Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 33

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
October 2, 2023 10 Mins Read
32 Comments

ނަމަވެސް، ލައުރާ ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވި ނަމަވެސް، އަޒާން މިރޭ އޭނާގެ ހިތުގައި ކޮށްޓާލައިފިއެވެ. ލައުރާގެ ހުއްދައެއް ނެތި، އެ ހިތުގެ ތެރެއަށް ދެމިގަނެފިއެވެ. ލައުރާއަށް ނޭނގުނު ކަމަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޒާން އެ ހިތް އެކުގައި މިލްކުވެސް ކުރާނޭ ކަމެވެ. މިއަދު އަޒާން ލައުރާގެ ލޯތްބަށް އެދި އާދޭސް ކުރި ފަދައިން، އޭނާވެސް އަޒާންގެ ލޯތްބަށް އެދި އާދޭސް ކުރަން ޖެހޭ ދުވަހެއް އަންނަން އޮތް ކަމެވެ.

*** ** ***

ފަތިސް ނަމާދުގެ ބަންގީގެ އަޑު ޔައިނާގެ ކަންފަތުގައި ގުގުމައިލީ، ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ވެފައި ހުރި ވަރުބަލިކަމާ އެކީވެސް ޔައިނާ އެނދުން ތެދުވީ ވަގުތު ފާއިތުވުމުގެ ކުރިން ފަތިސްނަމާދު ކޮށްލުމުގެ ނިޔަތުގައެވެ. ތެދުވެ، އެނދުމަތި ރީތިކޮށްލުމަށްފަހު، ސޯފާގައި ނިދާފައި އޮތް މިލާންއާއި ދިމާއަށް ބަލައިލި އިރު، އޭރުވެސް އަރާމު ނިންޖަކުން މިލާން ނިދާލާފައި އޮތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޔައިނާ އޭނާގެ ތުވާއްޔާއި ހެދުމަކާ ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ.

ފެންވަރައިގެން، ވުޟޫކޮށްގެން ނުކުތް އިރު، ޔައިނާ ލައިގެން ހުރީ ކަޅު ކުލައިގެ އަބާޔާއެކެވެ. އެ އަބާޔާގެ އަތުކުރިއަށް ރަބަރު ލައްވާފައި ހުރި އިރު، ފަސްބައިގައި އަޅާފައިވާ މެރޫންކުލައިގެ ރޭނދާތައް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ، ފުނާއަޅައި، ރީތިވެލީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެއަށްފަހު، މުސައްލަ ފަތުރާލާފައި، ފަތިސް ނަމާދު ކޮށްލިއެވެ. ނަމާދަށްފަހު، މި ކައިވެނި ބާއްޖަވެރި ކޮށްދެއްވާތޯ އެތައް ފަހަރަކު ޔައިނާ ދުޢާ ކުރިއެވެ. ޔައިނާ މުސައްލަ މަތިން ތެދުވީ، ޤުރުއާނުން މިންވަރެއް ކިޔަވައިލުމަށްފަހު، ހެނދުނުގެ ޛިކުރުތައްވެސް ކިޔާފައެވެ. އަޅައިގެން ހުރި ދޮޅިއާ އިސްޓާކީނު ބޭލުމަށްފަހު މުސައްލަތެރެއަށް ލާފައި، މުސައްލަ އޮޅައިލިއެވެ. އެއަށްފަހު، އަލަމާރިތެރެއިން ނެގި މެރޫން ކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް ބޮލުގައި އޮޅައިލިއެވެ. މޫނުމަތީގައި މޭކަޕްގެ އެއްވެސް އަސަރެއް ނެތް އިރުވެސް ފަތިހުގެ ތާޒާކަމާއެކީގައި ޔައިނާގެ މޫނު ފެންނަނީ ނިކަން ހިތްގައިމު ގޮތަކަށެވެ.

ތައްޔާރުވެ ނިމިގެން ޔައިނާ އޭނާގެ ފޮއްޓަށް އަންނައުނު އަޅަން ފެށީ، ހެނދުނު ހަތެއް ޖަހާ އިރު މާލެއަށް ފުރަން ޖެހޭތީއެވެ. އޭނާގެ އެއްޗެހިތައް އެޅުމަށްފަހު، މިލާންގެ ތަކެތިވެސް ބަންދުކޮށް ނިންމައިލީ ނިކަން އަވަހަށެވެ. އެއަށްފަހު، މުޅި ކޮޓަރިތެރެވެސް ކުޑަ ގޮތަކަށް ސާފުކޮށް، ތަރުތީބު ކޮށްލިއެވެ. ހީވާގިކަމާ މުރާލިކަމުގެ ނަމޫނާއެކެވެ.

ހުރިހާ ކަމެއް ނިމުމާއި އެކު، ފުން ނޭވާއެއް ދޫކޮށްލަމުން ޔައިނާ ބަލައިލީ އަދިވެސް އަރާމުކޮށް ނިދާލާފައި އޮތް މިލާންއަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، މަޑުމަޑުން މިލާންއާ ދިމާއަށް ފިޔަވަޅު އަޅަން ފެށީ ފަތިސް ނަމާދުގެ ވަގުތު ފާއިތުވާން ގިނަ އިރުތަކެއް ދެން ނެތުމުންނެވެ. ސޯފާ ކައިރީ ކަކޫ ޖައްސާލައިގެން ޔައިނާ އިށީން އިރު، އެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް އުފެދުނީ، ރޭގައި މިލާން ރުޅި އައިސްފައި ހުރި ވަރު ހިތަށް އެރުމުންނެވެ. ނަމަވެސް، އޭނާ ހިތްވަރު އެލުވައިލާކަށް ބޭނުމެއް ނުވިއެވެ. މިލާންއަކީ އޭނާގެ ފިރިމީހާއެވެ. އޭނާއަކީ މިލާންގެ އަނބިމީހާއެވެ. މިލާން ރުހުނަސް، ނުރުހުނަސް، އަތންބެއްގެ ޒިންމާ އޭނާ ފުރިހަމައަށް އަދާކުރާނެއެވެ.

“މިލާން… މިލާން..” ދެފަހަރަކު މަޑުމަޑުން މިލާންއަށް ގޮވައިލުމުންވެސް މިލާންގެ ޢިޝާރާތެއް ނުވުމުން ޔައިނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “މިލާން..” މަޑުމަޑުން މިލާންގެ ކޮލުގައި ޖަހައިލަމުން ޔައިނާ އަނެއްކާވެސް ގޮވައިލިއެވެ. އެގޮތަށް ދެތިން ފަހަރަކު ގޮވައިލި އިރަށް މިލާން މަޑުމަޑުން އެސްފިޔަތައް ތަޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ލޯ ހުޅުވައިލި އިރު ފެނުނު ހިތްގައިމު ސޫރައިން މިލާންގެ ހިތަށް ފިނިކަން ލިބުނީ ހިނގައި ދިޔަ އެއްވެސް ހަނދާނުގައި ނެތް ހާލުގައެވެ. އެއް އަތް އުފުލައިލާ، މަޑުމަޑުން ޔައިނާގެ މޫނުގައި ފިރުމައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

ޔައިނާގެ ޙާލަކީތޯއެވެ؟ މިލާންގެ އެ ލޮބުވެތި ބީހިލުމުން ކުރުވި ފުން އަސަރަކުން ދެލޯ މަރައިލެވުނީ އިޚްތިޔާރަކާ ނުލައެވެ. ދުވަސްތަކަކަށްފަހު، އެ ބީހިލުން އިޙުސާސް ކުރެވުމުން ހިތަށް ލިބުނު ހަމަޖެހުމާއި އުފާވެރިކަން ބަޔާން ކުރަން ދަތި ވިއެވެ. މުޅި ޢުމުރަށްވެސް މިލާންގެ ފަރާތުން އެ ލޯތްބާއި އަޅައިލުން ލިބޭނެކަމަށް އުންމީދު ކުރެވުނެވެ.

ނިދީގެ ތެރޭގައި އުޅެވެމުން ދިޔަ މިލާނަށް ހަމަ ވިސްނުން ލިބުނީ ކުއްލިއަކަށެވެ. ވަގުތުން ދެލޯ ބޮޑުކޮށްލެވުނު އިރު، ޔައިނާގެ މޫނުގައިވީ އޭނާގެ އަތް ދަމައިގަތީ ހޫނު އެއްޗެއްގައި ޖެހުމުން ދަމައިގަންނަ ފަދަ ޒާތަކަށެވެ. ފުންމައިގެން ސޯފާއިން ތެދުވި އިރު ރުޅި އައިސްގެން މީހާ ތުރުތުރު އަޅައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުން އެކަމުގެ ރުޅިވެސް އޭނާ ބާލަން ބޭނުންވީ ކުށެއް ނެތް ޔައިނާއަށެވެ.

“ކަލޭ ކައިރި ކާކު ބުނީ މަގޭ ގައިގަ އަތްލާށޭ..؟!” ރުޅި އައިސްގެން ގޮސް މިލާންއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ފަދައެވެ. މިލާންގެ އެ ރަޙުމްކުޑަ ބަސްތަކުން ޔައިނާގެ ހިތުގައި ޖެހި، ގިސްލެވެން ފެށީ، ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ކަރުނަތަކުން މިލާންގެ ހިތަށް އަސަރު ކުރި ނަމަވެސް، ރޮއެވެފައިވާ ބަދަލުހިފުމުގެ ހުޅުގަނޑު، އެ ހިތުގައި ޔައިނާއަށްޓަކައިވާ ލޯބީގެ މައްޗަށް ކުރި ހޯދިއެވެ.

“އެއްޗެއްކޭ ބުނާ އިރަށް ރޯން ފަށާ.. ކަލޭ ހީކުރީ ކަލޭ ތިވައްތަރަށް ރޯން ފެށީމަ މަގޭ ހިތަށް އަސަރު ކުރާނެ ކަމަށްތަ..؟ އޭނ..؟!” މިލާން އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔަ އިރުވެސް ޔައިނާ އިން ގޮތަށް ރޯން އިނީ އަމިއްލަ ނަފްސުގެ ދިފާއުގައި އެއްވެސް އެއްޗެއް ބުނާނެހާ ހިތްވަރު ނެތިފައެވެ.

“ކަލޭ ދުނިޔޭގަ ލެއްވިއްޔާ ލެއްވިހާ ނުބައި ކަމެއް ކޮށްފަ މަގޭ ކުރިމަތީގަ ތިވައްތަރަށް ރޯން ކެރޭ ކަމޭ މަގޭ ހިތަށް އަރާ..” އެހެން ބުނުމަށްފަހު މިލާން ދުން ޖަހާފައި ދިޔަ ގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަން ގޮތަށް ފާރަށް އެތިފަހަރެއް ވީއްލައިލެވުނީ އަމިއްލަ ނަފްސު ދެކެ އާދެވުނު ރުޅީންނެވެ. ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލައިލެވުނު އިރު އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ހެކިދެމުން ދިޔައީ އެންމެ ކަމަކަށެވެ. ބޭރުފުށުން ކިތަންމެ ރުޅިވެރިކަމެއް ދެއްކިޔަސް، އެ ހިތުގައި ޔައިނާއަށްޓަކައިވީ ލޯބި އަދިވެސް ފަނޑުވުމެއް ނެތް ގޮތެއްގައި ވިދަމުން ދާ ކަމެވެ. ރުޅިއައިސްގެން ޔައިނާއާ ދިމާއަށް އެއްޗެއް ބުނެވޭ ކޮންމެ ފަހަރަކު އެ ހިތުގައި އެހާ ވޭން އަޅަނީ އެހެންވެއެވެ. ނަމަވެސް އެއީ ޔައިނާއަށް ޙައްޤުވާ އެއްޗެއް ނޫން ހެއްޔެވެ؟ އޭނާގެ އެ ރުޅިވެރިކަން ލިބިގަތީ ޔައިނާ އަމިއްލައަކަށް ނޫން ހެއްޔެވެ؟ ދެމީހުންގެ ގުޅުމުގައި ބޭވަފާތެރިވީ ޔައިނާއެއް ނޫން ހެއްޔެވެ؟ އާއެކެވެ. މި ހުރިހާ ކަމެއްވެސް ޔައިނާއަށް ޙައްޤެވެ.

މިލާން ފާޚާނާއިން ނުކުތް އިރު ޔައިނާއެއް ކޮޓަރިތެރެއަކު ނެތެވެ. މިލާން ނިދި ސޯފާގައި އޮތް ރަޖާ ފަތްޖަހާފައި އޮތް އިރު، ފެންނަމުން ދިޔައީ ތަރުތީބު ކަމެވެ. އެނދުމަތީގައި މިލާން ލާން ހުދުކުލައިގެ ގަމީހަކާ ނޫކުލައިގެ ޖިންސެއް އިސްތިރިކޮށްފައި ބާއްވާލާފައި އޮތެވެ. އެނދު ކައިރީގައި މިލާންގެ ފޮށިވެސް ޕެކްކޮށް ނިންމާފައި ހުއްޓެވެ. ޔައިނާގެ މުރާލިކަމަށް އެވަގުތު ހިތާހިތުން މިލާނަށް ތަޢުރީފު ކޮށްލެވުނެވެ. ގަޑިއަށް ބަލައިލެވުމާއެކު ޙަރަކާތްތައް އަވަސްކޮށްލެވުނީ ހައެއްވެސް ޖަހާފައި ހުރުމުންނެވެ. އަވަސްއަވަހަށް ގަމީހާއި ޖިންސު ލުމަށްފަހު، އަތުން އިސްތަށިގަނޑުގައި ފުނާ އަޅައިލުމަށްފަހު ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން އަވަސްއަވަހަށް ކޮޓަރިން ނުކުތީ، ފުރުމުގެ ކުރިން ބަނޑަށް އެއްޗެއް ލުމުގެ ނިޔަތުގައެވެ.

އަވަސް ހިނގުމެއްގައި މިލާން ގޮސް ބަދިގެއަށް ވަން އިރު ބަދިގޭގައި މިލްނާއާއި، މަނާލްގެ އިތުރުން ޔައިނާވެސް ޙަރަކާތްތެރިވަމުން ދިޔައެވެ. މޭޒުމަތީގައި ހުރި ކާއެއްޗެހީގެ ސަބަބުން މިލާން ވަގުތުން ކުޅުދިޔާވިއެވެ. ބޭކެޑްބީންސް ހަދާފައި ހުރި އިރު، ފަތުމަސްހުނި މޮޑެފައި ހުއްޓެވެ. ޕާން ޓޯސްޓްކޮށްފައި ހުރި އިރު ކައިރީގައި ބަޓަރާއި، ޖޭމު ހުއްޓެވެ. އަޅާފައި ހުރި ސައިތަށިތަކުން އޭރުވެސް އާވި އަރަމުން ދިޔައެވެ. ވަގުތުން މިލާން މޭޒުދޮށުގައި އިށީނީ ސަޔަށް އިންސާފު ކުރުމަށެވެ.

“ކޮބާ ބައްޕަ..؟” ކާން ފެށުމުގެ ކުރިން މިލާން ހޯދައިލީ މާހިރުއެވެ. “ފަތިސްނަމާދުން ފޭބި ގޮތަށް ހިނގާލާށޭ ކިޔާފަ ދިޔައީ.. މިހާރު އުޅޭނެ އަންނަން..” މިލްނާ އެހެން ބުނި ވަގުތަކީ މާހިރު އައިސް ބަދިގެއަށް ވަން ވަގުތެވެ. އަތް ދޮވެލައިގެން މާހިރުވެސް އައިސް މޭޒު ދޮށުގައި އިށީނެވެ. މާހިރު އިށީނުމާއި އެކު މިލްނާއާއި، މަނާލްއާއި، ޔައިނާވެސް އިށީނެވެ.

“މި ބޭކެޑްބީންސް ހާދަ މީރޭ މަންމާ..” އަނގަޔަށް ލީ ފުރަތަމަ ރޮށިކޮޅާއެކު މިލާނަށް ތަޢުރީފު ކޮށްލެވުނީ ރަހަ މީރުކަމުންނެވެ. “ތީ މަންމަ ހަދާފައެއް ނޫނޭ ދަރިފުޅާ.. މިއަދު ކެއްކީ ޔައިނާއޭ..” ހިނިތުންވެލަމުން މިލްނާ ބުނި ވާހަކައިން މިލާންގެ މޫޑު ޚަރާބުވީ ކުއްލިއަކަށެވެ. ޔައިނާގެ ހިތުގައި އެވަގުތު ދަތުރުކޮށްލީ އުފާވެރިކަމުގެ ރާޅުބާންޏެކެވެ. މިލާންގެ ދުލުން ބޭރުވި ތަޢުރީފުގެ ކުޑަ މިންވަރުވެސް އޭނާއަށް ފުދުނެވެ.

ޔައިނާ ކައްކާފައި ހުރިކަން އެނގުމުން މިލާން ވަގުތުން ކާހިތްވެސް ކެނޑުނު ފަދައެވެ. ނަމަވެސް، މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އިނދެ ކެއުން ކުރިޔަށް ގެންދިޔައީ މިލްނާމެންނަށް ކަމެއް ޝައްކުވިޔަ ނުދިނުމަށެވެ.

“ކިހާ އިރަކު ދަރިފުޅުމެން ފުރުން އޮތީ..؟” ކެއުމުގެ ތެރެއިން މާހިރު އަހައިލިއެވެ. “ހަތެއް ޖަހާ އިރު.. ސައި ބޮއެލައިގެން ހަމަ ދާން މި ދަނީ..” މިލާން ޖަވާބު ދިނެވެ. “ދަރިފުޅުމެން ދެން ރަށަކު މަޑެއްވެސް ނުކުރާނަންތަ ހަމަ.. ލައްކަ ޒަމާން ކޮށްފައޭ ރަށަށް ތި އާދެވުނީ.. ހަމަ އައުމާއެކު ދާންވީ..” މިލްނާ ޝަކުވާ ކޮށްލީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ފެނިލާފައި އެހާ އަވަހަށް ލޯމަތިން ގެއްލެން އުޅޭތީއެވެ. “ދޮންބެ މިހާރު އެހުރީ މާލެ ފެން ބޮއެގެން މާލެ ވެފަ.. ދެން ބޭނުމެއް ނުވާނެ ރަށުގަ ހުންނާކަށް..” މަނާލް ވަގުތުން ދިމާކޮށްލިއެވެ. “ނޫނޭ އެހެންވެގެންނެއް ނޫން.. އޮފީހުގަ ވަރަށް ބުރަ ދުވަސްކޮޅެއް ވީމަ އަސްލު.. މިފަހަރު ބޮޑު އީދަށް ތަންކޮޅެއް ގިނަ ދުވަހަށް ރަށަށް އާދެވޭތޯ ބަލާނަމޭ..” މިލާން ޔަގީންކަން ދިނެވެ.

“ދެން ދަރިފުޅާ އަދި އިއްޔެއޭ ތި ކައިވެނި ކުރީ.. އެހާ އަވަހަށް އޮފީހަށް ނުކުތީމަ ކަމަކު ނުދާނެ.. ހަފްތާއެއް ވަރުގެ ޗުއްޓީއެއް ނަމަވެސް އޮފީހުން ނަގަންވީނު..” މާހިރު ބުނެލިއެވެ. އެއާއެކު މިލާނަށް ބަލައިލެވުނީ ޔައިނާއަށެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔައިނާ އިސްޖަހައިލީއެވެ. މިލާން އެހާ އަވަހަސް އޮފީހަށް ނުކުންނަން ބޭނުންވެގެން އެ އުޅެނީ ކީއްވެގެންކަން ހަމަ ރަނގަޅަށްވެސް އޭނާއަށް އެނގެއެވެ. ޔައިނާއާ ދުރުގައި ހުންނަން މިލާން އިންތިހާއަށް ބޭނުންވާކަން އެނގުމުން އެ ހިތުގައި ރިއްސައިލިއެވެ. “ދެން އޮފީހަށް ދިޔަސް ޔައިއަށް ވަގުތު ދޭނަމޭ ބައްޕާ.. އަނެއްކޮޅުން ޔައިގެ ކެރިއަރގަވެސް މީ ނުލާހިކު މުހިންމު ދުވަސްކޮޅެއް.. ކައިވެނި ކުރިޔަސްވެސް މަސައްކަތްވެސް ކުރަން ޖެހޭނެ ދޯ..” މިލާން ބުނެލި ވާހަކައާ އެއްބަސް ވުމުގެ ގޮތުން މާހިރު ބޯ ޖަހައިލިއެވެ. “އެންމެ ރަނގަޅު.. ދެކުދިންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ބައްޕަ ނެތިން.. ތިކުދިން ކަންތައް ކުރަންވީ ގޮތް އެނގޭނީ ހަމަ ތިކުދިންނަށް..” މާހިރު އެހެން ބުނުމުން މިލާންއާއި ޔައިނާ ހަމައެކަނި ހީލީއެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި ޝޯލް އަޅަން ހުރި ޒާރާ ސިހުނީ ފަހަތުން އައިސް އަފާން އޭނާގެ އުނަގަނޑުގައި އަތް ވަށައިލާފައި، ކޮލަށް ދޮނެއް ދިނުމުންނެވެ. ވަގުތުން ޒާރާގެ މޫނު ލޭކޮޅެއްހާ ރަތްވެގެން ދިޔަ އިރު، އިސްޖަހައިލެވުނެވެ. ލޯގަނޑުން ޒާރާގެ މޫނަށް ބަލަން ހުރި އަފާން ލުއި ގޮތަކަށް ހީލީ އެ ލޮބުވެތިކަން ފެނިފައެވެ.

“ތި ދޭބަލަ ފެންވަރައިގެން އަންނަން.. އެޔޮށް ފުރަންދާ ގަޑި ޖެހެނީ އޭ.. އަދި ސައިވެސް ނުބޮމެއްނު..” އުޅަނބޮށިން މަޑުމަޑުން އަފާންގެ ބަނޑުފައި ޖަހައިލަމުން ޒާރާ ބުނެލީ އަފާން ކިތަންމެ އިރަކުވެސް އެހެން ހުރެފާނެތީއެވެ. “ދެން އިރުކޮޅަކުން..” ޒާރާގެ ކަނދުރާގައި މޫނު ފޮރުވައިލަމުން އަފާން ބުނެލީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ދާށޭ..!” ތަންކޮޅެއް ބާރަށް އަފާން ކޮއްޕައިލަމުން ޒާރާ ރުޅިއައި ކަމަށް ހެދުނެވެ. “ތިވަރު ނުކުރިޔަސް މަ ގޮސްފާނަމޭ..” ޒާރާ ޖެހި ތަނުން ބަނޑުގައި ފިރުމަމުން އަފާން ކުދި ކިޔަމުން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. އަފާން ދިޔަ ދިމާއަށް ބަލަން ހުރެފައި، ޒާރާ ހިނިތުންވެލީ އެކަހަލަ ރަނގަޅު ފިރިއެއް ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރު ކުރާ ޙާލުގައެވެ.

*** ** ***

ފަތިހުގެ އެ ވަގުތު ބަނދަރުމަތީގައި މާ ބައިވަރު މީހުންނެއް ނެތެވެ. މާލެ ދާން ފުރާ މީހުންނާއި، އެމީހުން ފުރުވަން އައިސް ތިބި އާއިލާ މީހުން ފިޔަވައި އިތުރު ބައެއް ނެތުމުން މާހައުލު ވަރަށް ހަމަހިމޭނެވެ. މިލާންއާއި ޔައިނާ މިލާންގެ މައިންބަފައިންނާއި ސަލާމް ކުރުމަށް ފަހު ލޯންޗަށް އެރީ، ޒާރާއާއި އަފާންގެ ފަހަތުންނެވެ. އެމީހުންގެ ފަހަތުން ލައުރާ އެރި އިރު، ލައުރާގެ ފަހަތުން ކަހަލަ ގޮތަކަށް އަޒާންވެސް ލޯންޗަށް އެރިއެވެ. އިރުކޮޅެއްގެ ތެރޭގައި ހަލުވި ދުވެލީގައި، މަޑުމަޑު ރާޅުތައް ކަފަމުން ލޯންޗު ރަށުގެ ފަޅުން ނުކުންނަން ދިޔަ އިރު، ބަނދަރު މަތީގައި ތިބި މިލާންމެންގެ މައިންބަފައިންނާއި، ޢާއިލާ މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ.

ޒާރާއާ އަފާންއާ ކައިރިކައިރީގައި އިށީން އިރު، ޔައިނާއާ މިލާންގެ ސީޓުވެސް ހުރީ ޖެހިޖެހިގެންނެވެ. ކަން ދިމާ ކުރި ގޮތުން، ލައުރާއާ އަޒާންވެސް އިށީންނަން ޖެހުނީ ކައިރިކައިރީގައެވެ. ޔައިނާއާ މިލާންގެ އިތުރުން ލައުރާއާއި އަޒާންގެ ހިތަށްވެސް އެކަމުން ވެރިވެފައިވީ ނުތަނަވަސްކަމެވެ. ނަމަވެސް، ހަތަރު މީހުންވެސް ހަމަޖެހިލެވޭތޯ ބެލީ އެއްވެސް މީހަކަށް ކަމެއް ޝައްކުވިޔަ ނުދިނުމަށެވެ.

ކާށިދޫ ކަނޑަށް ނުކުމެވުމާއި އެކު އިހުނަށްވުރެ ކަނޑު ގަދަވެލިއެވެ. ލޯންޗު ތަޅަން ފެށުމާއި އެކު ޒާރާއަށް ހޮޑުލެވުނީ ކުއްލިއަކަށެވެ. އަފާން އިނީ އެކަމަށް ހުށިޔާރުވެގެން ކަހަލައެވެ. އަތުގައި އޮތް ކޮތަޅު ޒާރާގެ އަނގަޔާ ދިމާކޮށްލަމުން ޒާރާއާ ދިމާއަށް ބަލައިލީ ކަންބޮޑުވެފައި އިނދެއެވެ. ޒާރާ ހޮޑުލައި ނިމުމާއެކު، ފަޅުވެރިއެއްގެ އަތަށް ކޮތަޅު ދީފައި، ދަބަހުން ނެގި ފެންފުޅިއެއް ޒާރާގެ ތުމުގައި ޖައްސާލިއެވެ. ޒާރާ ފެންބޮއި ނިމުމުން ކަރަންފުލެއް ދީފައި ބުރަކަށީގައި ފިރުމައިލަދިނީ ވަރަށް ލޯބިންނެވެ.

“މިހާރު އޯކޭތަ..؟” އަފާންގެ އަޑުގައިވީ އޯގާތެރިކަމެވެ. ބޮލަށް އެނބުރުން އަރާފައި ހުރި ވަރުން އެއްޗެއް ބުނާނެ ހިތްވަރު ނެތި، ޒާރާ ހަމައެކަނި ބޯ ޖަހައިލީއެވެ. އެއަށްފަހު، އަފާންގެ މޭތެރޭގައި ބޮނޑިވެލަމުން، ދެލޯ މަރައިލީ، އިރުކޮޅަކަށް ނަމަވެސް ނިދީގެ ފޮނިމީރުކަން ޙާސިލްކުރެވޭތޯއެވެ. ޒާރާގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން އަފާންވެސް ދެލޯ މަރައިލީ، މިވަގުތު އޭނާގެ އެހީތެރިކަމާއި ޙިމާޔަތް ޒާރާއަށް ބޭނުންވާނެކަން ހަނދާން ކުރަމުންނެވެ. ޒާރާއަށް ކަމެއް ކޮށްދޭން ޖެހުމުން އެއްވެސް ޝަކުވާއެއް، އަދި ފޫހިކަމެއްވެސް އަފާންގެ ހިތަކު ނެތެވެ. އެއިން ކޮންމެ ކަމަކުންވެސް ފެންނަމުން ދިޔައީ އަފާން ޒާރާ ދެކެ ވާ މާތް، މަތިވެރި ލޯތްބެވެ.

މި މަންޒަރު ބަލަން އިން ޔައިނާގެ ދެލޮލުން ކަރުނަ އޮހޮރޭކަށް ސިކުންތެއްވެސް ނުނަގައެވެ. އެކުވެރިޔާއަށްޓަކައި ކިތަންމެ އުފާވީ ނަމަވެސް، އޭނާއަށް އެ ނަޞީބު ލިބެން ނެތުމުން ހިތް ރޯލީ އިންތިހާއަށެވެ. މިލާންއާ ދިމާއަށް ބަލައިލެވުނު އިރު، މިލާން އިނީ ސީޓުގައި ބޯޖައްސާލައިގެން ނިދިފައެވެ. މިލާންގެ އެ ރީތި ސޫރައަށް ބަލަން އޮވެ، އެންމެ ފަހުން ޔައިނާވެސް ނިދީގެ ފުން ޢާލަމަށް ދަތުރު ކުރީއެވެ.

ނުނިދިފައި އިނީ ހަމައެކަނި ލައުރާއަށާ އަޒާންއަށެވެ. ރާޅުތަކުގެ ތެރޭގައި ލޯންޗު ގުޑައިލާ އިރަށް ލައުރާއަށް ބިރުން ދެލޯ މަރައިލެވެއެވެ. ޔައިނާހާ ކަނޑަށް ގަދަ ނުވި ނަމަވެސް، ޒާރާހާ ބައްޔެއްވެސް ނޫނެވެ. ނަމަވެސް، ޖަހާ ބޮޑެތި ރާޅުތަކުގެ ތެރޭގައި ހިތްވަރު ކުރަން ލައުރާއަށް ވީ ނުހަނު އުނދަގޫ ކަމަކަށެވެ.

ލައުރާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތައް އަޒާން ދިޔައީ ނުހަނު ގާތުން ބަލަމުންނެވެ. އެ ދެ އަތުގެ ޙިމާޔަތް އެވަގުތު ލައުރާއަށް ދޭން އޭނާ ކިތަންމެހާވެސް ބޭނުން ވިއެވެ. ނަމަވެސް ލައުރާ އެކަމަށް އިންކާރު ކުރާނެކަން ގައިމެވެ. އެހެންކަމުން އަޒާން ފުން ނޭވާއެއް ދޫކޮށްލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. ޖަހަމުންދާ ރާޅުތަކުގެ ތެރެޔަށް ހުރިހާ ޚިޔާލެއް ދޫކޮށްލައިގެން އޭނާ އިނީއެވެ.

ސިހިފައި އަޒާންއަށް ލައުރާއާ ދިމާއަށް ބަލައިލެވުނީ ފިނި އަތަކުން އޭނާގެ އަތްތިލައިގައި ނިކަން ބާރަށް ހިފިހެން ހީވުމުންނެވެ. އޭރު، ދެލޯ މަރައި ތަގުޅި ކޮށްގެން ލައުރާ އިނީ، އަޒާންގެ އަތުގައި ހިފައިގެންނެވެ. ލައުރާ އޭނާގެ އަތުގައި ހިފައިގެން އިންލެއް ބާރުކަމުން އަޒާންއަށް ތަދުވި ނަމަވެސް، އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ވީ އުފަލެވެ.

“ލާރާ.. އޯކޭތަ..؟” ލައުރާގެ ކަންފަތް ކައިރީ މަޑުމަޑުން އަޒާން އަހައިލީ ކަންބޮޑުވެފައި އިނދެއެވެ. “އަހަރެން ބިރުގަނޭ..” ދެންވެސް އެ އިން ގޮތަށް އިނދެ ލައުރާ ބުނެލީ ހަމައެކަނި އެހެންނެވެ. “ދެން ނެތޭ މާ ގިނަ އިރެއް ދެވޭކަށް..” އަޒާންގެ އަޑުގައިވީ އޯގާތެރިކަމެވެ. “އަހަރެން ބިރުގަނޭ..” އަނެއްކާވެސް ލައުރާގެ ދުލުން ބޭރުވީ އެ ލަފްޒުތަކެވެ. “ނުވާނޭ އެއްވެސް ކަމެއް.. އަހަރެން ހުއްޓާ ލާރާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން.. ޓްރަސްޓް މީ..” މިނިވަންކޮށް އޮތް އަތުން ލައުރާގެ މޫނުގައި ހިފަހައްޓައިލަމުން އަޒާން ބުނެލި ގޮތުން، އެ އަޑުގައިވީ ލޯތްބާއި، އޯގާތެރިކަން ކޮންމެ މީހަކަށްވެސް ފާހަގަ ވާނެއެވެ. ލައުރާ ލޯ ހުޅުވައިލެވުނީ ދެނެވެ. އަޒާންގެ މޫނު އެހާ ކައިން ފެނުމުން ކަޅި ޖަހައިނުލާ، އެ މޫނަށް ބަލަން އިނދެވުނީ އިޚްތިޔާރަކާ ނުލައެވެ. އަޒާންގެ ދެ ލޮލުން ފެންނަމުން ދިޔަ މެސެޖު ހޯދުމަށް ލައުރާ އެ ފުން ދެލޮލުގެ ތެރެޔަށް ފީނައިގަތީއެވެ. އެ ދެލޮލުން ބުނަމުން ދިޔައީ އެންމެ ވާހަކައެވެ. ލައުރާ ދެކެ އަޒާން ވާ ސާފު، ތެދުވެރި ލޯބީގެ މަތިވެރިކަމެވެ. ކަނޑު ގަދަކަމާއި، ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ މަތިންވެސް މިވަގުތު އޭނާ ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެ ދެމީހުން ވަނީ އެކަކު އަނެކަކަށް ގެއްލި ހުސްވެފައެވެ.

ލައުރާއަށް އޭނާގެ ހިތާ ސުވާލު ކުރެވުނީ އެވަގުތެވެ. އޭނާ ހަމަ އަޒާންއަށް ފުރުސަތެއް ދޭންވީބާވައެވެ؟ ޙަޤީގަތުގައިވެސް އެ ހިތުން އަޒާން ޖާގައެއް ހޯދީ ހެއްޔެވެ؟ ވަގުތުން އެނާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާ އަޒާން ދެކެ ލޯތްބެއް ނުވާނެއެވެ. ދުވަހަކުވެސް ނުވާނެއެވެ. އަޒާން އަތުން އޭނާގެ އަތްތިލަ ވަކި ކޮށްލާފައި، ލައުރާ އަނެއް ފަރާތަށް އެނބުރުނީ، އެ ހިތުގައި އުތުރި އަރަމުންދާ އިޙުސާސްތައް ކޮންޓްރޯލްކުރާނެ ގޮތެއް ނޭނގުމުންނެވެ. ކިތަންމެ ބިރު ގަނެފައި އިނަސް، މިވަގުތު އަޒާންގެ އެހީތެރިކަމެއް އޭނާ ބޭނުމެއް ނޫނެވެ. އަޒާންއަށްޓަކައި އެ ހިތުގައި އުފެދެމުންދާ ގޮތް ނޭނގޭ އިޙުސާސްތައް އިތުރަށް ކުރިލައި ހެދުމަށް އެއްވެސް ފުރުސަތެއް ދޭކަށް ލައުރާ ބޭނުމެއް ނުވެއެވެ.

ކުއްލިއަކަށް ލައުރާގެ ފަރާތުން އެ ފެނުނު ދުރުކަމުން އަޒާންގެ ހިތަށް ތަދުވި ނަމަވެސް، އޭނާވެސް އަނެއް ފަރާތަށް އެނބުރުނީ، ލިބުނު ހިތްދަތިކަން ވަންހަނާ ކުރުމަށެވެ. ކިތަންމެ ނުވާ ކަމަށް ހެދިގެން އިނަސް، އިރުއިރުކޮޅާ އަޒާންއަށް ލައުރާއާ ދިމާއަށް ބަލައިލެވެއެވެ. ލައުރާ ރަނގަޅުތޯވެސް ބެލެއެވެ. ލޯތްބަކީ އެއީއެވެ. އަޒާން ލައުރާ ދެކެ އެ ވަނީ ހަމަ ޙަޤީޤީ ލޯތްބެވެ.

*** ** ***

މާލެއަށް ލެފުމާއެކު، އެންމެ ފުރަތަމަ ލޯންޗުން ފޭބި އެކަކަށް ލައުރާ ވާނެއެވެ. އަވަސްއަވަހަށްއޭނާގެ ޕީއޭއަށް ގުޅައިލަމުން ބަލާ އައުމަށް އެދުނީ، އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރި ވަރުންނެވެ. އިރުކޮޅެއް ނުވެ ޝާހާ ކާރުގައި އޭނާ ބަލާ އައުމުން ލައުރާ ދަބަސް ހިފައިގެން ކާރަށް އެރީ، އަޒާންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގިހުރެއެވެ. ނަމަވެސް، ހިނދުކޮޅަކަށްވެސް އަޒާންއަށް ނަޒަރެއް ރައްދުކޮށްލުމެއް ނެތި، ލައުރާ ބޭނުންވީ އަޒާންގެ ކުރިމަތިން ދުރަށް ދާށެވެ.

ހުރިހާ ފޮށިތަކެއް ހަމަވުމާއެކު މިލާން އޭނާގެ ޕީއޭއަށް ގުޅާފައި ބަލާ އައުމަށް އެދުނެވެ. އަފާންވެސް އެގޮތަށް ކަންތައް ކުރީ، ޒާރާ ވަރުބަލިވެފައި ހުންނާނެ މިންވަރު އަންދާޒާ ކޮށްލެވުމުންނެވެ. ލޯންޗުން ފޭބި ފަހުން ހިނދުކޮޅަކަށްވެސް އޭނާ ޒާރާގެ އަތުން ދޫކޮށެއް ނުލައެވެ.

މާ ގިނަ އިރުތަކެއް ނުވެ، މިލާންގެ ޕީއޭ އައުމުން ޔައިނާއާ މިލާން ކާރަށް އެރީ އަފާންމެންނަށް އަލްވަދާޢު ކިޔަމުންނެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ނުވެ، އަފާންގެ ޕީއޭ އައުމުން އަފާންވެސް ޒާރާ ގޮވައިގެން ކާރަށް އެރިއެވެ. އަފާންގެ އެދުމަށް އަޒާންވެސް ދިޔައީ އެމީހުންނާއެކު ކާރުގައެވެ. އަފާން ބޭނުންވީ އަޒާން ޗުއްޓީ ނިމެންދެން އަފާންމެނާއެކު، އެމީހުންގެ ގޭގައި ދިރިއުޅޭށެވެ. ދުވަސްތަކަކަށްފަހު ކޮއްކޮ ފެނުމުން، ގިނަ ވަގުތު އަޒާންއާ އެކީގައި ހޭދަކުރަން އަފާން ބޭނުން ވީތީއެވެ.

*** ** ***

ގެއަށް ވަދެވުމާއި އެކު އެއްވެސް އެއްޗެއް ބުނުމެއް ނެތި، މިލާން ވަނީ ކޮޓަރިއަށެވެ. އެކަމުން ޔައިނާގެ ހިތަށް ކިތަންމެ ތަދުވި ނަމަވެސް، ނުރޮއި ވޭތޯ އޭނާ ކެތް ކުރިއެވެ. މަޑުމަޑުން ކޮޓަރިއަށް ވަން އިރު ފާޚާނާ ބޮކި ދިއްލާފައި ހުރުމުން މިލާން ވީ ފާޚާނާގައި ކަން ޔައިނާއަށް ޔަޤީން ވިއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ، ފޮށީގައި ހުރި އަންނައުނުތައް ނަގައި، އަލަމާރިއަށް އެޅުމަށެވެ. ރަށަށް ދިޔައީ އެނެމް ދެތިން ދުވަހަށް ކަމުން މާ ބައިވަރު އަންނައުނެއް ނެތެވެ. ޔައިނާގެ މަސައްކަތް އެހާ އަވަހަށް ނިމުނީ އެހެންވެއެވެ. މިލާން ފެންވަރައިގެން ނުކުންނަން ވާ އިރަށް، އަތްދިގު ނޫކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ޖިންސެއް އިސްތިރިކޮށްލާފައި، އެނދުމަތީގައި ބާއްވައިލިއެވެ. ދިގު ދަތުރަކަށް ފަހު، ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، ޔައިނާ ބަދިގެއަށް ވަނީ، މިލާނަށް އެއްޗެއް ތައްޔާރުކޮށްދިނުމަށެވެ.

ފުރަތަމަ ޔައިނާ ޖެހުނީ އެ ބަދިގެތެރެ ރަނގަޅަށް ދަސްކުރާށެވެ. އެއްޗެެހި ހުންނަ ތަންތަން ހޯދައި، ބަލާށެވެ. މާ ގިނަ ތަކެތި ނެތުމުން ޔައިނާ ބޭނުންވި އެއްޗެއް ތައްޔާރު ކުރެވޭ ގޮތެއް ނުވިއެވެ. ފިހާރައަށް ދެވޭ ވަރަށްވުރެ ބޮޑަށް އޭނާ ހުރީ ވަރުބަލިވެފައެވެ. އެހެންކަމުން ސޕްގެޓީ ތައްޔާރުކޮށްލުމަށްފަހު، ތަރުކާރީގައި ސެލެޑެއް ހަދައިލިއެވެ. އެއަށްފަހު ލުނބޯހުތުފަނި ގިރީ އެއީ މިލާނަށް ވަރަށް މީރު އެއްޗެއްކަން އޭނާ ހަނދާން ހުރީތީއެވެ. ކައްކާފައި، ބަދިގެތެރެ ސާފުކޮށް، ކާން ހަދާ ނިމުނު އިރު، އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ވަރުބަލި ވެފައެވެ.

*** ** ***

ފެންވަރައިގެން ނުކުތް މިލާންއަށް އެނދުމަތީގައި އިސްތިރިކޮށްފައި ހުރި އޭނާގެ އެއްޗެހި ފެނުމުން ހިނިތުންވެވުނެވެ. ޔައިނާ އޭނާގެ އަތންބެއްގެ ގޮތުގައި އެ ގެޔަށް އައިތާ އަދި ދެގަޑިއިރުވެސް ނުވެއެވެ. އެހާ އަވަހަށް އެ މުރާލިކަމާ ގެވެހިކަމުން މިލާންއަށް ފަސޭހަވާން ފަށައިފިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. ކިތަންމެ މުރާލިވިޔަސް ޔައިނާއަކީ ކޮން ފެންވަރެއްގެ، ކިހާ ވަރެއްގެ މީހެއްކަން މިލާނަށް އޮޅިފަކާ ނެތެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން، ރުޅި މަޑުކުރުމަށް މިލާނަށް ފުންކޮށް ދެތިން ނޭވާ ދޫކޮށްލަން ޖެހުނެވެ. އެނދުމަތީގައި އޮތް ޓީޝާޓާއި ޖިންސު ގަޔަށް ހެޔޮވަރު ކޮށްލާައި، ލޯގަނޑޫ ކުރިމަތީ ހުއްޓި ހުރެ، ރީތިވެލިއެވެ. އެއަށްފަހު މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ކޮށްލީ މެންދުރު ނަމާދުގެ ވަގުތު ޖެހިފައި ވުމުންނެވެ.

ނަމާދުކޮށްލައިގެން މިލާން ސިޓިންރޫމަށް ނުކުތް އިރު، ބަދިގެއިން ދުވަމުން ދިޔަ މީރު ވަހުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. ނަދިގެޔާ ދިމާއަށް ދާން ދެތިން ފިޔަވަޅު އަޅާފައިވެސް އޭނާގެ ޚިޔާލު ބަދަލުވިއެވެ. ދެން ޔައިނާ އެ ކުޅޭ ކުޅިގަނޑުގައި އޭނާ ބައިވެރިއެއް ނުވާނެއެވެ. އެ މަޅިޔަކު ދެން އޭނާ ނުޖެހޭނެއެވެ. ހިތް އެދޭ ކިތަންމެ ސިފަތަކެއް ޔައިނާގެފުށުން ފެނުނެއް ކަމަކު، ދެން އެ ދިމާލަކަށް އޭނާގެ ހިތެއް ނޭނބުރޭނެއެވެ. ބަދަލުވި ޚިޔާލާ އެކީ، މިލާން ހިނގައިގަތީ ގެއިން ބޭރަށް ދިޔުމަށެވެ. ނަމަވެސް، ހުއްޓެން މަޖުބޫރުވީ، ޔައިނާ އޭނާގެ ނަމުން ގޮވައިލުމުންނެވެ.

“މިލާން.. ކާން އަންނަންވީނު..” ޔައިނާގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ. “އަހަރެން ކާނީ ބޭރުން..” މިލާންގެ އަޑުގައިވީ ފިނިކަމެވެ. “އެކަމަކު އަހަރެން ގޭގަ ކައްކާފަ ހުއްޓާ-” ޔައިނާގެ ދުލުގައި އޮތް ބަސް ފުރިހަމަ ނުކުރެވުނީ މިލާން ފަސްއެނބުރި، ނުރައްކާތެރި ބެލުމެއް ޔައިނާއަށް ރައްދު ކޮށްލުމުންނެވެ. “އަހަރެން ބުނިންތަ އެއްފަހަރުވެސް ޔައިނާ ކައިރި އަހަނަންނަށް ކައްކައިދޭށޭ..؟ ޔައިނާގެ އެއްވެސް އެހީއެއް އަހަންނެއް ބޭނުމެއް ނޫން.. އެހެނވީމަ ޔައިނާވެސް ދެން ރަނގަޅުވާނީ މީގެ ފަހުން ތި ދަޅަތައް އަހަންނަށް ދައްކަން ނޫޅުނިއްޔާ.. ތި ކުޅޭ ކުޅިގަނޑުގައި ބައިވެރިވާކަށް މަށެއް ބޭނުމެއް ނޫން.. ތި ކައްކާ އެއްޗެހި ގޮސް އެ ޝިޔަލްއަށް ކާން ދީބަލަ.. އެ ނިމުނީނު..” ހިތަސް އެރިހާ އެއްޗެއް ޔައިނާއާ ދިމާއަށް ބުނުމަށްފަހު، މިލާން ނުކުމެގެން ދިޔައީ، ބަންލާފައި، ދޮރު ޖަހާފައެވެ. މިލާން ހަމަ ނުކުތުމާއެކު، ޔައިނާގެ ކަރުނަތައް އެ ދިގު އެސްފިޔަތަށް ފޫއަޅުވާލަފައި އޮހިގަތެވެ. ކޮޅަށް ހުންނާނެ ހިތްވަރުވެސް ނެތި، ބިންމައްޗަށް ތިރިވެވުނު އިރު، ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ. ހިތަށް ވަމުންދިޔަ ތަދާއި އެކު، ހިތާވީ ދިމާލުން މޭމަތީގައި އަތް އެޅުނު އިރު، ނޭވާ ކުރުވަމުން ދާ ކަހަލަ އިޙުސާސެއް ކުރެވެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ފެށި ލޯބި އޮޔާ ދިޔުމުން

Next

ވެވުނީ ލޮތްބޭ.. – އެއްވަނަ ބައި

Next
October 2, 2023

ވެވުނީ ލޮތްބޭ.. – އެއްވަނަ ބައި

Previews
October 2, 2023

ފެށި ލޯބި އޮޔާ ދިޔުމުން

32 Comments!

  1. Anonymous says:
    October 2, 2023 at 7:40 am

    when is next part?

    1. Nayaa Nayaa says:
      October 2, 2023 at 10:20 am

      soon, insha’allah

  2. Lily says:
    October 2, 2023 at 8:35 am

    Alheyy unmeedhu ves nukoh huttaa mi libuny kiyaalan
    Hiyeh nukuran dhen mi vaahka kiyaalan libeyne kamakahvx hama ehkoh huttaaly ey heekury😭
    Anyways mi part vx hama varah reeethi
    Masha Allah❤️
    Keeep going your outstanding hard work my dear
    Next part kon irakun kiyaalan libeyny??
    Varah beynun avahah kiayaalan ekam ingey vrh busy vaane kannvx

    1. Nayaa Nayaa says:
      October 2, 2023 at 10:27 am

      awww so sweettt dearr..
      alhugandu kuran fashaifi kameh kaamiyaabu kamaa ekee ninmaanan insha’allah.. hama e gothah mi vaahaka ves ninmaalaanan..
      aslu mi dheytherein life ga maa baivaru kanthah higaigen ekkoh demotivate vegen hama vaahaka medhu kandaaly.. plus 10 ge aharu veema kiyevumah hama vrh vrh focus kuran.. but insha’allah, dhen vaahaka nerun ehaa laheh nuvaane.. i’ll do my best to upload it regularly..
      thankiu sooo much darla.. really appreciate your support ingey hama.. vrh vrh ufaavey mihaa lahun vaahaka upload kurevunu iru ves mihaa ufaaveri comment eh kiyaalan libuneema <333
      next part mihaaru hama liyumuge masakkathuga mivaguthu ves mi ulheny.. maa lasthakeh nuve kiyaalan libidhaane insha'allah.. keep waiting <3
      tysm for understanding ingey.. really means a lot to me <333
      veehaaves avahah next part liyeveythoa hama mi balany

    2. Lily says:
      October 2, 2023 at 10:04 pm

      Understand vey hama😭
      Ingey nayaa abadhu vx bunaa bahuga ithubaaru hunnaane kann
      Demotivate v eyy????
      Mihaaru nayaa vxx love story eh feshytha??(jk)
      Varah handhaan vey loabiige vahka dhehkyma kuryga nayaa varah majaa ehchehi bunaane😭😂😂

    3. Nayaa Nayaa says:
      October 3, 2023 at 1:54 pm

      awwn vrh ufaa vejje thihaa ithubaaru kuraa kan enguneeema ves
      ahaa nooney nayaa beynumee ihah kiyavan.. ekahala kamakaa nuvisnan adhi.. demotivate vi ey mi buny studuies kanthakaa aslu.. midheytherin kiyevumuga baivaru gon jehunthah dhimavi.. bune ennu kiyevumaky ves journey ekey.. so baivaru kanthah thakaa dhimaa vaane.. ekan kamun araigane, kaamiyaabee aa hamayah vaasil veveyny vrh bura masakkaiy thakeh kohgennu.. ehenve aslu mulhin ves kiyevumah hus vaan vegen vhk ah focus nukurevuny..
      hahaha mihaaru ves hama bunaany ekahala ehchessey.. adhi visnumeh badhaleh nuvey.. hehe

  3. Ifoo says:
    October 2, 2023 at 10:06 am

    Mi vhk kiyaalan libeyne kamah heeves nukuran.. Ekm v ufaa vehje Ehaa dhuvas thakah fahu vs kiyaalan libuneema.. Vvv Reethi mi part vs Maasha Allah ❤️.. Unmeedhu kuran next part avahah kiyaalan libeyne kamah😊

    1. Nayaa Nayaa says:
      October 2, 2023 at 10:29 am

      varah varah bodah shukuriyyaa ifoo.. varah ufaa vejje ehaa dhuvas fahun vaahaka nerunu iruves thihaa shauguverikamaa eku kiyaalaafa comment eh ves kohleema..
      next part insha’allah maa lasthakeh nuve kiyaalan libidhaane.. keep waiting <333

  4. Nayaa Nayaa says:
    October 2, 2023 at 10:37 am

    Salaam dear readers..
    Enme furathamaves vaahaka upload nukurevi gina dhuvasthakeh veethy thiya kiyuntheringe kibain nihaayathah ma’aafah edhen.. Migothah kanthah veema kiyuntherin varah hiy hama nujehi, disappoint vaanekan ves alhugandah ingey.. Vaahaka upload nukurevi mihaa gina dhuvas vee iru, kudaminun vaahaka las vaa sababu kiyuntherinnaa hissaa nukurumaky eii alhuganduge kusheh kan alhugandu gaboolu kuran.. adhi ekamahtakaa kiyuntheringe kibain nihaayahthah ma’aafah edhen.. mi’ee alhugandu ge grade 10 ge aharu veema hageegathugaves varah bura koh ulhen jeheny.. ehen namaves, konme hafthaa akun 1 episode namaves nereveythoa alhugandu meege fahun masakkaiy kuraanan..
    kiyuntheringe faraathun libemundhaa nimumeh neh ebbaarulevvumashaa loebbah nihaayathah shukuru dhannavan.. shukuriyyaa!

  5. Quinn Lilac says:
    October 2, 2023 at 11:58 am

    Oh my god!!!! I thought mi vhk dhn dhuvahakuves kiyaalan nulibeyne kamah… ummeedhuves nukoh huhtaa kiyaalan libuny.. site hulhuvaali iru huri thanah kolhah jehuny mi vhk up kohfa inthan fenuniima.. ehaaves surprise vi.. ummeedhukuran vrh avahah next prt kiyaalan libeynekamah..

    1. Nayaa Nayaa says:
      October 2, 2023 at 5:07 pm

      oh my god!!! i thought mihaa lahun vhk neruneema dhn kiyaalaane meehakuves nuvaane kamah.. asluves.. hehe.. ekams vrh vrh vrhhh ufaa vejje hurihaa readers ge faraathun libey support ah.. hehe.. unmeedhu kuran mi dhevunu surprise kamudhaane kamah.. next part vrh bdu bai liyefa mihaaru iny.. maa lasthakeh nuve kiyaalan libidhaane insha’allah.. keep waiting <33

  6. Nayal says:
    October 2, 2023 at 12:23 pm

    alheyy varah ufavejje mi vaahaka kiyaalan libuneema…thi dhin suprise hama varah loabi next part avaha kiyaalan libeyene kamah umeedhukuran

    1. Nayaa Nayaa says:
      October 2, 2023 at 5:10 pm

      alhugandu adhi thiyah vure bodhah ufaa vejje mihaa dhuvas fahun vhk neruneema ves thihaa shauguverikamaa eku kiyaalaafa adhi comment eh ves kohleema.. vrh vrh bodah shukuriyyaa Nayal.. next part liyumuge masakkathuga hama mihaaru mi ulheny.. vrh bodu bai nimifa mihaaru inyves.. keep waiting <3

  7. vempire girl says:
    October 2, 2023 at 1:45 pm

    Maasha Allah… Mi part ves varah salhi.. varah dhigu inthizaarakah fahu dhw kiyaalan milibuny.. ekam ves varah ufaa vehje vaahaka medhunukandaalaane kamuge yageen Kan dhinyma.. varah varah reethi mi baives.. dhn in episode ves thankolheh avahah kiyaalan libeyne kamah ummeedhu kuran… Keep it up Naya…

    1. Nayaa Nayaa says:
      October 2, 2023 at 5:17 pm

      vrh bodah shukuriyyaa vempire girl.. yes, insha’allah vaahaka medhu kanda eh nulaanan nimumuge kurinneh.. once again thanks a lot.. dhen oiy bai ves maa lasthakeh nuve kiyaalan libidhaane insha’allah.. keep waiting <333

  8. No name says:
    October 2, 2023 at 6:20 pm

    Oh my god I thought dhn nulibeyne kamah mi story kiyaalan but thanks mi bunk
    kiyaalan libunyma and can I get a number that I can contact u if u don’t mind anything

  9. Anonymous says:
    October 2, 2023 at 6:28 pm

    OMG Nayaaa. Ur backk🥳🥳
    I thought I wouldn’t be able to read this story again. Ehnve v dhera vefa hury🥺 ekm mhr v happy vefa mi hury ingey.
    Naya ge 10 ge aharu dhw. All the best!🤍
    Anyways story v reethi. Keep going dear. Curiously waiting for the next part. 😊😍

    1. Nayaa Nayaa says:
      October 2, 2023 at 7:57 pm

      heyyy
      alheyyy sorry dhera kohlevuneema vrh bodahhh.. insha’allah dhen ehenneh nuvaane.. iraadha kurevviyyaa dhen vrh active vaane mi site ga..
      yesss 10 ge yearrr.. thankiuuu <3
      tkanss vrh bodah.. really appreciate ur sweet comment dear <333

  10. Reader says:
    October 2, 2023 at 7:42 pm

    Omg. Did not expect mi story kiyan libeyne kamakah. but here u are. Yaaaaay.🥳
    Masha allah vhk hama vrh furihama ❤️
    Thi gothuga kuriyah dhaathi
    Kuriyah huri baithakahh vrh inthizaaru kurevey!
    Love u

    1. Nayaa Nayaa says:
      October 2, 2023 at 8:00 pm

      hehe expect nukuraa gothah baivaru kanthah veynu dhw.. heekohlaa mives hama egothah vee kamakey.. 😉 hehe
      tysssm darlss.. yes insha’allah hama migothuga kuriyah dhaanan
      kuriyah oiy bai insha’allah mi hafthaa nimumuge kurin nereveythoa mi masakkaiy kurany.. keep waiting <33
      love you more dear <333

  11. 🌻LamHaa🌻 🌻LamHaa🌻 says:
    October 2, 2023 at 8:01 pm

    Heyy naayoo.. After a long time dhww.. vrhh miss vey inge enmen mathin vx.. mi stry vx vrhh vrh salhiiii.. Vhk ah cmnt nukurevunas baraabarah vhk kiyan ingey.. Miss veyy vrh.. Lysm ❤️😘

    1. Nayaa Nayaa says:
      October 5, 2023 at 9:17 am

      hi lam.. yeah its been smt like almost 2 years since we talked? hehe.. thi enmen mathinves hama vrh miss vey.. tysm lam.. mym.. lym

  12. Rifoo says:
    October 2, 2023 at 9:27 pm

    Mi part vx varah reethi.mi vaahaka up nukuraathi VARAH dhera vefa huree dhen up kuraanan nayaa school nimuneema ey hithaa.ekam miadhu mi vaahaka ge 33 nerefa ineema varah ufaa vejje..🤗

  13. Rifoo says:
    October 2, 2023 at 9:38 pm

    Mi part vx varah reethi.mi vaahaka up nukuraathi VARAH dhera vefa huree dhen up kuraany nayaa school nimuneema ey hithaa.ekam miadhu mi vaahaka ge 33 nerefa ineema varah ufaa vejje..🤗

    1. Nayaa Nayaa says:
      October 3, 2023 at 1:55 pm

      varah bodah shukuriyyaa Rifoo.. hehe nooney mi up kureenu hama.. insha’allah dhen part thah nerumuga maa lasthakeh nuvaane <3

  14. Anonymous says:
    October 3, 2023 at 7:25 pm

    when is next part

    1. Nayaa Nayaa says:
      October 4, 2023 at 9:48 am

      next part iyye submit kohlaifin.. admin approval libunuhaa avahakah kiyaalan libeyne.. hiyeh nuve dhen maa lasthakeh vaane henneh

  15. Vempire girl says:
    October 3, 2023 at 9:56 pm

    Next part kon iraku… Hama inthizaaruga… Varah avahah next part kiyaalan libeyne kamah ummeedhu kuran…

    1. Nayaa Nayaa says:
      October 4, 2023 at 9:52 am

      next part iyye haveeru submit kohlaifin.. admins upload kohdhinhaa avahakah hama kiyaalan libeyne

  16. Reem says:
    October 3, 2023 at 11:24 pm

    what a surprise.. aslu hiyeh nukuran vaahaka dhen up kuraane kamakah. varah gina dhuvaheh ge inthizaareh mee. And school kujjakaa balaafa story ge ibaaraaiy kurun varah furihama. Maasha’Allah. keep going like this dear. Will give My full support always, Insha’allah. god bless you dear 🩷

    1. Nayaa Nayaa says:
      October 4, 2023 at 9:51 am

      dhigu inthizaaruge nimun foni vaane.. hehe
      varah varah bodah shukuriyyaa reem.. means a lot to me <3
      god bless you too darla <333

  17. Ausher says:
    October 6, 2023 at 12:07 am

    Omg finally …mi vhk eh kiyaahithun moya vefa mi hunnany..emme fahun kiyaa kiyaa upload kurevihjjethaa..so vrh bodss sukuru man❤😏no but fr..this episode hama slay as always..vrh vrh reethi..keep it up❤

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 34←


All Right Reserved!