ރާނީ 10
” މިސްވިތަ؟” ޔޭސް ވަރަށް.. އަވީ ޔާނޫ ބުނީ ހިންގާށޭ ޔާނޫ ޑޭޑްގެ ރިސޯޓަށް އަހަރުން އޭނައާ އެކީ ދާން
” ހިންގާ އަހަރެން ހަމަ ރެޑީ” އަވިނާޝް ބުނެލީ ވަރަށް ލޯބިންނެވެ.
ކަރަންވެސް ގޮވައިގެންދާން އަހާބަލަ އޭނަ ފްރީހޭ..
” ރާހުލް ކޮބާ؟ ”
އެސޮރު މަންމަ އައިސްގެން އުޅެތީ ނުދެވޭނެ.
” ކަރަން ހީޔެއް ނުވޭ ދާނެހެނެއް ” އަވިނާޝް ބުނެލިއެވެ. އެ ޔޯ؟
” މޭބީ ހީ ވިލް ނޮޓްފީލް ކޮންފޯރޓަބަލް ވިތް ޔާނާ…”
އެ ކީއްވެ؟ ކަރަން ރުޅި އަންނަނީތަ ޔާނާ ދެކެ؟ އަވިނާޝް ގެ ޖަވާބު ނުލިބުމުން އަނެއްކާވެސް ރާގިނީ އަހާލިއެވެ. ކަރަން ރުޅި އަންނަނީތަ ޔާނާ ދެކެ؟
” ނޫން ބޭބީ……. ބި ކޯޒް ހީ ލަވްސް ހާރ… ”
ވަޓް؟ ރާގިނީ އުފަލުން އަވިނާޝްގެ ގައިގައި ބައްދާލިއެވެ. އަދި މޫނުގެ އެތަން މިތަނަށް ބޮސް ދިނެވެ.
” ބޭބީ ކީއްވެ އެހެން ބުނީމާ އެހާ އުފާވީ…”
ބިކޯޒް ޔާނޫ ވެސް ލޯބިވެޔޭ ކަރަން ދެކެ ޝީ ވިލްބީ ވެރީ ހެޕީ…
” ބަޓް ބޭބީ ޔާނާގެ ހުރެއެއްނު ބޯއިފްރެންޑެއް……”
ނުހުރޭ ކޮން ޒަމާނެއް އެކަން ނިންމާލިތާ ކަރަން އެއްނު ހެލްޕްވީވެސް………
” ބަޓް ބޭބީ ކަރަން އަކަށް ނޭންގޭ ތި ކަމެއް ކިހިނެތްބާ ތި ވީ؟”
އަވީ ގުޅާބަލަ ކަރަންއަށް ބަޓް ބްރޭކަޕްގެ ވާހަކަ ނުބުނާތި.
ހެލޯ ކީކޭ އަވިނާޝް؟ ” ކަރަން މަށާ ބޭބީ އާ މިއުޅެނީ ރިސޯޓަކަށް ދާން ދާނަންތަ؟ ”
އޯހޯ ބޭބީ…އުންހު މަ ނޫޅެން ތި ދެމީހުންގެ ދޭތެރަށް ވަންނާކަށް ހަނީމޫނަށް މަ ބަހައްޓަފަ ދޭބަލަ މިހާރު ބުނެފިންތަ ލޯބިވާ ވާހަކަ ރާގިނީ ކައިރީގަ؟
އާން ބުނެފިން އަހަރެން މީ އެހާ ސްލޯ މީހެއް ނޫނޭ…”
ރާގިނީ ކީއްކުރީ ބުނީމަ؟
” އެވެސް އަދި ކަލޭ ޖެހޭ ބަލަން؟ ”
ބަޑީ ތިބުނީ ޔޫ ގައިސް…..ހައު ވޯޒް އިޓް…….
ކަރަން ކޯއްޗެއް ކަލޭ އެގެން ބޭނުމީ…؟ ފޯނު ހުރީ ސްޕިކަރުގައި ކަމުން އެދެމީހުންގެ ވާހަކަ އަޑު އަހަން ހުރި ރާގިނީ ލަދުން އަވިނާޝްގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ.
” ދެން ތިވާހަކައެއް ނޫނޭ ދާނަންތަ؟ ޔާނާވެސް ދޭ؟ ”
އޭނާ ބިޓު ނުދޭތަ؟
” އާން ނުދޭ… ކަރަން ނުދާނަން ތަ؟ ”
ބަޑީ އައް އިނގެއެއްނު ޔާނާ އާއި ކައިރިޔަށް ދެވޭ އެއްވެސް ޗާންސެއް މަ މިސް ނުކުރާނެކަން އައިވިލް ގޯ…
” ޔޭ އި އަވިނާޝް ބުނެލިއެވެ. މިފަހަރު ބުނައްޗޭ ލޯބިވާ ވާހަކަ…. ކަލޭ ނުބުނިއްޔާ މަ ބުނާނަން… ”
ނޫން ބަޑީ ބިޓެއް ހުއްޓާ ނުވާނެދޯ ބުނާކަށް…
” އޯކޭ ބާ އި ސީޔޫ ޓުމޯރޯ…
އަވިނާޝް ފޯނު ކަނޑާލިއެވެ. ދެން ރާގިނީ ޔާނާއަށް ގުޅާލިއެވެ.
ހޭއި ކަރަން އޯކޭ ވިތަ؟
ޔާ ހީއިޒް އޯކޭ..
ޔާނޫ ނުބުނަންތަ ކަރަން ކާރީގަ ވިރެން އާއި ބްރޭކްއަޕްވީ ވާހަކައެއް….. ”
އިގޭނެއެއްނު އޭނަ ވީއްޔާ މަގޮވައިގެން ގޮސް ނުބޮމޭ ކިޔާ މިހާ ބޯން ހުއްޓާ ބަސްޓު ކޮށްލީ….. ”
އެކަމް އެދުވަހު ބްރޭކަޕްވީކަމެއް ނޭގޭނެއެއްނު……އޭނަ އެހި އަވީ ކައިރީގަ ޔާނާގެ ބީ އެފް ނުދޭހޭ….
” އަޅޭ އަސްލު ޔާނާއަށް އަހާލެވުނެވެ.” ދެން ބުނާތި މިފަހަރު ދަތުރު ގޮސް ލޯބިވާ ވާހަކަވެސް…
” ޔާ އައި ވިލް ޓްރައި ބަޓް ހުރެއެއްނު ހީ ލޯބިވާ ކުއްޖެއް.. ”
އެހެން ވިޔަސް ހަމަ ލިބިދާނެއެއްނު…
” ކިޑްނެޕްކުރަންވީ ކަންނެންގޭ….. އާން ހަމަ ރަގަޅުކަމެއް..
” ހޫން މި ގިއްނީ ހުންނާނެ ފޯރިފަށެއް އެކަހަލަ ކަމެއް ވީއްޔާ…..އޯކޭ ޕޭޝަނަޓް އެއް އައިއްސި… ” ޔާނާ ފޯނު ކަނޑާލިއެވެ.
އަވީ މިހަކު އަޅެ އަޖައިބު ނުވާނެ މިހާރު ގެޓް ވެއްޖެދޯ މިވާ އެތި…
ޔޭސް ބޭބީ ބިއްލޫރިކޮޅެއްހާ ސައުފް ވެއްޖެ….އެވަގުތު ގޭގެ ފޯނު ރިންގުވާތީ ކައްކާ މިހާ ފޯނު ގެނެސްދިނެވެ.
ކާކުބާ؟ ހެލޯ ދަރިފުޅާ ގިއްނީ ކިހިނެތްތަ ހާލު ؟ އިއްޔެ ހަވީރުވެސް ވަރަށް ގުޅިން…
“ބައްޕާ މީ އަވިނާޝް އޭ.. ރާގިނީ ހަމަ ގަދަ ފަދަ… ”
ދަރިފުޅު ތި ގޭގަ؟
” ލައްބަ ބައްޕާ ކީއްކުރާނީ ލޯބިވާ އަނބިމީހާ ރުޅި އައިސްގެން އައީމަ މިސްވާވަރުން ކެތް ނުވެގެން އައީ…ކުޑަކޮށް ހަނީމޫނު ހަދާލަނީ މީ މިހާރު ދެމީހުންވެސް ޗުއްޓީ ނަގައިގެން.. ”
ރާގިނީ އަވިނާޝް އަތުން ފޯނު ޖަހައިގަތެވެ.
ބައްޕާ ކިހިނެތްތަ؟ ބައްޕަވެސް ދަރިފުޅުހެން ހަމަ ގަދަ ފަދަ ރަމީޒުގެ ޖަވާބު އަޑު އަހާފައި ރާގިނީއަށް ވަރަށް ހެވުނެވެ. ބައްޕާ މިހާރު މޯބައިލް އިން ވެސް ގުޅޭނެ މާދަން މިއުޅެނީ ރިސޯޓަށް ދާންވެގެން އަވީ އާ އަޅުގަނޑާއި ޔާނޫ އަދި ކަރަން….އެހެންތަ؟ ދަރިފުޅު ހާދަ އުފަލުންހެން ހީވެޔޭ؟
ބައްޕަ އަދިވެސް ހިވަނީ ތޯ؟ ޔަގީންކޮށްލާ….ވަރަށް އުފަލުން މިހިރީ….ވަރަށް ގިނައިރު އެހެން ރަމީޒުއާއި ވާހަކަ ދައްކަން ރާގިނި ހުއްޓެވެ. އަވިނާޝް ކުޑަ ކުޑަ ގޯނާކުރަމުން ދިޔައެވެ.
ފޯނު ނިންމާލުމުން އަވިނާޝް ރާގިނީއަށް ގޮވާލިއެވެ. ބޭބީ ހިނގާ ދެމީހުން ކަރަން މެންނަށް ހެލްޕްވާން….
ނޫން އެދެމީހުން ލައްވާ ބުނުއްވާނީ ހަމަ….އަހަރެމެން ގިނަގިނައިން މީޓްކުރުވާނީ…
” އޯކޭ ބޭބީ ”
އަވީ ހިންގާބަލަ ކާން….އައި ކުކުޑް ބިރިޔާނީ…
” ބެބީ ސުވާލެއް ކޮށްލަންތަ؟
ހޫން ދެން އަވީ ހުއްދަ ނުހޯދިޔަސް އޯކޭ ވާނޭ….”
” ހަނދާންވޭތަ އިޝާންގެ ކާމިޔާބީ ފާހަނގަކުރި ދުވަހު އަހަރެން ބިރިޔާނީ ކައްކަދޭން ބުނީމަ އަޑު އިވުނު ކަމަށް ވެސް ނެހެދި…އެކަމް ކެއްކީމެއްނު ކީއްވެ؟ ”
އަވިނާޝްގެ ސުވާލުން ރާގިނީ ވަރަށް ލޯބިން އަވިނާޝްގެ ކޮލުގައި ފިރުމާލިއެވެ.
ފުރަތަމަ ފަހަރަށް އަހަރެންގެ ލޯބިވާ ފިރިމީހާ ކާ ހިތުން އެއްޗެއް ކައްކަދޭން ބުނީމަ ކިހިނެތް ނު ކައްކާ ކެތްކުރެވޭނީ ވެސް..
” އަސްލު ވަރަށް އުފާވި އެދުވަހު އައި ފެލް ވެރީ ސްޕެޝަލް އެހެންވެ ކަން ނޭންގެ ލޯބިވެވުނީ……ބޭބީގަނޑާ ހިންގާބަލަ ރޫމްއަށް…… ”
ކީއްކުރަން؟ ރާގިނީއަށް އަހާލެވުނެވެ
” ދެން ސަޕްރައިޒްއެކޭ….”
ރާގިނީ ގޮސް ރޫމް އަށް ވަންއިރު މުޅި ރޫމް ވަނީ ރެޑް އެނޑް ވައިޓް ހާރޓް ބެލޫންސް އިން ޑެކަރޭޓް ކޮށްފައި އަދި ކޮޓަރީގެ މެދުގައި ކުޑަ ކުޑަ ޓޭބަލްއެއްގެ މަތީގައި ކޭކް އެއް ބަހައްޓާފައި ހުއްޓެވެ. މުޅި ރޫމް ވަނީ ފެއަރީލައިޓް ދިއްލާފައެވެ. ކޮޓާރީގެ ފާރުގައި ޖަހާފައި އިން ހެޕީއެނިވާރސަރީ ވައިފް ފެނިފައި ރާގިނީ ހަނދާންވީވެސް މިއަދު އެނިވާރސަރީކަން… ” ހެޕީ އެނިވރސަރީ ބޭބީ…..”
އަވިނާޝް ފަހަތުން އައިސް ބައްދާލިއެވެ. ވާވް އަވީ އަހަރެން ހިޔެއް ނުކުރަން އަވީ މިހާ ރޮމޭންޓިކް ވާނެކަމަކަށް… ހެޕީ އެނިވާރސަރީ ޓު ޔޫ ޓޫ
” އަހަންނަކަށްވެސް ނެންގެޔޭ އަހަރެން މިހާ ރޮމެންޓިކް ކަމެއް އަދި މިއަދު މި އެނގުނީ ”
އަވިނާޝް ބުނި އެއްޗަކުން ރާގިނީގެ ހިނިގނޑު ފަޅައިގެން ދިޔައެވެ.
” ހިންގާ ކޭކު ފަޅަން އަވިނާޝް ރާގިނީ ގޮވައިގެން ގޮސް ކޭކުފެޅިއެވެ.” އަދި ގިފްޓެއްވެސް ދިނެވެ.
ސޮރީ އަވީ ނެތް ގިފްޓެއްވެސް މިއަދު މީ އެނީވާރސަރީކަން ވެސް ނެންގޭ.
ކޮން އިރަކު މި ކަން ކުރީ؟
” ކުޑައިރުކޮޅެއް ކުރިން ބަޔަކު ގެނެސްގެން….ޑެކަރޭޓް ކުރުވީ…އަހަރެން އެހެންވެ އެތާ ހުރީ ބޭބީ ކައިރީގައި…. އެމީހުން ނިމުމުން އެ ދިޔައީ މެސެޖް ކޮށްލާފަ”
” ދެން ތި ގިފްޓް ކަނޑާނީ ކޮންދުވަހަކު؟ ”
ހިންގާދޯ ކަނޑަން…. ރާގިނީ ބުނެލިއެވެ
” އާދެބަލަ ތި ލައިގެން…. ”
ހެދުމެއްތަ؟
” ގޮސް ބަލާބަލަ”
ރާގިނީ ގޮސް ކްލޯސެޓް ރޫމަށްވެނެވެ. ބަލާލިއިރު ތުނި ލޭސް ފޮތީގެ ކުރު ކުރު ރަތްކުލައިގެ ނައިޓީއެކެވެ. ލަދުން ހުރެވެސް އޭތި ލައިގެން ރާގިނީ ނިކުތެވެ..
” ވާވް ބޭބީ ޔޫ ލުކް ސޯ ސެކްސީ…..” އަވިނާޝް ވަރަށް ލޯބިން އައިސް ބައްދާލިއެވެ.. ބޭބީ އަހަރެންނަށް މީގެ ކުރިން ކަންތައް ކުރެވިފައި ވަނީ ވަރަށް ގޯސް ކޮށްދޯ….ސޮރީ ފޯރ ދެޓް….”
އަވީ ކުރީގެ ވާހަކަ ދެން ނުދައްކާ އަހަރެން މިހާރު މިއުޅެނީ ވަރަށް އުފަލުންނޭ…އަވީ ލިބުމުން މުޅި ދުނިޔެ ލިބުނު ފަދަ….”
” އަސްލުވެސްތަ؟ ” އަވިނާޝްއަށް އަހާލެވުނީ ވަރަށް ބާރަށެވެ…ރާގިނީ ގާތަށް ހިނި އައީ އެހެންވެއެވެ..
އަވިނާޝް ކުއްލިޔަކަށް ރާގިނީ އުރާލިއެވެ. އަދި އެދުކައިރިޔަށް ގޮސް ބިންމަތީ ބެހެއްޓިއެވެ. އަދި ލައިގެން ހުރި ޖިންސާއި ޓީޝާރޓް ބޭލުމަށް ފަހު އަވިނާޝް އެދުގައި އޮށޯވެލިއެވެ…..ރާގިނީއަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ގޮސް އެދަށް އަރާ އަވިނާޝްގެ ގައި ގައި ބައްދާލިއެވެ….
” ބޭބީ އަހަރެންގެ ގިފްޓް ކޮބާ؟”
ބުނީމެއް ނު ހަދާނެއްވެސް ނެތޭ ރާގިނީ ބުނީ ދެރަވެލާފައެވެ.
” ގިފްޓް ގެ ގޮތުގައި އަހަރެން ބެނުން އެއްޗެއް ދޭންޖެހޭނީ… ”
ކޯއްޗެއް ބޭނުމީ؟ އަވިނާޝް އަތް ޖައްސާލީ އަމިއްލަ ތުންފަތުގައެވެ. އެމަންޒަރު ފެނުމުން ރާގިނީގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ.
” ބޭބީ އަދިވެސް ބްލަޝްވޭތަ…..ބްލަޝްވީމަ ވަކިން ލޯބި..އަ އި ޖަސްޓު ވޯންޓް އީޓް ޔޫ އެލައިވް ” އަވިނާޝް ބުނެލީ ވައި އަޑުންނެވެ.
” ކަމޯން ބޭބީ ގިވްމީ އަ ކިސް….އެހެން ނޫނީ އަހަރެން ނިދަނީ….”
ނޫން…ރާގިނީއަށް ބުނެލެވުނެ…
” ބޭބީ ތީގެ މާނަޔަކީ ޔޫ ވޯންޓް…..ރާގިނީ ވަގުތުން އަވިނާޝްގެ ބަސް ހުއްޓުވިއެވެ.. އަވިނާޝްއަކަށް ވެސް އިތުރަށް ކެތެއް ނުވިއެވެ. އަވިނާޝްގެ އަތުތެރޭގައި ރާގިނީ ފޮރުވާލިއެވެ.
ހެނދުނު އަވިނާޝްއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ހެލޯ އަވިނާޝް ހޭލަބަލަ ރިސޯޓަށްދާ ގަޑި ޖެހެނީ އޭ…
” ސާބަސް ކަރަން ކަލެއަށް އަދި 6 ކޭ ޖެހީ ޔާނާ ދާތީ އޭ ކަލޭ ނުނިދިގެން ތި އުޅެނީ… ޔާނާއަށް ގުޅާ… މަ ރޭގަ ވަރަށް ބިޒީކޮށް އުޅެފައޭ ނިދީ….. ”
ކޮންކަމެއް ކުރީ ؟ ” އަދި އެވެސް ކަލޭ ބަލަންޖެހޭ؟ މިއަދު އަހަރެމެންގެ އެނިވާރސަރީއޭ އެހެން ވެ ރޭގަ ބޭބީއަށް ކުޑަ ސަޕްރައިޒެއް ދިނީ…. ” ކީކޭ ކަލޭ ދިނީ ؟
” އާން ކިހިނެތް ވީ؟” މަށަކަށް ކުރިޔަކުން ނޭނަގޭ ބަޑީ ތީ ތިހާ ރޮމޭންޓިކް މީހެއް ކަމެއް..
” ލޯބިވެވުނީމާ މަށަށް ވެސް ތިޔަކަން މިއެންގުނީ… ”
އަހަރެން މިހާރު ވަރަށް އުފާވޭ އަވިނާޝް ތިހާ އުފަލުގައި އުޅޭތީ…އަހަރެން ކުރިންވެސް ބުނީމެއްނު ރާގިނީ އަކީ ވަރަށް ރަގަޅު ކުއްޖެކޭ…
” އަސްލުވެސް އެއީ ހަމަ އަހަރެންގެ ނަސީބު…ވާހަކަ ގިނަ ނުކޮށް ފޯނު ބާއްވަން އުޅޭ. 9 ޖަހާއިރަށް އާދޭ ތައްޔާރުވެގެން ޔާނާއަށް ގުޅައިގެން ޕިކް ހާރ އޯކޭ ”
އަވިނާޝް ކަނޑާލިއެވެ. އަދި އަނެއްކާވެސް ނިދާލިއެވެ.
8 ޖޭހީމަ ތެދުވެ ރާގިނީ ސައި ތައްޔާރުކޮށްފައި އަވިނާޝް އަށް ގޮވާލިއެވެ. ދެމިހުން ސައިބޮއެގެން ޕެކް ކޮށްގެން ބޭރަށް ނިކުތް އިރު ކަރަންމެން ވެސް އަތުވެއްޖެއެވެ.
” އަހަރެން ދުއްވާނީ” އަވިނާޝް ބުންޏެވެ. ”
ކަރަން އާ ޔާނާ އާއި ދެމީހުން އަރާ ފަހަތަށް…” ރިސޯޓަށް ގޮސް ކައިގެން ފޫލަށް އެރި މަޖާކުރުމަށް ފަހު އިރު އޮއަސުމުން އެންމެންވެސް ރޫމްތަކަށް ދިޔައެވެ. ތިން ރޫމްވެސް ހުރި ޖެހި ޖެހިގެންނެވެ. ފެންވަރާލައިގެން އަވިނާޝްމެން ނިދާނީކަމަށް ބުނެ ރޫމް ގައި މަޑުކުރީ ކަރަން މެންނަށް ވާހަކަ ދައްކަން ވަގުތު ދިނުމުގެ ގޮތުންނެވެ. ޔާނާ ފެންވަރާ ރީތި ވެލައިގެން ގޮސް ބީޗްގައި ހުރި ގޮނޑިއެއްގައި ޖައްސާލިއެވެ. އަދި ކަރަން އަށް ބޭރަށް އައުމަށް އެދި މެސެޖް ކޮށްލިއެވެ. ކަރަން އުފަލުން ހުރެ ދިޔައެވެ.
ހޭއި ޔާނާ ކަރަން ގޮވާލުމުން ޔާނާ ބަލާލިއެވެ.. ” ކަރަން އާދެ އިށިންދޭ ”
ޔާނާ ހުރި ގޮނޑި އާއި ޖެހިގެން ހުރި ބީޗް ގޮނޑި ދައްކާލަމުން ބުނެލިއެވެ. ކަރަން ވަރަށް ފަރުވާތެރިކަމާ އެކު އޭނާގެ ހިތުގެ މަލިކާ އަށް ބަލާލިއެވެ. ހުދު ކުލައިގެ ތުނި ހެދުމަކާއި އައިސް ބްލޫ ލެގިންސް އާއެކު ސިލްވާރ ކުލައިގެ ބޫޓުގައި ޔާނާ ވަރަށް ހިތްގައިމެވެ. ޔާނާގެ ބުޅި އިސްތަށިގަނޑު ދޫކޮށްލެވިފައި ވުމުން އިތުރު ފުރިހަމަކަމަށް ދައްކައެވެ.
ޔާނާ ހާދަ ރީތިވެގެން…
” ހޫން މިދެން ކަރަން ލައިކްވޭތޯ ހަމަ.. ”
އެއްކަލަ ޔާނާ ފެށީ އޭ ދޯ؟ ޔާނާ ކުރަން އައި ކަންތައް ވެއްޖެތަ؟
” ހޫން އެއްކަން ވެއްޖެ ދެން އޮތީ ކަރަން އިމްޕްރެސްކުރުން….” ދެމީހުން އެއްފަހަރާ ހީގަތެވެ…
ޔާނާ ކީއްވެގެންތަ ވިރެން ނުގެނައީ؟
” ކަރަން އަކަށް ނެންގޭތަ އަހަރެން ބްރޭކްއަޕް ވި ކަމެއް؟ ”
ވަޓް!!! ކަރަން އަށް ބުނެލެވުނެވެ.
” އާން މިހާރު 6 މަންތްސް ވަރުވާނެ އެއްކަލަ ރޭ ކަރަން އެއްނު އަހަރެން ގެންދިޔައީ އޭނާ ޑްރަގް ޔޫސް ކުރަންހުރި ތަނަށް ހަމަ އެރޭ އަހަރެން އެކަން ނިންމާލައިފިން…”
އެހެންތަ އެކަމް އޭގެ ދެ ދުވަސް ފަހުން ފެނުނު ޔާނާގެ ކާރުގަ އޭނާ…..އެހެންވެ ހީކުރީ ބެކް ޓުގެދާރ ވީކަމަށް……
” އާން ކާރު ރިޓާން ކުރަންވެގެން އައި………”
ސޯ ނައު ޔު އާރ ސިންގަލް ދޯ؟
” ސިންގަލް އެކަމް އައިލަވް ސަމްވަން އަހަރެން ވިރެން އާއި ގުޅުމުގެ ކުރީއްސުރެން ވެސް މިހާރުވެސް އަބަދުވެސްް އަހަރެން ލޯބިވަނީ އޭނާ ދެކެ….އެކަމް ކަރަން ޔު ކޭން ޕްރޮޕޯސްމީ.. ”
ޔާނު ކިތަންމެ ސީރިޔަސް ވާހަކައެއްގެ ތެރެއިންވެސް މަޖާކޮށްނުލާ ނުހުރެވޭ ދޯ؟
” ޔާނު އޭ؟ ”
ކިހިނެތްވީ އެހެން ކީމަ ހަޑީތަ؟
” ނޫން ވަރަށް ލޯބި ދެން އަބަދުވެސް ކިޔަންވާނީ އެހެން”
ދެންހަމަ ކަރަން ތިހެން ހުންނާނީތަ؟ ބިޓެއްވެސް ނުނަގާ؟ ”
ޔާނުއަށް އިނގެއެއްނު މަގޭ ލޯބިވާ ކުއްޖާގެ ސްޓޯރީ…”
އޭނާގެ ހުރޭ ދޯ ބިޓެއް؟ ”
ނޫން މިހާރު ނުހުރޭ އެކަމް ޝީ ލަވް ސަމްވަން… ” އެހެން ވިޔަސް ބުނެބަލަ ލޯބިވާ ވާހަކަ…” ނުކެރޭނެ އޭރުން ރުޅިވެސް އަތުވެދާނެ…
” ކަރަން ދެން މަށާ ރައްޓެހި ވާންވީނުދޯ؟” ޔާނުވެސް… “ކިހިނެތްވީ އަހަރެން ކަމުނުދަނީ؟ ”
އައިއެމް ހަންގްރީ ހިންގާ ކާން ދަމާ؟ ކަރަން ބުނެލިއެވެ
” ކަރަން މިހާރު ތި އޮޅުވާލީއޭ…ކިޑްނެޕް ކޮށްގެންވެސް ގެންދާނަން…. ” ޔާނު އަށް އުފުލޭނެ؟
” މީހަކު ހަޔާރ ކުރާނީ….ދެމީހުން އެއްފަހަރާ ހީގަތެވެ…. ”
ކުއްލިޔަކަށް ވާރޭ ވެހިގަތެވެ.. ދެމީހުންވެސް ދުވެފައިގޮސް ވަނީ އެތާހުރި ހަދަން ފަށާފައިވާ ޗެކްޕޯސްޓަކަށެވެ…އެތަނަށް ދެވުނު އިރު ދެމީހުންވެސް ތެމި ފޯ ވެއްޖެއެވެ.. ޔާނާ ލައިގެން ހުރި ހުދު ހެދުން ތުނި ކަމުން ތެމުނީމާ އޭނާގެ ހަށިގަނޑު އެއްކޮށް ހާމައަށް ފެންނަން ހުއްޓެވެ. ޔާނާ ލަދުން މޭމަތީގައި ދެއަތް ކްރޮސް ކޮށް އަޅައިގެން ހުއްޓެވެ. ކަރަން އޭނާގެ ގަމީސް ބާލާފައި ޔާނާއަށް ދިއްކޮށްލިއެވެ. އަން މީތލާ ބަލަ.. އޭރުން ކަރަންއަށް ފިނިވާނެ. ނޫން އެންމެ ފަހުން ޔާނާ އެ ގަމީސް ލިއެވެ. ހުސް ގަޔާ ހުރި ކަރަންއަށް ބަލަން ޔާނާއަކަށް ކެތެއް ނުކުރެވުނެވެ. އެހެންވެ އަނެއް ފަރާތަށް އެބުރުނެވެ ..ކިހިނެތް ވީ ޔާނު؟ ” ކަމެއް ނުވޭ…”
އިރުކޮޅަކުން ޖަހާލި ގުގުރީގެ އަޑުން ޔާނާ ބިރުން ކަރަންގެ ގައިގަ ބައްދާލިއެވެ. ކަރަންވެސް އަވަހަށް ޔާނާއަށް އޭނާގެ އަތުގެ ހިމާޔަށް ދިނެވެ. އެވަގުތު އަނެއްކާވެސް ގުގުރާލިއެވެ.. ޔާނާ އިތުރަށް ބޮނޑިވެލިއެވެ..ހިވަނީ ކަރަންގެ ގައިގެ ތެރަށް ވަންނަން އުޅޭހެންނެވެ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Maasha allah.. Vv reethi Mi part vs.. Knirakun aneh part kiyaalan libeynee.. Avahah aneh part upload kohdhehcey
Awww so romantic and cute
I was imagining when I was reading
So when is next part
I like your story
My friend boyfriend is also like this
when is next part
Will submit tomorrow insha Allaah