Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަބިރުވެރިލޯބި

ބިރާސް

sotti Level 1
October 29, 2023 2 Mins Read
8 Comments

                               ބިރާސް

ސީޒަން-1 އެޕިސޯޑް-1

ފޯނުގެ އެލާމުގެ އަޑަށް ޒޯޔާއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ބަރުވެފައިވުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއް ގައިގައި ނެތެވެ. މުޅި ކޮޓަރި ހީވަނީ މީހާއާއި އެކު އެނބުރޭހެންނެވެ. އެހެނަސް ހިތްވަރު ކޮށްލުމަށްފަހު ތެދުވެ ފާރުގައި ހިފަހައްޓާލުމަށް ފަހު ސަޕޯޓެއް ހޯދައިލީ ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.އެފަނޑު އަލިން މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ޒޯޔާގެ ހަޔާތަށް އެޅިފައިވާ ފަދަ ހިތްތަދިކަމަކާއި އެކަނިވެރިކަމެވެ. ޑްރެސިންގް ޓޭބަލް ކައިރިއަށް ގޮސް ހުއްޓުންއަރައި ޒޯޔާއަށް އޭނާގެ ރިވެލި ފެނިލިވަގުތު ކެތްތެރި،ނިކަމެތި އަންހެނެއްގެ ފަނޑު މޫނެއް ހާމަވެގެން ދިޔައެވެ. އެވަގުތު ކަރުނައަށްވެސް ނެކަން އެނގުން ފަދައެވެ. ހިފެހެއްޓުމެއްނެތި ކޯތާފަތުގައި ބީހެމުން ކަރުނަތަށް އޭގެ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކޮށްފިއެވެ. ކަރުނަތަށް ފޮހެލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގޭތޯ މަސައްކަތް ކުރިއެވެ. އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއްވެސް މަޑުމައިތިރި ކަމާއެކު އެކު އަޅަމުން ދިޔައީ ކުރަމުންދިޔަ ވޭން ފޮރުވޭތޯއެވެ. ކުއްލިއަކަށް އަޒާން (ޒޯޔާގެ ފިރިމީހާ) ފާހަނައިން ނިކުމެގެން އައީ ކުށެއްނެތް ފޭރާމަކުން ފޭރާން ލައިގެންނެވެ. ރޭގައި ހިނގި ހާދިސާއަކީ ހަމައެކަނި އުނދަގޫ ކުރުވަނިވި ހުވަފެނެއްގެ ކަމަކަށް ހަދައިގެންނެވެ. ކުރިންވެސް ދަސްކޮށްފައިވާ ހިނިތުމެއްގެ ހިނިތުންވުމެއް ދައްކައިދެމުން އައީ އޭނާކުރާ ހުރިހާ ކަމަކީވެސް ވަރަށް އާދައިގެ ކަމެއްކަން ދައްކުވަމުންނެވެ.

ހެނދުނުގެ އާންމު ރޫޓިން ކުރިއަށް ދިއައިރު ދެމީހުންގެ ދެމެދުގައި ދުރުހެލިކަމުގެ ބެލްޓެއް އެޅިފައިވާކަހަލައެވެ. ނުދައްކާ ވާހަކަތަކުން މާހައުލުފުރި ބަންޑުންވަމުންދިޔައެވެ. އިހުސާސްތަކުން މުޅި ވައިގެތެރެ ބަނަކުރަމުންދިޔައީ އެކަކުވެސް ފަޅާ އަރުވަން ބޭނުންނުވާ ނާޒުކު ވާހަކަތަކެއް ހަނގުރާމައެއް ފަށަން ތައްޔާރު ވަމުން ދިޔަ ދިއުމަކަށްށެވެ. އެއީ އަޒާން ކޮންމެ ރެއަކު ކުރަމުން އައި ޕާފޯމެސްތަކެވެ. ރެއަކަށްފަހު ރެއެއް އެ ޕާފޯމެންސް ތަކުގެ ކޮލެޓީ އައީ ރަނގަޅުވަމުންނެވެ. ނަމަވެސް އެ ކޮޓަރިން ބޭރުގައި މީހުންތެރޭގައި އަޒާން އެ ޕާފޯމެންސްއެއް ނުދައްކަތެވެ. އެހެނަސް  ޒޯޔާއަށް އެ ކަމުން ވަރުބަލި ކަމާއި ނާމާންކަން ލިއްބައިދޭ ކަމަށް ވިއެވެ. އުފަލާއި އަރާމުން މުޅި މިހާ އެއްކިބާ ކޮށްލިއެވެ. އިތުބާރު ކުރަންވި ކާކަށް ކަމެއް ނޭންގޭ ހިސާބަށް މިކަމުން މީހާ ގެންގޮށްސިއެވެ. އަޒާން ޕާފޯމެންސް މިކުރީ ދުވަހަކުވެސް މީހަކު އޮޑިޝަން ނުދޭ ރޯލަކުންނެވެ.

އިރުއޮއްސި އިރު އުޑުމައްޗަށް ޣަރަޤުވެ، ދުވަސް ރޭގަނޑަށް ފަނޑުވަމުން ދިޔައެވެ. އޮފީހުގެ މަސައްތަކަށް ނިއްމާލުމަށްފަހު އަޒާން އެނބުރި ގެއަށް އައެވެ. ވަރަށް ފަރުވާތެރިކަމާއެކު ރޭގަނޑުގެ ކެއުން ތައްޔާރުކުރުމައިގެން ޒޯޔާ ހޭލަމޭލިވެ އުޅުނެވެ. އަޒާންއަށް  ކަމުދާނެ ކެއުމެއް ތައްޔާރުކުރުމަށް މަސައްކަތް ކުރި ނަމަވެސް ސުފުރާމަތި ތައްޔާރު ކުރިއިރު ޒޯޔާގެ ހިތުގައި ހާސްކަން ދެމިއޮތެވެ. ކެއުމަށް އިންސާފުކުރުމަށް އަޒާން ގާތު ބުނުމަށްފަހު ޒޯޔާ އައިސް މޭޒުގެ އެއްފަޅީގައި އިން ގޮޑީގައި އިށީންދެލިއެވެ. “ކޮންކަލަހަ ރިހައެއް މީ” ގޮޑިގައި އިށީންދެލަމުން އަޒާންގެ ސުވާލެއް ޒޯޔާއަށް އަމާޒުކޮށްލިއެވެ. “ކުޅި ރިހަ “އިސްޖަހައިލައިގެން އިނދެ ޒޯޔާ ޖަވާބު ދިނެވެ. ރޮށި ވިނުވައި ރިހަ ފޮދެއް އަޅައި ރަނގަޅަށް މޮޑެލުމަށްފަހު ފުރަތަމަ ސުވާ އަނަގައަށް ލާ ޒޯޔާ އާއި ދިމާލަށް އެއްލި ކަޅިން ޒޯޔާ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. “މި ކުރާ ޖެއްސުމެއްތަ ނުނީ ކަލޭއަށް އެއްކަމެއްވެސް ކުރަން ނޭންގެނީތަ؟  އެއްޗެއް ކައްކަން ހަވާލު ކޮށްފިއްޔާ ރަހެއް ލަނީކީނޫން. އެދުމައްޗަށް އަރައިފިއްޔާ އެތާންގަ ކަމެއް ވަނީކީނޫން. ކަލޭތީ އެއްކަމެއްވެސް ކުރަން އެނގޭ މީހެއްނޫންދޯ؟ ” މިއަދު ވާނެ މި ރިހަ ކަލޭވެސް ރަހަބަލަން، ” އަޒާން ގެ މި ހަރު ބަސްތަކުން ޒޯޔާގެ ދެލޯ ތެއްމަމުން ދިޔައެވެ. ކަރުނައަށްވެސް ކެތްކުރެވޭނީ ވަރަކަށް ނޫންހެއްޔެ؟ ކުއްލިއަކަށް އަޒާން ރިހަތަށި ހިފައިގެން އައިސް ޒޯޔާގެ ބޮލަށް އޮއްސާލިއެވެ. އިސްތަށި ގަނޑުގައި ހިފައި ދަމައިގަން ވަގުތު ގޮނޑިއާއެކު އެފަކީރު ގޮނޑިން ވެއްޓުނެވެ. ނަމަވެސް އެއްވެސް ކަމަކަށް ބެލުމެއްނެތި ބޮލުގައި ހިފައި ދަމަމުން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. އަޑުން އަޑުނަގާ ޒޯޔާ ރޮމުން ދިޔައެވެ. “އަހަންނަށް ތިހެން ނުހަދާ ހެޔޮނުވާނެ، މަންމާ ، ބައްޕަ، އަހަރެން ސަލާމަށް ކޮށްދީ” ޒޯޔާ ސަލާމަތަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް މޫނުމަތީގައި ޖެހިލެއް ބާރުކަމުން މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ދެންވީގޮތެއް ހުދު ޒޯޔާއަކަށްވެސް ނޭންގުނެވެ. ހޭވެރިކަމެއްވީ މީހަކު ބާރު ޕްރެޝަރުގައި ގަޔަށް ފެންޖަހަން ފެށުމުންނެވެ. އެއިރު އަޒާން ޒޯޔާ ގަޔަށް ޝަވަރުން ފެންޖަހަމުންދިޔައެވެ. “ދެންވެސް އަހަރެން ރުޅި ނާރުވާތި، އަދި މީ ކުޑަވަރެއް” މިހެންބުނެ ޝަވަރު ބަންދުކުރުމަށް ފަހު ފާހައިން ނިކުމެގެން އަޒާން ދިޔައީއެވެ. ޒޯޔާއަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. އަމިއްލަ ނިކަމެތި ހާލާމެދު  ވިސްނާލުމުން ހިތްކުދިވި  ކަހަލައެވެ. މިއީ ކޮންމެ ދުވަހަކުވެސް ޒޯޔާ ތަޖުރިބާ ކުރަންޖެހޭ ހިތްތަދިކަމެވެ. ޒޯޔާއަށް މި އަނިޔާތަކަށް ކެތްކޮށްގެން ހުރެވޭނީ ކިހާދުވަހަކު ބާއެވެ. މި ހިތްދަކި ޖަލުގެ ތޭރިތަކުތެރޭގައި ޒޯޔާ މުޅިއުމުރު ހޭދަ ކުރާނެ ހެއްޔެވެ؟ އަމިއްލަ އާރާއި ބާރު ހޯދަން މަސައްކަތް ނުފަށައި ހުރީ ކޮން ކަމެއް ހާސިލް ކުރަން ހެއްޔެވެ؟ ޒޯޔާގެ މަޑުމޮޅި ކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއް ބާއެވެ…

 

 

Share Article

Follow Me Written By

sotti

Level 1

Other Articles

Previous

އައިނާ 3 (5)

Next

ދިރުމެއްނެތް ދިރިއުޅުން 44

Next
October 29, 2023

ދިރުމެއްނެތް ދިރިއުޅުން 44

Previews
October 27, 2023

އައިނާ 3 (5)

8 Comments!

  1. Ifoo says:
    October 29, 2023 at 8:45 pm

    Vv reethi mi part vs Maasha Allah ❤️.. When next part

    1. Anonymous says:
      October 29, 2023 at 9:20 pm

      IA next week same day ga

  2. Midhu says:
    October 29, 2023 at 9:29 pm

    An interesting start. Barry much Looking forward for the next chapters. Keep posting. ♥️

  3. Cherry says:
    October 29, 2023 at 9:40 pm

    Very interesting . Please post next chapter soon. Ma sha Allah… ❤

  4. love imko 💕💕 says:
    October 30, 2023 at 6:02 am

    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu

  5. vempire girl says:
    October 30, 2023 at 4:09 pm

    Maasha Allah mi part ves varah varah reethi….. Ehn v ma ummeedhu kurany kuriah huri baithah vx varah reethi vaane kamah…. When is next part????

    1. SOTTI says:
      October 31, 2023 at 6:24 am

      IA next week ga upload kuraanan

  6. ell says:
    November 2, 2023 at 1:16 pm

    Masha Allah hunaruveri liyuntherieh. Looking forward for the next episode

Comments are closed.



All Right Reserved!