ރާނީ 11
އިރުކޮޅަކުން ޖަހާލި ގުގުރީގެ އަޑުން ޔާނާ ބިރުން ކަރަންގެ ގައިގަ ބައްދާލިއެވެ. ކަރަންވެސް އަވަހަށް ޔާނާއަށް އޭނާގެ އަތުގެ ހިމާޔަށް ދިނެވެ. އެވަގުތު އަނެއްކާވެސް ގުގުރާލިއެވެ.. ޔާނާ އިތުރަށް ބޮނޑިވެލިއެވެ..ހިވަނީ ކަރަންގެ ގައިގެ ތެރަށް ވަންނަން އުޅޭހެންނެވެ..
ޔާނު…….. ކަރަން ޔާނާގެ އިސް އުފުލާލުމަށް ފަހު ބަލާލިއިރި ޔާނާ ހުރީ ވަރަށް ބާރަށް ދެލޯ މަރާލައިގެންނެވެ ކަރަންއަށް ޔާނާގެ ނިތްކުރީގައި ބޮސްދެވުނީ ބޭއިހްތިޔާރުގައެވެ… ސޮރީ…… ކަރަން ބުނެލިއެވެ……
ޔާނާ ލޯ ހުޅުވާ ކަރަން އަށް ބަލާލިއެވެ..” ޑޯންޓް ބީ އައި ޑޯންޓް މައިންޑް އިޓް ” އަދި ކަރަންގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ އަދި ކަރަންގެ މޫނާ އިތުރަށް ކާރިވެލިއެވެ.
ކަރަން އަށް ލޯމަރާލެވުނެވެ..ޔާނާ ކަރަންގެ ލޮލުގައި ބޮސް ދިނެވެ..
ކަރަން އަށް ސިހިފައި ލޯހުޅުވާލެވުނެވެ އޭރު ޔާނާ ކަރަން އަށް ބަލަމުން ދިޔައެވެ. ދެ މިހުންގެ ހަތަރުކަޅި ހަމަވެގެން ދިޔުމުން ޔާނާއަކަށް އޭނާގެ ހިއްސުތައް ކޮންޓްރޯލެއް ނުކުރެވުނެވެ…ކަރަންގެ ކަރުގައި އަށް ވަށާލުމަށް ފަހު ޔާނާ އިތުރަށް ކައިރިވެލިއެވެ.
ޔާނު…..ކަރަން އައް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔާނާ ކަރަންގެ ތުންފަތުގައި ކިސް ކޮށްލިއެވެ..ކަރަން އަކަށް ވެސް އިތުރަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ..ޔާނާގެ ގައިގައި ކުރިޔަށް ވުރެންވެސް ބާރާށް ބައްދާލާފައި ޔާނާގެ އެ އަމަލުގައި ވަރަށް ފުރިހަމައަށް ބައިވެރިވިއެވެ. ނޭ ވާ ކުރުވާން ފެށުމުން ޔާނާ ކަރަން އާއި ދުރައްޖެހިލިއެވެ…
ސޮރީ….. ކަރަން ބުނެލިއެވެ..
” ބަޓް އައިއެމް ނޮޓް” ޔާނާ ބުނެލިއެވެ…
ހިނގާ ދާން މިހާރު އަވިނާޝް މެން އުޅޭނެ ނުފެނިގެން…..އޭރު ވާރޭވެސް ހުއްޓާލާފައި ވުމުން ދެ މީހުން އެތަނުން ނިކުމެގެން ހިންގައިގަތެވެ.
” ކޮންތާކަށް ވަދެފަ މިހާރު ؟ މި ދެމީހުން މީ ކަމެއްތަ ބޭބީ؟ ” އަވިނާޝް ސުވާލުކުރީ ރާގިނީއާއެވެ.
ސާބަސް އަވިނާޝް އަށް ވާރޭ ވެހޭތީ ހިޔާވާންށޭ ދިޔައީ…..”
ހެދުން ވެސް ބާލައިގެން މިއޮއް ފިނި ރޭ؟ ”
އެއީ ޔާނުގެ ހެދުން ތުނިކަމުން ތެމުނީމަ ޓްރާންސްޕޭރެންޓް ވާތީ ދިނީ…
އަވީ ޔާނާ ގެ ނަން ޔާނު އަށް ބަދަލުވީ އޭ….ރާގިނީ ބުނެލީ ލާނެތް ގޮތަކަށެވެ.
ހޫން ދިމާކުރޭ ބޭނުން ވަރަކަށް އަހަރެމެން ނުކިޔާނަން އެއްވެސް އެއްޗެއް؟ ކަރަން ބުނެލެއެވެ.
” ނުކިޔަސް އަހަރެމެންނަށް ގެ ދެލޯވެސް އަދި ހުރީ ސަލާމަތުންނޭ…ދޯ ބޭބީ….”
ތިބުނީ؟ ކޯއްޗެއް ފެނުނީ؟ ހާސްވެފައި ކަރަން އަށް އަހާލެވުނެވެ.
” ދެމީހުން އެއްކުލައެއްގެ ލިޕްސްޓިކް ލައިގެން ތިބީމާ”
ކަރަން އާއި ޔާނާ އެކަކު އަނެކަކަށް ބާލާލެވުނެވެ..އަދި ދެމީހުންވެސް މަޑުމަޑުން ކުރިޔަށް ދިޔައެވެ. ” އެބައަންނަން ޗޭންޖް ކޮށްގެން…” ޔާނާ ބުނެލިއެވެ… މަވެސް އެބަ އަންނަން ކަރަންވެސް ބުނެލިއެވެ.
ދެމީހުން އިރު ކޮޅަކުން އައުމުން ހަތަރު މިހުން އެއްކޮށް ގޮސް ކައިގެން ނިދަން ރޫމަށް ދިޔައެވެ..ދެމިހުންގެ ހާލު ދެމީހުންގެ ބެސްޓު ފްރެންޑުންނަށް އެނގުންވެ.. އެހެންވެ އެދެމީހުން ވެސް ފަހުން އަޅާނުލީ އެވެ.
ނިދަން ރުމަށް ވަނަސް ކަރަން އާއި ޔާނާގެ ނިދި އެދެމީހުންނާ ދުރުގައި ވާ ފަދައެވެ. މިރޭ ކުރެވުނު ކަންތަކުން ޔާނާ އެއްވެސް ރިގްރެޓެއް ނުކުރެއެވެ.. އެކަމް ކަރަން ވަރަށް ސޮރީ ފީލް ވާތީ ޔާނާއަށް ސޮރީ މެސެޖް ކޮށްލިއެވެ…
” ވައި އާރ ޔޫ ސޮރީ…ކުރިކަމެއް ކުރީ ދެމީހުން އަހަރެން އެއްވެސް ކަމަކަށް ރިގްރެޓެއް ނުކުރަން….އެ ގަޑީގައި އައި ޖަސްޓް ވޯންޓެޑް ޓު ކިސް ޔޫ….އެހެންވެ އަހަރެން ކުރީ…..މާ ބޮޑަށް ވިސްނާއެއްޗެއް ނޫން ދެން ނިދާލާ..” ޔާނާ ކަރަންއަށް ރިޕްލއި ކޮށްލިއެވެ. ޔާނާގެ މެސެޖު ފެނުމުން ކަރަން ހިތައް އެރިއެވެ. މީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ. ކޮންމެ އެއްޗެއްވެސް ކުރިމަތީ ބުނެލައެވެ..
މިރޭގެ އެ ވަގުތު ކޮޅަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ވަގުކޮޅެއް ނޫނެވެ ކަރަން އަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. ދެން ބްލަޝް ނުވެ ނިދާބަލަ.. ކަރަންގެ ފޯނަށް ޔާނާ އަނެއްކާވެސް މެސެޖް ކޮށްލިއެވެ..ކަރަން އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޔާނާ ގުޅާލިއެވެ.
ކަރަން ފޯނު ނެގިއެވެ.
” އަދިވެސް އެކަމާތަ ތި ވިސްނަނީ؟ ” ނޫން މިހާރު އޯކޭ..
” ދެން ނުނިދިގެން ތި އުޅެނީޔޯ…”
ކަމެއް ނުވޭ ޔާނު ވެސް ނުނިދަމެއްނު.. “އަހަރެން ކަރަން މަތިން މިސްވާތީ އޭ ނުނިދިގެން މިއުޅެނީ….”
އަހަރެންވެސް މިފަހަރު ކަރަންވެސް މަޖަލަކަށް ހަދާފަ ހާމަކުރީ ތެދެވެ…
” އަހަރެން ދާން ވީތަ؟ ” ޔާނާ އަހަލިއެވެ. އާން އަވަހަށް އާދޭ..
” އަސްލުވެސް ދާންވީތަ؟ ”
ޔާނާގެ ސުވާލަށް ޖަވާބުދެމުން ކަރަން ބުނެލީ މިކަހަލަ ފިނިރެއެއްގަ ގޯހެއްވެސް ހިންގާފާނެ ދޯ؟
ހެހެ ކަރަން ” ހާދަ ސީރިޔަސްވީ… ” އާން ވިސްނަންވާނެ ދޯ؟
” އަހަރެން ނޫޅޭމޭ ކަރަން ރޭޕްކުރާކަށް….”
ހެހެހެހެހެ….ހަމަ ކޮންމެއެއްޗެއް ވެސް ތިހެން ބުނެލާނަންތަ؟
” ނޫނޭ ބުނަން ޖެހޭ އެތި ބުނަންވީމާ ދުލުގަ ތަޅުލެވޭ….”
ތި ބުނީ؟
” އޯކޭ ގުޑް ނައިޓް ސްވީޓް ޑްރީމްސް ވިތް މީ….ޔާނާ ފޯނު ކަނޑާލިއެވެ.”
ހެހެ.. އައި ލަވްޔޫ ޔާނު..ކަރަން އަށް ބުނެވުނެވެ.
ހެނދުނު ތެދުވެ ހަތަރު މީހުން އެކީ ސާ ބޮއެގެން ސްނޯކްލިންއަށް ގޮސް ރޭގަނޑު ބާބަކިޔު ހަދާ މަޖާކުރުމަށް ފަހު ނިދަންދެވުއިރު ރޭގަނޑު 12 ޖަހަނީއެވެ. ފުރަތަމަ ހުންނަނީ އަވިނާޝްމެންގެ ރޫމް ކަމުން އެމީހުން ވަނުމުން ޔާނާ އާއި ކަރަން އެކުގައި ދިޔައެވެ. ޔާނާގެ ރޫމް ޖެހުމުން ކަރަން ދާން ފެށީ އޭނާގެ ރޫމާއި ދިމާލަށެވެ.. ނަމަވެސް ކަރަން ގެ އަތުގައި ހިފާ ދަމާފައި ގޮސް ޔާނާ ގެ ރޫމަށް ވެއްދިއެވެ.
ޔާނު މީހަކަށް ފެނިއްޖެއްޔާ އޯ؟
” އައި ޑޯންޓްކެއާރ ކަރަން… އާދެބަލަ އިށީނދެބަލަ ” ކަރަން ދެންވެސް ކޮޅަށް ހުރުމުން
” ކަމެއްކުރާކަށް ނޫޅެމޭ… ”
ކަރަން އެންމެ ފަހުން އިށީނެވެ. ޔާނާ ގޮސް އޭނާގެ ބޭގް ހުޅުވާލާފައި އެއްޗެއް ހިފައިގެން އައިސް ކަރަން ކައިރީގައި އިށީނެވެ. އަދި ކަރަންއަށް އެ ދިއްކޮށްލިއެވެ. ގިފްޓެއް މަށަށް ތަ؟
” ނޫން ތި ގޭ ސެކިއުރިޓީ ގާރޑް އަށް….” ކަރަން ވަރަށް ހިލާފައި އެ ހޯދިއެވެ.
ވަރަށް ދޭހިތުން ގަތް އެއްޗެއް ނުދެވި އޮތީމަ މި ދިނީ…
މިހާރު ކަނޑަންތަ؟
” ޔޭސް…..ބޭނުން ބަލަން ކަރަންގެ އެކްސްޕްރެޝަންސް…”
ކަރަން ގިފްޓް ކަނޑާލިއެވެ. އޭގައި އޮތީ ހުދު ކުލައިގެ ވަރަށް ރީތި ޓީޝާރޓެކެވެ. އެފެނުމުން ކަރަން ވަރަށް އުފާވިއެވެ.
ޔާނު މީ އެއްކަލަ އަހަރެން ނުލިބިގެން އުޅުނު ޓީޝާރޓް ދޯ.. މި ހޯދީ ކޮންތާކުން؟
” ވަރަށް އުދަގުލުން ލިބުނީ.. ހެޕީތަ؟ ”
ޔޭސް އަހަރެން މި ލަންތަ؟ ކަރަން ވަގުތުން ލައިގެން ހުރި ޓީޝާރޓް ބޭލިއެވެ.
ޔާނާ ހަނދާންވީ ކުރީ ރޭގެމަތިންނެވެ. އެކަމް ވެސް މަޑުން އިނެވެ. ކަރަން އެ ލިއެވެ.. ތެންކިޔު ސޯ މަޗް ލަވް ”
ކަރަން ކީކޭ ތިބުނީ؟ ބުނެވުނު އެތި ކަރަން އަށް ރޭކާލީ ދެނެވެ. މިބުނީ ސޯ މަޗް ލަވް ވިތް ދިސް އޭ….
” ވަރަށް އުފާވެއްޖެ ލައިކް ވީމަ..”
ދިން އިރުވެސް ޔާނުއަށް އިނގޭނެ އަހަރެން ކިހާ ބޭނުންވެގެން އުޅޭ އެއްޗެއްކަން. ޔާނު.. ޔޫ އާރ ދަ ބެސްޓު.
“ދެން މަށާ ރައްޓެހި ވާންވީނު؟”
މިހާރުވެސް ރައްޓިއްސެއްނު؟ ހޫން ތިހެން ނެތް ނޫނޭ މަގޭ ބޯއިފްރެންޑަކަށް ވާންވީ….. ޔާނާ އެނދުމަތީގައި އޮށޯތެވެ.
ޔާނޫ ވެސް ދެން ދޯ
” ކަރަން ޖައްސާލަބަލަ ދެން ތިވަރަށް ފަރިނުބަލާ…”
ކަރަން އައިސް ޔާނާގެ ކައިރީ ގައި އޮށޯތެވެ. ދެމީހުން އެހެން އަނގަތަޅަން ތިއްބާ ދެމީހުންނަށްވެސް ނިދުނެވެ.
ހެނދުނު ކަރަން އަށް ހޭލެވުނީ ރާގިނީ އައިސް ދޮރުގައި ތަޅާ އަޑަށެވެ.. ކަރަން ނިދީގައި ހުރެ ގޮސް ދޮރު ހުޅުވިއެވެ.. ކަރަން މި ރޫމްގައި ކޮބާ ޔާނޫ؟
ކަރަން އަށް ހަމަބިމަށް އާދެވުނީ ދެނެވެ. އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ.
ޔާނޫ ހޭލަބަލަ؟
” ގިއްނީ ކީކޭ؟ ” މަ ބުނީ މި ކޮންކަމެއް އެނދުމަތީގައި އޮތް ކަރަން ރޭގައި ލައިގެން ހުރި ޓީޝާރޓް ނަގާފައި ރާގިނީ އަހާލިއެވެ.. ކަރަން އަށް އާ އެއްޗެއް ދިނީމާ އެ ލައިގެން ދިޔައީ؟ ލައިގެން ދިޔައީ އޭ؟
ދެންމެ އެނިކުތީ މަ ދޮރު ތެޅީމާ..
” އަސްލުވެސް ހީވޯޒް ހިޔާރ ތަ؟ ވާހަކަ ދައްކަން ތިއްބާ ނިދުނި އިރެއްވެސް ނެންގެޔޭ…. ”
ހިންގާ އަވަހަށް ސައިބޮއެގެން ފުރަން ދާން…
ގިއްނީ އަޅޭ ޔާނާ ބާރަށް ބައްދާލިއެވެ.. އަހަރެން ބޭނުމީ ކަރަން ކިޑްނެޕްކުރަން ވިލް ޔޫ ހެލްޕް؟
” ވަޓް ” ފަހަތުން އިވުނު އަވިނާޝްގެ އަޑުން ޔާނާ ބިރުން ހަލާކު ނުވީ ކިރިޔާ….
” ބޭބީ މިހާރު އެހިސާބަށް ވެސް ދިޔައީ….”
ހޫން ހިންގާ ދާން ޔާނޫ އާދޭ ރެޑީވެގެން…..
ރާގިނީ އަވިނާޝްގެ އަތުގައި ހިފާ ބޭރަށްގެންދިޔައެވެ. 4 މީހުން އެއްކޮށް ސައިބުއިމަށް ފަހު ފުރިއެވެ. ރާގިނީ ގެ ގެއައް ގޮސް ކަރަން އާއި ޔާނާ ދިޔައީ ކަރަންގެ ކާރުގައެވެ..
ކަރަން ރޭގަ މަގޭ ރޫމްގަތަ ނިދީ؟
ޔެސް….އެންޑު ޔޫ ނޯ ހެނދުނު ރާގިނީ އައިސް ދޮރުތަޅަން ފެށީމަ ހުޅުވީ ހަނދާނެ ނެތް މި އޮވެވުނީ ޔާނު ގެ ރޫމް ގައި ކަމަށް….ލަދުން ގޮސް ހަލާކު…އަހަރެން އަނގައިވެސް ނުބުނެ ދިޔައީ….ނައު ޝީވިލް ތިންކް އަހަރެމެން ދޭތެރޭކަމެކޭ…”
ކަރަން އެހެންވީމާ ކަންނުވެ ނަންވާނީ ދޯ؟ ކަން ވެސް ވާން ހިންގާބަލަ….”
ޔާނު…ސީރިޔަސް ވާކަށް ނޭންގެތަ…. ” އަހަރެން ސީރިޔަސް ވިޔަސް ކަރަންއަށް އިނގޭނެތަ؟ ކަރަން ދެން ތިހެން އުޅެންޏާ ކިޑްނެޕް ކުރާނީ…. ” އޯކޭ އަވަހަށް ގެންދޭ….ކަރަންވެސް މަޖާވެލިއެވެ. ”
ކަރަން ތެންކިޔު ފޯރދަ ލަވްލީ ޓައިމް…” ސޭމް ޓު ޔޫ ކަރަންވެސް ބުނެލީ ޔާނާ ފޭބީމަ ކާރު ދުއްވާލަމުންނެވެ.
އެކުގައި ލޯބި މަޖާ ދުވަސްކޮޅެއް ހޭދަކޮށްލުމަށް ފަހު ރާގިނީ އާއި އަވިނާޝްވެސް ގެޔަށް ބަދަލުވިތާ މިހާރު ތިން މަސް ވާން އުޅެނީއެވެ. ދެމީހުން ޑިޔުޓީއަށްވެސް ދަނީ އެއްކޮށް ނިމިގެން ގެޔަށް އައިސް އާއިލާއެކު މަޖާކުރުމަށް ފަހު ދެމިހުން އެކީގަ ދުއްވާލަންގޮސް ކާލަން ގޮސްވެސް ހަދައެވެ.ރާގިނީ އަކީ މިހާރު މުޅި ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާ ހެން ހީވާ ފަހަރުވެސް އާދޭ އަވިނާޝް ކެއާރ ކުރާވަރުން… އަވިނާޝްމެންގެ ގުޅުން ރަގަޅުވުމުން ހަސީނާއާއި ޝާހިދުވެސް ތިބެނީ ވަރަށް އުފަލުންނެވެ.
ކަރަން ބަލިވެ އުޅޭތީ ގޮވާލަން ރާގިނީމެން ދިޔައީ ޔާނާ ވެސް ގޮވައިގެންނެވެ. ސަލާމް ގޮވާލުމާއެކު ދޮރު ހުޅުވި ކަރަންގެ މަންމަ އަށް ޔާނާ ފެނުމުން އުފަލުން ވީގޮތެއްވެސް ނޭންގުނެވެ. ” ޝީރާނީ ދައްތާ މީ މަގޭ ވައިފް ރާގިނީ ދެން މީ ” ޔާނާ އެއްނު….ދައްތައަށް އިނގޭ…..”
” ކޮބާ ކަރަން؟ ހުން ފިނިވެއްޖެތަ؟ ” އާން ޝިރާނީ ޖަވާބު ދިން އިރުވެސް ހަމަ ބެލެނީ ޔާނާ އާއި ދިމަލަށެވެ. ޔާނާ ރާގިނީ ހިންގާ ކަރަންގެ ރޫމަށް ދާން ޝީރާނީއަށް ވީގޮތް އެންގުމުން އަވަހަށް ދާންވެގެން އަވިނާޝްބުނެލިއެވެ.
ދަރިފުޅުމެން ދެކުދިން ދޭބަލާ ދައްތަ ކާރީ ޔާނާ ބަހައްޓަބަލަ…
” ހާއި ކަރަން ކިހިނެތް ތަ؟”
މިހާރު ހަމަ ރަނގަޅު.. ރާގިނީ ވެސް ގޮވައިގެންތަ؟ ” އާން ރާގިނީ އެކަންޏެއް ނުން ޔާނާވެސް ގޮވައިގެން…”
ދެން ކޮބާ ޔާނު؟ ކަރަން އަހަލީ ހާސްވެފައެވެ.
“ޝީރާނިދައްތަ އޭނާދެކެ މާ ލޯބވީ ހެން ހީވަނީ…”
ވާޓް……ގޮވާބަލަ ޔާނުއަށް…..
ރާގިނީ ގޮވާލުމުން ޔާނާ ވަދެގެން އައެވެ..ކަރަންގެ ހާލު އަހާލުމަށް ފަހު ޔާނާ ގެނައި ޕޭސްޓްރީސްވެސް ކަރަން އަށް ދިނެވެ…
ޔާނާ ކަރަންގެ ކޮޓަރިއަށް އައި ފުރަތަމަ ފަހަރުކަމުން އެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ…..ރަތް އަދި ހުދު ކުލައިން ޒީނަތްތެރި ކުރެވިފައިވި އެކޮޓަރި ޔާނާއަށް ވަރަށް ރީތި ވިއެވެ. އެއީ ޔާނާގެ ފެވަރިޓް ދެކުލަ ވީމައެވެ….އަދި ހުރިހާ އެއްޗެއްވެސް ހުރީ ޔާނާ އެންމެ ލައިކްވާގޮތަށެވެ.
” ވާވް ކަރަން މި ރޫމް ހާދަ ރީއްޗޭ ލުކްސް ލައިކް މައި ޑްރީމް ރޫމް…ހުރިހާ އެއްޗެއްވެސް އަހަރެން އެންމެ ބޭނުންވާގޮތަށް ”
އެހެންތަ އެހެން ވިއިރު މި ރޫމްއަށް އަންނަންވީއެއްނު ދޯ؟ އަވިނާޝް ބުނެލިއެވެ.
” ކަރަން އަހަރެން ގެނެސްބަލަ މެރީ ކޮށްގެން މިރޫމަށް…”
ޔާނާ ބުނި އެއްޗަކުން ކަރަންގެ ހިތުގެ ހިންގުންވެސް ވަރަށް ބާރުވިއެވެ…
ޔާނާގެ ޖަވާބު އަޑު އަހާފައި އަވިނާޝް އާއި ރާގިނީއަށްވެސް ބަލާލެވުނީ ޔާނާއާއި ދިމާލަށެވެ. ޔާނާގެ ހިތުގެ ހާލު ދެމީހުންނަށް ވެސް އިހްސާސްކުރެވޭ ވިއްޔާ….
އެއްކަލަ ޔާނު ފެށިއޭ…އާރ ޔޫ ފްލާރޓިން ކަރަން ބުނެލިއެވެ..
” އުހު އަހަރެން ކިތަންމެ ސީރިޔަސްކޮށް ބުންޏަސް ކަރަން އަށް ހީވާނީ މަޖާހެންނޭ…”
ވަޓް ޔޫ މީން…” ހޫން……ދެން އެވާހަކަ ބާއްވަބަލަ…މާދަން ދާނަންތަ ޑިޔުޓީއަށް؟ ”
” ޔޭސް ދާނަން…އައި އޯލްސޯ މިސްޔޫ….
” ކަރަން ދެން ޔާނާ އެހާ ލޯބިން ބުނީމަ އިންނަންވީއެއްނު ދޯ…. ” އަވިނާޝް ބުނެލިއެވެ
.. އެ އަޑު އަހާފައި ޔާނާ ހީގަތެވެ. ޔާނާހީގަތުމުން އެންމެންވެސް ހީގަތެވެ…
ދެން އަހަރުން ދަނީ… އަވިނާޝް ބުނެލިއެވެ.
އެންމެން އެއްކޮށް ރޫމްއިން ނިކުމެފަ ޔާނާ އަނބުރާ ކަރަންގެ ރޫމަށް ވަންތަން ފެނުމުން ކަރަން އަށް ކޮޅަށް ތެދުވެވުނެވެ. ޔާނާ ކަރަންގެ ކާރިޔަށް ގޮސް ބައްދާލާފައި ގެޓް ވެލް ސޫން ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ. ޔާނާގެ މި އަމަލުން ކަރަންގެ މުޅީ ވުޖޫދަށް ޒަލްޒަލާއެއް އައި ހެން ކަރަން އަށް ހީވިއެވެ.
ޔާނާ ގެއައް ލާފައި އަވިނާޝްމެން ދިޔައީ ގެއާ ދިމާލަށެވެ ” ބޭބީ ހިންގާބަލަ ގޮތެއް ހަދަން އެދެމީހުން ލޯބިވާ ވާހަކަ ބުނާނެ”
އާން މިހާރު ދެން ވަރަށް ބެލިއްޖެ ދޯ… ޔާނާ ވީއްޔާ ނުރަސްމީކޮށް ވިޔަސް އެބަ ބުނޭ…އެކަމް ކަރަން……..އަވީ ލެޓްސްޓޯކް އިޝާން ދަ ގްރޭޓް އެކްސްޕާރޓް ފޯރ އައިޑިޔާއެއް….
ދެމީހުންގެ ވާހަކަ އަޑު އެހުމަށް ފަހު އިޝާން ބުނީ ކުޑަ އެކްޓެއް ޖެއްސުމަށެވެ….
” ވާވު އިޝާން….ދޮންބެއަކަށް ނޭންގެޔޭ ތިހާމޮޅުކަމެއް… ޝާލިނީ އިޒް ވެރީ ލަކީ…..” އަވިނާޝް ބުނި އެއްޗަކުން އިޝާން ގޮނޑިން ނުވެއްޓުނީ ކިރިޔާ……
ދޮންބެދައްތާ އައި ވިލް ކިލް ޔޫ….އިޝާން ބުނެލިއެވެ..
” ހަބަރު ދާރު މަގޭ ބޭބީ އާ ކާރިވެސް ނުވާތި…..”
ދޮންބެ އައިލަވްޔޫ…..ކުއްލިޔަކަށް އިޝާން އައިސް އަވިނާޝްގެ ގައިގަ ބައްދައިގަތެވެ. ” މިހާރު ކިހިނެތް ވީތަ؟ ލޯބި އުތުރި އަރައިގަތީ ”
ދޮންބެދައްތައަށް މާފު ކުރީތީ…..ދޮންބެއަށް ނޭގުނަސް ހާދަ ހިތާމައެއް ކުރިޔޭ….އަހަރެން ކިތައްރޭ ދެކެން އެކަނި މާއެކަނި ބޭރުގަ ރޯން ހުއްޓާ…އެކަމަކުވެސް ދޮންބެއާއި ދިމާލަށް އުފްވެސް ނުބުނޭ ހަމަ ހިނުތުންވެލާފަ އުޅުނީ ނައު ޝީ ލުކުސް ސޯ ހެޕީ…ތީ ދޮންބެދައްތަގެ ހުރިހާވެސް އުފަލަކީ…………….ދޮންބެއަށްޓަކާ މަރުވާވަރަށް ވެސް ލޯބިވޭ…….އިޝާން އެންމެ ފަހުން ބުނި އެއްޗަކުން ހާސްވެ ރާގިނީގެ ދެލޯބޮޑުވެގެން ދިޔައެވެ.
” ދޮންބެ ކީއްކުރާނީ އެންމެ ފަހުން ދޮންބެވެސް އިޝްގުގައި ޖެހުނީއޭ…”
ބަޓް އައި އެމް ޖެލަސް ދޮންބޭ މިހާރު ޔޫ ލަވް ހާރ މޯރދެން މީ……ތިން މީހުން އެއްކޮށް ހީގަތެވެ. އޯކޭ ލެޓްސް ޑޫ ސަމް އެކްޝަން..އިޝާން ބުނެލިއެވެ.
މެންދުރުފަހު ކުޑަ ބްރޭކެއް ނަގައިގެން ރާގިނީ އާއި ޔާނާ ދިޔައީ ކޮފީބޯށެވެ. އިރު ކޮޅަކުން ރާގިނީގެ ފޯނު ރިންގް ވިއެވެ.. އަވީ ކީކޭ؟ ” އަވަހަށް އާދޭ…” ހީއިޒް ކަމިން؟ ” ޔޭސް އެމީހުން މިތާ އޭ ތިބީ އަހަރުން ފެނިގެން އެ ގުޅީ…..”
އަސްލުވެސް… ގުޑް ޔާނާ ބުނެލިއެވެ.” ހޭއި ޔާނާ..” ހޭއި ޖީޖް….
ވާވް ޔާނާސިސް ޖީޖްސް ހޫން….އިޝާން ދިމާކޮށްލިއެވެ…ކޮބާ އެއްކަލަ ފޫހި ވާ ޓައިޕް ރުޅިގަނޑު….” ނައު ނޭންގޭ ވީތަނެއްވެސް އެންޑް ނައު ހީ އިޒް ދަ ބެސްޓް އެނީ ވަން ކުޑް ހޭވް……”
” ބޭބީ އެބައޮތޭ ވަރަށް ހެޕީ ނިޔުސް އެއް؟ ” އަވިނާޝް ބުނެލީ ރަގިނީ ކައިރީގައެވެ ބުނެބަލަ އަވަހަށް…މައި ބަޑީ ކަރަން އިޒް ގެޓިން މެރިޑް….؟
ޔާނާ ވަގުތުން ކޮށިއެރިއެވެ.. އާރ ޔޫ އޯކޭ ޔާނާ ސިސް؟ އިޝާން އަހާލިއެވެ
” ޔޭސް މިހާރު އޯކޭ ކޮށިއެރީ އޭ… ”
ކާކާތަ މެރިކުރަނީ؟ ރާގިނީ އަހާލިއެވެ ”
ނޭންގޭ ޝިރާނީދައްތަ ގެ ރައްޓެއްސެއްގެ ކުއްޖެކޭ…ވާނީ…. ކިޔަނީ… ވަރަށް ރީތި ވަރަށް ކިޔަވައިގެން ހުރި ކުއްޖެއް ކަމަށް އަޑު އިވެނީ”
ކަރަން އެއްބަސްތަ؟ ޔާނާ އަހާލިއެވެ.. ” އާން ދެބަސް ވާންވީ ކީއްވެ ބާ؟”
ހީ ލަވް ސަމްވަން އެއްނު….. ”
އާން އެކަމަކު މިހާރު އެކަމާ އިތުރަށް ނޫޅޭނަމޯ….މަންމަ ބުނާގޮތަށޭ ހަދަނީ…..”
ޔާނާ ފަކީރުގެ ހާލު ތޯ؟ ކޮފީ ތަށި ވެސް ނުބޮވުނެވެ…..އަދި ކަރަން އަށް ގުޅޭތޯ ބެލިއެވެ.. ނަމަވެސް ފޯނު ބީޒީ ކޮށް ހުރުމުން ނުގުޅުނެވެ….” ހިންގާ ދޯ ދާން ޔާނާ ބުނެލިއެވެ..”
ވެއިޓް ޔާނާ އައި ވިލް ޑްރައިވް.. އޯކޭ…ކާރަށް އަރާ ރާގިނީއާ ދެމީހުން އެކަނިވުމުން ޔާނާގެ ބަޑިފަޅިއިގެން ދިޔައެވެ…
ޔާނޫ ހުއްޓާލަބަލަ ޓްރައި ޓު ގެޓް ހިމް ނުވެސް ދަންނަމިހަކާ މެރީ ކުރަން އެއްބަސްވީއިރު ޔާނޫ އާއި ނުގުޅެންވީ ކީއްވެ؟ އެންޑް ކަރަން މަންމަވެސް ނުލާހިކު ލޯބިވޭއެއްނު ޔާނޫ ދެކެ…
ސޯ ޓްރައި އެޓްލީސްޓް ބުނޭ ލޯބިވާ ވާހަކަ…އަދި ނުވެއެއްނު ރޯކަށް…ތިހެން ދުރުގަ ބަލަން ރޮއެ ރޮއެ ހުންނާނީތަ؟
” ނޫން ވިލް ޓްރައި ޓު ޓެލް….ޔާނާ ކަރަންގެ ފޯނަށް ގުޅޭތޯ ވަރަށް މަސައްކަތްކުރިއެވެ.”
ނަމަވެސް ފޯނު ބީޒީކޮށް ހުރުމުން ނުވެއް ގުޅުނެވެ.. ޔާނާ ކުރާ މެސެޖް އެއްވެސް ޑެލިވާރ ވަނީއެއް ނޫނެވެ. ދެދުވަސް ވަންދެން ޓްރައި ކުރުމަށް ފަހު ޔާނާ އެންމެ ފަހުން ކަރަން މެންގެޔަށް ދިޔައެވެ. ކަރަން ގޭގައި ނެތް ކަމަށް ކަރަންގެ މަންމަ ބުނުމުން ޔާނާ ހޮސްޕިޓަލަށް ވެސް ގުޅިއެވެ އެތާވެސް ކަރަން ނޫޅޭކަމަށް ބުންޏެވެ.
ދެން އަވިނާޝްއާއި ދިމާވޭތޯ ޔާނާ އެގެޔަށް ދިޔައެވެ…ދިޔުމުން އަވިނާޝް ބުނީ އޭނަވެސް ކަރަން އާއި ދިމާނުވެގެން އުޅޭކަމަށެވެ. ކަރަންގެ ޑައިރީ ހަނދާން ނެތިގެން ކާރުގައި ބޭއްވިފަ އޮތީމާ ދޭންވެގެން ކަމަށް ބުންޏެވެ.. އަދި ޔާނާ އާއި ދިމާ ވީމާ ދޭށެ ބުނެ އެ ޔާނާ އާއި ހަވާލުކުރިއެވެ…ޔާނާ ޑައިރީ ހިފައިގެން ގެއައް ދިޔައެވެ….”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

when is next part
Awww so romantic and cute
I was imagining when I was reading this story 😍.
So when is next part 💕.
My brother is married tomorrow 💖
I like your story
I love you so much
I am mal’e 💗
very nice story
When next part 😩