Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ފުރަތަމަ ލޯބި

Hijabi
Hijabi Level 1
September 17, 2023 2 Mins Read
5 Comments

މާލޭ މާފަންނުގައި ހުރި ގެއެއްގެ އަށްވަނަ ބުރިއެވެ. ވާރޭކެރިތައް ބިމަށް ވާސިލުވަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ކޮފީތަށި ހިފައިގެން ހިޔާކޮށްފައިވާ ބެލްކަންޏަށް އަހަރެން ނިކުތީ މަންޒަރު ބަލާލުމަށެވެ. މަގުތަކުގައި އެކި ކުލަކުލައިގެ ކުޑަހިފައިގެން އުޅޭ މީހުން ވަރަށް ގިނައެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިން ގަސްތަަަށް ހެލެމުންދިޔައީ ބިރުވެރިގޮތަކަށެވެ. މިދުވަސް އަހަރެންގެ މާޒީގެ ސަފުހާއަކާ ވަރަށް ވައްތަރެވެ. އެކަމަކު މިއަދު މަދީ އޭނައެވެ.

ކުޑައިރުއްސުރެ އަހަރެމެން ދެމީހުންނަކީ ގާތް ރަހުމަތްތެރީންނެވެ. “ބެސްޓް ފްރެންޑްސްއެވެ.” ވާހަކަ ނުދެކެވޭ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ދިޔަނަމަވެސް ވީގޮތެއް ނުބަލައި ނިދަންވެސް އުނދަގޫވާނެއެވެ. ކޮންމެ ތަނަކަށް ދަނީވެސް އެކީގައެވެ. އަހަރެމެން މިހެން އުޅޭތީ މީސްމީހުންގެ ފާޑުކިޔުން އަހަރެމެންނަށް އަމާޒުވެއެވެ. އެކުގައިވިހައި ދުވަހެއްގައި އެއިންއެއްވެސް ފާޑުކިޔުމަކީ އަހަރެމެން އަޅާލިކަމެއްކަމުގައި ނަހަދަމެވެ.

ފުރާވަރު ދުވަސްވަރަށްއެޅިއިރު އޭނައާދޭތެރެ އަހަރެން ދެކެމުންއައިގޮތް ބަދަލުވާކަން އަހަރެންނަށް އިހްސާސްކުރެވެން ފެށިއެވެ. އޭނާ ހީލާގޮތް ކަމުދަންފެށިއެވެ. އަހަރެންގެ ނަމުން ގޮވާލުމުން ހިތުގެ ވިންދު އަވަސްވާން ފަށައެވެ. އެކަމަކު އެކަން އެއްވެސް މީހަކަށް އިނގޭކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެކުވެރި ބައެއް ފިރިހެން ކުދިންނާ އެވާހަކަ ހިއްސާކޮށްލަން ހިތަށްއެރިވެސްމެއެވެ. ނަމަވެސް މަސްލަހަތައްޓަކައި މަޑުކޮށްގެންހުރީއެވެ. އަހަންނާ ދޭތެރޭ އޭނަ ދެކޭގޮތެއްވެސް ނޭނގެއެވެ. އަހަރެމެން ގުރޭޑު 12ގައި އުޅުނުއިރު އަހަރެން އޭނަޔާ ގަޔާވާ ވާހަކަ ތުންތުންމަތިން އޭނައާ ހަމަޔަށްދިޔައެވެ. އެވާހަކަ އަޑުއިވުނުކަމަކަށް އޭނާ ނެހެދިއެވެ. ނުވިތާކަށް ތެދެއްތޯ ބަލައިލަން އަހަރެން ގާތު އަހައިވެސް ނުލިއެވެ. އެހެންނޫނަސް އޭނާ އެއީ އަހަރެން ގާތު އެފަދަ ވާހަކައެއް ދައްކައިފައިވާ މީހެއްވެސް ނޫނެވެ.

ސުކޫލް ނިމުމުން އަހަރެމެން ބޭރަށް ކިޔަވަން ދިޔައީ އެއް ކޮލެޖަކަށެވެ. އޭނާ ދެކެ އަހަރެންވަނީ “ލޯބި” ކަން އަހަރެންނަށް ޔަގީންވާންފެށީ އެހިސާބުން ފެށިގެންނެވެ. އަހަރެމެން އުޅުނީ އެއް ދަނާލެއްގައެވެ. ބަންދު ދުވަސްދުވަހު ހިނގާލަންވެސްދަމެވެ. އެކުވެރިންނާއެކު ޕާކަށް ގޮސް ޕިކްނިކްވެސް ހަދަމެވެ. މިހެން އެއްފަހަރުގޮސް އުޅުމުގެތެރޭގައި ވިނަގަނޑުތެރެއިން ހިނގާފައި އަންނަނިކޮށް ގަލަކު އަޅައިގަނެފައި އޭނާ ވެއްޓެންދިޔައެވެ. ނަސީބަކުން މާ ދުރުނޫންހިސާބެއްގައި އަހަރެން ހުރީމެވެ. އެކަމަކު އަހަރެންމީ އެހައި ނަސީބުގަދަ މީހެއްކަމަކަށް އަހަރެން ނުދެކެމެވެ. ސަބަބަކީ އޭނާ ވެއްޓުމުގެކުރިން އޭނާގެ އަތުގައި ހިފައި ކޮޅަށް ބެހެއްޓީ އެހެންމީހެއްކަމުގައިވާތީއެވެ. އެއީ މިހާރު އޭނަގެ ފިރިމީހާއެވެ. ނަސީބުވެރިޔާވެސްމެއެވެ. އެކަން އެހެންވާންވީ ކީއްވެކަމެއް އަހަރެންނަކަށް ވިސްނޭގޮތެއްނުވިއެވެ.

ކިޔަވައި ނިންމައިގެން މާލެ އައި ދުވަސްނޫން އަނެއް ދުވަހު އަހަރެންގެ ގެއަށް އައުމަށް އޭނާއަށް ދައުވަތު ދިނީމެވެ. އެދުވަހު ހަވީރު 5 ޖެހީއިރު އަހަރެންހުރީ ކޮޓަރީގެ ބެލްކަންޏަށް ކޮފީތަށްޓެއް ހިފައިގެން ނިކުމެއެވެ. ވާރޭވެހެމުންދާތީ އަހަރެން ހީކުރީ އޭނާ ނާންނާނެކަމަށެވެ. އިރުކޮޅެއްނުވެ ކޮޓަރީ ދޮރުގައި ޓަކިޖަހާލައިފައި އޭނާވަނެވެ. އަދި ބެލްކަންޏަށް އައިސް އަހަރެންގެ ކަނަތްފަރާތަށްވާގޮތަށް ހުއްޓުނެވެ. ފުން ނޭވައެއްލުމަށްފަހު އަހަރެން ބުނަން ބޭނުންވާއެއްޗެހި އެއްފަހަރާ އަމުނާލީމެވެ. އަހަރެން ހުރީ މިވަގުތު ނައިސްގެނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. “ޝީމް… އަހަރެން ޝީމްދެކެ ވަރަށް ލޯބިވޭ….. އަހަރެން މިހެން ބުނަންބޭނުންވެފަ ހުންނަތާ ކިތަންމެ ދުވަހެއް… އެކަމަކު ކުރިން ބުނާނެހައި ހިތްވަރެއްނެތް… ގްރޭޑް ހަތަކުން ފަށައިގެން އައި ސްޓާރޓެޑް…” ބުނެވުނީ އެހާ ހިސާބަށެވެ. “މާހިލް، އައި ހޭވް އަ ބޯއިފްރެންޑް…” އަހަރެންގެ ކަންފަތްދޮށުގައި އެއަޑު ގުގުމާލިއެވެ. “ކީކޭ؟” ބޭއިހްތިޔާރުގައި އަހަންރެންނަށް ބުނެވުނެވެ.

“މާހިލް، އަހަރެން މިހާރު މީހަކާ ރައްޓެހިވެގެން އުޅޭތާ ކިތަންމެ ދުވަހެއް، އެންޑް ވީ ވިލް ގެޓް މެރީޑް ސޫން” އޭނާ ދިނީ އަހަރެން އުންމީދުކުރިކަހަލަ ޖަވާބެއް ނޫނެވެ. “ކުރިން ކީއްވެ… ނުބުނީ؟” އަހަރެންގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. “ވީ ވޯންޓެޑް ޓު ކީޕް އިޓް ޕްރައިވެޓް ފޯ ސަމްޓައިމް، އެކަމު މަންމަމެންނަށް އެނގޭނެ” ބުނާނެ އެއްޗެއް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. މުށިގަނޑަށް އިރުކޮޅަކު ބަލަންހުރެފައި އިސްއުފުލައި އަހަރެން ބޭރަށް ބަލާލީމެވެ. ފުން ހިޔާލެއްގެ ތެރެއަށް ގެއްލިހުރެއެވެ. “ދެންމެ އަހަރެން ބުނި ވާހަކަ ހަނދާންނައްތައިލެވިދާނެތަ؟” ގޮތް ހުސްވެފައިވާ މީހަކު ފަދައިން އަހަރެން އެހީމެވެ. ހިނިތުންވެލައިފައި އޭނާ ބޯޖަހައިލިއެވެ. އަދި މާފަށް އެދުނެވެ. އޭނާގެ ނިންމުމަށް އިހްތިރާމްކުރަމުން އަހަރެން ބޯހޫރުވާލީމެވެ. ދަނީއޭ ބުނުމަށްފަހު އޭނާ ނިކުމެގެން ދިޔަތަން ބަލަން އަހަރެން ހުރީމެވެ. ބިންގަނޑު ފަޅާލައިފައި އަޑިއަށް ދެވޭނެނަމައޭ ހިތަށްއަރައެވެ.

އޭނާ ކައިވެނިކުރީ އޭގެ މަހެއްހައިދުވަސް ފަހުންނެވެ. އެ ކައިވެންޏަށްފަހު އޭނާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރިއެވެ. އެހެންކަމުން ކުރިން އުޅުނުގޮތަށް ނޫޅެވޭނެކަން އަހަރެންވެސް ގަބޫލުކުރީމެވެ. އޭނާ ނުލިބުމުން ވާ ހިތާމަ ބަޔާންކުރަން ދައްޗެވެ. ލޯބިވާކަންބުނަން ލަސްކުރެވުމަކީ އަހަރެންގެ ކުށެކެވެ. މީހުން ބުނެ އުޅެއެވެ. ލޯމަތިން ގެއްލުމުން ހިތުންވެސް ގެއްލުނީއެވެ. އަހަންނަކަށް އެހެނެއްނުވިއެވެ. އަހަރެއް ވޭތުވެގެންދިޔައިރުވެސް އޭނާގެ ހަނދާނުގެ ރާޅުތަށް އަހަރެންގެ ހިތުގެ ގޮނޑުދޮށަށް ބީއްސަމުން ދިޔައެވެ. އަހރެން އަބަދުވެސް ހީކުރީ ލޯތްބަކީ އަރާމާ އުފާ ހޯދައިދޭ އެއްޗެއްކަމަށެވެ. ނޫނެކެވެ. ކޮންމެ ލޯތްބަކީ ކާމިޔާބު ލޯތްބަކަށް ނުވެދާނެއެވެ.

އޭނާ މިހާރު އޭނަގެ އާއިލާއާއެކު ވަގުތު ހޭދަކުރަމުން ދާނެއެވެ. އެކަމަކު އަހަރެން މިހިރީ މިތަނުގައި އެކަނިވެރިވެފައެވެ. ނަމަވެސް އަހަރެން ހިތްވަރުކުރާނަމެވެ. ބީވެދިޔައީ އަހަރެންގެ ލޯބިވެރިޔާއެވެ. ހިތުގައިވަނީ އޭނާގެ ހަނދާންތަކެވެ. ފުރަތަމަ ލޯތްބަކީ ފަހެ ކާކު ހަނދާން ނެތޭނެ އެއްޗެއްހެއްޔެވެ؟

Share Article

Hijabi
Follow Me Written By

Hijabi

Level 1

✨aspiring writer✨

Other Articles

Previous

ޔާރާ އަހާށޭ 15

Next

އިންތިޒާރު 8

Next
September 17, 2023

އިންތިޒާރު 8

Previews
September 17, 2023

ޔާރާ އަހާށޭ 15

5 Comments!

  1. ❤️ says:
    September 18, 2023 at 9:53 pm

    Masha Allah❤️
    This Story is amazing
    I Love this storyyh alott
    Keeep goingg your outstanding work
    Could u write a long story?
    I’m sure your long stories would be beautiful and interesting as well as this story
    And yesshhh when is your next story??

    1. Hijabi Hijabi says:
      September 19, 2023 at 2:49 pm

      thank you very much ❤️
      I’m currently working on 2 stories, a kuruvaahaka and a dhiguvaahaka
      in sha’ Allah I will post the stories after I finish writing them

    2. ❤️ says:
      September 19, 2023 at 7:04 pm

      I’m sooo curious to read that 2 stories💗

  2. love imko 💕💕 says:
    October 6, 2023 at 3:29 pm

    Sorry late to reply and mi part vex varha reethi
    Ufaaveje mi vaahaka libuneema
    Unmeedhu kuran next part kiyaalan libeeney

    1. Hijabi Hijabi says:
      January 3, 2025 at 9:52 pm

      short story eh mee, vaahaka nimifa miothy

Comments are closed.



All Right Reserved!