Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 10

ailessh Level 1
June 25, 2023 5 Mins Read
3 Comments

“އަނިލް… އަނިލް….. ދުއާ….. ދުއާ… ބަލާދިޔަ…އިރު ދުއާއެ….އް ސެލޫ…..ން އަކު ނެތް….” ޒައިން ހާސްވެފައި ހުރެ އެހެން ބުނުމުން އަހަރެންނަށް ލިބުނީ ކުޑަ ޝޮކެކެވެ.

“ދެން ދުއާ ދާނީ ކޮންތާކަށް…!” އަހަރެން ހައިރާންވެފައި ހުރެ ސުވާލު ކޮށްލީމެވެ. ދެވަނަ ސިކުންތުގައި ހަނދާންވީ ހައިޝަމްގެ މަތިންނެވެ. އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ވިސްނާލެވުނެވެ. ތަޤުދީރު މި ކުޅެނީ ކޮން ކަހަލަ ކުޅި ގަނޑެއް ހެއްޔެވެ.

“ހައިޝަމް؟؟” އަހަރެންނަށް ބުނެލެވުނެވެ.

“ދޮންބޭ ހައިޝަމް އަނެއްކާ ކަމެއް ކުރީތަ.؟” ޝިޔާގެ މޫނު މަތީ ވީ ސުވާލު މާކެކެވެ. ހައިޝަމްގެ ގޮތް ޝިޔާއަށް ވަރަށް ރަނގަޅަށްވެސް އިނގޭނެއެވެ.

“ދުއާއަށް ގުޅީމަ ފޯނެއްވެސް ނުނަގާ.. މިހާރު ގާޟީ ވެސް ގެޔަށް އަންނާނެ” ޝިޔާ ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޒައިން ފެށީ އެހެން ވާހަކައެކެވެ.

 

“ކޮންމެވެސް ކަމެއް ގޯސްވެއްޖެއްނު…. ހައިޝަމް ކަމެއް ކުރީހޭ…! އަހަރެން މި ގުޅަނީ ހައިޝަމްއަށް.” ޝިޔާ އެހެން ބުނުމުން އަހަރެން ހުރީ ހައިރާންވެފައެވެ. ހައިޝަމް އަކީ އޭނާގެ އިއްފަތްތެރިކަން ނަގާލަން އުޅުނު މީހާއެވެ. އޭނާއަށް ދޯކާ ދިން ކެހިވެރިއެކެެވެ. ރޭވުމާ އެއްގޮތަށް ކަންތައް ނުކުރި ބޮޑު މަކަރު ވެރިއެކެވެ. މި ހުރިހާ ކަމެއް ހިނގާފައި އޮތް އިރު ޝިޔާ ހައިޝަމް އަށް ގުޅުން އޮންނަންވީ އިތުރު ސަބަބެއް ނޭނގުނެވެ.

އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ޝިޔާ ހައިޝަމްއަށް ގުޅިއެވެ. އަހަރެން ހައިރާން ވީ ވަގުތުން ފޯނު ނެގުމުންނެވެ.

“ކީއްކޮށްގެން ތި އުޅެނީ..؟” ޝިޔާ ފޯނުގައިހުރެ ސުވާލު ކުރިއެވެ.

“ސޯ.. ދުއާ ގޮަވައިގެން ތިއުޅެނީ ހައި ތަ؟؟” ޝިޔާ ހައިޝަމްގެ ބަދަލުގައި ‘ހައި’ އޭ ބުނުމުން އަހަރެން އިތުރަށް ހައިރާންވިއެވެ. ތަފާތު ހީތަށް ކުރެވެން ފެށިއެވެ. އަހަރެންނަށް ޝައްކުވާން ފެށިއެވެ.

“އަހަރެންނާއި ހައި އާ އޮންނަ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުމިއްޔާ ދުއާ ގޮވައިގެން ހަމަ މިހާރު ގެޔަށް އާދޭ…” ޝިޔާގެ އެ އަމުރުން އަހަރެންގެ ހީ ޔަގީން ވިއެވެ. އަހަރެންގެ އިތުރުން ޒައިން ވެސް ހުރީ ޝޯހު ވެފައެވެ.

5 ވަރަކަށް މިނެޓް ފަހުން ދުއާ ގޮވައިގެން ހައިޝަމް ގެއަށް އައެވެ. އޭރު އަށްގަޑި ވިހި ވެއްޖެއެވެ.

ދުއާ ގެޔަށް އައިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާގެ މޫނުމަތީގައި މޭކަޕްގެ އަސަރެއް ނެތެވެ. ނަމަވެސް ކުރިން މޭކަޕް ކޮށްފައި ހުރި ކަމުގެ ނިޝާންތައް މޫނު މަތިން ފެންނަން ހުއްޓެވެ. އަހަރެން ޝިޔާ ކައިރީ ދުއާ ތައްޔާރު ކޮށްދިނުމަށް އެދުމަށްފަހު ބޭރަށް ނިކުތީ ގާޟީން އަންނައިރަށް މޭޒުކައިރިއަށް ދިއުމަށެވެ..

އަހަރެން ގޮނޑީގައި އިން ވަގުތުވެސް ވިސްނެމުންދިޔައީ އެންމެ ކަމަކާ މެދުއެވެ. ހައިޝަމް ދުއާ ހެދީ ކިހިނެއްކަމާ މެދުއެވެ.

 

އިރުކޮޅެއްވުމުން ދުއާގެ ބައްޕަ އާއި ގާޟީންގެ އިތުރުން ހެކިވެރިން އައެވެ. އަހަރެންނަށް އިންތިޒާރު ކުރެވެމުން ދިޔައީ ދުއާ އަންނާނެ ވަގުތަކަށެވެ. ހަގީގަތުގައި ވެސް އަހަރެން އިނީ ހިތް އަވަސް ވެފައެވެ.

މާގިނައިރެއް ނުވެ ދުއާ ވެސް އައެވެ. ދުއާގެ މޫނުމަތީ އެއްވެސް މޭކަޕެއް ކުރެވިފައި ނެތްނަމަވެސް އޭނާއަށް ލިބިފައިވި ގުދުރަތީ ރީތިކަން އޭނާގެ ފުރިހަމަކަން ހާމަ ކޮށްދެއެވެ. ހަގީގަތުގައި އަހަރެންނަށްވެސް ކަމުދަނީ “ނެޗުރަލް ބިއުޓީ” އެވެ. މޭކަޕް ކުރުމާ މެދު އަހަރެން ދެކޮޅެވެ. މާތް ﷲ ކޮންމެ އިންސާނަކުވެސް ހައްދަވާފއި ވަނީ އެންމެ ފުރިހަމަ ގޮތުުގައި ކަމަށް އަހަރެން ގަބޫލު ކުރަމެވެ.

 

ކައިވެނި ޚުތުބާ ފެށިއްޖެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.

“އަނބި ގަބޫލްކޮށްފިން” އަހަރެން ދުއާ އާއި ދިމާ ބަލއިލަމުން ބުނެލިއެވެ. އެއީ އަހަރެންގެ ހަޔާތުގައި “މޮސްޓް ޕްރިޝިއަސް މޮމެންޓް” އެވެ. ކައިވެނި ކުރަން ބޭނުން ނުވި ނަމަވެސް ދީނުގެ ދެބައި ކޮށްފަ އެއްބައި ފުރިހަމަ ކުރެވުމުން ހިތަށް ލިބޭ އުފާ ބުނެދޭނ ދައްޗެވެ. މީގެއިތުރުން، ދުއާ ފަދަ އަޚުލާގު ރަނގަޅު

ދީންވެރި އައްބެއް ލިބުނީތީ ހިތާ ހިތުން ޝުކުރުކޮށްލެވުނެވެ. މުހިންމީ ލޯބެއް ނޫނެވެ. ދެދުނިޔޭގެ އުފާވެރި ކަމެވެ.މިއަދުން ފެށިގެން ދުއާ، އަށް ދޭން ޖެހޭ ޤަދަރާއި އިހްތިރާމް ދިނުމަށް އަޒުމު ކަނޑަ އެޅީމެވެ. ދުވަހަކުވެސް ދެރައެއް ނުދޭން ނިންމީމެވެ. އެއީ އަހަރެންގެ ކިބައިން އާންމުކޮށް ނުފެނުނު ސިފަތައް ކަމުގައި ވި ނަމަވެސް އަހަރެންގެ ޒިންމާތަކެއް މިއަދު އެބައޮތެވެ.

 

ކައިވެނި ކޮށް ނިމި ކުރިއަށް ދިޔައީ ފޮޓޯ ނެގުމުގެ ކަންތަކެވެ.

“އެންމެ ފަހުން އަނިލްއަށް ދޯ ޅިޔަނު ކިޔަން މި ޖެހުނީ…” ލާނެތްފާޑަކަށް އަހަރެންނާ ދިމާލަށް ބަލައިލަމުން ޒައިން ބުނެލިއެވެ.

“ހާން.. ކީއްދޯ. ކުރާނީ…!” އަހަރެން ވެސް ޒައިން އާއި އެއްބައިވެލީމެވެ.

“ހޫން… ދެން ޓޭކް ކެއަރ އޮފް ދިސް ސައިކޯ.. މި ސައިކޯ ދެން އަނިލް އާއި މިއަދުން ފެށިގެން ހަވާލު.” ޒައިން ޖޯކަކަށް ހަދައި ދުއާ އާއި ބެހެމުން ދިއައެވެ. އަހަރެންނަށް އެކަންވީ މަޖާ ކަމަކަށެވެ. ދުއާގެ މޫނަށް ތަފާތު ވައްތަރު ޖައްސަމުން ދިޔައިރު އަހަރެން ހުރީ ހިނިގަނޑު ފަޅާގެން ދާވަރުވެފައެވެ.

 

“ލެޓްސް ޓޭކް އަ ސެލްފީ ދޮންބޭ…!” ޝިޔާ ފޯނު ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް އައިސއ ބުނެލިއެވެ.

“ސޯ… އަހަރުމެންގެ ފަހަރި އަކީ ދުއާ ދޯ… އައި މީން ފަހަރި ތަ ކިޔަންވީ ނޫނީ ދޮންބެދައްތަ ތަ؟” ޝިޔާވެސް މަޖާ ކުރަން ފެށިއެވެ.

“އެޔެއް އިނގޭނީ ދުއާއަށް. ދުއާ ބޭނުން ނަމެއް ނިކަން އަހާލަބަލަ.” އަހަރެން ޝިޔާ އަށް ރައްދު ދިނީމެވެ.

“ޝިޔާވެސް ދޯ…. ޝިޔާ އަށް ރަނގަޅު ނަމަކުން ކީމަ ރަނގަޅު ވާނެ. އިފް އިޓްސް ފަހަރި، ދޮންބެދައްތަ އެން ދުއާދައްތަ އޯ އޮންލީ ދުއާ ވިޔަސް ރަނގަޅު” އަހަރެން ދުއާ ދިމާ ބަލައިލަމުން ހީލީމެވެ. އެވަގުތު ދުއާ އިސް ޖަހައިލިއެވެ. ލަދުން ކަމަށް ވެސް ވެދާނެއެވެ.

ދެން އައީ ދޮންމަންމައެވެ. އަހަރެން ހުރީ ބިރުންނެވެ. އެފަދަ ގަޑިއެއްގައި ދޮންމަންމަގެ ހަރަކަތްތައް ހުންނާނެ ގޮތް ނޭނގޭނެތީއެވެ.

ދޮޮންމަންމަ އައިސް އެންމެ ފުރަތަމަވެސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. ޚުދު އަހަރެންވެސް ހުރީ ހައިރާން ވެފައެވެ.

“ދަރިފުޅާ މަންމައަށް މާފް ކުރޭ… މަންމައަށް ވިސްނުނީ މާފަހުން… ދަރިފުޅުމެނެ ގެޔަށް ބަދަލު ވެއްޖާ މަންމަ ވަރަށް އުފާވާނެ….އަދި މަންމަ އަށް މަންމަގެ ޅީ ދަރިފުޅާއެކު އުޅެން ލިބިއްޖާ ވަކިން ޚާއްަަސަ ކޮށް އުފާވާނެ. ދަރިފުޅު މަންމައަށް މާފު ކުރަންޏާ މިކަން ކޮށްދީ…” އަހަރެންނަށް އެއްފަހަރު މަންމަގެ މޫނަށް އަނެއްފަހަރު ދުއާގެ މޫނަށް ބަލައިލެވެުނެވެ. އަދި ވިސްނާނަމޭ ރައްދުގައި ބުނެލިމެވެ.

 

ކައިވެނި ހަފްލާ ނިމެން ކައިރިވުމުން އަހަރެން ބޭނުުންވީ ޝިޔާ އާއި ބައްދަލު ކުރާށެވެ. ވަކިންނެވެ. އެކަހެރި ކޮށެވެ. ދައްކަން ބޭނުން އެތައް ވާހަކައެއް އެބަހުއްޓެވެ. ކުރަން ބޭނުން އެތައް ސުވާލެއް އެބަހުއްޓެވެ.

އަހަރެންނަށް ޝިޔާ އެކަނި ހުއްޓާ ފެނޭތޯ ބަލަމުން ދިޔައީމެވެ. ނަމަވެސް އެކަނއ ކާމިޔާބު ނުވާނެހެން ހީވުމުން ފޯނު ނަގައި ޝިޔާގެ ނަންބަރަށް ގުޅާލީމެވެ. ނަސީބަކުން އެވަގުތުވީ ދުއާވެސް އޭނާގެ ރަހުމަތްތެރިންނާއެކު ވާހަކަ ދައްކަން ހުރި ވަގުތަށެވެ. ޝިޔާ ފޯނު ނެގުމުން އަހަރެން ވަރަށް އަވަހަށް ގޭ ބަދިގެއަށް އައުމަށް އެދުނީމެވެ. އަހަރެންވެސް ދުއާ ކައިރީ އެބަ އަންނަން ކަމަށް ބުނެ ބަދިގެއަށް ދިޔައީމެވެ. އޭރު ޝިޔާވެސް އެތާ ހުއްޓެވެ. އަހަރެން ދެން ގުޅީ ޒައިން އަށެވެ.

 

“އަސްލު ޝިޔާ އާއި ހައިޝަމް އާ އޮންނަނީ ކޮން ގުޅުމެއް…؟” އަހަރެން ސީދާ ކުރީ ކުރަން ބޭނުންވި ސުވާލެވެ.

“ވީ.. އަރ… ޑޭ…ޓިޓި…ޓިން.” ޝިޔާ ތުރު ތުރުލާ ހާލު ބުންޏެވެ.

“ޝިޔާ ބިރު ނުގަނޭ… މީ ދޮންބެއޭ… ދެން މީ ޒައިންއޭ… ޝިޔާއަކަށް ދެރަ ގޮތެއް ނުހަދާނެ… އެކްޗުއަލީ ވީ ރިއަލީ ނީޑް ޓު ނޯ ސަމްތިން…” އަހަރެން ދިޔައީ ސީދާ ޕޮއިންޓަށެވެ. އަހަރެންވީ ހުރިހާ ގޮތެއް ޝިޔާއަށް ކިަޔއިދިނީމެވެ. ހަޔާގެ ވާހަކަ ފެށިގެން ހައިޝަމް ބްލެކްމެއިލް ކުރި ކަމުގެ ވާހަކަ ވެސް ޝިޔާ އަށް ކިޔައިދިނީމެވެ. ނިކުންނާނެ ނަތީޖާއަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. މުހިންމީ ރައްކާތެރިކަމެވެ. ރައްކާތެރި ގޮތެވެ.

 

“ދޮންބެ ކީއްވެތަ ކުރިން ތިވާހަކަ ނުބުނީ… އައި ވިލް ޓޯކް ޓު ހިމް. އަސްލު މި ކަހަލަ ގޮތަކަށް ދޮންބެ ކޮށްދިން ކަންތަކުގެ ބަދަލު ދެވެން އޮތީ… އަދި މިއީ ކުޑަކަމެއް… އަހަރެން ބަލާނަން ހައިޝަމް ކޮންވިންސް ކުރެވޭތޯ…” ޝިޔާގެ ވާހަކަތަކުން އަހަރެންނަށް އައު ހިތްވަރެއް ލިބުނެވެ. ޒައިންގެ މޫނަށް ހިނިތުން ވުމެއް ގެނުވައިދިނެވެ. ނަމަވެސް ހިތާމަ އަކީ ހައިޝަމްއަކީ ކާކުކަން އިނގިހުރެ ޝިޔާ ހައިޝަމްއާއި ގުޅުމެވެ. އަހަރެން އެކަން ހުއްޓުވާކަށް ނެތީމެވެ. އެއީ މިރޭ ފެނުނު މަންޒަރުންނެވެ.

 

އަހަރެންނަށް ވިސްނުނި ގޮތުގައި މިރޭ ޝިޔާ ނެތްނަމަ އަހަރެން މީ މީހެއްގެ ފިރިއަކަށް ނުވާނެއެވެ.މިރޭ ދުއާ މިތަނަށް އައީ ޝިޔާގެ އަމުރުގެ ބާރުގަދަ ކަމުންނެވެ. ދުއާ ކިޑްނެޕް ކުރަން އުޅެ ޝިޔާ ބުނުމުން ހައިޝަމް އެކަން ހުއްޓުމުން، އަހަރެންނަށް ޔަގީންވީ ޝިޔާ ބުނެފިނަމަ ހައިޝަމް އިސްލާހު ވާނެ ކަމުގައެވެ. ހައިޝަމް ޝިޔާ ބުނާ ގޮތް އެހެދީ ޝިޔާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ކަން އަހަރެންނަށް ޔަގީންވާތީއެވެ.

 

“ބުރޯ މި ވެޑިން ފަސްޓް ނައިޓްއޭ… ދޭބަލަ ދެން ވެސް އަވަހަށް…” ޒައިން އެހެން ބުނީ ލާނެތްފާޑަކަށް ބަލަން ހުރެއެވެ. އަހަރެންވެސް އޭނާ އާ ދިމާލަށް ފާޑަކަށް ބަލައިލުމަށްފަހު ޝިޔާ ގެޔަށް ލާ ދިނުމަށް އެދުމަށްފަހު އަހަރެން ދިޔައީމެވެ.

 

ގޭތެރެއަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެކެވެ. ގޭތެރެއަށް އައި މެހެމާނުންގެ ތެރެއިން އެކަކުވެސް މިހާރު ފެންނާކަށް ނެތެވެ. އެވަގުތު ދުއާވީ ކޮޓަރީގައި ކަން ޔަގީންވިއެވެ. ދޮރު ކުރިމަތީ ހުއްޓި ފުން ނޭވާއެއް ދޫކޮށްލީމެވެ.

“އޯ ބްރޯ ގުޑް ލަކް.” އަހަރެން ހީކުރީ ޒައިން ދިޔައީ ކަމަށެވެ. ނަމަވެސް ޝިޔާ އާއި ދެމީހުން ހޭން ތިބީއެވެ. އަހަރެން ވަރަށް ބޮޑަށް ރަކިވި ނަމަވެސް އެކަން ނުދައްކާ އަވަހަށް ކޮޓަރިއަށްވަނީމެވެ. އޭރު ދުއާ ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ ޝޯލްގައި ހުރި ޕިންތައް ނައްޓަމުން ދިޔައެވެ. އަހަރެން ލައިގެން ހުރި ކޯޓު ބޭލުމަށްފަހު ކޮނޑެއްގައި އަޅުވާލީމެވެ.

 

ތަނަށް ވެރިވެފައިވި ހިމޭން ކަމެކެވެ. އަހަރެން ދުއާގެ މޫނަށް ބަލައިލީމެވެ. މަޑުން މަޑުން އޭނަގެ ކައިރިއަށް ގޮސް އޭނާއަށް އެހީތެރިވެދިނީމެވެ. އެވަގުތު ދުއާ ހީލިއެވެ. މީހާ ހުއްޓުން އެރީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ދުއާ ހީލުމުން އޭނާ ރީތިކަން އިތުރު ކޮށްދެއެވެ.

 

ޕިންތައް ނައްޓާނިމުމުން ފާހަނާއަށްވަނެ ނިދާ ހެދުމަށް ބަދަލުކޮަށްގެން ދުއާ އައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދުއާ އައިސް އަހަރެންގެ ފަހަތުން ބައްދާލިއެވެ. އޭނާ ފެށީ ރޯށެވެ. އަހަރެން އޭނާ މަޑު މަޑުން ކުރިއަށް ގެނައިސް އަހަރެންގެ ގަޔާލައި ބޮނޑިކޮށްލީމެވެ. އަދި އެނދުމަޔީ ބޭންދީމެވެ ވީ ކިހިނެއްތޯ އަހައި ސުވާލު ކުރުމަށެވެ.

“އަސްލު ކިހިނެއްވީ؟” އަހަރެން އޭނަގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލީމެވެ.

“އަނިލް މި ކައިވެނި ކުރީ ބޭނުންވެގެންތަ؟ ޑޯންޓް ލައި އިނގެ” ދުއާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެން ނިންމީ ތެދު ހަގީގަތް ކިޔާދޭށެވެ.

 

“ސޯ ޔޫ އާންޓް ހެޕީ؟” އަހަރެން ވާހަކަ ދައްކާ ނިމުމުން ދުއާ ބުނެލިއެވެ.

“އޮފްކޯޒް އަހަރެން މި ކައިވެނި ކުރީ ޒައިން ބުނެގެން… ބަޓް ސްޓިލް، އަހަރެން ދުއާއަަކަށް ދެރަ ގޮތެއްް ނުހަދާނަން. އަދި ދުއާ ފިޔަވާ އިތުރު އެއްވެސް މީހެއް އައި މީން އަންހެން ކުއްޖެއް އަހަރެންވެ ހަޔާތަކަށް ނުގެންނާނަން.. އަހަރެންގެ ޒިންމާތައް އެންމެ ފުރިހަމަ އަށް އަދާ ކޮށްދޭނަން. އެން އީވެން ދޯ އައި ޑޯންޓް ލަވް ޔޫ ނައު ޑޯންޓް ލޫޒް ހޯޕް އިފް ޔޫ ވޯންޓް ލިވް އިން ދިސް ރިލޭޝަން. އައި ނީޑް ސަމް ޓައިމް. ވިތިން ޓައިމް އެވްރީތިން ވިލްބީ ފައިން” އަހަރެން ވީ ވައުދުތަކެކެވެ. އޭނާގެ އުންމީދުތައް އާލާކޮށްދިނީމެވެ. އަހަރެން ދެއްކީ ހުސް ތެދުވާހަކައެވެ. ދުއާ އަށް އަހަރެން އޮޅުވާލާކަށް ބޭނުމެއް ނޫނެވެ.

“އަސްލު ހައިޝަމް ބްލެކްމެއިލް ކުރީމަ ދޯ މިކަން ކުރީ…!” ދުއާ ބުނެލި އެއްޗަކުން އަހަރެންގެ ދެލޯ ބޮޑު ކޮށްލެވުނެވެ. އަހަރެން ހުރީ އެ ސުވާލަށް ތައްޔާރުވެގެންނެއް ނޫނެވެ. ދޭނ ޖަވާބެއް ނޭނގުނުތާ ގެންނާނެ ހަރަކާތެއް ވެސް ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ވަކިވީ ލޯބިން 4

Next

ރާނީ 3

Next
June 25, 2023

ރާނީ 3

Previews
June 25, 2023

ވަކިވީ ލޯބިން 4

3 Comments!

  1. Anonymous says:
    June 25, 2023 at 2:58 pm

    when next part

  2. leesh says:
    June 25, 2023 at 4:53 pm

    yeah when next part
    this part is also very nice

  3. ailessh says:
    June 25, 2023 at 8:18 pm

    I am trying to submit daily as I want to finish before the end of this month 🤍
    Just trying ingey 🤍

Comments are closed.

Next Episodeކުލަ 11←


All Right Reserved!