Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލައިކާ

Justordinarilygirl Level 1
July 16, 2023 5 Mins Read
6 Comments

ކޮޓަރި ތެރޭގައިވީ މަރު ފަދަ ފަޅު ކަމެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. މުށިގަނޑު މަތީގައި ތެޅިފައި އެތަށް ބިއްލޫރިތަކެއް ހުއްޓެވެ. އެ އަންހެން ކުއްޖާގެ ކަނާއަތުގައި ކަޓަރެއް އޮތެވެ. އެނދުމަތީގައި އޮތް އަންހެން ކުއްޖާގެ އަތުން ލޭ އަންނަމުން ދެއެވެ. އިސާހިތަކު އެ އަންހެންކުއްޖާގެ ދެލޯ މަޑު މަޑުން މެރެމުން ގޮސް އެއްކޮށް ޙަބަރު ހުސްވިއެވެ.

**** 2 އަހަރު ކުރި****

“ދަރިފުޅާ.. އަދި ވެސް ދަރިފުޅަށް ދަބަހަށް އެއްޗެހި އަޅާ ނުނިމޭ… ސާބަހޭ ލައިކާ… ތަންކޮޅެއް އަވަސްކޮށްލަބަލަ” ލައިކާގެ މަންމަ ލައިޒާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. “ނޫނޭ… މި ނިމުނީ… ދެން ދާނީ ފެންވަރަން” ދަބަހުގެ ޒިބު ދަމާލަމުން ލައިކާ ތެދުވަމުން ބުނެލިއެވެ. “އަވަސްކޮށްލާ ދަރިފުޅާ ލައިކާ ދާންދެން ނޯންނާނެ ލޯންޗެއް އިނގޭ…” ލައިޒާ ނުކުންނަމުން ބުނެލިއެވެ. ލައިކާ އަވަސްވެ ގަތީ ފެންވަރައިގެން ތައްޔާރު ވާށެވެ.

“ދައްތާ… ކޮބާތަ ލައިކާ…؟” ގޭތެރެއަށް ވަންނަމުން ލައިކާގެ އެންމެ ގާތް އެކުވެރިޔާ ޒިދުނާ އަހިސް ވަންނަމުން އަހާލިއެވެ. “ވެއްޖެ ކޮޓަރީގަ… ދޭބަލަ..” ލައިޒާ ބަދިގެއިން ބޯދިއްކޮށްލަމުން ބުނެލިއެވެ. “ލައި… އަދި ވެސް ނުނިމޭ… ސާބަސް ދޫންޏާ…” ލައިކާގެ ކޮޓާރިއަށް ވަދެ އެނދުގައި އިށީންނަމުން ޒިދުނާ ބުނެލިއެވެ.

“ނޫނޭ… މިނިމުނީ…. އަޅޭ ޒިދޫ… ހާދަ މިސް ވާނެއޭ…..” ލައިކާ ގޮސް ޒިދުނާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. “އަސްލުތަ..؟ އަޅޭ އަހަރެން ވެސް ހާދަ މިސް ވާނެއޭ…. އެކަމް ލައި ކިޔަވައިގެން އައީމަ އަހަރެން މާ ޕްރައުޑް ވާނެ… ލައިގެ މަންމަ ވެސް ބައްޕަ ވެސް… އަދި ރަށުގެ އެހެން މެން ވެސް ޕްރައުޑް ވާނެ…. މިރަށުން އެންމެ ފުރަތަމަ ޓީޗިންގ ހަދާ ކުއްޖަކަށް ލައި ވީމަ…” ޒިދުނާ ވެސް ލައިކާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ.

“ދަރިފުޅާ… ކޮބާ ނުނިމޭ…. އަވަހަށް އާދޭ…. މިހާރު ކާރު ވެސް އަތުވެއްޖެ…” ލައިޒާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ލައިކާ ޒިދުނާ އަތުގައި ހިފައިގެން ނުކުންނަން ހިނގައިގަތެވެ. “ދަރިފުޅާ… އިސްމާއިލް ދާނެ ދަރިފުޅު ބަލާ އެއާރ ޕޯރޓަށް…. އެ ގޭގަ ދަރިފުޅު ހުންނާނީ… އެގެއަކުން ދަރިފުޅަށް އެއްވެސް ކަމެއް ދަތި ނުވާނެ އިނގޭ… ” ލައިކާގެ ބައްޕަ ރަޔާން އަހިސް ހުރި ހަމަ އެކަނި ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ލައިކާ ލޯންޗަށް އެރި އިރު އެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އެހެން ނުވާނީ ކާކަށް ހެއްޔެވެ.؟ ފުރަތަމަ ފަހަރަށް ލޯބިވާ މަންމައާއި ބައްޕަ ދޫކޮށް އެތަށް ސަތޭކަ މޭލަށް ދަތުރު ކުރަން ޖެހުމުން އަސަރު ނުކުރާނީ ފަހެ ކާކަށް ހެއްޔެވެ.

 

މެންދުރު 2:15 ގައި އަމާން ދަތުރަކަށް ފަހު ހުޅުމާލެ އިންޓަނޭޝަނަލް އެއާރ ޕޯރޓްގައި ފްލައިޓް ޖެއްސިއިރު ވެސް ލައިކާ އަށް އިނދެވުނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ފްލައިޓްއިން ފައިބައިގެން ނުކުތްތަނުން އިސްމާއިލް އަހިސް ލައިކާ ގާތުގައި މަޑުކޮށްލިއެވެ. “ލައިކާ ދޯ… މީ އިސްމާއިލްބެ…. އަވަހަށް އާދޭ..” ކުޑަކޮށް ޖެހިލުންވެ ހުރެ ނަމަވެސް ލައިކާ ހިނގައިގަތީ އޭނާއަށް އެނޫން ގޮތެއް ނެތީމައެވެ.

“ރަޝީދާ… މިހުރީ އެ މަންޖެ….” ގޭތެރެއަށް ވަންނަމުން އިސްމާއިލް އޭނާގެ އަނބިމީހާ އަށް ގޮވާލަމުން ބުނެލިއެވެ. “އަހާ މަންޖޭ… ތިހާ އާވެފަ ނުހުރޭ… މިގޭގަ ނޫޅޭނެ އެހާ ގިނަ މީހުނެއް… ދައްތަ އާއި އިސްމާލުބެ އަދި އަހަރެމެންގެ ދަރިފުޅު އަޒާން… އެހެން ވީމަ ތިހާ އާކޮށް އުޅޭ އެއްޗެއް ނޫން އިނގޭ… ގިނަ ވަގުތު އެ ދެބަފައިން ވެސް އުޅޭނީ ބޭރުގަ ދައްތަ އެކަނި ގިނައިން ގޭގަ އުޅޭނީ… ލައިކާ ވާނެ ގޭތެރޭގެ ކަންކަން ކޮށްލަދޭން… ދެން އިތުރު ކަމެއް ބޭނުން ވިއްޔާ ބުނެލާ….. ދެން މިގަޑީ އަރާމު ކޮށްލާ… މިހާރު ހުންނާނީ ނުލާހިކު ވަރުބަލި ވެފަ އެއްނުން ދޯ….” އެއަށްފަހު ރަޝީދާ ނުކުމެގެން ދިޔައެވެ.

ލައިކާ އަވަސްވެ ގަތީ ފެންވަރައިގެން މެންދުރު ނަމާދު ކޮށްލާށެވެ. ނަމާދުކޮށް އަވަދި ވެގެން މަންމަމެންނަށް ގުޅާ ދެވުނު ކަމުގެ ހަބަރު ދިނެވެ. “ލައިކާ… އާދޭ ކާން…” ރަޝީދާ މިހެން ބުނުމުން ލައިކާ އަވަސްވެ ގަތީ ކާން ދިއުމަށެވެ. “ލައިކާ މީ އަޒާން… މަގޭ ދަރިފުޅު… އަޒާން މީ ލައިކާ… މިގެއަށް މިއަދު އެ އައި ކުއްޖާ..” ކާ މޭޒު ދޮށުގައި އިށީންނަމުން ރަޝީދާ ބުނެލިއެވެ.

ލައިކާ އަށް އިނީ ޒާތަކަށް އުނދަގޫ ވެފައެވެ. އަޒާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ލައިކާގެ މޫނު މަތިން ވަކި ނުވެއެވެ. އަޒާންގެ މޫނު މަތީގައި ވަނީ މަކަރުވެރި ކަމުގެ ހިނިތުން ވުމެކެވެ. “ލައިކާ ތަށިތަށް ނަގާފަ މޭޒު މަތި ސާފު ކޮށްލާ އިނގޭ… އަހަންނާ އިސްމާއިލް މި ދަނީ ތާކަށް ދާން… ރީތިކޮށް ސާފު ކުރާތި…. އަނެއްކާ އިނގޭތަ އެކަން ކުރަން..” ލައިކާ މަޑު މަޑުން ބޯ ޖަހާލިއެވެ. ލައިކާ އަވަސްވެ ގަތީ އެ މަސައްކަތް ނިންމުމަށް ފަހު ކޮޓަރިއަށް ދިއުމަށެވެ.

“ހެއި ބިއުޓިފުލް…. ހާދަ މީރު ވަސް ދުވައޭ…. ކޮންކަހަލަ ސެންޓެއްތަ ޖަހައިގެން ތި އުޅެނީ…. ހާދަ މަޑު އިސްތަށިގަނޑެކޭ.. ވަރަށް މަޑު… އުމުރު ކިހާ ވަރެއްތަ..؟” ލައިކާ ސިންކު ދޮށުގައި ތަށިތަށް ދޮންނަން ހުއްޓާ އަޒާން އަހިސް ލައިކާގެ ފަން ދިގު އިސްތަށި ގަނޑުގައި އަތް އުނގުޅާލަމުން ބުނެލިއެވެ. ” 19 އަހަރު..” ލައިކާ މަޑުމަޑުން ބުނެލިއެވެ.

“އޯހ ހަމަ އެންމެ ފުރާވަރުގަ ދޯ… ހެހެ… އަހަރެން ދެކެ ބިރުންތަ ތި ހުރީ…. އޫޕްސް ސާފު ކޮށްލާ އިނގޭ މީތި ވެސް.. ހެހެ..” އެ ތާނގައި ހުރި ފެންފުޅި ނަގާ ބިންމައްޗަށް އަޅާލަމުން އަޒާން ބުނެލިއެވެ. “މާ ފުއްޕާފަ މާލެ އާދެވިދާނެ… އެކަމް ދެން އުޅެން ޖެހޭނީ އަހަރެމެންގެ ޚާދިމަކަށް ވެގެން… ހެހެހެ” އަޒާން ނުކުންނަމުން ބުނެލި ބަސްތަކުން ލައިކާ އަށް ވަރަށް އަސަރު ކުރިއެވެ. ލައިކާ އަވަސް އަވަހަށް އެ މަސައްކަތް ނިންމުމަށް ފަހު ކޮޓަރިއަށް ވަނެވެ.

ލައިކާ އޮތީ ގަޑިން 11 ޖެހި އިރު ވެސް ނުނިދިފައެވެ. މާހައުލު ބަދަލު ވުމުން ލައިކާ އަށް އެތަނަށް އަދި ނުހޭނެވެނީ އެވެ. އެހެން އޮއްވާ ލައިކާ އަށް ނިދުނީ 12 ވެސް ޖެހި ފަހުންނެވެ. ލައިކާ އަށް ހޭލެވުނީ މީހަކު ލައިކާގެ ގައިގަ އަތް ލާހެން ހީވެގެންނެވެ. ލައިކާއަށް ފުންމައިގެން ތެދުވެވުނީ ކައިރީގައި ހުސްގަޔާ ހުރި އަޒާން ފެނުމުންނެވެ.

“ކި…ކިހިނެތް މި…މި ކޮޓަރިއަށް ވަނީ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ލައިކާ ބުނެލިއެވެ. “އަޖައިބެއް… ބަލަ މީ މަގޭ އުޅޭ ގެއޭ… ބައްޕައާއި މަންމަ އޮންނާނީ މަށަށް މިގޭގެ ހުރިހާ ތަނެއްގެ ތަޅުދަނޑިފަތި ދީފައޭ… އެހެންވެ ވަދެވޭނެ އެއްނުން ދޯ…” އަޒާން ލައިކާގެ ހާމަ އަށް އޮތް ފަލަ މަސްގަނޑާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ލައިކާ އަވަސްވެ ގަތީ ރަޖާގަނޑަކުން ލައިކާގެ ހަށިގަނޑު ނިވާ ކޮށްލެވޭތޯއެވެ. ލައިކާ ލައިގެން ހުރީ ފަލަ މަސްގަނޑާއި ހިސާބަށް އަރާ ކުރު ސޯޓު ކޮޅަކާއި އަތް ކުރު ޓީޝާޓެކެވެ.

“ނު..ނުކުމޭ…” އަޒާން ބަލަހައްޓައިގެން ހުރި ގޮތުން ބިރުން އިނދެ ބުނެލިއެވެ. “މީ މަގޭ ގެ އެހެންވީމަ… މަށަށް މިގޭގެ ކޮންމެ ތާކަށް ވެސް ވަދެވޭނެ ދޯ… ނޫޅެން ނުކުންނާކަށް….” އަޒާން މަޑުމަޑުން ލައިކާއާއި ކައިރި ވަމުން ބުނެލިއެވެ. ލައިކާ ރަޖާގަނޑުން މުޅި ހަށިގަނޑު ނިވާ ކުރަން އުޅުނެވެ. އެވަގުތު އަޒާން ލައިކާ އަތުން އެ ރަޖާގަނޑު އަތުލިއެވެ. ” ކޯއްޗެއްތަ ފޮރުވަން ތި އުޅޭނީ…” އަޒާން ލައިކާގެ ގައިމައްޗަށް ޖެހިގަތީ ބުޅާ މަސްގަނޑު މައްޗަށް ޖެހި ގަންނަ ފަދަ ގޮތަކަށެވެ.

ލައިކާއަށް އަޑުން އަޑު ނަގާ ރޮއެ ގަނެވުނެވެ. “ހަޅޭ ނުލަވާ މަޑުން އޮވޭ ބަ*…. ކަލޭ ކިތަންމެ ބާރަށް ހަޅޭ ލެވިޔަސް ކަލޭ ސަލާމަތް ކުރަން އެކަކު ވެސް ނާންނާނެ… ކަލޭ އަށް މިރޭ އޮތީ ހަމަ އެންމެ ގޮތެއް…. ރުހުނަސް ނުރުހުނަސް ކަލޭ ޖެހޭނީ މަގޭ އެދުން ވެރިކަން ފުއްދަދޭން….” އަޒާން ލައިކާގެ ޓީޝާޓްގައި ހިފާ ދަމާލަމުން ބުނެލިއެވެ. “ހަނދާން ކުރާތި މީގެން އެއް ވެސް ވާހަކައެއް މީހަކު ގާތުބުނެފިއްޔާ ދެން ކަލޭ އަށް ފެންނާނީ ކަލޭގެ ފުރާނަ ނެތް މަންމަ އާއި ބައްޕަ ހަނދާން ކުރާތި… ބާއި.. ލޯބިގަނޑާ..” އަޒާން ހިތް ފުރޭވަރު ވުމުން ނުކުމެގެން ދިޔައީ އިންޒާރު ވެސް ދީފައެވެ. އަޒާން އެއްމެ ފަހަރަކު ވެސް ލައިކާގެ ހާލާ މެދު ވިސްނާ ނުލައެވެ.

ހެނދުނު އިރު އެރި އިރު ވެސް ޝަހާމާ އޮތީ ރޯލަ ރޯލައެވެ. އަންހެން ކުއްޖަކަށް އެންމެ މުހިންމު އެންމެ އަގުބޮޑު އެއްޗަކީ އެކުއްޖެއްގެ އިއްފަތްތެރިކަމެވެ. އަލަތު ފިރިމީހާއަށް ދެވޭ އެންމެ އަގުބޮޑު ހަދިޔާ އަކީ ވެސް އެއީ އެވެ. އެހެންނަމަވެސް މިއަދު ލައިކާގެ އަތުން އެ އަގުބޮޑު ހަދިޔާ ވެސް އެއްވެސް ރަހުމެއް ނެތި އަތުލައިފިއެވެ. އެއްވެސް މީހަކު ކައިރި އެ ވާހަކަ ދެއްކޭކަށް ނެތެވެ.

ލައިކާ މަޑުމަޑުން އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. ގައިގަ އަޅާ ވޭނުން ލައިކާއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ. އެނދު ކައިރި ތިރީގައި އޮތް ލައިކާގެ ވީދިފައި އޮތް ހެދުން ފެނުމުން އަނެއްކާ ވެސް ރޭގެ ހާދިސާ ލައިކާގެ ލޯ މަތީ ކުޅެލިއެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް ލައިކާއަށް ދިޔައީ އަޒާން ގެ ފަރާތުން އަނިޔާ ލިބެމުންނެވެ. ލައިކާ އެ ހުރިހާ ކަމަކަށް ކެތް ކުރަމުން ދިޔައީ ހަމަ އެކަނި މައިންބަފައިންގެ ހައްގުގައެވެ. އެ ދެމީހުންނަށް ކުޑަވެސް އަނިޔާއެއް ލިބޭކަށް ލައިކާ ބޭނުމެއް ނުވެއެވެ،

ލައިކާގެ ހަށިގަނޑަށް ކުރިން ނުވާގޮތްތަކެއް ވާން ފެށިއެވެ. އަދި ކުރިން ވަމުން ދިޔަ އެތަށް ކަމެއް ހުއްޓުނެވެ. އެއްޗެއް ކާއިރަށް ހޮޑަށް ފައިބަނީއެވެ. ލައިކާ ބިރުން ހުރެ ގޮސް ޑޮކްޓަރަށް ދެއްކުމުން ލިބުނު ޖަވާބުން ލައިކާގެ ފައި ދަށުން ބިންގަނޑު ދަމައިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. ލައިކާއަށް ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.

“ލައިކާ…. މިއަދު ލައިކާގެ މަންމަ އާއި ބައްޕަ އަންނާނެ… ވާނެ ދޯ ރަނގަޅު އެއްޗެއް ތައްޔާރު ކޮށްލަން…” ލައިކާ ރިޕޯރޓް ހިފައިގެން ގޮސް ގެއަށް ވަތް އިރަށް ރަޝީދާ ބުނެލިއެވެ. “ދައްތާ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅޭނީ.. މިދަނީ އަރާމް ކޮށްލަން… ކައްކަން ވީމަ ގޮވާ…” އެހެން ބުނެ ލައިކާ ދުވެފަ ގޮސް ކޮޓަރިއަށް ވަނެވެ. ލައިކާގެ ކަރުނަތަށް ހިފެހެއްޓުނީ އެހާއިރު ވަންދެނެވެ.

ލައިކާ މިހާރު އެއިން ހާލުގަ އޭނާގެ މައިންބަފައިންނާއި ކުރިމަތިލާން ހަމަ ހިލާ ލައިކާ އަކަށް ނުކެރޭނެއެވެ. ލައިކާގެ ވިސްނުމަށް އައީ އެންމެ ނުބައި ކަންތަށް ކުރާށެވެ. ދުވެފަ ގޮސް އެނދުމަތީގައި އޮތް ކަޓަރު ނަގައި އަތުގައި އަޅުވާލިއެވެ. ތަދު އިހުސާސް ވީ ނަމަ ވެސް ފަރުވާލެއް ނުބަހައްޓާ އަނެއްކާ ވެސް އަތުގައި އަޅުވާލިއެވެ. ތަކުރާކު ކޮށް އެތަށް ފަހަރަކު އަތުގައި ކަޓަރު އަޅުވާލިއެވެ. މަޑުމަޑުން ލައިކާގެ ހަބަރު ހުސްވެގެން އެނދުމައްޗަށް ދެމުނެވެ.

ލައިކާ އަށް ހޭވެރިކަން ވީއިރު ލައިކާގެ އެއްފަރާތުގައި ލައިކާގެ މަންމަ ރޮވިފައި އިނެވެ. ބައްޕަ ތަންކޮޅެއް ދުރުގައި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުއްޓެވެ. “ދަރިފުޅާ… އެއީ ކާކު… ބުނޭ އެއީ ކާކު…. މަންމަ އޭރުން އެ މީހެއްގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރާނަން ދަރިފުޅާ ކައިވެނި ކުރަން…. ތި ވަރުގެ ފާފައަކަށް އަރައިގަތް އިރު ބިރު ނުގަނޭތަ…؟ މަންމަ ހިޔެއް ނުކުރަން..” ލައިޒާއަށް ވާހަކަ ވެސް ނުދެއްކުނެވެ.

“ނޫން މަންމާ… އަޅުގަނޑު ތިބުނާ ވަރުގެ ފާފައަކަށް އަރައި ނުގަންނަން… އެކަން މާތްﷲ ދެނެ ވޮޑިގެން ވާނެ….” ލައިކާއަށް ވެސް ރޮވުނެވެ. ލައިކާ އަށް އިތުރަކަށް ކެތެއް ނުވިއެވެ. ހުރިހާ ކަމެއް ލައިކާގެ މަންމަ އާއި ބައްޕަ އަށް ކިޔައިދިނެވެ. އަޒާން ގެ އަނިޔާ ވެރިކަން ހިތަށް އައުމުން ލައިކާއަށް އުނދަގޫ ވިއެވެ.

ވަގުތުން ރަޔާން ޕޮލިހުންނަށް ގުޅިއެވެ. ހަމަ އެ ދުވަހު އަޒާން ހައްޔަރު ކޮށްގެން ގެންދެވުނެވެ. ލައިކާ އެންމެ ހިނދުކޮޅަކަށް ވެސް މާލޭގައި ހުންނަން ބޭނުން ނުވުމުން ހަމަ އެ ދުވަހު ރަށަށް ފުރީއެވެ.

*******5 އަހަރު ފަސް******

މިއަދު ލައިކާ އަކީ ރަށު ސުކޫލުގައި މަސައްކަތް ކުރާ ހީވާގި މުދައްރިސެކެވެ. ލޯބި ލޯބި ލައިރާ ގޮވައިގެން ލައިކާ އުޅެނީ ނުހަނު ހިތްހަމަ ޖެހިގެންނެވެ. ލައިރާ ފެންނަ ކޮންމެ ފަހަރަކު އަޒާންގެ އަނިޔާވެރިކަން ހަނދާން ވިޔަސް ލައިރާ އަށް ދޭންވާ ލޯބި ފުރިހަމައަށް ލައިކާ ދެއެވެ. ލައިކާ ގަބޫލު ކުރަނީ އެއީ ވެސް އޭނާއަށް ކުރިމަތި ވީ އިމްތިހާނެއް ކަމަށެވެ. ލައިކާ އަށް ދިމާވި ކަހަލަ އެއްވެސް ކަމެއް ލައިރާއަށް ދިމާވިޔަކަ ލައިކާ ނުދޭނެއެވެ.

=ނިމުނީ=

Share Article

Follow Me Written By

Justordinarilygirl

Level 1

hello everyone. my name is shahaa. i love reading and writting stories i am just a typical teenager . I strongly believe that comments and feedback is the way to grow up the carrier

Other Articles

Previous

ވަކިވީ ލޯބިން 12

Next

ވަކިވީ ލޯބިން 13

Next
July 20, 2023

ވަކިވީ ލޯބިން 13

Previews
July 16, 2023

ވަކިވީ ލޯބިން 12

6 Comments!

  1. Nayal says:
    July 16, 2023 at 12:41 pm

    Mi vaahaka vara reethi….shahama vaahakaya varah inthizaaru ebakureveyyy….dhen nuliyaani tho?

    1. Shathuu says:
      August 4, 2023 at 7:45 am

      shukuriyya Nayal…
      v avahah Shahaama vaahakaige dhn in bai thah genes dheynan

  2. ކިއުންތެރިއެއް says:
    July 16, 2023 at 6:31 pm

    އަލަށް ލިޔާ ނޫކަށިފުރައިގެ ޒުވާންކުއްޖެއްގެ ވާހަކައެއް ނަމަވެސް މާ ދެރަވަރެއް ނޫން. އެކަމަކު ލިޔެފައިވަނީ ތަންކޮޅެއް އާންމު ޝިޢާރަކަށް. ތިޔަ ގަލަމުން މިއަށް ވުރެ އަމިއްލަވަންތަކަން ބޮޑު ރީތި ވާހަކަތައް ލިޔެވިދާނެކަމަށް ފެނޭ

    1. Shathuu says:
      August 4, 2023 at 7:47 am

      varah bodah shukuriyya
      thiya faalhu kuri hiyaalu thakah v bodah shukuriyya
      thiya kan kan rangalhu kurumah v haahssa samaalu kameh dheynan..

  3. Anonymous says:
    July 18, 2023 at 8:57 pm

    shahama ga vaahaka dhn genes dhenee konirakun tho

    1. Shathuu says:
      August 4, 2023 at 7:47 am

      IA varah avahah genesdheynan..

Comments are closed.



All Right Reserved!