Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ހަތަރުވަނަ ބައި) KanduFen (P-4)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
October 22, 2015 6 Mins Read
20 Comments

ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތް ޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ.

ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ.

އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް ވަނީ ވީރާނާވެ ފަތްތައް ހިކިފައެވެ. ގަހުގައި ހުރި ފަތަށް ވުރެ ގިނައީ އެ ގަހުގައި ޖައްސާފައި ހުރި ކާޅެވެ. އެ މަންޒަރު ވަރަށް ވެސް ތަފާތެވެ. ބިރުވެރިއެވެ. ވިރާނާވެފައިވާ ގެއެއްގެ ކައިރީހުރި ވީރާނާ ވެފައިވާ ގަހެކެވެ. އަދި އެ ގަހުގައިވާ 100 އެއްހާ ކަޅު ކާޅެވެ.

ސިއްސައިގެން ދިޔުމުގެ ސަބަބުން ޒީކަށް ހަޅޭއް ލަވައިގަނެވުނެވެ. ފަހަތުން އައިސް ޒީކްގެ ކޮނޑުގައި ޖެހިގަތުމަށްފަހު ލީވާން ބިންމައްޗަށް ވެއްޓި ފުރޮޅެމުން އޭރު ހެނީއެވެ. ޒީކަށް ހުރެވުނީ އެ ފޮޓޯގަނޑުން ފެންނަން ހުރި މަންޒަރަށް ގެއްލި ހުސްވެފައެވެ. އެ ދަނޑިވަޅުގައި ލީވާން ކުރި ސަމާސާއިން ޒީކް ރުޅިގަދަވެ މޫނަށް ޖަންބުކުލަ އެރިއެވެ.

“މަޖަލެއް ނޫން އިނގޭ….” ޒީކްގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ވިއެވެ.

ތެދުވެ އަތުގައި ހުރި ވެލިތައް ފޮޅަމުން ޒީކް އެއްގަމަށް ހިނގައިގަތެވެ. އޭރު ރަށުތެރެއިން މަޒީނާއި ވިޝާލް އައީ ކުރުނބާ ހިފައިގެންނެވެ. މަޒީން ޒީކަށް ކުރުނބާ ދިއްކޮލިއެވެ. ޒީކް ތުން ފިއްތައިގެން ހުރެ ކުރުނބަލުގައި ތުންޖަހާ އެއިން އެތިފޮދެއް ބޯލިއެވެ. ޒީކަށް އެވަގުތު ހުރެވުނީ ދެބުމަ ގޮށް ޖަހައިގެންނެވެ. އަތިރިމަތީ ތިބި އަންހެން ކުދިންކައިރީ ސަމާސާކޮށް ސަކަރާތް ޖަހަން ހުރި ލީވާނާ ދިމާލަށް އިރުއިރުކޮޅާ ބަލަމުން ތުންފަތުގައި ދަތް އަޅާލައެވެ. މި މަންޒަރު ބަލަން ހުރެ މަޒީން ސުވާލުކޮށްލިއެވެ.

“ކިހިނެއްވީ ޒީކް، ރުޅިއައިސްފަތަ؟…”

ޒީކް ތުނބުން ކުރުނބާ ނައްޓާލުމަށްފަހު އަތުން ތުންފަތް ފުހެލަމުން ބުންޏެވެ. “ލީވާން މަ ސިއްސުވާލީ… ފާޑެއްގެ މީހެއް އެއީ….” ޒީކް ހުރީ ހިތްހަމަ ނުޖެހިފައެވެ.

ދަތުރު އައީއްސުރެއް ލީވާންގެ ސަމާސާ ކުރުންތައް ޒީކަށް އަމާޒު ކުރަމުންދާތީ، އެކަމާ ޒީކް ހުރީ ނުރުހުންވެފައެވެ.

“އެއީ ދެން އެހާވަރު ކަމެއްތަ؟…. ދަތުރު އައިސް އުޅޭ އިރު ސަމާސާވެސް ކުރާނެ….” މަޒީން މަސައްކަތް ކުރީ ޒީކްގެ ހިތްހަމަޖައްސައި ދެވޭތޯއެވެ.

“މީހަކު ސަމާސާ ކުރިޔަސް ތިހާ ރުޅިގަދަވާކަށް ނުވާނެ ދޯ….. ތީ ހަމަ އެހާ ރުންކުރު މަންޖެއެއްތަ؟…. މަޒީން ހީކުރީ ވަރަށް ކޫލް ވާނެ ކަމަށް…..” މަޒީންގެ ވާހަކަތަކުން ޒީކް ގާތަށް ހިނިއައެވެ.

“އާން… އަހަރެން ވަރަށް ރުޅި ގަދަވާނެ… ހެހެހެ އަސްލު ދެން މާ އޯވާ އީ ލީވާން… ޒީކަށް އެހާ ކަމުދާ ސްޓައިލެއް ނޫން އެއީކީ… ލީވާނަށް ހީވަނީ ކަންނޭނގެ ކޮންމެ ކުއްޖެއްވެސް އެހާ ފަސޭހައިން ސެޓު ވެދާނޭ… ތޫވެސް ބުނި ވަރަށް ބިޓިންގް ވާނޯ އެ ޓްވިންސް… އެނީވޭސް އައިމް ނޮޓް އިންޓްރަސްޓަޑް” ޒީކްގެ ވާހަކަ މެދުކަނޑާލުމުން މަޒީނާއި އެކީ ރަށުތެރެއަށް ހިނގައިގަތެވެ. އެއީ ވަރަށް ކުޑަ ފަޅު ރަށެކެވެ. އެހެންކަމުން މާގިނަ އިރުތަކެއް ނުވެ އެމީހުންނަށް ރަށުގެ އަނެއް ފަރާތު އަތިރި މައްޗަށް އާދެވިއްޖެއެވެ.

*** *** *** *** *** ***

ޖިންސު ޖީބުގައިވާ ފޯނު ވައިބްރޭޓް ވުމުން ކިޔަން އޮތް ވާހަކަ ފޮތް ލައްޕާލުމަށް ފަހު ކަޔާން ފޯނު ނަގާ ބަލާލިއެވެ. އޮފީސް ކުދިން ކަޔާން ނައިސް ލަސްވުމުން ގުޅަނީކަން އެނގުމުން އަވަހަށް ފޯނު ނެގިއެވެ.

“ކޮބާ ކިހާ ހިސާބެއްގަ؟….” އެ ކޮޅުން ވާހަކަ ދެއްކީ އޮފީސް ޓީމުގައި ވޮލީކުޅޭ ޒުވާނެކެވެ.

“މިހާރު މިދަނީ…. މާލަހެއް ނުވާނެ…” ފޯނު ކަނޑާލުމަށް ފަހު ކަޔާން އަވަހަށް ހެދުން ބަދަލުކޮށްލިއެވެ. އަދި ވިޝާލަށް ގުޅާލުމަށްފަހު ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއިން ނުކުތުމަށް މިސްރާބުޖެހިއެވެ. އިންތިޒާރުގެ ވަގުތު ވަރަށް ކުރެވެ. ވިޝާލް އައުމާއެކީ ޒުވާނުންގެ މަރުކަޒަށް ދިޔުމަށް އަވަސްވެގަތެވެ.

ސައިކަލު ފަހަތުގައި ހުރެ ކަޔާން ޖައްސަމުންދާ ވައްތަރުތައް ދުއްވަންހުރި ވިޝާލަށް ސައިކަލުގެ ލޯގަނޑުން ފެނުނެވެ. މަންޒިލާ ކައިރިވުމުން އައި.ޖީ.އެމް ހޮސްޕިޓަލް ކައިރީ ސައިކަލް ޕާކު ކޮށްލީ ޒުވާނުންގެ މަރުކަޒް ކައިރީހުރި ޕާކިން ޒޯންތަކުން ޖާގައެއް ނުލިބޭނެތީއެވެ. ކުޅިވަރުގެ ކަންތައްތައް ހިންގަމުންދާ މިފަދަ ދުވަސްވަރެއްގައި އެހިސާބުގަނޑުން ސައިކަލް ޕާކު ކޮށްލަން ލިބުމަކީ ނަސީބެކެވެ.

ދެ އެކުވެރިން އެކީ ފައިމަގުގައި ދިޔަ އިރު ވިޝާލް އެ ހިމޭންކަން މެދުކަނޑާލަން ވާހަކަ ދެއްކިއެވެ. “ހެއި… ހާދަ އަވަސް އަރުވާލައިގެން…. ކަމެއް ގޯސްވެގެންތަ ތި އުޅެނީ؟…”

“ނޫނޭ… އަސްލު ގަޑި ޖެހޭތީ…. އަލީނާ ލިޔުނު ވާހަކަފޮތް ކިޔާލަން އޮވެވުނީ…. ދެން ކުއްލިއަކަށް މިކޮޅުން ގުޅީމަ މަށަށް އެނގުނީވެސް…. ކޯޗް ރުޅިއަންނާނެ ލަސްވެއްޖިއްޔާ.. އެއީ އަނެއް ހިޓްލަރު..” ވެގެން އުޅޭގޮތް މަޒީންގެ އެކުވެރިޔާއަށް ހާމަކޮށްދިނެވެ.

“ހެހެހެ… އަދިވެސް ކައެ އަލީނާޔާ ހެދި ދޯ ތިއުޅެނީ… އޭނާ އެބައުޅޭ މިކޮޅުގަ… ތިޔޭ ތި ނާވަސް ވާ ކަމަކީ… އޯ ކޭ މަދަނީ ސަޕޯޓަރުން ތިބޭ ދިމާޔަށް… ގުޑްލަކް..” ޒުވާނުންގެ މަރުކަޒު ތެރެއަށް ވަދެވުމުން ވިޝާލް އޭނާގެ އެކުވެރިޔާއަށް ހިތްވަރު ދެމުން ސިޑިން މައްޗަށް ދިއުމަށް މިސްރާބު ޖެހިއެވެ.

މެޗު ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރާލައިގެން ކަޔާން އެނދުގައި ޖައްސާލިއެވެ. މިއަދުގެ މެޗު ކުރިއަށް ދިޔައިރުވެސް ކަޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ވާހަކައިގައި ހިނގަމުންދިޔަ ކަންތައްތަކެވެ. އަލީނާގެ ޢިބާރަތްކުރުމާއި ލިޔުމުގެ ހުނަރު ވަރަށް މޮޅެވެ. ކިޔަމުން ދިޔަ ކޮންމެ ޖުމްލައެއް ފިލްމެއްހެން ކަޔާނަށް ސިފަވަމުން ދިޔައެވެ.

އެނދުގެ ހެޑްބޯޑު މަތީގައި ބާއްވަފައިވާ ވާހަކަ ފޮތް ނެގީ އަނެއްކާވެސް ކިޔާލުމުގެ ނިޔަތުގައެވެ. މާދަމާއަކީ ހުކުރު ދުވަސް ކަމުން އޮފީސް ބަންދުވާނެއެވެ. ގިނައިރު ހޭލާ ހުރެވޭނެތީ ބޭނުންވީ ކުރިއަށް ހުރިބައިތައް ކިޔާލާށެވެ.

********************

ދޮންވެލި ގަނޑު މަތީގައި ކުރުނބާ ހިފައިގެން ދެމީހުން އިށީނދެ ތިބީ އެކި ވާހަކަތައް ހިއްސާ ކުރުމުގައެވެ. އެކަކު އަނެކަކު ރަނގަޅަށް ތަޢާރަފްވެލިއެވެ. މަޒީނަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ ޒުވާނެއް ކަމާއި، ސްކޫލު ދައުރުން ފެށިގެން ވޮލީ ކުޅުމަކީ އޭނާ ހޮބީއެއް ގޮތަށް ކުރާ ކަމެއްކަން ޒީކަށް އެނގުނެވެ. ވާހަކަ ދެއްކުމުގައި މަޒީން ބަހައްޓާ ގާތްކަމާއި މަޑުމައިތިރިކަމާއި ފިރިހެންވަންތަ ސިފަތަކަކީ ޒީކަށް ވަރަށް ކަމުދާ ސިފަތަކެކެވެ. ދެމީހުން މިގޮތަށް ވާހަކައިގައި ތިއްބާ މަޒީންގެ ފޯނު ރިންގުވުމުން ވާހަކަ މެދުކެނޑުނެވެ.

ފޯނުގެ ޑިސްޕްލޭއަށް ބަލާލުމަށްފަހު ދޮންވެލިގަނޑު މަތިން ތެދުވެ މަޒީންގެ އަތް ޒީކަށް ދިއްކޮށްލީ ތެދުވަންވީ ނޫންހޭ ބުނާ ފަދައަކުންނެވެ. “ކިހިނެއްވީ؟…” ޒީކް ސުވާލު ކުރުމަށްފަހު މަޒީންގެ އަތުގައި ހިފާލީ ދޮންވެލިގަނޑުމަތިން ތެދުވުމުގެ ބޭނުމުގައެވެ. “އޯ…. ހާދަ މަޑޭ..” މަޒީންގެ އަތުގެ ހުދުހަން މަޑުކަމުން ޒީކަށް ލިބުނު ހައިރާންކަން ހާމަ ވިޔަ ނުދިނުމައްޓަކައި ޒީކްގެ ދުލުން ބޭރުވި ބަސްތަކުގައި ސަމާސާ ރާގެއް އެކުލަވާލިއެވެ.

“ކޯއްޗެއް؟….” މަޒީންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ގަބުއަރާފައި ޒީކަށް ހުރެވުނީ މަޒީނާ ދިމާލަށް ބަލަހައްޓައިގެން އާޝޯޚްވެފައެވެ.

“ވިޝާލް އެ ޓެކްސްޓް ކުރީ…. އަންނާށޯ… ހިނގާ ދާން” މަޒީން ބޭނުންވީ އެތަނުން އަވަހަށް ދާށެވެ.

ވިޝާލްމެން ތިބި ހިސާބަށް ދެވުނު އިރު އެ އެންމެން މޫދުގައި މަޖާކޮށް އުޅޭތީ ފެނުނެވެ. މޫދުގައި އެކަކު އަނެކަކު ކޮނޑަށް އަރާ މޮޅެތި ގޮތްގޮތަށް މޫދުގެ ލޮނުގަނޑަށް ފުންމަމުން ދިޔައެވެ.

ޒީކްގެ ކެމެރާ ފައިވަންމަތީ ބެހެއްޓުމަށް ފަހު މޫދަށް އެރެން ދުއްވައިގަތެވެ. މަޒީންވެސް މަޑުކުރުމެއް ނެތި ދުވެފައިގޮސް އެންމެން ތިބި ހިސާބަށް ގާތްވުމުން ފުންމާފައިގޮސް މޫދުގެ ލޮނުގަނޑުމަތީ ޖެހިގަތެވެ. އެންމެންގެ މޫނަށް ލޮނު ބުރައިގެން ދިޔައެވެ. މަޖަލުގައި މޫދުގައި ސަކަރާތް ޖަހައި އެކަކު އަނެކަކަށް ލޮނުޖަހާ ސަމާސާ ކުރަމުންދިޔައެވެ. މިހެން ތިބެ ވަގުތު ދިޔަގޮތްވެސް އެމީހުންނަކަށް ނޭނގުނެވެ.

“ހެއި… މަށަށް ހީވަނީ ދިޔަވަރު ބޮޑުވަނީ ހެން…ހިގާ އެރަށަށް ދާން…” ޝައްފަ މިހެން ބުނުމުން ތޫބާގެ ނަޒަރު ގޮސްހުއްޓުނީ އެމީހުން ކުރިން ހިނގާފައި އެރަށަށް އައި ފަރުމައްޗާ ދިމާލަށެވެ. މިހާރު ހިކިފައިވާ ގާތަށް އެހިސާބު ފަރުމަތިން ފެންނަން ނެތުމުން އެއްމެންވެސް އަވަހަށް އެމީހަކު ގެނައި އެއްޗެއް ހިފައިގެން އެ ރަށަށް ދިއުމަށް ހިނގައިގަތެވެ.

އެހެން މީހުންނެކޭ އެއްފަދައިން ޒީކް އެނާގެ ކެމެރާ ނަގަން ދިޔައެވެ. ނަމަވެސް ކެމެރާ ފެންނަން ނެތުމުން ހިތް ނުތަނަވަސް ވިއެވެ. ގޮތް ހުސްވެފައި ދޮންވެލިގަނޑަށް ބަލަހައްޓައިގެން ހުރެވުނީ ސިކުނޑީގައި ބޮޑު ސުވާލުމާކެއް ޖަހައިގެންނެވެ. އެވަގުތު އެހިސާބަށް މަޒީން އައެވެ. އޭނާގެ ފައިވާން ބެހެއްޓި ދިމާލަށް ގުދުވެ ފައިވާން މަތީ ބާއްވާފައިވާ އޭނާގެ ފޯނު ނެގިއެވެ. ޒީކް މާޔޫސް ވެފައި ހުރިތަން ފެނުމުން އަހާލިއެވެ. “ކިހިނެއްވީ؟….”

ޒީކް ހުރީ ހަދާނެގޮތް ހުސްވެފައެވެ. “މަގޭ ކެމެރާއެއް ނެތް؟….” ޒީކް މިހެން ބުނުމުން ވަށައިގެން ވާ މާހައުލަށް މަޒީން ގެ ކަޅި ހިންގާލީ އަވަހަށް އެ ކެމެރާ ހޯދުމުގެ ނިޔަތުގައެވެ. އެވަގުތު ކުރިމަތިން ފެންނަ ހުރި ކުރެދިގަހުގެ ފަތްތަކުގެ ތެރެއިން މަޒީނަން އެ ކެމެރާ ފެނުނެވެ.

“އޭނީ…. ޒީކް ހަނދާން ނެތުނީ ދޯ ބެހެއްޓުނުތަން….” މަޒީން މިހެން ބުނަމުން ގޮސް ކެމެރާ ނަގައިދިނެވެ. އަދި އައިސް ޒީކްގެ އަތަށް ދިއްކޮށްލިއެވެ.

“ނޫން އަހަރެން ރަނގަޅަށް ހަނދާން އެބަހުރި…. އަހަރެން ކެމެރާ ބެހެއްޓީ ފައިވާން މަތީގައި… ދެން ކިހިނެއް އެހިސާބަށް އެ ދިޔައީ…” ޒީކަށް އަދިވެސް ހުރީ އެގަހުގައި ކެމެރާ ހުންނަންވީ ސަބަބު ނޭނގިފައެވެ. ސިކުނޑިތެރޭ ފުނި ޖެހެމުން އައި ސުވާލުތަކަށް ޖަވާބެއް ނުހޯދެނީސް މަޒީން ވާހަކަ ދައްކަން ފެށިއެވެ.

“ތި ވެދާނެ ވެލި އެޅިދާނެތީ މިތަނުން މީހަކު އެތާ ބެހެއްޓީ ކަމަށް…. ދެން ހިނގާ ދާން….” މިހެން ބުނެ ޒީކްގެ އަތުގައި ހިފައި މޫދާ ދިމާލަށް މަޒީން ހިނގައިގަތެވެ.

ތެދެކެވެ. ކުރިން އެމީހުން ހުރަސް ކުރި އިރަށްވުރެ މިހާރު ދިޔަވަރު ބޮޑެވެ. ލޮނުގަނޑު ހުރީ އުނަގަނޑާ ހަމައިގައެވެ. އޮއިވަރުވެސް ބާރެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް ރަށަށް އެރުނުއިރު ޒީކްގެ ލޮލުގައި އަޅައިގަތީ އެއްކަލަ ފަޅުގެއެވެ. ކުރިން އެހިސާބުން ފެނުނު ކާޅުތަކުގެ މަތިން ހަނދާންވުމުން މަޒީނަށާއި ޒީކަށް ބަލާލެވުނީ އެ ގޭގެ މަތިން ފެންނަން ހުރި ބިޔަ ގަހަށެވެ. މިހާރު އެހިސާބުގައި ކާޅެއްގެ ނިޝާންވެސް ފެންނަން ނެތެވެ. އެކަކު އަނެކަކަށް ބަދަލު ކުރެވުނު ނަޒަރުންވެސް ދެމީހުން މިވިސްނަނީ އެއްކަމަކާއި މެދުކަން ދެމީހުންނަށް ކަށަވަރު ވިއެވެ.

އެއްއަގަމަށް އަރައިގެން އައި އިރު، މި ދަތުރުގެ ނަގާކިޔާ އެކެއް ކަމަށްވާ ވިޝާލަށް އެފަޅުގެ ކައިރީގައި ހުރި ވަޅު ފެނުމުން އެ ދިމާލަށް ކައިރިވިއެވެ. އެ ވަޅުގެ މަތީގައި ވަނީ ޓިނުގަނޑެއް ޖަހާ މަތި ބަންދުކޮށްފައެވެ. ވިޝާލް އެ ޓިނުގަނޑު ނަގާ ވަޅުގެ މަތި ހާސާ ކޮށްލިއެވެ. އަދި ވަޅުގެ ތެރެއަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. “މީ ރީތިފެން ވަޅެއްހެން ހީވަނީ…. ދޭބަަލަ ފެންނަގާނެ އެއްޗެއް ފެނޭތޯ ބަލާލަން….”

ވަށައިގެންވާ މާހައުލުން ފެންނަގާނެ އެއްޗެއް ފެނޭތޯ އެންމެންވެސް ނަޒަރު ހިންގާލިއެވެ. ތޫބާވެސް މަޑުމަޑުން އަރިއަރިއަށް ބަލަމުން ދިޔައެވެ. އެވަގުތު ރީނދޫކުލައިގެ ހަމެއް ހިފައިގެން ލިޝާން އާއި މިންނާ އައެވެ. ރުކަށް އަރަން ގެންގުޅުނު ވަޅިޔާއި ރޯނުބޮނޑި ނަގައި ހަން ބުރިކޮށްލުމަށްފަހު އޭގެ އަތްގަޑު ހުރި ދިމާލުގައި ރޯނުގަނޑު އައްސާލިއެވެ. އަދި އެ ހަން ބުރި ވަޅުތެރެއަށް ބަންޑުން ވާގޮތަށް ވައްޓާލިއެވެ. ހަމަށް ފެންއެޅި އަޑިއަށް ދާން ފެށުމުން ވަލުގައި ހިފާ ދަމަމުން އެ ހަންބުރި ވަޅުން މައްޗަށް ނެގިއެވެ. ހުރިހާ އެންމެން އެއްވެ އެ ފެނުގައި އަތްލާ ވަސްބަލާލިއެވެ. ސާފު ފެންކަން ޔަޤީން ވުމުން އަގަޔަށް ކޯވަރެއްހާ ފެންފޮދެއް ލިއެވެ. ސާފު ފެެނެވެ. އެހެން ކަމުން އެންމެންވެސް އެފެނުން ހަށިގަނޑުގައިވާ ލޮނުކަން ފިލުވާލަން ފެންވަރާލިއެވެ.

އިރުއޮއްސޭ ދަޅައަށް އެޅި ހަވީރު ފިންޏަށް ޖެހެމުން ދިޔަ ވައިރޯޅިން ޒީކް ހުރީ ވަރަށް ބޮޑަށް ހީކަރުވާފައެވެ. ލައިގެން ހުރި ތެތް ހެދުން ބަދަލު ކޮށްލަން ބޭނުންވިއެވެ. އެންމެން އެކުއެކީގައި ރަށުތެރެއިން ދެވެން ހުރި މަގުތަކުން ޓެންޓުތަކާއި ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އެ ވަގުތު ޒީކަށް އެ ފަޅުގެއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

ފެންނަމުން ދިޔަ މަންޒަރުން އަންތަރީސް ވެފައިވާ ޒީކް އޭނާގެ ލޯ އުނގުޅާލިއެވެ. އެ މަންޒަރަކީ ހަޤީޤަތެއްތޯ ޔަޤީން ކޮށްލުމަށެވެ. ދެ ލޯ އުނގުޅާލުމަށްފަހު ވެސް ޒީކަށް ފެންނަމުން ދިޔަ މަންޒަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެ ފަޅުގޭ ތެރެއިން ފެންނަމުން ދިޔައީ ހުދުކުލައިގެ ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ދިޔައީ ވަޔާއި ވިހުރެމުންނެވެ. ރާޅު ބާނި ގަނޑެއްހެން ލައްވަމުން ދިޔަ ބަނޑިތަކާއި އެކީ ވަޔާއި އެކު ނަށަމުން ވިހުރެމުން ދިޔަ ވަގުތު އެ ފޮތިގަނޑުގެ ނިވަލުގައި މީހަކު ހުރިހެން ހީވިއެވެ.

ޒީކް އެމީހަކު ބެލުމަށް ޝަޢުޤުވެރިކަން އުފެދުނެވެ. ކުރިއަށް ފިޔަވަޅު އެޅުނު އިރު އެއީ އޭނާގެ އަމިއްލަ ބާރުން ހިނގަމުން ދިޔަ ކަމެއްހެން ހީނުވާ ކަހަލައެވެ. ފޮތިގަނޑުގެ ނިވަލުގައި ހުރެގެން ދިއްކޮށްލި އަތްތިލަ އައީ އެ ފޮތިގަނޑުގެ އެތެރެއިންނެވެ. އަތްތިލައިގެ އިނގިލިތައް ހުރީ ހިޔަންޏެއްހެންނެވެ. ވަކިވަކިން އެނގޭނޭހެން އެއް އިނގިލި އަނެއް އިނގިއްޔާ ދުރުދުރުގައެވެ. ހީވަނީ ސަލާމަތަށް އެދި ގޮވަމުން އަތް ހަނާ އަޅަމުން ދާ ހެންނެވެ. ނޫނީ ފޮތިގަނޑުން ސަލާމަތް ނުވެ ހާސްވެގެން ތެޅިފޮޅެނީ ހެންނެވެ.

ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާ ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ.

ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް ކުރަމުންދިޔަ ބުނެދޭން ނޭނގޭ އިހްސާސްތަކެއްގެ ސަބަބުންނެވެ. ދެ ބުމަ ދޭތެރެއަށް ރޫގިނަކޮށްލަމުން ހަނިކޮށްގެން ހުރި ލޮލުން އެ އަތްތިލައިގެ ވެރިޔާއަށް ބަލާލީ ޖެހިލުންވެހުރެއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އޮޔާ (4)

Next

ޝެރިން (8 ވަނަ ބައި)

Next
October 22, 2015

ޝެރިން (8 ވަނަ ބައި)

Previews
October 22, 2015

އޮޔާ (4)

20 Comments!

  1. Lovely Xu says:
    October 22, 2015 at 4:49 pm

    Inthizaarah nimumeh athu vejje… dhn vaagotheh ingeyny kiyaalyma dhw… thnkx for upload day to day…thnkx shax

    1. Shax Lyn says:
      October 22, 2015 at 5:48 pm

      Thanks Lovely Xu… 🙂

  2. Miee says:
    October 22, 2015 at 5:10 pm

    V reethi kudi kudi mistak huri dan part ga visnaalaathi hama v reethi anshaa allhu

    1. Shax Lyn says:
      October 22, 2015 at 5:37 pm

      yaaa varah avas koh upload kuran vegen beli iru hama nufeni huri kuhthakeh ei.. ethan than rangalhu kollaanan… thanks…. 🙂

  3. Sarey says:
    October 22, 2015 at 5:17 pm

    Hiyyhutey thankoleh thi nihmaaly…kohn irakun next part gehnani…v nice mi bai..musthag balugai kuri erun edhen..

  4. Sarey says:
    October 22, 2015 at 5:17 pm

    Hiyyhutey thankoleh thi nihmaaly…kohn irakun next part gehnani…v nice mi bai..musthag balugai kuri erun edhen..

    1. Shax Lyn says:
      October 22, 2015 at 5:23 pm

      HI Sarey… Thank you for reading this story…. n for commenting …. 🙂 NEXT part on MONDAY…. INSha Allah 🙂 Keep reading… 🙂 <3

  5. Anonymous says:
    October 22, 2015 at 5:22 pm

    sukunuge kushaa hus noonuge kushaa dhe bas ehbahuge gothugai liyefa hurikan faahaga kurevey.. ?

    1. Shax Lyn says:
      October 22, 2015 at 5:35 pm

      ohhh.. thnks for letting me knw…. will change it… 🙂 n kuriyah oiythanuga adhives rangalhu kuraanan….

  6. aroooo says:
    October 22, 2015 at 5:37 pm

    v v reethi

  7. maash says:
    October 22, 2015 at 6:35 pm

    Haadha lahey up vaaleh ekamvex v nice story! Next part dhigukoh genesdhehchey plz plz

  8. faree says:
    October 22, 2015 at 7:56 pm

    liyumuge varah baivaru kuhthah ebahuri kkanthah rangalhu koh laanee kamah ummeedh kuran story varah reethi vàane hen heevanee

  9. New says:
    October 22, 2015 at 8:02 pm

    V reethi

  10. Mee says:
    October 22, 2015 at 10:30 pm

    Vaanee annoo gamndoo vvvv reethi ahnanu shaazleen

  11. faazy says:
    October 23, 2015 at 12:46 am

    V reethi. Adhives thankolheh dhigu kohlaanama

  12. shiu says:
    October 23, 2015 at 1:33 am

    Adhi mi kiyaaleee
    varah salhi vaane hen heevaneee
    Next part kon irakun
    Waiting

  13. Lovely Xu says:
    October 23, 2015 at 3:15 am

    Wow awsome ♡♡♡ hiyy thelhi thelhi indhaa story stop v..dhen vaany kihinehbaa… Ishaa Allah next monday ga aneh part up kohdheyne dhw shax..we ll waiting next part waht ll happen

  14. Adam says:
    October 23, 2015 at 7:38 pm

    wow
    v v v gaddaa vaahaka genesdhey goey
    next part kiyan v v v beynun vefa mihury
    Monday Monday come soon
    shazlyn shazlyn up sooon
    🙂 😉

  15. anu says:
    October 25, 2015 at 4:09 pm

    Hey sissy adhi kiriyaa kiye varu vee… v salhi story… waitin for the next part… well done… 🙂

  16. naja says:
    October 25, 2015 at 5:09 pm

    Very nice. Love it.

Comments are closed.

Next Episodeކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)←


All Right Reserved!