Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ނަވަތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 19, 2015 6 Mins Read
48 Comments

“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިޞްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޖަވާބެއް ނުލިބި ގިނައިރު ވުމުން އަމީން އައި ރުޅީގައި ހިނގާފައި ގޮސް މިޞްބާޙްގެ ގަމީހުގެ ގިރުވޯނުގައި ހިފައި ދަމަމުން ގޮސް ފާރަށް މިޞްބާޙް ތަތްކޮށްލިއެވެ. ދުރުގައި ހުރި ޒާހިޔާއަށް މިޞްބާޙޭ ކިޔައި ގޮވާލެވުނެވެ.

 

“ކަލޭ ހުރިތަނެއް މަށަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟ މުޅި ރަށަށް އެނގޭ އެކަން. ކޮންމެވެސް މީހަކު އަހަރެންގެ ވާހަކައިގެ މެދުން ހަޅޭއްލަވައިގަނެގެން ބުނީ ކަލޭ ހުރީ ކޮންމެވެސް އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގައޭ. މިއީ ދޮގެއްތަ؟” އަމީން ބުނެލި ވާހަކައިން ދެލޯ ބޮޑުވެގެން ދިޔަ މިޞްބާޙަށް އޭނަގެ ބައްޕައާއި ދިމާލަށް ބަލާލެވުނެވެ. އެ ވާހަކަ އެގޮތަށް ދައްކާނީ ކާކުބާއޭ މިޞްބާޙްގެ ހިތަށްއެރިއެވެ. އޭނަ ހިނދުކޮޅަކަށް ޝޮކެއްގައި ހުއްޓާ ހަމަހޭވެރިކަމެއް ލިބުނީ ބުމަގޮށްޖެހިފައި ހުރި އަމީން އޭނަގެ ގިރުވޯނުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓާލުމުންނެވެ.

 

“ޑް….ޑް..ޑޭޑް އައި ޕްރޯމިސް އަހަރެން އެއްވެސް ކަމެއް ނުކުރަން.” މިޞްބާޙް ވާހަކަ ފެށީ ޖެހިލުންވުމަކާއެކީ ކަމަށްވިޔަސް އޭނަ ނިންމާލީ އަވަސްއަވަހަށެވެ.

 

“ތިބުނީ ތިމަންނަ ހުރީ އަންހެން ކުއްޖަކާއެކީ ނޫނޭތަ؟” އަމީން ޝައްކުގެ ނަޒަރަކުން ބަލަންހުރެ ސުވާލުކުރިއެވެ. މިޞްބާޙް ދޭންޖެހޭނެ ޖަވާބާއިމެދު ހިސާބަކަށް ލަދުގެންފައި އިސްޖަހާލިއެވެ.

 

“ޑޭޑް……އަހަރެން ހުރީ އަންހެން ކުއްޖަކާއެކީ. އޮޅުމަކުން އެއްކޮޓަރިއެއްގަ ތަޅުލެވުނީ. އެކަމަކު އަހަރެން އެއްވެސް ކަމެއް ނުކުރަން.” މިޞްބާޙް އަމީނަށް ބަލާލަމުން ވާހަކަ ނިންމާލިއެވެ. އަމީން މިޞްބާޙްގެ ގިރުވޯނުން ކުއްލިއަކަށް ދޫކޮށްލިއެވެ.

 

“ތިވާހަކަ ޤަބޫލުކުރަންތަ އަހަރެންވީ؟ ތިއީ މަލާއިކަތެއްތަ އެއްވެސް ކަމެއް ނުކޮށް ހުންނަން؟” އަމީން ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. އޭނަގެ ބައްޕަ ވާހަކަ ދެއްކި ގޮތުން މިޞްބާޙްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.

 

“ނޫން ޑޭޑް. އަހަރެން ބިރުގަތީ ﷲ ރުހިވޮޑިގެންނުވާނެ ކަމެއް ކުރެވިދާނެތީ.” މިޞްބާޙް ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

 

“ކޯޗެކޭތަ ކަލޭ ތިކިޔަނީ؟! ބޯ ހަލާކުވާ ކަހަލަ ވާހަކަ. އަޑުއަހާ! މަށަށް ވަރިހަމަ ކަލޭ ކޮންމެ ގޮތަކަށް އުޅުނަސް. އެކަމަކު ހަނދާން ކުރާތި ކަލޭ ކުރާ ކަންތައް އެހެން މީހުންނަށް ސިއްރުކުރަން. އެހެންނޫނީ ކަލެއާހެދި އަހަރުމެންނަށް އެތައް ވޯޓެއް ގެއްލިދާނެ.” އަމީން ވެހެމުން ދިޔަ ވާރޭގެ އަޑުގެ މައްޗަށް ބާރު ހޯދަމުން ވާހަކަ ދެއްކިއެވެ. ބައްޕަ ދެއްކި ވާހަކައިން މިޞްބާޙަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ﷲ ގެ ރުހިވޮޑިގަތުމަށްވުރެ ބޮޑަށް ބައްޕައަށް މުހިއްމީ މީހުންގެ ރުހުމެވެ. އެންމެން ރުއްސުމަކީ ކުރެވޭނެ ކަމެއްނޫންކަން ބައްޕައަށް އެނގޭނެ ނަމައެވެ. މިޞްބާޙް އަމީނަށް ބަލަބަލާ ހުއްޓާ އަމީން ފުން ނޭވައެއް ދޫކޮށްލަމުން ދެ ކަރުނަވަޅުގައި ދެ އިނގިލި ޖައްސާލިއެވެ. ދުރުގައި ހުރި ޒާހިޔާ އިސްޖެހިފައިހުރެ އޭނަގެ ކޯތާފަތުން ކަރުނަ ފޮހެލިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަމީން ވާހަކަ ދެއްކިއެވެ.

 

“ދެން އެންމެ ރަނގަޅު. ވާން އޮތް ކަމެއް ވެ ނިމިއްޖެ. މާދަމާ ޕްރެސް ކޮންފަރެންސެއް ބާއްވާނީ. އޭގަ ބުނާތި ތިމަންނަ ރޭގަ ހުރީ ސްކޫލްގެ މަސައްކަތެއް ނިންމަން އެކުވެރިއެއްގެ ގެއަކަށް ގޮސްފައޭ. އޭރުން މި މައްސަލަ ހައްލުވެދާނެ.” އަމީން މަޑުމައިތިރި އަޑަކުން އެހެން ބުނެލުމުން މިޞްބާޙް ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އަމީން ދާން ހިނގައިގަތް ވަގުތު މިޞްބާޙްގެ އަޑު އިވުނެވެ.

 

“ނޫން ޑޭޑް. އަހަރެން ދޮގެއް ނަހަދާނަން. އަހަރެން ބުނެދޭނީ ކަން ހިނގި ގޮތް.” މިޞްބާޙް އެހެން ބުނެލި ވަގުތު އަމީންގެ އަތް މުއްކެވިގެން ދިޔައެވެ. އޭނަ ކުއްލިއަކަށް މިޞްބާޙާއި ދިމާލަށް އެނބުރިލިއެވެ. އެއަށްފަހު ދިގު ދެ ފިޔަވަޅު އަޅާލަމުން މިޞްބާޙްގެ ކައިރިއަށް ގޮސް އެއްއަތުން އޭނަގެ ކަރުގައި ހިފާލިއެވެ.

 

“ކީކޭތަ؟” އަމީން ރަތްވެފައިވާ ދެލޮލާއެކީ މިޞްބާޙް ގާތު އެ ސުވާލުކޮށްލީ އޭނަ ޖަވާބު ބަދަލުކުރާނެ ކަމުގެ އުއްމީދުގައެވެ. ކަރަށް ބާރުވަމުން ދިޔަކަން އިޙްޞާޞް ކުރެވުނު މިޞްބާޙް ތެމިފައި ހުއްޓާ ވެސް ދާހިއްލަން ފެށިއެވެ. ދުރުގައި ހުރި ޒާހިޔާއަށް މަންޒަރު ފެނުނު ވަގުތު އޭނަ އަމީނަށް ބާރަށް ގޮވާލިއެވެ.

 

“ބުނާށޭ!” އަމީން ޒާހިޔާއަށް ވުރެ ވެސް ބާރަށް އެހެން ބުނެލުމުން މިޞްބާޙް ސިހިގެން ދިޔައެވެ. މުޅި މީހާ ކުއްލިއަކަށް ފިނިވެގެން ދިޔައެވެ. ބައްޕަ ބޭނުންވާ ވާހަކައެއް ބައްޕައަށް އިއްވާލަންވީ ކަމަށް މިޞްބާޙްގެ ސިކުނޑި ބުންޏެވެ. އެހެނަސް އޭނަ ދޮގު ހަދަންވީ ކީއްކުރަންތޯ ހިތް ސުވާލުކުރިއެވެ. ކުރިމަތީގައި ދެލޯ ބޮޑުކޮށްގެން ހުރި ބައްޕަ އޭނައަށް ކަމެއްކޮށްފާނެތީވެ ހެއްޔެވެ؟ ލިބިދާނެ އަނިޔާއެއްގެ ބިރަށް އޭނަ އަބަދުވެސް ރައްކާތެރި ކުރަމުން އައި ކަލާނގެއަށް އޭނަ އުރެދޭނީ ހެއްޔެވެ؟ މިޞްބާޙްގެ ހިތް ނޫނެކޭ ބުނެލި ވަގުތު އޭނައަށް ވާހަކަ ދެއްކުނެވެ.

 

“އަހަރެން ބުނާނީ ތެދު، ޑޭޑް.” މިޞްބާޙް ބުނެލިއެވެ. ހަމަ އެއާއެކު އަމީން މިޞްބާޙަކީ ދިރުމެއްވެސް ނެތް ބުދެއްހެން ހީވާ ފަދަ ގޮތަކަށް އޭނަގެ ކަރަށް ދަމަމުން ބިންމައްޗަށް ވައްޓާލިއެވެ. ޒާހިޔާ މިޞްބާޙަށް ގޮވާލަމުން އޭނަގެ ގާތަށް އަންނަން ފެށިއެވެ. ތަށިމުށީގެ މަތީގައި ބަންޑުން ޖެހުނު މިޞްބާޙަށް އޭނަގެ ކަރުގައި އަތްވެސް ނުލެވެނީސް އަމީން އޭނަގެ އިސްތަށިގަނޑުގައި ހިފައި ތެދުކުރުވިއެވެ. ވީ ތަދާއެކީ މިޞްބާޙްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ. ހަޅޭއްލެވުމުން އޭނަގެ ކަރަށް އިތުރަށް ތަދުވިއެވެ. އަމީން އެއްވެސް ރަޙުމެއްނެތި މިޞްބާޙްގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލިއެވެ. އެއަށްފަހު މިޞްބާޙަށް ދެލޯ ވެސް ހުޅުވާނުލެވެނީސް އަތްމުއްކަވާފައި މިޞްބާހްގެ ކޮނޑަށް އެތިފަހަރެއް ވީއްލިއެވެ. މިފަހަރުވެސް މިޞްބާޙް ވެއްޓެން އުޅުނެއްކަމަކު ބިންމަތީގައި އޭނަގެ ފައި ހަރުލިއެވެ.
 

“އަމީން ކީއްތަ ތިކުރަނީ؟ މީ އަހަރުމެންގެ ދަރިފުޅޭ!” ޒާހިޔާ ރޮވިފައިހުރެ އަމީނާއި މިޞްބާޙްގެ މެދުގައި މަޑުކޮށްލަމުން އަމީނަށް ހަނދާންކޮށްދިނެވެ.

 

“އެނގޭ. އެކަމަކު މީނަ މިހާރު މިއުޅެނީ މާ ގިނަ ވާހަކަ ދައްކަން ދަސްވެގެން. މި ގޮތަށް ކަންތައް ކުރީމަ ފަހުން ހަނދާން ހުންނާނީ އަހަރެން ބުނާ ވާހަކައަކާ ދެކޮޅު ނަހަދަން. ދުރުވޭ!” އަމީން ޒާހިޔާ ކުޑަކޮށް ކޮއްޕާލަމުން ދެންވެސް މިޞްބާޙްގެ ގަމީހުގައި ހިފިއެވެ. އޭގެ ފަހުން މުޅި ގޭގެ ތެރޭގައި އިވެމުން ދިޔައީ މިޞްބާޙްގެ ހަޅޭކުގެ އަޑާއި ޒާހިޔާ ރޮމުން ދިޔަ އަޑެވެ. ނަމަވެސް އެއަކުން އަމީންގެ ހަރު ހިތަށް އަސަރު ކުރިކަމަކަށް ނުވެއެވެ. އޭނަ ދެވަނަ ފަހަރަށް ވިސްނުމެއްވެސް ނެތި މިޞްބާޙަށް އެކިއެކި އަނިޔާތައް ދެމުން ދިޔައެވެ. އެއްކަމަކަށް މިޞްބާޙްގެ އިސްތަށިގަނޑުގައި ހިފައި އޭނަގެ ބޯ ފާރުގައި ތެޅިއްޔާ އަނެއްކަމަކަށް މިޞްބާޙާއި ދިމާލަށް ކުޑަ ބިއްލޫރި ގުޅިއެއް އުކައި މުގުރާލައެވެ. ސިޓިންގް ރޫމުގެ މޭޒުމަތީގައި މޭވާތަކާއެކީ އޮތް ވަޅިއެއް އަމީންގެ އަތުގައި ޖެހުނު ފަހުން ގޭގެ ޓައިލްސް މަތިން ލޭވެސް ފެންނަން ފެށިއެވެ. ރޮމުން ދިޔަ ޒާހިޔާއަށް އެއްވެސް ކަމެއް ނުކުރެވުނު ޙާލުގައި ކަމެއް ކުރަން ބޭނުންވި މިޞްބާޙްގެ ގައިގައި އެ ހިތްވަރެއް ނެތެވެ. ބައްޕަ ބޭރުފުށުން އޭނައަށް ދެމުން ދިޔަ އަނިޔާއަށްވުރެ އޭނަގެ އަމިއްލަ ބައްޕަ އޭނައަށް އަނިޔާ ކުރާތީ ހިތުގައި އަޅަމުން ދިޔަ ވޭން މާބޮޑެވެ. ކުރީކޮޅު އޭނައަށް ގިސްލެވެމުން ދިޔައެއްކަމަކު މިނެޓްތަކެއް ހިނގިފަހުން މިޞްބާޙަށް އޭނަގެ ލޯވެސް ރަނގަޅަކަށް ނުހުޅުވެއެވެ. އޭނައަށް ރަނގަޅަކަށް ނުވެސް ހިނގެއެވެ. އެވަރުން ވެސް އަމީން އޭނަގެ ގަމީހުގައި ހިފަމުން ގޮސް ގޭގެ ދޮރުން ނިކުންނަން ދިޔައެވެ. އޭރު މިޞްބާޙްގެ މޫނުގެ އެކި ތަންތަން ނޫފަންގަނެފައިވީއިރު އޭނަގެ ނިތުންނާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ. ލައިގެން ހުރި ގަމީހުގެ އެކި ދިމަދިމާލުން ވީދިފައިވީރު އެ ތަންތަން ވެސް ވަނީ ލެއިން ފޯވެފައެވެ. އަމީން މިޞްބާޙް ގޮވައިގެން ވާރޭ ތެރެއަށް ނިކުތް ވަގުތު ޒާހިޔާވެސް އަމީނަށް އާދޭސްކުރަމުން ނިކުތެވެ. އަމީން އަދިވެސް ހިތް ނުފުރިގެން އެތާ ފެންޑާގެ އެއްފަރާތެއްގައި ފެނުން ފުރިފައި ހުރި ޓައްޕެއްގެ ތެރެއަށް މިޞްބާޙްގެ ބޯ ކޮއްޕާލިއެވެ.

 

“އަމީން މޮޔަވީތަ؟!” ޒާހިޔާ ހަޅޭއްލަވަމުން ގޮސް މިޞްބާޙްގެ ކަނދުރާގައި ހިފާފައިވި އަމީންގެ އަތުގައި ހިފައި ދެމޭތޯ ބެލިއެވެ. އެހެނަސް އަމީން ހުރީ ގޮތްދޫނުކޮށް މިޞްބާޙްގެ ކަނދުރައިގައި ބާރަށް ހިފަހައްޓައިގެންނެވެ.

 

“އަމީން…..އަހަރެން ފުލުހުންނަށް ގުޅައިފިއްޔާ މާ ރަނގަޅެއް ނުވާނެ!” ޒާހިޔާ ބިރު ދައްކާ ފަދައަކުން ބުނެލިއެވެ. އެއާއެކު އަމީން ޒާހިޔާއަށް ބަލާލިއެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ކުއްލިއަކަށް މިޞްބާޙް ފެނުން މައްޗަށް ނަގައި ބިންމައްޗަށް ވައްޓާލިއެވެ. މިފަހަރު ސިމެންތި ތަޅުންމައްޗެއްގައި ބަންޑުން އޮށޯވެވުނު މިޞްބާޙް އޮތީ ދެލޯ މެރިފައެވެ. ޒާހިޔާ އަޑުގެ ކޮޅަށް މިޞްބާޙަށް ގޮވާލަމުން މިޞްބާޙްގެ ގާތަށް ގޮސް އޭނައާއި ދިމާލަށް ތިރިވިއެވެ. ހަމަ އެވަގުތު އަމީން ގޮސް ފެންޑާ ތެރޭގައި އޮތް ކާރަށް އަރައި ސްޓާޓްކޮށްލަމުން ކާރު ފަހަތަށް ޖައްސަން ފެށިއެވެ. ޒާހިޔާ އެ ކާރާއި ދިމާލަށް ބަލާލީ ނަފްރަތުން ފުރިގެންވި ދެލޮލުންނެވެ.

 

އެ ދަން ގަޑީގައި އެއްވެސް މީހަކު ނެތް އަނދިރި މަގުން ޔޫނުސް ވާރޭތެރެއިން ސައިކަލު ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. އެހެނަސް މަގުގެ ވަކި ހިސާބަކަށް ދިޔަ ތަނާ ފުދޭވަރަކަށް ކައިރިން ފެނުނު ގެއެއްގެ ތެރެއިން ނިކުންނަމުން ދިޔަ ކަޅު ކުލައިގެ ކާރެއް ފެނުމާއެކު ޔޫނުސްއަށް ސްޕީޑް ދަށްކޮށްލެވުނެވެ. އޭނައަށް އެގެއާއި ހަމައަށް އާދެވުނު ވަގުތު އެ ކާރު މަގުގެ ސީދަލަށް ބާރު ސްޕީޑެއްގައި ދުއްވާލައިފިއެވެ. އެއީ އަމީންގެ ކާރުކަން ޔޫނުސްއަށް އެނގުންވީ ވަގުތު އެ ކާރު ނިކުތް ގޭގެ ތެރެއިން އަންހެނެއްގެ އަޑު ޔޫނުސްއަށް އިވުނެވެ.

 

“މިޞްބާޙް ހޭލަބަލަ! މިޞްބާ…….މީހަކު އެހީވެދީބަލަ. މަގޭ ދަރިފުޅު.” އެގޭގެ ފެންޑާ ތެރޭ ބިންމަތީގައި މިޞްބާޙްގެ ގައިގައި ދެއަތުން ހިފަހައްޓައިގެން އިން ޒާހިޔާ ޔޫނުސްއަށް ފެނުނެވެ. އެއާއެކު އޭނައަށް ސައިކަލު މަޑުޖައްސާލެވުނެވެ. އެ ފަޅު ސަރަޙައްދުގައި އޭނަ ފިޔަވައި ޒާހިޔާގެ ރުއިން އަޑުއިވޭނެ މީހެއްނެތެވެ. އެގޭގެ ކުރިމަތިގައި ހުރި ފިހާރަވެސް ވަނީ ބަންދުކުރެވިފައެވެ. ޔޫނުސް ސައިކަލުން ފޭބީ ވެގެން އުޅޭ ގޮތެއް ބެލުމަށްޓަކައެވެ. ހޭނެތިފައި އޮތް މިޞްބާޙަށް ލިބިފައިވި ޒަޚަމްތައް ފެނިފައި އެތައްހާސް ސުވާލެއް ޔޫނުސްގެ ސިކުނޑިއަށް ވެރިވިއެވެ. ނަމަވެސް އޭނަ އޭގެއިން އެއްވެސް ސުވާލެއް ނުކުރީ މިއީ އެއަށްޓަކައި ރަނގަޅު ވަގުތަކަށް ނުވާނެކަން ދަނެގެންނެވެ.

 

މުޅި ރަށުތެރޭގައި ގުގުމާލި އެމްބިއުލާންސްގެ އަޑާއެކީ ހުރިހާ ނޫސްވެރިން ހޮސްޕިޓަލާއި ދިމާލަށް މިޞްރާބު ޖެހިއެވެ. އެމްބިއުލާންސްއަށް ވެސް ހޮސްޕިޓަލަށް އާދެވުމުގެ ކުރިން ބައެއް ނޫސްވެރިން ތުނިވެފައިވާ ވާރޭތެރޭގައި ހޮސްޕިޓަލަށް ހާޒިރުވެފައި ތިއްބެވެ. އެމްބިއުލާންސް އިން މިޞްބާޙް ނެރުނު ވަގުތު ޔޫނުސްއާއި ޒާހިޔާ ވެސް އެއިން ފޭބިއެވެ. “ޙާދިސާއެއް” ދިމާވެގެން އުޅެނީ އަމީންގެ ދަރިފުޅައްކަން އެނގުމުން ނޫސްވެރިން ފޮޓޯ ނަގަން ފެށީ ވަރަށް ފޯރިއާއެކީގައެވެ. ޒާހިޔާ މިޞްބާޙް އޮތް އެނދާއި އެއްވަރަށް ހިނގާފައި ދިޔައިރު އޭނަ ފަހަތުން އައި ނޫސްވެރިޔަކު އޭނައާއި ސުވާލުކުރަމުން ދިޔަ ކަމެއްވެސް އޭނައަށް ނޭނގުނު ފަދައެވެ. ޒާހިޔާ ހޮސްޕިޓަލް ތެރެއަށް ވަނުމުން ހުރިހާ ނޫސްވެރިން ވެސް ވަންނަން އުޅުނެވެ. ނަމަވެސް އެމީހުން މަޑުކުރެވުނެވެ. ޔޫނުސް ވަނަދިނީ އޭނަގެ އަތުގައި އެއްވެސް ކެމެރާއެއް ކަހަލަ އެއްޗެއް ނެތީތީވެއެވެ. އަދި އޭނަ އެމްބިއުލާންސްގައި އައީވެސް ޒާހިޔާގެ އެހީތެރިއެއްގެ ގޮތުގައި ކަމަށްވާތީވެއެވެ. ޔޫނުސް ހޮސްޕިޓަލަށް ވަދެގެން ދިޔައިރު ހުރިހާ ނޫސްވެރިންހެން ތިބީ ޙަސަދަވެރިވެފައެވެ.

 

މިޞްބާޙް އެމަޖެންސީ ރޫމަށް ވައްދައި ދޮރު ލައްޕާލެވުނު ވަގުތު ޒާހިޔާ އިހުނަށްވުރެ ބާރަށް ރޯން ފެށިއެވެ. އޭނަ ރޮމުންރޮމުން ގޮސް އެތާ ހުރި ގޮނޑި ބަރިން ގޮނޑިއެއްގައި އިށީންތަން ބަލަން ޔޫނުސްއަށް ހުރެވުނީ ދެރަ މޫނަކާއެކީގައެވެ. އަނެއްކާވެސް އެތައް ސަތޭކަ ސުވާލެއް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށި ވަގުތު ޖިންސްގެ ޖީބުގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނު ނަގައި ބަލާލިއިރު ސްކްރީނުން ނަޞްރާގެ ނަން ފެނިފައި ޔޫނުސް ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

 

“ސަލާމް.” ފޯނު ކަންފަތުގައި ޖައްސައި ތަންކޮޅެއް މަޑު އަޑަކުން ޔޫނުސް ބުނެލިއެވެ.

 

“ވަޢަލައިކުމުއްސަލާމް. ޔޫނުސް ކިހިނެއްތަވީ ޖަލްސާގަ؟ ކޮންމެވެސް މީހަކު ހަޅޭއްލެވި އަޑު އިވުނުތަނާ އެޗް.އެން ޓީވީ ކެނޑިއްޖެ. އެހެން ޗެނަލަކުން އެ ޖަލްސާ ނުދައްކާ. ހަމަނުޖެހުމެއް ހިނގީތަ؟ ކީއްވެތަ މާ ބޮޑަށް ލަސްވަނީ؟” ކޮޓަރި ތެރޭގައި ކޮޅަށް ހުރި ނަޞްރާ ހިސާބަކަށް ކަންބޮޑުވެފައިވުމުން އޭނައަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ.

 

“ނަޞްރާ…..ޖަލްސާގަ ހިނގި ކަންތައް ކިޔައިދޭނަން ފަހުން އިރާދަކުރެއްވިއްޔާ. އަހަރެން މިހިރީ ސަލާމަތުން. ކޮންމެވެސް ކުއްޖަކަށް އަނިޔާއެއްވެގެން އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް އައިއްސަ މިހިރީ. ހުރިހާ ވާހަކައެއް ކިޔައިދޭނަން ގެއަށް ގޮއްސަ. މިހާރު ބާއްވަނީ. ބާއި.” ޔޫނުސް އެހެން ބުނެލަމުން ފޯނު ކަނޑާލީ އެމަޖެންސީ ރޫމުގެ ދޮރު ހުޅުވުނު ހެން ހީވުމުންނެވެ. އޭނަ ހީކުރި ގޮތަށް ފަސްއެނބުރި ބަލާލިއިރު އެ ރޫމުން ނަރުހެއް ނިކުމެފިއެވެ. ޔޫނުސްއަށް ޒާހިޔާ ހުރި ހިސާބަށް އާދެވުނު އިރު ނަރުސް މީހާ ދައްކަމުން ދިޔައީ މިޞްބާޙަށް ލޭ ބޭނުންވާ ވާހަކައެވެ. ޒާހިޔާ ކަންބޮޑުވާން ފެށި ވަގުތު ޔޫނުސް ނަރުސް މީހާ ގާތު ކޮން ގްރޫޕެއްގެ ލެއެއްތޯ ސުވާލުކުރިއެވެ. ނަރުސް ޖަވާބު ދިނުމާއެކު ޔޫނުސް އޭނައަށް ލޭ ދެވިދާނެ ވާހަކަ ބުނެލިއެވެ. ޒާހިޔާ ރޮވިފައިހުރެ ޔޫނުސްއަށް ޝުކުރު އަދާކުރިއެވެ.

 

ޔޫނުސް ލޭ ހަދިޔާ ކުރުމަށްފަހު އަނެއްކާވެސް އެމަޖެންސީ ރޫމުގެ ކުރިމައްޗަށް ގޮސް ހުއްޓި އޭނަގެ ފޯނު ބަލާލި ވަގުތު އޭނައަށް އެތައް މެސެޖެއް ލިބިފައި ހުއްޓެވެ. އެ ހުރިހާ މެސެޖަކީ ރާއްޖެ ޕްރެސްގެ ނޫސްވެރިން ކޮށްފައި ހުރި މެސެޖުތަކެވެ. އަމީންގެ ދަރިފުޅު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނު ވާހަކަ އޭނަ ނޫހުގައި ނުޖަހާތީ އެންމެންވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. އެމީހުންނަށް އެ ޚަބަރު ލިބުނީ ކިހިނެއްބާވައޭ ޔޫނުސްގެ ހިތަށްއެރިއެވެ. އިރުކޮޅަކު ވިސްނުމަށްފަހު ޔޫނުސްއަށް ކަން ވީގޮތް އެނގުމުން އޭނަ ފޯނުން ކޮންމެވެސް އެހެން އޮންލައިން ނޫހަކަށް ވަދެލައިފިއެވެ. ނޫހުގެ އެންމެ ފަހުގެ ޚަބަރުގައި ވެސް ޖަހާފައި ހުރީ ޒަޚަމްވެފައި އޮތް މިޞްބާޙް އެނދެއްގައި އޮތް ފޮޓޯއެވެ. ޚަބަރު ހުޅުވައި ބަލާލިއިރު އެ ޚަބަރުގައި އޮތީ ޒާހިޔާ ހޭނެތިފައި އޮތް މިޞްބާޙް ގޮވައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔަ ވާހަކައެވެ. އަދި މިޞްބާޙަށް އެ ޒަޚަމްތައް ލިބުނީ ކިހިނެއްކަން ނޭނގޭ ކަމަށާއި އަމީން ހޮސްޕިޓަލަށް ހާޒިރު ނުވާ ވާހަކަ ވެސް އޮތެވެ. އެ ކުއްލި ޚަބަރު ނިންމާފައި ވަނީ މިރޭގެ ޖަލްސާގައި ކޮންމެވެސް މީހަކު މިޞްބާޙާއި ބެހޭގޮތުން ދެއްކި ވާހަކައިންނެވެ. ޔޫނުސް އެހެނިހެން އޮންލައިން ނޫސްތަކަށް ދިޔައިރު ވެސް އެ ޚަބަރު ޖަހާފައިވަނީ ހަމަ އެކަހަލަ ގޮތަކަށެވެ. އެޗް.އެން ނިއުސް ފިޔަވައެވެ. އެޗް.އެން ނިއުސްގައި ޖަލްސާގައި ހިނގި ކަންތަކުގެ ވާހަކަ ޖަހާފައެއްނުވެއެވެ. ޚުދު އޭނަ ވެސް މި ޚަބަރު ލިޔުނު ނަމަ ލިޔާނީ އެހެން ކަމުގައި ޔޫނުސްއަށް ހިތާހިތުން ކިޔާލެވުނެވެ. އޭނައަށް ޙަޤީޤަތް ނޭނގޭ ވާހަކައެއް ލިޔެ އޭނަ މީހެއްގެ ނަން ބަދުނާމު ކުރާކަށް ބޭނުމެއް ނުވެއެވެ. މިޞްބާޙަކީ ގޯސްވެދާނެ ކުއްޖަކަށް ވިޔަސް ތުންތުންމަތިން އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ. އަދި އަމުދުން މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް ބަލާލިއެވެ. މިޞްބާޙް ހަމައަކަށް އެޅުނު އިރަކުން މިޞްބާޙާއި ޒާހިޔާ ކައިރިން ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު މައްސަލައަކަށް ނުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)

Next

އޮޔާ (2)

Next
October 20, 2015

އޮޔާ (2)

Previews
October 19, 2015

ކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)

48 Comments!

  1. luvna says:
    October 19, 2015 at 9:30 pm

    yaayyy!!! im first..

    1. jana says:
      October 20, 2015 at 7:54 pm

      😀

  2. jana says:
    October 19, 2015 at 9:35 pm

    Assalam’alaikum. 🙂 mi bai 2 safhaa varu kuruvaane. kuriah liyan adhi jana kudakoh visnan jeheyhen heevaathy huttaaly. dhen oiy bai thursday dhigukoh genesdheveytho balaanan In Sha Allah 🙂

  3. Arcane_Belle says:
    October 19, 2015 at 9:35 pm

    Neynge kithah vana faharu kameh page refresh kollevuny vaahaka up veythw :p Very anxious. Next part wednesday?

    1. jana says:
      October 20, 2015 at 7:57 pm

      dhen faharakun thihaa varah refresh nukoh veytho balahchey ingey Arcane_Belle? 😛 jana beynumeh nuvey jana ge sababun kiyuntherin vaguthu beykaaru kuraakah. 🙂 Next part thursday ga In Sha Allah 🙂

  4. Me says:
    October 19, 2015 at 9:37 pm

    Mee hayaathuga ves kiyaa emme aadhaya khilaafu eh vaahaka. Meehaku thedhumagah eburumah fahu ekannimthihaanu kurevvumakee kashavaru kameh. Aharen bunaa hiyvanee ‘ALLAH tha’ala misbah ah saabithulan dhevvaashi’ ey. Ekam mee vaahaka eh viyya :D. Varah varah reethi igey. Mi vaahaka in saabithu koh dhenee faahish amaluthah sifakohdheegen noonas reethi vaahaka eh liyevi dhaane kan. May Allah bless u and ur effort, dear writer.

    1. jana says:
      October 20, 2015 at 8:09 pm

      Quranun inspire vegen liyaathy kanneynge aadhayaa khilaafuvy. hehe…..aslu Quranuge vaahaka thakun libey kahala filaavalhuthah jana mi vaahakain ves genesdheyn beynunvy 🙂 Me thi buni gothah hama thauba vumahfahu emme bodethi kanthah hingaany. ehenvegenney jana kuree dhuvahu buny emme powerful lessons thah annaany tawba vumah fahugaey 😀
      Me, thikahala dua thah kuraakah nuvaane kanneynge dho? vaahakain vaa hurihaa kameh vany liyuntheriaage ai matheega kamah veema 🙂
      hehe…..jana ah ves kureega heevefa onnany faahish amaleh nethiyya vaahaka eh reehcheh nuvaane ey. ekamaku emme reethi vaahaka thah hunnany Quranuga. e vaahaka thakugaves nuhurey e ‘amaluthah sifa kohdheefa. Quranuga anhenakaa firihenakaa dhemedhu onna intimacy ves sifakuravvaafaivany varah varah indirect koh. ein inspire vegen jana liyany 😀
      May Allah bless us all and increase us in guidance! Ameen!

  5. luvna says:
    October 19, 2015 at 9:40 pm

    oowhh!! jana!! misbah was innocent. ameen, what wrong with him i mean a father beating and samashing his own son… that too without knowing the truth.. thanks for uploading the story.. this part is super duper nice… hope to see next part soon but please make it a little bit long… this is one of the bestest story i have read so far..

    1. jana says:
      October 20, 2015 at 8:12 pm

      Luvna, thats because for some people, their money and status means everything. will try to make the next part longer In Sha Allah. Alhamdhulillah! (All praise and thanks belongs to Allah) 😀

  6. amie says:
    October 19, 2015 at 9:51 pm

    Ey jana navathirees kiyaatha? Onasaalhees dhw kiyaany…

    1. maa says:
      October 19, 2015 at 9:59 pm

      Nava thirees kiyaneee

    2. Anonymous says:
      October 19, 2015 at 10:17 pm

      dhe gothah vex kiyaane

    3. jana says:
      October 20, 2015 at 8:14 pm

      amie, jana ahves varah numberuthah dhivehin kiyaakah neygey. komme faharaku google koffa yageen koffa liyany 😛
      Jazakillah Khairan once again anonymous. i have seriously learnt a lot from you about dhivehi language 😀

  7. maa says:
    October 19, 2015 at 9:57 pm

    Yana thank you v reeethi story v kiyaahithun inda nimuneee…. U r my favorite writer love u

    1. jana says:
      October 20, 2015 at 8:15 pm

      hehe…..Alhamdhulillah! 😀 Love you too! 🙂 <3

  8. Anonymous says:
    October 19, 2015 at 10:17 pm

    misbahu salaamai kurey.. dhen in baiga afreen ge vaahaka himanahchey

    1. jana says:
      October 20, 2015 at 8:16 pm

      In Sha Allah. jana ulhunymey mi baiga ves gennan. ekamaku kudakoh visnanvegen laskolly 🙂

  9. Kitty says:
    October 19, 2015 at 10:26 pm

    V rythi mi Bai ves masha allah but e amen asha Sinaan ah kameh nukurey tha?whn the police finds it out ameen dhaany jail ah dhw?

    1. jana says:
      October 20, 2015 at 8:17 pm

      Kitty kuraa suvaaluthakun jana ah vaahaka kiyaidheven ulheny komme faharaku 😛 kiyainudheynan ingey? inthizaaru kollavva In Sha Allah 😀

  10. zuley says:
    October 19, 2015 at 10:28 pm

    V v reethi?

    1. jana says:
      October 20, 2015 at 8:18 pm

      Alhamdhulillah! 😀

  11. stardust says:
    October 19, 2015 at 10:35 pm

    alhey haadha dera gothekey mivi 🙁 story varah varah reethi, alah mi comment kuri, ekm story kiyan reguarly. keep it up jana 🙂

    1. jana says:
      October 20, 2015 at 8:20 pm

      dheradho? jana ah ves rovunu :'(
      hehe…..comment kuriyas nukuriyas maa bodu massala eh ney. stardust ah vaahakain faidhaa eh kuranya e nimuny 😀

  12. sana says:
    October 19, 2015 at 10:45 pm

    Varah nice mi part ves …but misbaah ah ehen nuhadhaa janaa… 🙁

    1. jana says:
      October 20, 2015 at 8:21 pm

      hehe……dhen Misbahah nubai vaan oiy varakah vejje dho? balamaa dhen vaagotheh In Sha Allah 😀

  13. rish says:
    October 19, 2015 at 10:54 pm

    Rish ah emme reethi part mee. JANA plz thankolheh awahah anehbai genesdheeba v dhigukoh. v v v v v salhi mi bai. Hithah araa e Ameen gandu fennaane nama ey. Alhe Afu haadha guilty feel vaane ey dhw..

    1. jana says:
      October 20, 2015 at 8:24 pm

      Alhamdhulillah! 😀
      alhe rish VARAH avahah VARAH dhigukoh kihineh jana genesdheyny. thankolheh lahun varah dhigukoshey buninama jana ah varah faseyhavees 😛 hehe…..balaany dhigu kureveytho thursday ah In Sha Allah 🙂 Make lots of dua for me that i’m able to manage my time well In Sha Allah

  14. humey says:
    October 19, 2015 at 10:59 pm

    Mi baives v.reethi..Jazaakallah khaira

    1. jana says:
      October 20, 2015 at 8:25 pm

      Alhamdhulillah! Wa iyyaki! 😀

  15. mai says:
    October 19, 2015 at 11:02 pm

    Me ebunee thedhuvahakaeh.fakhish amalthakugevahakanuliyunas kiya hivvakaehala reethi ibraitheri vahakaliye veynedhow.mee varah ibraitheri vaahakaeh.vvvreethi.

    1. jana says:
      October 20, 2015 at 8:26 pm

      hmm……vaahaka eh reethi vaakah faahish amaluthah hunnaakah nujehey. 🙂 Alhamdhulillah! 😀

  16. Amin says:
    October 19, 2015 at 11:33 pm

    Nice story eh??

    1. jana says:
      October 20, 2015 at 8:26 pm

      Alhamdhulillah! 😀 😀

  17. Ayaa says:
    October 20, 2015 at 12:12 am

    Haadha dhera ey. Bappayaku firihen kujjakah eha rahum kuda vaan heyo vaane tha!! :'( sinaan ge hageegaiy falha ara dhuvahakah keiy nukurevey. Eyna r hedhi misbaah ah kiha aniya eh. Afreeb kiha dhera vaane dhn. :'( mi vaahaka kiya hama asluves rovey. V v real story eh eh hen kiya iru manzaru thah sifa vany. MashaAllah. Film eh kulhunas miha furihama nuvaane. Dhn anna part miyah vure furihama vaane kamah ummeedhu kuran. ❤❤❤❤❤❤❤❤❤???????

    1. jana says:
      October 20, 2015 at 8:30 pm

      Ayaa, hamaekani Sinaana hedhi noon dho? baivaru meehunna hedhi. ekamaku root aky hama sinan. hmm Afreen ah vaagoiy dhen anna bayakun fennane In Sha Allah.
      hehe…..ekamaku mee real story eh noon ingey Ayaa? jana veehaaves gina mauloomaathu ekkogen realistic kureveytho varah masakkaiy kuran. 🙂 Alhamdhulillah! 😀

  18. pinkgal says:
    October 20, 2015 at 12:26 pm

    Nyc Masha’Allah ekam hithaheree hama bappayaku vote ahtakai dhariakahh mivarahh aniyaa kuraanebaaey dhww kithanmerulhiayas ??

    1. jana says:
      October 20, 2015 at 8:34 pm

      pinkgal, jana akah neyngey parenthood aa behey gothunves maa bodu ehcheh. ekamaku engey kamaky baeh meehunnah emeehunge dharin hurihaa ehchakah vaairu anebbai meehunnah kudhinnaky maa bodu niumatheh noon. faisaa aai qadaratttakai emeehun dhahivethi vaavarun amilla ‘aailaa ahves aniyaa kuran beynunvaavarah meehegge hiy haru vedhaane. jana mi bunany haqeeqathaa dhuru vaahaka eh kamah vanya jana buni ehcheh rangalhu kohdhinun edhen 🙂

  19. maahee says:
    October 20, 2015 at 12:41 pm

    Mi vaahaka kiumahfahu nooru soorathuge maana kian feshijje. quruaana medhu gaaikameh gengulheven fashaifi.. mivaahakain ginabayakah hidhaayathu minvaru kurahvvaashi… aameen..

    1. jana says:
      October 20, 2015 at 8:35 pm

      Ameen! 🙂
      Maahee Quranuge ehen suraiythahves musthaqbaluga ungenen masakkaiy kuraane kamah ummeedhu kuran. Alhamdhulillah! 😀

  20. datha says:
    October 21, 2015 at 7:57 am

    MaashaaAllhu mibaives vare reethi dhatha gae hauo dhuvaa abadhuves jana yaa on naanae mi bain dhatha yae vare bodu iburathae libijjae dhatha gae thibi dhae anhaen dharingae Musthguba laa dhay thray vare fun koe visnaa livijjae maabodae dhatha inthizaaru nukuruvachay kiyaalaahithun mihaaru kae madhuvaefa

    1. jana says:
      October 22, 2015 at 3:44 pm

      Jazakillah Khairan datha jana ahttakai dua kohdheythy. jana ves datha aai datha ge anhen kudhinnattakai dua kuraanan In Sha Allah. mirey 10 jehumuge kurin up kureveytho balaanan In Sha Allah 🙂

  21. Shaufa says:
    October 22, 2015 at 2:38 pm

    Nyc… Jana bunedhy faananthr qurange thafsylu engeyne website????

    1. jana says:
      October 22, 2015 at 3:45 pm

      Bayyinah.com. e site ga hunna podcast balaaleema fennaane Juz amma aa Juz Tabarak ge baeh surah thah. khutbah thakuga ves hunnaany Quranuge aki ayaithakun libey filaavalhuthah kiyai dheefa 🙂

  22. Shaufa says:
    October 22, 2015 at 2:40 pm

    Masha allah… Miee mi web sitega in emme reethi vaahaka……

    1. jana says:
      October 22, 2015 at 3:46 pm

      Jana ah mihaa hisaabah annan hidhaayai dhekkevy hama ekani Allah. ehenvyma Alhamdhulillah! 😀

  23. saa says:
    October 22, 2015 at 9:57 pm

    koba ane bai???? waitin…..

  24. mash says:
    October 22, 2015 at 9:59 pm

    Jana avas kobba waitin ….

  25. veeraa says:
    October 22, 2015 at 10:06 pm

    Waiting jana avs up koh dhy

Comments are closed.

Next Episodeހިޖުރަ (ސާޅީސްވަނަ ބައި)←


All Right Reserved!