Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 11

ailessh Level 1
June 27, 2023 6 Mins Read
7 Comments

“އަސްލު ހައިޝަމް ބްލެކްމެއިލް ކުރީމަ ދޯ މިކަން ކުރީ…!” ދުއާ ބުނެލި އެއްޗަކުން އަހަރެންގެ ދެލޯ ބޮޑު ކޮށްލެވުނެވެ. އަހަރެން ހުރީ އެ ސުވާލަށް ތައްޔާރުވެގެންނެއް ނޫނެވެ. ދޭނ ޖަވާބެއް ނޭނގުނުތާ ގެންނާނެ ހަރަކާތެއް ވެސް ނޭނގުނެވެ.

 

“އަނިލް ދޮގު ނުހަދައްޗެ.! އަހަރެން ބޭނުން އަސްލު އިނގެން…! އެކްޗުއަލީ އަހަރެންނަަސް އިވުނު އެރޭ އަނިލް އާއި ދޮންބެ ދެއްކި ވާހަކަ. އެހެންވެ އަސްލު އާއެކޭ ވެސް ބުނީ….!” ދުއާ ފެށި ވާހަކައިން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އޯލްސޯ މިރޭ އަހަރެން ހައިޝަމް ކިޑްނެޕް ކުރީ… އަސްލު ރިވެންޖު ނަގަން ދޯ ހައިޝަމް ބޭނުންވަނީ… ހައިޝަމް އަމިއްލައަށް ވެސް އަހަރެން ކުރިމަތީ އެހެން ބުންޏޭ…” އަހަރެންގެ އަނގަ އެއްކޮން ދުއާ ބަންދު ކޮށްލިއެވެ.

 

“ހޫމް.. އަހަރެން ދުއާ އާއި ކައިވެނި ކުރީ ޒައިން ބުނެގެން… އެކަމްވެސް އަހަރެން އެކަން ކުރީ ވަރަށް ވިސްނާފަ. ދުއާ އަހަރެންނަށް ކަމުދާތީ… ފިރިއަކު އަތްބެއްގެ ފަރާތުން އެދޭނެ ހުރިހާ ސިފައެއް ދުއާގެ ގައިގާ އެބަހުރި. ކުރިންވެސް ބުނިހެން.. ދުއާ ދެކެ އަހަރެންނަށް ލޯބި ނުވެވުނަސް އަހަރެންނަށް ދުއާގެ ސިފަތައް ވަރަށް ކަމުދޭ… ހަމަ އެގޮތަށް ވަގުތާ އެކީ އެކަން ބަދަލު ވާނެ. ދެން ދުއާ މި ގުޅުމުގަ އުޅޭން ބޭނުން ނުވަންޏާ އަހަރެން ދުއާ ބޭނުން ވާ ގޮތް ހަދާ ދޭނަން…” އަހަރެން މީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟

ކައިވެނި ކުރެވުނު ރޭ މި ދައްކަން ފެށި ވަކިވާ ވާހަކައެވެ.

 

“އަނިލް… އަހަރެން ބިރު ގަނެޔޭ… ހައިޝަމް އަހަރެންނަށް ކަމެއް ކޮށްފާނެތީ.. އެން އަހަރެން އިތުރަށް ކިޔަވަން ދާކަށްވެސް ބޭނުމެއް ނޫންް… ހަމަ އަހަރެން ބިރު ގަންނަނީ އޭ… އަނިލް ނިކަން ވިސްނާލަބަލަ. ” ދުއާ އަނެއްކާ ވެސް ފެށީ ރޯށެވެ.

“ދުއާ ހާސްނުވެބަލަ. ޝިޔާ އާއި ހައިޝަމް ޑޭޓިން އޭ… ޝިޔާ ބުނެފިއްޔާ. އެއް ކަމެއްވެސް ނުކުރާނެ.” އަހަރެން ބެލީ ދުއާއަށް ވިސްނައިދެވޭތޯއެވެ.

 

“ދުއާ ބެޭނުމީ ކޮން ގޮތެއްް؟” އަހަރެން ދުއާ މޫނަށް ބަލައިލަމުން ސުވާލެއް ކޮށްލީމެވެ.

“އައި ނީޑް ސަމްޓައިމް ޓު ތިންކް އެބައުޓް ދިސް. އަދި އަހަރެން ވަގުތު ބޭނުމޭ… އަނިލް ބުނީމެއްނު ވަގުތާ އެކީ ކަންކަން ބަދަލުވާނޭ…” އަހަރެން ދުއާގެ މޫނަށް ބަލައިލީ ހައިރާން ވެފައި ހުރެއެވެ.

އެއީ ހަމަ އަހަރެން ދެކެ ލޯބިވާ ކަމަށް ބުނި ދުއާ ހެއްޔެވެ؟

“އެކަމް ދުއާ ބުނީމެއްނު.. އަހަރެން ދެކެ….” އެހިސާބަށް ބުނެވުނުތަނާ ދުއާ އަހަރެން ހުއްޓުވިއެވެ.

“ހާނ ބުނިން… އެކަމް ކުރިން ވެސް ބުނިހެން ދޮންބެ އަނިލް ކައިރީ ދެއްކި ވާހަކަ އިވިގެން އެހެން ބުނީ.. އައި މީން ލައިކް އަހަރެން އަނިލް ދެކެ ލައިކް އެއް ނުވެޔޭ ބުނެފިއްޔާ އަހަންނަށް އިނގޭ އަނިލް ރިފުޔުޒް ކުރާނެކަން. ޕްލަސް އަހަރެން ދޮންބރއަށް ތައްސައްލީއެއް ލިބެން އޮތީ މިހެން ކަމަށް ވީމަ އަހަރެން އެއްބަސްވީ… އައިމް ނޮޓް އޯކޭ، ސްޓިލް އައި ހޭވް ޓު ސެކްރިފައިޒް މައި ހެޕިނެސް ފޯ ހިމް…” ދުއާގެ މޫނުމަތިން އޭނާ އެ ހަދަނީ ދޮގު ނޫން ކަމަށް ހެކިވެއެވެ.

 

“ދުއާ ބޭނުންވަނީ ކޮން ގޮތެއް؟” އަހަރެން ސުވާލު ކުރީމެވެ. ބޭނުންވަނީ ޖަވާބެކެވެ. އެއްވެސް ކަހަލަ މަޖުބޫރު ކަމެއް އޮވެގެން އެއްވެސް ގުޅުމެއް ކުރިޔަށް ނުގެންދޭވެނެއެވެ. ދުއާ ކޮންމެ ގޮތެއް ބޭނުންވިޔަސް އަހަރެން އެކަމާއި ހިތުން ރުހުމުން ގަބޫލެވެ.

 

“އައި ވިލް ލިވް އިން ދިސ ރިލޭޝަން ފޯ ފިއު ޑޭސް… އައި މީން ހައިޝަމްގެ މައްސަލަ ނިމެންދެން. ދޮންބެ އޯކޭ ވީމަ، ދޮންބެއަށް ހައިޝަމްގެ އުދަނގުލުން މިންޖުވެވުނީމަ. އަނިލްވެސް މި ހަގީގަތް ގަބޫލްކޮށް އެ ދުވަހަކުން އަހަރެން މިނިވަން ކޮށްދޭން ވާނެ.” ދުއާ ދެއްކި ވާހަކަ ތަކާއި އަހަރެން އެއްބަސްވީމެވެ.

 

“އެކަމް ޒައިން އޯ… މިސާލަކަށް އިފް އައި ޑިވޯސް ޔޫ. ދެން ޒައިން އަހަރެންނާ އޮންނަ ގުޅުން…” އަހަރެން ކަމެއް ހަނދާނވި ފަދައިން ބުނީމެވެ.

“އޯހ ޔެހ… ވިލް ޓެލް ހިމް ޓުރުތް. ދެން އަނިލްގެ ދޮންމަންމަ މިރޭ ބުންޏެއްނު އެގެޔަށް ބަދަލުވާން… ސޯ ކިހިނެއް އަނިލް އެކަމާ ވިސްނީ..؟” ދުއާ އެކުރި ސުވާލަށް ޖަވާބު ދޭނެ ގޮތެއް ނޭނގުނެވެ. ދުއާ ބޭނުންވާ ގޮތެއް އަހަރެން ހަދައިދޭނ މިހުރީ ތައްޔާރަށެވެ. ދުއާ އުފަލުގައި ހުރިއްޔާ ކޮންމެ ކަމެއްވެސް ކުރާނަމެވެ. އެއީ އަހަރެން ވެފައިވާ ވައުދެކެވެ. ވައުދެއް ވެއްޖާ ވައުދު ފުއްދުމަކީ އަހަރެން ދެކޭ ގޮތުގައި އިތުބާރު ހިފަހައްޓަން އޮތް އެންމެ ރަނގަޅު މަގެވެ.

 

“ދުއާއަށް ފެންނަ ގޮތެއް. މި ބުނީ ދުއާ އުފަލުގައި އުޅެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ… ދުއާއަށް އެގޭގެ ކެތްކުރެވެންޏާ…” އަހަރެން ޖަވާބު ދިނީމެވެ. ެުއާ ބޭނުންވީ އެގެޔަށް ބަދަލުވާށެވެ.

 

“ސޯ އީދު ނިންމާފަ ޗޭންޖު ވާނީ… އެ ކޮޅު ގޭގެ ރޫމް ވެސް ޖެހޭ ކުޑަކޮށް ތައްޔާރު ކޮށްލަން…” އަހަރެން އެހެން ބުނުމުން އޭނާ އެންމެ ރަނގަޅު ކަމަށް ބުންޏެވެ. އަހަރެންވެސް ދެން އިތުރު ވާހަކަ އެއް ނުދައްކާ ނިކުތީ ބޭރަށެވެ.

 

ތަޤުދީރު މި ކުޅެނީ ކޮން ކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟ އަހަރެން ލޮލަށް ފެންނަ ކަންކަން މިހާރު އަހަރެން ގަބޫލް ކުރާކަށް ބޭނުމެއް ނޫނެވެ. ކުރިން ޝިޔާ އާއި ހައިޝަމް ގުޅުން އޮންނަކަން އިނގުނު ނަމަ ކިހާ ރަނގަޅު ވީހެއްޔެވެ.؟ އަހަރެންގެ ހިތް މިރޭ ކުރަމުން މިދާ ޝަކުވާތައް ކިޔާދޭނީ ކާކަށްހެއްޔެވެ؟ ޒައިން އަށް މި ކަހަކަ ވާހަކަ އެއް ކިޔާދިނުމަކަށް އަހަރެން ޟަމީރު އެއްބަހެއް ނުވެއެވެ.

 

“އަނިލް މިތާ ކީއްތިކުރަނީ…؟” ބޭރުގައި ހުރި ބައެއް ސާމާނު ތައް އެތެރެއަށް ވައްދަމުން ޒައިން އަހާލިއެވެ.

“އަމް މީ… ފެންބޯން…” ބަދިގެއަށް އިޝާރަތް ކޮށްލަމުން އަހަރެން ބުނީމެވެ.

“ދޮގު ނުހަދާ… ކޮޓަރިން ނެރެލީދޯ…!” ހެމުން ހެމުން ޒައިން އެހެން ބުނުމުން އަހަރެން ދިޔައީ ކޮޓަރިއަށެވެ.

 

 

“އައީ ދޯ” ދުއާގެ އާންމު ރާގުގައި ކޮޓަރިއަށް ވަނުމުން ބުނެލިއެވެ.

“ދާންވީތަ.؟” އަހަރެން އެހެން ބުނީ ޖެއްސުމަށެވެ.

“އުނހޫން…” އެހެން ބުނުމުން އަހަރެން ލައިގެން ހުރި އެއްޗެހި ބަދަލޮށް ނިދަން އައީމެވެ.

 

“ނިދަންތަ ތި އުޅެނީ…؟” ދުއާ އަނެއްކާވެސް ސުވާލެއް ކުރިއެވެ. މި ކަހަލަ ކޫސަނި ސުވާލު ކުރުމަކީ އޭނާގެ އާދައެވެ.

“ނޫނޭ… ބެރު ޖަހާފަ ނަށަން…” އަހަރެން އަރާ އޮށޯންނަމުން ބުނެލީމެވެ.

“ދެންވެސް އަވަހަށް ނިދާނީ… ފަތިހު ހޭލަންވެސް ޖެހޭނު. އަދި މަ ޖެހޭ އޮފީހަށްވެސް ދާން…” އަހަރެން ބުނީމެވެ.

“އެކަމް މިރޭ މި ފަސްޓް ނައިޓް އޭ…” ދުއާ އެހެން ބުނީ ޝަކުވާ ކުރާ ގޮތަކަށެވެ. “ފަސްޓް ނައިޓް”ގަ އޭނާ ދެއްކީ ވަރިވާ ވާހަކައެވެ. އަހަރެން ބޭނުންވަނީ ނިދާށެވެ.

“ދެން އެހެން ރޭ ރެޔާ ތަފާތެއް އެބޮތްތަ؟ ބޮޑު ޑީލްއެއް ހަދައިފީމެއްނު. މާ ގިނަ ދުވަހަކު މި ގުޅުމެއް ކުރިޔަކަށް ނުދާނެއްނު. އަހަރެން ބޭނުމެއް ނޫން ދޮގު ހުވަފެންތަ ދައްކާފަ މުޅި އުމުރަށް އުޅޭނަމޭ ކިޔާކަށް… ސޯ… ވަޓް.” އަހަރެން ބުނެލީމެވެ.

“އޯ…. ސޮރީ..” ދުއާ ބޯ ކަހާލަމުން އެހެން ބުނުމަށް ނިދީއެވެ.

 

އާދައިގެ މަތިން ފަތިހު ހޭލުމަށްފަހު ފަތިސް ނަމާދަށް އަހަރެން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައިރު ދުއާ ނަމާދުކޮށް ނިމި ޤުރްއާން ކިޔަވަން އިނެވެ. އެ މަންޒަރަކީ އަހަރެންގެ ހިތުގައި މުޅި އުމުރަށް ވެސް ބިންވަޅު ނެގިގެންދާނެ މަންޒަރެކެވެ. ނަމަވެސް އަހަރެންގެ ހިތަށް ވިސްނައިދިނީ އެއީ ދާއިމަށް ފެންނާނޭ ދުވަހެއް ނޫނެވެ.

 

އަހަރެންވެސް ފޯނު ނަގައި މަޑު މަޑުން ކިޔެވީމެވެ. ދުއާއަށް އުދަނގޫ ނުވާނެ ގޮތަށެވެ. އޭގަފަހުން ސައިބޯގެން ތައްޔާރުވެގެން އަހަރެން ދިޔައީ އޮފީހަށެވެ. އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް އަހަރެން އޮފީހަށް ދިޔައީމެވެ. އެއީ ދެ ދުވަސް ވަންދެން އޮފީހަށް ނުގޮސް ހުރުމުގެ ސަބަބުންނެވެ. ޒައިން ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަން އެނގިހުރެ ވެސް އަހަރެން އިތުރަށް ހުރިހާ ކަންކަމެއް ބަލަމެވެ. އެއީ އަހަރެންގެ އާދައެވެ.

 

“އޭ މިއަދު އޮފީހުގަ؟” ޒައިންއަށް އަހަރެން ފެނުމުން ބުނެލިއެވެ.

“ހޫމް ކުރިއަށް އޮތީ އީދެއްނު.. ދެން އެދުވަސްތަކުގަ އޮފީސް ބަންދުވާނެ. އެހެންވެ ކުރިން ދެދުވަހު ވެސް ނާދެވޭތީ ކުޑަކޮށް ބަލައިލަން މިއަދު އައީ..” އަހަރެން ހީކުރީ ޒައިން ހުންނާނީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. ނަމަވެސް ޒައިންއަށް ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ވިސްނުނެވެ.

 

އިރުކޮޅެއްފަހުން ޝިޔާގެ ކޯލެއް އަހަންނަށް އައެވެ. ޝިޔާ ޒައިން އާއި އަހަރެން އެއްތާކުން ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ. އަހަރެން ވެސް އެކަމާއި އެއްބަސްވެ ޒައިން ގޮވާގެން ކައިރީ އިން ރެސްޓޯރެންޓައަކަށް ދިޔައީމެވެ. އޭރު ހައިޝަމް އާއި ޝިޔާ އތާ މަޑު ކޮށްގެންއިނެވެ.

 

“އަސްލު ކުރިން ނޭނގެ އަނިލް ތީ ޝިޔާގެ ދޮންބެ ކަމެއް.” ވާހަކަ ދައްކަން ފެށީ ހައިޝަމްއެވެ.

“އަސްލު ކުރިން އެނގުނު ނަމަ އެރޭ ދުއާ ނުގެންދިޔައީމުސް. ދެން އަހަރެން މިހުރީ ވަރަށް ލަދުން ހަޔާ ކަންތައް ކުރި ގޮތުން… އަނިލް މިއަދު ޕްރޫވް ކޮށްދިނީ ހަޔާގެ ބަލިކަށިކަން އަހަރެންގެ ކޮއްކޮއަށް ވިޔަކަސް ހަގީގަތަށް ބުނާނަން އަސް ކުރިން އަހަންނަށް ވިސްނާނުލާ ހަޔާ ދެކެ ލޯބިވާތީ ނޭގުނު ސްޓެޕް އެއް އެ. އައި މީން ބްލެކްމެއިލް ކުރުން. ދެން އޮތީ މާ ކުރީގެ ހަނދާނެއް އާ ކޮށްދިނުން. އެއީ ޝިޔާ އާއި އެކު އެރޭ އަނިލް އެގެޔަށް ދިޔަ ދުވަސް، އެރޭ އަނިލް އަހަރެންގެ ބޮލުގަ ވާސް އިން ޖެހިގޮތަށް އަހަރެން ވެސް އަހަރެންގެ ކޮއްކޮގެ ރައްކާތެރިކަން ބޭނުންވާނެ ދޯ…! ޕްލަސް އަހަރެން ރިވެންޖު ނުނަގަނަ ނިންމާފިން. އަހަރެންނަށް އަދި ކިރިޔާ މި އިހްސާސް ކުރެވެން ފެށީ ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން… އަހަރެންގެ ނިޔަތްގަތީ ހަމަ ދުއާ ޔޫސް ކުރަން. އެކަމް ފަހުން ޝިޔާ އަހަރެންނަށް ނަސޭހަތްދިނީ.. ހަޔާއަށް އެކަހަލަ ކަމެއް ކުރުމުން އަހަރެންނަށް ވާނެ ގޮތް. ދެން ޒައިންގެ ކަންތަކުގައި ދުއާ އޭގެ މެދަށް ވެއްދުމުގެ ބޭކާރު ކަން…” ހައިޝަމް ވާހަކަ ދެއްކީ މަޑުމައތިރި ކަމާއެކުއެވެ.

“ދެންް.؟” އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

“ލެޓްސް ބީ ފްރެންޑްސް އޭޒްވީ ގޮނާ ބީ އަ ފެމިލީ ސޫން… ދެން ޒައިން، ހަޔާ ހުރީ ވަރަށް ލަދުގަނެފަ ކުރެވުނު ކަންތަކަށް. ވިސްނާ ނުލާ ބުނެވުނު ބަހަކުން އޭނާ މިއަދު ވަރަށް ދެރަވެފަ ހުރީ… ޚުދު އަހަރެންނަށް ވެސް ކެތްނުވޭ އެ މަންޒަރު ބަލާކަށް…. އައި ހޯޕް ޔޫ ވިލް ޓޭކް އަ ގުޑް ޑެސިޝަން. އަހަރެން އެއްވެސް ކަމަކަށް ފޯސް އެއް ނުކުރާނަން….” އަހަރެން ހުރީ ހައިޝަމް ވާހަކަ ދެއްކި ގޮތުން ގަބޫލް ކުރަން ދަތިވެފައެވެ.

“ދެން ހައިޝަމް ޝިޔާ ދެކެ ލޯބިވާއިރު އެރޭ އެހެން ކަންތައް ކުރީ ކީއްވެ؟” އެއީ އަހަރެންގެ ހިތުގައި އޮތް ސުވާލެކެވެ.

“އަސްލު ގަބޫލް ނުކުރެވޭނެ ކަން އިނގޭ… އަހަރެންނަށް ވެސް ގަބޫލެއް ނުކުރުވެ. އަހަރެން ވެސް މީ އެކި ކަހަލަ ގޯސް ކަންތައް ކުރަމުން އައި ނުބާ ފާފަތަކަށް އަރާ ގަންނަމުން ދިޔަ މީހެއް. ޝިޔާ އާއި އަހަރެންނާ އެންމެ ފުރަތަމަ ދިމާވީ އެރޭ… އެއީ އަނިލްގެ ދޮންމަންނަ އަހަރެންނަށް ލާރި ދީގެން ކުރުވި ކަމެއް. ލާރީގެ ދަހިވެތި ކަމުގަ. ދެން….” ހައިޝަމްއަށް ހިސާބަށް ބުނެފައި ހުއްޓާލެވުނެވެ. އަހަރެންނަށްވެސް ބޯޖަހައިލެވުނީ ދެންވީ ގޮތް އަހަރެންނަށް އިނގޭތީއެވެ.

“ސޯ ދެން ރިވެންޖު ނުނަގާނަން ދޯ.. އައި މީން ބަދަލު ނުހިފާނަން ދޯ.” ޒައިން އަހާލިއެވެ.

“އޮބްވިއަސްލީ…! އަނިލް ހެޕީ މެރިޑް ލައިފް.!” ހައިޝަމް އެހެން ބުނުމުން ތެންކިޔޫ އޭ ބުނެލީމެވެ. މިވީ ގޮތުން އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމެއްކަން އަހަރެންނަށް އިނގުނެވެ. ހައިޝަމް ގޮތްދޫކޮށް ބަދަލު ނުހިފުމަށް ނިންމި ނިންމުމަކީ އަހަރެންގެ “މެެރިޑް ލައިފް’އަށް ނިމުމެއް އަންނަން އުޅޭ ކަމުގެ ނިޝާނެއް ކަމެއް ހައިޝަމްއަކަށް ނޭނގެއެވެ.

*

އެ ދުވަހު އޮފީސް ނިންމާލުމަށްފަހު ގެޔަށް ދިޔައީމެވެ. އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބެލީ ދުއާއަށް ސާފު ކޮށް އެ ވާހަކަތައް ކިޔައިދިނުމެވެ.

“ދެން ކިހިނެއް ހަދާނީ.؟” ދުއާގެ މޫނު މަތިން ފެނުނީ ހައިރާން ކަމެވެ. ހަދާނެ ގޮތް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ކައިވެނި ކުރެވުނީ އިއްޔައެވެ. ނަމަވެސް އެ ބޭނުން ނިމިއްޖެވެ.

“ދެތިން މަހު އުޅެން ފެންނަނީ. މީހުން ދައްކާނެ ވަރަށް ވާހަކަ އެހެންވެ.” އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.

“ހޫމް، ދެން އެގޮތަށް ހަދާނީ…” ދުއާ އަހަރެންނާ އެއްބަސްވުމުން ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް ވަކިވާން ޖެހޭތީ ބުނެދޭން ނޭނގޭ ގޮތެއް ވެއެވެ.

އެ ހުރިހާ ކަމަކުން އަހަރެން މިންޖުވަނީ ބޭނުމެއް ނެތް ކަމެއް ކުރުމުން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެކަން އަހަރެންގެ ހިތަށް ވިސްނައިދެމުންނެވެ.

“އެކަމް އަހަރެން ބޭނުން އެއް ކަންތައް..” ދުއާ އެހެން ބުނުމުން އިތުރަށް އޭނާ ބޭނުންވާނީ ކޮން ކަމެއްބާއޭ ހިތަށް އެރިއެވެ.

“އެއީ؟” އަހަރެން ސުވާލު ކޮށްލީމެވެ.

“އަހަރެން ޑިސްޓެންސް ބަހައްޓަން ބޭނުން… ވީ ކެން ޖަސްޓް ސްޓޭ އޭޒް ފްރެންޑްސް…” ދުއާ އެހެން ބުނުމުން އެކަން ކޮށްދިނުމަށް އަހަރެން އެއްބަސް ވީމެވެ. ޚުދު އަހަރެން ވެސް ބޭނުންވަނީ އެގޮތެވެ. ލޯބީގެ މަޅީގައި ޖެހިއްޖާ ސަލާމަތްވާން އުދަނގޫ ވާނެކަން އަހަރެންނަށް ދުނިޔެ ދައްކާދެއެވެ.

އެ ދުވަހު އަހަރެން ދެން ދިޔައީ ޒައިން ކައިރިއަށެވެ. ހިތާ ދެކޮޅަށެވެ. އެ ވާހަކަތައް ކިޔާ ދިނުމަށެވެ. އަހަރެންގެ ހިތް އެކަން ނުކުރުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް، އަހަރެން ނިންމީ އެކަން ކުރާށެވެ. އެޔަށް ވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ވިސްނާފައެވެ.

ތެޅެމުން ދިޔަ ހިތަކާއެކު ޒައިން ކައިރީ އެވާހަކަތައް ކިޔާދިނީމެވެ.

“ދެން އަނިލް އޭނަ ވަރި ކުރާނީތަ.؟” ޒައިން ކުރީ ސުވާލެކެވެ.

“ދުއާ އެ ގޮތް ބޭނުންވަންޏާ އަހަރެން އެކަން ކޮށްދޭނަން…. ދުއާ އުޅެން ހުރިއްޔާ އުޅޭނަން. އެކަމް އެއްވެސް ކަމެއް އަހަރެން މަޖުބޫރު ކުރާކަށް ނެތިން.” އަހަރެންގެ ހިތުގައި އޮތް ގޮތް ޒައިންއަށް އަންގާދިނީމެވެ.

“ދުއާ އަނިލް ދެކެ ލައިކް އެއް ނުވޭތަ؟” އަހަރެންނާ އޭނާ ކުރީ ބޭކާރު ސުވާލެކެވެ. އޭނާއަށް އޭގެ ޖަވާބު އެނގޭނެއެވެ. ވަރިވާން ބޭނުންވާނީ ލައިކް ނުވާތީއެއްނޫންހެއްޔެވެ.؟ އެ ސުވާލުގެ ޖަވާބުގައި އަހަރެންނަށް ހަމައެކަނި ބޯ ޖަހާލެވުނިއެވެ.

 

“އަނިލް ދެން އޭނަދެކެ ލައިކްވޭތަ؟” އެ ސުވަލުގެ ޖަވާބުގައި އަހަރެން ބުނާނީ ކީކޭހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ވަނަހާ (03)

Next

ލޯތްބަކުންދިން-30

Next
June 27, 2023

ލޯތްބަކުންދިން-30

Previews
June 26, 2023

ވަނަހާ (03)

7 Comments!

  1. ailessh says:
    June 27, 2023 at 5:01 pm

    Hello guys, Eid mubarak to ya All 🤍
    Hope u like this part too 🤍

  2. leesh says:
    June 27, 2023 at 7:21 pm

    yeah… like nuve eh dhn nuhunnaaneynun.
    kon irakun next part nukunnaany.
    curiously waiting for part 12.
    thankolheh dhigu koh next part neredhehhey
    aslu vaahaka reethi veema mihaaru nerey varu kuru vany
    kiya kiya hutta vaahaka nimeythi

    1. ailessh says:
      June 27, 2023 at 8:01 pm

      Aww thats so sweet, will try next part dhigu kolla dheynan, In sha Allah 🤍

  3. Ifoo says:
    June 27, 2023 at 7:44 pm

    Vv reethi Mi part vs…. Unmeedhu kuran veehaa vs avahah aneh part kiyaalan libeyne kamah ❤️

    1. ailessh says:
      June 27, 2023 at 8:03 pm

      Thank you 🤍
      Hama liyevunu haa avahakah submit kohdheynan 🤍

  4. Thoobaa Ahmedrafeeu says:
    June 28, 2023 at 2:02 pm

    Waiting for next part
    Mi part ves varah reethi
    Anil duaa divorce nukurahchey 🥺🥺

    1. ailessh says:
      June 29, 2023 at 3:55 pm

      Its possible dhemeehun divorce waan vess, but letss see 🤍

Comments are closed.

Next Episodeކުލަ 12←


All Right Reserved!