Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ސީޒަން 1 އެޕިސޯޑް 2
Featuredހިތާމަލޯބި

ބިރާސް އެޕިސޯޑް 2

sotti Level 1
November 7, 2023 3 Mins Read
3 Comments

ބިރާސް

ސީޒަން-1 އެޕިސޯޑް-2

މާޒީގެ ތެރެއަށް ދުވަސްތައް ޣަރަގު ވަމުންދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. ކޮންމެ ދުވަހަކީވެސް ދިރިހުރުމަށް ކުރާ ހަނގުރާމެއް ކަމަށް ނިންމައިގެން ފަރުޖެއްސޭކަށް ނެތެވެ. އެއްބަޔަކު އުފަލާއި އަމާރުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރާއިރު ޒޯޔާގެ ދިރިއުޅުން ވަނީ ވާންވީ ގޮތެއް ނޭނގި އޮޅުން ބޮޅުންއެފައެވެ. މައިންބަފައިންގެ އުފަލައްޓަކައި ފެށި އަލަތު ކައިވެނި މިވަނީ ބޮއްސުން ލާފައެވެ. ނަމަވެސް މި ޝަކުވާ ކުރާކަށް ޒޯޔާއަކަށް ނުކެރެވެ. ފިރިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރި ކަމުގެ ބަދަލުގައި މިއަދު އެދަނީ އަނިޔާވެރިކަމާއި ނާންމާންކަން ލިބެމުންނެވެ. ޒޯޔާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަށްވެސް އިހުސާސް ނުވާ ކަހަލައެވެ. އަބަދުވެސް ކޮންމެވެސް ކަމަކަށް މީހާ ގޮސް ގެއްލި ހުސްވަނީއެވެ.

ހަފްތާތަށް ފާއިތުވަމުން ދިޔައިރު ޒޯޔާގެ ހަށިގަނޑަށް ބޮޑެތި ބަދަލް ތަކެއް އަންނަން ފަށައިފިއެވެ. ގިނައިން ކާހިތްހެ މުޅި މީހާއަށް ވަރުބަލިކަމުގެ އިހުސާސް ކުރެވި އަބަދު މޭނުބައި ކޮށްފައި ހުންނަކަން ފާހަގަ ކުރެވެންފެށިއެވެ. އަޒާން ގާތު ނުބުނެ ޒޯޔާ ހޮސްޕިޓަލް އަށް ދިޔައީ އޭނާގެ ފަރާތުން އެދެވޭނެ ޖަވާބެއް ނުލިބޭނެކަން ޔަގީން ވުމުންނެވެ.މެންދުރުގެ ހޫނުގަދަ ވަގުތެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލް ތެރެއަށް ވަދެގެން މަޑު ހިނގުމެއްގައި ހިނގާލަމުން ޒޯޔާ ދިއައީ ލިފްޓް އިން މައްޗަށް އެރުމަށްށެވެ. ނޫކުލައިގެ ޓޮޕްކޮޅުގައި ޒޯޔާ ފެންނަލެއް ވަރަށް ރީއްޗެވެ. މޫނުމަތީގައި ރަތްވެފައިހުރި ތަންތަން ފޮރުވުމަށް ކޮށްފައި ހުރި މޭކަޕުން މީހުންގެ ލޯމައްޗަށް އެކަން ވަނީ ޣައިބުވެފައެވެ. ނަމަވެސް ލޮލުގެ ނާޒުކު ކަޅިރަވައިން އެކަން ފެންނަން ހުއްޓެވެ. ހިތާމައާއި ހިތްދަތިކަން ކޮންމެވެސް ވަރަކަށް ފަހުމް ވެއެވެ. ލިފްޓުން އަރައި ދެވަނަ ފަންގިފިލައިން އެތެރެއަށް ގޮސް ކައުންޓަރުން މައުލޫމާތު ސާފް ކޮށްލުމަށްފަހު ގޮޑިގައި އިށީންދެލައި ހަމަޖެހިލީ ޓޯކަން ނަންބަރު ޖެހެންދެންނެވެ. ތިރީހަކަށް މިނެޓްފަހުން ޒޯޔާގެ ޓޯކަން ނަންބަރު ސްކުރީންއަށް އެރުމުން މަޑު ހިނގުމެއްގައި ގޮސް ޑޮކްޓަރުގެ ކޮޓަރީގައި ޖަހައިލުމަށްފަހު އެތެރެއަށްވަނެވެ. “އައްސަލާމް އަލައިކުމް،” ގޮޑިގައި އިށީންދެލަމުން ޒޯޔާ ޑޮކްޓަރާއި މުހާތަބުކޮށްލިއެވެ. “އާއިޝަތު ޒޯޔާ” ރަނގަޅަށް ދެއްތޮ މި ނަންގަނެވުނީ” ޑޮކްޓަރ ޒޯޔާ އަށް ބަލާލަމުން ނަންގަތެވެ. ޒޯޔާވެސް ކުޑަ ހިނިތުންވުމެއް ދެމުން އާއެކޭ ބުނެ އައިޑީކާޑު ދިއްކޮށްލިއެވެ. “ކުޑަކޮން އަޅުގަނޑަށް ކިޔާލަދެއްވަ ޒޯޔާއަށް ވާގޮތްތަށް” ވަރަށް ހަމަޖެހިލައިގެން އިނދެ ޑޮކްޓަރ ޒޯޔާއަށް ސަމާލުކަން ދެމުން ބުނެލިއެވެ. “އަޅުގަނޑަށް މި ފަހަކުން އައިސް ވަރުބަލިކަން އިހްސާސްކުރެވި އަބަދު މޭނުބައިކޮށް ހޮޑުލެވި ބޮލަށް ބަރުވެފައި ހުންނަނީ” ހާސްކަމާއި އެކު ޒޯޔާ ޖަވާބު ދިނެވެ. ” ކިހާ ދުވަހެއްވެއްޖެ މިގޮތަށް ވާންފެށިތާ . ގޭތެރޭގެ މާހައުލު ކިހިނެތް ދަނީ، މި ބުނީ މީހާ ސްޓްރެސްވެ މާބޮޑަށް ކަންކަމާ ވިސްނި އެކަހަލަ ކަންތައްތަކެއް ވޭތަ؟ ޑޮކްޓަރުގެ މި ސުވާލުން ޒޯޔާއަށް ކުޑަކޮން އުދަނގޫ ވާގޮތް ވެއްޖެއެވެ. ޖަވާބުގައި ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރު ވާލިއެވެ. ” ކައިވެނި ބައްލައިގެންތޯ އުޅުއްވަނީ” ޒޯޔާގެ މޫނަން ބަލާލަމުން ޑޮކްޓަރު ސުވާލު ކޮށްލިއެވެ. ” ލައްބަ ،” ކުރު ޖަވާބެއް ދެމުން ޒޯޔާ އިސްޖަހައިލިއެވެ. ” އަޅުގަނޑަށް ފެންނަނީ ބްލަޑް ޓެސްޓެއް ހައްދަވާލަން ” ފަހަރުގައި މާބަނޑު ވުމުންވެސް ތިހެން ވެދާނެ، އެކަމުވެސް ޓެސްޓެއް ނުހައްދަވައި އަޅުގަނޑަށް އެއްޗެއް ދަންނަވަން ދަތިވާނެ، އެހެންވީމާ އަޅުގަނޑު ދޭނަން ޓެސްޓެއް ހައްދަވަން ، ޓެސްޓް ހައްދަވާފއި ރިޒާލްޓް ހިއްޕަވައިގެން ވަޑައިގަންނަވާ.” ޑޮކްޓަރުގެ މި ޖުމްލަތަކުން ޒޯޔާއަށް އުނދަގޫ ވާންފެށިއެވެ. ރިއެކްޓް ކުރާނެ ގޮތެއް ނޭންގި މިހާ ހުއްޓުން އެރިއެވެ. “ޒޯޔާ ، އާރޔޫ އޯކޭ” ޑޮކްޓަރު ދެފަހަރަކަށް ގޮވާލުމުން ޒޯޔާއަށް ހޭވެރިކަންވިއެވެ. ޓެސްޓް ހެދުމަށް އެޕޮއިންޓްމަންޓް އެއް ނެގުމަށް ރިސެޕްޝަންނަށް ދިއުމަށް އިރުޝާދު ދިނުމުން ޑޮކްޓަރުގެ ކޮޓަރިން ނިކުމެ ޒޯޔާ ހިނގައިގަތީ ބިރުގަންފައިވާ ހިތަކައިގެންނެވެ. ބްލަޑްޓެސްޓް ނުހެދުމަށް ނިންމުމަށްފަހު ހޮސް÷ޕިޓަލް އިން ނިކުމެ ކުރިމަތީހުރި ބޭސްފިހާރައަށް ވަނުމަށް ފަހު ޕްރެގްނެންސީ ޓެސްޓްކިޓެއް ގަތުމަށްފަހު ގެއަށް ދާން ހިނަގއިގަތީ އަޒާން ގެއަށް ދިއުމުގެ ކުރިން ގެއަށް ދިއުމަށްށެވެ. އެހެން ނޫންނަމަ އެފަކީރަށް އަރުވާލާނެ ވަރު އިހްސާސްވެސް ނުކުރެވޭނެއެވެ.

ފާހަނާގައި ހުއްޓިލައިގެން ހުރެ އަތުގައިވާ ކިޓުގައި ބާރަށް ހިފަހައްޓަލައިގެން ހުރި އިރު ޒޯޔާގެ އިންތިޒާރުގެ ހިތް ތެޅެމުންދިޔައެވެ. ޓެސްޓްގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައިރު ކޮންމެ ސިކުންތަކީވެސް ދިގު ދެމިގެންދާ އެއްޗަށް ވެއްޖެއެވެ. ޒޯޔާއަށް އަނގަމަތި އަތް އަޅާ ދެލޯ ބޮޑުކޮށްލެވުނީ އަތުގައިވާ ކިޓުން ދެ ރޮނގުކޮޅު ރީއްޗަށް ފަހުމްވާން ހުރުމުންނެވެ. އަހަރުތަކެއް ވަންދެން އިޙްސާސް ނުކުރެވިހުރި ހުރިހާ އުފާތަކެއް އިޙްސާސް ކުރެވެމުން ދިޔަ ކަހަލައެވެ. ބޭއިހްތިޔާރުގައި ލޮލުން ފާއްދާލި ކަރުނައާއެކު ޒޯޔާ ކަކުލަށް ތިރިވެވުނެވެ. ނަމަވެސް އަޒާން ދަރިއަކު ހޯދުމަށް އެއްބަސްވާނެހެއްޔެވެ.؟ ޒޯޔާ އާއި ދޭތެރޭ ކަންތައްކުރަމުން އައި އައުން އެއްކޮން ނިމުމަކަށް ގެނެސް ރީތި ދިއުޅުމެއް ޒޯޔާއަށާއި ލިބެން އުޅޭ އަލަތު ދަރިފުޅަށް ހޯދައިދޭނެ ބާއެވެ. ޒޯޔާގެ ހިތުގައި މި ހުރިހާ އިހްސާސްތަކެއް އެފަހަރާ ހިނގަމުން ދިޔައެވެ. ފާހަނައިން ނިކުމެގޮސް އެނދުގައި ޖައްސާލީ ސިނކުޑީގައި އެބުރެމުންދާ ނުތަނަވަސް ކަމަށް ކުޑަލުޔެއް ހޯދުމުގެ މަގުސަދުގައެވެ. ދެލޯ މަރައިލާ ބާލީހުގައި ހިފާ ބައްދާލުމަށްފަހު ކުޑަކޮން ނިދޭތޯ މަސައްކަތް ކުރިއެވެ.

ފޯން ރިންގުވާ އަޑަށް ޒޯޔާއަށް ހޭލެވުނެވެ. ދެލޯ އުނގުޅަލައި ފޯނަށް ބަލައިލި އިރު އަޒާންގެ ކޯލްއެއްކަން އެނގުމުން ޖެހިލުންވެ ހުރެ ފޮނަށް ޖަވާބު ދިނެއެވެ. “ހަލޯ މިރެއަށް ކައްކާނެ ކަމެއް ނެތް އޮފީސް މީހުންނާއެއްކޮން ބޭރުން ކައިގެން ގެއަށް ދާނަން. ހަލޯ، އަޑުއިވޭތަ؟” ދެވަނަ ފަހަރަށް އަޒާން ގޮވާލުމުން ޒޯޔާ ލައްބައޭ ބުނެ ކޯލް ކުރުކޮށްލީ އަޒާންގެ އަޑުގައި ހުރި ރުންކުރުކަން ފާހަގަ ކުރެވުމުންނެވެ. ދެފައި ވައްކޮށްލާ އެނދުމަތީގައި ހަމަޖެހިލައިގެން އިށީންދެލުމަށްފަހު ޒޯޔާ މަންމަގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ފޯން ނެގިކަން އެނގުމުން ޒޯޔާ ހާސްކަމާއެކު ވާހަކަ ދަންކަން ފެށިއެވެ. ހަލޯ  “މަންމާ ، އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން” ތެޅެމުންދިޔަ ހިތަކާއި އެކު ޒޯޔާ އަވަސް އަވަހަށް ވާހަކަ ދައްކަމުން ދިޔައެވެ. “ދަރިފުޅާ ، ކަމެއް ގޯސްވީތަ؟ ނިކަން ހަމަޖެހިލައިގެން ވާހަކަ ދައްކަބަލަ، ނައީމާާ ވަރަށް ލޯބިން ޒޯޔާއާއި މުހާތަބު ކޮށްލިއެވެ. ” މަންމާ އަހަރެން ، އަހަރެން ބަނޑުބޮޑު،” ޒޯޔާ ގެ މި ޖުމްލަ ނުނިމެނީސް ނައީމާ އުފަލުން ހަޅޭއް ލަވައިގަތެވެ. ދެމައިން އެތަށް އިރެއް ވަންދެން ވާހަކަ ދެއްކިއެވެ. ނަމަވެސް އަޒާން ކަންތައް ކުރާގޮތުގެ ވާހަކަ ދައްކާނެ ހިތްވަރެއް ޒޯޔާއަކަށް ނުލިބުނެވެ. ނަމަވެސް މިރޭ އަޒާން ގާތު އަޒާން ބައްޕައަކަށް ވާންއުޅޭ ކަމުގެ އުފާވެރި ހަބަރު ޒޯޔާ ދޭނެއެވެ. ތެޅިތެޅި އޮތް ހިތަކާއެލު ނަމަވެސް މިވާހަކަ ބުނަން ޒޯޔާއަށް މަޖުބޫރެވެ. ނަމަވެސް ދެން މި ހިސާބުން ކަންތައް ވާނެ ގޮތް ހުދު ޒޯޔާއަށްވެސް އިޙްސާސް ކުރަން ދައްޗެވެ………..

 

 

Share Article

Follow Me Written By

sotti

Level 1

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 47

Next

އިފްރާ 1

Next
November 7, 2023

އިފްރާ 1

Previews
November 7, 2023

ދިރުމެއްނެތް ދިރިއުޅުން 47

3 Comments!

  1. vempire girl says:
    November 7, 2023 at 12:38 pm

    Maasha Allah mi part vx varah reethi… Next part konirakun???

  2. Ifoo says:
    November 7, 2023 at 5:52 pm

    Maasha Allah Vv reethi mi part vs❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊
    When next part kiyaalan libeynee?

  3. love imko 💕💕 says:
    November 7, 2023 at 9:24 pm

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.



All Right Reserved!