ކުލަ 9
“ހައި ދުއާ… ކިހިނެއްތަ ހާލު؟” އެ އުފާވެރި ވަގުތުކޮޅޫ ބަދަލުވެގެން ދިޔައީ ފެނުނު މޫނަކާއި ހެދިއެވެ. ހަމަ އެކަނި އަހަންނަށެވެ. ދުއާއަކަށް ނޫނެވެ.
“އޯ ހައިޝަމް… އަހަރެން ރަނގަޅު ހައިޝަމް ކިހިނެއް…” ދުއާ ރައްދުގައި ބުނެލިއެވެ. އަހަރެން ކައިރިއަށް ރުޅި އަންނާން ފެށިއެވެ. މަތި އޮމާން ކޮށްގެން ވާހަކަ ދައްކާކަށް އޭނައަކަށް ނުޖެހޭނެއެވެ. އެއީ އޭނައަށް ލިބިގެންވާ ހައްޤެއް ނޫނެވެ.
“އަހަރެން ވެސް ރަނގަޅު.ކޮބާ ޒައިން، ވަރަށް ގުޅާފިން އޭނައަށް.” ހައިޝަމް ބުނެލިއެވެ. އޭނާއަށް ޒައިން ހޯދާކަށް ނުޖެހޭނެއެވެ. ޒައިން އިތުރަށް ކަންބޮޑު ކުރަން އިންޒާރުތައް ދޭކަށް އޭނާއަކަށް ނުޖެހޭނެއެވެ. ކުށްވެރިޔަކީ ޒައިންއެއް ނޫނެވެ. ހަޔާ އެވެ.
“ގޭގަ އުޅޭނެ.” ދުއާ އެހެން ބުނުމުން އަހަރެން އަވަހަށް ދާން އެދުނީމެވެ. ހައިޝަމްގެ މޫނު ބަލަން އަހަރެން އެތާ ހުންނަން ބޭނުންނުވާތީއެވެ.
“ކީއްވެ މަޑު ނުކޮށް އައީ. ފަހަރެއްގަ ވެދާނު ހަޔާއަށް ވިސްނުނީ ކަމަށް އައި މީން ލައިކް ހަޔާ މާފަށް އެދެން ބޭނުން ވީ ކަމަށް.”
ދުއާ ވާހަކަ ދެއްކި ގޮތުން އަހަރެންގެ ރުޅި އިތުރަށް ގަދަވާން ފެށިއެވެ.
“ދުއާ ޕްލީޒް، ސްޓޮޕް އިޓް.” އަހަރެން ދުއާގެ އަތުގައި ހިފައި ގެޔާއި ދިމާލަށް ހިނގައި ގަންނަމުން ބުނެލީމެވެ.
އަހަރެން ދުއާ ކޮޓަރިއަށް ވަތްކަން ޔަގީން ކުރުމަށްފަހު ޒައިން ކައިރިއަށް ދިޔައީމެވެ. ހައިޝަމްގެ ވާހަކަ ކިޔާދިނުމަށެވެ. ޒައިން އެކަމާ އަޅާ ނުލާން ބުނި ގޮތުން އަހަރެން ވެސް ދެރަވިއެވެ. ގައިމު އެންމެ ކޮއްކޮއެކެވެ. އެވެސް އަންހެން ކުއްޖެކެވެ.
“ސީރިއަސްލީ ޔޫ ޑޯންޓް ކެއަރ. ޒައިން އެއްނު ބުނީ ހައިޝަމް އޭނަ ޔޫސް ކޮށްފާނޭ.” އަހަރެން އެހެން ބުނީ ސީދާ ޒައިން އާއި ދިމާ ބަލަހައްޓައިގެން ހުރެއެވެ.
“އަނިލް. ހައިޝަމްއަށް ދެން ކުރެވޭނެ ކަމެއް ނޯއްނާނެ. މާދަން ރަންކިޔުން. ދެން އޭގެ ދެތިން ދުވަސް ފަހުން ތި ދެމީހުންގެ ކައިވެނި ކުރެވޭނެ. ޕްލަސް އަހަރެން ދުއާ ކައިރީ ބުނާނަން މި ދުވަސް ކޮޅު ގެއިން ބޭރަށް ނުދާން. އަހަރެންނަށްވެސް ދުއާ އާމެ ދު ވިސްނެޔޭ… ވިސްނަންވެސް ޖެހޭނު. އިން ފެކްޓް އައިމް ހެޕީ… އަހަރެންނަށް އިނގޭ އަނިލް ދުއާ އަށް ދެރަ ގޮތެއް ވިޔަކަ ނުދޭނެކަން. އައި ހޯޕް ޔޫވިލް ޓޭކް އަ ގުޑް ކެއަރ އޮފް ހާ އެންޑް ޕްރެޓެކްޓް ހާރ.”
ޒައިން ފައްޗަކަށް އަމުނާލިއެވެ. އަހަރެންނަށް ވިސްނެނީ މާ ބޮޑަށެވެ. ޒައިންވެސް އެބުނީ ދޮގު ވާހަކަ އެއް ނޫނެވެ. ދުއާ މެދު ނުވިސްނާ ޒައިން ވިސްނާނީ ކާކާ މެދު ހެއްޔެވެ؟
*
ރަންކިޔުމުގެ ކަންތައް ނިމި، ކައިވެންޏަށް ވީ ދުވަސް އަތުވެއްޖެއެވެ. ގޭތެރެ މުޅިން ހަލަބޮލިވެފައިވަނީ ކައިވެނީގެ އެކި ކަންތައްތަކަށް ތައްޔާރު ވުމަށެވެ. ގޭތެރެ ޒީނަތްތެރި ކުރުމަށެވެ.
ހުދުކުލައިގެ ފިނިފެންމާތައް ބޭނުން ކޮށްގެން ކައިވެނި ކޮށް ނިމި ފޮޓޯ ނަގަން ބޭނުންވާ ބެކް ތައްޔޜު ކުރެވިފައިވަނީ ވަރަށް ފުރިހަމަކޮށެވެ. އެހެންމެ މާތަކުގެ ތެރެއިން ހުދުކުލައިން ބޮކި ދިއްލާލާފައިވެއެވެ. ގޭގެ މުޅި ސިޓިން ރޫމް އެކީ ޒީނަތްތެރި ކުރެވިފައިވަނީ ހުދުކުލައިގެ މަލުންނެވެ.
އެއީ އަހަރެން އެހާ ގަޔާވާ ކަންތަކެއް ނޫނެވެ. ނަމަވެސް ދުއާގެ ހުވަފެންތަކެވެ. އޭނާ މި ދުވަހަށްޓަކައި ދެކެމުން އައި ހުވަފެންތަކެވެ.
“އަނިލް، ޒަހީރުބޭ ކައިރީ ބުނިންތަ އަންނަން. އިފް ޔޫ ޑޯންޓް މައިންޑް. ދޮންމަންމަ ކޮންމެ ގޮތެއް ހެދިއަސް ޒަހީރުބެ ކައިރީ އަންނަން ބުނައްޗެ.”
ޒައިން ކުރަން ހުރި މަސައްކަތް ދޫކޮށްލާ ކަމެއް ހަނދާންވި ފަދައިން އައިސް އަހަރެން ކައިރީ ބުނެލިއެވެ.
އަހަރެން ކުރިންވެސް އެވާހަކަ އަހަރެންގެ ބައްޕަ ކައިރީ ބުނީމެވެ. އަދި ކައިވެނި ކުރެވޭ ދުވަހު އެއްކުލައިން ހެދުން ފަހާނެ ފޮތިވެސް، ދޮންމަންމަ މެނާ ހަވާލު ކުރުމަށް ދިނީމެވެ. ދުވަހަކުވެސް އަހަރެންގެ ހިތުގައި ބައްޕަ އާމެދު އެއްވެސް ޝަކުވާ އެއް ނުބާއްވަމެވެ. އެހެނީ، މިއަދު އަހަރެން އަހަރެންނަށް ވީ ޚުދު އަހަރެންގެ ބައްޕަގެ ސަބަބުންނެވެ. ކައިވެނިން ބޭރުން ލިބިފައިވި ދަރިއެއްކަމުގައި ވި ނަމަވެސް އަހަރެން ބަލާބޮޑުކޮށް، ކިޔަވައިދީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވަރުގެ ޤާބިލް މީހަކަށް ހަދައިދިނީ އަހަރެންގެ ބައްޕައެވެ.
“އަހަރެން ކުރިން ވެސް ބުނިން. ދޮންމަންމެން އަޔަސް ނަޔަސް އިންވައިޓް ކުރިން.. ދެން ޝިޔާއަށްވެސް ވަކިން މެސެޖު ކޮށްފަ ބުނިން އަންނަން ވާނޭ މަންމަ ނަޔަސް އައިޝާ ގޮވައިގެން.” އަހަރެން ބުނީމެވެ.
“އޯ އެހެންވެއްޖާ ރަނގަޅު” ޒައިން އެހެން ބުނުމުން އަހަރެން ކޮޓަރިއަށްވަނީމެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަ ޖެހިލީމެވެ. މިއަދަށް ފަހު އަހަރެންނަށް ފިރިއެއްގެ ވާޖިބުވެސް އަދާ ކުރަންޖެހޭނެއެވެ. އަނބިމީހާއަށް ދޭން ޖެހޭ ފުރިހަމަ އަޅާ ލުމާއި އޯގާތެރިކަން ދޭނ ޖޭހޭނއެވެ. އަހަރެން މިއަދު އެންމެ ހައިރާން ވަނީ އަހަރެން، އަހަރެންގެ ވާން އުޅޭ އަނބިމީހާއަކީ ދުއާއަށްވީމައެވެ. ފެށުނީއްސުރެ ދުއާ ދެކެމުން އައީ އަހަރެންގެ ކޮއްކޮ އެް ގޮތަށެވެ. ޝިޔާ އާއި އައިޝާއެކޭ އެއްފަދައިންނެވެ. މި ކަމާ ވިސްނާލެވެބިކޮށް އަހަރެންނަށް އަމިއްލަ ނަފުސާމެދު ލަދުވެތިވެއެވެ.
އަސުރަށް ގޮވުމާއެކު ގޭތެރޭ މުޅިންހެން ކުރަމުން ދިޔަ މަސައްކަތް ނިމުމަކަށް އައެވެ. ތަން ސާފުކޮށް، ޒީނަތްތެރިކޮށް ނިމުނެވެ. މުޅި ދުވަސް އެކީހެން އަހަރެންނަކަށް ދުއާ އެއް ނުފެނެއެވެ. ފެންނާނީވެސް ހޯދަން އުޅެގެންތާއެވެ.
ކައިވެނި ކުރުން އޮތީ ރޭގަނޑުއެވެ. އިރުއޮއްސި 6 ޖެހެުމުން ދުއާ މޭކަޕް ސެލޫނަށް ގެންގޮސްދޭން އަހަރެންނަށް ޖެހުނެވެ. އެއީ އަލަށްވެސް ދުއާ އަހަރެންނަށް ފެނުނު ވަގުތެވެ. ދިޔަ މަގުމަތީ އެއްވެސް ވާހަކައެް ނުދެކެވެއެވެ. އަހަރެންވެސް އިތުރުަށް ދުއާ އާއި ވާހަކަ ދައްކާން ބޭނުމެއް ނޫނެވެ.
ދުއާ ސެލޫނަށް ލުމަށްފަހު އަހަރެން ގެޔަށް އައިސްވަނެ ކޮޓަރީ ޖައްސާލީ އަދި ގަޑި ޖެހެން ނުވާތީއެވެ. އަށްގަޑި ތިރީސްވާން އަދި ދެގަޑީއިރަށްވުރެ ގިނަ އިރު އެބައޮތެވެ. ހަނދާނަށް އަންނަން ފެށީ މާ ކުރިން އަހަރެންނަށް ކުރެވުނު ކަންތައްތަކެެވެ.. ދުވަހަކު ވެސް މީހަކާ ނީންނާނެ ކަމަށް ޒައިން ކައިރީ ބުނެވުނު ދުވަހެވެ. އަހަރެން ކައިވެނި ކުރިއަސް ކުރާނީ ޒައިންއަށްވުރެ ފަހުން ކަމަށް ބުނެވުނު ވަގުތެވެ. ނަމަވެސް ތަޤުދީރެއް ހަމަ އެކަކަށްވެސް ނޭނގޭނެއްނު ހެއްޔެވެ.؟ އެންމެ ކުރިން ކައިވެނި ކުރަން މި ޖެހުނީ ޚުދު އަހަރެންނަށެވެ. އެވެސް އަދި ޒައިންގެ ކޮއްކޮ އާއެވެ.
މި ހުރިހާ ހިޔާލުތަކަކުން ބޭރުވެ ފޯނު ކުޑަކޮށް ބަލައިލީމެވެ. އޭރު އަހަރެންގެ ބައްޕަ ދެތިން ފަހަރަކު ގުޅާފައި އިނެވެ. ފޯނު ސައިލެންޓްގައި އޮތުމުން އަޑު ނީވުނީއެވެ.
އަވަސް އަވަހަށް ބައްޕައަށް ގުޅި ކިހިނެއް ވީތޯ ބެލުމަށެވެ. ބައްޕައަށް ގުޅުމުން އެންމެން ގަޑި ޖެހުމުގެ ކުރިން އަންނާނޭ ކަމަށް ބުންޏެވެ. ދޮންމަންމައާއި ޝިޔާގެ އިތުރުން އައިޝާ އަންނާނެކަން އިނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކިތަންމެ ގޯސްކޮން ކަންތައް ވި ނަމަވެސް އެމީހުން ފެނުމުން ބުނެދޭން ނޭނގޭ އުފާވެރިކަމެއް ހިތަށް ލިބެއެވެ. ޚާއްސަކޮށް އުފާވެރި ވަގުތުތަކުގައި ބައިވެރިވާކަން އިނގުމުން އުފާވެއެވެ.
ޢިޝާ ނަމާދުކޮށް ނިމިގެން އަހަރެން ފެންވަރައި ތައްޔާރުވާނ ފެށީމެވެ. އިސްތަށިގަނޑު އެހެންޏާވެސް ބަހައްޓާ ގޮތަށް ޖެލް ލުމަށްފަހު ރީތިކޮށް ދަމާލީމެވެ. އޭގެ ފަހުން ގަމީސް ނަގައި ލީމެވެ. ބެގީ ކޮށްލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލާލުނެވެ.
މިއީ އެއްކަލަ ބައްޕަ ނެތް އަނިލްއެވެ. މީހުންގެ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނު ފަރާތެވެ. ދަރިވާނީ ހަމަ ބައްޕަ ކަހަލަ މީހެއްކަމަށް ބުނެ މަލާމަތުގެ ބަސްތައް ރައްދުވި އަނިލްއެވެ. އެމީހުންގެ ފަރާތުން ރައްދުވި ބަސްކަށް އަހަރެންނަށް ބަހަކުން ރައްދެއް ނުދެވުނެވެ. ނަމަވެސް މިއަދު، އަމަލުން އެމީހުންނަށް ރައްދު ދިނުމުގެ ފުރުސަތު ފަހި ވެއްޖެވެ.
ހަތްގަޑި ސާޅީސް ފަހެއް ވާނވިއިރަށް އަހަރެންގެ އާއިލާ، އަހަރެންގެ ބައްޕަގެ އާއިލާ އައެވެ. އަހަރެންގެ ބައްޕަ ވަކިން އަހަރެންނާ ބައްދަލު ކޮށް އަހަރެންނަށް ނަސޭހަތް ދޭން ފެށިއެވެ.
“ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. އަދި އަނީސާ މިއަދު ދުނިޔޭގަ ހުރި ނަމަ މާ އުފާވާނެ. އަސްލު ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ބައްޕަ އުންމީދު ކުރަނީ ފިރިއެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަނިލް އަދާ ކުރާނެކަމަށް” ދުވަހަކުވެސް އަހަރެންގެ ބައްޕަ އަހަރެންާ އެހާ ރީތިކޮށް ވާހަކައެއް ނުދައްކައެވެ. އެންމެ ފަހުން އަހަރެންނާ އަހަރެންގެ ބައްޕަ ވާހަކަ ދެއްކި ދުވަހެއް ހުދު އަހަރެންވެސް ހަނދާނެއް ނެތެވެ..
އިރުކޮޅެއް ފަހުން ޝިޔާ އަހަރެން އިން ކޮޓަރިއަށް ވަނެވެ. ޝިޔާ ވަނުމާއެކު ބައްޕަ ނިކުމެގެން ދިޔައެވެ.
“ދޮންބެ އަސްލު ވަރަށް ރަނގަޅު. ދޮންބެ އަހަރެންނަށް މާފު ކުރަންވާނެ. ދުއާ ކިޔާދިނެއްނު ވީ ގޮތް. ވަރަށް ދެރަވި އަސްލު” ޝިޔާ ފެށީ މާ ކުރީގެ ވާހަކައެކެވެ. ޝިޔާގެ މޫނުމަތިން އޭނަ ހުރީ ދެރަވެފައިކަން އިނގެއެވެ. އަހަރެން ޝިޔާގެ އަތުގައި ހިފައި ގެނާސް އެނދުމަތީ ބައިންދާ ބައްދާލީމެވެ. އަދި އިޓްސް އޯކޭ ބުނީމެވެ. އުފާވެރި ވަގުތުގައި ދައްކާނީ އުފާވެރި ވާހަކަ ކަން އޭނާއަށް ވިސްނައިދިނީމެވެ.
ކުއްލިއަކަށް ޒައިން ކޮޓަރިތެރެއަށް ވަނެގަތީ ބާރު ބާރަށެވެ. އޭނާގެ މޫނު މަތިން ފެންނަން ހުރީ ކަންބޮޑުވުމެވެ.
“ކިހިނެއްވީ..؟” ބޭއިޚްތިޔާރުގައި އަހާލެވުނެވެ. ދުވަހަކުވެސް ޒައިން އެވަރަށް ކަންބޮޑު ވެފައި ހުއްޓާ އަހަރެން ނުދެކެމެވެ.
“އަނިލް… އަނިލް….. ދުއާ….. ދުއާ… ބަލާދިޔަ…އިރު ދުއާއެ….އް ސެލޫ…..ން އަކު ނެތް….” ޒައިން ހާސްވެފައި ހުރެ އެހެން ބުނުމުން އަހަރެންނަށް ލިބުނީ ކުޑަ ޝޮކެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Hello guys, first I would like to apologize for delay. All the comments are welcomed, feel free to comment how you feel.
Lots of love 🤍
when next part
Curiously waiting for next part
Mi part ves varah reethi