Skip to content
އެސްފިޔަ

އެސްފިޔައަށް އާ ސިފައެއް!! (އަނގަތެޅުމާއި ހޮޅުއަށި)

 އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިންނަށް

އައްސަލާމް ޢަލައިކުމް

އެސްފިޔައިގެ މެސެޖު ކުރުމުގެ ސިފައަށް ލިބުނު ގަޔާވާ ޝުޢޫރުތަކަށް އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ޝުކުރު އަދާކުރަމެވެ.

    މެސެޖު ކުރުމުގެ ސިފަ ތަޢާރަފް ކުރުމާއި އެކު ވަރަށް ގިނަ މެމްބަރުން “ޗެޓް” ކުރުމުގެ ސިފަ ހިމެނުމަށް ޚިޔާލު ފޮނުވިއެވެ. އެޚިޔާލުތަކާއި އެއްގޮތަށް 4 ޖޫން 2013 އިން ފެށިގެން “ޗެޓް” ކުރުމުގެ ސިފަ “އަނގަތެޅުން ” މިނަމުގައި ހިމެނިގެންދާނެއެވެ. ދިވެހިންގެ ކާބަފައިން އަނގަތަޅާ އުޅޭ މަޝްހޫރު ތަނަކީ ހޮޅުއަށިގައި ކަމުގައިވާތީ އެސްފިޔައިގައި އާންމު ހޮޅުއައްޓެއް ވެސް މިގެނާ ބަދަލާއިއެކު ހިމެނިފައިވާނެއެވެ.

    އެސްފިޔައިގެ ހޮޅުއަށީގަޔާއި އަނގަތެޅުމުގައި އަހަރެމެންގެ މާޙައުލުގައިވާ ރީތި އަދަބުތަކަށް އިހުތިރާމް ކުރުމަށް ދުލާއި ގަލަމުން އިލްތިމާސް ކުރަމެވެ.

    އެސްފިޔައަށް އަލަށް ތަޢާރަފް ކުރެވުނު މިސިފަ އިތުރަށް ކުރިއެރުވުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ. ވީމާ މިސިފަޔާއި ދޭތެރޭ މެމްބަރުން ދެކޭ ގޮތާއި ޚިޔާލުތައް ކޮމެންޓްގެ ސިފައިގައި ތިރީގައި ހުށައެޅުއްވުމަކީ  އެސްފިޔަ ޓީމްގެ ފަރާތުން އެދޭ އެދުމެކެވެ.

އެސްފިޔައިގެ މެމްބަރުންނަށް އުފާވެރި ދުވަހަކަށް އެދެމެވެ.

4 ޖޫން 2013

އަލީ އާރިފް

އުފެއްދީ އަދި ބަލަހައްޓާ،

އެސްފިޔަ ޓީމް

Comments (9)

  1. އަޚްމަދު ފާތިޙް

    މީތި ހަމަ ހަބޭސް..
    އެސްފިޔަ ވަރަށް ކުރި އަރާނެގެން ހީވޭ!!

  2. ޕީޕީޕީ.....

    ހިތްއަދު ރޮނީއޭ ނުދާށޭ ، އެސިއްރު މި ވާހަކަ ތަކުގެ ނުނިމިއޮތްބައި އަވަހަށް އަޕްޑޭޓް ކޮށް ދެއްވާ

  3. nishan

    އޯސަމް

  4. greeknee19

    މީތި ހަމަ ހަބޭސް… 🙂

  5. admin

    ޕީޕީޕީ… އެސްފިޔައިގެ ވާހަކަތައް އަޕްޑޭޓް ކުރަނީ އެސްފިޔައިގެ އެޑްމިން އެއްނޫން. އެވާހަކައެއްގެ ލިޔުންތެރިއަކު އަމިއްލައަށް. ހިތްއަދު ރޮނީއޭ ނުދާށޭ ވަރަށް އަވަހަށް އަޕްޑޭޓް ކޮށްދޭނެ ކަމަށް އާތު ބުނަނީ.. 🙂 ހުރިހާކުދިންނަށް ހަމަ ވަރަށް ތޭންކްސް..

  6. salahassan

    ވަރަށް ރަނގަޅު. ވަރށް ކަމުދޭ މި ފީޗާރސް ވެސް. ދެން ބޭނުމީ މެއިން ޕޭޖް ތަންކޮޅެއް ރީތިގޮތަކަށް ބަލާލަން ފަސޭހަ ގޮތަކަށް ތަރުތީބު ކޮށްލުން. އޭރުން ވަރަށް ފައްކާ ވާނެ. އަދި މެއިން ޕޭޖްގެ ކުލަވެސް މަހަކުން މަހަކުން ނޫނީ ޚާއްސް މުނާސަބަތު ތަކާއި ގުޅިގެން އެމުނާސަބަތަކާ ގުޅޭގޮތައް ބަދަލުކުރުމަށް ފެނޭ.

  7. ޝައިބާ

    ތީ ވަރަށް ސަޅި ގޮތެއް،،،، އެސްފިޔަ ވަރަށް ކުރިއަރައިގެނަދާނެ އޭރުން،،،،،،،

  8. ނާނު

    ސަޅި

  9. އައިށް

    ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ. ހަޑި ވ. ފޫހި

Comments are closed.