ކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)
މީގެތެރެއިން އީވާނާއި ލީވާނަކީ ވެސް ވަރަށް އެކަނިވެރިކޮށް އެލޯންޗުގައި ހުރި ދެ ޒުވާނުންނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް ފާހަގައެއް ނުވެއެވެ. އެމީހުން އޭރުވެސް ދިޔައީ ލޯންޗުގައި އެމީހުން ގެނައި ދެބެރުން ބެރުޖަހާ އަޑު ގަދަކޮށް ލަވަކިޔަމުންނެވެ. އީވާނާއި ލީވާނަކީ ކުޑަހުވަދޫގެ ބޮޑުވިޔަފާރި ވެރިއެއްގެ ހުރި އެއްމާބަނޑު ދެ ކުދިންނެވެ. މި ދެމީހުންގެ ވައްތަރުކަމުން ދެމީހުން އެކަކު އަނެކަކާއި އަޅާކިޔަން ވަރަށް އުނދަގުލެވެ.
ދޮން، ހެޔޮވަރުގެ އިސްކޮޅަކާއި އެކު ލިބިފައިވާ ހަށިގަނޑު އެހާމެ ފުރިހަމައެވެ. އެމީހުންނަކީ މާލޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕެއްގައި ބޮޑުބެރު ޖަހަމުން އަންނަ ދެ ޒުވާނުންނެވެ. ތަފާތު މުނާސަބާތަކުގައި ރަށުގައި ބާއްވާ ހަފްލާތަކުގައިވެސް ބެރުޖަހާއުޅޭ މި ދެ ޒުވާނުންނަކީ މިޔުޒިކާއި ރައްޓެހި ޒުވާން އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ބައެކެވެ.
މި ދެމީހުން ވައްތަރުކަމުން ގިނަ މީހުންނަށް ފާހަގަ ކުރަން އުނދަގޫވާތީވެ، މި ބޮޑުޗުއްޓީއަށް ރަށަށް އައިސް ދެކުދިންގެ ހެޔާރ ސްޓައިލް ބަހައްޓާފައި ހުންނަނީ ތަފާތުކޮށެވެ. އީވާންގެ ބޯހުންނަނީ އަރިމަތިން ތުނިކޮށްލާފައެވެ. ނިތްކުރިމަތިން ހުންނަ އިސްތަށިތައް ހެޔޮވަރަކަށް ދިގުކޮށްފައި ހުރުމުން ބައެއް ފަހަރު ހުންނަނީ ސްޕައިކް ޖައްސާފައެވެ. ލީވާންގެ އިސްތަށިގަނޑު ހުންނަނީ މަޒީންގެ ބޯ ހުންނަހެން ކޮނޑާ ހަމަޔަށް އަންނަ ވަރަށް ދިގުކޮށްފައެވެ.
*** *** *** *** *** ***
ކިޔަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށް ފަހު ގަޑިއަށް ބަލާލީ ކޮޓަރި ތެރެއަށް އަނދިރިވުމުގެ ސަބަބުންނެވެ. އޭރު ގަޑިން ފަސް ގަޑި ބައިވަނީއެވެ. އަދިވެސް އެވާހަކަ ކިޔަން މަޑުކޮށްލަން ކަޔާން ބޭނުންވިއެވެ. ނަމަވެސް 8 ޖަހާއިރު ފަށާ މެޗަށް ދާންވެސް ޖެހެއެވެ. އަދި ކަޔާން އެހުރީ މިއަދު ހެދުނު ސައި ބުއި ގޮތަށް ކަމުން އަވަހަށް ކެއުމަށް ކޮޓަރިން ނުކުތީ ކަޔާންގެ މަންމަ ފެނޭތޯއެވެ.
“ދަރިފުޅު އޮފީހުން ނައިސް ވަރަށް ލަސްވެއްޖޭ ހިތަށް އަރައިގެން ގުޅާލަން މި އުޅެނީ… ކޮން އިރަކު އައީ؟” ކޮޓަރިން ނުކުމެގެން އައި ކަޔާން ސިޓިންގްރޫމް ސޯފާއާއި އަރާ ހަމަވުމުން ކަޔާންގެ މަންމަ މަރީޝާ އަހާލިއެވެ.
“މިއަދު ވަރަށް އަވަހަށް އައިސްފިން… މިރޭ މެޗް އޮތީމަ ކުޅޭ ކުދިން އަވަހަށް ފޮނުވާލީ…” ހޭވިފައިވާ އިސްތަށިގަނޑު އޭނާގެ އަތުން ރީތިކޮށްލަމުން ކަޔާން ޖަވާބުދިނެވެ.
“މިއަދު މެންދުރު ނުކަންތަ؟ މަންމައަށް ނުވެސް އެނގޭ ދަރިފުޅު ގޭގަ އުޅޭކަމެއް….. ސައި ހަދަންތަ؟…” މަރީޝާ ތެދުވެ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. “ނޫން މަންމާ… ސަޔެއް ނުބޮވޭނެ… އަހަރެން ބޭނުމީ ގަދަޔަށް ބަތްކާން…” ނުކައި ގިނަ އިރު ހުރުމުގެ ސަބަބުން ކަޔާން ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ.
ބަނޑުފުރާ ރަނގަޅަށް ކައިގެން ކޮޓަރިއަށް ވަދެ އަނެއްކާވެސް ވާހަކަފޮތް ނަގައިގެން ކަޔާން އިށީނީ ކުރިއަށް ދެން ހުރިބައިތައް ކިޔާލުމަށް ޝައުގުވެރިވެގެން ހުރެއެވެ.
*** *** *** *** *** ***
އުޑުމަތި ސާފުވެފައި މޫސުން އެހާމެ ރީއްޗެވެ. މޫދުން ފެންނަމުން ދިޔަ ފުރިހަމަ ރީތި ވިލު ނޫކުލައިގެ ބާނިތަކަށް ގެއްލިފައި ޒީކް އިނީ ވަރަށް ހިތްހަމަޖެހިފައެވެ. މި ފެންނަ މަންޒަރުތަކަކީ ޒީކަށް ވަރަށް އާ މަންޒަރުތަކެކެވެ. ބަރިބަރިއަށް ހުރި ރަށްތަކެއްގެ ތެރެއަށް ލޯންޗު ވަދެ އޭގެ ދުވެލި މަޑުކޮށްލިއެވެ.
ވަށައިގެން ގާތްގާތުގައި ހުރި ރަށްތައް ފެނި ޒީކަށް ހުރެވުނީ އަނގަހުޅުވިފައެވެ. ޒީކަށް އަނގަ ލައްޕާލެވުނީ ކައިރީ ހުރި މީހަކު އައިސް އޭނާގެ ދަތްދޮޅީގައި އަތް ޖައްސާލުމަށް ފަހު ބުނި ޖުމްލަ އަޑު އިވިފައެވެ.
“އޭތް… ހާދަ އަނގަ ބޮޑޭ….” ޒީކަށް އިވުނު މި ޖުމްލައިން އޭނާއަށް އެވަގުތު ހުރެވުނު ގޮތް އިހުސާސްވެ ލަދުގަތެވެ. ކައިރީ ހުރި ވިޝާލްވެސް ހިނިގަނޑެއް ޖަހާލިއެވެ. ތޫބާ ކުރި ސަމާސާއިން ޒީކްގާތަށް ވެސް ހިނިއައެވެ.
ވަށައިގެންވާ ފަޅުރަށްތަކަށް ޒީކް ނަޒަރު ހިންގާލިއެވެ. އެވަގުތު އެންމެ ގާތުގައިވާ ފަޅުރަށުގެ ގޮނޑުދޮށާއި ލޯންޗު ކައިރި ކޮށްލިއެެވެ. ހުރިހާ އަންހެން ކުދިންތައް ގޮނޑުދޮށަށް ފޭބިއެވެ. ފިރިހެން ކުދިންތައް ފައިބައިގެން އައީ ލޯންޗަށް އެރުވި ސާމާނުތައް ހިފައިގެންނެވެ.
ދަތުރަށް ގެނައި ކުދި ޓެންޓުތައް ހިފައިގެން މަޒީން ލޯންޗުން ފޭބިއެވެ. މުޅި ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލުމަށްފަހު މަޒީނަށް ހުރެވުނީ ހިތް ނުތަނަވަސް ވެފައެވެ. ތޫބާއި އެކު ވިޝާލް އައިސް މަޒީން ގާތަށް ހުއްޓި ގޮނޑުދޮށުގައި ޓެންޓުތައް ޖެހުމަށް މަސައްކަތް ފަށައިގަތެވެ. އޭރުވެސް އިރުއިރުކޮޅާ މަޒީނަށް ރަށުތެރެއަށް ބަލާލެވެނީ ހިތަށް ކުރުވަމުންދާ ބުނެދޭން ނޭގޭ ކަހަލަ ޚިޔާލުތަކަކުންނެވެ. އެކަން ވިޝާލަށް ފާހަގަ ކުރެވުނެވެ.
“ހެއި ބްރޯ…. ކިހިނެއްވީ… ހާދަ ފާޑަކަށޭ ތިހުރީ…” ވިޝާލް ކޮށްލި ސުވާލުން މަޒީނަށް ސިހުމެއް ލިބުނު ކަހަލައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިގެން ހުރިކަން ދައްކާލުމަށް ހަށިގަނޑު އިސްކޮޅަށް ދަމާލުމަށް ފަހު މަޒީން ޖަވާބުދިނެވެ. “ކީއްވެ މިރަށަށް ތި އައީ؟؟…. މިތާ ބައިވަރު ސަޅި ރަށްތައް އެބަހުއްޓެއްނު…”
“ދިޔަވަރު ހިކިފައި އޮތީމަ، ފަރުތައް ބޮޑުކަމުން ދާން އުނދަގޫވާނެ… އެހެންވެ… އެކަމު މިރަށު އެފަރާތު ފަރުމަތިން ލާފަ ޖެހިގެން ހުރި ރަށްތަކަށް ދެވޭނެ… ކުޑަ ތަންކޮޅަކަށް ފަތާލަން ޖެހުނަސް މިތިބަ ކުދިންތައް ގޮވައިގެން ދާކަށް އުނދަގުލެއް ނުވާނެ….” ވިޝާލް ޖަވާބު ދެމުން ތޫބާ ގައިގައި ކޮއްޓާލިއެވެ.
ޓެންޓުތައް ރާވަން އިން ތޫބާގެ ލޮލުގައި ދޮން ވެލިގަނޑު މަތީ އިން ޒީކް އަޅައިގަތެވެ. “މިސް ފޮޓޯގްރާފަރ” ތޫބާ މިހެން ބުނެލުމުން ވިޝާލާއި މަޒީން އެދިމާލަށް ބަލާލިއެވެ.އައްސޭރިފަށުގައި އުޅޭ ބަރަވެލިތަކާއި ކުޅެ އޭގެ ފޮޓޯނަގަމުން ދިޔަ ޒީކްއިނީދޮން ވެލިގަނޑުމަތީ ކަކޫ ޖަހައިގެން ބަރަވެލިތަކާއި ގާތްވުމަށް ގުދުވެގެންނެވެ. އެވަގުތު އެހިސާބަށް އައިސް އަރާ ހަމަކުރި ލީވާން ޒީކްއާއި ސަމާސާ ކޮށްލިއެވެ. “ހާދަ ބޮޑޭ…..”
ޒީކް ތެދުވެ ކަކުލުގައިވާ ވެލިތައް ފޮޅާލުމަށްފަހު ސޯޓުބުރި ތިރިކޮށްލިއެވެ. “ކޯއްޗެއް؟؟….”
ލީވާންގެ ކަޅިހުރީ ޒީކަށް ހުއްޓިފައެވެ. ލާނެއް ޒާތަކަށް ޒީކުގެ ބުޑުމައްޗާއި ދިމާލަށް ބަލަން ހުރެ ލީވާން ޖަވާބު ދިނެވެ. “ބަރަވެލި”
ޒީކަށް އެވަގުތު ދުރުގައި ހުރި ތޫބާމެން ފެނުމުން އެމީހުންނާ ދިމާލަށް ދިޔުމަށް މިސްރާބުޖެހީ ލީވާންގެ ނަޒަރު ހުރިގޮތް ފެނި އެކަމާ ހިތްހަމަނުޖެހި ތުންގަނޑު ވިކަމުންނެވެ. “ހާދަ ނައްޓާފަ….” ޒީކް އައިސް ތޫބާ ގާތުގައި ވެލިގަނޑުމަތީ އިށީނުމުން ތޫބާ އަހާލިއެވެ. އެ ސުވާލަށް ޖަވާބުދޭން ބޭނުން ނުވާތީ ޒީކްވެސް ކޮށްލީ ސުވާލެކެވެ. “ކޮބާ ދެންތިބި މީހުން؟؟….އެމީހުން ކޮންތާކަށް އެދިޔައީ؟؟….”
“މަށަށް ހީވަނީ އަލިފާންގަނޑު ޖަހަން ބެނުންވާނެ ސާމާނު ހޯދަންހެން އެދިޔައީ….” ވިޝާލް މިހެން ބުނެ ފުރަތަމަ ޓެންޓް ހެދުމަށްފަހު ތެދުވެ މަޒީން ހަދަމުންދާ ޓެންޓު ރޭވުމަށް އެހީތެރިވެދިނުމަށް ކައިރިވެލިއެވެ. “މަ ވަރަށް އާވާނެ މިކަންކަމަށް…. ދަތުރެއް ނުދާތާ ވަރަށް ދުވަސް ވެއްޖެ….” ވިޝާލް އެހީތެރިވުމަށް ގާތްވެލުމުން މަޒީން ބުނެލިއެވެ.
ހަތަރު މީހުން ވެގެން ވަރަށް އަވަހަށް ފަސް ޓެންޓު ހަނދުފަޅިއެއްހެން ގާތްގާތުގައި ޖަހާލިއެވެ. ޓެންޓު ޖަހުމަށްފަހު ޓެންޓުތަކާއި ދިހަ ވަރަކަށް ފޫޓު ދުރުގައި ވަޅުގަނޑެއް ކޮންނަން ފެށިއެވެ. ވަޅުގަނޑު ކޮނެ ނިމުނުއިރު ދަތުރުގެ ދެން ތިބި ބައިވެރިން ރަށުގެ އެކި ހިސާބުތަކުން ދަރާއި، ހިކިފަތާއި، އަލިފާންގަނޑު ޖަހަން ބޭނުންވާނެ ފަދަ މި ނޫންވެސް ތަކެތި ގޯންޏަކަށް އަޅައިގެން ގެނައެވެ.
އަލިފާންގަނޑު ޖަހަން ތަކެތި އަތުރައި ތައްޔާރު ކުރުމުގައި އުޅުނީ ފިރިހެން ކުދިންނެވެ.
ހަތަރު އަންހެން ކުދިން މެންދުރުގެ ކެއުން ތައްޔާރުކުރަން ތަންކޮޅެއް ދުރުގައި ބަހައްޓާފައިވާ މޭޒުދޮށަށް ދިޔައެވެ. މޭޒުމަތީގައި އެއްތަނުން ކެއްކޭ އުނދުނަކާއި ކުޑަ ގޭސް ފުޅިއެއް ހުއްޓެވެ. ކެއްކުމަށް ބޭނުންވާ ތަކެތި ކޮށުމުގައި އެންމެން ބައިވެރިވިއެވެ.
މެންދުރުގެ ކެއުމަށް ތައްޔާރުކުރީ މަސްބަތާއި ރިހާކުރެވެ. ކައިނިމުމުން ހުރިހާ އަންހެން ކުދިން އެކުގައި ދިޔައީ ތަށިތައް ދޮންނާށެވެ. ތެލީގައި ބާކީހުރި ބަތްތައް މިރޭގެ ކެއުމަށް ސަރަފޯސް ޖަހާފައި ބެހެއްޓީއެވެ. ތަށިތައް ދޮވެގެން ގެނެސް މޭޒުމަތީ ބެހެއްޓުމަށް ފަހު އެންމެންގެ ވެސް އަމާޒަކަށްވީ ޖެހިގެން ހުރި ފަޅުރަށްތައް ބަލާލަން ދިޔުމެވެ. ޒީކް އޭނާގެ ފޯނު ނިއްވާލުމަށްފަހު ދަބަހަށް ލިއެވެ. ހުރިހާ ކުދިންގެ ދަބަސްތައް ބެހެއްޓީ ޓެންޓުތެރޭގައެވެ.
ޓެންޓުން ނުކުންނަން ހިނގައިގެން ޒީކް އޭނާގެ ކެމެރާމަތިން ހަނދާންވެގެން ކެމެރާނަގާ ކަރުގައި އަޅުވަމުން ތޫބާމެން ތިބި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެ އެންމެން ސަމާސާކޮށް މަޖާކުރަމުން ދިޔައެވެ. އެ އުފާވެރި މާހައުލުން ސަކަރާތްޖެހުމުގައި އުޅުނު އެންމެންގެ ފޮޓޯތައް ނަގަމުން ޒީކް ދިޔައެވެ. ގޮނޑުދޮށުން ހިނގަމުންއައިސް ދެން ފެންނަން އޮތީ ރަށުގެ ގޮނޑުދޮށުގެ ފަސްގަނޑު ގިރާފައިވާ ހިސާބެކެވެ. އެހެންކަމުން ރަށުތެރެއިން ދެވެން އޮތް މަގުތަކުން ލާފައި އެރަށާއި ޖެހިގެން އޮތް ފަޅުރަށަށް ދާންް ފަރުމައްޗަށް ދިއުމަށް ހިނގައިގަތެވެ.
ރަށުތެރެއަށް ވަނުމަށް ކައިރީ ހުރި މަގުން އަޅާލި ވަގުތު ފެންނަމުން ދިޔަ މަންޒަރުން ހައިރާންވީ ޒީކް އެކަންޏެއް ނޫނެވެ. މަޒީންވެސް ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.
ވީރާނާވެ ހަލާކުވެފައިވާ ގެތަކެކެވެ. އެޅިގަލުން ރާނާފައިވާ ގެތައްވަނީ ބިމާހަމައަށް ކުދިކުދިވެފައެވެ. ގެތަކުގެ ފާރުތައް ވަނީ ފުނޑިގެން ބިންމައްޗަށް ފައިބާފައެވެ. ދަޅުތަކާއި ޓައްޕުތަކާއި ޑަބިޔާފަދަ އެކި ސާމާނުތައް އެއްވެސް ތަރުތީބެއްނެތި ވަށައިގެން ހުރި ތަން ފެނުނެވެ. ގިނަ ތަކެތީގައިވަނީ ދަބަރު ޖަހާފައެވެ. އަނެއްބައި އެއްޗެހި ހުރީ ފެހި ޖަހާފައެވެ. މުޅި ރަށުތެރޭގައި ވަނީ އެކި ފާޑުފާޑުގެ ކުނިތަކެވެ.
މަގުތަކުން އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ރަށުތެރޭން ފެންނަމުން ދިޔަ މަންޒަރުތަކުން މިއީ ކުރިން ބަޔަކު ދިރިއުޅެފައިވާ ރަށެއްކަން ފާހަގަވިއެވެ. ތޫބާމެންނަށް މިކަމުން އެއްވެސް ކަހަލަ އަސަރެއް ނުކުރާ ކަހަލައެވެ. ނަމަވެސް ޒީކާއި މަޒީން ހުރީ ކޮންމެވެސް ވަރަކަށް ފަސްޖެހި ބިރުގެންފައެވެެ.
މަގުތަކުގައި މަކުނުވާ ފުރާފައި ހުރިއިރު މިއިން އެއްވެސް މީހެއް ފަސް ނުޖެހި ދިޔައީ މަކުނުވާތައް އަތުން އެއްކައިރިކޮށް މަގު ހަދަމުންނެވެ.
“ޒީކޫ……. މީ ސްޕައިޑަރ މޭން އުުޅުނު ރަށޭ….” ތޫބާ އެ މަކުނުވާތައް އަތުން އެއްކައިރިއަށް ޖައްސާލަމުން ބުނެލިއެވެ.
ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކުން ޒީކް ދެތިން ފޮޓޯ ނަގާލިއެވެ. ކެމެރާގެ ލެންސުގައި ލޯޖަހައިގެން ހުރެ ވަށައިގެން ވާ މާހައުލަށް ބަލަމުން ދިޔައެވެ. ކުރިއަށް ގޮސް ޖެހިގެން އޮތް މަގަށް ލަނބާލި ވަގުތު ކުރިމަތިން ހުދުކުލައިގެ ސާލެއް ހުރަސްކުރިހެން ހީވިއެވެ. ލިބުނު ސިހުމާއި އެކީ ކައިރީހުރި މަޒީންގެ ގައިގައި ޒީކް ބައްދައިގަތެވެ.
ކުރިން ހިނގަމުންދިޔަ އެންމެން ފަސްއެނބުރި ބަަލާލީ ޒީކްގެ ހަޅޭކުގެ އަޑަށެވެ. މަޒީން ގައިގައި އޮޅުލައިގަނެގެން ޒީކް ހުރި ގޮތް ފެނި އެންމެން ފެށީ އެއްފަހަރާ ހޭށެވެ. އެވަގުތު އެހިސާބުން ފެންނަން ހުރި މުށި ކުލައިގެ ބޮކެއް ދައްކާލުމަށް ފަހު މަޒީން ބުންޏެވެ. “ޒީކް އެއީ ބޮކެކޭ،…”
މަޒީންގެ ހަށިގަނޑުން އަތް ދޫކޮށްލުމަށްފަހު ޒީކް އޭނާގެ އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލަމުން ބުންޏެވެ. “އަސްލު… އަސްލު އެއީ ވަރަށް ފަކުރު އެއްޗެއް…. ޔަކް..ޔަކް”
“ހެހެހެ…. ދެން ފޮޓޯގްރާފަރ އޭގެ ފޮޓޯ ނަގަންވީނުން… ސަޅިއެއްނު…. އިޓްސް ނޭޗާރ… މިކަހަލަ އެއްޗިއްސެއް ނުފެންނާނެ މާލެ ސިޓީއަކުން” ތޫބާ ސަމާސާ ކޮށްލުމުން ޒީކް އެއްމިޔަކަނުން ދޫ ދިއްކޮށްލާ ތޫބާއާ ދިމާލަށް ވައްތަރު ޖައްސާލިއެވެ.
ހެމުން ސަކަރާތް ޖަހަމުން މަންޒިލާ ހަމަައަށް ދާން އެންމެން ހިނގައިގަތެވެ. ފަރުމައްޗަށް ދެވެން ހުރި މަގުން ގޮނޑުދޮށާއި ދިމާލަށް ދެވުނު އިރު ޒީކް ތަފާތު އެކި ސަރަހައްދުތަކުން ފޮޓޯ ނަގަމުން ދިޔައެވެ. އަތިރިޔާއި ކައިރިވުމަށްފަހު މަޒީން ހުއްޓުނީ ކައިރީގައި ޒީކް ނެތްކަން ފާހަގަވުމުންނެވެ. ފަސް އެނބުރި ބަލާލިއިރު އެހިސާބުގައި ވީރާނާވެފައި ހުރި ގެއަކަށް ބަލަހައްޓައިގެން ޒީކް ކެމެރާ ހިފައިގެން ހުއްޓެވެ. މަޒީން އައިސް ޒީކް ކައިރީ ހުއްޓުމުން ޒީކް، އޭނާގެ އަތް އުފުލާލިއެވެ. އަތުގެ ޝަހާދަތް އިނގިިލި ދިއްކޮށްގެން ހުރި ދިމާލަށް މަޒީން ބަލާލީ ވަރަށް ޖެހިލުންވެ ހުރެއެވެ.
ލިބުނު ހައިރާންކަމުން އެތަނުން ދިއުމަށް ޒީކްގެ އަތުގައި ހިފުމަށްފަހު ހިނގައިގަތެވެ. ޒީކް އެދަނޑިވަޅުގައި ކެމެރާއިން އެ މަންޒަރު ފޮޓޯ ނަގާލިއެވެ. ޒީކްގެ އަތުގައި ހިފައިގެން ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބަށް މަޒީން ފޭބިއެވެ. އޭރު ދަތުރުގެ އެހެން ބައިވެރިން ޖެހިގެން އޮތް ފަޅުރަށަށް ދިޔުމަށް މިސްރާބްޖަހައިފިއެވެ. ދިޔަވަރު ހިކިފައި އޮތުމުން ވަރަށް ފަސޭހައިން ފަޅުމަތިން ހިގާފައި ޖެހިގެން އޮތް ފަޅުރަށަށް އާދެވިއްޖެއެވެ.
މެންދުރުގެ ހޫނު އަވީގައި އެހިސާބަށް ދެވުނީ ފަނަވަރަކަށް މިނެޓުންނެވެ. އޭރު އެންމެން ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ހުރިހާ ފިރިހެން ކުދިންތައް ރަށުތެރެއަށް ދިޔައީ ކުރުނބާ އެޅުމަށެވެ. ހުރިހާ އަންހެން ކުދިންތައް އަތިރިމަތީހުރި ގަސްތަކުގެ ހިޔާ ދަށުގައި އިށީންދެގެން ތިބީ ލަވަ ބާޒީ ކުޅޭށެވެ.
ކިޔަމުންދިޔަ ލަވަތަކާއި އެއްވަރަށް އަތްޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ.
ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ.
އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް ވަނީ ވީރާނާވެ ފަތްތައް ހިކިފައެވެ. ގަހުގައި ހުރި ފަތަށް ވުރެ ގިނައީ އެ ގަހުގައި ޖައްސާފައި ހުރި ކާޅެވެ. އެ މަންޒަރު ވަރަށް ވެސް ތަފާތެވެ. ބިރުވެރިއެވެ. ވިރާނާވެފައިވާ ގެއެއްގެ ކައިރީހުރި ވީރާނާވެފައިވާ ގަހެކެވެ. އަދި އެ ގަހުގައިވާ 100 އެއްހާ ކަޅު ކާޅެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.





Mi story aky scary story eh tha?
YES lyn 🙂
V.reethi ….
V.talented
Hama heevani film eh balaaleh veh hen
thnks for reading…. 🙂 <3
Wow….itx a awsome story…v v v v iteresting… 3 part vx… keep it up shax ♡♡
vvv salhi..
wow v nice.. :-).
Thanks @Lovely-Xu @nukko @saamy ….. 🙂 thanks for reading <3
Please ragalhah dhivehi bas beynun kobbala. Dhuvaa ulhadhengga Dhemeehun ‘thibeynee’ … hunnaanee eh noon. Hurun inun othun beynun kuraairu nubaikoh hureema varah kiyan foohivey. Dhen meehunge nan ves eki faharu hunnanee eki gothah, kaayaan, kayan, kayaan…and evvaththaru meehun ‘vaki’ kuran udhagoovaanee dho. ‘Alhaakiyun’ e ee mulhin nugulhey lafuzeh ethaaga beynun kuran.
Thanks @Mr…. namuge thafaathu thakeh huri thanthanakee typing mistakes thakeh ehenve alhugandu ebai rangalhu kollaifin…. kuriyah huri baithakugaives ekan ekan repeat nukoh veytho balaanan…. thanks for reading and pointing out mistakes… kiuntheringe khiyaalu ufalaa eku balaiganna. thanks a lot Mr…. 🙂 😀
V nice stry èh.
wow luv it when next part
? haadhahaa sifa koh dhinumeh nethey dhw…. dhen K ??? adhives haadhisaa eh naadhe ehnu? ?
🙂 thanks for reading Anonymous…. kuriyah huri baithakah inthizaaru kollaaaa….
Varah reethi story
V ryti kyp it up shax
wow varah salhi.. waiting 4 next part..
thanks fitte…. 🙂
Vvvv rae reethi dhen kon irakun anaebaa kiyaa lavay ni maa gina dhuvaes nukurachay shaaz
Nice story 🙂
yayy!! hama up veythw bala bala indhaa… i lyk it soooo much. waiting fr nxt part… 🙂 🙂 this stry is one of my fav nw.. 🙂 🙂 <3
thank Ryn…. happy to know that I have so loving FANS here… 🙂 next episode on THURSDAY 🙂 <3
Haadha hiy thelhey hisaabu thakaun ney nimmaalaneee…. Ehenve heevanee maaa kuruhen….. Waiting for thursday….
Salhi, Ekam loabyge vaahaka eh kamah feshy… Aslu v.nukiyan biruveri vaahaka eh.. loabyge category ga inyma kiyan fetty… Btw salhi varah mi story
mee loabeege vaahaka eh… biruveri haadhisaaeh himeneyne…. but love story ehves himeney gothah hope u will like this 🙂
Hmmm NYC story.awahah up kohlaba aneh part….☺
I love this story….. Shaazzz maa kureeyey…. Biruverikohlahchey….. ?????????
hehehe… thanks Bubbles…. ya will try my best….. ingey 🙂 thanks for reading
Dhathuru gos eulhey rashaky aslu rashehtha?sifakoh dhyfa oi gothun v dhanna rashaka vattharu
mi rashakee aslu raajjeyge rasheh….. vaahaka kuriyah dhaa varakah ebai ingemun dhaane….. mihaaru vaahakaige sifa kohdhinumunves mee kon rashehkkan ingeyne varah gina kiyuntherin thibeynekan ingey…. mee dhal atoll ge rasheh…. 🙂
Mi vaahaka vvv reethi aneh part in kon rashakan engene dhoo shaaz
noon aneh episode akun neyngeyne… adhi madukollaaa… kuriyah huri episodethakun engigen dhaane… 🙂 thanks for reading this story… 😀
v reethi….vaahaka kiyamun dhaairuga heevanee story thereyga ulheveyhen…ehaa ves real koh sifakurunthah genesdheefa huree…thanku 4 de lovely story…gud luk☺
thanks Ken 🙂 kuriyah huri baithah miah vureh interesting kohlleveytho masakkaiy kuraanan… 😀
v reethi….vaahaka kiyamun dhaairuga heevanee story thereyga ulheveyhen…ehaa ves real koh sifakurunthah genesdheefa huree…thanku 4 de lovely story…gud luk☺
its a haunted house dhw. wow. interesting. 🙂 <3
I love this writer ur amazing in describing. not too much. but describes the situation at level where I can feel it. that its happening to me. or that im inside the scenes. thank you so much for bringing up such beautiful n creative ideas. hope u'll bring more creative stories.
vvv sahi. Sofa kohdhinun ves v salhi.
V interesting story just like me
Aleena haadha molhey story liyan…. ???
Amazing ♡
Nice is it scary ?? ?
Nice is it scary ?? ?
V nice ..but maa kury gehnaleh…next part gai dhig koh liyedhechey ingey..plx
Kohniraku enehbai gehnani..miadh nikuhna vaahka inyma
Nice