަކުން ސައިކަލު އައީ ވަރަށް މަޑުދުވެއެޔެއްގައެވެ.

“މަންމާ!…”.ލަޔާލް ބިރުން ހުރިވަރުން ކަރުގެ އެންމެ ހިމަ ނާރު ބުރި ވާ ވަރަށް ހަޅޭއްލަވައިގަނެވުނެވެ.

“ޝިޓް….މައި ފްލާރޒް…ޔޫ…”

ކުރިމަތިން އައި ސައިކަލުގައި އިން ޒުވާނާނުރުހުން ވެ ހުރި ނަމަވެސް ވަރަށް ހުޝިޔާރުކަމާއިއެކު، ލަޔާލް ކޮޅަށް ތެދުވުމަށް އެހީތެރިވެދިނެވެ.

“ވަޓް ދަ ހެލް ޔޫ ޑިޑް؟….މި މާތަކަކީ މަށަށް ހާދަ މުހިއްމު އެއްޗެކޭ!…ބަލައިގެން ނޫޅެވެންޏާ މަގުމައްޗަށް ނުނިކުންނާނީ އޭ!” އެ ޒުވާނާ ފަތި ފައްޗަށް އަމުނާލިއެވެ. އަދި އޭނާ އަތުން ވެރުން މާތައް ނަގައިގެން ފިރުމަންފެށިއެވެ.

ލަޔާލް އަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވެއެވެ. ހިލައިގެ ބުދެއްހެން ހުއްޓިފައި ހުރެވުނީއެވެ. ކުރިމަތިން މިފެންނީ ޙަޔާތުގައިވެސް ދުށުން އެންމެ އެދޭ މަންޒަރޭ އޭނާގެ ހިތް ބުނަމުން ދިޔައި ކީއްވެގެން ކަމެއް ނޭނގެއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކު ފެނުމުން ނުބެލޭ ވަރަށް މި ކުޑަ ކުޑަ ހިނދުކޮޅު ތެރޭ ބެލެމުން އެބަދެއެވެ. އެހާވެސް ބޮޑަށް އޭނާގެ ހިތް އޭނާގެ އަތުން ވީއްލިގެން ދުރަށް ދާން ފަށައިފިއެވެ. އެރީތި މެސްމެރައިޒިންގ ދެލޮލެވެ. ނުހަނު ފުރިހަމަ ތުންފަތެކެވެ.އޭނާ ވާހަކަ ދައްކަމުން ދިޔައިރު، އިލިކޮށް ކޮޅަށް ޖަހާފައި ހުރި އިސްތަށި ތަކަށް ވަމުން ދިޔަ ގޮތް ކަޅިޖަހާނުލައި ލަޔާލް ގެ ހިތުގައި ރައްކާކުރަމުން ދިޔައީ ލައިވް ޝޯވ އެއްގައި ވެސް ނުވާނެހައި ފުރިހަމައަށެވެ. އެންމެ އަޅައިގަތީ ވަރަށް މޮޑެލިންގ ގޮތަކަށް ސައިކަލުގައި އަތް އަޅުވާލައިގެން ހުރި ގޮތެވެ.ވާހަކަ ދައްކާލުންވެސް ހަމަ އެފަދައެވެ. ފިރިހެންވަންތަ އަޑެކެވެ.

“ހޭއި… ޔޫ… އަމް ޓޯކިން ޓު ޔޫ….މަންމަން ވީތަ އަނެއްކާ؟…” ޒުވާނާ ރުޅިވެރިނަޒަރަކުން ބަލާލުމާއިއެކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ލަޔާލް އަށް ހުވަފެނީ ދުނިޔެއިން ނިކުމެވޭ ވަރުވީ އެހާހިސާބުންނެވެ.

“އޯ…އަ….އަ…އަޅުގަނޑު ފަހަތުން….” ލަޔާލް އަށް އެހާހިސާބަށް ބުނެވުން ތަނުން އޭނާއާއި ދިމާކުރަމުން އައި މީހުންނަށް އެހިސާބަށް އާދެވިއްޖެއެވެ.

“އަވަސް….އަހަރެން ސަލާމަތް ކޮށްދީ!… ހެޔޮނުވާނެ….ހެޔޮނުވާނެ…އަވަސް…”ލަޔާލް އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ކުރިމަތީހުރި ފިރިހެން ކުއްޖާ އަވަހަށް ލަޔާލް އޭނާގެ ސައިކަލުގައި އޭނާގެ ފަހަތުގައި އިށީނުމަށް ބުންޏެވެ. ލަޔާލް ސައިކަލުގައި އިށީނުމާއިއެކު، ވައިސޫރިއެއް ދާހައި ބާރުމިނުގައި ޒުވާނާ ދުއްވާލިއެވެ. ލަޔާލް އަށް ބިރުން ލޯ މަރާލެވުނެވެ. މިރޭ މިކުރިމަތިވަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ އޭނާ ގެއަށް ދާން ނިކުތް ފަހުން މިވީ ކިހާ އިރެއް ކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން މި ޒުވާނާ، މއީ އަނެއްކާ ކާކު ބާއެވެ؟ ގަތްފައި ހުރި ބިރަށް ވުރެވެސް ބޮޑަށް މިޒުވާނާއާއި މިހާ ކައިރީގައި އިންނަން ޖެހުމުން، ހިތަށް ވަމުން މިދާގޮތް…. އާހް… އޭނާގެ ހިތް މިހާ ފަސޭހައިން ދޫވި ފަހަރެއް އަދި ނާދެއެވެ. ސްކޫލް ދުވަސްވަރުވެސް ފަހަތުން އައި އެތައް ކުދިންނަކަށް ރައްދު ޖަވާބު ދެމުން ދިޔަ ކަމީ އެތަނުން އެކަކަށްވެސް އޭނާގެ ހިތާއި ކުޅެނުލެވުނު ކަމުގެ ހެއްކެކެވެ. ނަމަވެސް، ދާދި ދެންމެއަކު ދިމާވި މީހަކަށް އިތުބާރުކޮށް މިހާ ދަންގަޑިއެއްގައި އޭނާ ބުނި ބުނުމަކަށް އޭނާގެ ސައިކަލު ފަހަތަށް އެރުނީތީވެސް ލަޔާލް ޙައިރާން ވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. ަަާޔަޝް

    އާތު ހާދަ މޮޅޭ ދޯ! ދެވަނަ ބަޔަކަށް އިންތިޒާރު ކުރަން

    1. Aathu
      ަަާޔަޝް

      ތޭންކްސް އޯލް ފޯރ ދަ ކޮމެންޓްސް….ފީޑްބެކް ތަކަށްވެސް ހަމަ މަރުޙަބާ!…އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޕްކޮށްދޭނަން.

  2. ޠާހީރާ

    އިލިކޮށް ކޮޅަށް މީގެ މާނައަކީ ކޮބާ.
    ވަރަށް ގިނަ ކުށް އެބަހުރި ވާހަކައިގެ ފެށުން ވަރަށް ރީތި އެކަމަކު އެހާލުގައިވެސް އަހެންކުއްޖާއަށް ލޯބިވެވިޖެ ދޯ……………..

  3. މޯޑް

    ހާދަ މެސްމަރައިޒިން ސްޓޯރީއެކޭ ދޯ.

  4. ސިފޫ

    ައަޅޭ ހާދަ ސަޅި އޭ

  5. Aathu

    ޝުކުރިއްޔާ ހުރިހާ ކުދިންނަށް..އަދި ފީޑްބެކް ތަކަށް ހަމަ މަރުޙަބާ!އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވާހަކަ އަޕް ކޮށްދޭނަން………

  6. ޒެން

    ވާހަކަ ހަމަ ވަރަށް ސަލީ..އެކަމަކު އެބުނާހެނަ އަދިވެސ ރަމގަލޫ ކުރެވޭނެ ….

  7. އަނީޒް

    މަވެސް ކުޑަ އެއްޗެއް ބުނެލަންތަ؟….ފުރަތަމަ ނަޒަރުން ލޯތްބެއް ނުވެވޭނެ..އެކަމަކު ލައިކް ވެދާނެ..އިންޝާ އައްލާޙް ތިވާހަކަ އަށް ރަނގަޅު ކާމިޔާބަކަށް އެދެން އައިޝް….

  8. ނަށް

    ހަމަ ހަބޭސް

  9. zeenaa

    Vaahaka varah reethi.

  10. pinky

    amazing

  11. pinky

    its amazing

  12. aana

    this is one of the best starting i have ever read

  13. shisha

    Haadha english bas gina eyyy dhivehi vaahaka ehgga…..btw nyc

  14. sdf

    fdg

  15. thorufiudhulhi

    Ehaa birunnhure meehehge sifayakah nubelheyne ..

  16. shaahaa

    V.salhi

  17. cher

    Nuuney birun huttas reethi myheh vejjiyya belidhaane..m saying it cx it hppnd wid me once..btw salhi starting eh story vx hama habeys..but kuh thankolheh Gina kan faahaga kureve and English words vx..anehhen hama best story eh thi feshy..adhi nudheken mi kahala starting eh ehves story akun..best of luck anyways

  18. Please?

    ?

  19. lulu86

    awsm.. never read a starting like this before…

  20. Juma

    Varah salhi

  21. reekko

    Varaa salhi…amazing

  22. Nihaa

    reethi dhen… I think u can do better

  23. karly

    Varah reethi

  24. nim

    kn irakun tha dhevana prt feanaani v vv vvvv salhi vaahaka alhay avas kohlabaa dhn vaane gothea kiyaa laahiyyvanii

  25. Sunny

    Nice starting. I like it

  26. saatey

    nice

Comments are closed.