Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ކުރި ދަތުރު (ޓްރެއިލާރް)

darkqueen38
darkqueen38 Level 210 Stories
June 12, 2023 One Min Read
0 Comments

މަލްޝާ އަކީ އާދައިގެ ފޯރުންތެރި އާއިލެއްގެ ކުއްޖެކެވެ. މަލްޝާ އަކީ އެ އާއިލާގެ ހެރި ހަމައެކަނި އަންހެން ކުއްޖާ ކަމުން ހުރިހާ އެންމެންވެސް މަލްޝާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް މަލްޝާ އެންމެ ބޭނުންވި އެއްޗަކީ މިނިވަން ދިރިއުޅުމެކެވެ. އެހެން ކުދިންހެން މަޖާކޮށްލާ އާ ކަންތައްތައް ތަޖުރިބާ ކޮށްލުމަށެވެ. މި ދިރިއުޅުން ހޯދުމަށްޓަކައި ބޮޑު ބިޔަ ރާޅުތަކުގެ ކަނޑުގައި ދަތުރު ފަށައެވެ.

ނާއިފް އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އުޅުމާ ބަލާފަ އެއީ އާއިލާގެ ހުރި ދޮށީ ކުއްޖާއޭ އެކަކުވެސް ނުބުނާނެވެ. އަހްމަދާއި ޒައިޝާ ގެ ދެން ތިބެނީ ދެ އަންހެން ކުދިންނެވެ. މި ތިން ކުދިންނަކީ ވެސް ތަފާތު މިޒާޖެއްގެ ތިން ކުދިންނެވެ. ނާއިފް އަކީ އެއްވެސް ޒިންމާދާރުވެރިކަމެއް އަޚުލާގެއް ހުންނަ ކުއްޖެއް ނޫނެވެ. ނަމަވެސް ނާއިފް އަކީ ވިސްނުން ތޫނު ކުއްޖެއްކެވެ. އެހެންކަމުން ނާއިފް އަކީ ހުރިހާ ދާއިރާ އަކުންވެސް ނަން ވިދާލާ ތަރިއެކެވެ. ނާއިފް ގެ މި ދިރއުޅުން ބަދަލު ވެގެން ދަނީ ވަރަށް ވެސް ތަފާތުގޮތަކަށެވެ.

ކައިރާ އަކީ މުޅި ރަށުގައި ވެސް އެއީ ކާކު ކަން ނޭނގޭވަރުގެ މީހެއްނޫނެވެ. ތުއްތުއިރުއްސުރެ އުޅެމުން އަންނަނީ މުއްސަނދި ދރިއުޅުމެއް ކަމުން އެއާ އެއްވަރަށް ފޮނި ކަމެއްވެސް ހުރެއެވެ. އެހެނަކަމުން ބޭނުންވާ ކޮންމެ އެއްޗެއްވެސް ފުއްޓަތްކެއް ޖަހާ ބީދާއިން ލިބެއެވެ. މި ގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުން ނިކުންނަނީ ވަރަށް ވެސް ހިތި ނަތީއްޖާއެކެވެ. އެތައް ބައެއްގެ އުފާވެރިކަން ގެއްލި އާއިލާތައް ރޫޅިގެންދާ ހިސާބަށްވެސް ކަންތައްތައް ދެއެވެ.

ރާއިކް ކުޑައިރު މަންމަ އާއި ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން ރާއިކް ބަލަމުން އަންނަނީ ރާއިކް ބައްޕަގެ ކޮއްކޮ އާއި އޭނާގެ އަންހެނުންނެވެ. މުއްސަނދި އާއިލާއެއް ކަމަކު އެއްވެސް ބޮޑާކަމެއް ކިބުރުވެރިކަމެއް ރުޅިވެރިކަމެއް މި އާއިލާގެ ކިބަޔަކުން ނުފެނެވެ. އެހެންކަމުން ރާއިކް އަކީ ރިވެތި އަޚްލާގެއްގެ ވެރި މަޑުމައިތިރި ކުއްޖެކެވެ. ރާއިކް ގެ މި ދިރިއުޅުމަށް ލޮރުން އަރަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

. * މި ވާހަކަ އަކީ އަޅުގަނޑު ލިޔާ ފުރަތަމަ ސީރީސް އެވެ.

* އަޅުގަނޑުގެ އުންމީދަކީ ހުރިހާ ކިޔިުންތެރިންނަށްވެސް ކިޔާހިތްވާނޭ ކަހަލަ ރީތި ސީރީސް އަކަށް ވެގެން ދިޔުމެވެ.

.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ލޯތްބަކުންދިން-26

Next

ވަކިވެދިޔުމުން

Next
June 12, 2023

ވަކިވެދިޔުމުން

Previews
June 12, 2023

ލޯތްބަކުންދިން-26



All Right Reserved!